ސިއްރުން މިހިތާ ކުޅެނީހޭ (އެކާވީސްވަނަބައި)
“ޑޭޑް” ޒިޔާދު ސިހުނީ ހާސްވެފައި ޔާނާ ގޮވާލިއަޑަށެވެ. “ޑޭޑް ކީއްވެ ރޮނީ ކަމެއް ވީތަ” ޔާނާ އައިސް ޒިޔާދު ކައިރި އިށީއިނެ ހާސްވެފައި އަހާލިއިރު އޭނާއަށް ވެސް ރޮވިއްޖެއެވެ. އޭނާގެ ލޯބިވާ ބައްޕަ ރޯތަން ބަލަން އޭނާއަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ.
ޒިޔާދު އަމިއްލަ ނަފްސް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދެލޯފޮހެލިއެވެ. “ދަރިފުޅާ ކީއްކުރަނީ؟ ކޮބާ މިކްޔަން؟”
“ޑޭޑް ކީއްވެ ތިރޮނީ. އަޅުގަނޑު ކައިރި ވެސް ނުބުނާނަންތަ؟” ފެންކަޅިވެފައި ހުރެ ޔާނާ ބުނެލިއެވެ.
“ދަރިފުޅު ނުރޮއި. ދަރިފުޅު ރޯތަން ބަލާކަށް މި ބައްޕައަކަށް ކެތެއްނުވާނެ” ޒިޔާދު ލޯބިން ޔާނާގެ ދެލޯފޮހެލަދިނެވެ.
“ދެން އަޅުގަނޑަށް ކެތްވާނެތަ ޑޭޑް ރޯތަން ބަލަން.؟” ޔާނާ ޝަކުވާ ކޮށްލިއެވެ. “ދަރިފުޅުގެ މަންމަ މަތިން މާ ބޮޑަށް ހަނދާން ވީ. މިއަދު ދަރިފުޅުގެ މަންމަހުރިނަމަ ދަރިފުޅު އުފާވެރި ހަޔާތެއް ފަށައިގެން އުޅޭތީ ހާދަ އުފާވާނޭ”
“ޑޭޑް” ޔާނާ ޒިޔާދުގައިގަ ބައްދާލިއެވެ. “އަޅުގަނޑު ވަރަށް ދެރަވޭ އަޅުގަނޑުމެންނަށްޓަކައި ޑޭޑް އަމިއްލަ ލައިފްގައި ސްޓަކް ވެފައި ހުންނާތީ. ޑޭޑް އަޅުގަނޑު ބޭނުން ޑޭޑް ނިއު ލައިފްއެއް ފަށަން”
“ދަރިފުޅާ. ކޮއްކޮ ނުރުހެންޏާ ޑޭޑް އަށް ކައިވެންޏެއް ނުކެރެވޭނެ. ކޮބާ މިކްޔަން ނާދޭތަ؟” ޒިޔާދު އަވަސް އަވަހަށް މައުޟޫ ބަދަލު ކޮށްލިއެވެ. “ހޫމް ނިދައިފައި އޮތީ. އެހެންވެ އެކަނި މިއައީ” ޔާނާ ބުނެލިއެވެ. “ހިނގާ އަޅުގަނޑާއެކީ ކޮފީ ބޯން. އަޅުގަނޑަށް މިހާރު ވަރަށް މީރުކޮށް ކޮފީ ހަދަން އިނގެޔޭ” ޒިޔާދުގެ އަތުގައި ހިފާ ނަގަމުން ޔާނާ ބުނެލިއެވެ. ޒިޔާދު ހިނިތުންވެލާފައި އެހެންހޭ ބުނެ ޔާނާއާއެކީ ދިޔައެވެ.
*****
“މީގެ ފަހުން ސަބް ދިނުން ނިމުނީ. ކާލަޔޭ ދޯ. އެއް ސަބް ހުސްކޮށްލާފައި އަދި އަހަރެންގެ އެތިންވެސް ފަޅިއެއް ކާލާފި” ޒާއިން ބުނެލީ ފާޑަކަށް މޫނު ކުނިކޮށްގެން އިން ލާރާއަށެވެ. “އޯކޭ އެހެން އެއްޗެއް ދެން ދޭށޭ ބުނާނީ. އޯކޭއެއްނު” ލާރާ ބަނޑުގައި އަތްކާއްތަމުން ބުނެލިއެވެ. “ތިހާވަރަށް ކާއިރުވެސް ފަލަޔެއް ނުވޭތަ. ދަނޑިބުރި” ޒާއިން ބުނެލިއެވެ. “ޒުމްބާ ޖައްސަމޭ” ލާރާ ހިނިތުންވެފައި ނިއްއަރުވާލަމުން ބުނެލިއެވެ. “އެހެންވެ ޑާންސް ވަރަށް ސަޅިވާނެ ދޯ ލާރާގެ” ޒާއިން ބުނެލިއެވެ. “މީގެ ތަންކޮޅެއް ކުރިން ޒާއިން ބުނީ ހަޑި ވާހަކަ. ހޫން ހިނގާ ދެން ދާން” ލާރާ ކިޔާނެ އެއްޗެއް ކިޔާފައި ދާން ތެދުވިއެވެ.
ޒާއިން ދެފަރާތަށް ބޯހޫރުވާލީ ލާރާ ކިޔާނެ އެއްޗެއް ކިޔާފައި އޭނައަށް ވާހަކަ ދައްކަން ފުރުސަތު ނުދީ ތެދުވީމައެވެ. މި ލާރާގެ ގޮތެވެ. “މިގޮއްޔަށް ހެޔޮވާނެ މީނަގެ ބޭނުން ފުދުނީމަ. ވަރަށް ފޫހިވޭ” ތެދުވެ ލާރާއާ އެއްވަރު ކުރަމުން ޒާއިން ބުނެލިއެވެ.
“ޒާއިން އެހެން ކަމެއް ބޭނުންދޮ؟” ލާރާ ހައިރާންވެފައި އަހާލިއެވެ. ޒާއިން އެކެއްޗެކޭވެސް ނުބުނެ ހިނގަމުން ދިޔައެވެ.
*****
މިކްޔަންއަށް ހޭލެވުނީ މާވަރަކަށް ފޯނު ރިންގްވާތީއެވެ. ކުޑަކޮށް ލޯހުޅުވާލާފައި އެނދުގެ އަނެއްފަރާތަށް ބަލާލީ ޔާނާ ކޮބާތޯއެވެ. މިހާރު ޔާނާ ނެތެވެ. ހަމައަހަރެންނަށް ނިދެން ދެން ހުރީ ކަންނޭގެއެވެ. ކޮންމެއަކަށް އެކަމާ ނުވިސްނާ މިކްޔަން މާވަރަކަށް އެގުޅަނީ ކާކުތޯ ބަލާލުމަށްޓަކައި ފޯނު އަތުޖެހޭތޯ ބެލިއެވެ. އެނދުމަތީ ނެތުމުން ކުޑަކޮށް ތެދުވެ ސޯފާ ބަލާލިއިރު ސޯފާގައި ފޯނު އޮތުމުން ކަންނެތް ކަމާއެކީ ތެދުވެ ސޯޓް ލިއެވެ. އޭރު އަނެއްކާ ފޯނު ރިންގްވާން ފެށުމުން އަވަސް އަވަހަށް ގޮސް ފޯނު ނެގިއެވެ. ގުޅަނީ ނުދަންނަ ނަންބަރަކުން ކަމުން ނުނަގަން ހުރެފާވެސް މާވަރަކަށް ގުޅާފައި ހުރުމުން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ހަލޯ ޔަން. އަހަރެން މަތިން ހަނދާން ނައްޓާލީތަ މިހާރު. ކީއްވެ.” އެކޮޅުން އިވުނީ ނަޝްވާގެ އަޑެވެ. “ކީއްވެ އަހަރެންގެ ނަންބަރު ބްލޮކް ކޮށްލީ” އަނެއްކާވެސް ނަޝްވާ ބުނެލިއެވެ. މިކްޔަން އިރުކޮޅަކު އެހެން ހުރެލާފައި ވާހަކަ ދައްކަން ފެށިއެވެ. “ނަޝް ސޮރީ. އަހަރެންނަށް ނަޝް އާއެކީ އުޅެވޭކަށް ނެތް. އަހަރެންމަތިން ހަނދާން ނައްޓާލާ”
ދެން އިވެން ފެށީ ނަޝްވާގެ ރުއިމުގެ އަޑެވެ. މިކްޔަން ދެރަވިއެވެ. ނަމަވެސް އޭނާއަށް މިހިއްމީ ޔާނާއެވެ. އޭނާގެ އަނބިމީހާއެވެ. ވިސްނުމެއްގައި ހުރި މިކްޔަން ސިހުނީ ނަޝްވާ ވާހަކަ ދައްކަން ފެށުމުންނެވެ. “އެއްމެ ރަނގަޅު. އެކަމް އެއްމެ ފަހަރަކު އަހަރެންނާ ބައްދަލު ކޮށްލާ. އެހާ ގިނައިރެއް ނުވާނެ. ޕްލީޒް. ހުޅުމާލޭގައި އަހަރެމެން އަބަދުވެސް ބައްދަލު ކުރަމެއްނު އަތިރިއެއް އެތަނަށް. ޕްލީޒް. މީގެ ފަހުން އަހަރެންގެ އުނދަގުލެއް ނުފޯރާނެ” ނަޝްވާ އާދޭސް ކޮށްލިއެވެ. މިކްޔަން އެއްބަސް ވިއެވެ. އެއްމެ ފަހުފަހަރަށް ބައްދަލު ކޮށްލުމަކުން ގޯހެއް ނެތްތާއެވެ.
******
ފޯނު ބޭއްވި ނަޝްވާ ކުރިމަތީ ހުރި ނަޒީހް އަށް ބަލާލިއެވެ. އެމޫނު މަތީ ވަނީ ކާމިޔާބީގެ ހިނިތުންވުމެވެ. “ނަޒީހް ބުނީމެއްނު ރުފިޔާ އެއް ބޭނުމެއް ނޫނޭ. ދެން ކީއްވެ ތިގޮތަށް ކަންތައް ކުރަން ތިއުޅެނީ.” ނަޝްވާ ހާސްވެފައި އަހާލިއެވެ. “މިކްޔަން ބޯ ގޮއްވަން. އޭރުން ހުންނާނެ ރަނގަޅަށް ބޮނޑި ބޮވިފަ” ނަޝްވާ ބޯހޫރާލީ ނަޒީހްއަށް ވިސްނައިނުދެވޭނެކަން އިނގޭތީއެވެ. “އެކަމް އަހަރެން ކިހިނެއް” ނަޝްވާ ބުނަން އުޅުނެވެ. “އަހަރެންނާ ކައިވެނި ކުރަން ބޭނުން ވިއްޔާ އަހަރެން ބުނާ ގޮތަށް ކަންތައް ކުރޭ. އަހަރެން ވިއްޔާ ކަލޭއާ އިންނަން އެއްބަސް ވެފީމެއްނު. އެހެން މީހެއް ނަމަ ކަލޭއާ ވައިވެސް ނޭޅުނީސް” ނަޒީހް އެތަނުން ދިޔައީ ހިތަށް އައިހާ އެއްޗެއް ކިޔާލާފައެވެ. ނަޝްވާއަށް ރޮވެން ފެށުނެވެ. ކޮންމެ މީހެއް އޭނާއަށް ކުރިން ކުރެވިފައި ހުރި ކަންތައް ހަނދާން ކޮށްދެނީ ކީއްވެހެއްޔެވެ. ކޮންމެ ކުށަކަށް ތައުބާވުން އޮވެޔެވެ. އަހަރެން ވެސް ތައުބާވީމެއްނޫންހެއްޔެވެ. ކޮންމެޔަކަށް އަހަރެންވެސް ދިރިއުޅުމެއް ބޭނުމެވެ. ނަޒީހް އެހެދީ މުޅިއަކުން ދޮގެއް ވެސް ނޫނެވެ. އެއްމެން އޭނަދެކެ ފޫހިވެއެވެ. އިންނާނެ މީހެއް ނުވާނެއެވެ. ދެން މިލިބުން މީހަ ދޫކޮށްލާނީ ކިހިނެއް ހެއްޔެވެ. ނަޝްވާ ނަޒީހް ބުނާގޮތަށް ކަންތައް ކުރަން ނިންމިއެވެ.
*****
ޒިޔާދު ކައިރި ދަނިއްޔޭ ބުނެފައި ނިކުމެގެން އައި ޔާނާއަށް ފެނުނީ ދޮރުމަތީ ވާހަކަ ދައްކަން ހުރި ޒާއިން އަދި ލާރާއެވެ. “ކޮއްކޯ ހޮސްޕިޓަލްއަށް ނުދަނީތަ؟” ޔާނާ އައިސް ހުއްޓިލަމުން އަހާލިއެވެ. “ދޮންތާ” ލާރާ ޔާނާގެ ގައިގައި ބައްދާލިއެވެ. ލާރާ ގަޑިޖެހުނީ ކަމަށް ބުނުމުން ޔާނާ ލާރާގެ ގައިގައި ބޮނޑިއެއް އަޅާލިއެވެ.
“އަމް މާދެން ހަވީރު ޒާއިންއާ ޒާޔާ އާއެކީ އިޔާޒް މެން ގެއަށް ކޮއްކޮ ދާން ވާނެ. މިމީހުން ފޫހިވާތީ ދާން އެއުޅެނީ. ކޮއްކޮވެސް ދޭ. އިޔާޒް އާވެސް ބައްދަލު ވާނެއްނު ދޯ ޒާއިން” ޔާނާ މިހެން ބުނުމުން ލާރާ ފުންމާލާފައި އޯކޭއޭ ބުނިއިރު ޒާއިން ހުރީ ވާނުވާގައެވެ. މާދެން ހަވީރު އެގެއަށް ދާން އުޅޭ ކަމެއް ހުދު އަހަރެންނަކަށް ވެސް ނޭނގެއެވެ. ދެން ދޮންބެދައްތަ އެހެން މިބުނީ ކީއްވެހެއްޔެވެ. “އެކަމް” ޒާއިން ބުނަން އުޅުނެވެ. “ހިނގާ ދޮންބެ ދައްތައާއެކީ ގެއަށް ދާން ދެން. ކޮއްކޮ ދޭ އެތެރެއަށް” ޔާނާ އަވަސް އަވަހަށް ބުނެލިއެވެ. ލާރާ އޯކޭއޭ ބުނެލާފައި އެތެރެއަށް ވަނެވެ. ޔާނާ ފުންނޭވާއެއްލިއެވެ.
“ހިނގާބަލަ” ހިނގައިގަންނަމުން ޔާނާ ޒާއިންއާ ދިމާލަށް ބުނެލިއެވެ. ޒާއިންވެސް އިތުރުސުވާލެއް ނުކޮށް ޔާނާއާ އެއްވަރަށް ހިނގައިގަތެވެ. ދިޔަ މަގުމަތީ ޔާނާ ޒާއިން އަށް ވެގެން އުޅޭ ގޮތް ކިޔާދިނެވެ. ޒާއިން ވެސް އަޒުމް ކަނޑައެޅީ ލާރާގެ ވިސްނުން ބަދަލުކޮށްލުމަށެވެ.
*****
“ޔަން. ކޮންތާކަށް؟” ޔާނާ ކޮޓަރިއަށް ވަންއިރު މިކްޔަން ބޭރަށް ދިޔުމަށް ނިކުންނަނީއެވެ. “އަންނާނަން. ލަހެއް ނުވާނެ” މިކްޔަން ޔާނާގެ ކޮލުގައި މަޑުމަޑުން ޖަހާލަމުން މިހެން ބުނެ ހިނގައިގަތެވެ. “ޔަން” ޔާނާ މިކްޔަންގެ އަތުގައި ހިފެހެއްޓިއެވެ. “އަހަރެން ދެރަވާ ވަރު ކަމެއް ނުކުރައްޗޭ. އައި ޓްރަސްޓް ޔޫ އެކަމްވެސް ބުނެލީ” ޔާނާ މިހެން ބުނުމުން މިކްޔަން ޔާނާ ގެނެސް އެ ނިއްކުރީގައި ބޮސްދިނެވެ. “އަހަރެން މީ މިހާރު ކުރީގައި ނުވިސްނިގެން އުޅުނު މިކްޔަންއެއް ނޫން. އަހަރެންނަށް ވިސްނޭ. ބޭބީ ދެރަވާވަރު ކަމެއް ނުކުރާނަން. އައި ޕްރޮމިސް.” މިކްޔަންގެ ޖަވާބުން ޔާނާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ.
*****
ޒިޔާން ނަޝްވާ މެންގޭ މަގުން ހިނގާލަން ދިޔައީ ކޮންމެހެން ނަޝްވާ ފެންނާނެ ކަމުގެ އުއްމީދުގައެއް ނޫނެވެ. ނަމަވެސް ނަޝްވާ ފެނުމުން އެދިމާލަށް ހިނގައިގަތެވެ. ނަމަވެސް ހުއްޓެން މަޖުބޫރުވީ ނަޝްވާ ގޮސް އެހެން ފިރިހެނެއް ކައިރި ހުއްޓުމުންނެވެ. ނަޝްވާގެ މޫނު މަތިން ނުތަނަވަސްކަން ފެންނަމުން ދިޔައިރު ކައިރީގައި ހުރި ފިރިހެން ކުއްޖާ ނަޝްވާއަށް ހިތްވަރު ދެމުން ދިޔައެވެ. ޒިޔާންގެ ހިތުގެ ކަނަކުން އެއަކީ ނަޒީހްއޭ ބުނެލިއެވެ. މިދެމީހުން މިއުޅެނީ ކީއްކުރަން ހެއްޔެވެ. އެދެމީހުން ހިނގައިގަތުމުން ޒިޔާންވެސް އެމީހުންގެ ފަހަތުން ދިޔައީ އިތުރު ވިސްނުމަކަށް ނުގޮހެވެ.
އަތިރިއާ ހަމައަށް ދެވުމުން ނަޒީހް ގޮސް ގަހެއް ނިވަލަށް ވަދެ ފިލިއެވެ. ނަޝްވާގޮސް އެއްވެސް މީހެއް ނެތް އެއަތިރިމަތީ ހުއްޓުނެވެ. ޒިޔާން އެމީހުނަށް ނުފެންނަގޮތަށް ގަސްތަކެއްގެ ދޭތެރޭ އިށީއިނދެލިއެވެ. ޒިޔާން އިންތަނުން ނަޝްވާ ގެ އިތުރުން ނަޒީހް ވެސް ފެނެއެވެ. އިރުކޮޅެއްފަހުން އެތަނަށް އެހެން ފިރިހެނަކު އައުމުން ޒިޔާން އެމީހުން ދައްކާ ވާހަކަ އަޑުއެހުމަށް ސަމާލުވިއެވެ.
މިކްޔަން އައި ގޮތަށް އައިސް ފުރަތަމަވެސް ބުނެލީ އެއްމެ ބަހެކެވެ. “ފަށާ”
“ޔަން. ކީއްވެ އަހަރެން ދެކެ ފޫހި ވީ. އަހަރެންނަށް ކީއްކުރެވުނީ. ނޭނގޭތަ އަހަރެން ލޯބިވާވަރެއް. ނޭނގޭތަ މިހިތަށް ތަދުވާވަރެއް” ނަޝްވާ ގިސްލެވޭ ހާލު ވާހަކަ ދެއްކިއެވެ. އެކްޓް ޖައްސަންވެސް މޮޅީއެވެ.
“ނަޝް އަހަރެން ގެނައީ ތިވާހަކަ ދައްކަން ވިއްޔާ އަހަރެންގެ އިންޓެރެސްޓްއެއް ނެތް.” ފޫހި ގޮތަކަށް މިކްޔަން ބުނެލިއެވެ. ނަޝްވާ ނޫނޭ ކިޔާ ކުއްލިއަކަށް މިކްޔަންގެ ގައިގައި ބައްދާލިއެވެ. މިކްޔަންއަށް ލިބުނު ސިހުމުގައި މީހާ ބެލެންސްކޮށްލަން ނަޝްވާގެ ކޮނޑުގައި ހިފަހައްޓާލެވުނެވެ.
ޒިޔާން ގެ ދެބުމަގޮށްޖެހުނީ ނަޒީހް ފޯނު ދިއްކޮށްގެން ހުރުމުންނެވެ. ހީވާގޮތުން ފޮޓޯ ނަގަނީއެވެ. ކޮންމެވެސް ވަރަކަށް ޒިޔާންއަށް ވާނުވާ ރޭކާލިއެވެ. ނަމަވެސް ކަމެއް ނުކުރެވޭނެތީ އެތާ މަޑުން އިނެވެ.
“މޮޔަވީތަ ނަޝްވާ. އަހަރެންގެ މަތިން ހަނދާން ނައްޓާލާށޭ ބުނީމަ ހަނދާން ނައްޓާލާނީ” މިކްޔަން ހަޅޭ ލަވައިލަމުން ނަޝްވާ ކޮށްޕާލިއެވެ. ނަޝްވާ ގޮސް ޖެހުނީ ދޮންވެލިގަނޑު މައްޗަށެވެ. މިކްޔަން އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުނުކޮށް ދިޔައެވެ.
ގަހުގެ ނިވަލުގައި ހުރި ނަޒީހްގެ މޫނުމަތީ ވަނީ ނުތަނަވަސް ކަމެވެ. ނަމަވެސް ތެދުވެގެން އަންނަ ނަޝްވާ ފެނި ހިނިތުންވެލިއެވެ. “މިޝަން ކޮންޕްލީޓް” ނަޒީހް ނުތަނަވަސް ކަން ފޮރުވަމުން ބުނެލިއެވެ. ނަޝްވާ ފަނޑުހިނިތުންވުމެއް ދިނެވެ. “ހިނގާ ދާން ދޯ ގެއަށް” ނަޒީހް ބުނެލިއެވެ. “ނަޒީހް ދޭ. އަހަރެން ދާނަން އިރުކޮޅަކުން” ނަޝްވާ މިހެން ބުނެ އަތިރި މައްޗަށް ނިކުމެލިއެވެ. ދުރުން މިކްޔަން ދާތަން ބަލާލި ނަޒީހް އަތްމުއްކަވާފައި އަނެއްއަތުގައި ޖަހާލީ ރުޅިއައިވަރުންނެވެ. އެއަށްފަހު އެނބުރި ހިނގައިގަތެވެ.
ދުރުގައި ހުރި ޒިޔާންއަށް ނަޒީހް އަށް ވީގޮތް ފެނި ވީ ހައިރާނެވެ. ފޮޓޯ ނެގިއްޖޭނޫންހެއްޔެވެ. ދެން ކޮންރުޅިއެއް އަންނާކަށް ހެއްޔެވެ. ކޮންމެއަކަސް ނަޒީހް ދިޔުމުން ޒިޔާން ނަޝްވާ ކައިރިއަށް ދިޔުމަށް ހިނގައިގަތެވެ.
“ނަޝްވާ ތީ ތިހާ ދަށުދަރަޖައިގެ މީހެއްތަ މީހެއްގެ ދިރިއުޅުން ހަލާކުކޮށްލަން ތިއުޅެނީ؟” ފުރަގަސްދީގެން މޫދާ ދިމާލަށް ބަލަން ހުރި ނަޝްވާ ސިހުނީ ޒިޔާންގެ އަޑުންނެވެ. އަވަސް އަވަހަށް ފަހަތަށް އެނބުރި ބަލާލީ ޔަގީން ކުރާށެވެ. “ޒިޔާ”
“އަހަރެންނަށް ފެނިއްޖޭ ތި ގަންގަނޑު. ނަޒީހް އެއްދެކެ ލޯބިވިޔަސް ދެން ތީ ބޮޑުވަރު.”
“ޒިޔާ އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ. އަހަރެން ވެސް މިހެން މިއުޅެނީ ބޭނުންވާތީއެއް ނޫން. އާން އަހަރެން ނަޒީހް ދެކެ ލޯބިވަން. އެ ލޯބީގެ ހައްގުގައި އަހަރެން މިހެން މިއުޅެނީ. މިކަން ކޮށްގެން އަހަރެންނަށް އެލޯބި ލިބެންއޮތިއްޔާ އަހަރެން މިކަންވެސް ކުރާނަން. އަހަރެންނަކަށް ނަޒީހް ދުލެއް ނުކުރެވޭނެ. އަހަރެން މީ ކުރީގެ ނަޝްވާއެއް ނޫން. އަހަރެންވެސް ބޭނުން ލައިފްއެއް. އެންޑް އަހަރެންނަށް ލައިފްއެއް ހޯދާދޭން ތައްޔާރުވި މީހަކީ ހަމައެކަނި ނަޒީހް. އަހަރެން ނަޒީހް ބުނާ ގޮތަށް ކަންތައް ކުރާނަން. ދެޓްސް އިޓް” ނަޝްވާ ވާހަކަ ފެށީ މަޑުމައިތިރި ކަމާއެކު ނަމަވެސް ނިންމި އިރު އެ އަޑުގައި ރުޅިވެރިކަން ވެސް ވިއެވެ.
“ނަޝް ތީ ނުވިސްނޭ ވަރު ކުޑަކުއްޖެއް ނޫން. ނަޝް ތިކިޔާ ލައިފްއެއް ހޯދާދެވޭނީ ހަމައެކަނީ ނަޒީހް އަކަށް ނޫނޭ. ތި އަމިއްލަ އެދުމާހެދި މީހުންގެ” ޒިޔާންގެ ވާހަކަ ނަޝްވާ މެދުކަނޑާލިއެވެ.
“ޔޫ ވިލް ނެވާ އަންޑަސްޓޭންޑް” ނަޝްވާ އެތަނުން ދިޔައެވެ. ޒިޔާން ނަޝްވާ ދިޔަދިމާލަށް ބަލަން ހުއްޓެވެ. އެހިތުގައި ދެންމެ އައި ނުދަންނަ ޒުވާނާއާމެދު ހަމްދަރުދީ އުފެދުނެވެ. ނަޝްވާއަށް ވިސްނޭނެނަމައެވެ. ޒިޔާން ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލިއެވެ.
******
މިކްޔަންގެ އިންތިޒާރުގައި ނުނިދިފައި އޮތް ޔާނާ އަށް މިކްޔަން ވަދެގެން އަންނަތަން ފެނުމުން އެނދުން ތެދުވިއެވެ. “ކައިފިންތަ؟ ކާން ހިނގާ” ޔާނާ ބުނެލިއެވެ.
“އެހާ ބަނޑުހައެއް ނޫން ބޮލުގައި ވެސް ރިއްސާ. ނިދާލަން ބޭނުމީ” މިކްޔަން އެނދަށް ވެއްޓިގަތެވެ. ޔާނާގޮސް މިކްޔަންގެ ބޮލުގައި ފިރުމާލިއެވެ.
“ކަމަކާ ވިސްނަނީތަ؟” ޔާނާ އަހާލިއެވެ. މިކްޔަން ހުރިހާ ވާހަކައެއް ކިޔާދޭން ހިތަށް އެރިނަމަވެސް މިފަހަރު ވެސް ކިޔާދޭކަށް ނުކެރުނެވެ. “ނޭނގޭ އަހަރެންގެ އެކައުންޓަށް އެބަހުރި ބައިވަރު ފައިސާ އައިއްސަ. ނޭނގެ. މީހަކަށް އޮޅިގެން ކަމަށް ވާނީ” ޔާނާ ބޯމެޑެން ފެށުމުން މިކްޔަން ލޯމަރާލަމުން ވާހަކަ ދެއްކިއެވެ. ތެދެކެވެ. މިކްޔަން މިއަދު ބޭންކްއަށް ގޮސް ބަލާލިއިރު ކޮންމެވެސް މީހަކު ރުފިޔާ ތަކެއް އޭނާގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައި ހުއްޓެވެ. “ކިހާވަރެއް؟” ޔާނާ އަހާލިއެވެ. “އެއްލައްކަ ވަރު” މިކްޔަން ބުނެލިއެވެ. “ތިމީހަކު ހޯދާނީ ފަހުން. އިހަށް ނިދާލެވޭތޯ ބަލާ އިނގޭ” ހުއްޓުމެއްނެތި މިކްޔަންގެ ބޯމެޑެދެމުން ޔާނާ ބުނެލިއެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
72 Comments!
Comments are closed.





Yeyy me first dhw
Yayy.. yess aal ??
Thanx.. ram??❤❤
Welcome ??
v v v v nice.keep it up
Thankyou rose ?❤
Mi part up nuvegen nunidhifa mi othy?
Alheyy.. hehehee ?❤
Inzthizaarah nimumeh ae..v nice mi part..waiting for next part..thanks ram
Hehe..thankyou sooo much muz ?❤
v v salhi vaahaka eh miey. hama next part kiyaalaa hihvany. alhe mirey kiyaalan libeyne nama.
Aww thankyou so muchh raan.. maadhen igeyy darl ?❤
1st time commenting.
Vahaka kiyan feshy iyye, read all episodes in once yesterday. Dhen miadhu 2 episode up kuraa vahaka buneema hendhunun feshigen iru irukolhun refresh kuraneemi. Mirey 12 ge kurin up kuraanamey buneema ves belunu adhadhu neygey. Heekuree ehn writers hadhaa hen fake jassanee kamah.
Pls dont be like them ingey.
Vahaka reethi kamaa eh vrh kiyaa hiy vey avahah up kuraathee ves.
Mihaaru esfiya ga gavaidhun up kuraa thibeny dhethin meehun, you are one of them darls. ? thihen hunnahchey plx. Eyrun kIyaanan abadhuves ?
Ekm careless vanya vahaka reethi viyas nukiyaanan ?
Hihi thanks and goodluck ramuu ?
So happy to see your comment rashy.. hope to see more igeyy.. thankyou so so sooo much.. heheh.. thi vee gothun thaneh falhaafa viyas gavaidhun upkohlan jehunynu mi.. hehe.. thankyou darl.. loves ??❤
Vrh rythi…Waiting for next part…
Thankyou a lot rose ??❤
Yeah varh reethi❤?
Maadhamaaga vx up kohdhehchey plxx ram??❤
Thankyou a load.. Yes in sha allah i will dear.. ??❤
Ram,
“Nahtaaly” tha kiyaany nuny “Nahthaaly”? I mean, wouldn’t it be like “hadhaan nahthaalaa” instead of “hadhaan nahtaalaa”
Heii iza.. i don’t knoww.. hehe.. can you plx tell me which is correct?? ??
heheh. I think it will be “hadhaan nahthaaly”. cause normally when we talk also ehenneinu kiyany. Mihaaru some people ekem “mi dhany” kahala situations ga kiyaa dho “mi nahtaaly”, e kahala situations ga kanneyge aslu “nahtaaly” kiyaany
Yess dww.. its my mistake.. dhn ragalhu kohlaanan igeyy.. thankyou iza ?❤
Masha Allah.. Ram mibaives hama ehaa furihama.. Mee mihaaru mi site ga liyaa enme rythi n enme kiyaa hiyvaa story aky.. Mi story ehkoh kiyaalan libeyne namaey hithah arany.. Ehbai kiyaa ninmaafa avahah anehbai kiyeyne irakah inthixaaru kurevey.. Ram ge kuryge story thakahvure mi story maabodahves furihama.. Mi story nimunyma ram ge ehen story eh fashahchey plx plx.. Luv u ramkolhu
Awwwn thankyou so much ainth.. yess in sha allah fashaanan.. loves more ??❤
As always varah rythi
Thankyou lim ???❤
Hmmm…… mi prt vx
Vvvv
nice…. Ram….
Thankyou sooo much riii ?❤
Alhey haadha lahakunneydhw mi comment kohlevuny..so sad..ram yaanaa and mikyan dhuru nukurahchey. .plx plx. .and avahah laaraa and zaain ves gulhuvaa Ingey. .as usual story was awesome. ..Thanks mihaarythi vaahakaeh kiyaalan furusatheh dhinyma. .ly a lot..when next part?
Lets see dww mal.. thankyou soo much… loves much more ?❤
hii Ramko, gud morning 🙂 varahhh salhi mi part.. perfect hama. but “handhaan nahtaaly” ehnoon ” handhaan nahthaaly” ey kiyaany inge 🙂 🙂 ethankolhu ekani aneh hen alhaigathy 🙂 🙂
welldone..
waiting for todayysss part 😀 LY <3
Good morning sjk.. okay ? thankyou sjk.. LY MORE ?❤
Good morning ramko.. varaha varah reethi ingey.. konirakun next?
Good morning awa ? thankyou soo much.. miadhu ?❤
Morning ramuu…
Mi part vess vvvv reethi ingey dear…..
KEEP IT UP…..
Wating 4 today part….
Hey ramu today part upload sooon ingey…
Have nice day ramu.?????
Mornings.. ? yess ? thankyou so much.. have a nice day dear ?❤
Varah reethi. Waiting for the next part. Make it fast ramuuuuuuuuu
Okayy.. thankyou soo much nazi ?❤
Reyga vx mi story up vaane irakah wait koh koh huttaa nidhuny…. Story v rythi… Mihaaru abadhu vx wait kureveny mi story up vaane irakah… I jst luv ur story….
Awww.. thankyou soo much nia.. ?❤
Ooowww.. V rythi mi baivx… Miadhu kihaaa iaraku up kohdhevy varu vaaaneeee…. Plx 12 GE kurin up kohdhehchey…. Plx plx….
Heii saadhin.. thankyou soo much igeyy.. alheyy 12 ge kurin dhn nuvaane.. but i will make it fast okay.. ?❤
Wow…mi part vvv reethi… n when next part….
Thankyou shif.. type kohlevunuhaa avahakah.. ???❤
Hi ram
Hama bunaane ehcheh neyngifa myny story Hama obinexx to max ?????❤️? Waiting for the next part
LYSM Ram??
Heyy afu.. ?thankyou so much ? loves yah much more ??❤
Mihaaru mi site in kiaa my fav 3 stries ga himeney mi stry… stry rythi, majaa.intersting..
Ithuru kurierumaa kaamiyaabee ah edhen??
Thankyou soo much mxna.. thanks a lot ?❤?
V reethii. …bt maa kury. ..dhn kon irakun ….
Thankyou ramu.. type kohlevunuhaa avaahakah.. ?❤
Heeves nukuraahaa rerthi.???
*reethi
Thankyou soo mch?
???
Hey rammuuu…???? story hama vrh reethi ingey….?? nazeehhhh??? heheh… waiting ingey hama… mirey tha next part? ???☺
Thankyou so much juna.. yess mireyy i guess ??❤
Hey guyxxx mitey igey next part ??
Mirey **
Thank ram …. waiting ☺???
Wc ?
Kobaa… Miadhuge part konirakun… Irukolhalhaa balaalevey up vithoa
Awwn thankyou shaya ?❤
Thanx Ram… avas kohladheythi engey.. plxxx??❤
Wc.. and yes in sha allah avas kohlaanan.. ?❤
V reethi. Keep it up?
Thankyou sahoo?❤
Ok ramm.. v v rythi mi part vx… ?
Thankyou maloo??❤
Kitha Keh jahaa iru
Heii.. vaki kihaairaku kameh bunaakah neygey dear ?❤
when is the next part
Upkohlaafin dear ??❤