Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވޭންތަކުން ދިން ހިތި މާޒީ (15)

Mau Level 2100 Comments10 Stories
November 14, 2017 5 Mins Read
20 Comments

އޯކޭ އާލާ އޮވެ ރުޅިވެފަ. އެކަމް ފަޔާ ރުޅިއެއް ނޫން” ފަޔާޒް ކުރާ ކުދި ކުދި ސަމާސާއިން އާލާއަށް ވެސް އެގޮތުގަ އޮވެވުނީ އިރުކޮޅެއްވަންދެންނެވެ.

………………………………………………..

ޒިމްޔާއަށް ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. ނަގާ ބަލާލި އިރު މީކާއީލް އެވެ. ވަގުތުން ނިދިވެސް ފިލި ކަހަލައެވެ.

“ޒިމް މާލެ އައީއްސުރެ ހާދަ ވަރަކަށޭތި ނިދަނީ. މީކް ކިހާވަރަކަށް ގުޅައިފިން. އާދެބަލަ މިގެއަށް” މިކްޔަން އެހެން ބުނުމުން ފާރުގަ އިން ގަޑި ބަލާލިއެވެ. އޭރު ދިހައެއް ޖަހާ ބޮޑު ވެއްޖެއެވެ.

“އޭ މީކް ނޭނގެ ގުޅި ކަމެއް. ސޮރީ ރޭ މާ ލަހުން ނިދީމަ ކަންނޭގެ. ކިޔާންބެ އުޅެންޔާ ދާނައް އިނގޭ” ޒިމްޔާ ތެދުވަމުން ބުނެލިއެވެ.

“ހެހެހެހެ. މީކް އަށް ގުޅިޔަސް ހަމަ ދެވޭނެއޭ ލަވް” މީކާއީލް ބުންޏެވެ.

“ނޫން ދެން އަބަދު ސައިކަލަކު ނުވާނެ މީކް ދުއްވާކަށް”

“ދެން ކާރުގަ ދޯ ދާންވީ؟ މީކްގެ ކާރު އޮންނާނެ އަދި” މީކާއީލް ގޮތުގަ ހުންނާނެކަން އިނގުމުން ސައިބޮއިގެން ގުޅާނެ ކަމައް ބޭއްވިއެވެ.

…………………………………………….

“ހުމް ކީކޭ ހާދަ އަވަސް އަރުވާފަ. ދެރަވެފަތަ ފަޔާޒް އެހެން މީހަކާ އިނީމަ” ފައިހާ ސީހައުސް އަށް ދިޔައީ އެލީޝާ ވާހަކައެއް ދައްކާލަން ބުނުމުންނެވެ.

“މަށެއް ނުވޭ ދެރައެއް. ފާޑެއްގެ އާލާ ގަނޑެއް. މަ ދެރަވާނެތަ. މަށާ ބަލާފަ އެއީ ކާކު އަދި. ފަޔާޒް އަދި މަށާ ރުޅިވި ފަހުން ހަތަރު މަހޭ އެވަނީ. މަ ހިޔެއް ނުކުރަން އޭނަ އެހެން ހަދާނެ ކަމަކަށް. އެހެން ނޫންނަމަ އެދުވަހު ރުޅިއެއްވެސް ނުވާނަށް.” އެލީޝާ އިނީ ރުޅިއައިސްގެން ގޮސް ހަލާކުވާ ވަރުވެފައެވެ.

“އާނ. ބޮޑު މުސީބާތެއް މީ. މަ ހިތައް އަރާ މަށައް ދެވުން ނަމައޭ އެމީހުންނާ އެކީ އެރަށައް. އެހެންޏާ. މީކް ވެސް ފާޑެއްގެ ޒިމްޔާ އަކާ ވިއްޔަ އެ އުޅެނީ. މަގޭ އަތުން ތި ޒިމްޔާއެއް އަދި ބޮޑިއެއް ބޯނެ” ފައިހާ ވެސް ހިތް ހަމަ ނުޖެހިފަ ބުންޏެވެ.

“އާންޔޯ ދޯ. ޒިމްޔާއާއި ރައްޓެހި ވެގެންނޯ އުޅެނީ. މީކާއީލްވެސް ހީވީ މޮޔަވެގެން އުޅުން މީހެއް ހެން މަ އާލާ ބަވާލީމަޔޯ.”

“ހައްހައްހާ. ތި އާލާ އަކާ ޒިމްޔާއެއް ދުރު  ކޮއްލާނައް އަދި. ހިނގާބަ ރާވަން ކަމެއް” ފައިހާ އާއި އެލީޝާ ވިސްނަމުން ދިޔައީ ދެން ކުރާނެ ކަމަކާ ދޭތެރޭއެވެ.

…………………………………………….

“ޒިމް ކޮބާ ކިޔާން؟” ފަޔާޒް ސޯފާގައި އިށީއްނަމުން ބުންޏެވެ.

“ނޭނގެ. ނެތް ގެއަކު.” ޒިމްޔާ ޗިޕްސް ކަމުން ބުންޏެވެ.

“ދެން އެންމެ އަވަހަށް އޮތީ ޒިމްގެ ވެޑިން ދޯ” މިޒްނާ މިހެން ބުނުމުން އަދި ނޫޅެމޭ ބުނެލިއެވެ.

“އޭ ދޮންބެ އެއްކަލަ އެލީޝާއާއި ފައިހާ އުޅެނީ ވަރަށް ގުޅާލައިގެން. މެރީ ކުރިޔަސް ވިސްނައިގެން އުޅެއްޗޭ. ވަރަށް މަކަރުގަދަ ބައެއް އެއީ” މިޒްނާ އަށް އެމީހުން އުޅޭ ގޮތުން އެމީހުން ރަގަޅު ކަމެއް ނުކުރާނެ ކަން އިނގެއެވެ.

“ތިކަމާ ހާސް ނުވެ، އެމީހުން ރާވާ ކޮންމެ ކަމަކުން ދޮންބެ އާއި އާލާ ސަލާމަތް ވާނެ އިރާދަ ކުރެއްވިއްޔާ. ދޯ” އާލާ އަތުގައި ހިފާލަމުން ބުންޏެވެ. ނަމަވެސް ނޭނގުން ކަމީ އެމީހުންގެ ޓާގެޓަކަށް އޮތީ ޒިމްޔާކަމެވެ.

ދުވަސްތައް ހިނގަމުން ގޮސް ފަޔާޒްމެންގެ ކައިވެންޏައް ދިހަ މަސް ފުރިއްޖެއެވެ. މީކާއީލްއާއި ޒިމްޔާވެސް އުޅޭނީ މީކާއީލް ބައްޕަގެ އޮފީހެއްގައެވެ. ޒިމްޔާ ދަނީ މިހާރު ޑިޕްލޮމާ ހަދަމުންނެވެ. އެލީޝާއާއި ފައިހާގެ އުދަގޫ ނުޖެހޭ ދުވަހެއް ނުދެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް އެންމެންވެސް އަޅާ ނުލީ އެމީހުންގެ އެ އުޅުން އިސްލާހު ނުކުރެވޭނެކަން އިނގޭތީ އެވެ.

“ފަޔާ ވަރަށް ވަރުބަލި ދުވަހެއް. ހެދުނު ސައި ބުއީމަވެސް ހޮޑުލެވުނީ” އާލާ ފަޔާޒް އޮފީހުން އައުމުން ބުންޏެވެ.

“އޭން ކީކޭ. އަނެއްކާ ބަނޑުބޮޑުވީތަ؟’ ފަޔާޒް ފިހެން ބުނުމުން އާލާ ބަޑުގައި އަތްލައިގެން ދެލޯބޮޑުކޮއްގެން އިނެވެ. އެހެން އިނދެފަ ޔޭ އޭ ކިޔާ ހަޅޭއްލަވަން ފެށިއެވެ.

“ހައްހައްހާ. ފައިނަލީ ވީ އާ ގޮއިންގް ޓުބީ ޕޭރެންޓްސް. ޓެސްޓު ކުރީމަ ދޯ ޔަގީން ވާނީ އަދި” ފަޔަޒް މިހެން ބުނުމުން އާލާ ބޭނުންވީ ހަމަ މިހާރު ހޮސްޕިޓަލަށް ދާށެވެ.

……………………………………………..

މީކާއީލް ޒިމްޔާމެންގެ ކައިރި ރައްޓެއްސަކާ ވާހަކަ ދައްކަން ހުއްޓަ ޒިމްޔާ ގެއިން ނިކުމެގެން ކޮންމެސް ތާކަށް ދާތަން ފެނުނެވެ. މީކާއީލްވެސް ޒިމްޔާއަށް ނޭނގޭހެން ފަހަތުން ދިޔައެވެ. މަޖީދީމަގުގަ މީހުން ގިނަ ކަމުން މީކާއީލްއަށް ޒިމްޔާ ގެއްލުނެވެ. މީކާއީލް ޒިމްޔާއަށް ގުޅަން ފޯނުނެގިއެވެ.

“ބޭބް ކީއްކުރަނީ؟” މީކާއީލް ޒިމްޔާ ފޯނުނެގި އިރައް އަހާލިއެވެ.

“ހެހެހެ ކަމެއް ނުކުރަން” ޒިމްޔާ ބުނެލިއެވެ.

“ކޮންތާކު؟” މީކާއީލް އެހުމުން ޒިމްޔާ ގޭގަ އޮތީ އޭ ބުނުމުން މީކާއީލް އަށް ހުއްޓުން އެރިއެވެ. ޒިމްޔާ އޭނާއަށް ދޮގުހެދީކަން ހަމަ ރަގަޅައް ވެސް އިނގުނެވެ. ދެރަވިވަރުން ޒިމްޔާ ހަލޯ ކިޔަކިޔާ އޮއްވަ ފޯނު ކަނޑާލިއެވެ. މީކާއީލް މިސްރާބް ޖެހީ ގެއައް ދާށެވެ. އޭރު އިރު އޮއްސެން ކައިރިވެއްޖެއެވެ.

މީކާއީލް ގޮސް ގެއައް ވަތް އިރު އެންމެން ތިބީ ސޯފާގައެވެ.

“އަހަ. އައީތަ؟ މީކް އަންނަންދެން ނިއުސް އެއްދޭން މިތިބީ” މީކާއީލް މޫޑް ނެތަސް ބޭބެ އައްޓަކައި މަޑު ކުރިއެވެ.

“ހުމް ކޮން ނިއުސް އެއް؟” މީކާއީލް ސޯފާގައި އިށީންނަމުން އަހާލިއެވެ.

“މީކް ޔޫ އާ ގޮއިން ޓުބީ އަންކަލް” ފަޔާޒް މިހެން ބުނުމުން މީކާއީލް ދެލޯބޮޑު ކޮއްލާފަ އާލާ ބަނޑައް ބަލާލިއެވެ.

“ހެހެހެހެ. ޔެސް މިޒޫ އާންޓް އަކަށް ވަނީޔޯ. ތިވަރަށް ދޮންބެ ދައްތަ ބަނޑައް ނުބަލަބަލަ. އަދި ނެތޭ ބަނޑެއް. އެންމެ ތިން ހަފްތާއޭ އަދިވީ” މީކާއީލް ފަޔާޒްމެންނައް މަރުހަބާ ކިއެވެ. އިރުކޮޅަކު ވާހަކަ ދައްކަން އިނދެފަ މީކާއީލް ދިޔައީ ކޮޓެރިއަށެވެ. ފަޔާޒް މިއަދު ހީވަނީ ފަޔައް ކައްޓެއް ހެރިގެން އުޅޭހެންނެވެ. އެހެން ނުވާން ވީ ކީއްވެ ހެއްޔެވެ. ބައްޕައަކަށް ވާން އުޅުމުން ކޮންމެ މީހެއްވެސް އުފާވާނެއެވެ.

ޒިމްޔާ މިރޭ ތައްޔާރުވަމުން ދިޔައީ މީކާއީލް އައް ގަތް ހަދިޔާ ދޭން ދާށެވެ. މިއީ މީކާއީލް އަށް އޭނާދޭ ފުރަތަމަ ހަދިޔާއެވެ. ޒިމްޔާ ތައްޔާރުވެގެން އެގެއައް ގޮސް ބެލް ޖެހީމަ ހުޅުވީ މަސްއްކަތު މީހެކެވެ. ސިއްރު ފިޔަވަޅު ތަކެއް އަޅަމުން ސިޑިން އަރައިގެން ގޮސް މީކާއީލް ކޮޓެރި ކައިރި ހުއްޓު ނެވެ. މީހަކަށް ނުފެނުން ކަން ނަސީބެކެވެ. އޭނާ އަތުގަ އޮތް ޕާރުސަލް ފެނި އަހާފާނެތީއެވެ.ފަހަތައް ޕާރުސަލް ލަމުން މީކާއީލް މެން ކޮޓެރި ދޮރުގައި ޓަކި ޖަހާލިއެވެ. ޓަކި ޖެހުމުން ނުހުޅުވުމުން ތަޅުގަ ހިފާލިއިރު ތަޅު ހުޅުވާފަ ކަމުން އެތެރައް ވަނެވެ. އޭރު މީކާއީލް އޮތީ ނިދާފައެވެ. މޭޒުމަތީ ޕާރުސަލް ބައިންދާފައި އެދު ކައިރިއައް އައިސް މަޑުމަދުން މީކާއީލްގެ މޫނުގަ ފިރުމާލިއެވެ. މިގޮތައް އެތައް އިރަކު މީކާއީލްގެ މޫނައް ބަލަން އިނދެފަ ފެން ފުޅިން ކުޑަ ފެންފޮދެއް އތައް އަޅާލައި މީކާއީލްގެ މޫނުގައި ހާކާލިއެވެ. މީކާއީލް އަށް މިހެން ދެތިން ފަހަރަކު ހަދާލުމުން ހޭލެވުނެވެ. ލޯހުޅުވާލިއިރު ކައިރި އިން ޒިމްޔާ ފެނި ހައިރާންވިއެވެ. އެއީ އެހެންޏާ  ޒިމްޔާ އުޅޭ ގޮތެއް ނޫނެވެ. ހަވީރުވީ ކަންތައް މަތިން ހަނދާން ވުމުން އަނެއްފަރާތައް އެނބުރުނެވެ.

“ހޭ މީކް. ރުޅިއައީތަ؟ ޒިމް މަޖަލަކަށޭ” ޒިމްޔާ ހީކުރީ މޫނުގައި ފެން ހޭކުމުން މީކާއީލް ރުޅިއައީ ކަމަށެވެ.

“ރުޅި އަންނަ ކަހަލަ ކަންތައް ނުކުރާތި ދެންވެސް” މީކާއީލް އެ އޮތް ގޮތައް އޮވެ ފޫހި ގޮތަކަށް ބުނެލިއެވެ.

“އޯކޭ. ސޯރީ” ޒިމްޔާ ހިތުގަ ޖެހުނީ އެހެންޏާ މީކާއީލް ވާހަކަ ނުދައްކާ ގޮތަކަށް ވާހަކަ ދެއްކުމުންނެވެ.

“ހުމް. ދެންދޭ. ނިދަން ވެއްޖެ” މިހެން ބުނެ މީކާއީލް ބާލީހުން މޫނު ފޮރުވާލިއެވެ.

“އޯކޭ. ޒިމް މިއައީ އެއްޗެއް ދޭން މީކްއައް.” ޒިމްޔާއަށް ރޮވެން ފެށުނީ މީކާއީލް އަޅާވެސް ނުލާ ތި ގެނައެއްޗެއް ހިފައިގެން ދާށޭ ބުނުމުންނެވެ.

ޒިމްޔާ ރޯހެން ހީވާތީ މީކާއީލް އަށް ނޯވެވިގެން ތެދުވިއެވެ. އޭރު ޒިމްޔާ އިނީ އަނެއް ފަރާތައް އެނބުރެއެވެ.. މޭޒުމަތީ އޮތް ޕާރުސަލް ފެނި މީކާއީލް އަށް ހިނިތުން ވެވުނެވެ.

“ހޭ ކުޑަކުއްޖެއްތަ މީ ރޯން” މިހެން ބުނެ ޒިމްޔާގެ ފަހަތުން މީކާއީލް ބައްދާލިއެވެ.

“ދެންމެ މަޖާދޯ ކުރީ” ޒިމްޔާ ގިސްލަމުން އަހާލިއެވެ.

“ނޫން. ޒިމް މީކްއަށް ދޮގު ހެދީމަ ރުޅިއައީ” މީކާއީލް ބޭނުމީ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުވާށެވެ.

“ކޮ ކޮން ދޮގެއް؟” ޒިމްޔާ މޫނު ފުހެލަމުން އަހާލިއެވެ.

“ހަވީރު ބޭރުގަ ހުރެފަ ގޭގައޭ ބުނީމަ. މީކް ޒިމްއަށް ގުޅީ ޒިމް ފެނިގެން” ޒިމްޔާގެ ލޮލައް ބަލާލަމުން މީކާއީލް ބުންޏެވެ. މީކާއީލް މިހެން ބުނުމުން ޒިމްޔާ ބާރަކަށް ހޭން ފެށިއެވެ. މީކާއީލް ދެބުމަ ކައިރި ކޮއްލެވުނެވެ. ދެންމެ ރޯން އިން ކުއްޖާ މިހާރު އޭނީ ހޭށެވެ. އަނެއްކާ ޒިމްޔާ މޮޔަވީބާވައެވެ.

“ވަޓް. އެކަމާ ތިހުރީ ރުޅިއައިއްސަ. ހެހެހެ. މީކް އަށް ސިއްރުން ކަމެއްވެސް ނުކުރެވެ. ކުރި ފުރަތަމަ ފަހަރުވެސް އެ ބަސްޓްވީ. ޕާރްސަލް ކެނޑީމަ އިނގޭނެ އޭރު ކީއްކަން ކުރީ” ޒިމްޔާ މީކާއީލް ބޯހާވާލަމުން މިހެން ބުނުމުން މީކާއީލް ގޮސް ޕާރްސަލް ކަނޑަން ފެށިއެވެ. ކަނޑާ ނެގިއިރު ވަރަށް ރީތި ގަޑިއަކާ ގަމީހެކެވެ.

“ސޯ އޭރު ޝޮޕަކަށް ދޯ ދިޔައީ” މީކާއީލްވެސް ހެވިލާފައި އެހިއެވެ.

“ވަރަށް ލޯބި ތެންކްސް ލަވް. ކިހިނެއް މިހާ ހެޔޮވަރުކޮއް ގަންނަން އިނގުނީ؟” ގަމީސް ލަމުން އަހާލިއެވެ.

“ހެހެހެހެ. ދެން ޒިމް އަށް އިނގޭނެއެއްނު” ޒިމްޔާ ހީލަމުން ބުންޏެވެ. މީކާއީލް އާލާ ބަނޑުބޮޑު ވާހަކަޔާ އެކިވާހަކަ ދައްކަން ތިބެފަ ދެމީހުން ދިޔައީ އާލާމެން ގުޅީމަ ތިރިޔަށެވެ.

“ހޭ އާލާ ކޮންގްރޭޓްސް” އާލާ ފެނުމުން ޒިމްޔާއައިސް އާލާގެ ގައިގައި ބައްދާލަމުން ބުންޏެވެ.

“ހެހެހެ ތެންކްސް” ޒިމްޔާ އަށް ހީލަމުން އާލާވ ޝުކުރު އަދާ ކުރިއެވެ.

“ދޮންބެ ދައްތަ ކައިރި މި ބުނީ ހިނގާށޭ މިރޭ ކާންދޭން ދޯ.” މިޒްނާ މިހެން ބުނުމުން އެންމެން އެއްބަސްވިއެވެ.

“ލޮލް ވެއިޓް. ނޯ ބޯއީސްދޯ” މިޒްނާ މިހެން ބުނުމުން ޒިމްޔާމެން އެއްބަސްވެ ހޭން ފެށިއެވެ.

“ހެވޭ އަހަރުން ނުވެސް އުޅެން ދާކަށް” މީކާއީލް ސޯފާގައި އިށީން ނަމުން ބުންޏެވެ.

“ހިނގާދާން އެންމެން. ބޯއީސް މަޑުކުރޭ މިރޭ ގޭގަ. ގާލްސް ނައިޓް އައުޓް އެއް މިރޭ އޮންނާނީ” އާލާމިހެން ބުނުމުން މިޒްނާއާއި ޒިމްޔާ ފުމެން ފެށިއެވެ.

“އޭ އެބަ އަންނަން ރޭޑީވެލައިގެން.” މިޒްނާ މިހެން ބުނެ ދިޔައެވެ.

ތިން އަންހެން ކުދިން ބޭރައް ނިކުތް އިރު މީކާއީލްއާއި ފަޔާޒް ތިބީ ހެވިފައެވެ. އިރުކޮޅަކު ވާހަކަ ދައްކާލަން މަޑުކޮއްފަ ދެމީހުންވެސް ދިޔައީ ނިދާލާށެވެ.

ތިން ކުދިން ގޮސް ވަނީ ތީމް އަށެވެ. އެކި ސަކަރާތާއި މަޖަލުގަ ވަދެގެން ދިޔައިރު މި ކުދިންނައް ފާރަލައިގެން ބަޔަކު ތިބި ކަމެއް ނެނގުނެވެ.

“އާލާމެން ދޯ އެއީ؟” އެލީޝާ އަނެއްކާވެސް މިހެން ބުނެލިއެވެ.

“އާނއެކޭ. ކޮބާބާ ދެން ތިބި މީހުން ޔަގީން ގޭގަ އުޅޭނީ. ހިނގާ ކަމެއް ކޮއްލަންދާން” ފައިހާ މިހެން ހަދަންވީ ގޮތް ބުނުމުން ވިހަ ހިނިތުން ވުމެއް އެލީޝާ ދިނެވެ.

ދެމީހުން އައިސް މަޑު ކުރީ ފަޔާޒްމެން ގެ ކައިރި އެވެ. ވަރަށް ސިއްރުން ގޭތެރައް ދެމީހުންވަދުނެވެ. ގޭރެތެ ތަޅުނުލާކަމުން މި މީހުންގެ މަސައްކަތައް ފަސޭހަވެގެން ދިޔައެވެ.

“އޭ ފަޔާޒް އުޅޭތޯ ބަލާލަބަލަ.” އެލީޝާ ސިއްރުން ބުނެލިއެވެ.

“އޭ ކަލެއަށް އޮތް ޗާންސެއް. އެބޮތް ނިދާފަ ތަޅުނުލާ އޮތީ. މީކާއީލް ކޮޓެރި ތަޅުލާފަ މުޅިން ފަނި” ފައިހާ ދެ ކޮޓެރި ބަލާފަ އައިއްސް ބުންޏެވެ.

“އޯހް. މާ ފަސޭހަ ހީކުރި ވަރަށް ވުރެ. ކޮބާ ނަގާބަލަ އެ ފުޅި” މީކާއީލް މިހެން ބުނުމުން ފައިހާ ދަބަހުން ފުޅިއެއްނަގާ ދިނެވެ. އެ ފުޅި މަތިނަގާ އެފުޅިގަ ކުރި ކުނޑި ޒާތެއްގެ އެއްޗެއް ރުމާލަކަށް އަޅައިލިއެވެ. އެލީޝާ ލަސް ނުކޮއް ކޮޓެރިއަށް ގޮސް ފަޔާޒްގެ ނޭފަތުގަ އެ ރުމާ ޖައްސާލިއެވެ. އިރުކޮޅަކުން ފަޔާޒްއަށް ގޮވުމުން ފަޔާޒް ހޭލިއެވެ. ނަމަވެސް ބޯ ހީވަނީ އަނބުރައިގެން ވެއްޓިދާނެ ހެންނެވެ. ކައިރި އިނީ އާލާ ކަމަށް ހީކޮއް އެލީޝާ ގައިގަ ބައްދާލިއެވެ. މަންޒަރުބަލަން ހުރި ފައިހާ ހިނިގަނޑެއް ޖަހާފަ ކޮޓެރި ތަޅު ނުލާ ލައްޕާފައި ދިޔައެވެ. ގެއިން ނިކުމެ ފައިހާ ގެއަށް ދިޔަ މަގުމަތީ މިޒްނާމެން ކައިގެން ގެއައް ދާތަން ފެނުނެވެ. މަޑުމަޑުން ބޮލުގައި ޖަހާލެވުނީ އަދި އެލީޝާއަކަށް ރަގަޅަކަށް ކަމެއް ނުކުރެވޭނެކަން އިނގުމުންނެވެ. ނަމަވެސް އެއިން މީހަކަށް ފެނެއްޖިއްޔާ މަންޒަރު ރީތި ނުވާނެކަން އިނގުނެވެ.

އާލާމެން ގެއަށް ވަތް އިރު އެކަކުވެސް ފެންނަން ނެތުމުން މީކާއީލް އަށާއި ފަޔާޒްއަށް ގެނައެއްޗިހި މޭޒުމަތީ ބަހައްޓައިފައި އާލާ ދިޔައީ ފަޔާޒް އަށް ގޮވަންށެވެ. ފަޔާޒް ކައިރި މީކާއީލް އޮންނާނެކަމަށް ހިތާ ޒިމްޔާއާއި މިޒްނާވެސް ފަހަތުން ދިޔައެވެ. ދޮރު ހުރީ ތަޅު ނުލާކަމުން ދޮރު ހުޅުވައި ބަލައިލި ތަނުން ތިން މީހުންނައްވެސް ހުއްޓުން އަރާފައި ފެންނަން އޮތް މަންޒަރުން ހުއްޓުން އެރިއެވެ. މީކާއީލްވެސް މަތީގައި އިނދެފައި ޒިމްޔާމެން ގެއަށް ވަދެ ހޭ ވާހަކަ ދައްކާ އަޑައް ނިކުތެވެ. ފަޔާޒް މެން ކޮޓެރިއާ ހަމައަށް އަރާ ހަމަ ކޮއްފަ ފެނުން މަންޒަރުން މީކާއީލްއަށް ވެސް ވީ ޒިމްޔާމެންނައް ވީ ވަރެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mau

Level 2100 Comments10 Stories

??

Other Articles

Previous

ހިތް މިއެދޭ ސޫރައޭ ތީމަގޭ (ތިންވަނަ ބައި)

Next

ސިއްރުން މިހިތާ ކުޅެނީހޭ (އެކާވީސްވަނަބައި)

Next
November 14, 2017

ސިއްރުން މިހިތާ ކުޅެނީހޭ (އެކާވީސްވަނަބައި)

Previews
November 13, 2017

ހިތް މިއެދޭ ސޫރައޭ ތީމަގޭ (ތިންވަނަ ބައި)

20 Comments!

  1. zaul says:
    November 14, 2017 at 12:47 am

    vv reethi story ekam haadha lahun up kuree

    1. Mau says:
      November 14, 2017 at 1:01 am

      Thankyou. Las tha? Dhen faharakun balaanah ingey kurin up kohdheveythoa 🙂

  2. Sweetie says:
    November 14, 2017 at 2:19 am

    Mmm. Varab salhi.

    1. Mau says:
      November 14, 2017 at 4:04 am

      Thankyou sweetie

  3. Baganda says:
    November 14, 2017 at 2:24 am

    Kotaritherah kundithah elheemaves eleeshaa akah hama maheruvakekeyves heenuvey dho. Anhenverin hama gadhaee ey dho?

    1. Mau says:
      November 14, 2017 at 4:04 am

      Hahaha. gadha kameh ingeyne next part ga??

  4. Angel says:
    November 14, 2017 at 4:49 am

    Koniraku next part up kohdheynee?thankolheh awas kohlladhehchey?
    And mi part wes warah reethi..comment eh nukuriyas alhugandu baraabarah kiyan mi waahaka and i love it❤️

    1. Mau says:
      November 14, 2017 at 4:19 pm

      Thankyou 😀

  5. Juma says:
    November 14, 2017 at 9:17 am

    Alheyyy vrh kiyaa hithun indha thi nimmaalee??? ? miadhu aneh part up kohdheeba mau???? Plxxxxxxx ….. waitingssss ❤ ❤ ❤ ❤ ❤

    1. Mau says:
      November 14, 2017 at 4:20 pm

      Hehe. Okay. Keep waiting for tonight 😉

  6. Friends says:
    November 14, 2017 at 10:27 am

    Mashaa allah stry vvvvv reethi…. but maa kury…
    Mau mi part ga some mistake faahagavi dear..
    Wating next part ….
    Dear today one more part plx plx if you can…
    Have nice day..

    1. Mau says:
      November 14, 2017 at 4:21 pm

      Thankyou 🙂

  7. Sidhu says:
    November 14, 2017 at 12:10 pm

    So sad aala haadha dheravaane……vaahaka v salhi

    1. Mau says:
      November 14, 2017 at 4:22 pm

      Thankyou sidhu 🙂

  8. Shudha says:
    November 14, 2017 at 1:36 pm

    Meekaail elysha ah bavaalabala… kanthah fala dhemyhunney dhw pis pis..
    V reethi mi part.. dhn nimeykah noolheytha? Zim aa meek gulheyne dhuvahakah inthixaaru kuereveny

    1. Mau says:
      November 14, 2017 at 4:24 pm

      Heheh thanks. Yes adhi noolhe nimeykah 😉

  9. PRINCESS AFU says:
    November 14, 2017 at 1:55 pm

    WOW ??

    1. Mau says:
      November 14, 2017 at 4:25 pm

      Thanku

  10. Rsh says:
    November 14, 2017 at 3:29 pm

    V V V SALHI

    1. Mau says:
      November 14, 2017 at 4:27 pm

      ThankYou

Comments are closed.

Next Episodeވޭންތަކުން ދިން ހިތި މާޒީ (16)←


All Right Reserved!