ސިއްރުން މިހިތާ ކުޅެނީހޭ (ވިހިވަނަބައި)
ޔާނާއަށް ފޯނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މިކްޔަން ކޮޓަރިއަށް ވަންއިރު ޔާނާ ހުއްޓުން އަރާފައި ހުރުމުން މިކްޔަން ވެސް ގޮސް ފޯނަށް ބަލާލިއެވެ. “އާބިދާ ދައްތަ؟” މިކްޔަން އަށް ބުނެލެވުނެވެ.
“ހޫމް އާބިދާ ދައްތަ. އޯ މައި ގޯޑް. ފަސޭހަ ވީއެއްނު މި” ޔާނާ ދެފަހަރަކު ފުންމާލިއެވެ. “އެކަމް އަހަރެންނަށް ހީވަނީ ޝީ އިޒް މެރިޑްހެން”
“ވަޓް. މެރީޑް ވިއްޔާ ކީއްވެ ޑޭޑް މިމީހަ ފޮޓޯ ފޮނުވާނީ މޮޔަޔާ”
“ހޫމް. ވަރިވީ ކަމަށް ވެސް ވެދާނެ. ހޫމް ދެން ކިހިނެކޭ ލާރާ އޯކޭ ކުރުވާނީ؟” ލާފައި ހުރި ގަމީސް ބާލަމުން މިކްޔަން ބުނެލިއެވެ.
“ކޮންމެވެސް އެއްޗެކޭ ކިޔާފައި ލާރާއާ އާބިދާ ދައްތަ ގިނަވަގުތު އެކީގައި ޓައިމް ސްޕެންޓް ކުރެވޭ ގޮތް ހަދަންވީ” މިކްޔަން ބޭލި ގަމީސް ދާ ވަށިގަނޑަށް ލާންދަމުން ޔާނާ ބުނެލިއެވެ.
“އާބިދާ ދައްތަ ކައިރި ބުނަން ވީއެއްނު އެއަކީ ޒިޔާދުގެ ދަރި ލާރާއޭ. އޭރުން މާބޮޑަށް ލާރާއާ ކެއާކޮށް ލާރާގެ މައިންޑް ޗޭންޖް ކޮށްލަން ފަސޭހަ ވާނެއްނު” މިކްޔަން ސޯފާއަށް ވެއްޓިގަތެވެ.
ޔާނާ ފާޑަކަށް މިކްޔަން އަށް ބަލާލިއެވެ. އެއަށްފަހު ގޮސް ލޯގަނޑު ކައިރީގައި ހުއްޓި ފުނާ ނަގައި ފުނާ އަޅަން ފެށިއެވެ. “ލާރާއަށް އެއަކީ ޑޭޑް އިންނަން އުޅޭ މީހަކަން ނޭނގޭ ފަދައިން އަހަރެން ބޭނުމީ އާބިދާ ދައްތައަށްވެސް އެއަކީ ޑޭޑްގެ ދަރި އެއްކަން ނާންގަން. ޑޭޑް ގެ ދަރިއެއްކަން އިނގިގެން މާބޮޑަށް ކެއާކޮށްފާނެ. މިބުނީ މިސާލަކަށް އެއަކީ ޑޭޑްގެ ދަރިކަން ނޭނގި އުޅުނީމައެއްނު އިނގޭނީ އާބިދާ ދައްތަގެ ހިތްހެޔޮ ކަމެއްވެސް. އާފްޓަރ އޯލް އެއަކީ އަހަރެންގެ ވާންއުޅެ ނިއު މޯމް. ރަނގަޅު މީހެއްތޯ ޓެސްޓްއެއް ކޮށްލަންވާނެއްނު. އަސްލުވެސް ވަރަށް އުފާވެއްޖެ ޑޭޑް އިންނަން ބޭނުންވީ އާބިދަ ދައްތައަށް ކަމަށް ވީމަ. އެހާދުރުމީހެއްނޫނެއްނު.”
“ހޫމް އަހަރެންގެ ބޭބީ މޮޅޭ އިނގޭ” މިކްޔަން ތެދުވެ ގޮސް ޔާނާގެ ފުރަގަހުން ބައްދާލިއެވެ. “އަހަރެމެންނަށް އަސްލު ލާރާ އަށް ވާގޮތެއް ކައިރިން ނުވެއް ބެލޭނެ. ޒާއިން ކައިރި ބުނާނީދޯ” މިކްޔަން ހޫން ލައްވާލިއެވެ. “ދެން ޔަން. ތިހެން ނޫޅި ހިނގާބަ ބޭރަށް ދާން. ހަވީރު އެއްކޮށް އަދި އޮތީއޭ.” މިކްޔަންގެ އަތް ޔާނާގެ ބަނޑުން ނައްޓަމުން ޔާނާ ބުނެލިއެވެ. “ނޫން އަހަރެން ނެތް ބޭރަށް ދާހިތެއް.. ހިނގާބަލަ ކަމެއް ކޮށްލަން” މަސްތީ އަޑަކުން މިކްޔަން ބުނެލިއެވެ. “ދެން ހަވީރޭ މީ ޔަން. އަހަރެން ބޭނުން ޑޭޑް ކައިރިއަށް ވަދެލަން ސޯ ފަހުން. ދޭ ދޭ” ޔާނާ ޝޯލް އެޅުމުގެ ކުރިން ތުންފަތުގައި ލިޕްސްޓިކް ޖައްސަންފެށިއެވެ. “ދެން ޔާނާ. ލަހެއްނުވާނޭ” މިކްޔަން މިހެން ބުނެ ޔާނާއެ އަތްދަނޑި މައްޗަށް ނަގާފައި އެތުންފަތުގައި ބޮސްދޭންފެށިއެވެ. ޔާނާއަށް އިތުރު ކަމެއް ނުކުރެވުމުން ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އޭރު މިކްޔަންގެ ފޯނު ހުއްޓުމެއްނެތި ރިންގްވަމުން ދާކަމެއް ދެމީހުންކުރެ އެކަކަށްވެސް ނޭނގެއެވެ.
*****
ލާރާ އަށް ގޭން ނިކުމެވުނީ ހަތަރެއްޖަހާވެސް ބޮޑުވި ފަހުން ކަމުން ނިކުމެ އަވަހަށް ދެކޮޅަށް ބަލާލީ ޒާއިން ކޮބާތޯއެވެ. “މިހިރީ” ލާރާ ސިހުނީ އޭނާގެ ކަނާތްފަރާތުގައި ހުރި ޒާއިން ބުނެލުމުންނެވެ. “އަވަސް ކުރޭ” ލާރާ އަތުގައި އޮތް ގަޑިއަށް ބަލާލަމުން ބުނެލިއެވެ. “އަވަސް ކުރޭ” ޒާއިން މަގަށް އިޝާރަތް ކުރަމުން ބުނެލިއެވެ.
“ޒާއިން ދެން ގަޑި ޖެހިއްޖެއޭ. ސައިކަލު ކޮބާ.”
“އަހަރެން މިއައީ ހިނގާފައޭ”
“ވަޓް އިޑިއެޓް. ސައިކަލުގައެއް ނޫންތަ އައީއެއް؟”
“ހޫން. ހިނގާފަ ދާން ކަމަށް.”
“އާރގް” ލާރާ ފޯނު ނަގާ ހޮސްޕިޓަލްއަށް ގުޅައި ސަލާންބުނެލިއެވެ. “ޒާއިން އާހެދި އަހަރެންގެ ގަޑިޖެހުނީ. ހިނގާ ޑައިނަމޯއަށް ސަބް ދޭން”
“އަހަރެންނޭ.؟ ބަލަ ތިމާ ކީއްވާނީ ވަގުތަށް ކަމޭހިތާލާފިއްޔާ އެއްފަހަރުވެސް. ތަންކޮޅެއް އަވަހަށް ތައްޔާރުވާނަމަ މިހެން ނުވާނެ. އަހަރެން މިތާ ހުރިން ހަތަރެއް ނުވެސް ޖަހަނީސް. އަހަރެންގެ ބޮލަށް ޖަހާނެ އަދި. ސަބް ކާން ދޭބަލަ އެކަނި”
“ކޯއްޗެކޭ ހިތަށް އަރާފައި ހިނގާާފައި އައީ. އެހެންނޫންނަމަ ދެވުނީހޭ. އަހަރެން މިއަދު ޒާއިން އަތުން ސަބް އަތުލާނަން ހިނގާ”
ގެއަށް ވަންނަން އައި ޒިޔާދުއަށް ފެނުނީ ލާރާ އަދި ޒާއިން ޒުވާބު ކުރާތަނެވެ. ލާރާ ދެއުކުޅުގައި އަތްވިއްދައިގެން އެއްޗެހި ކިޔަމުން ދިޔައިރު ޒާއިން އަތް ހަލުވަމުން ކަޅިއަޅައިގެން ހުރެ އެއްޗެހި ކިޔަމުން ދިޔައެވެ. ޒިޔާދު ބޯހޫރަމުން އެތެރެއަށް ވަދެގެން ދިޔައެވެ.
“ތިއުޅެނީ ހޮސްޕިޓަލްއަށް ނުދެވުނީމަ އެއްނޫން. ތި ސަބްއެއް ކާހިތުން. ތިވަރު ނުކުރިޔަސް އަހަރެން ސަބްއެއް ދީފާނަމޭ. ހިނގާ” ޒާއިން ހަތިޔާރު ބަހައްޓާ ހިނގައިގަތެވެ.
ޒާއިންގެ ފަހަތުން ދިޔަ ލާރާ ދިޔައީ ދެކޮޅަށް ނަޝަމުންނެވެ. އޭނާއަށް ސަބްއެއް ލިބެނީ ވިއްޔާއެވެ. “އައްޗި ނަށަން ވެސް ނޭނގޭ މީހެކޭ” ލާރާ ކުއްލިއަކަށް ހުއްޓި ބޯ ރީތިކޮށްލިއެވެ. ޒާއިންއަށް އަހަރެން ނަށާކަން އިނގުނީ ކިހިނަކުން ހެއްޔެވެ. އޭނާ އެހެރީ އަހަރެންނާ ފުރަގަސްދީގެންނޫން ހެއްޔެވެ. ކޮންމެއަކަސް ލާރާ ގަތީ އަމަށަކު ލަދެއްނޫނެވެ.
*****
ޒިޔާދު ކޮޓަރިއަށް ވަދެ ފޯނުބަލާލިއިރު އާބިދާ ގުޅާފައި އިނުމުން މީ އެއްމެ ފަހު ފަހަރު ކަމަށް ނިންމައި އާބިދާއަށް ގުޅާލިއެވެ. “ހަލޯ. އާބިދާ އަހަރެންނަށް މާފް ކުރޭ. އަހަރެންނަކަށް މިކައިވެންޏެއް ނުކުރެވޭނެ. އަހަރެންނަށް މުހިއްމީ އަހަރެންގެ ދަރިން. އަހަރެންގެ ހަގު ދަރި ގަބޫލެއް ނޫން.”
“ޒިޔާދު. ތީގައި ޒިޔާދު މާފަށް އެދޭވަރު ކަމެއް ނެތް. އަހަރެންގެ ދަރިއެއްވެސް ކައިވެނި ނުކުރާށޭ ބުނިނަމަ ކަންތައް ކުރެވޭނީ ހަމަ ތިހެން. އަހަރެންގެ ޝަކުވާއެއް ނެތް. އެކަމަކު ކުރީގައި ހެން އަހަރެން އެކުވެރިއެއްގެ މަގާމުގައި ބަހައްޓައްޗޭ އިނގޭ” އާބިދާ ބުނެލިއެވެ. ޒިޔާދު އާއެކޭ ބުނެލީ ހިނިތުންވެ ހުރެއެވެ. އެއަށްފަހު ފޯނު ބޭއްވިއެވެ. އެއަށްފަހު އެނދުގައި އިށީއިނދެލިއެވެ.
އޭނާ އެ ކައިވެނި ކުރަން އުޅުނީ ކޮންމެހެން އާބިދާ ދެކެ ލޯބި ވާތީއެއް ނޫނެވެ. ލާރާމެންގެ މަންމަ ނާހީ އަށް ޓަކައެވެ. ނާހީއަށް ކުރެވިފައި އޮތް ވައުދެއްގެ ސަބަބުންނެވެ. ޒިޔާދުގެ ހަނދާނަށް މީގެ އެތަކެއް އަހަރު ކުރީގެ ހަނދާންތައް އަންނަން ފެށިއެވެ.
އެއަކީ ޒިޔާދުއާއި ނާހީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސް ކޮޅެވެ. އާބިދާއަކީ ނާހީގެ އެއްމެ ގާތްއެކުވެރިޔާ ކަމުން އަބަދުހެން އާބިދާ އުޅެނީ ނާހީއާ އެއްކޮށެވެ. އެދެމެދުގައި އެކުވެރި ކަމަށްވުރެ ބޮޑަށް ވަނީ އެއްބަނޑު އެއްބަފާ ކަމުގެ ގުޅުމެވެ.
ނާހީގެ މަންމަ އަދި ބައްޕަ ކާރު އެކްސިޑެންޓްއެއްގައި ނިޔާވިއިރު ނާހީއާ އެއްމެ ކައިރީގައި ވީވެސް އާބިދާއެވެ. ނާހީ އަދި ޒިޔާދު ކައިވެނި ކުރުމުންވެސް އެއްމެ ބޮޑަށް އުފާވި އެކަކަކީވެސް އާބިދާއެވެ.
ކައިވެނި ކުރިފަހުންވެސް އެގުޅުމަށް ބަދަލެއް ނާދެއެވެ. އެ ގުޅުމަށް ހީނާރުކަން އަންނަން ފެށީ އާބިދާ ފިޔާޒް އާ ކައިވެނި ކުރަން އުޅުމުންނެވެ. ފިޔާޒްއަކީ މާރާމާރި ހިންގުމުގައި އެއްމެ ކުރީގައި އުޅޭ މީހެއްކަމުން އާބިދާގެ އާއިލާ އެގުޅުމާ ނުރުހެއެވެ. ފިޔާޒް އާބިދާއަށް ކޮން ދަޅައެއް ދެއްކީ ކަމެއް ނޭނގެއެވެ. ނާހީ އެއަކީ ގޯސް މީހެކޭ ބުނެ ވިސްނައިދޭން އުޅުމުންވެސް އާބިދާ އައީ ނާހީ ދެކެ ރުޅިއެވެ. އަދި އާބިދާއާ ގުޅުމެއް ބާއްވަން ބޭނުންނަމަ ފިޔާޒްއާ ގުޅުމަށް ނާހީ ދެކޮޅުނަހަދަން އެދުވަހު އާބިދާ އަމުރު ކުރުމުން ނާހީ އަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.
އާބިދާގެ އާއިލާގެ ނުގަބޫލުގައި އާބިދާ ފިޔާޒް އާ ކައިވެނި ކުރިއެވެ. ކޮންމެ ހަފްތާއަކު އެއްދުވަހު ނާހީ އަދި އާބިދާ ފޯނުން ވާހަކަ ދައްކައެވެ. ކައިވެނި ކުރި ފުރަތަމަ ދުވަސް ކޮޅު އާބިދާ ހުރީ އުފަލުން ކަން ނާހީއަށް އާބިދާގެ އަޑުންވެސް އިނގެއެވެ. ނަމަވެސް ފަހުން ފަހުން އައިސް އާބިދާގެ އަޑުގައިވާ ހިތާމަ ނާހީއަކަށް ސިއްރެއް ނުވެއެވެ. ނަމަވެސް ނާހީއަށް ކުރެވޭނީ ކީއްހެއްޔެވެ. އޭނާގެ ކޮއްކޮއެއްފަދައިން ދެކުނު އެކުވެރިޔާ ހުރީ އޭނާއާ ވަރަށް ދުރުގައެވެ. ނާހީމެން މެލޭޝިއާގައި ދިރިއުޅެމުން ދިޔައިރު އާބިދާ އުޅުނީ ފިޔާޒްމެން ރަށުގައި ވިއްޔާއެވެ.
ނާހީއަށް އޭނައަށް ވަނީ ކެންސަރު ޖެހިފަކަން އިނގުނު ފުރަތަމަ ދުވަހުވެސް އެއްމެ ފުރަތަމަ ވިސްނީ އާބިދާއާ ދޭތެރެއެވެ. “ޒިޔާދު. އަހަރެންގެ ހިތްބުނޭ އާބިދާ އަދިވެސް އަހަރެމެން ކައިރިއަށް އެހީއަށް އެދި އަންނާނޭ. އޭނާގެ އާއިލާއިން އޭނާއާ ގުޅުން ކަނޑާލާފައި ވާއިރު އޭނާގެ ހުރިހާވެސް މީހަކީ އަހަރެން. އެދުވަހުން އަހަރެން ނެތަސް ޒިޔާދު ވާނެ އާބިދާ އަށް އެހީވާން އިނގޭ” ޒިޔާދު ބޯ ޖަހާލިއެވެ. “އިރާދަކުރެއްވިއްޔާ ނާހީ އެދުވަހުން ހުންނާނެ” ޒިޔާދު އުއްމީދުން ފުރިގެންވާ ގޮތަކަށް ބުނެލިއެވެ. ނާހީ ދިނީ ފަނޑު ހިނިތުންވުމެކެވެ. “ޒިޔާދު ހާދަ އެކަނިވެރިވާނޭ ދޯ. ޒިޔާދު މިސާލަކަށް އާބިދާ އައިއްސިއްޔާ އޭނަ އާ ކައިވެނި ކުރައްޗޭ. އަހަރެންގެ ދެކުދިންނަށް އެއަށްވުރެ ރަނގަޅު ދެވަނަ މަންމައެއް ނުލިބޭނެ”
“ނާހީ. އަހަރެން އާބިދާއާ އެހީވާނަން. އެކަމަކު އާބިދާއާ ކައިވެނި ކޮށްގެންނެއް ނޫން. އަހަރެންގެ ހަޔާތުގައި ނާހީ ނޫން އިތުރުމީހަކަށް ޖާގައެއް ނުދެވޭނެ” ޒިޔާދު ހިތްހަމަނުޖެހުނެވެ. “ހީކޮށްލާ މީ އަހަރެންގެ އެއްމެ ފަހުގެ އެދުމޭ. އަހަރެންނަށް މިކަންތައް ނުކޮށްދޭނަންތަ ޒިޔާދު. އަހަރެން މިހެން މިބުނީ ޔާނާ އަދި ލާރާ އަށްޓަކައޭ. އެމީހުންނަށް މަންމައެއްގެ ލޯބި އުނިވިޔަ ނުދިނުމަށް. ޕްލީޒް ޒިޔާދު” ނާހީ ޒިޔާދުގެ ގައިގައި ބައްދާލިއެވެ.
“އެއްމެ ރަނގަޅު. އާބިދާ އެހީއަކަށް އެދި އަންނަ ދުވަހެއްގައި އޭނަ ކައިވެނި ކުރަން ހުރިއްޔާ އަދި އޭގެ އިތުރުން ކުދިން ރުހެންޏާ އަހަރެން ކައިވެނި ކުރާނަން. އެކަމް އެހެން މީހަކަށް ނުކުރާނަން. އަހަރެން ހަމައެކަނި ލޯބިވިފަރާތަކީ ތީ.” ނާހީ ޒިޔާދުގެ ގައިގައި ބާރަކަށް ބައްދާލިއެވެ. “އަހަރެން ނެތި ކިހިނެއްބާ ޒިޔާދު އެކުދިން ބަލާނީ. ހާއްސަކޮށް އެހެރި ލާރާ. ހާދާ ގޮތްދޫނުކުރެޔޭ”
“ހަމަ ނާހީ ގޮތަށް” ޒިޔާދު އިތުރުކޮށްލިއެވެ. ނާހީ ހިނިތުންވެލިއެވެ. “އަހަރެން ބޭނުމެއް ނޫން އެކުދިންނާ ވަކިވާކަށް. އަހަރެންގެ މިހިތަށް ހާދަ އަސަރެއްކުރެޔޭ. އަހަރެންވެސް ބޭނުން އެކުދިން ބޮޑުވެ މީހަކާ އިނެ ދަރިން ހޯދާ އެކުދިން އަހަރެންނާ ދިމާލަށް މާމާއޭ ކިޔާ ގޮވާލާއަޑުއަހަން. އެކަމް ކީއްކުރާނީ. މީ އަހަ” ނާހީ އަށް ގިސްލެވެން ފެށުނެވެ. ޒިޔާދުގެ ލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ އަންނަންފެށިއެވެ. އޭނާ ވަކި ނާހީ އާނުލައި އުޅޭނީ ކިހިނަކުން ހެއްޔެވެ. ނާހީއާއި ނުލައި ކުދިން ބަލާނީ ކިހިނަކުން ހެއްޔެވެ. ކޮންމެދުވަހަކު އަހަންނަށް ކައްކައިދީ ކާންދޭނީ ދެން ކާކުހެއްޔެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. ޑޮކްޓަރ ބުނފައިވަނީ ނާހީ އަށް ދެން ދިރިއުޅެވޭނީ އެއްމެ ގިނަވެގެން 3 މަސް ދުވަހު ކަމުގައެވެ.
ޒިޔާދު ހިޔާލުން ބޭރުވި އިރު ހުރީ ހަމަރަނގަޅަށްވެސް ރޮވިފައެވެ. އަދިވެސް ނާހީގެ ހަނދާންތައްއާވުމުން އޭނާ ހާދަ ދެރަވެއެވެ. ލޯބިވާ މީހެއް އުމުރަށް ވަކިވީމައި ކުރެވޭ އިހްސާސް އިނގޭނީ އޭނާ ކަހަލަ މަދުބަޔަކަށެވެ..
“ޑޭޑް” ޒިޔާދު ސިހުނީ ހާސްވެފައި ޔާނާ ގޮވާލިއަޑަށެވެ. “ޑޭޑް ކީއްވެ ރޮނީ ކަމެއް ވީތަ” ޔާނާ އައިސް ޒިޔާދު ކައިރި އިށީއިނދެ ހާސްވެފައި އަހާލިއިރު އޭނާއަށް ވެސް ރޮވިއްޖެއެވެ. އޭނާގެ ލޯބިވާ ބައްޕަ ރޯތަން ބަލަން އޭނާއަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
104 Comments!
Comments are closed.





Me first dhw..
Yaayy.. yess ?❤
Yeyyyyy. ThnQ ram???
Wc samee ?❤
Masha Allah.. Wow wow ram, ehbayah vuren anehbai furihama.. Mivaruge rythi vaahaka hama madhu vaane.. V ves rythi.. Ramge thi visnumah hama ahsaribahaa saabas dheyhaavey.. Haadhahaaey molhy.. Hama mulhin kosvehje.. Next part avas kurahchey igey.. Luv u ramkolhu
Awwn thankyou ainth.. loves more ????❤❤❤❤❤❤❤❤❤❤❤❤❤
Yeyy..me first dhw..iru irukolhaa story up veythw balan..mi bai vvv.reethi ???..ly ram?❤
When next part ??
Avaskhlahchey..plx plx plx
Mifaharu first eh noon dww.. dhn faharakun hoadhahcheyy… thankyou sooo much.. mireyy ??❤
Alhey….. Adhi ves hama kiyaa hiy vany… Ehaa ves mi stry rythi
Just love it
Awwn lim thankyou ?❤
Alhe haadha kurey…ekamu v reethi…
Kuru tha dear?? thankyou ?❤
Heyy guyxx next part mireyy… gaimu vx 12 ge kurin up kohlaanan.. ?? and @mal, varah belin name ge meaning hoadhethw foiy fothun vx.. but nuveh neiy mikyan ehh.. so sorry.. ??❤
Mashaa allah stry vvv reethi ramuuuu…
But mi part maakuru dhw..heheh.
Upload soon..
Wating next part..
Nice day..????
Alheyy.. kurutha? thankyou andb have a nice day igeyy..??
3rd dhw..V v v v v nyc..RAAM ur my favourite writer. .aslukohves RAAM haadha ryhchey story liyaaleh..mal hyvany mi story vihkaanlyma v v rangalhu vaanehn. .Heheh.midhn majaa gey. …btw knirakun next part? ??and then RAAMU eh nukiyaanan. .okayyyyyy. .bye
Ly
Alheyy mal.. thankyou so much hehee.. raamu nukiyas ramuu kiyahcheyy igeyy.. i will be happy ??❤ loves..?
3rd eh noon dhw..heheheheh
Hehe.. dhn faharakun balahcheyy 3rd hoadheyhthw igeyy ?❤❤
Aheyyyyy. . Haadha kureyy? But stwrry riithii? When is next
Alhey samee.. so sooryy.. thankyou so much ?❤ mireyy ??
Nice……. ???????
Thankyou shif ?❤
Wow ..nice ..?
Thankyou juvey ??
Varah loabi❤❤❤❤❤
Thankyou mai ??❤❤
Vrh vrh vrh reethi..nimun iruvex neyngeun..
Awwn rose.. thankyou so much ??❤
obiness to the maxxxx….hehe..ram haadha molhey dhw..maasha allah..??thnxxx ram thiha rythi vaahaka eh miha vaahahaka kiya hiyva kudhn ah genesdheythy…waiting for the next part…all the best?
Thankyou so much eshal.. ?❤?
Vvv nice
Thankyou so much liu ?❤
Rovvaaleenu thi….varah reethi ingey ram. Waiting❤❤
Alhey nurohchey awa .. thankyou so much ?❤
Waiting for next part.:D
Thankyou liu.. keep waiting ?❤
Ram.. I have a suggestion.. new part eh fashaa iruga eyge kury part ge last paragraph laafa feshaa dheeba.. plx?
Yess okayh igeyy ?❤
ramko ❤
varah dhuvas kollaafa dhw mi comment kohlevunee ?
ekam hurihaa part eh vx kiyan ingey ?
mi part vx varah loabi ?
Yess varah dhuvas fahun dww.. happy to see you comment.. and hope to see more merr.. thankyou so much ????❤
Vaahaka habeys… But I repeat eakee ehnoon liyaany, e’ee…. And ine eh noon indhe
Awkey reader.. kurin vx reader bunin dww.. so sorry.. dhn ragalhu kohlaanan igeyy… thankyou so much ?❤
😀 mi part kiyaalaafa neih bunaane ehcheh. ehnve angaiga zibu elhuvy mi..
ly ramko. waiting <3
Heii sjk .. reetheetha hady tha.. konmx ekehcheh bunanvaanun ?? hehe ☺ ly more ❤?
reehcheh nuuun. varah varah varah varahhhhh reethiiiii .. hehe 😀 asluvx hama super duper..
Hehehe sjk.. loves yahh ?❤❤?
loves yaj more 😀
**yah
???
Nameh noon..nueh liaany… vvvvvvvvvvvvv ryythi stry
Heii fanthi buni ehcheh nuvisnunu.. hehe.. buneladhyba.. thankyou so much ?❤
alhey…ram thank u for your hard work..even mal ves varah try koffin eyge maana hoadhan..but nufenunu….varah sad…
Wc dear.. yess video thah vxfoiy thah vx.. ekm nufeme e name ehh..e name nethy kanneygey dww.
???
Cab i help u mal
Vvvvvvvvvvv reethi stryy….
Thankyou soooo much riiiiii ??❤❤???
Stryy v v riithi!! V real!! Laaraa n xaain kanthah dhaa goiy v majaaa !! N v bst! Cxx dhen maa avahah lwbi vevuniima ehaa real eh nun!! Asslu gina stry thakuga hunnanii ekahala bai bai kuru galhuvaalaafa!! Bt mi stry ga e bai v salhu assu!! Dhen mikyan n yaanaa ah vaanii kihinehbaa dw! Yaanaa ah hagiigaiy engey dhuhu!?? I think nashvaa e ulheniii xaayaa marrii kuran ulhey boy men gey xiyaan aa thwnche!! Keep it up ram❤ kiyaa iru kiyanii raam?? reym?? Or hama nudhama ram tha??
Awwn thankyou sooo much dear.. lets seee dwww… ? nudhama ram.. raa abafili meem sukun.. ramu kiyas okay igeyy.. hehehe ?❤
Awwn thankyou sooo much dear.. lets seee dwww… ? nudhama ram.. raa abafili meem sukun.. ramu kiyas okay igeyy.. hehehe ?❤
Hey ram! Varah reethi ingey mi part ves.. zaain and laaraa ulhey goi varah majaa and varah loabi ❤️ Waiting for next part.. mirey dhw? Thank you so much ram ?❤️
wc and thanks soo much dear.. ypp mireyy ??❤
Laa alhuga mioh haaa dhuhu kii raaam?? n ram ah thuren ramu maa lwbi!! So ramu❤
Alheyy heheheh.. thankyou ??
raam aky hindhi film thakuga varah gina myhunnah kiyaa name eh dhw 😉 😉
Dww.. hehehe
Hey ram.. v loabi ingey story… love this…? waiting for tge nxt ep… ? @mal i know mikyaal kiyaa kujjeh
Hey maloo… thankyou soo much ?❤ yess maloo plx help mal ??
Mikyaal aky hama hama kan
Mikyan ge meaning??
?
??❤❤
v v v v v v v reethi gud luck
Awwnn thankyou rose ??❤
Vv reethi. Love it…
Thankyou sahoo??❤
v reethi ,,, konirakun next part,,,
Thankyou chipoo.. mireyy.. ?
Avahah up Koh dheh plz
Thankyou so much ?❤
wow vvvvvv reethi . waiting……
Thankyou soo much rsh ?❤
Avahah up kohdheeebala please plx plx……….. Mihaaru 11 jeheee a
So sorry dear ❤
V salhi….ram when next part
Thankyou sidhu.. upkohlaafin ?❤
ވާހަކަ ކޮބައިތޯ؟
??
So mikyan and mikiyaal ge onnanee same meaning eh tha??
I dont know mal.. @maloo plx ans ??
Mikyan eh neygun..
Subbu!Emmen mioh moya vanii!! Includung me? ?kobaahey kobaahey magey lwbi vaaahaka?❤eyohgen egaara gadi bai vanii ey? kiyaalaba kobaahey kobaahey magey lwbi aisha raagah! Hama gulhe e??
Hehehe dear ??
Ram ah nidhunee kan neyge dhw….. waiting the stry…
Nunidhe eyy mish ? kudakoh las v.. hehe ??
Ram.. kobaatha vaahaka… plx up kohdheeba mihaaru eyoh 12 vany… plxxx??
Alheyy upkohlaafin dear ??
Kobaaa? Haadha dhogu hadha writer ekey me? Pissed off
So sorry las veema.. ram abadhu vx bunaa gadiakah upkohla dheveythw balan.. lasvedhaane.. ekm 2 parts upkohladheynamey bunefiyyaa varah balan upkohla dheveythww.. i m so sorry if you feel like i always lie.. sorry disappoint kohlevunyma ?
Evaany ram ah nidhuny kamah.. okay nidhaala nidhaala? But for tomorrow we want at least two parts??okay..?hehe?right everyone..???
Heii nunidhan igeyy.. hehee.. ???
Koba ram? 12 ves v e mihaaru
wow wow haadha reachey mi part ves
ekam stry kuru
keep it up
Thankyou Kylie ??❤