Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މީޝާ (11)

Muroo.... Level 210 Stories100 Comments
November 12, 2017 3 Mins Read
19 Comments

ޑިއުޓީ ނިންމާލުމަށްފަހު ކޮޓަރީގައި އޮއްވާ މީރާ ގުޅިއެވެ. މީރާ ދިން ހަބަރުކުން ޔުނާން އަށް އެނދުން ތެދުވެވުނު ގޮތްވެސް ނޭންގުނެވެ. ” ވަޓް….އަރ ޔޫ ޝުއަރ ޔޫ އަރ ޕުރެގުނެންޓް..” ޔުނާނ ހާސް ވާގޮތް ވިއެވެ. މީރާގެ ގިސްލުމުގެ އަޑު އޭރުވެސް އިވެމުން ދެއެވެ. ޔުނާން ހަދާނެ ގޮތް ހުސްވި ކަހަލައެވެ. ” ލެޓުސް ގެޓް މެރީޑް..” މީރާ ރޮމުން އޭނާ ބޭނުންވާގޮތް ބުންޏެވެ. ޔުނާން ވިސްނާލިއެވެ. ނޫނެކޭ ބުނެވޭކަށް ނެތެވެ. ނަމަވެސް އޭރުން މީޝާ ލިބުންވާނީ ނާދިރު ކަމަކަށްށެވެ. ދެންހަދާނީ ކިހިނެއްބާ އެވެ..ކޮންމެހެން ހަދާފަ ވިޔަސް ޔުނާން ބޭނުންވީ މީޝާއެވެ.މީރާ އެއް ނޫނެވެ. މީރާ ކައިރީ އަދި އެއްވެސް މީހެއް ކައިރީ ނުބުނަންއެދުނެވެ . އަދި ވަރަށް އަވަހަށް ކައިވެނި ކުރަން މާލެ ދާނެކަމަށް ބުނެ ޔުނާން ވާހަކަ ހަމަޖައްސާލިއެވެ.
މީރާ އަށް ބަނޑު ބޮޑުކަން އިނގުނު ފަހުން އެއްތާކު މަޑުން އިނދެވެނީ އެއް ނޫނެވެ. ބިރުން މީހާ ތުރު ތުރު އަޅަމުން ދޔައެވެ. ބައަޕަ އަށް އެގުމުން ވާނެ ގޮތްވެސް ނޭގެއެވެ. ކައިވެނި ކުރަން ޔުނާން އަންނާނެކަމަށް ބުނުމުން ކޮންމެސް ވަރެއްގެ ހިންހަމަ ޖެހުމެން ހިތައް ލިބިގެން ދިޔަސް ނޭގޭ ބިރެއް ހިތުގައި ވާކަން މީރާއަށް އިހްސާސް ވެއެވެ. ކޮންމެވެސް ކަމެއް ވަރަށް ގޯސް ވާން އުޅޭހެން އޭނާގެ ނަފްސު ބުނާހެން ހީވެއެވެ. މީރާ ތުވާލި ހިފާގެން ފާހާނާ އަށް ވަނީ ހިޔާލު ތަކުން ގުރު ވެވޭތޯ ފެންވަރާލާށޭވެ.
ޖެހިގެން އައި ދުވަހު ޔުނާން ހަވީރުގެ ވަގުތެއްގައި މާލެ އައިސް ގެސްޓު ހައުސް އަކުން ރޫމެއް ނަގާ އެތާނގައި ޔުނާން މަޑުކުރިއެވެ. ޔުނާން ބޭނުން ވަނީ އެއްވެސް މީހަކަށް އޭނާ މާލެ އައިކަން އެގުނަ ނުދޭށެވެ. އިގެގެން އޭނާގެ ޕުލޭން ފަނިވާކަށް ޔުނާން ބޭނުމެއް ނުވެއެވެ. ހެނދުނު ހެނދުނާ މީހާގެ ސިފަ ނޭނގޭހެން ސިފަ ބަދަލު ކޮއްގެން ޔުނާން ނިކުތީ ޕުލޭނާ އެއްގޮތައް ކަންތައް ކުރާށޭވެ. އޭނާއަށް މީރާމެންގެއާ ހަމައަށް ދެވުންތަނާ މީޝާ ސްކޫލް ޔުނީފޯމުގައި އެގެއިން ނިކުންނީއެވެ. ޔުނާން ހިތް ފުރޭވަރަށް އޭނާގެ ހިތުގެ ވެރިޔާގެ ސޫރައަށް ބަލާލިއެވެ. ޔުނާން ހިނިތުން ވެލީ މީޝާ އޭނާގެ މީހަކަށް ވާން ދެން މާގިނަ ދުވަހެއް ނެތް ކަން ހިތައް އެރުމުން ނެވެ. މީޝާ ގޮސް ގެއްލެންދެން އޭނާ މީޝާ އަށް ބަލަން ހުރީ ދީވާނާ އެއްފަދައިންނެވެ.
އޭގެ ބައިގަޑި އިރުފަހުން ސަލީމް ނިކުމެ ސައިކަލުގައި ނައްޓާލިތަން ފެނުމުން ޔުނާން އޭނާ ގެނާ ޕެޓްރޯލް ފުޅި ހިފާގެން މީހަކަށް ނުފެންނާނެހެން އެގެއަށް ވަނެވެ. ދެފަހަރަކު ދޮރުގައި ޓަކި ދިންތަނާ މީރާ އެތެރެއިން ދޮރު ހުޓުވާލިއެވެ. ކުރިމަތީ ހުރީ ޔުނާން ކަން ނޭނގޭތީ މާރާ ބަލަން ހުރީ ބީރައްޓެހި ގޮތަކަށެވެ. މީރާ އެއަޗެއް ބުނާނެ ވަގުތު ނުދީ ޔުނާން މީރާ އަނގަމަތީ އަތް އަޅާ އެތެރެއަށް ވަދެގަތެވެ. މީރާ ސުލާމަތް ވެވޭތޯ އެތައް މަސައްކަތެއް ކުރަމުންގެންދިޔައެވެ. ބިރުން އެފަކީރު އޭރު ހުރީ ދެލޯޑޮވެފައެވެ . ޔުނާން އަވަސް އަވަހަށް މީރާ އަތާ އަންގަ އޭނާ ގެނާ ފޮތި ބޭނުން ކޮއްގެން އެއްސުމަް ފަހު ޕެޓް ރޯލް ފުޅީގައި ހުރި ޕެޓްރޯލް މުޅި ގޭތެރެއަށް އުކާލިއެވެ. އަދި މީރާގެ ގަަޔަށް ޕެޓްރޯލް އަޓާ އޭނާގެ ގައިގައި އަލިފާން ޖެއްސިއެވެ. ފޯނުނަގާ އެމަންޒަރު ފޮޓޯނެގިއިރު މީރާ ސަފާމަތް ވޭތޯ އެތައް މަސައްތެއް ކުރަމުން ގެންދިޔައެވެ. ޔުނާން ގެ ހިތައް އެވެސް އަސަރެއް ނުކުރާ ކަހަލައެވެ. ބަދިގެއަސ ވަދެ އުދުން ޖައްސާލުމަށް ފަހު އެގޭން ނިކުމެގެން ދިޔައީ އިންސާނިއްޔަތުގެ އެއްވެސް ކަންފުޅެއް އެހިތުގައި ނުވެއެވެ. އިސާހިތުކު މުޅިގޭގައި އަލިފާން ރޯވެ އަނދަން ފެށީ ޔުނާން ކުރިމަތީގައެވެ. ޔުނާން ގެ މޫނުމަތިން ފެނިގެން ދިޔައީ ހިނިތުން ވުމެވެ. ރަހުމެއް ކުލުނެއް ހުރި އިންސާނެއް ނޫނެވެ. އަމިއްލަ އުދުމާވެގެން އެދުއްވާލީ ކުށެއް ނެތް ދެފުރާނައެވެ. މީރާގެ ބަނޑުގައި ޔުނާން ގެ ދަރިއަކު ވާކަން ވެސް ހަނދާނެތްފަދައެވެ. އެއަށް ވުރެއް ބޮޑަށް އޭނާ ވަނީ ޖާހިލު ވެފައެވެ. ހުރިހާ ކަމެއް ވެ ނިމެންދެން ޔުނާން އެތާ ހުއްޓެވެ. ސިފަ ނޭނގޭ ވަރަށް ބަދަލު ކޮށްފައި ވުމުން އެކަކަސް ވެސް އެއީ ޔުނާން ކަމެއް ނޭންގެއެވެ.
ޔުނާން އެންމެ ހިންހަމަ ޖެހުނީ އެއީ މީހަކު ގަސްގުގައި ކޮށްފައިވާ ކަމެއްކަށް އެއްވެސް ވަރަކަށް ޝައްކުވެސް ނުވީީތީއެވެ.އޭނާ ބޭނުންވި ގޮތައް އެކަން ނިމިގެން ދިއުމުން އެރޭ ފުރައިގެން ރިސޯޓަށް ޔުނާން ދިޔައީ އުފަލުން ހުރެއެވެ. މީރާ އެފަދަ ނިކަމެތި ގޮތަކަށް މަރާލެވުނީތީ އެއްވެސް ވަރަކަށް ޔުނާން ދެރައެއް ނުވެއެވެ. ކުރާނީ ކީއް ހެއްޔެވެ.؟ އަމިއްލަ އެދުމާ ވެގެން ދުނިޔޭގައި މިފަދަ ނުބާ އަމަލު ހިންގާމީހުން މަދެއް ނޫނެވެ. ނަމަވެސް އެމީހުންނަށް ވެސް ކުރި ނުބާކުމުގެ ޖަޒާ ނުލިބި ނުދާނެކަން އެމީހުންނަށް ވިސް ނޭނެނަމައެވެ؟
ޔުނާން ސޯފާއިން ތެދުވެގެން ގޮސް ބެލްކަނީ ރެއިލިން ގައި އަތް އަޅުމާލިއެވެ. މިފަހަރު މެލޭ އަށް އައީ މީޝާ އެނާގެ މީހަކަށް ހެދުމަށް ޓަކައެވެ. ނަމަވެސް ކައިޝް އާއި މީޝާ އެކަކު އަނެކަކު ދެކެ ލޯބިވާކަން އެގުމުން ޔުނާން ގެ މޫޑު ހަރާބްވެގެން ދިޔައެވެ. މީޝާ އާއި ޔަނާލް ކޮޓަރީތެރޭ ތިބެދެއްކި ވާހަކަ ޔުނާންއަށް ވަނީ އިވިފައެވެ.ޔަނާލްކައިރީ މީޝާ ކައިޝްދެކެ ލޯބިވާކަން ހާމަކުރުމުން އޭނާމާޔޫސްވިއެވެ.. މީޝާ އޭނާ ނޫން އެހެން މީހަކަށް ލޯބިން ބަލާލުން ވެސް އެއީ ޔުނާން އަށް ކެއްވާނެ ކަމެއް ނޫނެވެ. އެހެންވެ ކައިޝް ބިރު ަދައްކައިގެން ވެސް ޔުނާން ބޭނުންވީ ކައިޝް މީޝާ އާއި ގާތް ވިޔަ ނުދޭށެވެ. އެގޮތުން ފިޒާން އުފަންުވަހުގެ ރޭ އެފޮށި އޭނާ ފޮނުވީ އެވެ. ޔުނާން ހިތައް އެރީ ކައިޝް އެފެނުމުން މީޝާ އާއި ދުރަށް ގާނެ ކަމަށެވެ. ނަމަވެސް އިއްޔެގައި މީޝާ މޫނުގައި ކައިޝް ހިފަހައްޓައިގެން ހުރުމުން ޔުނާން ގެ ހިތަކަށްކެތެއް ނުވިއެވެ. އެހެންވެ ގަސްތުގައި ވަޅިން އަތުގައި އެޅީއެވެ.ތަދުވިޔަސް އޭނާއަށް ވަރި ހަމައެވެ. ބޭނުންވީ ކައިޝް މީޝާ އެކުގައި ނުވުމެވެ.
ޔުނާން ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮއްލިއެވެ. ބޭނުން ނުވިނަމަވެސް އޭނާ ޖެހޭނީ ކައިޝް އަށް ގޮތެއް ހަދާށެވެ. ޔުނާން ފޯނުނަގާ ނަންބަރަކަށް ގުޅާލިއެވެ.

މީޝާގެ ޖަވާބު ފެނުމުން ކައިޝް އިންކިހާއަށް އުފާވިއެވެ. ކައިޝް އެކޭ އެއްގޮތައް މީޝާވެސް ލޯބިވާކަމަށް ބުނެ ކޮއްފައިވާ މެސެޖު ކިޔުނު އަަދަދު ވެސް ނޭގެއެވެ. ހިތާދިމާވީ ފަޅީގައި ފޯނުޖައްސާލީ އެ މެސެޖުން ހިތައް ލިބުނު ހަމަޖެހުމަކުންނެވެ. އަވަހަށް މީޝާ ފެނޭތޯ ހޯދަން ފެށުނީ އެސޫރަ ފެނިލުމަށް ހިތްއެދި ގޮވާވަރުން ނެވެ.
” ގޮއްސި މީހާރު ..” އާނާ މީޝާ ދިޔަވާހަކަ ބުނުމުން ކައިޝް ދެރަވިއެވެ. ކައިޝް އަށް ވީގޮތް ފެނި އާނާ އާއި ފީޒާން މާޖާވެގެން ހޭންފެށިއެވެ. ކައިޝް އެމީހުންނަށް ކަޅި އަޅާލުމުން ހިނގައިގަތީ މީޝާ މުގުމަތިން ވިޔަސް ފެނޭތޯއެވެ. ފިޒާން މެން ވެސް މަޑުމަޑުން ކައިޝް ފަހަތުން ހިނގައި ގަތެވެ. ކައިޝް މަގަށް ނިކުމެ ބަލާލިއިރު މީޝާ ވަނީ ވަރަށް ދުރަށް ގޮސްފައެވެ. ކައިޝް ބަލަން ނުހުރެ ދުއްވައި ގަތީ މީޝާ އަތުވޭތޯ ބަލާށެވެ. ކުއްލިއަކަށް ކައިޝް އަށް ހުއްޓެވުނީ މީޝާ ފަހަތުގައި ހުރި މީހާ ފެނުމުން ނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muroo....

Level 210 Stories100 Comments

Other Articles

Previous

ސިއްރުން މިހިތާ ކުޅެނީހޭ (ނަވާރަވަނަބައި)

Next

ލޯތްބެއްނެތް ގުޅުން (6 ވަނަ ބައި)

Next
November 12, 2017

ލޯތްބެއްނެތް ގުޅުން (6 ވަނަ ބައި)

Previews
November 11, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ނަވާރަވަނަބައި)

19 Comments!

  1. shahoo says:
    November 12, 2017 at 12:14 am

    vrh reethi…

    1. Muroo.... says:
      November 12, 2017 at 8:09 pm

      Thanks shahoo?

  2. Chummi says:
    November 12, 2017 at 12:23 am

    Yes me first dho❤❤
    Vaahaka vrh vrh reethiii. When next part???

    1. Muroo.... says:
      November 12, 2017 at 5:39 am

      Thanks chummi.. try kuraanan miadhu up kurevey thoa..☺

  3. Mee sh says:
    November 12, 2017 at 1:01 am

    Meesh knme baehvx kiyan. Vrh vrh rythi. And improvement vrh bodah feney. Enme furathama liyunu part aa balaafa vrh boduthah rangalhu kohfi
    Mi story hama obinoavey
    Vrh vrh salhi.
    Mikahala salhi vaahaka eh adhi nukiyan
    Hieh nuvey mee muroo liyaa first vaahaka hennehvx.
    I love this story??
    Hehe. And thats my name

    1. Muroo.... says:
      November 12, 2017 at 5:42 am

      Thanks meesh for the lovely comment.. ??? v happy vehjje comment kiyaafa.. thanks alot

  4. Riii says:
    November 12, 2017 at 5:26 am

    Vv reethi waiting 4 nxt prt…

    1. Muroo.... says:
      November 12, 2017 at 5:46 am

      Thanks Riii?

  5. Muroo.... says:
    November 12, 2017 at 5:50 am

    Hey guys.. here’s next part.. hope mi part vs reethi vaane kamah…. V avahah in sha Allah 12th vana part genesdheynan.. ly oll

  6. Lam says:
    November 12, 2017 at 7:24 am

    Vvv reethi…waiting…lov it

    1. Muroo.... says:
      November 12, 2017 at 7:28 am

      Thanks lam??

  7. dhimmm says:
    November 12, 2017 at 9:16 am

    alheyy.. dhn kihineh baa vaanee..kiyaa hithun indha enimunee…. vrh reethi ingey..love yuhh muroo… when next part???

    1. Muroo.... says:
      November 12, 2017 at 11:42 am

      Thanks dhimmm..?? miadhu up vaane in sha Allah…ly too?

  8. Rsh says:
    November 12, 2017 at 9:35 am

    WOW V V V REETHI

    1. Muroo.... says:
      November 12, 2017 at 11:43 am

      Thanks Rsh ??

  9. Ainth says:
    November 12, 2017 at 9:48 am

    Anehbayah v v inthixaaru Kurevey.. Muroo ves haadha molhey dhw vaahaka liyan.. Ibaaraah kurunthah v rythi.. Next episode avas kohlahchey igey

    1. Muroo.... says:
      November 12, 2017 at 11:44 am

      Thanks ainth..?next part miadhu in sha Allah

  10. Friends says:
    November 12, 2017 at 10:17 am

    Ey stry salhi ingey dear.
    Some typing mistake faahagavi mi partga vess.
    But improvement vvv bodah feney dear ge hehe…?
    Upload soon..
    Have nice day..????

    1. Muroo.... says:
      November 12, 2017 at 11:45 am

      Thanks friends… Yaa dhw.. Muroo v balan madhu kurevey thoa typing mistake..☺?

Comments are closed.

Next Episodeމީޝާ (12)←


All Right Reserved!