Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރުން މިހިތާ ކުޅެނީހޭ (އަށާރަވަނަބައި)

Pinkish Level 6100 Comments10 Stories100 Login500 Comments
November 11, 2017 5 Mins Read
67 Comments

ނަޝްވާ ބޭރަށް ނިކުމެ މުޅި މަގަށް ނަޒަރު ހިންގާލިއެވެ. ހަލަބޮލިވެފައިވާ އެމަގުން އޭނާ ނުދަންނަ މީހަކު ހޯދާނީ ކިހިނެއްހެއްޔެވެ. ނަޝްވާ އަށް އެއްލިކަޅިއަކުން ފެނުނީ ދުރުގައި ހުރި މީހަކު ހަނާއަޅާތަނެވެ. ދުރުގައި ހުރުމުން މޫނު އެހާސާފު ނުވިނަމަވެސް އެއަކީ ޒިޔާން ކަމަށް ނިންމައި އެދިމާލަށް ހިނގައިގަތެވެ. ކައިރިއަށް ދިޔަވަރަކަށް މޫނު ސާފުވަމުން ދިޔައެވެ. ވަރަށް ކައިރިއަށް ދިޔަފަހުން ނަޝްވާއަށް އެކާކު ކަން އިނގުނެވެ.

“ތި ޒިޔާން؟” ނަޝްވާއަށް އަހާލެވުނެވެ. ޒިޔާން ބޯޖަހާލިއެވެ. “އަހަރެން ގައިގަ ހެދިކާ ކޮތަޅުން ޖެހީ ޒިޔާން؟” މިފަހަރުވެސް ޒިޔާން ހިނިތުންވެ ހުރެ ބޯޖަހާލިއެވެ. “ދެން އަހަރެން އޭގެން ޖެހިޔޭ ކިޔާފަ ފޫހިވާނީތަ؟” ޒިޔާން މިހެން ބުނުމުން ނަޝްވާ އަވަސް އަވަހަށް ބޯޖަހާލިއެވެ. “ކޮބާ އަހަރެންނަށް ދޭންބުނި އެތި؟” ނަޝްވަ އަހާލިއެވެ.

“ދޭނަމޭ. ފުރަތަމަ ހިނގާބަލަ މިނޫން ތާކަށް” ޒިޔާން މިހެން ބުނުމުން ނަޝްވާ ބޯޖަހާލިއެވެ. އެއަށްފަހު ދެމީހުންވެސް ހިނގައިގަތީ ވަކި މިސްރާބެއް ނެތިއެވެ.

*****

“ކޮއްކޯ” ޔާނާ، ލާރާގެ ކޮޓަރިއަށް ބޯދިއްކޮށްލަމުން ބުނެލިއެވެ. ލާރާ އެކޮޓަރި ކުޑަދޮރުކައިރި ހަށަން ބަދެލައިގެން ފުރަގަސްދީގެން ހުއްޓެވެ. ޔާނާ މަޑުމަޑުން ގޮސް ލާރާ ކައިރި ހުއްޓި ކޮނޑުގައި އަތްއަޅާލިއެވެ. ލާރާ އެއަތްފޮޅުވާލިއެވެ.

“ދޮންތަ އަށް މައްސަލައަކަށް ނުވިޔަސް އަހަރެންނަށް މައްސަލައެއް ޑޭޑް އެހެން މީހަކާ ކައިވެނި ކުރުމަކީ” ލާރާގެ އަޑުން އޭނާއަށް ހުރީ ރޮވިފަކަން ވަރަށް ރަނގަޅަށް އިނގެއެވެ. “ދޮންތައަށް ފަސޭހަވިޔަސް އަހަރެންނަކަށް ފަސޭހައެއް ނޫން މޯމްގެ ޖާގަ އެހެން އަންހެނަކަށް ދޭކަށް” މިފަހަރުވެސް ލާރާ ވާހަކަ ދެއްކިއެވެ. ޔާނާ ވާހަކަ ނުދައްކައި މަޑުކޮށްލީ ލާރާ ވިސްނަނީ ކޮންކަމަކާތޯ ބަލާލާށެވެ. “އެހެން އަންހެނަކަށް އަހަރެންގެ މަންމައަކަށް ވުމުގެ ފުރުސަތެއް އަހަރެން ނުދޭނަން. ދޮންތަ ޑޭޑް ކައިރި ބުނޭ މި ކައިވެނި ކޮށްގެން ނުވާނޭ.” ރުޅިވެރިކަމާއެކީ އެހުރިގޮތަށްހުރެ ލާރާ ބުނެލިއެވެ.

“ކޮއްކޯ. ދޮންތަ ނޫޅެމޭ މޯމްގެ ޕްލޭސް އެހެން މީހަކަށް ދޭކަށް. ކޮއްކޮވެސް ނުޖެހޭނެ ދޭކަށް. ޑޭޑް ވެސް ނުބުނެއެއްނު އެހެނެއް. އެކަމް ވިސްނާލަބަލަ ޑޭޑް ވެސް ލައިފް އެއްބޭނުންވާނޭ. ކޮންމެ ދުވަހަކު އޮފީހަށް. އޮފީހުން ގެއަށް. ދެޓްސް އިޓް. އެވެސް ލައިފް އެއްތަ. ޑޭޑް އަހަރެމެންނަށްޓަކައި އެހެން މީހަކާ ކައިވެނި ނުކޮށް މިއޮއް ހުރިހާ އަހަރަކު ހުރީ. ދެން އަހަރެމެންވެސް ޑޭޑް އުފަލަށް ވިސްނާލަން ވާނެއްނު ކޮއްކޯ” ޔާނާ ލާރާއަށް ވިސްނަދެވޭތޯ މަސައްކަތް ކުރިއެވެ.

“އަހަރެންނަކަށް ނޭނގެ. ޑޭޑް ނުޖެހޭނެ އެހެން މީހަކާ އިންނާކަށް. ދެޓްސް އިޓް. އަހަރެންނަށް ހެޔޮ އަހަރެންނަކީ ވަރަށް ގޯސް މީހެކޭ ބުންޏަށް. މޯމްގެ ޖާގައިގަ އެހެން މީހަކު ހުއްޓަ ބަލާކަށް އަހަރެންނަކަށް ކެތެއް ނުވާނެ. ދޮންތަ އަށް ހެޔޮވާނެ. ދޮންތަ އުޅޭނީ އެހެން ގެއެއްގަ ވިއްޔަ. އެހެން އަންހެނަކާއެކީ އުޅެންޖެހޭނީ އަހަރެންނަށް.” ލާރާ ފުންނޭވާއެއްލިއެވެ. “އަހަރެންނަށް ރަނގަޅީ ދޮންތަ މިތަނުން ދިޔައްޔާ.” ލާރާ އެހެން ބުނުމުން މާޔޫސްވެފައި ހުރި ޔާނާ އެއްޗެކޭ ބުނަންއުޅުނެވެ. “އަހަރެން ބޭނުމީ އެކަނިވެލަން. ދޭ މިތަނުން” ލާރާ މިހެން ބުނުމުން ޔާނާ ދެރަވެފައި ހުރެ ކޮޓަރިން ނިކުތުމަށް ދިޔައެވެ. ކޮޓަރިން ނިކުމެ އަދިވެސް އެއްފަހަރު ޔާނާ ލާރާގެ ކޮޓަރިއަށް ބަލާލިއެވެ. އެއަށްފަހު ހިނގައިގަތް ޔާނާ ސިހުނީ ކުއްލިއަކަށް ޒިޔާދު ކުރިމައްޗަށް އެރުމުންނެވެ. ޒިޔާދުގެ މޫނުމަތީ ހުރިކުލަވަރުން ޒިޔާދުއަށް ލާރާދެއްކި ހުރިހާވާހަކައެއް އަޑުއިވިއްޖެކަން އިނގެއެވެ.

“ޑޭޑް ބޭނުމީ ދަރިފުޅުމެން އުފަލުގައި ހުރުން. ލާރާއަށް ކަމުނުދަންޏާ މިއަކީ ޑޭޑް ނުދައްކާ ވާހަކައެއް. ދަރިފުޅުވެސް ނުވާނެ ދެން ލާރާއާ މިކަމާބެހޭގޮތުން ވާހަކަ ދައްކާގެންނެއް އިނގޭ.” ޒިޔާދު މިހެން ބުނުމުން ޔާނާ ބޯޖަހާލިއެވެ. ނަމަވެސް ޔާނާ އަދިވެސް ލާރާގެ ރުހުން ހޯދޭތޯ ފުރިހަމައަށް މަސައްކަތްކުރަން ހިތުން އަޒުމް ކަނޑައެޅިއެވެ. ލާރާއާ ހެދިން ޑޭޑް ގެ މިއުފާ ޑޭޑްގެ އަތުން ދޫވާކަށް ޔާނާ ނޭދެއެވެ. “ދަނީ ޑޭޑް. ލަސްވެސް ވެއްޖެ” ޒިޔާދު ބޯޖަހާލުމުން ޔާނާ ފަހަތުގައި ހުރި މިކްޔަން އާއެއްކޮށް އެގެއިން ނިކުންނަން ހިނގައިގަތެވެ.

“އަހަރެން ހިތަށްއަރަނީ ކޮއްކޮއަށް ކީއްވެބާއޭ ނުވިސްނެނީ” މިކްޔަންގެ ސައިކަލު ފަހަތަށް އަރަމުން ޔާނާ ބުނެލިއެވެ. “ވިސްނަދިނީމަ ވިސްނޭނެ. އެކަމް އެހެން ކަހަލަ ގޮތަކަށް. މިހާރު ޒާއިންއާ ވަރަށް ޕާޓެއްނު. އަބަދުހެން އެކީއުޅޭނީ. އޭނަ ކައިރި ބުނަންވީނު އޭނަ ލާރައަށް ވިސްނަދީފާނެ.”

“ހޫމް. އަހަރެންނަށް ވެސް ފެންނަނީ ތިގޮތް. އެކަމް ޒާއިންވެސް ސީދާ އެމައުލޫ އާ ވާހަކަ ދައްކަންޏާ އެގޮޔަ އެއްބަހެއް ނުވާނެ. ވަރެއްގެ ގޮއްޔެއް އެވެސް. އެހެންގޮތަކަށް އޯކޭ ކުރަން ޖެހޭނީ” ޔާނާ ބުނެލީ ހިނިތުންވުމަކާއެކީއެވެ. މިކްޔަންވެސް ބޯޖަހާލީ އެކަމާ އެއްބަސް ވުމުގެ ގޮތުންނެވެ.

“އައި ލަވްޔޫ. ދުވަހަކުވެސް އަހަރެން ދޫކޮށްނުލައްޗޭ” ޔާނާ ސައިކަލު ދުއްވަމުންދިޔަ މިކްޔަންގެ ގައިގައި ބައްދާލިއެވެ.

“އައި ލަވް ޔޫ. ގަބޫލު ނުކުރެވިދާނެ. ޔާނާގެ މާމަ ނިޔާވި ފަހުން އަހަރެންނަށް ޔާނާއަށް ހާއްސަ ސަމާލު ކަމެއް ދެވެން ފެށުނު. އަހަރެން ހީކުރީ ހަމްދަރުދީ ކަމަށް. ވަރަށް ފަހަކަށް ދާންދެންވެސް އެހެން ހިތަށްއަރުވައިގެން ހުރީ. އެކަމް އެރޭ ޕާޓީގައި އަބަދު ޔާނާއަށް ބެލުމާ އެވީ ޖެލެސީއިންނާ އަހަންނަށް ރަނގަޅަށް އިހުސާސްވި މި ލޯބިކަން. އައި ލަވް ޔޫ. އެންޑް ކޮންމެ ކަމެއް ދިމާވިޔަސް އަހަރެން ޔާނާ އެއް ދުލެއްނުކޮށްލާނަން. އެންޑް ދެޓްސް އަ ޕްރޮމިސް” މިކްޔަން އެއްމެ ފަހު ޖުމްލަ ބުނެލީ ހިޔާލަކަށް ގެއްލި ހުރެއެވެ. އަނެއްކާ ނަޝްވާ އޭނާ ހޯދަން އައިއްސިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ. ލަސްނުކޮށް ޔާނާއަށް ހުރިހާ ވާހަކައެއް ކިޔާދޭންވީއެވެ. އޭރުން މިހިތަށްވެސް ހިތްހަމަޖެހުމެއް ލިބޭނެއެވެ.

“ޔާނާ އަހަރެން ވާހަކައެއް ބުނަންތަ؟” މިކްޔަން މިހެން ބުނުމުން ޔާނާ ހޫމް ލައްވާލިއެވެ. “އުނހު. ފަހުން ބުނާނަން” މިކްޔަންގެ ހިތުގެ ކަނަކުން އެވާހަކަ ނުބުނުމަށް ބުނަމުން ދިޔައެވެ. އެހިތުގައި ޔާނާ ގެއްލިދާނެކަމުގެ ބިރުހީވިއެވެ. “ދެން ޔަން. އެހާ ކިއުރިއަސް ކޮށްލާފައި. ބުނަންވީ” ގެއަށް އާދެވުމުން މިކްޔަންއާއެކީ ގެއަށް ވަންނަންދަމުން ޔާނާ ބުނެލިއެވެ.

މިކްޔަން ޔާނާގެ ކަންފަތްބުޑުގައި އެއްޗެކޭ ބުނެލިއެވެ. ޔާނާގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. “ކިހިނެއްވީ؟ ހިޔާލު ކަމުނުދަނީ؟” މިކްޔަން ޔާނާގެ އަތުގައި ހިފާ ގާތަށް ދަމާލަމުން ބުނެލިއެވެ. އެމީހުނަށް ހުރެވުނީ ގެއަށް ވަންނަ ދޮރުމަތީކަންވެސް އެމީހުން ހަނދާންނެތެވެ. “ނޫން. އަހަރެން ވަރަށް ބޭނުން ބޭބީއެއް” މިކްޔަންގެ ލޮލަށް ބަލާލަމުން ޔާނާ ބުނެލިއެވެ. “މިރޭއިން ފަށައިގެން ޓްރައި ކުރާނީދޯ” ޔާނާގެ މޫނާ މޫނު ކައިރިކޮށްލަމުން މިކްޔަން ބުނެލިއެވެ.

“އުނހޫ. ސާބަސް ތިމީހުނަށް. ކޮޓަރިއަށް ވަދެވެންދެންވެސް ކެތްނުކުރެވެ” ދޮރު ކައިރި ހުއްޓިލަމުން ޒާޔާ ބުނެލިއެވެ. ފަހަތުގައި ޒާއިންވެސް ހެވިފައި ހުއްޓެވެ. ޔާނާ އަދި މިކްޔަން އަށް އަވަސް އަވަހަކަށް ދުރުވެވުނެވެ. “ނަސީބެއްނު ބޭބެ ނޫނީ ދައްތައަށް ނުފެނުނު ކަން” ޒާޔާ އަނެއްކާވެސް ބުނެލިއެވެ. ޔާނާ ލަދުރަކި ހިނިތުންވުމަކާއެކީ އެތެރެއަށް ވަންނަން ދިޔައެވެ. ފަހަތުން މިކްޔަން ވެސް ހިނގައިގަތެވެ.

“މަޑުކޮށްބަ ޔާނާ. މާދެން ހެނދުނު 10 ޖަހާއިރު އިޔާޒް މެން ގެއަށް ޖައްސާލައްޗޯ އިޔާޒް މަންމަ ބުނީ. މި ޒާއިން ބުނި ދާނަމޭ އަހަރެންނާއެއްކޮށް. އެކަމް ގާލް އެއްނެތީމަ. ޔާނާއަށް ދެވިދާނެތަ؟” ޒާޔާ ބުނެލިއެވެ.

“އަޅޭ ޒާޔާ. އަހަރެން ޑިއުޓީ އޮންނާނެ. މިހެން ހަދާބަ. އަހަރެންގެ ކޮއްކޮ ލާރާ ގޮވައިގެން ދާންވީނު. އޭނަ ހީވަނީ ހަވީރު ހެން ހޮސްޕިޓަލްއަށް ދާންޖެހެނީ މާދެން” ޔާނާ ފަހަތަށް އެނބުރިލަމުން ބުނެލިއެވެ. “ހޫމް ޒާއިންގެ ދޯ” ޒާޔާ މިހެން ބުނުމުން ޒާއިންގެ ދެލޯ ބޮޑުވިއިރު މިކްޔަން އަދި ޔާނާއަށް އެކަކު އަނެއްކަކަށް ބަލާލެވުނެވެ. “މިބުނީ ޒާއިން އަބަދު ފައިޓް ހިންގާ ކުއްޖާއޭ ދޯ. ބައްދަލު ވެސް ވިއޭ ދޯ ޒާއިން. އެހެންވެ ލާރާ ގޮވައިގެން ދާނީ. ޒާއިން ލާރާ ނަންބަރު ފޮނުވައްޗޭ” ޒާއިން ބޯޖަހާލިއެވެ. ޔާނާ އަދި މިކްޔަން ހިނިތުންވެލާފައި ކޮޓަރިއަށް ގޮސް ވަނެވެ. “ސާބަސް ޒާޔާ. ކިރިޔާ އެއްނު” ޒާއިން ޒާޔާ ގައިގަ ބޮނޑިއެއް އަޅާލިއެވެ. ދެން އިވިގެން ދިޔައީ ޒާޔާގެ ހުނުމުގެ އަޑެވެ.

*****

“ހޫން ދެން ދީބަލަ ތި ދޭން އުޅޭ އެއްޗެއް.” އަތިރިމަތީ އިށީއިނެވުމުން ނަޝްވާ ބުނެލިއެވެ. “މިރެޔަކު ނޫން. އެހެން ރެޔަކުން. ކޮބާ ނަޒީހް؟” ނަޝްވާގެ ދެލޯ ބޮޑުވިއެވެ. ނަޒީހްގެ ވާހަކަ ޒިޔާންއަށް އިނގުނީ ކިހިނެއް ހެއްޔެވެ.

“އަހަރެން ބުނީމެއްނު އަހަރެންނަށް ނަޝްވާ ވަރަށް ރަނގަޅަށް އިނގެޔޭ”

“ދެން ކިހިނެއްކަންވެސް ބުނެބަލަ” މޫނަށް ގޮތެއް ހަދާލަމުން ނަޝްވާ ބުންޏެވެ.

“ކޮބާ ނަޝްވާގެ ގޭމީހުން؟”

“މާމައަކާ ދައްތައެއް ހުންނާނީ. މާމާވީ އިންޑިއާގައި ޑޮކްޓަރަށް ދައްކަން ގޮސް. ދައްތަ ވެސް ވީގޮސް މާމައާ އެކީ. ދައްތަ އުޅެނީ މީހަކާ މެރީކޮށްގެން. އިންޑިއާގައި މެރީކުރީ. މާމަ ބުނި އިންޑިއާއަށް ހިނގާށޭ މާމަމެންނާއެކީ. ދައްތަވެސް ދައްތަ މެރީކުރާއިރު ދައްޗޭ ބުނި. އަހަރެން މިހާރު ވަރަށް ދެރަވޭ އެއްވެސް އިރަކު ނުދެވުނީމަ. މާމާ މެން ނުވެސް އަންނާނެ ކަންނޭގެ ދެން. ދައްތަގެ ފިރިމީހާގޭގައި އުޅެނީ” ވެއްޔާ ކުޅެމުން ނަޝްވާ ބުނެލިއެވެ.

“ހޫމް. ދެން ހިނގާ ގެއަށް ދާން. ލަސްވެއްޖެ”

“އެކީއްވެ ކުއްލިއަކަށް.”

“އެހެން އިރަކުން ބައްދަލު ކުރާނީ” ޒިޔާން މިހެން ބުނެ ތެދުވިއެވެ. ނަޝްވާއަދި ޒިޔާން ދިޔަ މަގުމަތީ ވާހަކައެއް ނުދައްކައެވެ. ޒިޔާން އެއްޗެކޭ ނުބުނާތީ ނަޝްވާއަށް ވާހަކަ ދައްކަން ނުކެރިފައި ހުރިއިރު ޒިޔާން ވިސްނަމުން އެދަނީ ކޮންކަމަކާކަން އެކަކަށްވެސް ބުނާކަށް ނޭނގޭނެއެވެ.

“ގުޅާނަން އިނގޭ” ނަޝްވާ ގެއަށް ވަންނަށް ހިނގައިގަތުމުން ޒިޔާން ބުނެލިއެވެ. ނަޝްވާ ބޯޖަހާލާފައި އެތެރެއަށް ވަނެވެ. ނަޝްވާ ދިޔުމުން ޒިޔާން ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ.

*****

“ދަރިފުޅާ” ޒިޔާދު ލާރާގެ ކޮޓަރިއަށް ވަދެ ގޮވާލިއެވެ. ނިދަން ތައްޔާރުވެގެން އޮތް ލާރާ އެނދުމަތީ އޮށޯއޮވެގެން އޮތެވެ. ޒިޔާދު އައުމުން ލާރާ ބޯ އަނެއްފަރާތަށް އަނބުރާލީއެވެ. “ޑޭޑް އެއްގޮތަކަށްވެސް ދަރިފުޅު ދެރަކުރާކަށް ނޫން އެހެން ބުނީ. ޑޭޑްގެ އެދުމަށްވުރެ ޑޭޑް އަށް މުހިއްމީ ދަރިފުޅުގެ އުފާ. ޑޭޑް އެހެން ކައިވެންޏެއް ނުކުރާނަން. ދަރިފުޅު ޑޭޑް އާ ވާހަކަ ދައްކަބަލަ” އެނދުގައި އިށީއިންނަމުން ޒިޔާދު ބުންޏެވެ. ލާރާ ފުންމައިގެން ތެދުވެ ފެންކަޅިވެފައި ހުރެ ޒިޔާދުގެ ގައިގައި ބައްދާލިއެވެ. “އަޅުގަނޑަށް އިނގޭ ޑޭޑް އެހެން ކައިވެންޏެއް ނުކުރާނެކަން. އަޅުގަނޑު ވަރަށް އުފާވެއްޖެ. އައި ލަވްޔޫ ޑޭޑް” ޒިޔާދުގެ ގައިގައި ބައްދާލައިގެން ހުރެ ލާރާ ބުނެލިއެވެ. ޒިޔާދު ހިނިތުންވެލިއެވެ. ނަމަވެސް ހިތުގެ ކަނަކުން އެހިތަށް ތަދުވެގެން ދިޔައެވެ.

ޒިޔާދު ދިޔުމުން ލާރާ ފޯނަށް ބަލާލިއެވެ. ނުދަންނަ ނަންބަރަކުން މެސެޖެއް ފޮނުވާފައި ހުރުމުން އެކިޔާލިއެވެ. *ހޭއި އިޓްސް މީ ޒާޔާ. އިނގޭ ދޯ.* މީގެ އިތުރުން އެމެސެޖްގައި ވަނީ އޭނާ އިންނަން އުޅޭ ކުއްޖާގެ ގެއަށް ޒާއިން އާ ޒާޔާ އާއެކީ ދިޔުމަށް އެދިފައެވެ. ލާރާގެ ހިތް ނަށާލީ ޒާޔާ އަދި ޒާއިންގ ގުޅުމެއް ނެތްކަން ޔަގީން ވުމުންނެވެ. އެ ހިނިތުންވުމުގައި ހުރެ އޯކޭ އޭ ޖަހާ މެސެޖެއް ފޮނުވާލިއެވެ.

******

ލާރާ ގޭން ނިކުތީ ޒާޔާ ގުޅާފައި ބޭރުގައޭ ބުނުމުންނެވެ. ލާރާ ނިކުތް އިތު ކާރުގެ ޑްރައިވަރު ސީޓުގައި ޒާއިން އިނެވެ. “ހޭއި” ކުރީ ސީޓްގައި ޒާއިން ކައިރި އިން ޒާޔާ ނިކުންނަމުން ބުނެލިއެވެ. ލާރާވެސް ހޭއި އޭ ހަދާލިއެވެ. “އަހަރެމެން ދެމީހުން ފަހަތަށް ދޯ އަރާނީ. ޑްރައިވަރު އެކަނި ބައިންދާ” ޒާޔާ ލާރާގެ އަތުގައި ހިފާލާފައި ބުނެލިއެވެ. ލާރާ ހިނިތުންވެ ހުރެ ޔެސް އޭބުނެލިއެވެ. ލާރާ އަކީ ފެންނަކޮންމެ މީހަކާ ފަސޭހައިން ވާހަކަ ދައްކާ އުޅޭ މީހަކަށް ވުމުން ލާރާ ވަރަށް އަވަހަށް ޒާޔާއާއި ގުޅުން ބަދަހިކޮށްލިއެވެ. ޒާޔާއަކީވެސް ސަކަ މިޒާޖެއްގެ މީހަކަށް ވުމުންކަމަށްވެސް ވެދާނެއެވެ.

“ސާބަސް ދެ އަނގަ. މިއޮއް އާދެވުނީ. ފައިބާ” ހުއްޓައި ނުލައި ވާހަކަ ދައްކަމުން ދިޔަ ޒާޔާ އަދި ލާރާ ގާތު ޒާއިން ބުނެލިއެވެ. 3 މީހުން އެކީ ގޮސް އެޕާޓްމެންޓް ގެ ބެލް ޖަހާލިއެވެ. ގިނައިރެއް ނުވެ ދެބައިއުމުރުގެ އަންހެނެއް ދޮރު ހުޅުވިއެވެ. “އަނހަ މިއޮއް އައީ ޒާޔާ މެން” އިޔާޒްގެ މަންމަ އާބިދާ ބުނެލިއެވެ.

ގޭތެރެއަށް ވަންނަން ހަދާލި ލާރާއަށް ފުރަތަމަވެސް ފެނުނީ ފައިބުޑުގައި އޮތް ބުޅަލެވެ. ގަންބިރުން ހަޅޭލަވައިގެން ފައި ދުއްވައިގަންނަށް އުޅުން ލާރާ މިފަހަރުވެސް އުޅުނީ ވެއްޓޭށެވެ. ނަމަވެސް ހުޝިޔާރު ކަމާއެކީ ވެއްޓެންދިޔަ ލާރާގެ ދެކޮނޑުގައި އާބިދާ ހިފަހައްޓާލިއެވެ. “ދަރިފުޅާ ބަލައިގެން” އާބިދާ ބުނެލީ ހާސްވެ ހުރެއެވެ. ލާރާ ތެދުވެ ހަމަޖެހިލަމުން ހިނިތުންވެލެވުނީ ބޭއިހްތިޔާރުގައެވެ. ޒިޔާދު ނޫން މީހަކު މިހާރު އޭނައަށް ދަރިފުޅާ އެއް ނުގޮވާނެ ވިއްޔާއެވެ. އެކަމުންވެސް ޒާޔާގެ ވާންއުޅޭ މައިދައިތަ ގެ ހިތްހެޔޮކަން އިނގިގެން ދިޔައެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Pinkish

Level 6100 Comments10 Stories100 Login500 Comments

...

Other Articles

Previous

ލޯބިވަން………(ދެވަނަބައި)

Next

ވޭންތަކުން ދިން ހިތި މާޒީ (14)

Next
November 11, 2017

ވޭންތަކުން ދިން ހިތި މާޒީ (14)

Previews
November 11, 2017

ލޯބިވަން………(ދެވަނަބައި)

67 Comments!

  1. Nish says:
    November 11, 2017 at 3:22 pm

    Yeyyy adhi nus kiyan?

    1. Nish says:
      November 11, 2017 at 3:38 pm

      First dhw me ah yeyy?awlheyy mi part ves haadhahaa vaa salhi eyy?☺laara dad merry kuran e ulhuni zaayaa mother-in-law aa kahneyge dhw hehe ? waiting for the next part! Loves more??

    2. Ram says:
      November 11, 2017 at 6:50 pm

      Hehhe nish..

    3. Ram says:
      November 11, 2017 at 6:51 pm

      Yess you are first ? lets see ? thankyou ?❤

  2. Nazi says:
    November 11, 2017 at 3:23 pm

    Hey me first dhoa. V reethi ekamaku haadha mirey. When next part

    1. Nazi says:
      November 11, 2017 at 3:25 pm

      I mean haadha kurey

    2. Ram says:
      November 11, 2017 at 6:53 pm

      Second ? mireyy igeyy 11 haairu.. thankss nazi ?❤

    3. Ram says:
      November 11, 2017 at 6:53 pm

      Hehe its ok ?

  3. Malsha says:
    November 11, 2017 at 3:25 pm

    Yeyyyyyy me first tha?? Wow v v v rythi..ram ur the best writer…ly so much..when next part? ??Avas kohlahchey. Waiting.

    1. Ram says:
      November 11, 2017 at 6:55 pm

      Thankyou so much mal… mireyy ??❤

  4. Rsh says:
    November 11, 2017 at 3:26 pm

    WoW v reethi

    1. Ram says:
      November 11, 2017 at 6:56 pm

      Thankyou rshh ?❤

  5. Malsha says:
    November 11, 2017 at 3:26 pm

    Oooops first eh noon dhw..hehehehehe

    1. Ram says:
      November 11, 2017 at 6:56 pm

      Hehhe dww.. ?❤

  6. ????? says:
    November 11, 2017 at 3:30 pm

    Wow!! V v v v salhi….❤

    1. Ram says:
      November 11, 2017 at 6:58 pm

      Thankyou darl ?❤

  7. Vishaaa says:
    November 11, 2017 at 3:32 pm

    Vara reeethi vaahaka…

    1. Ram says:
      November 11, 2017 at 6:58 pm

      Thankyou vishaaa ?❤

  8. Pinky shifoo says:
    November 11, 2017 at 3:34 pm

    Wow Ram… Story is very very nice.. Keep it up.. This is one of my favourite story… Waiting for next part…

    1. Ram says:
      November 12, 2017 at 12:18 am

      Awwn thankyou shifoo ?❤

  9. Mysh says:
    November 11, 2017 at 3:35 pm

    Wowwww.im 3rd dho mifaharu..stry v rythi ..nxt part ge inthixaaru ga mihury mihaaruh sure vaguthu gunaala gunaala

    1. Ram says:
      November 11, 2017 at 7:00 pm

      Dhn faharakun 3rd hoadhan vaane igeyy.. thankyou so so so much mysh?❤

  10. Lam says:
    November 11, 2017 at 3:37 pm

    Hmm…vv salhi…avahah up kohdhe chay ram…lov u

    1. Ram says:
      November 11, 2017 at 7:01 pm

      Thankyou lam.. yess.. loves more?❤

  11. ❤️santhi❤️ says:
    November 11, 2017 at 3:47 pm

    Wow story vrh nice… Anehka aabidha aa tha ziyadhu kaiveni kuran eh ulheny..???

    1. Ram says:
      November 11, 2017 at 7:02 pm

      Lets see ? thankyou santhii ?❤

  12. aki says:
    November 11, 2017 at 3:47 pm

    alhey haadha reethi vaahaka ekey mee.. mirey adhi one part up kohla dheebaa pls

    1. Ram says:
      November 11, 2017 at 7:03 pm

      Yess ? thankyou aki ?❤

  13. Limsha says:
    November 11, 2017 at 3:55 pm

    V v v v v v v v v v v v v rythi

    1. Ram says:
      November 11, 2017 at 7:04 pm

      Aww thankyou limsha ?❤

  14. SJK...KOREAN says:
    November 11, 2017 at 3:56 pm

    hii ramko. hws u??? mi part obinesss to the max!! varah reethi. kuda kuda typing mistakes ekani kiyaali iru faahagavy 🙂 adhi ehfaharu kiyaala, eyrun e mistake thah alhaigannaane 🙂 🙂 mirey dhw nxt part. waiting. love u.

    1. Ram says:
      November 11, 2017 at 7:05 pm

      Hei i m good.. sjk?? check nukohla upp kurevunyy avas kohlan vegen hehe ?? thankyou luvv.. loves much more ❤❤❤

    2. SJK...KOREAN says:
      November 11, 2017 at 8:01 pm

      Just great??❤❤❤❤

    3. Ram says:
      November 11, 2017 at 8:05 pm

      ❤❤❤❤

  15. Nahu says:
    November 11, 2017 at 4:01 pm

    V v v kuru ram alhe thankolheh dhigu kh liyebaa plxxxxxxxxxxx.. Anyway nice story ?. . Adhi mirey up khdhehchey eh prt

    1. Ram says:
      November 11, 2017 at 7:11 pm

      Alheyy kurutha nahu ? yess ? thankyou so much ?❤

  16. Awa says:
    November 11, 2017 at 4:10 pm

    Nalanala ramkoge vaahaka???

    1. Ram says:
      November 11, 2017 at 7:13 pm

      Hehe awa.. thankyou so much ?❤

  17. shif says:
    November 11, 2017 at 4:19 pm

    Wow nice…. when nxt part……

    1. Ram says:
      November 11, 2017 at 7:14 pm

      Thankyou dear ?❤

  18. Riii says:
    November 11, 2017 at 4:22 pm

    Ram vvv salhi….

    1. Ram says:
      November 11, 2017 at 7:15 pm

      Thankyou rii ?❤

  19. shah_dher? says:
    November 11, 2017 at 4:23 pm

    Fantastic????

    1. Ram says:
      November 11, 2017 at 7:16 pm

      ❤Thankyou ?❤

    2. shah_dher? says:
      November 12, 2017 at 4:42 pm

      welcome??

  20. kylie says:
    November 11, 2017 at 5:08 pm

    wow haadha reecheyyy mi part ves
    mirey ves up kohdhehchey
    and thankolheh dhigu kohlaba please please please
    and ur awsome

    1. Ram says:
      November 11, 2017 at 7:17 pm

      Yess and dhigu kureveythww balaanan igeyy.. thankyou so so so much dear ?❤

  21. Amy says:
    November 11, 2017 at 6:35 pm

    Plx update a new part to night it’s really nice…

    1. Ram says:
      November 12, 2017 at 12:17 am

      Thankyou amy ?❤

  22. Friends says:
    November 11, 2017 at 7:52 pm

    Hey ramuuuu….
    Stry vvvv reeethi heheh..
    But dear typing mistake faahagavy..
    Ey ram ziyadhu&aabidha dhw..
    Wating 4 next part…
    Plx upload soon…??????

    1. Ram says:
      November 11, 2017 at 8:06 pm

      Thanlyou so much darl… lets see ? loves ?❤❤

  23. Fathu says:
    November 11, 2017 at 8:40 pm

    Mi part vx v reethi but thankolheh kuree❤❤

    1. Ram says:
      November 12, 2017 at 12:08 am

      Thankyou so much ?❤

  24. Ramxaa says:
    November 11, 2017 at 10:00 pm

    V reethii. ..bt maa kury dhw.?. .ekam dhn reethii v ma ok….

    1. Ram says:
      November 12, 2017 at 12:09 am

      Hei ram… thankyou ?❤

  25. unaal says:
    November 11, 2017 at 10:40 pm

    so I think aabidhaa dhahtha is who
    ziaadhbe is gonna marry … interesting..stry hama habeys
    keep it up ram … luv ya to dhan mcx

    1. Ram says:
      November 12, 2017 at 12:11 am

      Lets see ? thankyou..and loves more?❤

  26. Ainth says:
    November 11, 2017 at 10:42 pm

    Masha Allah.. Alhey ram, miyoh furihama kameh dhw.. Hama bunaane ehves ehcheh neynge.. Haadha haaey furihama ee. Thiya visnumah hama thaureef husnuvaane.. Luv u

    1. Ram says:
      November 12, 2017 at 12:12 am

      Awwn thankyou so much ainth.. loves more ??❤

  27. Bestfriend says:
    November 11, 2017 at 10:56 pm

    Kobaa mirey kitha Keh ga up kuranee waiting

    1. Ram says:
      November 12, 2017 at 12:13 am

      Up kohfin ?❤

  28. raudha says:
    November 11, 2017 at 10:57 pm

    kobr tha story…11 vany

    1. Ram says:
      November 12, 2017 at 12:14 am

      sorry darl las vi kamah ?❤

  29. Navii says:
    November 11, 2017 at 11:03 pm

    Kobaa ram I’m waiting…

    1. Ram says:
      November 12, 2017 at 12:14 am

      Aww navii.. thankyou ?❤

  30. kylie says:
    November 11, 2017 at 11:44 pm

    ram where is the next part
    im waitingggggggggg

    1. Ram says:
      November 12, 2017 at 12:15 am

      Up kohfin ?❤

Comments are closed.

Next Episodeސިއްރުން މިހިތާ ކުޅެނީހޭ (ނަވާރަވަނަބައި)←


All Right Reserved!