Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މީޝާ (10)

Muroo.... Level 210 Stories100 Comments
November 11, 2017 5 Mins Read
27 Comments

” މީޝް…. އެއި ލަވް ޔޫ.. ” ކައިޝް މީޝާގެ މޫނުގައި ދައަތުން ހިފަހައްޓާލަމުން ބުންޏެވެ. ވީ އުފަލުން މީޝާ އަށް ލޯމަރާލެވުނެވެ. ހިތަށް އުފާވެރިކަން ވެރިވެގެން ދިޔައީ ބަސްބުނާ ހިނދުގައެވެ
“އޯކޭ މީޝް ވިސްނާލާފައި އާންސާ އެއް ދިނަސް …؟ ބަޓް ޕުލީސް ޑޯންޓު ޓޭކް ޓޫ މަޗް ޓައިމް.. ކައި ވަރަށް ކެއްމަދުވާނެ.. ” ލާނެއް ރާގަކަށް ކައިޝް މީޝާ ކަންފައި ދޮށުގައި ބުންޏެވެ. މީޝާގެ މޫނު ވަގުތުން ލަދުން ރަތް ވެގެން ދިޔައެވެ. ކައިޝް ހިނިތުން ވެލީ މީޝާ އަށް ވީގޮތް ފެނިފައެވެ.
” ދޮންބޭ..” މީޝާ އާއި ކައިޝް ސިހުނީ ޔަނާލް މާބާރަކަށް ޔުނާން އަށް ގޮވާލުމުން ނެވެ. މީޝާ ކައިޝް މޫނަށް ބަލާލީ އެވެ. ކައިޝް އަށް ވެސް ވީގޮތް ނޭންގުމުން އެވަހަށް އެދިމާލަށް ދާން ހިނގާގަތެވެ. އޭރު ފިޒާން އާއި އާނާ ވެސް ޔުނާން ހުރި ގަސް ކައިރިއަށް ދަނީއެވެ. މީޝާ ގެ ދެލޯ ބޮޑުވީ ޔުނާން ގެ އަތުން ލޭތައް ފައިބަމުން ދިއުމުން ނެވެ. އަވަހަށް ވީ ކީއްތޯ ސުވާލު ކުރިއެވެ. އަތް ތިލަ މަތިން ވަނީ ވަރަށް ފުންކޮށް ކަޑައިގެން ގޮއްސައެވެ. ޔަނާލް ފޮތިނގަނޑަކުން އަންނަމުން ދިޔަ ލޭތަން ހުއްޓުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އޭނާ އަށް އޭރު އިނީ ރޮވެން ކައިރި ވެފައޭވ.
” އާފަލެއް ފަޅަން އުޅެނިކޮށް އަތުގަ އެޅުނީ”
. .. ޔުނާން ވީ ގޮތް ކިޔާދިނެވެ. އެންމެން ހާސްވީ މާގިނައިން ލޭ އަންނަން ފެށުމުން ނެވެ. ފިޒާން ދުވެފައި ގޮސް އޭނާގެ ބޭގުން ފަސްޓް އެއިޑު ބޮކްސް ނަގާގެން އައިސް ކަނޑައިގެން ގޮސް ފައިވާތަނުގައި ބޭސް އަޅާ ލޭ މާނާ ކުރުވިއެވެ. ނަމަވެސް ޔުނާން ބޭނުންވީ ގެއައް ދާންކަމުން އެންމެންވެސް އެގޮތައް އެއްބަސްވެ ގެއަށްދާން ގެނައި އެއްޗެހި ހިފާގެން ބެހަށް އެރިއެވެ. ޔަނާލް ވެސް ޔުނާން އަށް އެހެން ވުމުން މުޅި މީހާ އިނީ މޫޑު ގެއްލިފައެވެ.
މީޝާ ގެއަށް އައިސް ފެންވާރާ ހަދައިގެން ނިކުންއިރު ޔަނާލް ފުނާއަޅަން ހުއްޓެވެ. ޔުނާން ގޮވާގެން ހޮސްޕިޓަލަށް ދާން ޔަނާލް ހުރީ އޭރުވެސް ލަސްވެފައެވެ.ކެފިފައި ހުރިތަން ބޮޑުކަމުން ނުފަހާ ބަހައްޓުން ރަނގެޅެއް ނުވާނެއެވެ. މީޝާ ކައިރީ ދަނީ ކަމަށް ބުނެ ޔަނާލް ނިކުމެގެން ދިއުމުން މީޝާ މެންދުރު ނަމާދުކުރަން މުސައްލަ ނަގާ ނަމާދު ކުރަން ފެށިއެވެ.

” ބުނެފިން ލޯބިވާ ވާހަކަ… ” ކައިޝް އާއ ފިޒާން ބެލްކަނީ ރެއިލިން ގައި ލެނގިގެން ކޮފީ ބޮމުން ދިޔައެވެ. ” މީޝްއަށް އެއްޗެއް ނުބުނެވި ގެން އުޅެނިކޮށް ޔުނާން އަތް ކެނޑުނީ.. ” ކައިޝް ބުންޏެވެ.
” ކާކުބާ އޭ އެއީ ހަމަ ހިތައް އަރަނީ.. މީޝް މެން ދަންނަ މީހެއް އެއީ ..” ފިޒާން އެހެން ބުނުމުން ކައިޝް އަށްލިބުނީ ހައިރާން ކަމެކެވެ. ” މިހެން މިބުނީ މީރާ އަށް އެމީހަކު މީޝް ބޭނުން ކަން އެނގޭނެ.. އެނާއާ މީޝް ގުޅެވެން ނެތީ މީރާގެ ސަބުބުން ކަމަށް ވީތީ މީރާ މަރާލީ ..” ފިޒާން އޭނާއަށް ވިސްނޭގޮތް ކިޔާދިނެވެ. ނޯޓު ކޮޅުގައި ވާގޮތުން ނަމަވެސް ފިޒާން އެބުނި ވާހަކާގައި ހަޤީގަތެއް ވާކަން ކައިޝް އަށް ވެސް ވިސްނުނެވެ.
” ޔާރ.. ނޯޓު ގައި ވެސް އޮތީ އެދެމެދަށް ވަންނަ ކޮންމެ މީހަކު މަރާލާނެ ކަމަށް ..” ކައިޝް ފުން ވިސްނުމެއްގައި އިނދެ ބުންޏެވެ. މިކަންމަށް ނިމުމެއް ގެނެވޭނެ.. މީހަކު މަރާފަ އެހެން ނުހުރެވޭނެ.. ފިޒާން ބުންޏެވެ.

” މިރޭ އަންނާނެ މިކޮޅަށް ފުރެންޑެއް .. ޝަވަން ..އޭނާގެ ހެލްޕުވެސް މިކަމުގައި ލިބޭނެ….” ކައިޝް ޝަވަން އަށް ގުޅާގެން ހުރިހާ ވާހަކައެއް ކިޔާދިނުމުން ޝަވަން ބޭނުންވީ ކައިޝް ކައިރިއަށް އަންނާށެވެ. އެކުވެރިޔާ އަށް އެވަރު ކަމަކާ ކުރިމަތި ވުމުން ދުރުގައި ހުންނަން ޝަވަން ބޭނުމެއް ނުވިއެވެ. ކޮންމެ ހާލަކާ ލައިގެން ވެސް ޝަވަން ބޭނުންވީ ކައިިޝް އަށް ވެވެން އޮތް އެހީއެއް ވާން މެލޭ އަށް އަންނާށެވެ. ވަގުތުން އޮފީހުން ޗުއްޓީނަގާގެން އާގެވެން އޮތް އެންމެ އަވަހަކަށް އައުމަށް މަސައްކަތް ފެށިއެވެ.
ޝަވަން ބަލާ އެއަރޕޯޓަށް ކައިޝް އާއެކު ފިޒާން ވެސް ދިޔައެވެ. ކައިޝް ޝަވަން ގޮވާގެން ގެއަށް އައި މަގުމަތީ އެމީހުންގެ ޕުލޭން ޝަވަން އަށް ކިޔާދިނެވެ. ޝަވަން ވެސް އެގޮތް ރަނގަޅުވާނޭ ކަމަށް ބުނުމުން ކައިޝް އަށް ހިންހަމަ ޖެހުން ލިބުނެވެ.

ސްކޫލު ގޭޓުން މީޝާ ވަން އިރު ކައިޝް އޭނާގެ އިންތިޒާރުގައި ހުރިތަން ފެނުމުން މީޝާގެ ހިތައް އުފާވެރިކަން ވެރިވެގެން ދިޔައެވެ. މަޑު ހިނގުމެއްގައި ކައިޝް އައިސް މީޝާ ކައިރީ ހުއްޓި އަތުގައި ހިފާލިއެވެ. މީޝާ ނުވިސްނާ ހުއްޓާ އެފަދައިން ކައިޝް ކަންތައް ކުރުމުން ލަދުން އަތް ނައްޓުވަން ކުރިމަސައްކަތް ވީބޭކާރެވެ. ކައިޝް ހުރީ އެއަށް ވުރެށް ބާރަށް އެއަތުގައި ހިފައްޓާގެންނެވެ. ޔަނާލްމެން ދިމާކުރުމުން ވެސް ކައިޝް ހުރިގޮތައް ހުރީއެވެ.
” ކައި ޕުލީސް ދޫކޮށްބަ..” އެންމެން ދިމާކުރުމުން މީޝާ ވަރަށް ލަދުގަތެވެ. ” މިއަތުގަ ހިފެއްޓީ ދޫކުރާކަށް ނޫނޭ ބޭބީ.. ” އަތުގައި ހިފާ ގަޔާ ކައިރި އަށް މީޝާ ދަމާލިއެވެ. މީޝާ ގޮސް ލައްވީ ކައިޝް ގެ ތަނަވަސް މޭމަތީގައެވެ. މީ ސްކޫލުކަން ހަނދާން ކުރައްޗޭ.. ޔަނާލް ހިނގާގަންނަމުން މީޝާ އަށް އެއްލޯމަރާލިއެވެ. މީޝާ ހުރީ ލަދުން ހަލާނެ ގޮތް ހުސް ވެފައެވެ. ބިންފަޅާ އަޑިއަށް ދާނެނަމައޭ އެތައް ފަހަރަކު ހިތައް އެރިއެވެ. ކައިޝް އެހާ ކައިރީ ހުރުމުން މީޝާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދާއިރު ހީވަނީ ނިކުމެ ދާނެހެނެވެ.
” ކީއްވެ ރޭގަ ގުޅީމަ ފޯނު ނުނެގީ.. ” މީޝާ ގެ މޫނަށް ބަލަން ހުރެ ކައިޝް ބުންޏެވެ. މީޝާ ވަށާގެން ބަލާލީ އެތާ ތިބި އެންމެންގެ ނަޒަރު އެމީހުންނަށް ހުއްޓިފައިވީތީއެވެ. ” ކައި އެންމެން ބަލައޭ އެބަ..” މީޝީ މަޑުމަޑުން ބުންޏެވެ. ” ބަލިޔަ ދީބަލަ .. ކައި ބޭނުންވާ ގޮތޭ އެއީ..” ކައިޝް ލާނެއް ގޮތަކަށް ބުނީ އިތުރަށް މީޝާ ލަދުގަންނަވާށެވެ. ކަންތައް ވީވެސް އެހެންނެވެ. މީޝާ މޫނުމަތި އިތުރަށް ރަތް ވެގެން ދިޔަތަން ކައިޝް އަށް ފެނުނެވެ. ދީބަލަ އާންސެއް ދެން.. ތިހާވަރަށް ތަޅުވާކަށް ނުވާނެ.. މިގަޑީގައި ކައިޝް ބޭނުން މީޝް ގެ ޖަވާބު؟ މީޝާގެ ޖަވާބެއް ކައިޝް ކޮންމެހެން ވެސް ބޭނުން ވެއެވެ. ރޭގަވެސް އެވަރަށް މީޝާ އާއިގުޅުމުން ވެސް ފޯނު ނެގީއެއް ނޫނެވެ.
” މިއަދު ސްކޫލް ނިމުމުގެ ކުރިން އާންސާއެއް ދޭނަން..” މީޝާ އެތަނުން ދާންބޭނުންވި ވަރުން އަވަހަށް ބުންޏެވެ. ކައިޝް ޔަގީންކަން ިނުމުން މީޝާ ދޫކޮށްލީ އިންތިޒާރު ކުރާ ކަމަށް ބުނެއެވެ. މީޝާ ދިއުމުން ކައިޝް ބޮލުގައި ހިފައްޓާލީ ހަމަޖެހުމުގެ ނޭވާއެއްލަމުންނެވެ. އެދި ޖީބުގައި އޮތް ގަނޑުކޮޓު ނަގާ އޭގައިވާ އެއްޗެއް ކިޔާލިއެވެ.
” ކައިޝް އަށް ނުވިސްނޭ ދޯ އަދިވެސް. މީޝާ އާ މާގާތްވާން ނޫޅޭ؟ ނަތީޖާ ރަނގަޅެއް ނުވާނެ..” ހެނދުނު ކައިޝް ނިކުންއިރު ފިޒާން އިނީ އެގަނޑުކޮޅު ހިފާގެންނެވެ.
ކައިޝް ޖީބަށް ގަނޑުކޮޅު ލުމަށް ފަހު ކުލާހަށް ވަންނަން ހިނގައި ގަތް ވަގުތު ގޭޓް ބޭރުން މީހަކު އޭނާ އަށް ބަލަން ހުރިހެން ހީވިއެވެ. އަވަސް އަވަހަށް އޭނާ ހުއްޓި އެދިމާ ބަލާލިއެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ހީއަކަށް ހަދާ ކުލާހަށް ވަންނަން ހިގާގަތެވެ.
ކައިޝް އަށް ނޭގުނު ކަމަކީ އެތާ މީހަކު އެމީހުންގެހަރަކާތް ތައް ބަލަން ހުރިކަމެވެ. އަތް މުއްކަވާފައިވާ އިރު އެމީހާގެ މޫނުމަތިން އިންތިހާ އަށް ރުޅިވެރިކަން ފެން ނަމުން ދިޔައެވެ. މީޝާ ބާރުބާރަށް ހިނގާފައި އެމީހާ ދިޔައިރު މީހާ އައިސްފައިވާ ރުޅިން ތުރު ތުރު އަޅަމުން ދިޔައެވެ. މީޝާ ގައިގައި އެހެން މީހަކު އިގިލި ކުރި ޖައްސާލަން ވެސް އޭނާ ނޭދޭނެއެވެ. ކައިޝް ޖެހެނީ މީޝާގެ ހަޔާތުން ދުރައްދާށެވެ. ކުއްލިއަކަށް ޖެހިގެން އޮތް ގޯޅިން ނިކުން މީހެއް ގައިގައި ޖެހި އޭނާ ވެއްޓުނެވެ. ހައްތަހާ ރުޅި އަންނަ ގޮތެވެ. ރުޅިއައިސް ގެން އެއްޗެއް ބުނަން އަނގަ ހުޅުވާލިއިރު ކުރިމަތީ ހުރީ އޭނާއާއެކު އެއްކުލާހެއްގައި ތިން އަހަރު އުޅުނު ޝަވަން އެވެ. ޝަވަން ވެސް މާފައް އެދި ވެއްޓިފައި އޮތް މީހާާ ނެވުމަށް ގުދުވި ސިހުނެވެ.
ޔުނާން.. ހާދަ ދުވަހެއް ކޮއްފަ މިފެނުނީ.. ޝަވަން ޔުނާން އާއި ސަލާން ކޮށްލަމުން ބުންޏެވެ. ސްކޫލު ނިނަމިފަހުން އެދެމީހުން އެއްގޮތަކަށް ވެސް ދިމާވެފައެއް ނުވެއެވެ.
” ޝަވަން މިތާ ކީއްކުރަނީ.. ކިޔަވަނީތަ؟..” ޔުނާން ސުވާލު ކުރިއެވެ. ” ނޫން .. ފުރެންޑެއް ކައިރިއަށް ޖައްސާލީ.. ޔުނާން ކީއްކުރަނީ..” ޝަވަން ވެސް ކޮއްލީސުވާލެކެވެ. ” މީދެން ކޮއްކޮ މިކޮޅުގަ އުޅެތީ ޗުއްޓީވީމަ ޖައްސާލީ..” ޔުނާން ހަމަޖެހިލަމުން ބުންޏެވެ.ދެމީހުން އެކީ ވާހަކަ ދައްކަމުން ހިނގާގަތެވެ. ގިނަ ދުވަސް ފަހުން ދިމާވުމުން ވާހަކަ އޮންނާނެ ތާއެވެ. ޔުނާން ގެއާ ހަމައަށް ދެވުމުން އަދި ބައްދަލު ވާނެ ކަމަށް ބުނެ ވަކިވީ ގުޅޭނެ ނަންބަރު ހޯދުމަށް ފަހުގެއެވެ.
ޔުނާން ގެއަށް ވަދެ ސޯފާގައި އިށީނދެ ލޯމަރާލިއެވެ. އޭނާގެ ިޔާލުގައި ވަނީ މީޝާ އެވެ. ޗުއްޓީ ނަގާގެން އެވަރަކުން މެލޭޝިޔާ އަށް އައީވެސް މީޝާ ހާސިލް ކުރުމަށްޓަކައެވެ. ޔުނާން ހިޔާލަށް އައީ އޭނާ ލަންކާގައި ކިޔަވަން ހުރިދުވަސް ވަރެވެ.

އެހެންދުވަސް ތަކެކޭ އެއްގޮތަށް ކޮލެޖު ނިންމާފައި ޔުނާން ފެލެޓަށް އައީ މީރާ އެކީ ގައެވެ. މީރާ އާއި ޔުނާން ފުރަތަމަ ދިމާވީ ވެސް ފުފެޓުން ނެވެ. އެހެން ދިމާވެ ވާހަކަ ދެކެވި އެދެމެދުގައި ގާތް ގުޅުމެއް އުފެދިގެން ދިޔައެވެ. އެކުގައި ކައި މަޖާކޮށް ހެދުން އާންމުކަމަކަށް ވުމުން މީރާގެ ހިތުގައި ޔުނާން އަށް ލޯބި އުފެދުނީ އެެވެ. ޔުނާންގެ ހިތް އޮތްގޮތް ނޭގުނު ނަމަވެސް މީރާގެ ހިތުގައި ޔުނާންއަށް އޮތް ލޯބި ދިޔައީ ކުރިއަރާ އާލާވަމުން ނެވެ. ކޮލެޖުގެ އަހަރީ ދުވަހު އޮތް ޕާރޓީއެއް ނިންމާފައ ގެއަށް އައި މަގުމަތީ ޔަނާން މީރާ އަށް ލޯބި ހުށަ އެޅިއެވެ. އުފަލުން ހުރެ މީރާ އެލޯބި ގަބޫލް ކުރީ އޭނާ އެންމެ އެދޭ ކަމަކީ އެއީ ކަމަށް ވީތީއެވެ. އޭގެ ފަހުން އެދެމެގައި ލޯބީގެ އެކި އެކި އަހުދުތައް ކުރެވިގެން ދިޔައެވެ.
ވަރަށް ވިއްސާރަ ރެއެކެވެ. މީރާ ކޮޓަރީގައި އޮއްވާ ޔުނާން ގުޅިއެވެ. މީރާ ފޯނު ނެގުމުން މިހިރީ ދޮރުކައިރީ ކަމަށް ބުނެ ހުޅުވަން އެދުނެވެ. އެހާ ލަސް ގަޑިއެއްގައި ޔުނާން އެހެން ބުނުމުން މީރާ ޖެހިލުންވި ނަމަވެސް ޔުނާން އަށް ކުރާ އިތުބާރަކުން ގޮސް ދޮރު ހުޅުވިއެވެ. އެރޭ ވެގެން ދިޔައީ މީރާ ހީކުރިގޮތާ ހިލާފަށް އޭނާގެ ހަޔާތް ބަދަލު ކޮށްލި ރެއަކަށެވެ. ޔުނާންގެ ބީހުންތަކަށް އިޖާބަ ދެވި އެރޭ އޭނާގެ އިތްފަތްތެރިކަން ޔުނާން އާއި ހަވާލުކުރެވުނީއެވެ. ފަހުން އެކަމާ ހިތާމަކޮށް މީރާ އެތައްފަހަރަކު ރުޔެވެ. ނަމަވެސް ވީ ކަމެއް ވެ ނިމުނީ މީރާގެ ވެސް އިހުތިޔާރުގައި ކަމުން ދެން ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ޔުނާން އެކި ގޮތް ގޮތުން މީރާ ހިންހަމަޖައްސައިދީ ހެދުމުން މީރާ ހަމައަކަށް އެޅުނެވެ. އޭގެ ފަހުންވެސް ޔުނާންގެ އުދުމުގެ މަތިން އެތައްފަހުރުކު މީރާ އަށް ފާފަތަކަށް އެރެވިގެން ދިޔައެވެ.ޔުނާން އަށް އޮތް އިތުބާރެއްގެ ބޮޑުކަމުން މީރާއަށް ޔުނާން ގެ އެދުމަށް އިޖާބަ ދެވެނީ ވާ ލޯތްބެއްގެ ބޮޑު ކަމުންނެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ކިޔެވުން ނިމި މީރާ އާއި ޔުނާން މާލެއައެވެ. މީރާގެ އެދުމުގެ މަތިން ޔުނާން އެއްދުވަހަކު މީރާގެ ގެއަ
ށް ދިޔައެވެ. ފުރަތަމަ ފަހަރަށް ޔުނާން އަށް މީޝާ ފެނުނީ އެދުވަހުއެވެ. މީޝާގެ ރީތިކަން ފެނި ޔުނާންގެ ހިތް ދީވާނާވެގެން ދިޔައެވެ.މީރާ އަކީ ވެސް ރީތި ކުއްޖެކެވެ. މީރާ ކައިރީ އެމީހުންގެ ގުޅުން ސިއްރު ކުރުމަށް ޔުނާން ބުނީ މީޝާ އަށް އެކަން އަންގަން ބޭނުން ނޫންވީމައެވެ. މީރާ ވެސް މާޝާ އަށް އެގުޅުން ސިއްރު ކުރިއެވެ. ޔުނާން ގެ ބައްޕަ އާއި މީރާގެ ބައްޕަ އަކީވެސް ގާތް އެކުވެރިންނަށް ވުމުން ޔުނާން ހުރީ ހިންހަމަ ޖެހިފައެވެ. އަދި އެންމެ ހިންހަމަ ޖެހުނީ ޔަނާލް އަކީ މީޝާގެ ބެސްޓީކަން އެނގުމުން ނެވެ.
ވަޒީފާ ލިބިގެން ޔުނާން ރިސޯޓަށް ދިޔައެވެ. އޭރުވެސް ޔުނާން ވިސްނަމުން ދިޔައީ މީޝާ ކާމިޔާބު ވާނެ ގޮތެއް ވޭތޯއެވެ. މައްސަލައަކީ މީރާ ކަމުން ޔުނާން މީރާ ދެކެ ފޫހިވާން ފެށިއެވެ. މީރާ ދޫކޮށްފައި މީޝާ ހޯދުން ވާނީ އުދަގޫ ކަމަކަށް ވުމުން ޔުނާން ބޭނުންވީ މީރާ އަށް ކޮންމެ ގޮތެއް ހަދާގެންވެސް މީޝާ ހާސިލް ކުރުމެވެ.
ޑިއުޓީ ނިންމާފައި ޔުނާން ކޮޓަރީގައި އޮއްވާ މީރާ ގުޅިއެވެ. މީރާ ދިން ހަބަރަކުން ޔުނާން އަށް ފުންމާގެން ތެދުވެވުނު ގޮތް ވެސް ނޭނގުނެވެ. ” ވަޓް.. އަރ ޔޫ ޝުއަރ ޔޫ އަރ ޕުރެގްނެންޓު..” ޔުނާން ހާސް ވެފައި އެހިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muroo....

Level 210 Stories100 Comments

Other Articles

Previous

ވޭންތަކުން ދިން ހިތި މާޒީ (14)

Next

ހިތް މިއެދޭ ސޫރައޭ ތީމަގޭ (ފުރަތަމަ ބައި)

Next
November 11, 2017

ހިތް މިއެދޭ ސޫރައޭ ތީމަގޭ (ފުރަތަމަ ބައި)

Previews
November 11, 2017

ވޭންތަކުން ދިން ހިތި މާޒީ (14)

27 Comments!

  1. ❤️santhi❤️ says:
    November 11, 2017 at 4:14 pm

    Me first dhw…??

    1. Muroo.... says:
      November 11, 2017 at 5:38 pm

      Santhi first hama…. hehe

  2. SJK...KOREAN says:
    November 11, 2017 at 4:23 pm

    wow.. obiness. whn nxt part?????? 😀

    1. Muroo.... says:
      November 11, 2017 at 7:19 pm

      Thanks sjk korean ☺.. next part in sha Allah tomorrow

  3. Lam says:
    November 11, 2017 at 4:26 pm

    Vvv reethi…mihaaru adhi mi ingunee goos hadhaa meehaa….eyruves heevi ey…lets see dhw…dhn kihineh baa vaanee

    1. Muroo.... says:
      November 11, 2017 at 7:20 pm

      Thanks lam..☺ keep reading…

  4. dhimmm says:
    November 11, 2017 at 4:34 pm

    vrh vrh reethi ingey…… when next part….????

    1. Muroo.... says:
      November 11, 2017 at 7:21 pm

      Thank dhimmi☺in sha Allah tomorrow genesdheynan

  5. Rsh says:
    November 11, 2017 at 4:34 pm

    WOW V REETHI

    1. Muroo.... says:
      November 11, 2017 at 7:22 pm

      Thanks Rsh ?☺☺

  6. Friends says:
    November 11, 2017 at 4:54 pm

    Salhi ingey dear…??
    Yunaan dhw goos hadhany bad boy..
    Waiting 4 next part..
    Plx upload soon…???????

    1. Muroo.... says:
      November 11, 2017 at 7:23 pm

      Thanks friends.. yaa dhw yunaan dhw mi v goas meehaa ah?☺

  7. shahoo says:
    November 11, 2017 at 5:12 pm

    vrh reethi… keep it up muroo ❤️

    1. Muroo.... says:
      November 12, 2017 at 6:06 am

      Thanks shahoo .. ???

  8. Nahu says:
    November 11, 2017 at 5:18 pm

    Woowww.. When next part

    1. Muroo.... says:
      November 11, 2017 at 7:23 pm

      Thanks nahu ?..in sha Allah tomorrow genesdheynan

  9. Pinky shifoo says:
    November 11, 2017 at 5:37 pm

    Wowwww…. It’s soooooo nice….. Ehaa kiyaalaahithun indha e nimuny… Keep it up Muroo… Eagerly waiting for the next part..

    1. Muroo.... says:
      November 12, 2017 at 6:08 am

      Thanks shifoo ☺..

  10. TCgirl says:
    November 11, 2017 at 5:42 pm

    Love ittttttt
    Pls next part avaskohdyfaanan tha….
    Can’t wait …..

    1. Muroo.... says:
      November 11, 2017 at 7:24 pm

      TCgirl thanks v bodah.. in sha Allah tomorrow genesdheynan next part?

  11. Elena says:
    November 11, 2017 at 6:52 pm

    Oh . So that is the one who is being Evilllll?

    1. Muroo.... says:
      November 12, 2017 at 6:09 am

      Yaa elena

  12. Ainth says:
    November 11, 2017 at 11:09 pm

    Alhey hama yunaan dhw ehen ehedhy.. V v v rythi mibaives.. V molhu muroo vaahaka liyan

    1. Muroo.... says:
      November 12, 2017 at 6:08 am

      Thanks ainth.. ,???

  13. Aisha says:
    November 11, 2017 at 11:51 pm

    Vvvv reethi ???

    1. Muroo.... says:
      November 12, 2017 at 6:09 am

      Thanks Aisha ??

  14. shx says:
    November 12, 2017 at 4:02 pm

    I knew it it’s yunaan

Comments are closed.

Next Episodeމީޝާ (11)←


All Right Reserved!