Skip to content
އެސްފިޔަ

ސިއްރުން މިހިތާ ކުޅެނީހޭ (ސަތާރަވަނަބައި)

ޒިޔާދު ކޮޓަރީގެ ދެކޮޅުގައި ހިނގަމުން ދިޔައިރު ހީވަނީ ކަމަކާ ވިސްނާހެންނެވެ. އޭނާ ޔާނާ އަދި ލާރާ ކައިރި މިވާހަކަ ބުނާނީ ފަހެ ކިހިނަކުން ހެއްޔެވެ. ކުރިން އާޝިއާ ހުރުމުން މިކަން އެމީހުން ކައިރި ބުނަން ފަސޭހަވާނެ ކަމަށް ޒިޔާދު ހީކުރިއެވެ. ނަމަވެސް މިހާރު އާޝިއާއެއް ނެތެވެ. ޒިޔާދު ހުއްޓިލާފަ މަތި ސީލިންގްއާ ދިމާލަށް ބަލާލިއެވެ. “މަންމާ ވަރަށް ހަނދާންވޭ” ޒިޔާދު ފުންނޭވާއެއް ލިއެވެ. މިރޭ ކޮންމެހެންވެސް ޔާނާމެން ކައިރި މިވާހަކަ ޒިޔާދު ބުނާނެއެވެ. ޒިޔާދު ފޯނު ނަގައި ޔާނާއަށް ގުޅާލިއެވެ.

“ހަލޯ ދަރިފުޅާ. ކިހިނެއް؟ ޔާނާ ފޯނު ނެގުމުންް ޒިޔާދު ބުނެލިއެވެ.

ކޮންމެވެސް ބަލިމީހެއްގެ ރިޕޯޓް ބަލަން އިން ޔާނާވެސް ގޮނޑިގައި ލެގިލަމުން ހަމަޖެހި ހިނިތުންވެލިއެވެ. “ޑޭޑް. އަޅުގަނޑު ރަނގަޅު. ޑޭޑް ކިހިނެއްތޯ؟”

“ޑޭޑްވެސް ރަނގަޅޭ. ދަރިފުޅު މިރޭ ބިޒީ ނޫނިއްޔާ މިކްޔަންއާއެކީ މިގެއަށް ކާންއަންނަންވީނު؟”

“ޑޭޑް ކަމެއް ވީތަ؟”

“ނޫނޭ ދަރިފުޅާ. ވާހަކައެއް ދައްކާލަންވެގެން”

“އެއްމެ ރަނގަޅު ޑޭޑް. އަޅުގަނޑު ބިޒީއެއް ނޫން. ދާނަންއިނގޭ” ޔާނާ މިހެން ބުނުމުން ޒިޔާދު އެއްމެ ރަނގަޅު ކަމަށް ބުނެ ފޯނު ކަނޑާލިއެވެ. އެއަށްފަހު ކޮޓަރިންބޭރަށް ނިކުތީ އޮފީހަށް ދިޔުމަށެވެ.

ޒިޔާދު ނިކުތް އިރު ލާރާ އިނީ ސައިބޯށެވެ. “ދަރިފުޅު މައިލޯ ޕެކެޓް ގަންނަން ދިޔަހެން ހީވި ބައްޕައަށް” ލާރާ ކައިރިއަަށްގޮސް ޒިޔާދު އަހާލިއެވެ. “ހޫމް މައިލޯ ޕެކެޓް ނުލައި އާދެވުނީ” ހިޔާލެއް ފިކުރެއްނެތި ޔާނާ ބުނެލިއެވެ. “އޭނ. ދެން ކީއްކުރީ ބޭރަށް ގޮސް؟”

“މީ ޑޭޑް އަޅުގަނޑު ހިޔާލު ބަދަލު ވީ. އެހެންވެ އައިސް ސައިތައްޓެއް ބޯލަނީ މި” ލާރާ ރަނގަޅުކޮށްލިއެވެ. އޭނާ އެއްގޮތަކަށްވެސް ޒާއިންއާހެދި އޭ ބުނާކަށަ ބޭނުމެއްނުވިއެވެ. “ހޫމް. މިރޭ ދޮންތަމެން އަންނާނެ ކާން. މިގޭ ނޯކަރުން ކައިރި ބުނެލައްޗޭ ރަނގަޅު އެއްޗެއް ހަދާލަން. ދަރިފުޅު ކޮންމެހެންވެސް ހުންނައްޗޭ ތާކަށް ނުގޮސް”

“ހާއްސަ ކަމެއް އޮތީތަ؟” ލާރާ ސުވާލުކޮށްލިއެވެ. “ޑޭޑް ވާހަކައެއް ދައްކާލަން” ޒިޔާދު މިހެން ބުނުމުން ލާރާ ފާޑަކަށް ޒިޔާދުއަށް ބަލަން ހުރެ ބޯޖަހާލިއެވެ. “ދަނީ. ގަޑި ނުޖެހި ދެވޭތޯ ބަލާތި ހޮސްޕިޓަލްއަށް” ޒިޔާދު ސާމާސާ ރާގަކަށް މިހެންބުނެ ނިކުމެގެން ދިޔައެވެ. ލާރާވެސް އެއްނޭވާއިން ސައިތަށި ދަމާލުމަށްފަހު ކޮޓަރިއަށް ދިޔައީ ތައްޔާރު ވެލުމަށެވެ.

ތައްޔާރުވެގެން މަގުމައްޗަށް ނިކުތް ލާރާ މުޅި މަގުމައްޗަށް ބަލާލީ ބޭއިހްތިޔާރުގައެވެ. ނަމަވެސް މާޔޫސްކަންމަތީ ހިނގައިގަނެވުނީ ޒާއިން ނެތުމުންނެވެ.

****

“ދައްތާ، ބޭބޭ” ގެއަށް ވަންގޮތަށް ޒާޔާ ހަޅޭލަވާގަތެވެ. “ސާބަހޭ” ފަހަތުން ވަން ޒާއިން ގަޑިއަށް ބަލާލަމުން ބުނެލިއެވެ. އޭނާހުރީ ލާރާ ހޮސްޕިޓަލްއަށް ލައިދޭން ދާންވެގެނެވެ. ނަމަވެސް ޓްރެފިކްގައި ޖެހުމުގެ ސަބަބުން ގެއަށް އާދެވުމަށް ލަސްވީއެވެ.

“އަނހާ ޒާޔާ. އަންގާވެސް ނުލައި” ބުރުގާ ރީތިކުރަމުން ނިކުން އާލިމާއަށް ޒާޔާ ފެނުމުން ހިނިތުންވެހުރެ ބުނެލިއެވެ.

“ކޮބާ އެއްމެން” ގޭގެ އެކި ތަންތަނަށް ބަލަމުން ޒާޔާ ބުނެލިއެވެ. “ނޫޅޭނެއްނު އެކަކުވެސް. ނާސިހް ވާނީ އޮފީހުގައި. މިކްޔަންއާ ޔާނާ އުޅޭނީ ހޮސްޕިޓަލް ގަ” އާލިމާ ބުނެލިއެވެ. “އަހަރެންނަށް ލަސްވަނީ. އޮފީހަށް ދާން ޖެހޭ. ދަނީ” ޒާއިން މިހެން ބުނެ އެތަނުން ނިކުމެގެން ދިޔައެވެ.

ޒާއިން ދިޔުމުން ޒާޔާ އާލިމާއަށް ބަލާލާ ހިނިތުންވެލިއެވެ. “ޔާނާއާ ބައްދަލުކޮށްލަންށޭ އަސްލު މިއައީ” ސޯފާގައި އިށީއިންނަމުން ޒާޔާ ބުނެލިއެވެ. “ޔަގީން އެހެން ކަމަކު ތިއައީ” އާލިމާވެސް ސޯފާގައި އިށީއިނެލަމުން ބުނެލިއެވެ.

“ހެހެ. ހޫމް އެހެން ކަމަކު. އެކަމް އެއްމެން ހަމަވީމަ ބުނެވޭނީ” ޒާޔާ ބުނެލިއެވެ. “ހިނގާ ސައިބޯން” އާލިމާ މިހެން ބުނެ ހިނގައިގަތެވެ. ފަހަތުން ޒާޔާވެސް ދިޔައީ އާލިމާ ހަދާއެއްޗެހި ނުކާލެވޭތާ އަހަރެއް ވެފައި ވުމުންނެވެ.

****

ޔާނާ އައިސް ކާރުގެ ދޮރު ހުޅުވާލާފައި ވަދެ ދޮރުލައްޕާލަމުން ކާރުގައި އިން މިކްޔަން އަށް ވާހަކަ ދައްކަންފެށިއެވެ. “ލަސް ވެއްޖެދޯ. ހިނގާ” މިކްޔަންގެ އެދުމުގެ މަތިން ޑިއުޓީ ނިމުމުން ޔާނާ އެއުޅެނީ ޒާއިންމެންގެ އޮފީސް ބަލާލުމަށް ދާށެވެ. “ނޫނޭ ހަމަ އޮންޓައިމްއަށް ތިއައީ” އެއްލޯމަރާލަމުން މިކްޔަން ބުނެލިއެވެ. ޔާނާ ހިނިތުންވެލިއެވެ. މިކްޔަންގެ ކުދި ކުދި ސަމާސާ ތަކުން ޔާނާގެ ހިތްފުރިގެންދެއެވެ.

*****

“ހިނގާ” ސައިކަލުގައި ކުއްލިއަކަށް ލާރާއާ އަރާހަމަ ކުރި ޒާއިން ބުނެލިއެވެ. “އަހަރެން އެކަނި އައީ. އެކަނި ދާނީވެސް”

“ލާރާ. އަހަރެން ހުރީ ލާރާ ގޮވައިގެން ހޮސްޕިޓަލްއަށްވެސް ދާށޭ. އެކަމް ހަމައަހަރެންނަށްވެސް ކަމެއްޖެހިދާނެއްނު”

“އަހަރެން ނުބުނަން ނުޖެހޭނެއެކޭ. އަހަރެން މިބުނީ އަހަރެން އެކަންޏޭ ދާނީ”

“އަރާ” ޒާއިން ލާރާގެ އަތުގައި ހިފާދަމާލިއެވެ. ލާރާ ގަދަ ހެދިޔަސް ޒާއިން ދޫނުކޮށްލާނެކަން އިނގުމުން ލާރާ ހަތިޔާރު ބަހައްޓާ ފަހަތަށް އެރިއެވެ. “ޒާޔާއެ ފްރެންޑެއް” ޒާއިން ބުނެލިއެވެ.

“އަހަރެން ނާހަމެއްނު”

“އަހަރެން ހަމަ ބުނެލީ” ޒާއިން ބުނެލިއެވެ. “ޒާޔާގެ ބީއެފްއެއް ހުރޭތަ؟” ލާރާ މިހެން އެހުމުން ޒާއިންގެ މޫނަށް ލާނެތްކަން ވެރިވިއެވެ. “ނޫން. އެތާއުޅުން އިރު ގައިިމުވެސް ނުހުރޭ. އެކަމް ލޯބިވާ މީހެއް ހުރި ކަމައްވަނީ. ވެދާނެދޯ އަހަރެން ކަމަށްވެސް” ޒާއިން ބުނެލިއެވެ.

“ޗީ. ޒާއިންއަކަށް ނުވާނެ. ޒާއިންދެކެ އެކަކުވެސް ލޯތްބެއް ނުވާނެ”

“އޮހް. އަހަރެން ބުނީ ވެދާނޭއޭނުންހޭ ދޯ. ޒާޔާ ކިޔާނެ އަހަރެން ހޭންޑްސަމް ވާހަކަ”

“އެހެން ރަނގަޅެއްނު” ހިޔާލަކަށް ގެއްލިހުރެ ލާރާ ބުނެލިއެވެ. “މިއަދުވެސް އަހަރެން ނުބުނަނިސް ނުފައިބަންތަ ތިހުންނަނީ؟” ޒާއިން ލާނެތްކަމާއެކީ ބުނެލިއެވެ. ލާރާ ދެލޯމަރާލާފައި ދެފަރާތަށް ބޯހޫރާލިއެވެ. އެއަށްފަހު އަވަސް އަވަހަށް ފޭބިއެވެ. “އަހަރެންނާއެކީ އުޅެންޏާ ލޯބިވެވިދާނެ އިނގޭ” ޒާއިން ބުނެލީ ލާރާގެ މޫނަށް އަރާފައިބަމުންދާ ކުލަވަރު ބަލާލާށެވެ.

ލާރާއަށް ފާޑަކަށް ޒާއިންއަށް ބަލަންހުރެވުނެވެ. އެއަށްފަހު ދަނީކަމަށްބުނެ އެނބުރި ހިނގައިގަތެވެ. ޒާއިން ހުރީ ވާނުވާގައެވެ. މިކަމުން ނަގާނެ މާނައެއް ޒާއިންއަކަށް ނުވިސްނުނެވެ.

*****

“މިއޮއްއައީނުން” އާލިމާއަށް ނާސިހް، މިކްޔަން އަދި ޔާނާ ވަދެގެން އަންނަތަން ފެނުމުން ސޯފާއިންތެދުވަމުން ބުނެލިއެވެ. “ﷲ އަކްބަރް. ޒާޔާ. ވަޓް އަ ސަޕްރައިޒް” މިކްޔަން އަށް ޒާޔާ ފެނުމުން އަތުގައި އޮތް ފައިލް ކައިރީގައި ހުރި ޔާނާ އަތަށް ދީފައި ބާރު ހިނގުމެއްގައި ގޮސް ޒާޔާ ގައިގަ ބައްދާލިއެވެ. އެއަށްފަހު ޒާޔާ އުފުއްލާލަމުން އެނބުރިލިއެވެ. މަންޒަރު ބަލަން ހުރި ޔާނާގެ ދެބުމަ ގޮށްޖެހުނެވެ. “އޮހޮ އޮހޮ” ޔާނާ ބާރަކަށް ކެއްސާލިއެވެ. މިކްޔަން ޔާނާއަށް ބަލާލީ ކުއްލިއަކަށެވެ. އެވަގުތު ޔާނާ ކަޅިއަޅައިގެން ހުރުމުން މިކްޔަން ހިންދިރުވާލަމުން ޒާޔާ ބިންމަތީ ބެހެއްޓިއެވެ.

“މީ މީ ޒާޔާ” މިކްޔަން އަވަސް އަވަހަށް ބުނެލިއެވެ. ޔާނާ މިކްޔަން އަށް ކަޅިއަޅާލާފައި ގޮސް ޒާޔާ ކައިރި ހުއްޓުނެވެ.

“ޒާޔާ. މިކްޔަން އެންޑް ޒާއިންގެ ކަޒިން. ރައިޓް؟” ސަލާމަށް އަތްދިއްކޮށްލަމުން ޔާނާ ބުނެލިއެވެ. “ޔެސް. ޔޫ ޔާނާ ދޯ. މިކްޔަންގެ ވައިފް؟” ޒާޔާ މިހެން ބުނުމުން ޔާނާ ބޯޖަހާލިއެވެ. “ކިހިނެއް ޔާނާއަށް އިނގުނި؟” މިކްޔަން އަހާލިއެވެ.

“އަހަރެން ބުނީ” ގެއަށް ވަދެގެން އައި ޒާއިން ބުނެލިއެވެ. އެއްމެން އައިސް ސޯފާގައި އިށީއިނެލިއެވެ. “ހޫމް ދެން ބުނެބަލަ ޒާޔާ ކޮންވާހަކަ އެއްބުނަން ތިއައީ؟” އާލިމާ ބުނެލިއެވެ. އެއްމެންގެ ސަމާލު ޒާޔާއާ ދިމާލަށް ދިޔައެވެ. “އަހަރެން މިއުޅެނީ މީހަކާ އިންނަން. އަންނަ މަހު. އިޔާޒް ކިޔަނީ. ޒާއިން އަށް އިނގޭނެ އޭނަ” ޒާޔާ ބުނެލިއެވެ.

“ވަޓް. އިޔާޒް؟ އޭނަ ކައިރި ލޯބިވާ ވާހަކަ ބުނަން ނުކެރިގެން އުޅުނު މީހައެއްނު ތީ”

“ދެން އޭނަ އެހީއޭ އިންނަން. އަންނަ މަހު އިންނަން. މާލޭގައި ކައިވެނި ކުރަނީ. އިޔާޒް އަކީ މާލެ މީހެކެއްނު”

“އަލްހަމްދުލިއްލާހި” އާލިމާއަދި ނާސިހްއަށް ބުނެލެވުނެވެ. އެއްމެން ޒާޔާއަށް މަރުހަބާ ކިއެވެ.

*****

ނަޝްވާ ތައްޔާރުވަމުން ދިޔައީ ޒިޔާން ކައިރިއަށް ދިޔުމަށެވެ. މިކްޔަން އޭނާގެ ނަންބަރު ބްލޮކް ކޮށްލި ވާހަކަ ބުނުމުން ނަޒީހް ހުރީ ރުޅިއައިއްސައެވެ. އޭނާ ރައްޓެއްސަކާ ބައްދަލުކޮށްލަން ދާވާހަކަ ބުނުމުން ގޮސްގެން ނުވާނެއޭވެސް ބުނެލިއެވެ. ނަމަވެސް ނަޝްވާ ޒިޔާން ދެކިލަން ކެތްމަދުވެފައި ހުރުމުން ދިޔުމަށް ތައްޔާރުވަނީއެވެ. “ހަލޯ ޒިޔާން. އާން މިދަނީ. 10 މިނެޓް” ޒިޔާން ގުޅާފައި ނިކުތުމަށް ބުނުމުން ނަޝްވާ ހިތްއަވަސްވެ ހުރެ އަވަސް ކޮށްލައިގެން ނިކުމެގެން ދިޔައެވެ.

*****

“މިއަދު ޒާޔާއެއް ގައިގައި ބައްދަ ބައްދާފަ އެނބުރުނު އިރު ހީވީއެހެން ފަދަ ކަމެއް ހެން. އަހަރެން ގައިގަ އެހެން ޔަން އެއް ނުބައްދާނެ” ޝޯލްއަޅާ ނިންމާފައި އިސްޓާކީންއަށް އަރަން ހުރި ޔާނާ ބުނެލީ ދޮރުގައި ލައްގަނެގެން ފޯނާ ކުޅެން ހުރި މިކްޔަންއަށެވެ. “ދެޓްސް މައި ކަޒިންއޭ. ކޮއްކޮއެއްފަދަ” މިކްޔަން ޔާނާއަށް ބަލާލަމުން ބުނެލިއެވެ.

“އެންޑް އައިމް ޔުއާ ވައިފްއޭ. ހޫމް ހެޔޮ ހިނގާ ލަސް ވަނީ. ޑޭޑް ހުންނާނީ އިންތިޒާރުގައި” ޔާނާ މިހެން ބުނެ ގޮސް މިކްޔަން ކައިރި ހުއްޓުނެވެ. މިކްޔަން ކުއްލިއަކަށް ޔާނާގެ ގައިގައި ބައްދާލާފައި އެނބުރިލިއެވެ. “ހެޕީ؟” ޔާނާ ބަހައްޓަމުން މިކްޔަން ބުނެލިއެވެ. ޔާނާ މިކްޔަންގެ ގައިގައި ބޮނޑިއެއް އަޅާލާފައި މިކްޔަންގެ އަތުގައި ހިފާ ނިކުމެގެން ދިޔައެވެ.

****

ޒިޔާދު، ޔާނާ އަދި މިކްޔަން ކާމޭޒު ކައިރި އިނީ ލާރާ އަންނަންދެންނެވެ. އިރުކޮޅެއް ފަހުން ލާރާ ތެޅެމުން ފޮޅެމުން އައެވެ. “ސޮރީ ޑޭޑް. ލަސްވެއްޖެ ދޯ” ޒިޔާދު ހިނިތުންވުމަކުން ފުއްދާލިއެވެ. ޔާނާ ތެދުވެ ތަށިތައް ގާތްކޮށްދެން ފެށިއެވެ. “ދަރިފުޅުވެސް ގަދަ ކޮށްފިންދޯ” ޒިޔާދު ޔާނާއަށް ބުނެލިއެވެ. ޔާނާ ހިނިތުންވެލައިފައި ގޮސް މިކްޔަންއާއި ޖެހިގެން އިން ގޮނޑީގައި އިށީއިނެލިއެވެ. އެއްމެން ކާންފެށުމުން ޔާނާ ވާހަކަދެއްކިއެވެ. “ޑޭޑް ކޮން ވާހަކައެއްތަ؟” ޔާނާ މިހެން ބުނުމުން ޒުޔާދު އަތުގައި އޮތް ސަމުސަލުން ބަތްތައްޓާ ކުޅެން ފެށިއެވެ.

“ޑޭޑް އެހެން މީހަކާ ކައިވެނި ކުރިޔަސް ހެޔޮ ތޯ އަހާލަން. ކިތަންމެ މަހެއްވެއްޖެ އަހާލަން ބޭނުންވެފައި ހުންނަތާ” ޒިޔާދު މިހެން ބުނުމުން އިވިގެންދިޔައީ ލާރާގެ އަތުގައި އޮތް ސަމްސާ ތައްޓަށް ވެއްޓުނު އަޑެވެ. މިކްޔަން ލާރާއަށް ބަލާލުމަށްފަހު ޔާނާއަށް ބަލާލިއެވެ. އޭރު ޔާނާ ފުންނޭވާއެއް ދޫކޮށްލަނީއެވެ.

ޔާނާ ޒިޔާދު ކައިރި އެހެން މީހަކާ ގުޅޭށޭ ބުނަން ކިތަންމެ ފަހަރަކުވެސް ހިތަށްއެރިއެވެ. މިރޭ އެވާހަކަ އެދެއްކީ އޭނާގެ ބައްޕަ އަމިއްލަޔަށެވެ. “އަޅުގަނޑުގެ މައްސަލައެއް. ޑޭޑް ގެ ލައިފް އަދި ކުރިއަށް އޮތީ. ޑޭޑް ބޭނުންގޮތަކަށް ކަންތައްކުރަންވީ. ދޯ ކޮއްކޯ” ޔާނާ އެއްމެ ފަހު ޖުމްލަ ބުނެލީ ހިނިތުންވެހުރެ ލާރާއަށް ބަލާލަމުންވެ. ޒިޔާދުގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް އެ ހިނިތުންވުން ފިލައިގެން ދިޔައީ ލާރާ ތަށި ދުރުކޮށްލާފައި ބާރުހިނގުމެއްގައި އެތަނުން ދިޔުމުންނެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (84)

  1. Friends

    Me first dhw…

    1. Ram
      Friends

      Yesssss ??

  2. Nahu

    Nahu furathama dhwwww….

    1. Ram
      Nahu

      No nahu.. but you are second ??

  3. mystery girl

    awsome story!! ???

    1. Ram
      mystery girl

      Thankyou girl ?❤

  4. Ram

    Alhey varah kuru dww.. maadhen 2 part upkohladheynan igeyy.. aslu i was varah varah busy today.. ekm vx liyevunu varakah upkohly mi.. do comment below igeyy… ?❤❤

  5. Mimmi

    Me first obinesss to da maxxx i luv it like crazy u slayy ramm

    1. Mimmi
      Mimmi

      Not first ?? fourth

    2. Ram
      Mimmi

      Thankyou mimmi ??❤

  6. Aal

    Wow hama habeys ram

    1. Ram
      Aal

      Thankyou darling ?❤

  7. Navii

    Wow .. Vvvvv nice mi part ves.. When next???…

    1. Ram
      Navii

      Thankyou navii.. kameh dhimaa nuvanyaa mendhuru 3 haairu 1 part dhn reygadu 11 haaru anehpart ?❤

  8. mal

    ram mikyan e namuge meaning aky koba

    1. Ram
      mal

      I dont know mal.. ?

    2. sam♥
      mal

      aslu ves neygeythaa… alhe sam ves ehn ahann miulheny

    3. Ram
      mal

      Yess sam.. neygey ?

  9. Fathu

    Me first dhw v reethi vaahaka Ram ?

    1. Ram
      Fathu

      Alhey first eh nooney faathu.. dhn faharakun dww.. thankyou dear ?❤

  10. mal

    varah reethi e nan.ehenve baby akah kiyanvegen

    1. Ram
      mal

      Alheyy.. aslu vx baby akah kiyan mikyan varah reethi ? bad meaning eh noon hn hyvanyy.. balaalan jeheyny dear ?❤

  11. Limsha

    Finally
    Nice ingey
    Ur the best

    1. Ram
      Limsha

      Awww limsha.. thankyou so much ?❤

  12. Yainu

    ❤❤❤❤❤

    1. Ram
      Yainu

      ❤❤❤❤❤❤

  13. Rsh

    WOW V Reethi ekm haadha kurey

    1. Ram
      Rsh

      Thankyou rsh.. yes i know dear ?

  14. shif

    Nice…. when nxt??

    1. Ram
      shif

      Thankyou shf.. maadhan igey ?❤

  15. ranaa

    Haadha kurey. Thanjolheh dhugukoh genesdheebala. Hehehe

    1. Ram
      ranaa

      Okay let me try igey ?

  16. MeNer

    Wow very nice ??❤❤

    1. Ram
      MeNer

      Thankyou dear ?❤

  17. Friends

    Hey rammmmm…..
    Maasha allah stry vvv salhi…..but maakury..
    Waiting 4 next part ingey..plx upload soon..
    Gud nyt Ram…????

    1. Ram
      Friends

      Heii.. thankyou so much dear… good nytxx dear ?❤

  18. Riii

    Wow… WOW…. Vvv Nice….
    Whn nxt prt….

    1. Ram
      Riii

      Thankyou so much dear.. maadhen ??❤

  19. aimi

    that means nashwa ya dhw laara dad marry kuran ulhenee??

    1. Ram
      aimi

      Nashwa marry kuran ulhey vaahaka eh neennaane dear.. dhn zaayaa dww.. vedhaane hama zaayaa kamah vx ? lets see..❤

  20. Pinky shifoo

    Hiii Ram… Mi part vx varah varah varah reethi… Next part kiyaalaahithun kehmadhuvehje… Waiting for next part…

    1. Ram
      Pinky shifoo

      Heyy.. thankyou shifoo ?❤

  21. kylie

    varah reethi ekam thankolheh kury
    and when is the next part

    1. Ram
      kylie

      Thankyou Kylie ?❤ maadhen ?

  22. Ainth

    Ram asluves v baraabaru igey.. Vaahaka up kuraane kamuge inthixaaru ga innathaa khonireh.. Enme fahun nimumeh aee dhw.. V v rythi mibaives n mi storyves

    1. Ram
      Ainth

      Thankyou so much ainth ?❤

  23. Haw shiaa shabaa shiaar

    Mashaa Allah v v reethi mi part ves, hama habeys, asluves thankolheh kuru, maadhamaa 2 part, thanks ramko u r too cute ? ? ? ??, goodnight ?? swyt dream

    1. Ram
      Haw shiaa shabaa shiaar

      Thankyou love?❤

  24. Malsha

    Wow it’s awesome. .ram haadha molhey. .seriously. .kihineh ram mihaa rythi koh vaahaka Liyan dhaskury? ?? Mal Abadhuves inthixaaru kuran mi vaahaka ah..hehe.GUDNYT..ly

    1. Ram
      Malsha

      Awww mal.. hehe.. thankyou so much.. gud nyts.. loves more ?❤

  25. unaal

    hlw ram .. vrh reethi stry
    ..????????????good nyt..

    1. Ram
      unaal

      Thankyou unaal.. good nyts ?????❤?????

  26. dhaitha

    Vahaka fashaa iru kuree episode ge thankolheh genesdheefaanantha.. v undhangu neennaathee.. aneh episode nimey thankolhu balaalsn jehey..

    1. Ram
      dhaitha

      Okay dhn ehen hadhaalaanan igeyy..

  27. mal

    pls balaala dhehchey…varah loabivey….

    1. Ram
      mal

      Yess balaalaanan ?♥

  28. aimi

    aan Zaaya a. name olhunee… hehehe

    1. Ram
      aimi

      Hehe aimi.. ram ah ehen hyviyey.. hehe ?❤

  29. Iza

    Ram ge sifa kurumuge bai bodah genaima Ram ge vaahaka thah hama BEST vaane! ?? (I never comment but then today I just thought that, that’s the only part missing in your story ei and everything else, the concept and all just amazing ei)

    1. Ram
      Iza

      Awwn happy to see your comment dear.. yes in shaa allah i will try my best to correct that igeyy.. thankyouu.
      Hope to see your comments again igeyy.. loves ?❤

  30. Lam

    Vv salhi…kihineh baa dhn vaanee

    1. Ram
      Lam

      Lets see dww dear ? thankyou ❤

  31. Ainth

    Mi vaahaka varah salhi. Mihaa rythi kon vaahaka liyan dhaskury kihineh

    1. Ram
      Ainth

      Thankyou so much nish.. ram vaki vaahaka liyan molheh nuvaane dear ??

  32. Nish

    Wow wow nei hama bunaane ehchehves vvv salhi?ram ur the best may allah bless you??keep it up dear?

    1. Ram
      Nish

      Thankyou so much nish ❤ and may allah bless you too darl ?

  33. yal v

    Gooood n miadhu kn irakun ????
    Waitinggg??

    1. Ram
      yal v

      Thankyou yal.?❤ 3 ge kurin vanyaa vaany.. in sha allah up vx kohlaanan.. eyge fahun v bxy vaane..?

  34. SJK...KOREAN

    hii ramko, gud mrnin. reyga vaahaka vx kiyaa nulevunu bxy veema. hehe ehnvegen rangalhah nuvx nidhunu 😉 mi part hama fabulous !!! To be honest, ram ge story ge main concept aslu varah varah reethi. n style vx hama habbu 😀 adhuvx sifa kurun thah thankolheh gina kohla eyrun varah furihama vaane. hehe zaain menge bai genesdheygoih emme like vany. story hama best inge as always. n abadhuvx ramko ge story eh viyya ingey ehaa reethi vaane kanvx.. miadhu two parts dhoo!!! hahaaa yeyyy, waiting 😀 love u! 🙂

    1. Ram
      SJK...KOREAN

      Hey sjk… hehe.. thankyou so so so much darl.. loves more???❤??????

  35. ❤️santhi❤️

    Wow.. miadhu khn irakun up kohdheyny.. dhigukoh up kohdhehcey plx dear…..

    1. Ram
      ❤️santhi❤️

      3 haairu dear.. ram ah type kurevunu emme dhigu koh genesdheynam igeyy.. keep waiting dear ?❤

  36. Lam

    Miadhu las gadhi daaleh ves…alhey kiyaa hithu up vefa thoo vvv beley…ram lov u….story up vaane eirakah waiting…

    1. Ram
      Lam

      Awww lam… thankyou so so so much ?❤

  37. Rsh

    Aslu ves miadhu v las hen heevani Gandhi dhaaleh hehehe. Ram so I am waiting for next part…..love u ???

    1. Ram
      Rsh

      Thankyou so much ❤

  38. ??????

    Fdb rammmm hadiiinesss to the max ??????

    1. Ram
      ??????

      Hehe.. thankyou for commenting ..

  39. Roo

    Hii ram! Thankolheh kuru but its okay! ?❤️ Keep up the good work dear.. Ly ❤️❤️??

    1. Ram
      Roo

      Thankyou.. ly tooo.. ❤

  40. kylie

    when is the next part
    im waitingggggggggggg

    1. Ram
      kylie

      Upkohlaafin ❤

  41. nuzoo

    nice story ….. keep it up…….

    1. Ram
      nuzoo

      Thankyou nuzoo ?❤

Comments are closed.