ވޭންތަކުން ދިން ހިތި މާޒީ (14)
އަރައިގެން އައި އިރާ އެކީ އެންމެން ތައްޔާރު ވަމުން ދިޔައީ މާލެ ދިއުމަށެވެ. މީކާއީލް މަންމަމެންގެ އެދުމަށް އާލިމާމެންވެސް މާލެ ބަދަލުވަނީ ފަޔާޒްމެން ކައިވެނި ކުރުމައްފަހު ވާނީ އެއް އާއިލާއަކަށް ކަމަށް ބުނެއެވެ. ހުރިހާ ކުދިންނައް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. ބޯޓު މަތީވެސް މާލެ ލެފެން ދެން އެތައް ސަކަރާތެއް ޖެހިއެވެ. މި ދަތުރު ވެގެން ދިޔައީ މީކާއީލް އަށާ ފަޔާޒް އަށް ނުހަނު އުފާވެރި ދަތުރަކަށެވެ. މާލެ ލެފުމުން އެންމެންނާ ވަކިވާން ޖެހުނީ ޒިމްޔާއާއި ކަޔާންއެވެ. ކަޔާން ގެއައް ގޮސް ފުރަތަމަ ވެސް އުޅުނީ ޒިމްޔާގެ ކޯހުގެ ކަންތަކާއެވެ. އެ ދުވަހު ގެއަށް ދިޔުމުން ޒިމްޔާއަށް އެއްކޮއް ހަމަ ނިދުނީއެވެ. ރޭގަނޑު ކިޔާން ކާން ރެސްޓޯރެންޓް އަކަށް ދާން ގޮވުމުން އަވަހަށް ފެންވަރައިގެން ރީތިވެގެން ނިކުތެވެ.
“ކިޔާންބެ ކޮންތާކަށް މިދަނީ؟ ގެއިން މިރޭ ނުކާންތާ؟” ޒިމްޔާ ކިޔާން ގެ ސައިކަލު ފަހަތައް އަރަމުން ބުންޏެވެ.
“މިރޭ ގެއިން ނުކާން. މީކާއީލް މެންނާ އެކީ ރެސްޓޯރެންޓް އަކަށް ކާންދާން ވެގެން، މީކް ގުޅާ ގުލާވެސް ޒިމް ފޯނެއް ނުނަގަ ވިއްޔަ” ކިޔާން ސައިކަލު ސްޓާޓް ކޮއްލަމުން ބުންޏެވެ.
“ހެހެހެ. ނިދުނީ މިއަދު އެއްކޮއް. ފާއިތުވި ދުވަސްތަކާ ލައިގެން ކަންނޭގެ ނިދުނީ” އެވަގުތު ޒިމްޔާގެ ފޯނު ވައިބްރޭޓް ވުމުން ހިނިތުން ވެވުނީ މީކާއީލްގެ މެސެޖެއް އައުމުންނެވެ.
“ކޮބާ އާދެވޭ ވަރު ވެއްޖެ ދޯ. ސަލްސާ އަށް ވަދެވުމާ އެކީ އާލާ ގެ އަޑައް ޒިމްޔާ ބަލާލިއެވެ. ޒިމްޔާ ގޮސް މީކާއީލް ކައިރި އިށީންދުނެވެ.
“ވަރަށް ލޯބި.” ސިއްރު ސިއްރުން ޒިމްޔާގެ ކަންފަތް ދޮށުގަ މީކާއީލް ބުންޏެވެ.
“ހެހެހެ. ތެންކްސް. ނުދިފަ އޮތީ މިއަދު އެއްކޮއް އެހެންވެ ފޯނު ނުނެގުނީ” ޒިމްޔާ މަޑުމަޑުން ބުންޏެވެ.
“އިޓް އޯކޭ. ކިޔާންބެއަށް ގުޅީމޭ. ޒިމް ފޯނު ނުނަގާތީ” މީކާއީލް ހީލަމުން ބުންޏެވެ. އެންމެން އެކި ވާހަކައިގަ ތިއްބަ އޯޑަރު ކުރި އެއްޗިހި ގެނައެވެ. ޒިމްޔާއަށް އިނީ އާވެފައެވެ. މާލެއިން އޭނާ އެކުރަނީ މުޅިން އާ ތަޖުރިބާއެކެވެ.
“އޭ ޓެން ވެއްޖެ. ގަޑި ދާ ގޮތެއވެސް ނޭނގެ މިހާރު.” މިޒްނާ ގަޑިއަށް ބަލާލަމުން ބުންޏެވެ.
“އާނ. ކައިވެސް ނިމެއްޖެ. ހިނގާދާން” ކިޔާންވެސް ގަޑިއަށް ބަލާލަމުން ބުންޏެވެ.
“އޭ ކިޔާންބެ އޯކޭތަ ޒިމް ރައިޑަކަށް ގެންދިޔަސް؟” މީކާއީލް އައިސް ކިޔާން ކައިރިން ހުއްދަ އެހިއެވެ.
“ހެހެހެހެ. އާނ. އެކަމު ބާރައިގެ ކުރިން ގެއަށް ގެންނާތި. ޒިމް އަށް ބަލާތި” ކިޔާން މިހެން ބުނުމުން މީކާއީލް ސައިކަލައް އަރާ ޒިމްޔާއަށް އަރަން ބުންޏެވެ.
“ކޮންތާކަށް މިދަނީ” ޒިމްޔާ މީކާއީލްގެ ބުރަކަށީ ބޯ އަޅާލަމުން އަހާލިއެވެ.
“ކޮންތާކަށް ދާން ވީ؟ ރަސްފައްނަށް ދޯ ދާނީ”
“އޯކޭ. މީކް ބޭނުން ތާކަށް” ޒިމްޔާ މިހެން ބުނުމުން މީކާއީލް ސައިކަލު ބާރައް ދުއްވާލިއެވެ.
ރަސްފަންނައް އާދެވުމުން ދެމީހުން ގޮސް އިށީނީ އެތާ ހުރި ހަޓެއްގައެވެ. މީހުން މަދު ނަމަވެސް މަދު މަދުން ލޯބިވެރިން އެމީހުންގެ މާތައް ފޯޅުވުމުގަ އުޅުނެވެ. މީކާއީލް ޒިމްޔާގެ މޫނައް ފުންކޮއް ބަލާލިއެވެ. އެއްވެސް މޭކަޕް އެއްކޮއްފައި ނުވާ އެ މޫނު އެހާ ފުރިހަމައެވެ. މޭކަޕަކާ ނުލާވެސް ޒިމްޔާ ހުންނަނީ ނުހަނު ރީތިކޮށެވެ.
“ދެން މީކް. ތިވަރަށް ނުބަލަބަލަ” ޒިމްޔާ މޫނައް ޖަނބު ކުލަ އަރައިފަ އިނީ މީކާއީލް މާވަރަކަށް ބަލާތީއެވެ.
“ރީތި އެއްޗިއްސައް ބެލުމަކީ އިންސާނުންގެ ތޮބީއަތުގަ ހަރުލާފަ ހުރި ކަމެއް” މީކާއީލް އެއިންގޮތައް އިނދެ ޒިމްޔާގެ އަތް މަތީ އަތް ބާއްވާލަމުން ބުންޏެވެ.
“ދެން ތިބުނީ ހުރިހާ ރީތި ކުދިންނައް ބަލާނަމޭތަ؟” ޒިމްޔާ ތުންދަމާލަމުން ބުންޏެވެ.
“ނޫނޭ ދޫން. އަލަށްވެސް ރީތި ކުއްޖަކަށް ފެނުނީ ޒިމް. އޭގެ ކުރިން ނުބަލަން އެކަހަލަ ނަޒަރަކުންވެސް” މީކާއީލް އަށް ޒިމްޔާ އަނގައަށް ހަދާލި ގޮތުން ހިނިއައެވެ.
“ތިހެން އުޅެފައޭ އެހެން ކުއްޖެއް ފެންނާނީ” ޒިމްޔާ މީކާއީލްއާއި ދިމާއަށް ފުން ކޮއްބަލާލަމުން ބުންޏެވެ.
“މީކް އަށް ފެންނަންޏާ ޒިމްއަށް ވެސް ފެންނާނެ. ދެން ތިކަހަލަ އެއްޗިހި ނުކިޔަބަލަ ލޯބީ” މީކާއީލް ޒިމްޔާގެ އަތައް ބޮސްދެމުން ބުނެލިއެވެ.
“ޒިމް ކޯހައް އެޕްލައި ކުރަން މާދަން. އެކަމް ޒިމް ވަރަށް ނާވަސްވޭ ރަށުގަވެސް ކުދިން ސްކޫލްގަ އަބަދު ބުލީ ކުރަނީ.” ޒިމްޔާ މިހެން ބުމުން މީކާއީލް ހީލިއެވެ.
“އަބަދު އެއްގޮތެއް ނުވާނެ. ކޮލެޖް ލައިފް ވަރަށް ތަފާތް ވާނެ. ޒިމް އަތުގަ ލެޕްޓޮޕެއް އެބޮތްތަ؟” މީކާއީލް އަހާލިއެވެ.
“ނޫން. ކިހިނެއްވީ. ޒިމް އަތަކު ނުހުންނާނެ ތިކަހަލަ އަގުބޮޑެތި އެއްޗިއްސެއް” ޒިމްޔާ ހިތައް އަސަރު ކުރިއެވެ. އޭނާވެސް އެހެން ކުދިންހެން އެފަދަ އެއްޗިހި ބޭނުމެވެ.
“އޯކޭ. މީކް މާދަން ޒިމްއަށް ފޯނެއް ގަނެ ދޭނައް އޯކޭ” މީކާއީލް ޒިމްޔާއަށް ލެޕްޓޮޕް އެއް ގަނެދެން މާކުރިންވެސް އޮތީ ވިސްނާފައެވެ.
“ދެން ނޫން. ޒިމް ޖޮބް އަކަށް ދާނައް ވަރަށް އަވަހައް ގޮއްސް ގަންނާނައް” މީކާއީލް އަގުބޮޑު އެއްޗެއް ދޭނެކަން އިނގުމުން އެކަމާ ދެކޮޅު ހެދިއެވެ.
“ހެހެހެހެހެ. ގިފްޓަކަށޭ ދޭނީ. ޒިމް ހިފާނެ. އޭރުން ޒިމް އަށް ވަރަށް ގިނަ އެއްޗިހި ދަސްކޮއްދޭނަމޭ ފޯނުން. އޯކޭ. ޒިމް އަށް ކިތަންމެ ބޮޑު އެއްޗެއް ދޭންވެސް އެއީ ބޮޑު ކަމެއް ނޫން. އަބަދުވެސް ޒިމް ހެޕީ ކޮއް ހުންނަން މީކް ބޭނުމީ” މީކާއީލް މިހެން ބުނުމުން ޒިމްޔާއަށް ބުނާނެ އެއްޗެއް ދުލު ކުރިއަކަށް ނައެވެ.
“ހިނގާބަލަ އޭނަ ގާގަނޑައް” މީކާއީލް ޒިމްޔާއަތުގައި ހިފައިގެން އެތާއިށީންދުނެވެ. ޒިމްޔާގެ އުނަގަނޑުގައި އަތް ވަށާލައިގެން އިނެވެ.
“މީކް. މީކް ނުހުރޭތަ ހަމަ އެކްސް އެއް؟” ޒިމްޔާ އަހާލީ ގަބޫލް ނުކުރެވިފައެވެ. އެއީ މީކާއީލް ފޯނުން އަންހެން ކުއްޖަކާ އެކީ ފޮޓޯ ނަގާފަ ހުރިތަން ފެނިގެންނެވެ.
“ހޮނެސްޓްލީ މީކް ނުހުރޭ އެކްސް އެއް. އެކަމު ޔޫކޭގަ އުޅުން އިރު އެ ކްލާސްގަ އިންނާނެ ގާލްއެއް ހަމަ ކްލާސް ކުއްޖެއް މީކް ފަހަތުން އުޅޭނީ އަބަތު އައްޓަމަހެއް ހެން ތަތްލާފަ. ދާހާ ތާކައް އަންނާނެ. އޭނައާއެކީ އެހެން އުޅެން އެކީ ކާން ގޮސް. އެކަމް ގޯސް ގޮތަކަށް ނޫޅެން. ދެން ވަރަށް އެތާ ކޮލެޖް ކުދިން އަޅުވާ ކިޔާނެ. އެހެން އަބަދު އެކީ އުޅޭތީ ހީކުރާނެ ޑޭޓް ކުރެއޭ. އެކަމް މީކް ވަރަށް ފޫހިވޭ. ޝީ ޔޫސް ޑްރަގްސް. އުޅުނިން ރަގަޅިއްޔާ ރައްޓެހިވާން އެކަމު ކުރާކަންތައް އިނގުމުން ހަމަ އެއްކޮއް ދުރުވީ. ދައްކަންތަ އޭނަ ފޮޓޯއެއް” މީކާއީލްގެ ފޯނު ނަގައި ދެމީހުން އެކީ ނަގާފަ ހުރި ފޮޓޯ ޒިމްޔާއައް ދެއްކިއެވެ. ޒިމްޔާ އެއްޗެކޭ ނުބުނާތީ މީކާއީލް ޒިމްޔާއަށް ބަލާލި އިރު ޒިމްޔާ އިނީ ރޮވިފައެވެ.
“ހޭ ބޭބް. ކީއްވީ؟ މީކް ތެދަށޭ މިބުނީ. ހުއްޓާލަބަލަ” އަވަހައް ފޯނު ލޮކް ކޮއްލަމުން ޒިމްޔާގެ ކަރުނަތައް ފުހެދިނެވެ. ޒިމްޔާ އައް ރޮވެން ފެށިއެވެ.
“ހަމަ އެއްވެސް ކަމެއް ނުކުރަންތަ؟ އަންހެނެއް އެހެން އުޅެންޔާ ފިރިހެން ކުދިން ނުގޮހެއް ނުހުންނާނެ” ޒިމްޔާ ރޮމުން ބުންޏެވެ.
“ހަމަ ހުވާ ނުކުރަން ދުވަހަކުވެސް އެކަހަލަ ކަމެއް. ޕްލީޒް ހުއްޓާލަބަލަ ދެން” ޒިމްޔާ ރޯތީ މީކާއީލް އިނީ ކުރާނެ ކަމެއް ނޭނގިފައެވެ.
“އޭއްޗިހި ޑީލީޓް ކުރޭ. ޒިމް ދެރަވޭ” ޒިމްޔާ މިހެން ބުނުމުން ހުރިހާ ފޯޓޯއެއް ޑިލީޓް ކޮއްލިއެވެ.
“އޯކޭތަ މިހާރު؟ ޒިމް މާ ލޯބި އެ ޖޫލިޔާއަށް ވުރެ. އެއީ މުސްލިމެއްވެސް ނޫން. ޕްލީޒް ދޫނި ހުއްޓާލަބަލަ. ބަސް އަހާ ކުއްޖެއްނުތީ” މީކާއީލް އެކި ގޮތް ގޮތުން ބެލީ ޒިމްޔާ ހެއްވާލެވޭތޯއެވެ. ވަރަށް ފަސޭހައިން އެކަންވިއެވެ.
“ޒިމް ބޭނުމެއް ނޫން މީކް އެކުއްޖާއާއި ވާހަކަ ދައްކާކަށް” ޒިމްޔާ މީކާއީލް ގައިގަ ބައްދާލަމުން ބުންޏެވެ.
“ނުދައްކަމޭ ވާހަކައެއް، ބަނޑު ފުރުންތަ މިރޭ؟” މިކާއީލް ޒިމްޔާގެ އިސްތަށިގަނޑުގަ ފިރުމާލަމުން ބުންޏެވެ.
“ޔެސް. ވަރަށް މީރު. ހަޑި ދޯ ޒިމްގެ ހެއާ މިހާރު ކުރުވީމަ؟”
“ނޫން ވަރަށް ލޯބި. ހީވަނީ ޑޯލް އެއްހެން. ދެން އެކަމް ނުކޮށައްޗޭ ހެއާ. މީކް އަށް ވަރަށް ލޯބި ދިގު އިސްތަށިގަނޑޫ” މީކާއީލް މިހެން ބުނުމުން ޒިމްޔާ ހީލަމުން މީކާއީލްގެ ބޯހާވާލިއެވެ.
“އޯކޭ. އަން ހަޑިކޮއްލާ” ޒިމްޔާއާއި ދިމާއަށް ބޯ ތިރި ކޮއްލަމުން ބުންޏެވެ. ޒިމްޔާ މީކާއީލްގެ އިސްތަށިގަނޑާ ކުޅެލިއެވެ. މީކާއީލްގެ ފޯނު ރިންގްވާތީ ބެލި އިރު ފަޔާޒްއެވެ.
“އޭ ވަރަށް ކަޑައޭ. އެއްކަލަ އެލީޝާ އައިއްސަ އެދިޔައީ. އަހަރެމެން އެންމެން އައީ ގެއައް މީކްމެން އަންނަންދެން. އައިއްސް އާލާއާ ދިމާއަށްވެސް ވަރަށް އެއްޗިހި ކިޔާފަ އެދިޔައީ، ތިމަންނަގެ މީހެއް ޖަހައިގަނެގެން ނޫޅެވޭނެޔޯ. އަނެއްކާ އެ ބޮލު ރިހުން ފާވީއޭ އެ. މީކް ބަވާލަބަލަ. މަށައް މަތައެއް ނުވާނެ” ފަޔާޒް ހުރީ އާލާއާއި ދިމާއަށް އެއްޗިހި ކިޔުމުން ވަރަށް ރުޅި އައިއްސައެވެ.
“އޭ ހަމަ ޖެހި. ކޮބާ އެ އެލީޝާ.؟” މީކާއީލްއަށް އެލީޝާގެ ގޮތް ހަމަ ރަގަޅައް އިނގެއެވެ. އެއީ ފާވެއްޖިއްޔާ ހަމަ ވިހަ ލާނެ ހަރުފައެވެ.
“ގޮއްސި ފުއްޕަ ފުއްޕާފަ.”
“އާން އޯކޭ. އެބަ ދަން އިރުކޮޅަކުން ގެއައް” މިހެން ކިޔާ މީކާއީލް ފޯނު ބޭއްވިއެވެ. ޒިމްޔާއަށް ވީގޮތް ކިޔައި ދިނެވެ.
“ވަރަށް ފޫހިވޭ އެހެން އަންހެން ކުދިން އުޅޭ އިރުން” ޒިމްޔާ މިހެން ބުނުމުން މީކްވެސް އޭބުނެ މީކާއީލް ޒިމްޔާގެ ގައިގައި ބައްދާލިއެވެ.
“ދެން ކޮން އިރަކުން އަހަރެމެން މެރީ ކުރާނީ؟” މީކާއީލް އަހާލިއެވެ.
“ޒިމް ކިޔަވައި ނިމުނީމަ ދޯ” ޒިމްޔާ ބޭނުމީ އިހައް އަމިއްލަ ފައި މައްޗައް ތެދުވާށެވެ.
“އޯކޭ. އެކަމް ޒިމް ބޭނުން ކަމެއް ބުނައްޗޭ މީކް ކައިރި މީކް އަބަދުވެސް ހެލްޕް ވާނަން”
“އޯކޭ. ހިނގާދާން ދެން. ކިޔާންބެ އިންނާނެ ލަސްވެފަ” މިހެން ބުނުމުން މީކާއީލްވެސް ދެބަސްވުމެއް ނެތި ދާން ހިނގައިގަތެވެ.
……………………………………….
ފަޔާޒްމެން ކައިވެނި އޮތީ އެއްމަސް ފަހުން ކަމުން އެންމެން ދިޔައީ އެރެއަށް ތައްޔާރުވަމުންނެވެ. ޕާޓީގެ ކުލަ އަކީ ކޯރަލް ޕިންކްއެވެ. މިކަމުގައި މިޒްނާ ވަރަށް ފޯރީގައި އުޅެއެވެ. ހީވަނީ މިޒްނާގެ ކައިވެނި ކުރެވެން އުޅޭހެންނެވެ. ޒިމްޔާވެސް ކޮލެޖް ފެއްޓުމުން ކިޔަވަމުންވެސް ކައިވެނީގެ ކަންތަކާ އެހީތެރިވެއެވެ. ކޯސް ފެއްޓެންވާއިރަށް މީކާއީލް އޭނާއަށް އައިފޯން އެއިޓް އަކާ މެކް ބުކް އެއް ވަނީ ދީފައެވެ. ކައިވެނީގެ ދުވަސް އައިސް ޖެހުނު އިރު އެންމެން ވަނީ ފުރިހަމަ އަށް ތައްޔާރު ވެފައެވެ.
“ކޮބާތަ ޒިމް. ޒިމްއަށް ގުޅާބަ. ބުނީމޭ މިގެއަށޭ މޭކަޕް ކުރާ ކުދިން އަންނާނީ. ޒިމްވެސް އަންނައްޗޭ ބުނިން. ކުޑަބެ ބުނެބަ އަންނާށޭ އަވަހަށް، މިޒްނާ ހުރީ އަވަސް އަރުވާލާފައެވެ.
“ސާބަހޭ، އެބަ އާދޭ ކިޔާން އާއި އެކީ” މީކާއީލް މިހެން ބުނެ އަވަހަށް ތައްޔާރުވާން ދިޔައެވެ. ޒިމްޔާ އައުމުން އެންމެން ރީތިވާން ފެއްޓިއެވެ. އާލާއަށް ވަކިން މޭކްއަޕް ކުރާނެ މީހެއް ގެނެއްސް ހުރި އިރު ދެން އައި ދެމީހުން އުޅެނީ ދެން ތިބި އަންހެން ކުދިން ރީތި ކުރާށެވެ. އެންމެން ރީތިވެ ނިމުން އިރު ހަތްގަޑި ސާޅީސް ވަނީއެވެ.
“ވާވް. ދޮންބެ ފެއިންޓް ވާނެ ދޮންބެ ދައްތަފެނިފަ މިރޭ ދޯ ޒިމް” މިޒްނާ ވެސް އެކަމާ އެއްބަސް ވިއެވެ. އަދި އާލާއާ ދިމާކުރަން ފެށިއެވެ.
“ދެން ހެވޭ. ހުރިހާ ފިރިހެނުންވީ ދަރުބާރުގޭގަޔޯ. ފަޔާޒް ވެސް ގޮއްސިޔޯ. ހިނގާ އަވަހައް ދާން.” އާލާ މިހެން ބުނުމުން އެންމެން އެކީ ކާރައް އަރަން ދިޔައެވެ. އަށެއް ޖެހިއިރައް އާލާމެންނައް ދަރުބާރުގެއަށް އާދެވުނެވެ. ފަޔާޒް އަށް އިންތަނުން ތެދުވެވުނީ މިރޭ އޭނާގެ ވާން އުޅޭ އަންހެނުން ރީތި ކަމުންނެވެ. ހީވަނީ ހަމަ ސާދަވިލޭރޭގެ ހަނދެއްހެންނެވެ. ހުދު ކުލައިގެ މާމެއިޑް ވެޑިން ޑްރެސްއަކު ހުރި އިރު އިސްތަށިގަނޑުގަ އޮތީ ބޮޑު ހުޅިއެއް ޖަހާފައެވެ. ހާމައަށް ދެކޮނޑު ފެންނަން އޮތް އިރު އެހެންޏާއަށް ވުރެ މިރޭ އާލާ ތަފާތެވެ. ފަޔާޒް ވެސް މިރޭ ހުރީ ހުދު ގަމީހެއް މަތިން ކްރީމް ކުލައިގެ ޖެކެޓްއެއް ލައިގެންނެވެ. އޭގެ ތިރިން ހަމަ އެކުލައިގެ ފަޓްލޫނެއް ލައިގެންނެވެ.
“އޭ ބްރޯ. ހަމަ ޖެހި. މިރޭ ބޭނުން ވަރަކަށް ފަހުން ބެލޭލެ. އަންބަކަށް ވީމަ ތިވަރަށް ބަލާނީ” މީކާއީލް ހިނި އައިއްސަ ފަޔާޒް ބުރަކަށީ ޖަހާލިއެވެ.
ގާޒީ އައުމުން ކައިވެނި ކުރަން ފެއްޓުނެވެ. ފަޔާޒް އަނބި ގަބޫލު ކޮއްފީމޭ ބުނުމުން އާލާ އުފަލުން ފެން ކަޅިވިއެވެ. ޕާޓީ ފެށުމުން އާލާއާއި ފަޔާޒް އެމީހުން ތިބުމަށް ހަމަ ޖެހިފައިވާ ތަނައް ދިޔައެވެ. އެންމެންނާ އެކީ ފޮޓޯ ނަގަމުން ދިޔަ އިރު ޒިމްޔާއާއި މީކާއީލްވެސް ދިޔައީ ދެމީހުން އެކަނިވެސް ފޮޓޯ ނަގަމުންނެވެ.
“އޭ މީކް އާދެބަލަ އަހަރެންނާ އެޚި ވެލްކަމް ޑްރިންކެއް ބޯން. މަ ދެ ތަށި މިހާރުވެސް ބޮއެފިން ވަރަށް މީރޭ” އާޒް ކުރު ނުކޮއް އެހެން ކިޔާތީ މީކާއީލް ދިޔައެވެ. އެތާ ހުރި އިރުވެސް މީކާއީލްއަށް ބެލެނީ ޒިމްޔާއާއި ދިމާއަށެވެ. ކަކުލާ ހަމަ އަށް އަރާ ކުރު ހެދުމަކު ޒިމްޔާ ހުރި އިރު އަރާފައިވަނީ ބިސް ކުލައިގެ ހީލް އަކަށެވެ. މީކާއީލް ހަނދާންވީ ރައްޓެހިވި ދުވަހު ޒިމްޔާ ހީލް އަކަށް އަރައިގެން އުޅުން ހާލެވެ. ހާމަ ކަން ބޮޑު ހެދުމެއް ކަމުން މީކާއީލް ހުރީ ހިތް ހަމަ ނުޖެހިފައެވެ. ޒިމްޔާގެ ކަމެއް ނޫން ކަން އިނގުމުން އަޅާ ނުލާ ހުރީއެވެ. އެހެދުމަކީ މިޒްނާގެ ހޮވުމެކެވެ. ބުޅި އިސްތަށިގަނޑުވެސް ވަނީ މިރޭ އެއްކޮއް ފަން ކޮއްލާފައެވެ. އިސްތަށިގަނޑު ދޫކޮއްލައިފައި ވާއިރު ބޮލުގައި ވަނީ ފްލޯރަލް ބޭންޑެއެއް އަޅާފައެވެ. ފުލް މޭކްއަޕް އަކު ހުރުމުން ޒިމްޔާ މިރޭ ވަރަށް ތަފާތެވެ.
“އޭ އޭ. މަށާ އެކީ އައިއްސަވެސް ތިހުރީ ޒިމް އަށް ގޮސް ގެއްލިފައެއްނު. ޒިމްވެސް އެހެރީ އެކަނިވެފަ ކަންނޭގެ އަވަހައްދޭ” އާޒް އަށް މީކާއީލް ޒިމްޔާ ކައިރިއަށް ދާ ހިތުން ހުރިހެން ހީވެގެން ބުނެލިއެވެ.
ޒިމްޔާއަށް މީހަކު ފަހަތުގަ ހުރިރިހެން ހީވެގެން ބަލައިލި އިރު ހުރީ މީކާއީލްއެވެ. ޒިމްޔާގެ މޫނު އެހާ ކައިރިން ފެނުމުން މީކާއީލް ހުރީ ކަޅި ޖަހާ ނުލާ ބަލާށެވެ.
“މީކް ކޮން އިރަކުންތަ ޕާޓީ ނިމެނީ، ޒިމް ވަރަށް ލަދު ގަނޭ އެބަ މިހެދުމުން ކުރުކަމުން” ޒިމްޔާ ހެދުމައް ދަމާލަމުން ބުންޏެވެ. އަދި ޓެން ވެސް ނުވޭ. އިލެވަން ގަ ނިމެނީ. ވަރަށް ލޯބި މިރޭ ޒިމް، މީކް މިހިރީ ހަމަ މޮޔަވެފަ. ތިކަހަލަ ހެދުން ދެންވެސް ނުލާތި” މީކާއީލް ޒިމްޔާގެ އުނަގަނޑުގަ އަތް އަޅުވާލަމުން ބުންޏެވެ.
“މީކް ނުދައްޗޭ ދެންމެވެސް ފިރިހެން ގްރޫޕްއެއް އައިއްސަ ފޮށިފަ އެދިޔައީ” ޒިމްޔާ މިހެން ބުނުމުން މީކާއީލް ދެބުމަ ގޮއްޖެހުނެވެ.
“ހުމް. ތި ބައެއްގެ ނަސީބުން އެ ނުފެނުނީ އެހެން ނޫންނަމަ މަރާލާނައް”
“ކާކު މަރާލާނަމޭ؟” ކިޔާން އެތަނައް ހުއްޓެމުން ބުންޏެވެ.
“ހެހެހެހެހެ. އެއްޗެއް ނޫން. ކޮބާ ހިނގާ ކާންދެން އެންމެން. މަ ވަރަށް ބަނޑުހައި” މީކާއީލް ބަނޑުގަ އަތް ކާއްތާލަމުން ބުންޏެވެ.
“އާ ހިނގާ އެތިބެ އަންނަނީ މިޒޫ މެންވެސް” މިޒްނާއާއި އެކީ އައީ މިޒްނާމެންގެ ދެބެއިންގެ ދެދަރި ކުއްޖެއް ކަމަށްވާ ފައިހާ އެވެ. ފައިހާއަށް ޒިމްޔާ އިންޓްރޮޑިއުސް ކޮއްދިނުމުން ފައިހާ އެހުރި ގޮތައް ހުރެ ސަލާން ކޮއްލިއެވެ. ޒިމްޔާއަކަށް ފައިހާ މީކާއީލްއާއި ދިމާއަށް ބަލާ ގޮތެއް ކަމަކު ނުދިޔައެވެ. އުޅޭ ގޮތުންވެސް ދެން ހުންނަ މީހާވެސް ފޫހިވާނެއެވެ. މީކާއީލް ކޮއްކޮ އަކަސް އެހެން އުޅެން ފެށުމުން ޒިމްޔާ ހިތުގަ ނޭނގޭ ބިރުވެރި ކަމެއް އުފެދުނެވެ. މީކާއީލް އަށްވެސް ފައިހާ އުޅޭ ގޮތުން އުނދަގޫވިއެވެ. ޒިމްޔާ އެކަމާ ފާޑަކައް އިންނަކަން އިނގުމުން އަވަހަށް ކައި ނިންމައިގެން ޒިމްޔާ ގޮވައިގެން ދުރައް ހިނގައިގަތެވެ.
“މީކް ފައިވެސް ގެންދެބަލަ” ފައިހާ ދުވަމުން ކަހަލަ ގޮތަކަށް އައިސް މީކާއީލް އަތުގަ ހިފިއެވެ.
“ދެން ފައީ އެމީހުން ފޮނުވަބަލަ ލަވްބާޑްސް ފަހަތުން ނުދާނެއޭ” މިޒްނާވެސް އިނީ ފައިހާ އޭނައާއި އެކީ ނުގެނެވުނު މޮޔަ ހިތައް އަރާފައެވެ. މިޒްނާ މިހެން ބުނުމުން ޒިމްޔާއާއި ދިމާއަށް ލޯއަޅާލާފަ އެތަނުން ދިޔައެވެ.
“ޒިމް އަޅާ ނުލައްޗޭ، އޭނަ ހުންނާނީ ފާޑަކަށް މީކްއާ ހެދި މޮޔަވެފަ، ކޮއްކޮ އަކަސް އޭނަ އުޅޭނީ އެވައްތަރަށް” މީކާއީލް އެކިއެއްޗިހި ކިޔައިގެން ޒިމްޔާ ފަހުން ހުރީ ހަމައަކަށް އެޅުފައެވެ.
“ކޮބާ މިހާރު ޕާޓީ ނިމުނީ ހިނގާބަލަ އެންމެން ފޮޓޯ އަކަށް އަރަން” ފަޔާޒް މިހެން ބުނުމުން އެންމެން ފޮޓޯ އަކަށް ދިޔައެވެ. އެންމެން އެކީ މަޖާ ގޮތް ގޮތައް ފޮޓޯ ނަގަމުން ދިޔައެވެ.
އެންމެން ޕާޓީ ނިންމާފަ ގެއައް ދިޔައެވެ. ފަޔާޒް އާއި އާލާވެސް ގެއައް ވަދެ ދިޔައީ ކޮޓެރިއައް ނިދަންށެވެ. ކޮޓެރި އޮތީ ވަރަށް ރީތިކޮއް ޑެކަރޭޓް ކޮއްފައެވެ. އެދުމަތީ އޮތީ ހުސް ފިނިފެންމަލުގެ ފިޔައެވެ.
“އާރރގް. ފަޔައް ވަރަށް ތަދުވޭ އެބަ މާގިނައިރު ކޮޅައް ހުންނަން ޖެހުމުން” އާލާ މިހެން ބުނެ އެދުމަތީ އިށީންދުނެވެ.
“ބުނި ނަމަ އެގަޑި. އޭރުން އެންމެނާ ސަލާން ކުރަން އާލަ އުރާލައިގެން ހުންނާނީ” ފަޔާޒް މިހެން ބުނުމުން އާލާ އެތާ ހުރި ފިނިފެންމާ ފިޔަތައް ފަޔާޒްއާއި ދިމާއަށް ބުރުވައިލިއެވެ.
“ތިހެން މިރޭ ސަލާމަތެއް ނުވެވޭނެ އިނގޭ.” އާލާ ކޮޅައް ފަޔާޒް އާލާގެ ފަހަތުގަ ހުއްޓުނެވެ.
“ވަރަށް ލޯބި މިރޭ މަގޭ ވައިފީ” ފަޔާޒް މިހެން ބުނެ އާލާގެ ކޮލައް ބޮސްދީފައި ފާހާނައަށް ވަނެވެ. ފަޔާޒް ފާހާނައައް ވަނުމުން އާލާ ތެދުމެ ހުޅި ނައްޓުވާ މޭކަޕްތައް ފިލުވަން ވެށިއެވެ. އިރުކޮޅަކުން ފަޔާޒް ނިކުތީ ފެންވަރައިލައިގެން ބޮކްސާކޮޅާއެކަންޏެވެ.
“ފަޔާ މި ޒިޕް ދަމާލަ ދީބަލަ” އާލާ މިހެން ބުނުމުން ޒިޕް ދަމާލަދީފައި ފަޔާޒް ގޮސް އެދައް އަރާ އޮށޯވެތެވެ. ފަޔާޒްގެ މި އަޅާލުން ކުޑަކަމުން އާލާއަށް ބަލަން ހުރެވުނެވެ. އާލާގޮސް ފަޔާޒް އަށް ގޮވުމުން ނިދިއަންނަނީ ކަމައް ބުނެ އަނެއް ފަރާތައް އެނބުރުނެވެ. ފަޔާޒް މިހެން ހެދުމުން އާލާ ހިތުގަ ޖެހުނެވެ. ފަޔާޒް މާ ބޮޑައް ވަރުބަލި ވީކަމައް ބަލާ ކަޅު ކުލައިގެ ނައިޓި ހިފައިގެން ވަނީ ފާހާނާއަށެވެ. ފެން ވަރައިގެން އައިސް އެދުގައި އޮށޯވެލީ ނިދޭތޯއެވެ. ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ.
“ބޭބީ ދެރަވެފަތަ؟ ފަޔާޒް އާލާއާއި ވީ ފަރާތަށް އެނބުރެމުން އަހާލިއެވެ.
“ނޫޅެން ރުޅި” އާލާ އެ އޮތް ގޮތައް ބުންޏެވެ.
“އޯކޭ އާލާ އޮވެ ރުޅިވެފަ. އެކަމް ފަޔާ ރުޅިއެއް ނޫން” ފަޔާޒް ކުރާ ކުދި ކުދި ސަމާސާއިން އާލާއަށް ވެސް އެގޮތުގަ އޮވެވުނީ އިރުކޮޅެއްވަންދެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.



Esfiya team would like to apologies for the delay in publishing this episode.
Thank you
Admin
Very.nice
Thanks 🙂
Varah varah loabi….?????????next part ventha
Thankyouu
Very nice mashaa Allah when next part?
Thanks. 🙂 Monday ga
V V V Reethi
Thanks 😀
Hiii Mau… Story v v v nice as always… Varah varah salhi… Eagerly waiting for the next part… Love you… Heheheh
Thankyou 😀
Vvv salhi….??
But some typing mistake faahahavi dear….
plx plx upload soon..
Waiting next part…???
Hehe thankyou 🙂
V reethi…kiyaa when next part
V reethi..kiyaa hithun ovva nimuny when next part
V reethi..kiyaa hithun ovva nimuny when next part…kury comnent ehkah fill nuve send kohlevuny…
hehe. okay thanks. Monday ga
Ohh wow vvvvvvv rythi….love it….waitinggg
Thankyou 🙂
Hii dhoonigandaa. …. sorry ingey lahun comment kurevunyma. … ? n hama bunelan othy story vrh salhi ey …. kon irakun tha next part? ???? miss u sis…❤❤❤
Hehe. Its okay jumm. Maadhamage konmes gadi aku upload kohdheynah 😀