Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (27)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
November 10, 2017 6 Mins Read
47 Comments

“ދޮންބެ ދެން ޔުމްނާ ގާތު ބުނެފިންތަ ލޯބިވާ ވާހަކަ؟ ލެޓް މީ ގެސް.. ނުބުނަން ދޯ؟ އަޅޭ ކޮންފެސް ކޮށްބަލަ.. އޭރުންދޯ ޔުމްނާގެ ހިތުގައިވާ އެއްޗެއްވެސް އެނގޭނީ..” އަރޫޝާ އާރިކްއަށް ވިސްނައިދޭފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.

ބޭރުން އަޑެއް އިވިގެން ދެމީހުންވެސް ދޮރާ ދިމާއަށް ބަލާލިއެވެ. އެ ކޮޓަރީގެ ދޮރު ކުރިމަތީގައި ހުއްޓިގެން ހުރި ޔުމްނާ ފެނުމުން ދެމީހުންގެ ބަސް ވެސް ހުއްޓުނެވެ.

“އަމްމް.. ފެންފުޅި ހުސްވެފަ ހުރީމަ..” އަތުގައި އޮތް ހުސް ފުޅި ދައްކާލަމުން ޔުމްނާ ބުނެލިއެވެ. އެއާއެކު އާރިކް އާއި އަރޫޝާ އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. ޔުމްނާ އެގޮތަށް ވާހަކަދެއްކުމުން އެދެމީހުންނަށް ވިސްނުނީ ދެންމެ ދެކެވުނު ވާހަކަތައް ޔުމްނާއަށް އަޑުނީވޭ ކަމަށެވެ.

“އާނ.. މީ.. ހުސްވެފަތަ ހުރީ؟ ދައްކާ އަހަރެން އެހެން ފުޅިއެއް ގެނަސްދޭނަން..” އަރޫޝާ ޔުމްނާގެ އަތުން ފުޅި އަތުލަމުން ވާހަކަދެއްކިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން ބަދިގެ ހުންނަ ދިމާއަށް މިސްރާބުޖެހިއެވެ. އަރޫޝާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ޔުމްނާ އިރުކޮޅެއް ވަންދެން ހުއްޓެވެ. އެއަށްފަހު އޭނާ އާރިކްއާ ދިމާއަށް ބަލާލިއެވެ. ކަޅުކުލައިގެ ކޮނޑުކެނޑިއެއް ލާފައި ހުރުމުގެ ސަބަބުން އާރިކްގެ ބާރުގަދަ މުލައްދަނޑި އޮތީ ހާމައަށެވެ. ޔުމްނާއަށް އެ ހިތްގައިމު، ކަސްރަތީ ހަށިގަނޑަށް ނަޒަރު ހިންގާލެވުނީ އިޚްތިޔާރުން ބޭރުގައެވެ.

“ހޭ ރެޕަންޒެލް.. އޯކޭ ދޯ މިހާރު؟” ޔުމްނާގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެ އާރިކް ވާހަކަދެއްކިއެވެ. ލައިގެން ހުރި ކުޑަ ސޯޓުކޮޅުގެ ދެޖީބަށް އަތްޖަހާލަމުން އޭނާ ކޮޓަރިން ނިކުމެގެން އައިސް ޔުމްނާއާ ދާދި ގާތުގައި މަޑުކޮށްލިއެވެ.

“އާނ.. އައި ފީލް ސޯ މަޗް ބެޓާރ ނައު..” ޔުމްނާ އިސްޖަހާލަމުން ވާހަކަދެއްކިއެވެ.

“އަހަރެން ވާހަކައެއް އަހާލަންތަ؟” އާރިކް އެ ހުރިގޮތަށް ހުރެ އަހާލިއެވެ.

“އަހާލަބަލަ.” ޔުމްނާ މަޑުމަޑުން ބުނެލިއެވެ.

“ބުނީމެއްނު ދޯ ލޯބިވާ މީހެއް ހުރެއޭ.. އެއީ ކާކުތަ؟ ކާކުކަން ބުނީމަ ދޯ އަހަންނަށް އެމީހަކު ހޯދައިދޭން މަސައްކަތްވެސް ކޮށްދެވޭނީ..” އާރިކް ހަރަން ބަނދެލަމުން ވާހަކަދެއްކިއެވެ.

“އެއީ ކާކުކަން ބުނެލާއިރަށް އާރިކްއަށް އެމީހަކު ހޯދޭނެތަ؟” ޔުމްނާ ސަމާސާ ރާގެއްގައި އަހާލިއެވެ.

“ރެޕަންޒެލްއަށް އަދިވެސް އަހަރެން ނޭނގޭ؟ އަހަރެން މީ ސާލިމްގެ ގޭންގުގައި އުޅެފައިވާ މީހެކޭ! ކީއްވެ އަހަންނަށް ނުހޯދެންވީ؟” އާރިކް ފޮނިވެލާފައި ބުނެލިއެވެ. އެއާއެކު ޔުމްނާ އޭނާގެ އަނގަމަތީގައި އަތް އަޅައި، ހޭން ފެށިއެވެ. އާރިކް އެހެން ބުނެލިގޮތުން އޭނާއަށް ހިނިގަނޑު ހިފަހައްޓާނުލެވުނީއެވެ.

“ކޮންކަމަކާ ތި ހެނީ؟ ދޮންބެ މާ ވަރުގަދަ ޖޯކްއެއް ކިޔަނީތަ؟” އަރޫޝާގެ އަޑަށް ޔުމްނާ ވަގުތުން ހުނުން ހުއްޓާލިއެވެ. އިތުރަށް މަޑުކުރަން ނުހަދާ އޭނާ އަރޫޝާ ގެނައި ފެންފުޅި ހިފައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އަރޫޝާ ވެސް އާރިކްއާ ދިމާއަށް ވައްތަރެއް ޖައްސާލުމަށްފަހު ޔުމްނާގެ ފަހަތުން ހިނގައިގަތެވެ.

ޔުމްނާ ކޮޓަރިއަށް ވަދެ އެނދުމަތީގައި އިށީނެވެ. ކަނާއަތް ގެންގޮސް އޭނާގެ މެއާ ދިމާގައި ޖައްސާލި ހިނދު އެހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އޭނާ ފުޅިން ފެންފޮދެއް އަނގައަށް އޮއްސާލިއެވެ.

ކޮޓަރިއަށް ވަދެގެން އައި އަރޫޝާ ޔުމްނާއާ ދިމާއަށް ބަލާލީ ފާޑަކަށެވެ. އެނދަށް އަރައި ހަމަޖެހިލަމުން އޭނާ ޔުމްނާއާ ވާހަކަދެއްކިއެވެ.

“ޔުމް ލޯބިވާ މީހެއް ހުރެޔޯ ކިޔާއަޑު އެހިން..” އަރޫޝާ ކުއްލިއަކަށް އެހެން ބުނުމުން ޔުމްނާ ކޮށިއެރިއެވެ.

“އެ.. އާރިކް ދޯ ބުނީ؟” ފެންފުޅި ހެޑްބޯޑު މަތީގައި ބަހައްޓަމުން ޔުމްނާ އަހާލިއެވެ.

“ހުމްމް.. އަދިވެސް ވަރަށް ލޯބިވޭތަ އޭނަ ދެކެ؟” އަރޫޝާ ގައިގައި ރަޖާގަނޑު އަޅަމުން އަހާލިއެވެ.

“އާނ. އެއީ އަހަރެންގެ ފުރަތަމަ ލޯބި..” ޔުމްނާ އެއްދިމާއަކަށް ބަލަހައްޓައިގެން އިނދެ ވާހަކަދެއްކިއެވެ. އަޝްފާން މަތިން ހަނދާންވުމުން އެހިތުގައި ކުޑަކޮށް ރިއްސާލިއެވެ.

“އޭނަ މިސާލަކަށް ޔުމްގެ ގާތަށް އައިއްޔޯ؟ ދެން ޔުމް އޭނައާ ގުޅޭނަން؟” އަރޫޝާ އަނެއްކާވެސް އަހާލިއެވެ.

“އާނ..” ކުރު ޖަވާބަކުން ޔުމްނާ ނިންމާލިއެވެ.

“މިސާލަކަށް، އޭނަ މިހާރު އުޅެނީ އެހެން ދިރިއުޅުމެއް ފަށައިގެންނޯ.. ދެން؟ ދެން ޔުމް ހަދާނީ ކިހިނެއް؟” އަރޫޝާ ފާޑަކަށް އަހާލިއެވެ. އެއާއެކު ޔުމްނާ އަރޫޝާއަށް ބަލާލަމުން ދެތިން ފަހަރު އެސްފިޔަތައް ތަޅުވާލިއެވެ.

“އޭނަ ނުހަދާނެ އެހެނެއް.. އޭނަ އަހަންނަށް އިންތިޒާރު ކުރާނެ.. އޭނަ ބުންޏޭ ކިތަންމެ ގިނަ ދުވަހެއް ވިޔަސް އިންތިޒާރު ކުރާނަމޭ..” ޔުމްނާ ޔަޤީން ކަމާއެކު ބުނެލިއެވެ. އެއާއެކު އަރޫޝާ މަޑު ހިނިގަނޑެއް ޖަހާލިއެވެ.

“ޔުމްނާއަށް ފިރިހެނުންގެ ވައްތަރު ނޭނގޭތަ؟ އަހަންނަށް ހީވަނީ މިހާރު އޭނަ އުޅޭނީ އެހެން ކުއްޖަކާ ރައްޓެހިވެގެންހެން..” އަރޫޝާ މަލާމާތުގެ ރާގެއްގައި ވާހަކަދެއްކިއެވެ.

“ނޫން.. އޭނަ އަކީ އެކަހަލަ މީހެއް ނޫނޭ.. އޭނަ ތަފާތު އެހެން ފިރިހެނުންނާ..” ޔުމްނާ އަޝްފާން ދިފާޢުކޮށް ވާހަކަދެއްކިއެވެ.

“އޯކޭ އޯކޭ.. އޭނަ ހުރިއްޔޯ ޔުމްގެ އިންތިޒާރުގަ.. އެއްވެސް ކުއްޖަކާ ރައްޓެހިނުވެ ހުރިއްޔޯ.. ސުވާލަކީ ޔުމްނާ ތިހާލުގަ އިންދާ އޭނަ ޔުމްނާ ޤްބޫލުކުރާނެހޭ؟” އަރޫޝާ ހަރަން ބަނދެލަމުން އަހާލިއެވެ. ޔުމްނާއަށް އިރުކޮޅެއް ވަންދެން އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފަރީދުގެ ދަރިއަކަށް އޭނާ ބަލިވެ އިނުމުން އަޝްފާން އޭނާ ޤަބޫލުކޮށްފާނެ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ޚުދު އޭނާއަކަށްވެސް ނޭނގުނެވެ.

“ނުކުރާނެ.. ޔުމްނާއަށް ވެސް ހީވަނީ އެހެން، އެހެންނު؟” ހުއްޓުން އަރާފައި އިން ޔުމްނާއަށް ބަލާލަމުން އަރޫޝާ ބުނެލިއެވެ. ޔުމްނާއަށް ހިންދިރުވާލެވުނެވެ. އަރޫޝާ އެދައްކަނީ ހަމަ ތެދު ވާހަކައެއް ބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އަޝްފާން އޭނާ ޤަބޫލުނުކޮށްފިއްޔާ އޭނާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އިސާހިތަކު އޭނާގެ ބޮޑު ދެލޯ ފެންކަޅިވާން ފަށައިފިއެވެ.

ޔުމްނާއަށް ވެފައިވާ ވަރު އަރޫޝާއަށް ހަމަ ރީއްޗަށްވެސް ފެނުނެވެ. ނަމަވެސް އެ މަންޒަރު ފެންނަ ކަމަށްވެސް ނުހަދާ އަރޫޝާ އަނެއް ފަރާތަށް އެނބުރެމުން ނިދާ ކަމަށް ހަދާލިއެވެ. ޔުމްނާވެސް އެ ބޮޑު އެނދުގެ އަނެއް ފަރާތުގައި މަޑުމަޑުން އޮށޯވެލިއެވެ. ހޯސް ލާފައި ހޫނު ކަރުނަތައް އެދެލޮލުން ފައިބަން ފަށައިފިއެވެ. އަރޫޝާ އެ ދެއްކި ވާހަކަތަކުގެ ސަބަބުން އެހިތަށް ވަނީ ވަރަށްވެސް ފުން އަސަރުތަކެއް ކޮށްފައެވެ. އޭނާ އުޅުނީ ވީހާވެސް އަވަހަށް އަޝްފާން ހޯދައިގެން، އަޝްފާން ކައިރިއަށް ދާށެވެ. އޭނާ ހީކުރީ އޭނާ ކޮންމެ ފަދަ ހާލެއްގައި އިން ކަމުގައި ވިޔަސް އަޝްފާން އޭނާ ޤަބޫލުކުރާނެ ކަމަށެވެ. ނަމަވެސް އަރޫޝާ ދެއްކި ވާހަކަތަކުގެ ސަބަބުން އެހިތުގައި ޝައްކުތަކެއް އުފެދިއްޖެއެވެ. މިއޮއް ބޮޑު ދުނިޔޭގައި، ބާކީވެފައިވާ ކަމުގެ އިހުސާސް އޭނާއަށް ކުރެވެމުން ދިޔައެވެ.

އަރޫޝާ ކުޑަކުޑަކޮށް ދެލޯ ހުޅުވާލުމަށްފަހު ޔުމްނާއާ ދިމާއަށް އަވަސް ނަޒަރެއް ދިނެވެ. އިރުއިރުކޮޅާ ޔުމްނާގެ ހަށިގަނޑު ތުރުތުރު އަޅައިގެން ދާ ދިއުމުން އޭނާއަށް ޔުމްނާ ރޮނީކަން ޔަޤީންވިއެވެ.

“ސޮރީ ޔުމް. އައި ހޭވް ޓު ޑޫ ދިސް..” އަރޫޝާ ހިތާހިތުން ވާހަކަދެއްކިއެވެ. އޭނާ ބޭނުންވީ ޔުމްނާއާ އާރިކް ގުޅުވާށެވެ. އަދި ޔުމްނާގެ ހިތުގައި އެވާ މީހާގެ ނަން ފިލުވާލާށެވެ.

** **

ފަތިހުގެ ހިތްފަސޭހަ ވަގުތު “ޑައިމަންޑް ވެލީ” ގެ ގޯތިތެރެ ފެންނަނީ ނުލާހިކު ހިތްގައިމުކޮށެވެ. ލިލީ، އޯކިޑް، އަދި ފިނިފެންމަލުގެ ލުއި މީރުވަހުން މުޅި މާހައުލު ވަނީ އެއްވަސްކޮށްލާފައެވެ. ގަސްތަކުގެ ފަތްތަކުގައި ފެން ހަރުލާފައި ހުރުމުގެ ސަބަބުން ރޭގައި ކޮންމެވެސް ވަރަކަށް ވާރޭވެހިފައި ވާކަން ހާމަވެއެވެ.

މާ ގަސްތަކުގެ މެދުގައިވާ ކޮފީ ޓޭބަލް ކައިރީގައި މިޝްކާ އިންއިރު އޭނާގެ ނަޒަރު ވަނީ އެއްދިމާއަކަށް ހުއްޓިފައެވެ. މޭޒުމަތީގައި އާވި އަރައަރާ ހުރި ހޫނު ކޮފީ ތައްޓެއް ބަހައްޓާފައި ވިއެވެ. އެ މާހައުލު ކިތަންމެ ހިތްގައިމު ކަމުގައި ވިޔަސް މިޝްކާގެ ހިތަކަށް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ. ނުހައްޤުން ޔުމްނާ އެގެއިން ނެރެލީއްސުރެ އެހިތުގައި ނުތަވަސްކަން އުފެދިފައި ވިއެވެ.

“ހޭ ބޭބް..” މިޝްކާ ސިހިގެން ދިޔައީ ފަހަތުން މުނީރު އައިސް އޭނާގެ ކޮލަށް ދޮނެއް ދިނުމުންނެވެ. ފުލުސް ޔުނީފޯމުގައި ހުރި މުނީރު ފެނި، އޭނާ ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ.

“އަދިވެސް އެކަމާ ދޯ ތި ވިސްނަނީ؟” މިޝްކާގެ ގާތުގައިވާ ގޮނޑީގައި އިށީންނަމުން މުނީރު އަހާލިއެވެ.

“ދޮންމަމް އޯކޭދޯ؟ ދޮންމަމްގެ ހާލު ރަނގަޅު ދޯ؟” މިޝްކާ އަވަސްއަވަހަށް އަހާލިއެވެ.

“އާއެކޭ މިޝޫ.. އާރިކް އޭނަ ބަލާނެއޭ ވަރަށް ރަނގަޅަށް.. އައި ނޯ ދެޓް.. އެއީ އާރިކް ޔުމްނާ ދެކެ ވަރަށް ލޯބިވޭ.. އެހެންވީމަ އޭނަ ނަހަދާނެއެއްނު ދޯ ޔުމްނާއަށް ދެރަގޮތެއް؟” މިޝްކާއަށް ވިސްނައިދޭން އުޅޭފަދަ ގޮތަކަށް މުނީރު ވާހަކަދެއްކިއެވެ.

“ވަޓް؟ ސީރިއަސްލީ؟ އާރިކް؟” މިޝްކާއަށް ކުއްލިއަކަށް އަހާލެވުނެވެ. އެއާއެކު މުނީރު މަޑުމަޑުން ބޯ ޖަހާލިއެވެ.

“ދެން ދޮންމަމް ލޯބިވޭތަ އާރިކް ދެކެ؟” މިޝްކާ އަހާލިއެވެ. މުނީރު ބޯ ހޫރާލިއެވެ. އެއާއެކު މިޝްކާގެ މޫނުމަތިންވެސް ފެނިގެން ދިޔައީ މާޔޫސްކަމެވެ. ޔުމްނާއަށް ރަނގަޅު ދިރިއުޅުމެއް ލިބުމަކީ މިހާރު އޭނާ އެންމެ އެދޭ ކަންތަކެވެ.

މުނީރު އޮފީހަށް ދާން ދިއުމުން މިޝްކާ އެތެރެއަށް ދާން އުޅެފައިވެސް ގޯތިތެރޭގައި މަޑުކުރީއެވެ. އެ ހިތްގައިމު މާހައުލުގައި އިތުރަށް މަޑުކޮށްލަން ބޭނުންވީއެވެ. ކޮފީ ޓޭބަލް މަތީގައި ބޯ އަޅާލައިގެން، އެއްދިމާއަކަށް ނަޒަރު ހުއްޓާލައިގެން އޭނާ އެތަށް އިރެއް ވަންދެން އޮތެވެ.

ގޭތެރެއިން ނިކުތް މިޝާލްއަށް މިޝްކާ އެ ތަނުގައި އިން ތަން ފެނުމުން އެދިމާއަށް ހިނގައިގަތެވެ. މިޝްކާގެ ކުރިމަތީގައި ހުރި ގޮނޑީގައި އޭނާ އިށީނެވެ.

“ދާން އުޅޭ މިތަނުން..” މިޝްކާ އެއޮތް ގޮތަށް ބުނެލިއެވެ. އެއަޑުގައި އެކުލެވިގެންވަނީ ހަރުކަށިކަމެވެ. ކަންތައް ވެގެން ދިޔަ ގޮތުން، މިޝާލް ފެންނަ ހިސާބުގައި ހުންނާކަށްވެސް އޭނާ މިހާރު ބޭނުމެއް ނުވެއެވެ.

“ކަމް އޯން. އަދިވެސް ދޮންތަ އަހަރެން ދެކެ ރުޅިއައިސްފަ؟” މިޝާލް ދެއަތް އުރާލަމުން ވާހަކަދެއްކިއެވެ. މިޝްކާ ތުންއަނބުރާލިއެވެ.

“މަށަށް އެނގެއޭ އޭރުވެސް ދޮންތަ ރަނގަޅުކުރާނީ އެ އަންހެނާކަން.. ހުރޭ.. ހުރޭ.. މަށާ ވާހަކަނުދައްކާ ހުރޭ! ބަލާނަމޭ ތިގޮތަށް އުޅެވެނީ ކިހާ ދުވަހަކުތޯ..” މިޝާލް ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ. އަދި ދިގު ފިޔަވަޅުތަކެއް އަޅަމުން އޭނާ ގޮސް ގޭތެރެއަށް ވަނެވެ. ބަނޑުހައިވެފައި ވުމުގެ ސަބަބުން އޭނާ މިސްރާބުޖެހީ ކާގެއާ ދިމާއަށެވެ.

“އާލިމައްތާ! ސައިހަދައި ދީބަލަ.. ވަރަށް ބަނޑުހައޭ..” މިޝާލް ގޮސް ކާގޭގެ ގޮނޑިއަކަށް ވެއްޓިގަންނަމުން ވާހަކަދެއްކިއެވެ. އުނދުން ކައިރީގައި ހުއްޓިގެން ހުރި އާލިމާ މިޝާލްއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ސައި ތައްޔާރުކޮށްދޭން އަވަސްވެގަތެވެ.

“އާލިމައްތަ ހާދަ މަޑަކުން؟ މިހާރު އަހަންނާ ސަމާސާއެއްވެސް ނުކުރެ އާލިމައްތައެއް..” މިޝާލް މޭޒުމަތީގައި ހުރި މޭބިސްކަދުރު ތަށި ގާތްކޮށް، އޭގެއިން އެތިކޮޅެއް އަނގައަށް ލަމުން ވާހަކަދެއްކިއެވެ.

“ކުރަން ނުވާވަރުގެ ކަމެއް ކުރީމަ، އާލިމައްތަ މިހުރީ މިޝާލް ދެކެ ވަރަށް ހިތްހަމަ ނުޖެހިފަ..” އާލިމާ ވާހަކަދެއްކީ މަޑުން ނަމަވެސް، ވާހަކަދެއްކި ރާގުން އޭނާ ހިތްހަމަނުޖެހިފައިވާ މިންވަރު ހާމަވެއެވެ. މިޝާލްގެ ހަރަކާތަށް އެވަގުތު ހުއްޓުން އެރިއެވެ. އާލިމާ ވެސް އެ ދައްކަނީ އޭނާ ޔުމްނާއާ މެދު ކަންތައް ކުރި ގޮތުގެ ވާހަކަކަން އޭނާއަށް އެނގުނެވެ. ވަގުތުން ސައިބޯ ހިތްވެސް ކެނޑިގެން ދިޔައެވެ. އާލިމާ ސައިތަށި ގިރަގިރާ ހުއްޓާ އޭނާ މޭޒު ދޮށުން ތެދުވެގެން ގޮސް ކާގެއިން ނިކުމެއްޖެއެވެ.

ދުވެފައި ކަހަލަ ގޮތަކަށް މިޝާލް ސިޑިން މައްޗަށް އެރިއިރު އޭނާގެ ދެއަތް ވަނީ މުއްކެވިފައެވެ. ދިޔަ ގޮތަށް ގޮސް އޭނާ ވަނީ ނަސްރީންގެ ކޮޓަރިއަށެވެ.

“މަންމާ!” ކޮޓަރީގެ ދޮރު ހުޅުވާލަމުން މިޝާލް ބާރަކަށް ގޮވާލިއެވެ. ޑްރެސިންގް ޓޭބަލް ދޮށުގައި އިން ނަސްރީން އަނެއް ފަރާތަށް އެނބުރި، މިޝާލްއަށް ސަމާލުކަން ދިނެވެ. އެ ކޮޓަރީގެ ދޮރު، ބަންލާފައި ޖެހުމަށްފަހު އޭނާ އައިސް ނަސްރީންގެ އެނދުމައްޗަށް ވެއްޓިގަތެވެ.

“ކިހިނެއްވީތަ ދަރިފުޅާ؟” ނަސްރީން އަހާލިއެވެ.

“ކިހިނެއް ނުވަނީ؟ މިހާރު ދޮންތަ އަހަންނާ ވާހަކަދައްކަނީކީ ނޫން. މުނީރުބޭބެ ހުންނަނީ އަހަރެން ދެކެ ހިތްހަމަނުޖެހިފަ. އާލިމައްތަވެސް!” މިޝާލް ދެފަރާތަށް ބޯ ހޫރަމުން ވާހަކަދެއްކިއެވެ.

“ދަރިފުޅާ.. އެކަންތައް ރަނގަޅުވެދާނެއޭ.. އަބަދަކު އެހެންނެއް ނުހުރެވޭނެ އެމީހުންނަކަށް..” ނަސްރީން މިޝާލްއަށް ވިސްނައިދޭން އުޅޭފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.

“ދެން ނުވާނެ އަހަންނަކަށް.. އަހަރެން ހުރިހާ ވާހަކައެއް އެންމެނަށް ތެދަށް ކިޔައިދޭނީ..” މިޝާލް ބުނެލިއެވެ. އެއާއެކު ނަސްރީން ދެބުމަ ގޮށްޖަހާލިއެވެ.

“މިޝާލް.. ނޫން.. ތީކީ ރަނގަޅު ގޮތެއް ނޫން.. އޭރުން އެންމެންގެ ނަފުރަތު އަމާޒުވާނީ މިޝާލްއަށް.. ބައްޕަގެވެސް!” ނަސްރީން ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ.

“މިހާރުވެސް އެމީހުން އަހަންނަށް ކުރާ ނަފުރަތު ވަކިން ކުޑަތަ މަންމާ؟” ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓާލަމުން މިޝާލް ވާހަކަދެއްކިއެވެ.

“މިޝާލް! މޮޔަނުވެބަލަ!” ނަސްރީން ބާރަކަށް ހަޅޭއްލަވައިގަތެވެ. މިޝާލް ތެދުތެދަށް ހުރިހާ ވާހަކައެއް ކިޔާދީފިނަމަ ފަރީދު ޔުމްނާ މިގެއަށް އަލުން ގެންނާނެއެވެ. އެއީ އެއްވެސް ހާލެއްގައި އޭނާ ބޭނުންވާ ގޮތެއް ނޫނެވެ.

** **

ހެނދުނު ސައިބޮއިގެން ޔުމްނާ އަރޫޝާގެ އަތުގައި ހިފައިގެން ކޮޓަރިއަށް އައެވެ. އޭރު އޭނާގެ ހިތް ވަނީ އަވަސް ވެފައެވެ. އެނދުމަތީގައި އިށީނުމަށްފަހު އޭނާ އަރޫޝާއާ ވާހަކަދައްކަން ފެށިއެވެ.

“އަރޫ އުޅެންދޯ ފޭސްބުކްގަ؟” ޔުމްނާ އަހާލިއެވެ.

“އާނ. ކިހިނެއްވީ؟” އަރޫޝާ ހަމަޖެހިލަމުން އަހާލިއެވެ.

“އަހަރެން ބުނާ މީހަކު ހޯދައި ދެވިދާނެތަ؟ ޕްލީސް..” ޔުމްނާ އާދޭހުގެ ރާގެއްގައި އަހާލިއެވެ.

“ލޯބިވާ މީހާ؟” އަރޫޝާ ހަރަން ބަނދެލަމުން އަހާލިއެވެ. އެއާއެކު ޔުމްނާ ޖެހިލުންވެ އިނދެ ބޯޖަހާލިއެވެ.

“ދެން އޭނައާ ވާހަކަދައްކާފަ ކީއްކުރަން ތި ވިސްނަނީ؟” އަރޫޝާ ބޭނުންވީ ޔުމްނާގެ ވިސްނުން ހުރިގޮތް އޮޅުން ފިލުވާށެވެ.

“އޭނަ އަހަންނާ ގުޅެން ހުރިއްޔާ އަހަރެން އޭނަ ގާތަށް ދާނީ..” ޔުމްނާ މަޑުމަޑުން ބުނެލިއެވެ.

“އޯކޭ.. އެކަމަކު އޭނަ ގުޅެން ބޭނުން ނެތިއްޔާ…ޔުމް ޖެހޭނެ މިގޭގަ މަޑުކުރަން.. އަބަދުވެސް ޔުމްއަށް މިގޭގަ ހުރެވޭނެ.. އެކަން އިނގޭ ދޯ؟” އަރޫޝާ އެހެން ބުނުމުން ޔުމްނާ މަޑުމަޑުން ބޯ ޖަހާލިއެވެ. އަރޫޝާ ގޮސް އަލަމާރީގައިވާ އޭނާގެ ލެޕްޓޮޕު ހިފައިގެން އައިސް އެނދުމަތީގައި ޖައްސާލިއެވެ. ލެޕްޓޮޕު ހުޅުވައި، އޭނާ ފޭސްބުކަށް ލޮގިން ވެލިއެވެ.

“އެނގޭތަ ފޭސްބުކްގަ އޭނަ ޖަހާފަ އިންނަނީ ކީކޭކަން؟” އަރޫޝާ އެހެން އަހާލުމުން ޔުމްނާ ދެއަތަށް ބޯ ހޫރާލިއެވެ.

“އެކަމަކު އޭނަ ހަމަ ގައިމުވެސް އުޅޭ ފޭސްބުކްގަ..” ޔުމްނާ ޔަޤީން ކަމާއެކު ބުނެލިއެވެ.

“އޯކޭ.. ކޮން ނަމެއް ކިޔަނީ އޭނައަށް؟” އަރޫޝާ ޝަޢުޤުވެރިކަމާއެކު އަހާލިއެވެ.

“އަޝްފާން..” ޔުމްނާ އެ ނަން ބުނުމާއެކު އަރޫޝާގެ ނިތަށް ރޫތަކެއް ޖަމާވެގެން ދިޔައެވެ.

“ކޮން ރަށެއް އެއީ؟” އަރޫޝާ ފާޑަކަށް އަހާލިއެވެ.

“އިނގުރައިދޫ..” ޔުމްނާ އެހެން ބުނުމާއެކު އަރޫޝާއަށް ތެޅިގަނެވުނެވެ. ޔުމްނާ ލޯބިވާ މީހަކީ ހަމަ އެ އަޝްފާން ހެއްޔެވެ؟ އޭނާގެ ބޮޑުދައިތަގެ ދަރިފުޅު ހެއްޔެވެ؟

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އަވްލީން (16ވަނަ ބައި)

Next

ހިތްއެކީ ދެވިއްޖޭ (13)

Next
November 10, 2017

ހިތްއެކީ ދެވިއްޖޭ (13)

Previews
November 10, 2017

އަވްލީން (16ވަނަ ބައި)

47 Comments!

  1. Liaa says:
    November 10, 2017 at 11:00 am

    Jummah Mubaarak!
    Hope u liked this part too!
    Loves<3

  2. Friends says:
    November 10, 2017 at 11:06 am

    Me first dhw

    1. Joey Tribbiani says:
      November 10, 2017 at 11:11 am

      Hey.. how u doin?

    2. Liaa says:
      November 10, 2017 at 11:22 am

      Yes. Ur first 🙂

    3. Friends says:
      November 10, 2017 at 11:29 am

      Wow…..stry vvvv reethi…
      Stry vvvv interesting liaa.. plx upload soon ingey.. waiting waiting you stry liaa..?????
      Hey ..sorry joey tribbiani..

  3. Shudha says:
    November 10, 2017 at 11:09 am

    yeyy me first dhw…. v salhi mi part… yum aa yum ge bappa aa dhimaavaane gotheh hadhaabala.. waiting for the next one… your stories are interesting liaa… keep up the gud work.. 😀

    1. Shudha says:
      November 10, 2017 at 11:10 am

      sorry im second… hehe

    2. Liaa says:
      November 10, 2017 at 11:23 am

      Thank u a lot Shudha.. Lets see dhw 🙂

  4. Paree says:
    November 10, 2017 at 11:11 am

    Ma first dhw v salhi

  5. Pinky shifoo says:
    November 10, 2017 at 11:16 am

    Ohhh… Haadha kiyaahithun indhaey e nimuny… Story is very nice… Next part kiyaalaahithun kehmadhuvefa.. Plxx Liaa avahah up kohladhehchey…

  6. Limsha says:
    November 10, 2017 at 11:18 am

    Y ehaa lahun vaahaka up kurany??
    Bt mihaar varah rythi

    1. Liaa says:
      November 10, 2017 at 11:24 am

      Next week in feshigen daily koh up kohdehynan 🙂
      Thanks

  7. lovely girl says:
    November 10, 2017 at 11:27 am

    When next part??? Liaa plx replay plx

    1. Liaa says:
      November 10, 2017 at 11:36 am

      Veehaaves avahah up kohdheynan 🙂 And next week in feshigen daily koh up kohdheynan 🙂

  8. sana says:
    November 10, 2017 at 11:28 am

    Nice ??

    1. Liaa says:
      November 10, 2017 at 11:36 am

      Thanks sana 🙂

  9. Kamana says:
    November 10, 2017 at 11:38 am

    Liaaa haadha molhey vaahaka liyan….. v v v rythi

    1. Liaa says:
      November 10, 2017 at 12:23 pm

      thank u Kamana 🙂

  10. SJK...KOREAN says:
    November 10, 2017 at 11:51 am

    Wowww. Hama fabulous mi part.. Next part ah varah inthizaaru kurevey ??? waiting ❤❤❤❤❤❤❤❤❤

    1. Liaa says:
      November 10, 2017 at 12:23 pm

      thank u dear! <3

  11. Hafeez says:
    November 10, 2017 at 12:17 pm

    Mi ahna week ga daily koh up kohdheythoa balaanan. Mi part vess hama fabulous.

    1. Liaa says:
      November 10, 2017 at 12:24 pm

      shukuru Hafeez 🙂

  12. Anonymous says:
    November 10, 2017 at 12:27 pm

    Story reethi v kiyaa hithun kiyanee..ekam garunaku ehfaharu up vaa story eh mee..eves ehaa kurukon..Liaa ehchekay hee nukurahchay ekam Marsha,Shine,Ushaali mi liyuntheringe story thah kudakon balaalan feney.. Mibunee part thakuge dhigumin…

    1. Liaa says:
      November 10, 2017 at 1:57 pm

      Liaa up kuranii Liaa ah up kurevey varah.. Baeh liyuntherin up kuraane Liaa up kuraa varah vure dhigukoh.. And baeh liyun therin kurukoh.. But I am also doing my best time vaavarun.. Thank u 🙂 Balaanan dhigu kureveythw miah vure

  13. Ainth says:
    November 10, 2017 at 12:56 pm

    Masha Allah… V v rythi mibaives…. Abadhuves mi vaahaka ah inthixaaru kurevey.. Kuriah thigendhaa goeh v rythi igey.. Hama thigothuga kuriah gendhey.. Eyrah story v furihama vaane nimey iruves.. Luv u liaa

    1. Liaa says:
      November 10, 2017 at 1:58 pm

      Thank u Dear! Ly too <3 🙂

  14. Ismeril says:
    November 10, 2017 at 1:39 pm

    Mee v ineresing story ei.
    Meege part thah veeha vx kairi kairyga update kohla dheefihyaa v rangalhu.
    thankyou.

    1. Liaa says:
      November 10, 2017 at 1:58 pm

      THank u Ismeril.. Next week in feshigen daily koh up kuraanan iraadha kureviyaa 🙂

  15. Sweetie says:
    November 10, 2017 at 2:18 pm

    Wow. Salhi.

  16. Eem says:
    November 10, 2017 at 2:19 pm

    Alhey adhives yumna ah neyngey mom niyaavikan

  17. Azu says:
    November 10, 2017 at 4:20 pm

    Nice story?

  18. ❤️santhi❤️ says:
    November 10, 2017 at 4:43 pm

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  19. Liaa Ge Emme Bodu Fan ? says:
    November 10, 2017 at 6:52 pm

    Just wow liaa ??❤❤❤ ur the besttt!???❤

  20. Xxxx says:
    November 10, 2017 at 7:40 pm

    Woooow..story v.nice hisaabehgga.. waiting….????????

  21. zaul says:
    November 11, 2017 at 2:29 am

    woww v v v v reethi story waiting….

  22. No one says:
    November 11, 2017 at 7:48 am

    Varah varah rythi story…?waiting for the next part. Alhe avahah up khdhehchey..love your story..?

  23. Sheru says:
    November 11, 2017 at 2:49 pm

    V rythi story eh .. Keep it up … Ekm maa bodah vesss kuree part genasdhey leh .. Thankolheh dhigu kollan feney …

  24. asli says:
    November 12, 2017 at 1:43 pm

    VERY NICE BUT HAADHA LAHEY UP VAA LEH.

  25. nisha says:
    November 12, 2017 at 6:27 pm

    Liaa kobaa adhives up kohlaakahh nulhen tha aneh part plx fast kiyaa hithun kehmadhu vefa mihuryy

  26. Kamana says:
    November 12, 2017 at 11:20 pm

    Liaaa konirakun up vaany…vaahaka kiyaahithun lolah nidhi naasgen miulheny

  27. yusra says:
    November 13, 2017 at 6:39 am

    Kobaa haadha lahey next part up vaaleh.aslu ehaa lahun up vanyaa kiyun terin vx foohi vaane kan gaboolu kuran vaane.alhugandu vx gaboolu kuran liaa vx busy kan.ekamu vx thankolheh avahah up koh dhinun edhen .story hama varah vx furihama.cant wait to see what happens next.

  28. Hafeez says:
    November 13, 2017 at 1:08 pm

    Avas kohlehvun Edhen

  29. Shudha says:
    November 13, 2017 at 3:45 pm

    liaa kn irakun up vany.. ? waiting..

  30. Blackbeauty says:
    November 13, 2017 at 8:26 pm

    Thankolheh lahee dhw.anehbai handhaan nethifa hunnanee upvaairu

  31. Kamana says:
    November 14, 2017 at 3:33 pm

    Liaaaa miudhu nuny mireyves up nuvaanetha

  32. Liaa says:
    November 14, 2017 at 4:35 pm

    މިރޭ އަޕްކޮށްލަ ދޭނަން:)

  33. Shudha says:
    November 14, 2017 at 6:04 pm

    ok… gud to hear frm you liaa

Comments are closed.

Next Episodeވިންދު ލޯބިން ޖެހި ހިތެއްގައި (28)←


All Right Reserved!