Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިނިތުންވުމުން 11 ވަނަ ބައި

ino Level 110 Stories
November 9, 2017 6 Mins Read
18 Comments

ނައީމްގެ ހިތްހީވީ ފިތޭހެނެވެ. އޭނަ މިހާއުފަލުގަ ދިރިއުޅޭއިރު ހަމައެކަނި ހުރި ކޮއްކޮ އުޅޭހިތާމަވެރި ދިރިއުޅުން އަދިކިރިޔާ މިއެނގުނީއެވެ. މިއޮތްހުރިހާ ދުވަހަކު ނައީމް ހީކޮށްގެން އެހުންނަނީ މެހެރު ރަޝިޔާގައި މީހަކާއިނދެގެން ދިރިއުޅެނީ ވަރަށް އުފަލުންކަމަށެވެ. އަބަދުވެސް ނައީމް ކުރާ އެއްސުވާލަކީ ކުއްޖަކު ނުލިބުނަސް ކުއްޖަކު އެޑޮޕްޓް ނުކުރާ ސަބަބެވެ. އެހެންނަމަވެސް މި ސުވާލުގެ ޖަވާބެއް މެހެރު އަކަށް ނުދެވެއެވެ.

މިހުރިހާ ކަމެއްވެސް މިދިމާވީ ހަމަ އޭނަގެ ސަބަބުން ކަމަށް ނިންމުނެވެ. ކޮއްކޮގެ ދިރިއުޅުން ހަލާކުކޮށްލީ ހަމަ އޭނަގެ އަމިއްލަ ދެއަތުންނެވެ. އެދުވަހު ޒާހިދުއާ އެއްކޮށް އުޅުމަށް ހުއްދަ ދެވުނު ނަމަ މިހެން ކަންތައް ނުވީސް ކަންނޭގެއެވެ. ޒާހިދުއަކީ ހާދަ އަމިއްލަ އެދުން ބޮޑު ނުލަފާ މީހެއްތާއެވެ. އެތުއްތު ފުރާނައަށް ހަދާލި ގޮތެއްވެސް ނޭނގެއެވެ.

ކޮޓަރި ދޮރު ލައްޕާލަމުން ބޭރަށް ނުކުތީ އެވާހަކަތައް އިތުރަށް ދެއްކޭނެ ހިތްވަރު ނެތީމައެވެ. އެދުވަސްތައް ލޯކުރިމަތިން އެނބުރޭ ކަހަލައެވެ. ރަނގަޅު ވަގުތެއްގައި މިވާހަކަ އަލުން މެހެރުއާ ދެއްކުމުގެ ނިޔަތުގައި އެނބުރި އޮފީހަށް ދިއުމަށްޓަކާ ހިނގައިގަތެވެ.

” މަންމާ ބޭބެ އެދިޔައީ ވަރަށް ރުޅިއައިސްގެންތަ؟ އެދުވަހުވެސް ބޭބެއަށް އެކަންތައް ސިއްރުކުރީ ރުޅިއަންނާނެތީ! ޒާހިދުގެ ދުޝްމަނެއް ބޭބެއަކީ. ބޭބެ ފަރާތުން ބަދަލް ހިފަންވެގެން ޒާހިދު މަށާ އިނީ. ބޭބެ ބުނީމަވެސް މަގޭ އެކަން ގަބޫލުނުކޮށް ޒާހިދުއާ އިނީމަ މިހުރިހާ ކަމެއް މިދިމާވީ ” މެހެރު ހުރީ ނައީމް ނުވަދެ ދިއުމުން ވަރަށް ކަންތައްބޮޑުވެފައެވެ. އޭރު އެކަންތައް ސިއްރުނުކޮށް ކިޔާދެވުނުނަމަ ދަރިފުޅު ކޮންމެވެސް ގޮތަކުން ލިބުމުގެ އުންމީދު ކުރެވުނީސް ކަންނޭގެއެވެ. އެކަމް މިހާރު މިވަނީ މާބޮޑަށްވެސް ވަގުތު ފާއިތުވެފައެވެ.

” ނޫނޭ ދަރިފުޅާ..ބޭބެ ދެރަވެގެން އެދިޔައީ އެވާހަކަ ނުކިޔައިދީ ހުރީމަ…އަދި ހަމަޖެހުނީމަ އެވާހަކަ އަހާނެ އޭރުން ކިޔައިދީ…އެދުވަހު ބޭބެ ބުނިހެން ޒާހިދުއަކީ ގޯސްމީހެއްކަން އަހަރެމެންނަށް ނޭނގުނީ، އެއަށްވުރެ އޭނަގެ މަކަރު މާގަދަ…މުޅި އާއިލާ ދުއްވާލަން ހިތުލައިގެން ހުރި މީހެއް އެއީ…އޭގެ ބަދަލު ވަރަށް ހިތިގޮތަކަށް ލިބުނެއްނު…” މެހެރުގައިގާ ފިރުމަމުން ވާހަކަ ދައްކަމުން ދިޔައެވެ. ކެއްތެރިވުމަށާއި އުންމީދު ކަނޑާނުލުމަށް އެތައްނަސޭހަތެއް ދިނެވެ. ދެން ދެމީހުން ވާހަކަދެއްކީ އެއްމެ ލޯބިވާ ޒެފަންއާއި ބެހޭގޮތުންނެވެ. ޒެފަން ކައިރިއަށް މެހެރު ދިއުމަށް ރާވާކަމަށް މެހެރު ބުނެލިއިރު މޫނުމަތިން އުފާވެރިކަން ފެނުނެވެ.

******************************

” މޯނިންގް ބޭބީ ގާލް..އަދިވެސް ބޭބީ ވެގެންނިދަނީ ދޯ…ހޭލަބަލަ….ވަރަށް މިސްވިޔޭ ރޭގަ މަގޭ ޓީޝާޓް ވިރުވާލީމަ…” އާޒިފް މޯޅިއަކަށް ދެމިލުމަށްފަހު ބާލިހުގައި ބައްދާލަމުން މަލަކާއާއި ވާހަކަ ދެއްކިއެވެ.

” ކީއްކުރަންތަ މިއޮއްހެނދުނަކާ ތިގުޅީ…ނިދިކޮޅު ގޮއްސިއޭ…މަގޭ ހެދުމެއް ފޮނުވަންވީތަ ޓީޝާޓު ވިރުނީމަ ” މޫނުކުނިކޮށްލަމުން ފޯނު ސްޕީކަރަށް ލައިގެން މަލަކާ ވާހަކަދެއްކީ ހިތުން އުފަލުންނެވެ. އާޒިފް ކިތަންމެ ވަރަކަށް ލޯބި ހުށަހެޅިޔަސް އެހާއަވަހަށް ލޯބި ގަބޫލުކޮށް އާޒިފް އާ އެއްބައެއް ނުވާނަމެވެ. އާޒިފްގެ ހުރި ކެއްތެރި ކަމެއް ބަލާލަންވެސް ބޭނުމެވެ. އާޒިފް ފެނުނުފަހުން މަލަކާއަށް ވާގޮތެއް މަލަކާއަށްވެސް ބުނެދޭކަށް ނޭނގެއެވެ.

” އޭރުން މާ ރަނގަޅު…ޓީޝާޓެއް ގަނެގެން ގެނެސްދޭކަށްނު ޖެހުނީ…ކޮންމެ ދުވަހަކު ދާންވީ ބޭބީ ކާރިއަށް ޓީޝާޓް އިސްތިރިކުރަން….ހެހެ “…މަލަކާ ރުޅިއަރުވާލާ ހިތްވިއެވެ.

” ހޫމް ހުރެބަލަ އާޒްއާ މެރީކުރެވުނީމަ ކޮންމެދުވަކަހު ޓީޝާޓެއް ވިރުވާލާނަން…އެހެންނޫނީ ޖެހޭނީ އެއްކަމެއްވެސް ކުރަން ނުދީ އުޅެން ” އައި ރުޅިން ބުނެވުނު އެއްޗެއްވެސް ނޭގުނެވެ. އަމިއްލަޔަށް އަމިއްލަ ހިތް ބޭޒާރު ކޮށްލެވުނީއެވެ. ލަދުން ތިރީ ތުންފަތުގައި ދައިގަތީ ލޭރަހަ ލާވަރަށެވެ. ބޮލުގެ އިސްތަށި ގަނޑަށް ދަމައިގަނެވުނީ އާޒިފް ހިތަށް އަރާނެ އެއްޗެއް ވިސްނައިލެވުމުންނެވެ.

” އޯ ބޭބީ ގާލް…ބޭބީ ގާލް….ހައު ކޭން ބޭބީ ސޭ ދެޓް ވޯޑް….އައި ކާންޓް ބިލީވް….އޯހް މައި ގޯޑް….ބޭބީ އާރ ޔޫ އޯލް ރައިޓް ” އުފަލުން ހިތް ނަށާލިކަހަލައެވެ. މަލަކާ ވެސް މިކަމާ ވިސްނާކަން އެނގުމުން އުފަލުގެ ކޮޅެއްވެސް ނެތެވެ. މަލަކާ އަދި ފައިނަލް ޖަވާބެއް ނުދިނަސް ބޭނުންވާކަހަލަ ޖަވާބެއް ލިބޭނެކަމަށް މާބޮޑަށްވެސް އުންމީދު އާވެއްޖެއެވެ. މަލަކާ ހާސިލް ކުރުމަށް ކޮންމެ ކަމެއް ކުރަން ޖެހުނަސް ދުނިޔޭގައި އަތް ފުނާ އަޅައިގެން ވެސް އެކަމެއް ކުރާނެއެވެ.

” ހޫމް ކާކުތަ އާޒިފް އާ މެރީ ކުރާނީ…މަގޭ އެހެން ބުނީ މަޖަލަކަށޭ….ބޭއްވީ ” ފޯނު ކަނޑާލަމުން ދުރަށް ހޫލާލެވުނީ އާޒިފް މަތިން ހަނދާންވުމުންނެވެ. އެހާ އަވަހަށް ހިތުގެ އެދުން ފާޅުކުރާކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް މިޖެހުނީ އަނެއް ކަންތަކެވެ. އަދި ބުނާ އެއްޗެއް ގަބޫލެއްވެސް ނުކުރާނެއެވެ. ބާލިހަށް މޫނު ހަރާލީ އާޒިފް އާ ފިލަން ހެން ހީވިއެވެ.

އާޒިފް ތޯ އެވެ. މަލަކާ ފޯނު ބޭއްވުމުން އުފަލުން ހަޅެއް ލަވައިގަނެވުނީ އަޑުގައި ނެއްތަނަކަށެވެ. ރަށަށް ދާ ގޮތަށް މަންމަ ކައިރީ މިވާހަކަ ބުނަން މިހާރުވެސް ބޭނުމެވެ. މަންމަ އުފާވާނެ ވަރު ހިތައްއެރިއެވެ. އެއްމެ އުފާވާނީ ޒޯއްކޮކަން ހިތައް އެރިއެވެ. އާޒިފް އުފާވެރި އެކިކުލަކުލައިގެ ހުވަފެންތައް ދެކެމުން ދާއިރު، ހުވަފެންތަކުގައި ކުލައެއް ޖެއްސުމަކީ އެހާ އުދަގޫ ކަމެއްކަން އިނގޭނީ ކިހިނަކުން ހެއްޔެވެ.

******************************

ފަންސުރެއް ހިފައިގެން ދެކޮޅަށް ހިނގަމުން ދިޔަ އާކިން ދިޔައީ މިއަދު އޮންނަ ޓެސްޓަށް ދަސްކުރަމުންނެވެ. ހުސް އެންމެ ވަގުތުކޮޅެއް ވެސް ނުލިބޭތީ ނޫމާ އަށް ގުޅާލެވެނީ ވަރަށް މަދުފަހަރަކުއެވެ. ގުޅާލެވޭ ފަހަރަކުވެސް ނޫމާގެ ފަރާތުން ލޯބީގެ އެއްވެސް ބަހެއް ނުލިބެއެވެ. ވާހަކަ ދެއްކުމަކީ ބޮޑުކަމަކަށްވެފަ ހުންނަހެން ހީވެއެވެ.

މިކަމާ ވިސްނޭލެއް ބޮޑުކަމުން އާކިން އަށް އެއްވެސް ކަމަކާ ވިސްނެނީކީ ނޫނެވެ. އެއްދުވަހަކަށް ނަމަވެސް މާލެ ދާން ހިތައް އެރިޔަސް އެހާ ފަސޭހަކަމެއް ނޫނެވެ. ކިޔަވާ ނިންމާލުމަކީ ދެކޭ އެންމެ ބޮޑު ހުވަފެނެވެ. ބައްޕަގެ ވިޔަފާރިއާ ހަވާލުވުމަކީ ބައްޕަގެ އެންމެ ބޮޑު އެދުމެވެ. ބަލި ހާލަތު ހުރިގޮތުން މިހާރު އެހުރިހާ ބުރައެއް އުފުލުމުގެ ބަދަލުގައި ކޮންމެވެސް އެއްދަރިއަކު ހިންގުމާ ހަވާލުވުމަކީ މިއަދު ބައްޕަ ބޭނުންވާ އެއްކަމެކެވެ.

މިކަހަލަ ހުރިހާ ވަގުތަކު ހިތްހަމަ ޖައްސާލާ ވާހަކަ ދައްކާލުމަށް ގުޅާލެވެނީ ރީމާ އަށެވެ. ރީމާގެ ސަކަ މިޒާޖުން އާކިންގެ ހިތައް އުފާވެރިކަން ލިބެއެވެ. ރީމާ އާ އެކުވެރި ވެވުމުން މިއަދު އާކިން އުފާކުރެއެވެ.

” ހެލޯ ..ރީމް….ހިނގާބަލަ ދިމާވެލަން….ކިޔަވާކިޔަވާ ބޯގޮވައިފި…ރީމް ބިޒީތަ؟…” ރީމާގެ ޖަވާބެއްގެ އިންތިޒާރުގައި އާކިން އަށް ހުރެވުނެވެ.

” ރީމާ މީ ވަރަށް ބިޒީ މީހެއްކަން އާކް އަށް އިނގެއެއްނު….ނުދެވޭނެ ހަމަ…..” އާކިން ތަޅުވާލުމަށް އެހެން ބުނުމަށްފަހު އާކިން ލައްވާލިއަޑުން ހެވުނެވެ. ” އެ ދޮގެއް މިހަފްތާ ފުރީ…..ނޯ ޓްރެވެލް…ނޯ ފްލެއިޓް….އޮންލީ ފޯ ފަން….ޓެންގަ އާކް ބަލާ ދާނަން ކާރުގަ…މިފަހަރު ރީމާ އިނގޭ އާކިން ބަލާ ދާނީ….ސޭ ޔެސް….” އާކިން ނުގުޅައިގެން ހުރި ރީމާ ހުރީ އުފަލުންނެވެ.

އާކިން އާއިމެދު ލޯބީގެ ގޮތުން ދެކެވުނުނަމަވެސް އެކުވެރިކަމުގެ ލަގަބު އެޅުވިފަހުން އެ “އިން” ފަހަނަޅައި ނުދިއުމަށް ރީމާ އަޒުމް ކަނޑައެޅިއެވެ. މިވަރުންވެސް ފުދެއެވެ. އެކަމު އިންތިޒާރުކުރުމަކީ ނެއްކަމެއް ނޫންކަން ރީމާ އަބަދުވެސް ހަނދާން ކުރެއެވެ. އާޒިފް ބޯހާސްވާ ކޮންމެ ފަހަރަކު އޭނައަށް ގުޅާނެކަން މާކުރިންވެސް އިނގެއެވެ. އާޒިފްގެ ބިޓުދެކެ ރީމާ އަންނަނީ އާދައިގެ ރުޅިއެއް ނޫނެވެ. ހުރިހާވެސް ބޯހާސްވުމެއް ފެށެނީ އެހިސާބުންކަން ރީމާ އަށް އިނގެއެވެ.

******************************

ޒެފަން އެހެން ކޮޓަރިއެއް ތައްޔާރު ކުރަމުން ދިޔައީ ވަރަށް ސިއްރުންނެވެ. މިއަދު އެއްގޮތަކަށްވެސް ޒޯރާ އެކޮޓަރިއަށް ވަނަކަ ނުދެއެވެ. މިރޭ ޒޯރާ ސަޕްރައިޒް ކޮށްލަން ކޮންމެހެންވެސް ބޭނުމެވެ. ޒޯރާއަށް އެންމެ ކަމުދާނެހެން ހީވާ ގޮތަކަށް މުޅި ކޮޓަރި ތެރެ ރީތިކޮށްލުމަށް ފަހު ޒޯރާ ރޭގަނޑު އައުމުގެ ކުރިން ފެންވަރާލުމަށް ފާހާނާއަށް ވަނެވެ.

މާގަނޑު ދޫކޮށްލަމުން ހިނިތުންވެލީ ޒޯރާ މިރޭ އުފާވާނެ ވަރު ހިތަށް އަރާފައެވެ. ކުޑަހަރަކާތަކާއިއެކު ފެންއޮހެމުން ދިޔަ މާގަނޑު ބަންދުކޮށްލުމަށްފަހު ލޯގަނޑު ކައިރިއަށް ދިޔައީ ކަމެއް ހަނދާންވުމުންނެވެ.

ކުޑަކޮށް ދިގުވެފައިވާ ތުނބުޅި ރީތި ގޮތަކަށް ހަދާލުމަށްފަހު، ރީތި ކޮށްލިއެވެ. އަދި ލޯގަނޑުން ބަލާލުމަށްފަހު ހީލިއެވެ. މިރޭ ޒޯރާ މޮޔަނުވެއްޖިއްޔާ ދެރައެވެ. އެހާ ސުމާޓް ވެފަ ބަލާމީހަކު މޮޔަކުރާނެ ބާރު ޒެފަން އަށް ލިބިގެން ވެއެވެ.

ފެންވަރައިގެން ނުކުމެ ޒޯރާ އަވަސްކޮށްލީ ޒެފަން ކައިރިއަށް ދިއުމަށެވެ. ހެނދުނު ފުރަންޏާ މިރޭ ކޮންމެހެންވެސް ޒެފަން ދެކިލުމަށް އައުމަށް ވަނީ ބުނެފައެވެ. ގަދަ ރަތްކުލައިގެ ލޭސްފޮތިން ޑިޒައިން ކޮށްފައިވާ ހެދުމެއް ނަގައި ގައިގާ ޖައްސާލުމަށްފަހު ހިނިތުންވެލީ ޒެފަން މަތިން ހަނދާންވުމުންނެވެ. ފަޔާ ހަމަޔަށް އަރާ މިދިގު ހެދުމުގައި ހުއްޓައި ޒެފަން އަށް ފެނިއްޖެ ނަމަ އުފަލުން މިރޭ ހޭނެތޭނެއެވެ. އިސްތަށިގަނޑު ރީތިގޮތަކަށް ފުނާއަޅާލުމަށްފަހު ރަތް ކުލައިގެ ދައްޗެއް ހަރުކޮށްލިއެވެ.

ތުންފަތުގައި މަޑު ރަތް ކުލައިގެ ލިޕްސްޓިކެއް ޖައްސާލާ ލޮލުގައިވެސް މަސްކަރައަޅާލުމަށްފަހު ލޯގަނޑުން އަމިއްލަ ސޫރަޔަށް ބަލާލުމާއިއެކު ލަދުގަތެވެ. ޒެފަންއަށްޓަކާ މިހާވަރަށް ތައްޔާރުވެވުމުން އުފާވެސް ވިއެވެ. 9 ޖަހަން ގާތްވުމާއިއެކު، ރަތް ކުލައިގެ ހައިހީލްސްއެއް ހިފައިގެން ކޮޓަރިން ނުކުތީ އަވަހަށް ޒެފަން ކައިރިއަށް ދިއުމަށެވެ.

ސިޓިންގ ރޫމަށް ނުކުމެވުނީ މަންމަގެ ކުރިމަށްޗަށެވެ. ގޮވާލުމުން ޒޯރާ ވަރަށް ޖެހިލުންވެ ހުރެ މަންމަ ކައިރިއަށް ދިޔައީ ސުވާލެއްކޮށްފާނެތީ ބިރުން ހުރެއެވެ. މަންމަ ދެއްކީ ބައްޕަ ކޮށްފައިވާ ވަސިއްޔަތެއްގެ ވާހަކައެވެ. އެވާހަކަ ތަންކޮޅެއް ފަހުން ބުނާނެ ވާހަކަ ބުނުމަށްފަހު ޒޯރާ ކައިރިން އަހާލީ ދުވަހަކުވެސް ބައްޕަގެ ވަސިއްޔަތަކަށް ދެކޮޅުހަދާފާނަންތޯއެވެ. ވަރަށް ދެރަވެފަ ހުރެ ޒޯރާ ބުނީ ދުވަހަކުވެސް ދެކޮޅުނަހާދާނެ ކަމުގައެވެ. ބައްޕަ އަކީ އޭނާ އެއްމެ ލޯބިވާ މީހާ ކަމުގައެވެ. ބޭރަށް ގޮސްލާފައި އަންނާނެކަމުގައި ބުނެލުމަށްފަހު ޒޯރާ ހިނގައިގަތީ ސައިކަލާ ދިމާއަށެވެ.

ސައިކަލު ހަރުޖައްސާލުމަށްފަހު، އެތެރެއަށް ވަނީ އެއްވެސް ހިޔާލެއް ފިކުރެއްނެތިއެވެ. ކަންފަތް ބަންވާވަރަށް ހަޅެއްލަވައިގަނެވުނީ ޒެފަން ސިއްސުވާލުމުންނެވެ. ރުޅިއައިސްގެން އަނގައިންވެސް ނުބުނެ ގެއަށް ވަންނަން ހިނގައިގަތީ ޒެފަންއަށް ބަލާލުމެއްވެސް ނެތިއެވެ.

” ޒޯރާ އާދަން ރަމީޒު ރުޅި ދުރުވީތޯ! ” ޒެފަން އައިސް ޒޯރާ އަތުގައި ހިފާލުމަށްފަހު ގަޔާދިމާލަށް ދަމާލުމުން ޒޯރާ އައިސް ތަތްވީ ޒެފަންގެ ތަނަވަސް މޭމަތީގައެވެ. ދެމީހުންގެ ލޮލާ ލޯ ސީދާވުމުން ޒޯރާ އައިއްސަ ހުރި ރުޅިގަނޑު ދިޔަތަނެއްވެސް ނޭނގުނެވެ.

” މިރޭ ހާދަ ރީއްޗޭ…ހީވަނީ ފަލަކުން ތިރިކޮށްލައިގެން އުޅޭ ތަރިއެއްހެން…އަހަރެން މޮޔަވެދާނެ ޒޯގެ ތިރީތިކަމަށް…ދުވަހަކުވެސް ދޫކޮށްލާފަ ނުދަށްޗޭ…ޒޯއަށް އިނގެއެއްނު ޒޯއާ ނުލާ އުފަލެއް ނެއްކަން މިދުނިޔެއަކު…މިރަށަށް މިއާދެވުނީވެސް ޒޯއާ ދިމާވާން ހުރުމުން… ” ޒޯރާގެ ރީތިކަމަށް ހުސްވެފައި ޒެފަންހުރިއިރު، ޒޯރާވެސް ހުރީ މިރޭ ކުރިމަތިން މިފެންނަ ޒެފަންގެ ރީތި ސޫރަ އަށް ގެއްލިފައެވެ. އެހެން ރޭރެއަށްވުރެ މިރޭ ޒެފަން ރީތިހެން ހީވަނީ އެވެ.

” ޒެފް އަބަދު ނުކިޔަބަ ދޫނުކޮށްލާށޭ…ދުރުނުކޮށްލާށޭ…އަހަރެންގެ ދިރިއުޅުމުގާ ޒެފް ނެތް ނަމަ މިހާ އުފަލެއް ނުވީސް…ދުރަށް ދާން މިއުޅެނީ އަބަދަކަށް ނޫނެއްނު…ގިނަދުވަހެއް ނުވެ އެކޮޅަށް ޗޭންޖު ވާނަމެއްނު…އޭރުންދެން އުޅޭނެ ވަރަށް ފޮނިވެގެން…” ޒެފަންގެ އަތުގައި ޖަހާލުމަށްފަހު ހީލިއެވެ.

ޒެފަން ހިނިތުންވެލީ ޒޯރާ ދިން ޔަގީން ކަމެއްގެ ބޮޑުކަމުންނެވެ. ޒޯރާގެ  ހާމައަށް އޮތް ދެކޮނޑުގައި ހިފުމަށްފަހު އަތްތިލަ އާ ހަމައަށް ދާންދެން ފިރުމާލީ އެންމެ ހިމަ ނާރަށް ދާންދެންވެސް އެނގުން ވާފަދައަކުންނެވެ. ކަރުދޮށުން ވަސްގަންނަމުން ޒޯރާގެ މަޑު ތުންފަތާ މޫނު ކައިރިކޮށްލީ ޒޯރާގެ ކެތްތެރިކަން އިމްތިޙާން ކުރަން އުޅޭ ފަދައަކުންނެވެ. ސީދާ ޒޯރާގެ ދެލޮލަށް ބަލާލުމަށްފަހު އިތުރަށް ކައިރިވެލުމުން ޒޯރާ ދެލޯމަރާލީ ޒެފަންގެ ދެލޮލަށް ބަލަން ނުކުޅަދާނަވުމުންނެވެ.

ޒޯރާގެ ކޯތާފަތުގައި ތުންފަތް ޖައްސާލަމުން އަތުގައި ހިފައި ގެއަށް ވަނުމަށް ހިނގައިގަތުމުން ޒެފަންގެ ލާނެއްކަން ހިތަށް އަރާ ހިނިއައެވެ. ސިޓިންގ ރޫމަށް ވަދެ ޒެފަންގެ ކޮޓަރި ނޫން އިތުރު ކޮޓަރިއަކަށް މިސްރާބު ޖެހުމުން ދެލޯ ބޮޑުކޮށްލަމުން މަޑުޖެހިލީ ސުވާލު އުފެދިފައެވެ.

ކުރިންވެސް މިހެން ވާނެކަން ޒެފަންއަށް އިނގެއެވެ. ޒޯރާ ކީއްކުރަންތޯ އެހުމުން ޒެފަން ބުނެލީ ޒޯއަށް ދެރަވާ އެއްވެސް ކަމެއް ނުކުރާނަން ކަމުގައެވެ.

ޒޯރާ ކޮޓަރިއަށް ވަދެ ފަންކާ އާއިއެކު ބޮކި ޖައްސާލިތަނާ ފެނުނު މަންޒަރުން އަނގަ މަތީ އަތްއަޅާލުމަށްފަހު ޒެފަންއާދިމާއަށް ބަލާލީ ގަބޫލުނުކުރެވިގެންނެވެ.

” ހެޕީ ބާތް ޑޭ ޒޯ…ނުވެސްބުނަމެއްނު މިއަދު ބާތްޑޭ ކަމެއް…ނަސީބެއްނު ބާތް ޑޭ ނުދަނީސް އެނގުނުކަން…” ޒޯރާ އަތުގައި ހިފާލަމުން ކުޑަ މޭޒުމަތީގައި ހުރި ކޭކާ ދިމާލަށް ހިނގައިގަތެވެ.

ޒޯރާ އަދިވެސް ހުރީ ބަސްހުއްޓިފައެވެ. މުޅި ކޮޓަރި ތެރެ ރީތިކޮށްފައިވާލެއް ފުރިހަމަ ކަމުންނެވެ. ޒޯރާވެސް މިހުރީ އަމިއްލަ އުފަންދުވަސް މަތިން ހަނދާން ނެތިފައެވެ. މިފަހަރު ދޮންބެ ވިޝް ނުކުރީމަ ދޮންބެ އައީމަ ބޮޑާހާކާލަން ހިތައްއެރިއެވެ.

ޒެފަން ސެލްފީއެއް ނެގުމަށްފަހު ޒޯރާއަށްވެސް ވައިބާރ އިން ފޮނުވާލިއެވެ. އެއަށްފަހު ކޭކު ފެޅުމުގެ ކުރިން މާލެ ދެވުނުހާ އަވަހަކަށް މެރީ ކުރަން އެހިއެވެ. ޒޯރާ ވަރަށް އުފަލުން ޒެފަންގެ އެދުމަށް އާބަސް ބުންޏެވެ. ޒޯރާ ހުރީ ވަރަށް އުފަލުންނެވެ. ޒެފަންގެ މީހަކަށް ވާން ގިނަދުވަސްތަކެއް ނެތުމުންނެވެ.

ޒޯރާގެ މަޑު ހަށިގަނޑުގައި ވަރަށް ބާރަށް ބައްދާލުމަށްފަހު ތޭންކްސް އޭ ބުނެލީ ވަރަށް އުފަލުންނެވެ. ކޭކު ފެޅުމެއް ނެއްހޭ އަހާލުމުން ޒެފަން ހިނިތުންވެލުމަށްފަހު ކޭކާ ކައިރިވީތަނާ، ދެމީހުންވެސް ސިހިގެންދިޔައީ ބޭރުން މީހަކު ވަރަށް ބާރަށް ޒޯރާގެ ނަމުން ގޮވާލުމުންނެވެ.

ދެމީހުންނަށް އެއްފަހަރާ ސިޓިންގ ރޫމަށް ނުކުމެވުނު އިރު މީހަކު ފެންނާކަށް ނެތެވެ. ޒޯރާ ބޭރަށް ނުކުން އިރު ފެނުނު މީހެއްގެ ސަބަބުން އުފަލުން ހަޅެއްލަވައި ގަތެވެ.

ޒެފަން ތަންކޮޅެއް ދުރުގައި މިމަންޒަރު ބަލަން ހުއްޓެވެ. ޒޯރާ ދުވެލާފައި ގޮސް އެމީހަކު ގައިގާ ބައްދާލިއެވެ. ޒޯރާ ދުރުކޮށްލަމުން، ކުޑަކޮށް ތިރިވެލުމަށްފަހު އެމީހަކު ދެން ކުރި ކަމަކުން އެތަނަށް ހީވީ ބޮމެއް ވައްޓާލިހެންނެވެ.

އެއްފަހަރު ޒެފަންއަށް އަނެއްފަހަރު ކުރިއަށް ބަލާލަ ބަލާލަ ޒޯރާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. ޒޯރާގެ އުފަންދުވަހު މިލިބުނީ އެއްވަރުގެ ދެ ސަޕްރައިޒްއެވެ.

” ވިލް ޔޫ މެރީ މީ ” ދެވަނަފަހަރަށްވެސް އެ ޖުމްލަ ތަކުރާރުކޮށްލިއިރު، ޒޯރާ ހުރީ ހައިރާންވެފައެވެ. ޒޯރާގެ ކަނައަތުގައި ހިފާލަމުން އަނގޮޓިއެއް ހިފައިގެން ހުރި މީހާގެ މޫނަށް ބެލުނީ ޝަކުވާގެ ނަޒަރަކުންނެވެ. ޒެފަން އާދިމާލަށް ބަލާލީ ކަރުނަވީ ލޮލަކުންނެވެ.

” ދަރިފުޅާ ބައްޕަގެ ވަސިއްޔަތަކީ ދަރިފުޅު އާޒިފް އާ ގުޅުން…މިއޮތް ހުރިހާ ދުވަހަކު މީހަކާ ނުގުޅި އެހުރީ ދަރިފުޅުގެ އިންތިޒާރުގަ…” ޒޯރާ މަންމަގެ ދުލުން މި އިވުނު ބަސްތަކުން އެތަނުގައި ދެރަވާނެ އެތައްބަޔަކު ވާނެކަމެއް އަޒީމާގެ ހިލަ ހިތަކަށް ނުވިސްނުނެވެ.

އެއްފަހަރު މަންމައަށް އަނެއްފަހަރު ޒެފަންއަށް، ނަޒަރު ހުއްޓާލުމަށްފަހު…ދޮންބެއާ ދިމާލަށް ޒޯރާ ބަލާލީ ކަރުނަވީ ލޮލަކުންނެވެ. ކުރާނެ ކަމެއް ނޭނގުނުތާ، ބުނަންވީ އެއްޗެއްވެސް ނޭނގުނެވެ. ކަށިކުނބުރު ޖަންގައްޔެއްގައި ހުރެވުނު ފަދަ އިޙްސާސްއެއް ކުރެވުނެވެ. ދާނެ މިސްރާބެއް ނޭގިފައި ހުރި މުސާފިރެކޭ ޒޯރާއެކޭ މިއަދު ތަފާތެއް ނެތެވެ. ތަގްދީރާމެދު ޝަކުވާ ކުރެވުނީ މިހެން ކަންތައް ވުމުންނެވެ. ޒެފަން އާދިމާލަށް މިސްރާބު ޖެހުނީ އެއްވެސް އިޙްތިޔާރަކު ނޫނެވެ.

ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ino

Level 110 Stories

Other Articles

Previous

ތިޔަ ދިން އުފާ 34

Next

ހިތްއެކީ ދެވިއްޖޭ (11)

Next
November 9, 2017

ހިތްއެކީ ދެވިއްޖޭ (11)

Previews
November 8, 2017

ތިޔަ ދިން އުފާ 34

18 Comments!

  1. ino says:
    November 9, 2017 at 10:01 am

    good morning all…..here is part 11…hykuran hurihaa kudhinnah mibai kamudhaane kamah

  2. zuvan A Z U says:
    November 9, 2017 at 10:50 am

    me first dhw. vaahaka vvvv salhi

    1. ino says:
      November 9, 2017 at 11:43 am

      thanks AZU

  3. loverssss says:
    November 9, 2017 at 11:00 am

    nooooooooooooooo ehen nuhadhaa zoraa ah plssssss and this story is so awsome i like it and whn nxt prt????

    1. ino says:
      November 9, 2017 at 11:45 am

      thanks loverssss…kiyaalaafa comment kohleema. next part sundayga or saturday ga

  4. loverssss says:
    November 9, 2017 at 11:01 am

    yes mee first dhw

  5. xim says:
    November 9, 2017 at 11:05 am

    V reethi …….

  6. Shina says:
    November 9, 2017 at 3:50 pm

    Varah reethi mi Story….. Next part beynun vany ino

  7. Mala says:
    November 9, 2017 at 3:53 pm

    Zooraa ah ehen nahadhaa plx ino…. Azif vess beynumeh nuvaane malakaa noony …and varah reethi Story eh

  8. faan says:
    November 9, 2017 at 4:06 pm

    vvv reethi

  9. Nattay says:
    November 9, 2017 at 5:05 pm

    Omg inaya liyr vahaka ehkah miadhu adhi miegeni. Kurin mi vahaka ge 5 part kiyrfa foohi kamuh huhtaalii…. Ekam mihaar 8 partuh feshigen v saugu verikah ufedhihje

  10. zyba says:
    November 9, 2017 at 8:33 pm

    zoora kaaku baa choose kuraany…alhe zoora moma dhogen kanneyge ehadhany zoora ah landeh dheyn,,,,dhen noon mivaahaka mihaaru varah kiyaahithun mikiyany,,,,vatrah salhi,,,,keep it up

  11. luha says:
    November 9, 2017 at 8:35 pm

    woow…adhi kiyaalevuny mi part mi…next part kiyaa hithun nuhurevey…..varah intresting….zora choose kure zefan ….plx,,,,

  12. eema says:
    November 9, 2017 at 8:40 pm

    ino…mi storyge part 12 kon irakun tha mihaaruvess kiyaahithun nuhurevey….aazif and malakaa ge bai varah majaa, e dhekudhin dhuruvyma varah dhera vaane eem, and meher ge dharifulhah vygoh balaahithun nuhurevey

  13. alva says:
    November 9, 2017 at 8:43 pm

    mi site ga huri hurihaa vaahaka ehvess kiyan, and mivaahaka mihaaru gavaaidhun kiyan, varah salhi mihaaru vaagoh, varah intresting,,,,waiting for next part ino…

  14. suzey says:
    November 9, 2017 at 8:45 pm

    oh, salhi varh mivaahakavess. kuriah huri bai thakah inthixaaru kuran …..writer mifaharu mivaahaka nimaala dghechey, kurinvess vaki hamayakun mi vaahaka gelijje. waiting

  15. miru says:
    November 9, 2017 at 8:48 pm

    i cant wait,,,oh zora choose kuraa myhaku balan beynumy,,,,waiting….poor aazif …

  16. Sweetie says:
    November 10, 2017 at 2:08 pm

    Dhen aneh part 2018ge September gaitha?

Comments are closed.

Next Episodeހިނިތުންވުމުން 12 ވަނަ ބައި←


All Right Reserved!