ހިތްއެކީ ދެވިއްޖޭ (9)
އޭނާގެ ޕްލޭނާ އެއްގޮތަށް އަމަލު ކުރަން ފެށޭނީ ޔައިޝް ގެއަށް އައި އިރަކުންނެވެ. ހިނިތުންވެލަމުން ފޯން ނަގައި ޒާންގެ ނަމްބަރަށް ގުޅާލިއެވެ. އަދި އޭނާ ހޯދަންބޭނުންވާ އެއްޗެއްގެ ނަންބުނެ މިރޭވުމުގެ ކުރިން އެއެތި ގަނެގެން ގެނެސްދިނުމަށް އެދުނެވެ. ހެވިފައި ޒާންވެސް އެކަމަށް އެއްބަސްވިއެވެ. ރޭގަނޑަށް އިންތިޒާރު ކުރާ ހާލު މިޒްރާ ފެންވަރަން ދިޔައެވެ.
** ** **
ކޮލެޖުގައިއޮތް އިތުރު ހަރަކާތެއްގައި ބައިވެރިވެފައި އެހަރަކާތް ނިމުމުން ޔައިޝަށް ގެއަށްއާދެވުނުއިރު ހުރީ ރޭގަނޑު 10 ޖަހަންކައިރިވެފައެވެ. ކޮޓަރިއަށް ވަތްއިރު އެނދުގައި ޔައިޝްގެ އިންތިޒާރުގައި މިޒްރާ އޮތެވެ.
“ހާދަ ލަސްވީ މިރޭ.” ތެދުވެ އެނދުމަތީގައި ހަމަޖެހިލަމުން މިޒްރާ ބުނެލިއެވެ. ވަކިޖަވާބެއްނުދީ ޔައިޝް ގޮސް ގަމީހުގެ ގޮށްތައް ނައްޓަމުން ތުވާލިނެގިއެވެ.
“އެހުރީ މަނިކުފާނުގެ މަންމާފުޅު ދިން ކިރުތައްޓެއް. ބުނީ ޔައިޝް ގާތުބުނާށޯ އެކިރުތަށި ބޯލައިގެން ނިދައްޗޭ. އެކަމާއަޅާ އަހަރެން މިހުރީ ނުނިދިފަ. ބޭފުޅާ އައި އިރަކުން އެހެންބުނެފަ ވިއްޔަ އަހަރެންނަށް ނިދޭނީ.” އެނދުކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ބަހައްޓާފައިހުރި ކިރުތަށި ދައްކައިލަމުން މިޒްރާ ބުނެލިއެވެ. ފާޑަކަށް ބަލައިލުމަށްފަހު ޔައިޝް އައިސް އެތަށިނެގީ ކުޑަކޮށް ބަނޑުހައިކަން އިހުސާސުވަމުން ދާތީއެވެ. އޭނާ މީހަކާއިނުމުގެކުރިން ސާޖިދާ ކޮންމެ ރެއަކުވެސް ނިދުމުގެކުރިން އޭނާއަށް ކިރުތައްޓެއް ގެނެސްދެއެެވެ. އެހަނދާންވުމާއެކު ޔައިޝްއަށް ހިނިތުންވެލެވުނެވެ.
އެއްނޭވައިން ކިރުތަށި ހުސްކޮށްލުމަށްފަހު ޔައިޝް ފެންވަރައިލަން ދިޔައެވެ. ފެންވަރަން ހުއްޓައި ކުޑަކޮށް ބޮލަށް އެނބުރުން އަރާހެން ހީވާންފެށުމުން އަވަސްއަވަސްކޮށްލައިގެން ނުކުމެ އެނދުގައި ޖައްސައިލިއެވެ.
ގާތުގައި ޔައިޝްއާވީ ފަޅިއަށް އެނބުރިގެން ނިދިފައިއޮތް މިޒްރާގެ މޫނަށް ޔައިޝް ބަލައިލިއެވެ. ބޮލުގައި ފާޑެއްގެ ރިހުމެއް އުފެދިފައިވުމުން އަތުން މަޑުމަޑުން ބޮލުގައި ފިރުމައިލިއެވެ. އިރެއް އިރަކަށް ތަދުބޮޑުވަމުންދާހެންވެސް ޔައިޝްއަށް ހީވަމުންދިޔައެވެ. އެނދުގައި އޮށޯވެލަމުން އަނެއްކާވެސް ޔައިޝް މިޒްރާގެ މޫނަށް ބަލައިލިއެވެ. އެއާއެކު އެތުންފަތްމައްޗަށް ހިނިތުންވުންވެރިވެގެން ދިޔައެވެ.
ގާތުގައިއޮތް މިޒްރާ ޔައިޝަށް ސިފަވަމުންދިޔައީ އަލްކާގެ ގޮތުގައެވެ. އެލޯބި މޫނެވެ. ފަންފަންއިސްތަށިކޮޅެވެ. ރަތްލޭކޮޅެއްފަދަ ތުންފަތެވެ. ޔައިޝްއަށް ހިންދިރުވައިލެވުނެވެ. ކެތްތެރިކަންކޮޅުންލުމުން އަލްކާގެ ސިފައިގައި ޔައިޝައަށް ފެންނަމުންދިޔަ މިޒްރާއާ ގާތްވެލުމަށްފަހު އެހަށިގަނޑުގައި ބައްދައިލިއެވެ.
ދެލޯމަރައިލައިގެން ނިދިކަމަށްހެދިއޮތް މިޒްރާ ވަގުތުން ދެލޯހުޅުވައިލާ ހިނިތުންވެލިއެވެ. މަސްތީގޮތަކަށް ޔައިޝްގެ މޫނަށްބަލައިލުމަށްފަހު އެހަށިގަނޑުގައި މިޒްރާވެސް އޮޅުލައިގަތެވެ. މިޒްރާގެ މިއަމަލުން ޔައިޝް ހިނިތުންވެލިއެވެ. އަދި އިތުރަށް މިޒްރާއާ ގާތްވެލިއެވެ.
އިރުގެ ރަންދޯދިތަކުން އަނދިރިވެފައި އޮތް ކޮޓަރިތެރެ އުޖާލާކުރަމުން ދިޔައެވެ. ކަންނެތްކަމާއެކު ދެލޯހުޅުވައިލި ޔައިޝްއަށް އޭނާއަށް އޮވެވުނު ހާލު އިހުސާސުވުމާއެކު ދެލޯމަރައިލެވުނެވެ. މިވީ ކިހިނެއްހެއްޔެވެ؟ ރޭގައި ނިދަން އޮށޯތުމަށްފަހު މިޒްރާއާ ގާތްވެވުނު ހަނދާން ޔައިޝް ހުރިނަމަވެސް އޭގެފަހުން ހިނގައިދިޔަ އެއްވެސްކަމެއް އެހަނދާނަކު ނެތެވެ. އެހެނަސް އޭނާއަށް އޮވެނުނު ހާލުން ހިނގައިދިޔަ ކަންތައް ޔައިޝްގެ ސިކުނޑިއަށް ވިސްނުނެވެ.
އެނދުކައިރީގައި ގުޅައަކަށް އޮތް އޭނާގެ އަންނައުނުތަކަށް ޔައިޝް ބަލައިލީ ހިތްދަތިގޮތަކަށެވެ. އަލްކާއަށް ބޭވަފާތެރި ވެވުނީއޭ އެހިތަށް އަރަމުންދިޔައެވެ. ނަމަވެސް ކުރިކަމެއް އޭނާއަށް ކުރެވުނީ ގަސްތަކުނޫނެވެ. ޔައިޝްއަށް އޭނާގެ ނިތްކުރިމަތީގައި މަޑުމަޑުން ފިރުމައިލެވުނެވެ. އަލްކާއަށް މިހިނގައިދިޔަ ހާދިސާ ސިއްރުކުރަން ޔައިޝް ނިންމިއެވެ.
ފާޚާނާއިން ނުކުތް މިޒްރާގެ މޫނަށް ޝަކުވާގެ ނަޒަރަކުން ޔައިޝް ބަލައިލިއެވެ. “ކީއްވެ އަހަރެން ނުހުއްޓުވީ؟” ފުރަތަމަވެސް ޔައިޝްކޮށްލީ ޝަކުވާއެވެ.
“ބޮޑު ސިންގާ ފިރިހެނެއް އައިސް ގައި މައްޗަށް ޖެހިގަތީމަ އަހަރެން ކިހިނެއްތަ ހުއްޓުވަނީ؟ ވެވުުނުވަރަކުން ޔައިޝް ދުރުކުރުވޭތޯ އަހަރެން މަސައްކަތްކުރިން.ވަރަށް ފޫހިވޭ. އާ އެހެންނަ. އެހެން އަހާއިރު ހީވަނީ އަހަރެން ބޭނުންވެގެން ކުރިކަމެއްހެން. ޔައިޝްއެއްނު ފެށީ. އެންމެފަހުން ނުކުރެވި އޮތް ކަންތައްވެސް ކުރެވުނީނު ދޯ.” ހިތްހަމަނުޖެހިފައިހުރި މިޒްރާ ރުޅިއައިސްފައި ކުދިކިޔަމުން ދިޔައެވެ.
“ސޮރީ. އަހަރެން ގަސްތުގައެއްނޫން. ނޭނގެ ރޭގަ ވެފަހުރި ގޮތެއް.” ކުށްވެރިއަކުފަދައިން ޔައިޝްއަށް އިސްޖަހައިލެވުނެވެ.
“ކުރާނެހައި ކަމެއްކޮށްފަ ދެންކީކުރަން މާފަށް އެދެނިކީ؟ ބަލާލަބަލަ ރޭގަ ޔައިޝް އުޅުނު ވައްތަރުން އަހަރެންނަށް ލިބިފަހުރި އަނިޔާ.” މޫނުމަތީގައި ރަތްއަރައިފައިހުރި ތަންތަންކޮޅު ދައްކައިލަމުން މިޒްރާ ބުނެލިއެވެ. އެތަންތަންފެނުމުން ޔައިޝް މާބޮޑަށް ހިތުގައިޖެހުނެވެ. އެވީހުރިހައި ކަމެއްގެ ޒިންމާ އަމިއްލަބޮލުގައި އެޅުވުނެވެ. އިސްޖަހައިލެވުނީ ވީދެރައެއްގެ ބޮޑުކަމުންނެވެ.
“ޔައިޝް އަހަރެންނާ އިނދެގެންހުރެ އެހެން އަންހެނުންނާއެކު ގުޅުން ހިނގަންދޯ. އެހެންޏާފަހެ. ދެބަދޭތެރޭގައި ކޮންމެވެސް އަލް އެކޭ ކިޔާފަ އަހަރެންނަށް ގޮވި ވިއްޔަ.” ހުއްޓުމެއްނެތި އަނގަތަޅަމުން މިޒްރާ ދިޔައެވެ. މިޒްރާގެ ވާހަކަތައް އަޑުއިވުމާއެކު ޔައިޝްގެ ދެލޯބޮޑުވެގެންދިޔައެވެ.
މިޒްރާގެ ވާހަކަތަކަށް ވަކިޖަވާބެއްނުދީ ޔައިޝް ބެޑްޝީޓް އޮޅައިލައިގެންހުރެ ތުވާލިހިފައިގެން ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ. މިތަންފެނި މިޒްރާ ގާތަށްއައީ ނުލަފާ ހިންޏެކެވެ.
ތަންކޮޅެއްލަހުން ހޭލެވުމުގެ ސަބަބުން މިއަދު ކޮލެޖަކަށް ޔައިޝް ނުދެއެވެ. ސަލާމް ހައްދައިލުމަށްފަހު އަލްކާއަށް މެސެޖްކޮށްފައި ކުޑަކޮށް ބަލިކޮށްއުޅޭ ވާހަކަބުނެލިއެވެ. އަލްކާގެ ކުރިމައްޗަށްދާނެ ހިތްވަރެއް ޔައިޝް ގަޔަކުނެތެވެ. ފެންވަރަންހުރި ވަގުތު ހިތްފުރެންދެން ޔައިޝް ރުޔެވެ. އެކަންއެހެން ނުވިނަމައޭ ހިތަށް އެރީ ކިތަށްފަހަރުކަމެއްވެސް ނޭނގެއެވެ. ނަމަވެސް ވެނިމިފައި އޮތް ކަމެއް އޭނާއަށް ބަދަލުކުރެވޭނެހެއްޔެވެ؟
** ** **
ޔައިޝް ކޮލެޖަށް ނައުމުގެ ސަބަބުން އަލްކާގެ މޫނުމަތިވަނީ މިލައިފައެވެ. އެންމެދެކެން ބޭނުންވާ ފަރާތުގެ ސޫރަ ނުފެނުމުން އެހިތުގެ ހަމަޖެހުންވަނީ ގެއްލިފައެވެ. ޔައިޝް ބަލިވެއުޅޭ ވާހަކަބުނީއްސުރެ ކަންބޮޑުވެފައި އަލްކާ އިންތިޒާރުކުރަމުން ދިޔައީ ކޮލެޖް ނިންމައިފައި ގެއަށް ދެވޭނެ ވަގުތަކަށެވެ. ޔައިޝްގެ ފިރިހެންވަންތަ އަޑުއަހައިލުމަށް އެހިތް ކެތްމަދުވަމުންދިޔައެވެ.
ގެއަށް ދެވުމާއެކު އަލްކާ ޔައިޝްއަށް ގުޅައިލިއެވެ. އިރުކޮޅަކު ވާހަކަދައްކަން އިނުމަށްފަހު އަލްކާ ފެންވަރައިލަން ދިޔައީ ނަމާދު ވަގުތު ކުޑަތަންވެފައި ވުމުންނެވެ. ރޭގަނޑު އަލްކާއާާ ބައްދަލުކުރަން ޔައިޝް އަންނާނެ ވާހަކަބުނުމުން އެހިތަށް ހަމަޖެހުންލިބިގެން ދިޔައެވެ.
ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. މުޅިމާހައުލުގައިވަނީ ތެތްފެނިކަމެއް ހިފައިލައިފައެވެ. މަޑުމަޑުން އަލްކާއާ ޔައިޝް ހިނގަމުން ދިޔައެވެ. އެހެން ރޭރެއާާ ޚިލާފަށް މިރޭ އެދެމެދުގައިވަނީ ހަމަހިމޭންކަމުގެ ފާރެއްލެވިފައެވެ. އެހަމަހިމޭންކަމުން ދެހިތަށްވެސް އުނދަގޫވަމުން ދިޔައެވެ.
“ޔައިޝް ކިހިނެއްވެފަ ތިހުރީ؟ ގޭގައި ކަމެއް ހިނގީތަ؟” އިސްޖަހައިލައިގެންހުރެ ހިނގަމުންދިޔަ ޔައިޝްގެ އަތުގައި ހިފައި ހުއްޓުވަމުން އަލްކާ އަހައިލީ ހިތުޖެހިފައި ހުރެއެވެ. ޔައިޝްގެ ދުރުކަމުން އެހިތް ޒަޚަމްވެ ފޮތިފޮތިވަމުން ދިޔައެވެ.
“ދެން ކިހިނެއްވެފަ ތިހުރީ؟ ލޯބި އަހަރެންނަށް ކަމެއް ސިއްރުކުރަނީތަ؟” ޔައިޝް ދެފަރާތަށް ބޯހޫރުވައިލުމުން އަނެއްކާާވެސް އަލްކާ އަހައިލިއެވެ. މިފަހަރު އެއްވެސް އެއްޗެކޭ ނުބުނެ ޔައިޝް ހުރީއެވެ.
“ޔައިޝް.އަހަރެން މިވާހަކަދައްކަނީ ޔައިޝް އާއޭ. ޖަވާބެއް ދީބަލަ.” ޔައިޝްގެ ދަތްދޮޅީގައި ހިފައިއުފުލައިލަމުން އަލްކާ ލޯތްބާއެކު ބުނެލިއެވެ.
“އަލް އަހަރެންނަށް މައާފު ކުރާނަންތަ؟ ދުވަހެއްގެ ކޮޅުންވެސް އަލް ހިތުގައި ޖެހޭފަދަ ކަމެއް އަހަރެންނަށް ކުރެވިފައިވާނަމަ އަހަރެންނަށް މައާފު ކޮށްދޭނަންތަ؟” ސީދާ އަލްކާގެ ދެލޮލަށް ބަލަންހުރެ ޔައިޝް އަހައިލިއެވެ. ޔައިޝްގެ ސުވާލުން އަލްކާ ކުޑަކޮށް ސިހުނުނަމަވެސް ހަމަޖެހިލަމުން އަލްކާ ބޯޖަހައިލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.
“އަހަރެން އަބަދުވެސް ޔައިޝްއަށް މައާފު ކުރާނަން. އަހަރެންގެ މައާފުނުލިބޭވަރުގެ ކުށެއް ދުވަހަކުވެސް ޔައިޝްއަކަށް ނުކުރެވޭނެ. މިބުނީ އަހަރެން ކިތަންމެހިތުޖެހޭފަދަ ކަމެއް ޔައިޝްއަށް ކުރެވުނަސް އަހަރެން މައާފުކޮށްދޭނަމޭ.” ޔައިޝްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން އަލްކާ ބުނެލިއެވެ.
އެއާއެކު އަލްކާގެ ގައިގައި ބައްދައިލަމުން ޔައިޝްއަށް ރޮއިގަނެވުނެވެ. ޔައިޝްގެ އަމަލުތައްހުރިގޮތުން ހައިރާންވެފައި އަަލްކާއަށް ހުރެވުނީއެވެ. ގިސްލާރޮމުންދިޔަ ޔައިޝް ފެނުމުން އަލްކާއަށްވެސް ރޮވުނެވެ.
“ކަމެއްވީތަ ލޯބީ؟ ބުނެބަލަ.” ލޯތްބާއެކު ޔައިޝްގެ އިސްތަށިގަނޑުގައި ފިރުމައިލަމުން އަލްކާ އަހައިލިއެވެ.
“ނޫން. ރޭގަ.. ރޭގަ އަހަރެންނަށް ފާޑެއްގެ ހުވަފެނެއް ފެނުނީ. އަހަރެންނަށް ކުރެވުނު ކުށެއްގެ ސަބަބުން އަލް އަހަރެންދެކެ ރުޅި އައިސްގެން އަހަރެން ދޫކޮށްލާފަ ދާތަން.” އަލްކާގެ މަޑުއަތްތިލައަށް ފިތައިލަމުން ޔައިޝް ބުނެލިއެވެ. ފަނޑުހިނިތުންވުމެއް އަލްކާގެ ތުންފަތްމަތީގައި ދުވެލިއެެވެ.
“ހަމަ އެހައި ލޯބިވޭތަ އަހަރެންދެކެ؟” ޔައިޝްގެ މޫނުގައި ފިރުމައިލަމުން އަލްކާ ކޮށްލީ ސުވާލެކެވެ. “އާން. ތީމުޅިއުމުރުގައިވެސް އަހަރެންނަށް ހަމައެކަނި ލޯބިވެވުނު ކުއްޖަކީ. އަހަރެންގެ ހިތުން ޖާގައެއް ދެވުނުޖުއްޖަކީ. އަލްދެކެ އަހަރެން އިންތިހާއަށް ލޯބިވޭ. އަހަރެން މިވާ ލޯބި އަލްއަށް އިހުސާސުވެސް ނުވާނެ. އެއަށްްވުރެ މިލޯބި ފުންވެފައި މާވަރުގަދަ. އަލްއާ ނުލައި އުޅެންވެއްޖެއްޔާ އަހަރެން މޮޔަވާނެ.” އަލްކާގެ ނިތްކުރިއަށް ބޮސްދެމުން ޔައިޝް ބުނެލީ ލޯތްބާއެކީއެވެ. އަލްކާގެ ތުންފަތްމަތީގައި ވި ރީތި ހިނިތުންވުންފެނި ޔައިޝްއަށްވެސް ހިނިތުންވެލެވުނެވެ.
** ** **
“އަހަރެން ދެން ކިހިނެއް ހަދާނީ؟ ވަރަށް ހަނދާންވޭ ޝިވަންމަތިން. ނުފެންނަތާ ތިންދުވަސްމިވީ. އަހަރެންނަކަށް ނޭނގެ އަހަރެންގެ ޝިވަން އުޅޭ ހާލެއްވެސް. މައު ޕްލީޒް އަހަރެން ބޭނުން ޝިވަންއާާ ވާހަކަ ދައްކައިލަން. މާދަން ނޫން އަނެއްދުވަހު އަހަރެން ފުރަން ޖެހޭ. އެއީ ޝިވަން ރިނެބްއަށް ދާންޖެހޭ ދުވަސް.” މައުރީންގެ ގައިގައި ބައްދައިލައިގެންއިނދެ ރޮވިފައި ނައިރާ ބުނެލިއެވެ. ދެމީހުން ތިބީ ނައިރާގެ އެނދުމަތީގައި އިނށީދެލައިގެންނެވެ.
“ނައި ދެރަނުވޭ. އަހަރެން މިހުރީނު. މާދަމާރޭ ޝިވަން އާ ބައްދަލުކޮށްފަ ތިދެމީހުންނަށް ވާހަކަދެއްކޭނެ ގޮތެއް ހަދައިދޭނަން.” ނައިރާގެ ގައިގައި ފިރުމައިލަމުން މައުރީން ބުނެލީ ދެރަވެފައި އިނދެއެވެ.
“ތޭންކްސް މައު. އެކަމަކު ކިހިނެއް؟” ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލަމުން ނައިރާ އަހައިލިއެވެ. “އަހަރެން ޝިވަން ގާތަށް ގޮސް ނައިއަށް ގުޅާނީ. އޭރަށް ތިދެމީހުންނަށް ވާހަކަ ދެއްކޭނު ދޯ. މާދަން ރޭ އަހަރެން ޝިވަންއާ ކޮންމެ ގޮތެއްހަދާފަ ނަމަވެސް ބައްދަލުކުރާނަން. އެނގޭ. ދެން އުފާވެފަ ހީލަބަލަ. ރުއިމަ ނައިއަކާ ނުގުޅޭ.” ނައިރާގެ ކޮލުގައި ހިފައިލަމުން މައުރީން ބުނެލިއެވެ. އެއާއެކު ނައިރާ ހިނިތުންވެލިއެވެ. ޝިވަން ނުފެނުނެއްކަމަކު އެއަޑު އަހައިލާ ހިތުން ނައިރާގެ ހިތް ބޭގަރާރުވާން ފެށިއެެވެ.
** ** **
ޖެހިގެންއައިރޭ މައުރީން ބުނި މަންޒިލަށް އައިސް އޭނާގެ އިންތިޒާރުގައި ޝިވަން ހުއްޓެވެ. މާކަގިނައިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ.
މައުރީން ޝިވަންގެ ކުރިމައްޗަށް ހުއްޓިލުމަށްފަހު ހިނިތުންވެލިއެވެ. ޝިވަންވެސް ގަދަކަމުންކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. އެދެލޮލުން ފެންނަންހުރި ހިތްދަތިކަމަކުން މައުރީންގެ ހިތަށްވެސް އަސަރުކޮށްގެން ދިޔައެވެ. ފޯންނަގައި ނައިރާއަށް ގުޅައިލުމަށްފަހު ޝިވަންގެ އަތަށް ދިނެވެ.
އަވަސްވެފައިވާ ހިތަކާއިއެކު ޝިވަން ފޯނުގައި ހިފައި ކަންފަތުގައި ޖަހައިލިއެވެ. “ހަލޯ. ޝިވަން.” ނައިރާގެ އަޑު ޝިވަންގެ ކަންފަތާހަމައަށް ފޯރީ ލުއިމިއުޒިކެއް ފަދައިންނެވެ. ބޭއިޚުތިޔާރުގައި ހިނިތުންވެވުނު ޝިވަން އުފާވެލައިފައިހުރެ ނައިރާއާ ވާހަކަދައްކަމުން ދިޔައެވެ. ދެލޯބިވެރިން އެތައްއިރަކު އެކިއެކި ވާހަކަދެއްކުމުގައި ތިއްބެވެ. އެކަކު އަނެކަކުދެކެ ލޯބިވާވަރު ހާމަކުރަމުންދިޔައެވެ. ނުފެނުމުން ހިތަށްކުރި އަސަރާއި އުފުލި ވޭންތައް ހިއްސާކުރަމުންދިޔައެވެ. ޝިވަންގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރުތަކަށް ބަލަން ހިނިތުންވެފައި މައުރީން ހުއްޓެވެ.
“ލޯބީ. މައު ލޯބިއަތަށް ދޭނެ ފޮތެއް. އޭގައި އޮންނާނެ އަހަރެންގެ ފޮޓޮއަކާ ފޯންނަމްބަރު. ޝިވަން ގުޅަން ބޭނުން ކޮންމެ އިރަކުންވެސް އަހަރެންނަށް ގުޅޭނެ.” ހިތާމަވެރި އަޑަކުން ނައިރާ ބުނެލިއެވެ.
“އަހަރެން އަތަކު އަދި ފޯނެއްނެތް. އެކަމަކު ނައި ހާސްނުވޭ. އިރާދަކުރެއްވިއްޔާ ރިހެބްއިން އެނބުރި އައިސް ވަޒީފާއެއް ހޯދަން އަހަރެން މަސައްކަތްކުރާނަން. އެންމެ ފުރަތަމަ މުސާރައަށްވެސް ގަންނާނީ ފޯނެއް. އެދުވަހަކުން އަހަރެން ނައިއަށް ގުޅާނަން. އޭރަށް ގަބޫލުކުރޭ ނައިގެ ޝިވަންހުރީ އެއްކޮށްބަދަލުވެ ހެޔޮމަގަށް އެޅިފަކަމަށް. އުއްމީދުކުރަން އެދުވަސް އަންނަންދެން އިންތިޒާރުކުރާނެކަމަށް.” އުޑާ ދިމާއަށް ނަޒަރު ހުއްޓައިލައިގެންހުރެ ވަރުގަދަ އަޒުމާ އުއްމީދާއެކު ޝިވަން ބުނެލިއެވެ.
“އަހަރެން އަބަދުވެސް އިންތިޒާރުކުރާނަން. މުޅިއުމުރަށް އިންތިޒާރު ކުރަންޖެހުނަސް އެއްވެސް ޝަކުވާއެއްނެތި އެކަންވެސް ކުރާނަން. އަހަރެން ވަރަށް ވަރަށް ލޯބިވޭ ޝިވަންދެކެ.” ނައިރާދިނީ އިންތިޒާރުކުރާނެކަމުގެ ޔަގީންކަމެވެ. “އަހަރެންވެސް ނައިދެކެ ވަރަށް ލޯބިވޭ.” ހިނިތުންވެހުރެ ޝިވަންވެސް ބުނެލިއެވެ.
ފޯންކޯލް ނިންމައިލުމަށްފަހު ޝިވަން މައުރީންއަތަށް ފޯން ދިނެވެ. ހިނިތުންވެލަމުން ދަބަހަށް ފޯނުލައިފައި އޭގެން ނެގި ކުޑަފޮތެއް މައުރީން ޝިވަންއަތަށް ދިނެވެ.
އެއީ ޑައިރީލިޔާފަދަ ކުޑަ ފޮތެކެވެ. ފޮތުގެ އަރިމަތީގައި ކަޅުކުލައިގެ ރީތި ޑިޒައިނަކަށް ހަދައިފައިވާ ކުޑަ ގަލަމެއްވެސް އިނެވެ. ހިނިތުންވެލަމުން ޝިވަން ފޮތްހުޅުވައިލިއެވެ.
ފޮތުތެރޭގައި އޮތް ނައިރާގެ ފޮޓޯގަނޑަށް ނަޒަރު ހިންގައިލަމުން އޭގައި ލޯތްބާއެކު ޝިވަން ފިރުމައިލިއެވެ. އަދި އެފޮޓޯ ނަގައި ތުންފަތުގައި ޖައްސައިލިއެވެ. ފޮޓޯގަނޑުގެ ފުރަގަހުގައި ނައިރާގެ ފޯންނަމްބަރު ނޯޓްކޮށްލައިފައި ހުއްޓެވެ.
ފޮތުގެ ފުރަތަމަގަނޑު ފިޔަވައި އިތުރު ގަނޑަކު އެއްވެސް ލިޔުމެއް ލިޔެފައެއް ނެތެވެ. ފުރަތަމަ ގަނޑުގައިވަނީ ޝިވަންއަށް ނައިރާ ލިޔެފައިވާ ލޯބީގެ ފޮނި އިބާރާތްކޮޅެކެވެ. ހިކިފައިވި ޝިވަންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ދެލޯފުރި ހޫނު ކަރުނަތައް އެލޮލުން އޮހޮރެންފެށީ އޭނާގެ ލޯބި ކާމިޔާބުކުރުމަށްޓައި ކަޑައްތުކުރަންޖެހޭ ދިގު ރާސްތާއާާ ކުރަންޖެހޭ ދިގު އިންތިޒާރު ހިތަށް އެރުމުންނެވެ. އެހެނަސް ޝިވަންގެ އެއްވެސް ޝަކުވާއެއްނެތެވެ. ކިތަންމެ ބޮޑު އިމްތިހާނަކާއި ކުރިމަތިލާންޖެހުނަސް މިފަހަރު އޭނާ ނައިރާގެ ލޯބި ކާމިޔާބުކުރާނެއެވެ. ހަމައެކަނި އޭނާގެ މިލްކަކަށް ނައިރާ ހަދާނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
78 Comments!
Comments are closed.







Salaam all.. Here is the 9th part of this story.. Hope all will like this part too.. As always let me knw the mistakes.. Enjoy reading.. Ly all my readers.. ❤
Everyone enjoys reading ur story 😉 😉
Awwn thanks alot sjk❤
Awwwh… Shivan n nairaa ge stry varah loabi
Keep it up ???
Thanks limsha
Alhey yaish ah dhera gotheh nuhadhahchey
Thanks suha..
Vvvvvvvvvvv reethi ???Love u girl ????
Thanks shaasha.. Ly too dear?
Vvvvvv reethi can’t wait to read next part…….love it….
Thanks xim
Alhey haadha dhera ey yaish ah v goi.ekam heevanee aee hama fake hen mizra jehsee.alhe dhera gotheh nuhadhachey yaish ah.v reethi vaahaka???
Haha.. Lets see dhw..Thanks zee
Hei! Nice v …Mirxa preg vegen ekanthan yaish ge boluga alhuvan dhw eulhenee..hehe?? ??
Hinga dhw balamaa.. Thanks mary
Yageen e Mizra eh dhen vaany bandubodu! ?
She is already pregnant dear.. Eyna myhaka indhegn hutta ehn myhakah baduboduvyma eyna firikalun boluga ekan alhuvan jehsi vahtharu.. ????
Varah fuhivey e mizura dheke ??????
Hehehe.. ?..Thanks thuhthi
Hehe.. Lets see.. Thanks sana
Mary I also think the same
Thanks nau. Nice . Waiting?
………
Wlcm n thanks jjey
V v v varah reethi mi vaahaka.. ekam yaish ge wife ge name kiyan varah undhagoo… hehe but its ok… luv this story..
Ohh.. Hehe.. Sry dear.. N thanks
V thafaath v loabi story en mee i luv it
Thanks rish
Nice, when is the next part dear, ???
Thanks eyra.. In sha allah tmrw
wow what a cute couples. nai n shivan. mi part ge ibaaraaiyy thah genehsa huri goih haadha reehchey. really appreciate ur har workings. mi part vx hama habbu 😉 😉 waitingsss.. loves…
*hard
Awwnn.. Thank u soooooo much dear..❤
Mizraa aa hedhi v foohi v… bt story v nice inge dear?…. ly..?
Haha.. Thanks axu?❤
Wow amaging……nau is v gud story writer….nd story thihaa avahah update kuraathi v happy….
Thanks sidhu
Yaish eulheny haadha foohi konney. Hama cry baby eh… Naira and Shivan ge bai vrh lowbii.
Ahahaha.. Dhw.. Bt boy’s vx sad vyma cry kuraanu dhw.. Thanks dear
Asma Haleem
vvvvvv nice…you are a good writer nau.enme molhu vaahaka liyuntheriehge magaamu dheyvaruvey hama..ehaaves furihama mashaa allah….
Awwnn.. Thank u soooo much dear..
Wow story is really nice… U are a great writer Nau… Waiting for next part…
Thanks dear
Naufa is best. Avahah up kohdheythee eba ingey liyaahithun vaahaka liyaakan. Thanks.
Thanks sweetie
Nau ….alhy vvvv salhi mivaahaka..????????
Thanks mamee❤?
V Reethi mi part ves
Thanks rsh
Vv reethi mi part vs can’t wait to next part
Thanks fan.. Next part in shs allah tmrw
Alhey nau mibaives hama ehaa furihama.. Vaahaka rythi kamun thaureefuge gothuga bunaane ehchehves neynge.. Ehaaves furihama.. Nau v v v v molhu.. Masha Allah.. Luv u nau
Awwn.. Thank u sooooo much dear.. Ly too
NiCE… Vv thafaathu… N thanks… Avahah up kohdheythy…!!!
Thanks riii.. N wlcm dear
Heyonuvaane .. Naira ah ehen nuhadhaa.. Its killing me.. I know that pain v well
Alhey.. Soo sry dear.. Btw thanks for the comment..
Mi part ves hama amazing ingey nau…mioh ulhey mizra eh ves..haadha fooseh veyey…adhi amilla ah bodi boefa yaish ge boamathi ekan alhuvanshey eulheny…I HATE HER…??take care nau..ly❤️❤️❤️???
Hehe.. Hurey adhi mizra ah vatugadha landeh dheynan ingey click.. Hehe.. Thanks dear.. Ly too❤
??wc dear
v v v v reethi
Thanks shaxu
Reethi
Thanks saee
varah reethi ekam thankolheh kuru vanee up kuraavaru
Thanks ruhy.. Adhi dhigukohlaanan ingey..
???
Thanks dear
Vhhh…….thivareh hamanelv best vaahaka liuntherieh v kulhadaana.thigothuga kuriyahdy.
?????
Thanks
varah dhera miruzaa falhaa aruvaalaathi ,, varah reethi mi story Naufa, yaish and alkaa gulheyne gotheh hadhan vaane, miruzaage kibain salaamah vegen,
Ya dhw ino.. Hehe.. Thanks dear..
Alhey mi story haadha reehchay.. ???
Thanks nuha
koba 10 bai ahvas kohbala cant wait kiyaalaa hithun……. esfiya site belunuvaruge adhadheves neyge miadhu stry kiyaa hithun….
Owww sry dear.. In sha allah today up kuraanan.. M trying to make it long.. Ehnve lasvany ingey..
Alhey.. yaish ah kihineh thi hedhy… so sad?
Waiting for next episod. Eagerly
Aminath Ifasha
nau hama vaahaka liyan molhyey dhw..mashaa allah….mi partves hama varah salhi…..vaahaka liyan dhaskohdhybala nau……..