Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްއެކީ ދެވިއްޖޭ (7)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
November 6, 2017 4 Mins Read
63 Comments

ލައިގެންހުރި އަޅިކުލައިގެ ގަމީހުގެ އަތްކުރި އޮޅަމުން ދޮރާ ދިމާއަށް ޔައިޝް ހިނގައިގަތެވެ. ތަޅު ހުޅުވައިލުމަށްފަހު ދޮރު ހުޅުވައިލި ޔައިޝްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދޮރުމަތީގައި ތިބި ދެމީހުންނާ ދިމާއަށް ކަންބޮޑުވެފައިހުރިފަދަ ނަޒަރަކުން ބަލަން ޔައިޝްއަށް ހުރެވުނެވެ. ދެލޯމަރައިލަމުން ހިންދިރުވައިލެވުނީ ދެންކަންތައްވާނެ ގޮތަކާއިމެދުގައި ވިސްނައިލަމުންނެވެ.

“ސަޕްރައިޒް.” އުފާވެލައިފައި ޔައިޝްގެ ގައިގައި އޮޅުލައިގަންނަމުން ޔައިޝްގެ މަންމަ ސާޖިދާ ބުނެލިއެވެ. މިމަންޒަރުބަލަން ހެވިފައި އޭނާގެ ބައްޕަ މުފީދު ހުއްޓެވެ. ޔައިޝްފެނުމުން ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނާގެ މޫނުމަތިން ފާޅުވަމުންދިޔަ ހާސްކަމެއް ސާޖިދާއާާ މުފީދާ ދެމީހުންކުރެ އެކަކަށްވެސް ފާހަގައެއްނުވެއެވެ.

އަންގައިވެސްނުލައި މަންމައާ ބައްޕަ އައުމުން ހުއްޓުންއަރައިފައި ހުރި ޔައިޝް ސާޖިދާ ބައްދައިލުމާއެކު ހިނިތުންވެލިއެވެ. އެހައިވަރުން އޭނާ މެލޭޝިޔާއަށް ބަދަލުވީ މިޒްރާގެ އުޅުން އެމީހުންނަށް ފަޅައިއަރައިފާނެތީއެވެ. ނަމަވެސް މިވީގޮތުން ދެންކަންތައްވާނީ ކިހިނެއްބާވައެވެ؟

“އެތެރަށް ވަންނަންވީ ނޫންތޯ މަންމާ.” ސާޖިދާގެ ގައިން ދޫކޮށްލަމުން ހަމަޖެހިލައިފައި ޔައިޝް ބުނެލިއެވެ. ގޭތެރެއަށް ވަތް ސާޖިދާއާ މުފީދު ގޭގެ އެކިދިމަދިމާއަށް ނަޒަރު ހިންގައިލިއެވެ.

“ކޮބާ މިޒްރާ؟” ސޯފާގައި ޖައްސައިލަމުން މުފީދު އަހައިލިއެވެ. އެއާއެކު ސާޖިދާވެސް ޔައިޝްގެ މޫނަށް ބަލައިލިއެވެ. “މިޒޫ ނިދައިފަ އޮތީ. ކުޑަކޮށް ބަލިކޮށް އުޅެނީ. އެހެންވެ.” ޔައިޝް ޖެހިލުންވެފައި އިނދެ ދޮގެއް ހަދައިލީ މިވަގުތައް އެއީ އެންމެ ރަނގަޅުގޮތްކަމަށް ވިސްނޭތީއެވެ.

“މަންމަމެން ހާާދަ ކުއްލިގޮތަކަށޭ މިކޮޅަށް ތިއައީ. އަޅުގަނޑަށް އަންގައިވެސްނުލާ.” ހީލަމުން ޔައިޝް ގޮސް މުފީދު ގާތުގައި އިނށީދެލިއެވެ. “ދަރިފުޅަށް މަންމަމެން ގާތަށް ނުދެވުނަސް މަންމަމެންނަށް މިކޮަޅަށް އާދެވޭނު ދޯ މުފީދު.” މުފީދަށް ދޯދެމުން ސާޖިދާ ބުނެލިއެވެ. “އާން.ދަރިފުޅުގެ މަންމަ ހީވަނީ މިކޮޅަށް ނާދެވިގެން އެހެން ކަމެއްހެން. އެހެންވެ އޮފީހުން ޗުއްޓީ ނަގައިގެން މިއައީ.” ހިނިތުންވެލަމުން މުފީދު ބުނެލިއެވެ. “މަންމަ ނުލާހިކު ހަނދާންވޭ ދަރިފުޅުމަތިން. އެހެންނު ވާނީ. މަންމަގެ ހުރި ހަމައެކަނި ފިރިހެންދަރި ވިއްޔަ ދޯ.” ލޯތްބާއެކު ޔައިޝްއާ ދިމާއަށް ބަލައިލަމުން ސާޖިދާ ބުނެލިއެވެ. ބަދަލުގައި ބޯޖަހައިލަމުން ޔައިޝް ހިނިތުންވެލިއެވެ.

ބޭރުގައި މާއަޑުގަދަވާން ފެށުމުން ނިދަން ނޯވެވިގެން ރުޅިއައިސްފައި މިޒްރާ ތެދުވިއެވެ. ޔަގީނެވެ. އޭނާއަށް ޖެއްސުންކުރަން މިހައި ހެނދުނާ ޔައިޝް މިގެއަށް ބަޔަކު ވެއްދީއެވެ.

“ކިހައި ދެރަކަމެއްތަ ޔައިޝް. މިދެން ކޮންވަގުތެއް ސަކަރާތްޖަހައި މަޖާކުރަން. ކޮންބައެއްތަ ގެއަށް ވައްދައިގެން.” އެހިސާބަށް ހަޅޭލަވައިގަނެވުނުތަނާ ސޯފާގައި ހައިރާންކަމާއެކު އޭނާއާ ދިމާއަށް ބަލަންތިބި ސާޖިދާއާ މުފީދު މިޒްރާގެ ލޮލުގައި އަޅައިގަތެވެ. ވަގުތުން ބުނާނެ އެއްޗެއްނޭނގި އަނގަ ބަންދުވިއެވެ. އަވަސް އަވަހަށް ކޮޓަރީގެ ދޮރު ޖަހަލަމުން އެތެރެއަށް މިޒްރާ ވަނެވެ.

“ދަރިފުޅާ މީ ކޮންކަމެއް؟ މިޒްރާ ކީއްވެ އެހައި ރުޅި އައިސްފަ އެހުރީ؟ ދެކުދިން މައްސަލައެއް ޖެހުނީތަ؟” މިޒްރާގެ އަމަލުތައްހުރިގޮތުން ހައިރާންވެފައިހުރި މުފީދު ޔައިޝްކުރެ އަހައިލިއެވެ. ދޭނެ ވަކިޖަވާބެއް ނުވިސްނިފައި ހަމަހިމޭނުން ޔައިޝް އިނެވެ.

“ދަރިފުޅާ ޔައިޝް.” މުފީދު ތަންކޮޅެއް ބާރަށް ޔައިޝްއަށް ގޮވައިލިއެވެ. “ނޫން ބައްޕާ. ހުރިހައިކަމެއްވެސް ރަނގަޅު. އެވާނީ މިޒޫ މާބޮޑަށް ބޮލުގައި ރިއްސައިފަ ހުރީމަ ރުޅިއާދެވުނީކަމަށް.” އިސްޖަހައިލަމުން ޔައިޝް ބުނެލިއެވެ. އޭނާގެ ވާހަކަ މުފީދު ގަބޫލުކުރި ނަމަވެސް ސާޖިދާ އިނީ ޝައްކެތްގެ މަތީގައެވެ. އެންމެ ތުއްތުއިރުއްސުރެ ބަލައި ބޮޑުކުރި ދަރީގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ މައިމީހާނޫން އިތުރު ކާކަށްހެއްޔެވެ؟ ނަމަވެސް ވަގުތުގެ ގޮތުން އިތުރު އެއްޗެކޭ ނުބުނެ ސާޖިދާ އިނެވެ.

** ** **

ކޮލެޖް ނިންމައިލައިިފައި ނުކުންނަމުން ޔައިޝް އަލްކާގެ ފޯނަށް މިރޭ ބައްދަލުކޮށްލުމަށްއެދި މެސެޖެއް ކޮށްލިއެވެ. ވަގުތުން އާނބަސްބުނެ އަލްކާ އެމެސެޖުގެ ޖަވާބު ފޮނުވައިލިއެވެ.

އަލްކާ ބަލައި ޔައިޝް އަންނަންބުނި ވަގުތު ކުޑަތަންވަމުން ދިޔައިރުވެސް ލާނެ ހެދުމެއް ނޭނގިގެން ކަންބޮޑުވެފައި އޭނާ އިނެވެ.

“ސާބަހޭ. މުޅި އަލަމާރި ފުރޭވަރަށް ހެދުން އެބަހުރި. އެކަމަކު ހަމަހިލާ އެތަނުން އަލްއަކަށް ލާނެ ރީތި ހެދުމެއްވެސް ފެނުނުކަމަށްނުވި.” އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އިނށީދެއިން ޝަޔާނީ އަލްކާގެ އަމަލުތަކަށް ނަޒަރު ހިންގަަމުން ދެފަރާތަށް ބޯހޫރުވައިލިއެވެ.

“އެކަމަކުވެސް ހެވެއްނު. އަހަރެން މިހެންއުޅޭއިރުވެސް ޔާނީ ތިއިންނަނީ ބަލާފަ ހޭންވިއްޔަ. ކީއްވާނީ އަހަރެންނަށް އެހީވެދިނިއްޔާ.” ގަޑިއަށް ނަޒަރު ހިންގައިލަމުން އަލްކާ އަވަސްއަރުވައިލިއެވެ.

“ހޫމް. މެޑަމްއަކަށް ނުވިއެންނުދޯ ތިކަމެއް. ދެން ގެނޭ އަހަރެން އަތަށް.” އަލްކާގެ އަތުގައި ހިފައި އަލަމާރިއާ ދުރަށްލަމުން ޝަޔާނީ ބުނެލިއެވެ. އަދި އަލްކާގެ ހެދުންތައް ހާވަންފެށިއެވެ.

އިރުގަނޑަކު ހެދުންތައް ހާވަން ހުރުމަށްފަހު މެރޫން ކުލައިގެ ފައިގެ ކަށިމައްޗާ ހަމައަށް އަރާވަރުގެހެދުމެއް ޝަޔާނީ ނެގިއެވެ. އުނަގަނޑާއި ދިމާއިން ހުދުކުލައިގެ ބެލްޓެއް އަޅާގޮތަށް އިން އެހެދުން ފެނުމުން ޝަޔާނީ ހިނިތުންވެލިއެވެ.

“ބަލަ. އަހަރެން ކިހައި މޮޅު. މިހެދުން ކިހިނެއްވަނީ؟” އަލްކާއަށް ހެދުން ދައްކައިލަމުން ޝަޔާނީ ނިތްއަރުވައިލިއެވެ. ” އޯ މައި ގޯޑް. އަސްލުވެސް ތިހެދުން ވަރަށް ރީތި. އަހަރެން އެހުރިހައި އިރު ހޯދިއިރުވެސް ނުފެނުނެއްނު.” ބޮލުގައި ޖަހައިލަމުން އަލްކާ ބުނެލިއެވެ. “ހަހަ. އަހަރުމެންކަހަލަ މޮޅެތި މީހުންނަށޭ މިކަހަލަ ކަންކަން ވާނީ.” ޝަޔާނީ ހިނިގަނޑެއް ޖަހަައިލަމުން ފޮނިވެލިއެވެ. “ހޫން ދެން ހެވޭ. އަހަރެން ތައްޔާރުވާން ވެއްޖެ. އެންޑް ތޭންކްސް ޔާނީ” ޝަޔާނީގެ ކޮނޑުގައި ޖަހައިލަމުން އަލްކާވެސް ހިނިތުންވެލިއެވެ.

އަލްކާމެންގޭ ކައިރީގައި ކާރު ޕާރކް ކޮށްލައިގެން ޔައިޝް އިނީ އަލްކާގެ އިންތިޒާާރުގައެވެ. މާގިނައިރަކު އެހެން އިންނާކަށް ނުޖެހުނެވެ. ގޭގެ ދޮރު ހުޅުވައިލުމަށްފަހު ނުކުތް އަލްކާ ފެނުމާއެކު ޔައިޝްގެ ހިތް ތެޅިލިއެވެ. ކާާރުގެ ދޮރު އެތެރެއިން ޔައިޝް ހުޅުވައިލުމާއެކު އަލްކާ ކާާރަށް އަރައި ލަދުވެތިގޮތަކަށް ޔައިޝްއަށް ބަލައިލިއެވެ. މިއީ ފިރިހެންކުއްޖަކާ އެއްކޮށް މިގޮތަށް ބޭރަށްދާ ފުރަތަމަ ފަހަރުކަމުން އަލްކާ އިނީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ.

މުޅިކާރު ތެރޭގައި ހިފައިލައިފައިވަނީ ޔައިޝް ބޭނުންކޮށްގެންހުރި ސެންޓްގެ މީރުވަހެވެ. ހިތްހަމަޖެހިފައި އިން އަލްކާގެ މޫނަށް ބަލައިލަމުން ޔައިޝް ކާރު ދުއްވައިލިއެވެ.

ބޮޑު ރެސްޓޯރެންޓެއްގެ ކުރިމައްޗަށް ކާރު މަޑުކޮށްލަމުން ޔައިޝް އަލްކާ ގޮވައިގެން ކާރުން ފައިބައި އެތަނާއި ދިމާއަށް ހިނގައިގަތެވެ. މޭޒެއް ދޮށުގައި އިނށީނުމަށްފަހު ވެއިޓަރު އައުމުން ގެންނަންވީ ތަކެއްޗަށް އޯޑަރު ދިނެވެ.

“ލަދުގެންފަތަ މާމަޑުން ތިއިންނަނީ؟” އަލްކާގެ އަތްތިލަ މަތީގައި އޭނާގެ އަތްތިލަ ބާވައިލަމުން ޔައިޝް އަހައިލިއެވެ. އަލްކާ ދެފަރާތަށް ބޯހޫރުވައިލިއެވެ. “މިރޭ އަލް ވަރަށް ލޯބި. ހީވަނީ ހޫރުޕަރީއެއްހެން.” އަލްކާއާ ދިމާއަށް އެއްލޯމަރައިލަމުން ޔައިޝް ތައުރީފް ކޮށްލިއެވެ. “ދެން ޔައިޝް.” އަލްކާ ލަދުގެންފައި ބުނެލިއެވެ. އެއަޑުއިވި ޔައިޝްއަށް ހިނިތުންވެލެވުނެވެ. އަލްކާ އޭނާގެ ގާތުގައިވާ ކޮންމެ ވަގުތަކު ހުރިހައި ހިތާމަތަކެއްގެ މަތިން ޔައިޝް ހަނދާންނެތޭކަހަލައެވެ. ހިތްހަމަޖެހުމާއެކު އަބަދުވެސް ހިނިތުންވެލެވެނީ އަލްކާގެ ލޯބި ތުންފަތްމަތީގައިވާ ހިނިތުންވުން ފެނިފައެވެ.

އެކިއެކި ވާހަކަދައްކަމުން އަލްކާއާއި ޔައިޝް ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. ކުރިންދުވަހު ހިނގި ހާދިސާ އާއި އަދި އޭނާގެ މައިންބަފައިން އައިސްއުޅޭ ހަބަރު ޔައިޝް އަލްކާއަށް ދިނެވެ. މިޒްރާގެ އަމަލުތައް އެހިސާބަށް ދިޔަކަން އެނގުމުން އަލްކާގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް އުފެދުނެވެ. ޔައިޝްއަށް އެއްވެސް ގެއްލުމެއް ލިބޭކަށް އޭނާ ނޭދެއެެވެ.

އެކީގައި އުފާވެރި އެތައްވަގުތުތަކެއް ހޭދަކުރުމަށްފަހު ޔައިޝް އަލްކާ ގެއަށް ލައިދޭން އައެވެ. ކާރު މަޑުކޮށްލަމުން އަލްކާގެ ޖަންބުކުލަ އަރަމުންދިޔަ ކޯތާފަތުގައި ޔައިޝް ބޮސްދިނެވެ. “ގުޑް ނައިޓް ލަވް. ރަނގަޅަށް ނިދައްޗޭ.” އަލްކާާގެ މޫނުގައި ފިރުމައިލަމުން މަސްތީގޮތަކަށް ޔައިޝް ބުނެލިއެވެ. “ހޫމް. ޔައިޝްވެސް. ގެއަށް ގޮއްސަ އަހަރެންނަށް މެސެޖް ކުރާތި. ވަރަށް މިސްވާނެ. ގުޑް ނައިޓްް އެންޑް ލަވްޔޫ.” ޔައިޝްގެ އަތްތިލައަށް ފިތައިލުމަށްފަހު އަލްކާ ކާރުން ފައިބައި ގެއާދިމާއަށް ހިނގައިގަތެވެ. އަލްކާ ގެއަަށް ވަންނަންދެން ބަލަންއިނުމަށްފަހު ޔައިޝް ކާރު ދުއްވައިލިއެވެ.

** ** **

ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވަމުން ދިޔައެވެ. ފާއިތުވެދާ ކޮންމެ ދުވަހަކާއެެކު ނައިރާއާއި ޝިވަންގެ ލޯބި އިތުރަަށް ވަރުގަދަވެ ކުރިލައި ހެދެމުން ދިޔައެވެ.

ސްކޫލުން އައުމަށްފަހު ލިބޭ ކޮންމެ ހުސްވަގުތެއްކަހަލަ ގޮތަކަށް ނައިރާ ހޭދަކުރަނީ ޝިވަންއާއެކުއެވެ. އެކަކު އަނެކަކަށް ކުރަމުންދިޔަ ވަރުގަދަ އިތުބާރެއްގެ ސަބަބުން އެގުޅުމަށް އިތުރު ތާޒާކަމާއި އާރޯކަން ލިބެމެނުންދިޔައެވެ.

ޝިވަން ރިހެބްއަށް ދާންއޮތްދުވަސް ކައިރިވަމުންދިޔަ ވަރަކަށް ނައިރާގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. އެންމެ ހިނދުކޮޅަކަށްވެސް ޝިވަންއާ ދުރުގައި ކެތްކުރުމަކީ މިހާާރު ނައިރާއަށް ނުހަނު އުނދަގޫކަމެކެވެ. ނައިރާއެކޭ އެއްފަދައިން ޝިވަންގެ ހިތްވެސްވަނީ ހާސްވެ ބިރުގަނެފައެވެ. ނައިރާ އަކީ އޭނާގެ ހިތުގެ ވިންދެެވެ. ފުރާނައެވެ. އެލޯތްބާ ދުރުގައި ކެތްތެރިވުމަކީ ޝިވަންއަށް ކުރަން އެންމެ އުނދަގޫކަމެވެ. އުމުރުދުވަހުގައި އެންމެ ފުރަތަމަ ލޯތްބާއި އަޅާލުން ލިބުނު ފަރާތާ ދުރަށްދާންޖެހުމުން އެހިތުގައި ރިއްސަނީއެވެ. ނަމަވެސް ފަސްޖެހޭކަށް ޝިވަން ބޭނުމެއްނުވެއެވެ. އެހުރިހައި ކަމެއްވެސް ޝިވަން އެކުރަނީ އޭނާގެ ލޯބިވާ ނައިރާއަށްޓަކައެވެ. އެލޯތްބަށްޓަކައެވެ. ނައިރާއާާ އެކަށޭނަ ގާބިލް މިހަކަށްވާން ޝިވަން ބޭނުންވެއެވެ.

ކުރިއަށް އަންނަންއޮތް ކޮޅިގަނޑުގެ ހިލަމެއްނުވާ ހާލު ނައިރާ އާއި ޝިވަން އުފަލާ ހިތްހަމަޖެހުމާއެކު ދުވަސްތައް ގުނަމުން ދިޔައެވެ. ރިހެބްއަށް ދިއުމަށްޓަކައި ޝިވަން ވަމުންދިޔަ ތައްޔާރީތަކުގައި ނައިރާވެސް ބައިވެރިވެ އެހީވަމުންދިޔައެވެ. ދުވަސް ގާތްވަމުންދިޔަ ވަރަކަށް އެކުގައި ފިހާރައަށްގޮސް ޝިވަންއަށް ބޭނުންވާނެ ސާމާނުތައް ގަތުމާއި އަދި ހިނގާލަންގޮސް އުޅުންވެސް އިތުރުވަމުން ދިޔައެވެ. ކޮންމެ މީހަކުވެސް މަސައްކަތްކުރަމުންދިޔައީ ދެހިތުގައި އުފެދެމުންދިޔަ ހައިޖާނުގަނޑު އަނެކާއަށް ސިއްރުކުރުމަށްފަހު އެކަކު އަނެކެއްގެ ކުރިމަތީގައި އުފަލާއެކު ހަމަޖެހިގެން އުޅެވޭތޯއެވެ. ލިބޭމަދު ވަގުތުކޮޅު އެކަކު އަނެކަކަށް ހިތްހަމަޖެހުމާއި ލޯބިދެވޭތޯއެވެ. ހިނިތުންވެތިބެ ދިމާވާ ކޮންމެ ކަމަކާއި ކުރިމަތިލެވޭތޯއެވެ. އެއަޒުމުގައިތިބެ ދެމީހުންވެސް ދިރިއުޅުމައިގެން ކުރިއަށްދަމުން ދިޔައެވެ.

މެންދުރުގެ ހޫނުގަދަ ވަގުތެވެ. ބަންދު ދުވަހެއްކަމުން ނައިރާވެސް ގޭގައި އުޅެމުންދިޔައެވެ. ކޮޓަރީގައި ވާހަކަފޮތެއްގެ ތެރެއަށް ގެއްލި ހުސްވެފައި ނައިރާ އޮތެވެ.

ބާރުހިނގުމެއްގައި ގެއަށް އައިސްވަތް އަޖުވަދަށް ހާމިދާ ބަލައިލިއެވެ. އެމޫނުމަތިން ހިތްހަމަނުޖެހުމާއި ރުޅިވެރިކަން ފާޅުވަމުން ދިޔައެވެ. އެކުވެރިއަކާއެކު ބޭރަށްދިޔަ އަޖުވަދު އެހައި އަވަހަށް ގެއަށް އައުމުން ހާމިދާ ވަރަށް ހައިރާާންވިއެވެ. ކަމެއް ވަރަށް ގޯސްވެއްޖެކަމުގެ އަލާމާތްތައް އަޖުވަދުގެ ނުރުހިފައި ހުރި މޫނުމަތިން ކިތަންމެ ރަނގަޅަކަށްވެސް ހާމަވަމުންދިޔައެވެ.

“ނައިރާ.” ސިޓިންރޫމަށް ވަނުމަށްފަހު އަޑުގެ ނެތްތަނަށް އަޖުވަދު ހަޅޭލަވައިގަތެވެ. ދެލޯބޮޑުކޮށްލަމުން ހާމިދާ އަޖުވަދުގެ މޫނަށް ބަލައިލިއެވެ. “އަޖުވަދު. ކިހިނެއްވެގެން ތިއުޅެނީ؟ ތީއެހެންނާކަ އެމަންޖެއަށް އަޖުވަދު ގޮވާ ގޮތެއްނޫން.” ހިތްހަމަނުޖެހިފައި ހާމިދާ ބުނެލިއެވެ.

އަޖުވަދުގެ ބާރު ހަޅޭކުގެ ސަބަބުން ސިހިފައި އަވަސް އަވަހަށް ނައިރާ ސިޓިންރޫމަށް އައެވެ. ރުޅިއައިސް ރަތްވެފައިހުރި އަޖުވަދުގެ ނަޒަރު ސީދާ ނައިރާގެ މޫނަށް އަމާޒުވުމާއެކު ބިރުގެންފައިހުރި ނައިރާއަށް ހިންދިރުވައިލެވުނެވެ. މިއީ މުޅިއުމުރުގައިވެސް އަޖުވަދު އަޑުއުފުލައި ނައިރާއާ މުހާތަބުކުރި ފުރަތަމަ ފަހަރުކަމުން އެހިތަށް ބަޔާންކުރަންދަތި ތަދެއް އިހުސާސުވެގެން ދިޔައެވެ. އަލިފާންކަނި ބުރަމުންދިޔަ އަޖުވަދުގެ ދެލޯފެނުމާއެކު ނައިރާގެ ހިތް ނެގިނެގިފައި ޖެހެންފެށިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ުއުފާވެރި ހަޔާތައް އެޅުނު ހިޔަނި

Next

ސިއްރުން މިހިތާ ކުޅެނީހޭ (ތޭރަވަނަބައި)

Next
November 6, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ތޭރަވަނަބައި)

Previews
November 6, 2017

ުއުފާވެރި ހަޔާތައް އެޅުނު ހިޔަނި

63 Comments!

  1. Naufa says:
    November 6, 2017 at 3:32 pm

    Salaam all.. Here is the nxt part of the story.. Thanks all for the support and love u guys r giving.. Let me knw the mistakes ingey so that i cn improve.. Next part tmrw in sha allah.. Ly all❤

  2. Saa says:
    November 6, 2017 at 3:41 pm

    Yay me 1st dhw
    V reethi mi partvx

    1. Naufa says:
      November 6, 2017 at 3:46 pm

      Yah.. Thanks saa

  3. Anonymous says:
    November 6, 2017 at 3:42 pm

    Haadha jury. V reethi mi story

  4. annoying reader says:
    November 6, 2017 at 3:43 pm

    naira and shivan dhuru nukurachey please. and mirzaa ves bust vaane gotheh hadhaba nau. eyrun al and yaish ah ves happy life eh libeyni,varah reethi mi part ves,every day comment nukurevunas read kuran all parts <3

    1. Naufa says:
      November 6, 2017 at 3:47 pm

      Thanks dear.. <3

  5. Limsha says:
    November 6, 2017 at 3:47 pm

    Nice

    1. Naufa says:
      November 6, 2017 at 3:49 pm

      Thanks limsha

  6. Mary says:
    November 6, 2017 at 3:49 pm

    Salhi ?dhen vaany kihinehbaa

    1. Naufa says:
      November 6, 2017 at 3:50 pm

      Thanks mary.. Lets see

  7. minion says:
    November 6, 2017 at 3:52 pm

    Naira bustu wee kanneyge?
    Naira aa shiwan dhuru nukurahchey and yaish awahah e Mirza divorce kuruwan ulheba ?❤

    1. Naufa says:
      November 6, 2017 at 3:54 pm

      Hehe.. Lets see dhw.. Thanks dear❤

  8. Àxu says:
    November 6, 2017 at 3:55 pm

    V nice mi part ves dear…?? when next part????

    1. Naufa says:
      November 6, 2017 at 4:02 pm

      Thanks axu.. In sha allah tmrw?

  9. Mai says:
    November 6, 2017 at 3:56 pm

    Varah loabi mi story?

    1. Naufa says:
      November 7, 2017 at 8:04 am

      Thanks mai

  10. Sidhu says:
    November 6, 2017 at 4:04 pm

    Ohhh…nice

    1. Naufa says:
      November 6, 2017 at 4:10 pm

      Thanks sidhu

  11. Rau says:
    November 6, 2017 at 4:13 pm

    Huriha partehves varah rythi.. naira bust v dhw… dan vaani khneh thw balan…….. waitin….. baraabarah huriha part thah kiyan… varah rythi….

    1. Naufa says:
      November 6, 2017 at 4:19 pm

      Thank u rau

  12. someone says:
    November 6, 2017 at 4:14 pm

    vvvv reethi..dhen vaany kihinehbaa????

    1. Naufa says:
      November 6, 2017 at 4:20 pm

      Thanks someone

  13. sham says:
    November 6, 2017 at 4:24 pm

    you are a good writer nau.mashaa allah …
    love u

    1. Naufa says:
      November 6, 2017 at 4:33 pm

      Thanks sham.. Ly too dear..

  14. xim says:
    November 6, 2017 at 4:26 pm

    V v reethi…….ekm plx naira and shivan dhuru nukurahchey …. Waiting……for next part…..

    1. Naufa says:
      November 6, 2017 at 4:34 pm

      Thanks xim

  15. Kittiy. says:
    November 6, 2017 at 4:29 pm

    Wowwww!!!!!!❤❤❤ v salhi mi vai vx…….❤

    1. Naufa says:
      November 6, 2017 at 4:35 pm

      Thanks kittiy..❤

  16. Eyra says:
    November 6, 2017 at 4:38 pm

    Varah reethi??

    1. Naufa says:
      November 6, 2017 at 4:47 pm

      Thanks eyra❤

  17. Kiyaara says:
    November 6, 2017 at 4:45 pm

    Hey story hama vrh nice can yu tell me one thing that pic ga where is naairaa and where is alkaa

    1. Naufa says:
      November 6, 2017 at 4:48 pm

      Thanks dear.. Naira is on upside.. Thiryga e ee alkaa..?

  18. RIiii says:
    November 6, 2017 at 4:57 pm

    Vvv salhi…. Naira bust v dhw…. Dhen kihinehbaa vaaani….. Waiting….

    1. Naufa says:
      November 6, 2017 at 5:00 pm

      Hehe.. Lets see.. Thanks dear

  19. Shuza says:
    November 6, 2017 at 5:08 pm

    I like ur stories nau varah reethi girl u r ? good writer love u much??

    1. Naufa says:
      November 7, 2017 at 8:05 am

      Thanks alot shuza.. Ly too dear..?

  20. jjey ? says:
    November 6, 2017 at 5:59 pm

    ?? ………………

    1. Naufa says:
      November 6, 2017 at 6:01 pm

      Thanks dear..

  21. Suha says:
    November 6, 2017 at 6:05 pm

    Varah reethi.coment nukohlius suha gavaidhun story kiyan

    1. Naufa says:
      November 6, 2017 at 6:08 pm

      Thanks suha.. Happy to see a comment frm u.. ?

  22. mamee says:
    November 6, 2017 at 6:09 pm

    Vvv salhi mi part ves Nau…???

    1. Naufa says:
      November 6, 2017 at 6:11 pm

      Thanks mamee??

  23. Vaahaka Kiya myha says:
    November 6, 2017 at 6:12 pm

    V reethi… Waiting for the next part… Keep it up nau?

    1. Naufa says:
      November 6, 2017 at 6:13 pm

      Thanks dear..

  24. SJK...KOREAN says:
    November 6, 2017 at 6:48 pm

    ???????
    ???????
    ???????
    I just have nothing to say?
    Waitingsss luv yu
    ???????
    ???????
    ?❤?❤?❤?

    1. Naufa says:
      November 6, 2017 at 6:55 pm

      Hehe.. Thanks my dear sjk.. ?❤?

  25. Sinaa says:
    November 6, 2017 at 7:10 pm

    Wow

    1. Naufa says:
      November 6, 2017 at 7:43 pm

      Thanks sinaa

  26. Shau Aria says:
    November 6, 2017 at 7:36 pm

    Varah varah varah reethi ? Btw buneemehnun yaish ge mom and dad kanneynge ey… Nau ge vaahaka thah varah interesting ?

    1. Naufa says:
      November 6, 2017 at 7:45 pm

      Hehe.. Dhw.. Thanks dear..?

  27. click a shot ? says:
    November 6, 2017 at 8:18 pm

    Mi part ves hama awesome ingey nau..no words to appreciate it…bashuhtije hama…ehaa salhi story eh viyya..alhey nai bust vitha.. omg shivan and nai dhuru nukurachey…waitting ?❤️❤️

    1. Naufa says:
      November 7, 2017 at 8:07 am

      Thank u soooooooo much click.. ?❤

  28. ruhy says:
    November 6, 2017 at 10:32 pm

    varah reethi, mi story

    1. Naufa says:
      November 6, 2017 at 10:34 pm

      Thanks dear

  29. Shiury says:
    November 6, 2017 at 11:11 pm

    Nothing to say.. its amazing.. nau shiu ah vx waahaka liyan dhaskohdhyba.. lol♥♡

    1. Naufa says:
      November 7, 2017 at 8:08 am

      Hehe.. Thanks shiury❤

  30. Ram says:
    November 7, 2017 at 6:29 am

    Vvvv reethi story.keep it up

    1. Naufa says:
      November 7, 2017 at 8:09 am

      Thanks ram

  31. mamee says:
    November 7, 2017 at 7:47 am

    hehehe…..vaahaka kiyaameehehkan engihje namunves v salhi thi enge u ge name.. Heheh.

  32. ino says:
    November 7, 2017 at 7:51 am

    mee varah intresting story eh, yaish and alkaa ge bai varah kiyaa hih vey

    1. Naufa says:
      November 7, 2017 at 8:10 am

      Thanks ino.. Next part in sha allah today.. Liye ninunuhaa avahakah up kuraanan..

  33. ino says:
    November 7, 2017 at 8:03 am

    next part kon irakuntha?????

  34. Shaasha says:
    November 7, 2017 at 10:02 am

    When next part

Comments are closed.

Next Episodeހިތްއެކީ ދެވިއްޖޭ (8)←


All Right Reserved!