ހިތްއެކީ ދެވިއްޖޭ (5)
“ހިނގާ އަހަރެންނާއެކު ދާން. ކާރު އޮންނާނެ އެކޮޅުގަ ޕާރކް ކޮށްފަ.” މަގުގެ އެއްފަރާތަކަށް އިޝާރާތްކޮށްލަމުން ޔައިޝް އަތުގައި އޮތް ކުޑަ ހުޅުވައިލިއެވެ. ހިތްއަވަސްވެފައިވާ ހާލު އަލްކާ ޔައިޝްއާއެކުގައި ހިނގައިގަތެވެ.
ކާރުގެ ކުރީ ޝީޓްގެ ދޮރު އަލްކާ އެރުމަށްޓަކައި ހުޅުވައިލަ ދީފައި ޔައިޝް ގޮސް ޑްރައިވަރ ޝީޓްގައި އިނށީދެ ހަމަޖެހިލިއެވެ. ކާރު ސްޓާރޓް ކޮށްލުމާއެކު ދާންވީ މަންޒިލްގެނަން އަލްކާ ބުނެލިއެވެ. އަދި ބޭރުން ފެންނަމުންދިޔަ މަންޒަރުތަކަށް ނަޒަރު ހުއްޓައިލިއެވެ. ކުޑަ އަޅައިގެންތިބެ އެކިމީހުން މަގުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގަމުންދިޔަ މަންޒަރުފެނުމުން އަލްކާއަށް ހިނިތުންވެލެވުނެވެ.
ކާރު ދުއްވަންއިން ޔައިޝްގެ ނަޒަރު އިރުއިރުކޮޅުން އަލްކާގެ ދޮންމޫނަށް ހުއްޓެއެވެ. ލައިފައިހުރި ހުދުކުލައިގެ ފައިކޮޅަށް އަރާ ހެދުމުން އެރީތިކަން އިތުރުވެފައިވެއެވެ. ކަރުގައި އަޅައިލައިފައި އޮތް ރަންފަށް ވިދަމުންދިޔައެވެ. ޔައިޝްއަށް ހިންދިރުވައިލެވުނެވެ.
“މިއަދު އޮތް ޓެސްޓް ފަސޭހަތަ؟” ދެމެދުގައި އޮތް ހަމަހިމޭންކަން ނައްތައިލަމުން ޔައިޝް އަހައިލިއެވެ. “ޔެސް. ވަރަށް ފަސޭހަ. އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު ނަތީޖާއެއްވެސް ލިބޭނެ.” ބޭރުބަލަންއިން އަލްކާ ޔައިޝްގެ މޫނަށް ބަލައިލަމުން ޖަވާބުދިނެވެ. “ގުޑް.” ޔައިޝް ކުރުޖަވާބަކުން ފުއްދައިލިއެވެ.
އަލްކާއަށް ޔައިޝްގެ މޫނަށް ބަލައިލެވުނުގޮތަށް ހުއްޓުން އަރައިފައި އިނދެވުނީއެވެ. އިރުކޮޅަކު މަގަށް ބަލަން އިނުމަށްފަހު އަލްކާގެ މޫނަށް ބަލައިލި ޔައިޝްއަށް މިތަންފެނުމާާއެކު ހިނިތުންވެލެވުނެވެ. އޭރުވެސް ހުވަފެނީ ދުނިޔެއެއްގައި އިންފަދަ ގޮތަކަށް އަލްކާ އިނެވެ.
“ތިވަރަށް ބަލަނިކޮށް އަހަރެންދެކެ ލޯބިވެވިދާނެ.” ހިނިގަނޑެއް ޖަހައިލަމުން ޔައިޝް އަލްކާ ލަދުގަންނަވާލިއެވެ. ސިހިފައި އަލްކާއަށް ތުންފަތުގައި ދައިގަނެވުނެވެ.
“ސަރ. އަޅުގަނޑު. އުމް. ސޮރީ ސަރ.” އުނދަގޫކަމާއެކު އަލްކާ ބުނެލިއެވެ. “އަލްކާ އުޅެނީ ކުއްޖަކާ ރަށްޓެހިވެގެންތަ؟” ޖަވާާބު އެނގޭއިރުވެސް ޔައިޝް ސުވާލުކޮށްލިއެވެ. “ނޫން.” އަވަސް އަވަހަށް އަލްކާ ޖަވާބުދިނެވެ. “ހާދަ ހީނުވެއޭ. ތިހާ ރީތިކުއްޖެއް ހުސްކޮށް ހުރެފާނެހެން. އެނީވޭސް އެހެންވީއިރު ލޯބިވާކުއްޖެއް ހުރޭތަ؟” ޔައިޝް އަނެއްކާވެސް ކޮށްލީ ސުވާލެކެވެ. “ޔަޕް. ސަރ އެންނު.” ވިސްނައިނުލާ އަލްކާާ ޖަވާބު ދިނެވެ.
ބުނެވުނު އެއްޗެއް އަލްކާއަށް އިހުސާސުވީ ޔައިޝް މަގުގެ އެއްފަރާތަށް ކާރުމަޑުކޮށްލުމުންނެވެ. “ސޯ ޔޫ ލަވް މީ؟” އެއްބުމަ އަރުވައިލަމުން އަލްކާގެ މޫނަށް ބަލައިލުމަށްފަހު ޔައިޝް އަހައިލިއެވެ. “އޭން. ނޫން. އަޅުގަނޑު. އެއީ އޮޅިގެން. ސަރ ރުޅިދުރުވީތޯ؟” ލަދުގަތްވަރުންގޮސް އަލްކާާގެ ދެލޯ ވަގުތުން ފެންކަޅިވިއެވެ. އޭނާވެސް ވިސްނައިނުލާ ޖަވާބުދޭން ވެއްޖެއެވެ. މިހާރު މިބެދުނީ ކިހައިބޮޑު ލަދެއްގައި ހެއްޔެވެ؟ އަލްކާއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ.
“ހެއި. ރޮނީތަ. އަހަރެން ރުޅިއެއް ނާދެއޭ. އެއްބަސް ނުވިޔަސް އަހަރެންނަށް އެނގޭ އަލް އަހަރެންދެކެ ލޯބިވާކަން.” އަލްކާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލަދެމުން މަޑުމައިތިރި ރާގަކަށް ޔައިޝް ބުނެލިއެވެ. އެއާާއެކު އަލްކާ ޔައިޝްގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. އެހައި ސިއްރުކޮށްގެން އުޅުނު ކަމެއް ޔައިޝަށް އެނގުނުގޮތެއް އެއްގޮތަކަށްވެސް އަލްކާއަކަށް ނުވިސްނުނެވެ.
އަލްކާ އޭނާއާ ދިމާއަށް ބަލައިލިގޮތް ފެނުމުން ޔައިޝް ހިނިތުންވެލިއެވެ. “އެއްކަލަ ދުވަހު އަލް ޝަޔާނީ ގާތު އެހެންބުނިއަޑު އަހަރެންނަށް އިވުނީ.” އަލްކާގެ ހިތުގައި އުފެދެމުންދިޔަ ސުވާލުގެ ޖަވާބު ޔައިޝް ދިނެވެ. އޭނާ އެހެންބުނުމާއެކު އެއީ ކޮންދުވަހެއްކަން ވަގުތުން އަލްކާއަށް އެނގުނެވެ. ގަތްލަދުން އިސްޖަހައިލެވުނެވެ.
“އޭއި. ދެން ރުއިން ހުއްޓާލަބަލަ. އެއީ އެވަރުކަމެއް ނޫނޭ. ލޯބިވުމަކީ ކުށެއްނޫން.” އިސްޖަހައިގެން އިން އަލްކާގެ މޫނަށް ބަލަންއިނދެ ޔައިޝް ބުނެލިއެވެ. ނަމަވެސް އަލްކާގެ ފަރާތަކުން އެއްވެސް ޖަވާބެއް ނުލިބުނެވެ. “ތެދެއް ބުނަންތަ؟ އަހަރެންވެސް އަލްދެކެ ވަރަށް ލޯބިވޭ. ނޭނގެ ލޯބިވެވުނީ ކޮންއިރަކު ކިހިނެއްކަމެއް. އެކަމަކު އަލް ފެނުނު ދުވަހުންފެށިގެންވެސް މިހިތަށް ގޮތްތަކެއްވިކަން ޔަގީން. އަބަދު އަލްގެ ހަނދާނުގަ ވަގުތުތައް ހޭދަވެގެން ދަނީ. ދުވަހަކު އަހަރެންގެ ހިތުން އަންހެންކުއްޖަކަށް ޖާގައެއްނުދެން. އެކަމަކު މިހިތް އަލް އަަށްއެދި ގޮވާކަން ކަށަވަރު. ވަރަށް ބޮޑަށް ލޯބިވެވިއްޖެ. އާން އަލް. އަހަރެންގެ ހިތް އެކީ އަލްއަށް ދެވިއްޖެ.” އިސްޖަހައިލަމުން ޔައިޝް އެހެންބުނެލުމާއެކު ދެލޯބޮޑުކޮށްލަމުން އަލްކާ ޔައިޝްގެ މޫނަށް ބަލައިލިއެވެ. ހަގީގަތުގައިވެސް ޔައިޝް އޭނާދެކެ ލޯބިވޭހެއްޔެވެ؟ އޭނާގެ އަލަތު ލޯބި އޭނާއަށް ކާމިޔާބުވަނީ ހެއްޔެވެ؟ ރޮވިފައިއިން އަލްކާއަށް ވަގުތުން ހިނިތުންވެލެވުނެވެ.
“އެކަމަކު އަހަރެން ބޭނުން އަލްގާތު ވަރަށް ބޮޑު ވާހަކައެއްބުނަން. ފަހަރެއްގަ މިބުނާ ވާހަކައިން އަލް އަހަރެން ދެކެ ފޫހިވެސް ވެދާނެ. ތިލޯބި އަހަރެންނަށް ނުލިބިވެސް ދާނެ. އެކަމަކު އަހަރެން ނެތިން އަހަރެން އެންމެ ލޯބިވާ ކުއްޖާއަށް އެއްވެސް ކަމެއް އޮޅުވައިލާކަށް. އަލް އަހަރެންގެ މީހަކަށް ހަދަން ބޭނުމީ އަލްއަށް އަހަރެންގެ ހުރިހައި ހަގީގަތެއް އެނގި ހުރެ. އަލްގެވެސް ރުހުމުގަ.” އިސްޖަހައިގެންއިން ޔައިޝް ވާހަކަކުރިއަަށް ގެންދިޔައެވެ.
ޔައިޝްގެ ވާހަކަތަކުން އަލްކާގެ ހިތް ނުތަނަވަސްވެ ބިރުގަންނަން ފެށިއެވެ. އަނެއްކާ ދާދި ދެންމެއަކު އޭނާއަށް ހީކުރެވުނީ މުޅިން ގޯސްކޮށްހެއްޔެވެ؟ ޔައިޝް ބުނަން އެއުޅެނީ ކޮންވާހަކައެއް ހެއްޔެވެ؟ އެބުނާ ވާހަކައަކުން އަލްކާ ޔައިޝްދެކެ ފޫހިވެދާނޭ އެބުނީ ކީއްވެހެއްޔެވެ؟ އަވަސްވެފައިވާ ހިތަކާއެކު ޔައިޝްގެ ވާހަކަތައް އަޑުއެހުމަށްޓަކައި އަލްކާ ޔައިޝްއާ ވީފަރާތަށް އެނބުރިހަމަޖެހިލިއެވެ.
“އަލް. މުޅި އުމުރުގައިވެސް އަހަރެންްނަަށް ލޯބިވެނުނު ހަމައެކަނި އަންހެންކުއްޖަކީ ތީ. އެކަމަކު.. އެކަމަކު.. އަހަރެންމީ މީހެއްގެ ފިރިއެއް. އަހަރެންގެ އަންބަކު ހުރޭ.” ތުންފަތުގައި ދަތްއަޅައިލަމުން ހިތްވަރުކޮށްފައި ޔައިޝް ބުނެލިއެވެ. އެއާއެކު އަލްކާއަށް ހީވީ އޭނާ ވަށައިގެންވި ދުނިޔެ އެނބުރިގަތް ހެންނެވެ. ގަބޫލުނުކުރެވިފައި ޔައިޝްއާ ދިމާއަށް ބަލަން އޭނާއަށް އިނދެވުނީއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އެދެލޯ ކަރުނުންފުރި ބަންޑުންވަމުން ދިޔައެވެ. އެވާހަކަތަކަށް އޭނާ ދޭނީ ކޮންޖަވާބެއްހެއްޔެވެ؟ ބުނާނީ ފަހެ ކީކޭ ހެއްޔެވެ؟ އަލްކާއަކަށް ނުވިސްނުނެވެ.
“އަހަރެންނަށް އެނގޭ އަލްއަށް ގަބޫލުކުރަން އުނދަގޫވާނެކަން. އެކަމަކު މިއީ ހަގީގަތް. އަހަރެންގެ އަންބަކުހުއްޓެއްކަމަކު އަހަރެން އޭނަ ދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވޭ. އިނދެގެން ތިންމަސްވީއިރުވެސް އަހަރެމެން ދެމެދު އެއްވެސް ގުޅުމެއް ނުވޭ.” ފުންނޭވައެއްލަމުން ޔައިޝް ބުނެލިއެވެ. އަދި އެއްވެސް ފޮރުވެއްނެތި އޭނާއަށް މިޒްރާއާާ ކައިވެނިކުރަން ޖެހުނުގޮތާ އަދި އޭގެފަހުން ކަންތައް ހިނގަމުންދިޔަ ގޮތް ރޮވިފައިއިނދެ ޔައިޝް ކިޔައިދިނެވެ. އޭނާގެ ވާހަކަތަކުން އަލްކާގެ ހިތް ފިސްފިސްވަމުން ދިޔައެވެ. މުޅި ހަޔާތުގައިވެސް އެންމެ ލޯބިވި ފަރާތް އުޅެން ޖެހިފައިވާ ދެރަ ނިކަމެތި ހާލު އެނގުމުން އަސަރު ނުކުރާނީ ކޮންހިތަކަށް ހެއްޔެވެ؟ އަލްކާއަށް ހުރިހައި ވާހަކައެއް ކިޔައިދެވުމުން ޔައިޝްގެ ބޮލުން ބޮޑު ބުރައެއްލުއިވެގެން ދިޔަކަހަލަ އިހުސާސެއް ކުރެވުނެވެ. ދުވަހަކުވެސް އަމިއްލަ ނިކަމެތި ހާލަތު އެއްވެސް މީހަކާ ހިއްސާކޮށްފައިނުވާ ޔައިޝް މިއަދު އެހުރިހައި ވާހަކައެއް އަލްކާއަށް ކިޔައިދެވުމުން ވަނީ ވަރަށް ބޮޑަށް ހަމަޖެހިފައެވެ.
ދޭނެ ވަކި ޖަވާބަކާއިމެދު ވިސްނަންއިން އަލްކާގެ މޫނަށް ޔައިޝް ބަލައިލިއެވެ. އޭރު ގިނައިރު ރޮއިމުގެ ސަބަބުން އެދޮންމޫނު ވަނީ ރަތްވެފައެވެ. “އަލް ބޭނުން ނެތިއްޔާ އަހަރެންނަށް އޯކޭއޭ އަހަރެންނާ ނުގުޅުނަސް.” މިލައިފައިވާ އެދޮންރީތި މޫނަށް ބަލަންއިނދެ ޔައިޝް ބުނެލީ ހިތާމެވި ރާގަކަށެވެ.
“ނޫން. ތިހެން ނުބުނޭ. އަޅުގަނޑު ސަރ ދެކެ ލޯބިވީ ތިހުރިހައި ކަމެއް ބަލައިފައެއްނޫން. ސަރ ގެ އެއްވެސް ހަގީގަތެއް ނޭނގޭ ހާލު އަޅުގަނޑަށް ސަރ ދެކެ ލޯބިވެވުނީ. ދެން މިހާރު ތިހުރިހައި ކަމެއް އެނގުމަށްފަހު އަޅުގަނޑުގެ ލޯބި ފަޑުވާންވީ ކީއްވެ؟ ވަރަށް އުފާވެއްޖެ އެއްވެސް އޮޅުވައިލުމެއްނެތި ސަރ ހުރިހައި ވާހަކައެއް ކިޔައިދިނީމަ. އަޅުގަނޑު އިއްޔަވެސް އަދި މިއަދުވެސް އަދި މުޅި އުމުރަށްވެސް ލޯބިވާނީ ސަރ ދެކެ. އިތުރު މީހަކަށް ދެން މިހިތަކުން ޖާގައެއް ނުދެވޭނެ. ދުވަހަކު ފުހެވިގެން ނުދާފަދަ ގޮތަކަށް ސަރގެ ސޫރަ އަޅުގަނޑުގެ ހިތުގަ ބިންވަޅު ނެގިއްޖެ. އަޅުގަނޑު ބޭނުން ސަރ އަށް ހައްގު ލޯބިދޭން. އެކަމަކު ސަރ އެފުރުސަތު އަޅުގަނޑަށް ދޭންބޭނުންވާނަމަ.” މަޑުމައިތިރި ކަމާއެކު އަލްކާ އޭނާގެ ހިތުގެ ހާލު ޔައިޝްއަށް ބަޔާންކޮށްދިނެވެ.
އަލްކާގެ ވާހަކަތުން ހިނިތުންވެވުނު ޔައިޝްއަށް އެއްވެސް ވިސްނުމަކާއި ނުލާ އަލްކާގެ ނާޒުކު ހަށިގަނޑުގައި އޮޅުލައިގަނެވުނެވެ. އަލްކާވެސް ޔައިޝްގެ މިއަަމަލަށް މަރުހަބާކީ އުފަލާއެކުގައެވެ. “އައި ލަވް ޔޫ އަލް.” ވައިއަޑުން ޔައިޝް އަލްކާގެ ކަންފަތް ކައިރީގައި ބުނެލިއެވެ. “އައި ލަވް ޔޫ ޓޫ ސަރ.” އަލްކާއަށްވެސް ބުނެލެވުނެވެ.
“އަދިވެސް ސަރ ތަ ކިޔަނީ؟ ދެން ތިހެން މުހާތުބުކުރުން ހުއްޓާލަން ވެއްޖެއްނު.” ލާނެތް ފާޑަކަށް ހެމުން އަލްކާގެ ކޮލުގައި ހިފައިލައިފައި ޔައިޝް ދިމާކޮށްލިއެވެ. އެއާއެކު އެދޮން ކޯތާފަތަށް ޖަންބުކުލަ އަރައިގެން ދިޔަައެވެ. “ސޮރީ ސަރ. އޫޕްސް. އައިމީން ޔައިޝް.” ހިނިގަނޑެއް ޖަހައިލަމުން ލަދުގަނެފައި އިނދެ އަލްކާވެސް ޔައިޝްގެ ސަމާސައިގައި ބައިވެރިވެލިއެވެ. އުފާވެރި ވަގުތުކޮޅެއް އެކުގައި ހޭދަކޮށްލުމަށްފަހު ޔައިޝް ކާރު ދުއްވައިލީ އަލްކާއަށް ލަސްވެދާނެތީއެވެ.
** ** **
ސްކޫލް ނިންމައިފައި ނުކުތް ނައިރާ މަގުގެ ދެފަރާތް ހޯދައިލިއެވެ. ބައްޕަ ގާތުގައި މިއަދު ގެއަށް ދާނީ އެކުވެރިންނާއެކުގައި ކަމަށް ބުނެފައިވުމުން އަޖުވަދު އޭނާ ބަލައެއް ނާދެއެވެ.
މައުރީން މެންނާއެއްކޮށް ނައިރާ ހިނގައިގަތެވެ. ހިތް އަވަސްވެފައިވާ ނައިރާ އިރުއިރުކޮޅާ އެކިފަރާތް ފަރާތް ހޯދައިލައެވެ.
“އެއިނީ ތިހޯދާ މީހާ.” މަގުގެ އެއްފަރާތުގައި ޕާރކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިނށީދެލައިގެން އިން ޝިވަން ދައްކައިލަމުން ސިއްރު ސިއްރު މައުރީން ބުނެލިއެވެ. އެއާއެކު ނައިރާ އެދިމާއަށް ބަލައިލިއެވެ. ޝިވަން ފެނުމާއެކު އެމޫނުމައްޗަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ.
ނައިރާ ގާތު ގުޑް ލަކްއޭ ބުނެލުމަށްފަހު މައުރީން ޖެހިގެންއިން ގޯޅި އަޅައިލިއެވެ. ލަދުވެތިގޮތަކަށް ހިނގައިފައިގޮސް ނައިރާ ޝިވަންގެ ކުރިމައްޗަށް ހުއްޓިލިއެވެ. “ހާއި.” ދަބަހުގެ ވާގަނޑާ ކުޅެމުން ނައިރާ އެހެން ބުނެލުމާއެކު އިސްޖަހައިގެންއިން ޝިވަން ސިހިފައި ބަލައިލިއެވެ.
ހިނިތުންވެލި ނައިރާގެ މޫނަށް ގަބޫލުނުކުރެވިފައި ބަލަން ޝިވަން އަށް އިނދެވުނެވެ. މިއީ އަނެއްކާ ހުވަފެނެއް ބާވައެވެ؟
“އަހަރެންދެކެ ރުޅި އައިސްފަތަ؟ ވާހަކައެއްވެސް ނުދައްކާނަންތަ؟” ޝިވަން ބަހެއްނުބުނުމުން ނައިރާ ހިތުގައި ޖެހުނެވެ. ނައިރާ ދެރަވިކަން އެނގުމާއެކު އަވަސް އަވަހަށް ޝިވަން ދެފަރާތަށް ބޯހޫރުވައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
“އަހަރެން ބޭނުން ޝިވަން ގާތު ވާހަކައެއް ބުނަން.” ޝިވަންގެ ނަޒަރުތަކުން ކުޑަކޮށް ރަކިވެފައި އިނދެ ނައިރާ ބުނެލިއެވެ. “ކޮންވާހަކައެއް؟” ޝިވަންގެ ހިތް އާދަޔާ ޚިލާފަށް ތެޅެންފެށިއެވެ. “އެކަނި ބައްދަލުކޮށްލެވިދާނެތަ؟” ހިސާބަކަށް ޖެހިލުންވެ ހުރެ ނައިރާ ވެސް ކޮށްލީ ސުވާލެކެވެ. “ހޫމް.” ކުރުޖަވާބަކުން ޝިވަން ފުއްދައިލިއެވެ. “އޯކޭ. އެހެންވީއިރު މިރޭ 8 އަށް ރަސްފަންނުގައި ހުރި އެއްކަލަ ޖޯލިފައްޗަށް.” އަންނަންވީ ތަނާއި ގަޑި ބުނެލަމުން ނައިރާ ހިނިތުންވެލިއެވެ. ބަދަލުގައި ބޯޖަހައިލަމުން ޝިވަންވެސް ހިނިތުންވެލިއެވެ. އޭނާގެ ހުވަފެންތައް އަނެއްކާ ހަގީގަތަކަށް ވާން އުޅެނީބާވައެވެ؟
އިޝާނަމާދުން ފޭބި ނައިރާ އަވަސް އަރުވައިލައިފައި ތައްޔާރުވަމުން ދިޔައެވެ. ލާނެ ހެދުމަކާއިމެދު ވިސްނަން އިރުކޮޅަކު ހުރުމަށްފަހު އަލަމާރިތެރެ ހާވަންފެށިއެވެ.
މައުރީންގެ ފޯން ކޯލާއެކު ތުންފަތުގައި މަޑު ރަތްކުލައިގެ ލިޕްސްޓިކް ޖައްސައިލަމުން ގަޔަށް ސެންޓުކޮޅެއް ޖަހައިލިއެވެ. އަދި އަތްދަބަސް ހިފައިގެން އަވަސް އަރުވައިލައިފައި ގެއިން ނުކުންނަން ހިނގައިގަތެވެ. މައުރީންއާއެކު ހިނގައިލަން ދަނީކަމަށްބުނެ ނައިރާ ގެއިން ނުކުތެވެ.
“ހައެ ހައޭ. ހާދަ ޗާލޭދޯ. މިރޭ ޝިވަންގެ ހިތް ނައި ފެނިފަ އޭގެމަގާމުން ނުކުމެގެން އަންނާނީ ކަންނޭނގެ. އެހައިވެސް ރީތި މިރޭ އެނގޭ.” ނައިރާގެ ކޮނޑުގައި ޖެހިގަންނަމުން މައުރީން ދިމާކޮށްލިއެވެ. ކަޅިއަޅައިލަމުން ނައިރާ މައުރީންގެ ކޮނޑުގައި ޖަހައިލިއެވެ.
އެކިސަަކަރާތުގައި ތިބެ ދެމިހޫން ރަސްފަންނަށް ދިޔައިރު ކުރިން ރެއެކޭވެސް އެއްގޮތަށް އެޖޯލިފަތީގައި ޝިވަން އިނެވެ. މައުރީން ގާތު ދަނީކަމަށްބުނެ ނައިރާ ޝިވަންއާ ދިމާއަށް ހިނގައިގަތެވެ.
“ހެއި. ވަރަށް ގިނައިރު ވެއްޖެތަ މިތާ އިންނަތާ؟” ޝިވަންއާާ ޖެހިގެންއިން ޖޯލީގައި އިނށީދެލަމުން ނައިރާ އަހައިލިއެވެ.ކުޑަކޮށް ވިއްސާރަކޮށް އޮތް ރެއެއްކަމުން އެހިސާބުގައި މީހުން ތަންކޮޅެއް މަދެވެ. ނައިރާ ފެނުމާއެކު ހުއްޓުންއަރައިފައި ޝިވަންއަށް އިނދެވުނީއެވެ. ދުވަހަކުވެސް ނައިރާ އެހައި ރީތިވެގެން ހުއްޓައެއް އޭނާ ނުދެކެއެވެ. ވިލުނޫކުލައިގެ އަތްކުރު ގަޔަށް ހިފައިފައިހުރި އެދިގު ހެދުމުގެ ސަބަބުން ނައިރާގެ ލޫޅާފަތި ރީތި ހަށިގަނޑުގެ ބައްޓަންތައް ހާމަވަމުން ދިޔައެވެ. އެފަންރީތި އިސްތަށިގަނޑުވަނީ ހަމައެކުލައިގެ ވޫލްކޮޅަކުން މައްޗަށް ނަގައި އައްސައިލައިފައެވެ. ކަންފަތް ކައިރިން ވައްޓައިލައިފައި އޮތް ކުޑަ އިސްތަށިކޮޅުގެ ސަބަބުން އެރީތިކަން އިތުރަށް ފުރިހަމަކޮށްދެއެވެ.
“ނޫން. ހަމަ ދެންމެ މިއައީ.” ޝިވަންއަށް ޖަވާބުދެވުނީ ކުޑައިރުކޮޅެއް ފަހުންނެވެ. “ވަރަށް އުފާވެއްޖެ މިތަނަށް އައިމަ. ވާހަކައެއް އަހާލަންތަ؟” ނައިރާ ގެ ސުވާލަށް ޝިވަން ބޯޖަހައިލިއެވެ. “ރޭގަ އަހަރެމެންނާ ދިމާކުރި ދެމީހުން ކީއްވެ ޝިވަން ދެކެ އެހައި ބިރުގަތީ؟” ނައިރާގެ ސިކުނޑީގައި ރެއިންސުރެ އުފެދިފައިވި ސުވާލު ކޮށްލިއެވެ. އެއާއެކު ޝިވަން ހީލިއެވެ. އެތަންފެނި ނައިރާގެ ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ.
“ކުރިން އަހަރެންނާ އެމީނުންނާ ދޭތެރޭގަ ވަރަށް ބޮޑު މައްސަލައެއް ޖެހުނު. އެފަހަރު ނިކަން ރަނގަޅު ފިލާވަޅެއް އެމީހުންނަށް ދިނިން. އެކަން އަދިވެސް އެމީހުންގެ ހިތަކުން ނުފިލާ. ހެހެ. އެހެންވެ އެހައި ބިރެއް އެގަތީ.” ގަޔާވެފައި ކުރުގޮތަކަށް ޝިވަން ކިޔައިދިނެވެ. ނައިރާވެސް ޝިވަންގެ ވާހަކައިގައި ބައިވެރިވެ ހިނިތުންވެލިއެވެ.
“ކޮންވާހަކައެއްތަ ބުނަން އުޅުނީ؟” ހިނިތުންވެލައިގެން އިން ނައިރާއާާ ހަތަރުކަޅި ހަމަކޮށްލަމުން ޝިވަން އަހައިލިއެވެ. ޝިވަންގެ ސުވާލާއެކު ނައިރާ ހާސްވަމުން ދިޔައެވެ. ދެއަތް ދެއަތާ މޮޑެމުން ވާހަކަ ފަށާނެ ގޮތަކާމެދު ވިސްނަންއިން ނައިރާ ފުންނޭވައެއްލުމަށްފަހު ޝިވަންގެ މޫނަށް ބަލައިލިއެވެ.
“ޝިވަން އަސްލުވެސް ހެޔޮލަފާ ރަނގަޅު މީހަކަށް ވާން ބޭނުންތަ؟” ދުރަށް ނަޒަރު ހިންގައިލަމުން ނައިރާ އަހައިލިއެވެ. އެއްވެސް ޖަވާބެއް ޝިވަންގެ ފަރާތުން ނުލިބުމުން ނައިރާ ބަލައިލިއެވެ.
“ކީއްވެ އެއްޗެކޭ ނުބުނީ؟” ދެންވެސް ނައިރާ ކޮށްލީ ސުވާލެކެވެ. “އަހަރެންގެ ސިފައަށް ގެނެސްފަހުރި ބަދަލުތަކުން ނައިއަށް އެކަމެއް ނުވިސްނޭތަ؟” ޖަވާބު ދިނުމުގެ ބަދަލުގައި ޝިވަންވެސް ކޮށްލީ ސުވާލެކެވެ. ނައިރާ ދެފަރާތަށް ބޯހޫރުވައިލިއެވެ.
“އަސްލު ރޭގަ ވަރަށް އުފާވި ޝިވަން ތިގޮތަށް ހުއްޓަ ފެނުމުން. އިހުސާސުވި ޝިވަން އަހަރެންދެކެ ލޯބިވާވަރު.” ހެދުމުގައި ހުރި ކުދިކުދި މާތަކާ ކުޅެމުން ނައިރާ ބުނެލިއެވެ. “ޝިވަން. އަހަރެން ބޭނުން ޝިވަން އަށް އެހީވާން. އަހަރެންގެ އެހީ ބަލައިގަންނާނަންތަ؟” ހިސާބަކަށް ޖެހިލުންވެފައި އިނދެ ނައިރާ އަހައިލިއެވެ. ގަބޫލުނުކުރެވިފައި ނައިރާގެ މޫނަށް ބަލަން ޝިވަންއަށް އިނދެވުނީއެވެ. މިއީ ދުވަހަކުވެސް ނައިރާ ޝިވަން އާ ވާހަކަދެއްކި ގޮތެއް ނޫންވިއްޔާއެވެ. ގަބޫލުކުރަން އުނދަގޫވަނީ އެހެންވެއެވެ.
“ނޫން ނައި. ވަރަށް ބޮޑަށް ޝުކުރިއްޔާ. އެކަމަކު ދެން އަހަރެން ނައިގެ އެހީއެއް ބޭނުމެއްނޫން. ﷲ އިރާދަފުޅުން އަހަރެންނަށް އެކަނިވެސް މިކަން ވާނެ. އެހެންމީހަކަށް އަހަރެންގެ ސަބަބުން ބޮޑު ތަކުލީފެއް އުފުލަން ޖައްސާކަށް އަހަރެން ބޭނުމެއްނޫން.” އެހެން ބުނެލުމަށްފަހު ޝިވަން އިންތަނުން ތެދުވިއެވެ. ސިހިފައި ނައިރާއަށް ޝިވަންގެ މޫނަށް ބަލައިލެވުނެވެ. މިވީ ކިހިނެއްހެއްޔެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
65 Comments!
Comments are closed.







Hey all.. Aslu maadhan vx exam onnathy story nuliyan iny.. Ekm hama liyaa hithun kei nuvy.. Hehe.. So here is the next part.. Let me knw the mistakes.. And miyadhahfahu knme day ehgavx mi story up kohdheyne vaahaka bunelan.. ?
Wow…varah salhi mi part ves…alhe shivan kihineh ehedhy…naira eyna kairiah aima ufaavaan jeheyne ehnun…??
Hehe ya dhw.. Thanks click?
Varah loabi .ill be waiting next part akah..?
Thanks mai
alhey dhen vaany kihinehbaa?????nai ah ehn hadhaakahnuvaanu ???v obi mi partvess well done dr next part v eba kiyaahihvay???avahah up kohladhehchey ly???
me lst dhw hipee hipyse ????????
Lets see dhw wat hppns.. Hehe.. Thanks nuz
Ooo…vvv reethi…hihthalhu vaalaafa thi ninmaalee ingey naufa…vv kiyaalaa hithun meenee nxt part
Thanks lam❤
Wowwww….. Nau… It’s soooooo nice… Aslu vx v v v reethi ingey… N I’m very happy because knme dhuhaaku up kohdheynamey bunyma…. Keep it up…. Waiting waiting waiting…..
Thanks dear..
Vvv reethi…adhives kiyaahiyyanee..next part konirakuntha ??
Thanks mary.. In sha allah tmrw
alhey v ufaa vege?Thanx naufa.story v reethi.kiyaahithun hudaa kome dhuvahaku thi nimaalanee? hehehe
Hehe.. Thanks dear..
Varah salhi mi vaahaka…
Thanks rau
Wow v reethi ….waiting for next part
Thanks xim
awlнey мι ѕтory reeтнι ĸann
.. awaнaн υp ĸoввa dнen ιnn parт weѕ… can’т waιт тo read ιт…❤❤❤
Thanks dear.. ❤
ME FIRST DHO. V SALHI MI PART VES WAITING FOR NEXT PART
Thanks rsh
M fast dhw….hehehe alhy haadareechy..v nice mi part ves.????
Thanks bao
wowww. speachless hama. waiting 😀
Hei sjk.. Sry ingey bxy koh ulheythy comment ah rep nudhevuny.. Bt happy to see ur comment.. Thanks dear.. ❤
its okay 🙂
you can take ur own time. asu varah ufaavey nau gavaidhun up kohdheythee. thanks for that. n the story hama fab!!! 😀
Thanks dear.. ?
u’re most welcome <3 <3
Alhe dhen Nairaa buneba loabiveyey
Hehe. Lets see wat she do.. Thanks reader..
Thank u so much nau n masha allah stry obiness to the max v v v hbeys mi stry v kiyaahithun kiyaa stry eh mi ee thanks 4 the luvly stry ly????❤❤?????❤???????????
Thanks dear.. ??
v nice Tq NaufA
Wlcm and thanks sheen
Hi konme dhuva haku 2 part up kobal pls i can’t wait
Hehe.. Thanks noora.. Will try ingey dear
Wowww!its really nice???????????????????????
Thanks sana
vvvv salhi enge …v higaemu vaahakaeh mee…????
Thanks mamee❤
nau … vrh reethi mi part
Shivan a nice n unique name
luv this stry ?????
Thanks unaal.. ?
???. Cant wait ?
Thanks jjey?
Woww
Thanks sinaa
Haadha thafaathu 2 loves story ey mi vaahakaige annaneee… varah reethi.. varah kiyaa hiyvey… best of luck….
Thanks shaai
Nice story…i love it
Thanks dear..
ވަރަށް ރީތި
Thanks dear..
varah varah reethi .ivaahaka varah hinhanmajehey mi vaahakaaa
Thank u
Keep it up..thnkx a lot…?????? waiting
Thanks
Mashaa Allah varah salhi mi part vess
Thanks nuha
hama habeys
nice
Thank u
you are my favourite writer……
Thanks dear