ހިތުގެ ތެޅުން (2ވަނަ ބައި)
ނިހާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހެން ފެށިއެވެ. މުޅިމީހާ ތުރުތުރު ލާންފެށިއެވެ. ނޭވާލާން އުދަގޫވާން ފެށިއެވެ. ނަމަވެސް އެނުލަފާމީހާ ދިޔައީ އޭނާގެ ވަހުޝީކަމުގެ ދަލުގައި ނިހާ ޖެއްސޭތޯބަލަމުންނެވެ.
“ހެޔޮނުވާނެ އަހަރެން ދޫކޮއްލާ… އަހަރެންނަށް ވަރަށް ތަދުވޭ….. ” އުނަގަނޑުގައި އަޅުވާފައިވާ އަތް ނައަޓާލަން މަސައްކަތްކުރަމުން ނިހާ ވާހަކަ ދެއްކިއެވެ.
“ނިހާ…. ނިހާ….. ” ތަންކޮޅެއް ދުރުން އިވުނު އަދީލްގެ އަޑާއެކު އެމީހާ ނިހާގެ ގައިން ދޫކޮއްލިއެވެ.
“ދޮންބޭ….” ނިހާ އަދީލްގެ ފަހަތުގައި ހުއްޓި މަޑުމަޑުން ގޮވާލިއެވެ.
“ނިހާ؟؟؟؟ ކިހިނެއްވެފަ ތިހުރި؟؟؟؟ ” ކަރުނައިން ފުރިފައިވާ ނިހާގެ ލޮލަށް ބަލަންހުރެ އަދީލް ސުވާލުކުރިއެވެ. އޭރުވެސް ނިހާއަށް ގިސްލެވެނީއެވެ.
“ދުވަހަކުވެސް އަހަރުމެންނާ ވަކިން ތަނަކަށް ނުދާތީ އެކަމާ ދެރަވެގެން އެ މަންޖެ އެއުޅެނީ…” ފަހަތުން އިވުނު އަހުމަދުގެ އަޑަށް ދެމީހުންނަށް އެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ.
ނިހާ މަޑުހިގުމެއްގައި ގޮސް ލޯންޗަށް އަރާ ހަމަޖެހިލިއެވެ. ނަމަވެސް ނިހާގެ ހިޔާލުގައިވަނީ މާ ދުރުގައެވެ. “އަހަރެންނަށް އުފާވެރި ދިރިއުޅުމެށް ދުވަހަކުވެސް ލިބޭނެބާ؟؟؟ މި އަނިޔާވެރިކަމުން އަހަރެންނަށް ސަލާމަތް ވެވޭނެބާ؟ ދޮންބެ އަށް ހަގީގަތް ކިޔާދޭންވީ ކަންނޭގެ…. އެކަމަކު އޭރުން ދޮންބެ ވަރަށް ދެރަވާނެ… އެ އަނިޔާވެރިޔާގެ ދުވަސް ދުއްވާލާނެ…. ” ހިޔާލެއްގައި އިން ނިހާ ސިއްސައިގެން ދިޔައީ އަދީލް އޭނާގެ ކޮޑުގައި އަތް އަޅާލުމުންނެވެ.
“ކީއްވެފަތަ ނިހާ ތި އިންނަނީ؟؟ ނިހާ ދާންބޭނުން ނޫނިއްޔާ ބުނެލަބަލަ… އޭރުން ދޮންބެ ނިހާ ނުގެންދާނަމޭ… ” އަދީލް އޯގާތެރިކަމާއެކު ވާހަކަ ދެއްކިއެވެ. ނަމަވެސް އަދީލްގެ އަޑުގައިވާ ހިތާމަ ނިހާ ދެނެގަތެވެ.
“ނިހާގެ ބޮލުގައި ރިއްސަނީ…. ކުޑަކޮށް ހޮޑުލަވާ ގޮތވެސްްވެފަ މި އިންނަނީ…” ނިހާ އަދީލްއާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.
ހީލާފައި އަދީލްގޮސް އޭނާގެ ދަބަހުން ބޭސްގުޅައެއް ނަގައިގެން ގެނެސް ނިހާގެ އަތަށްދިނެވެ.
“މިކާލައިގެން ނިދާލާ….. މިހާރު އެއުޅެނީ ލޯންޗުވެސް ނައްޓާލަން…. ” ފެންފުޅި ދިއްކޮއްލަމުން އަދީލް ވާހަކަ ދެއްކިއެވެ.
ނިހާ ބޭސް ކައިގެން ސީޓުގައި ހަމަޖެހިލިއެވެ. ލޯންޗުގެ އިންޖީނު ސްޓާޓުކޮއްލި އަޑު އިވުމުން ނިހާ ތެދުވީ ފަހުފަހަރަށް މަންމަދެކިލުމަށެވެ. އޭރު ޝާއިރާ ހުރީ ތަންކޮޅެއް ދުރުގައި ކަމުން ނިހާ ކޮޅަށް ތެދުވެ މަންމައަށް ހަނާ އަޅާލިއެވެ. ޝާއިރާވެސް ކަރުނުން ފުރިފައިވާ ލޮލަކުން ނިހާއަށް ބަލާލަމުން ހަނާއަޅާލިއެވެ.
“ނިހާ…. ” ނިހާ ކޮޅަށްހުރިތަން ފެނުމުން އަދީލް ގޮވާލިއެވެ.
ނިހާ އަދީލްއަށް ބަލާލާފަ ހިނިތުންވެލަމުން ކުރިންވެސް އޮތްތަނުގައި އޮށޯވެލިއެވެ. ރޭގަނޑު ނުނިދާ ހުރުމުގެ ސަބަބުން ނިހާއަށް ނިދުނެވެ.
އެއްވެސް މީހެއްގެ ހިލަމެއްވާން ނެތުމުން ނިހާ ހުރީހާސްވެފައެވެ. މަންމަ އަށް ގޮވަމުން ކުރިއަށް ދަނިކޮށް އަދަވަޅަކަށް ނިހާ ވެއްޓުނެވެ. ނިހާއަށް ވަރަށް އަނިޔާވިއެވެ. ގައިގެ އެތަން މިތަނުގައި ރިއްސަންފެށުމުން ނިހާ އަށް ރޮވުނެވެ. އެވަގުތު ނިހާގެ ގައިގާ މީހަކުއަތްލިހެން ހީވެގެން ފަސްއެބުރި ބަލާލެވުނެވެ. އެއްވެސް ފޭރާމެއްނެތް އެމީހާގެ ހަށިގަޑު ފެނުމުން ނިހާއަށް މޫނުގައި އަތްއަޅާލެވުނެވެ. އެމީހާ މަޑުމަޑުން ނިހާއާ ކައިރިވަމުން ދިޔައެވެ. ނިހާގެ ހިތް ތެޅިގަތްވަރުން ހީވީ ދެންމެދެންމެ ބޭރަށް ނުކުމެދާނެ ހެންނެވެ. އެހެންމީހެއްގެ ހިލަން ވުމުން ނިހާ މޫނުން އަތްނެގިއެވެ. ކުރިމަތީގައި ހުރި ޝާއިރާ ފެނުމުން ނިހާއަށް ހިނިތުންވެވުނެވެ. އެނުލަފާ ފިރިހެނާ ހިފެހެއްޓުމަކީ ޝާއިރާއަށް ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ. އޭނާ ނިހާއާދިމާއަށް ބަލަންހުރީ އެތައްދުވަހެއް ވަންދެން ހައިވެފައިވާ ވަލުޖަނަވާރަކަށް އޭތީގެ ޝިކާރަ ފެނުމުން ބަލާފަދަ ގޮތަކަށެވެ.
“ނިހާ….. ” ގަދައަށް ވައިޖެހެމުން ދިޔައިރުވެސް ނިހާދާހިއްލާފައި ވާތަން ފެނުމުން އަދީލް ނިހާކައިރިއަށް އައެވެ.
“އަހަރެން ގައިން ދޫކުރޭ… ” އަދީލްގެ އަތް ފޮޅުވާލަމުން ނިހާ ހަޅޭލަވައިގަތެވެ. އަދީލް އަށް ހައިރާންވެފާ ނިހާއަށްބަލަން އިދެވުނީއެވެ.
“ކޮއްކޯ…. މީ ދޮންބެ އޭ… ” ނިހާގެ ކޮޑުގައި ހިފާތަޅުވާލަމުން އަދީލް ބުނެލިއެވެ.
ނިހާއަށް ހުވަފެނީ އާލަމުން ބޭރުވެވުމާއެކު ހަމަޖެހިލާން މަސައްކަތް ކުރިއެވެ. ބިރުވެރި ހުވަފެނެއް ފެނުނީކަމަށް ނިހާ އަވަސް އަވަހަށް ބުނެލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.

haadha kurukoshey mifaharu genehsa myndhee. but story varah nice. dhn faharaku dhigu kohlaane kamah unmeedhu kuran
Haadha kurey
Chee dhen buves kiyaanan. Kuru kurukoh upves vanee garunakun
V salhi adhithiajvure dhigu kolaa
v bodah sry eha kurukoh liyevunyma dhn liyaanan dhigukoh… and thanku for the comments