Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ތެޅުން

neema Level 1
February 16, 2014 3 Mins Read
0 Comments

ގޮޑުދޮށުގައި އިށީދެލައިގެން އިން ނިހާގެ ނަޒަރުހުއްޓިފައިވަނީ އޮއްސެމުން ދިޔަ އިރާދިމާލަށެވެ. ނިހާގެ ލޮލުން ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. ނިހާގެ އުމުރުން 20 އަހަރުވެފައި ވާއިރު، ހަދާން ހުންނަން ފެށީއްސުރެ ކޮންމެ ރެއެއްވެސް ވެފައިވަނީ ވޭނާއި ހިތް ދަތިކަމުން ފުރިގެން ވާ ރެއަކަށެވެ. އަނިޔާވެރިކަމާއި އެތަށް ވޭނެއް ތަހަންމަލް ކުރަން ޖެހިފައިވާރެއަކަށެވެ. ނިހާވަނީ މި އަނިޔާތަކުން ސަލާމަތް ކޮށްދޭނެ އެހީތެރިއަކަށް ބޭނުނަވެފައެވެ. އުފަލާއި ހިތްހަމަޖެހުމުން ހިތް ފުރާލަން ބޭނުންވެފައެވެ. ނަމަވެސް އެކަން ވާނެ ކަމަށް ނިހާ އެއްވެސް އުންމީދެއް ނުކުރެއެވެ.

އިރުއޮއްސި އަދިރިވުމުން ނިހާ ގެއަށް ދާން ހިގައިގަތެވެ. އެގެއަށް ދާން ބޭނުން ނުވި ކަމުގައިވިޔަސް އިތުރު އެހެން ގޮތެއް ނެތުމުން ދަނީ އެވެ. ގޭގެ ދޮރުން ވަދެވެނު އިރު ގޭތެރޭގައި އިން މީހާ ފެނުމުން ނިހާގެ ފިޔަވަޅު ހުއްޓުނެވެ. ތުންފަތް މައްޗައް ހިނިތުންވުން ވެރިވީ ލިބުނު ހިތް ހަމަ ޖެހުމެއްގެ ބޮޑުކަމުންނެވެ. އެތަށްދުވަހެއްފަހުން ބޮޑުބޭބެ ފެނުމުން ނިހާހުރީ ގަޑުވެފައެވެ. ނިހާ ލޯބިން އަދީލްއައް ދޮންބެ ކިޔަސް އެއީ ނިހާގެ މަންމަގެ ހަމައެކަނި ހުރި ބޭބެއެވެ. އަދީލްއަކީ ބޯޓުދަތުރުކުރާ މީހެއްކަމުން ރަށައް އާދެވެނީ ވަރައްމަދުންނެވެ. ނަމަވެސް އަދީލް ރަށުގައި ހުންނަ ދުވަސް ތަކަކީ ނިހާއަށް އެންމެ އުފާވެރި ދުވަސް ތަކެވެ

“ނިހާ” އަދީލް އަށް ނިހާފެނުމުން ވަރަށް ލޯބިން ގޮވާލިއެވެ.

“ކީއްވެފަ މާދުރުގަ ތި ހުންނަނީ؟” ނިހާއާ ދިމާއަށް ހިގައިގަންނަމުން އަދީލް ވާހަކަ ދައްކަން ފެށިއެވެ.

“ކަމެއްނުވޭ…. ދޮންބެ ކޮންއިރަކު ރަށަށް އައީ؟” ނިހާ އިސްޖަހާލައިގެން ހުރެ މަޑުމަޑުން ޖަވާބުދިނެވެ.

“ދޮންބެ މިއައީ ނިހާ ބަލާ… ކިޔަވާނިމުނު ގޮތަށް ތި ހުންނަނީ ވިއްޔާ….. ދޮންބެ ބޭނުންވަނީ ނިހާ ކިޔަވައިގެން ރަނގަޅު ވަޒީފާއަކަށް ދާން” ނިހާގެ ބޮލުގައި ފިރުމާލަމުން އަދީލް ބުނެލި ވާހަކައިން ނިހާގެ ހިތް އުފަލުން ފުރުނެވެ.

“އެކަމަކު؟؟؟؟؟” ނިހާއަށް ޖުމުލަފުރިހަމަ ކޮށްނުލާ ބަލާލެވުނީ ބައްޕައާ ދިމާއަށެވެ.

“އަހުމަދުބެވެސް ބޭނުންވެޔޭ ނިހާއަށް ކިޔަވަދޭން…… ނިހާ ދާނަން ދޯ” ނިހާގެ ސުވާލުގެ ޖަވާބުދިނީ އަދީލްއެވެ.

ނިހާއަށް ހައިރާންވެފައި ބަލާލެވުނީ އަހުމަދުއާ ދިމާލަށެވެ. އަދީލް އެބުނަނީ ތެދެއްކަމުގައި ނިހާއަށް ގަބޫލު ނުކުރެވުނީއެވެ.

“ކޮންއިރަކުންތަ ދޮންބެ ދަނީ؟” ނިހާ އަވަސް އަވަހަށް އަހާލިއެވެ. އެންމެދުވަހަކުވެސް އެރަށުގައި ހުންނަން ނިހާ ބޭނުން ނުވަނީ އެވެ.

“މާދަމާ ހެނދުނު…. މިރޭގަ ދެން ފޮށި ތައްޔާރުކުރޭ…. ހުރިހާކަމެއް މިރޭނުވެއްޖެއްޔާ މާދަމާވެސް މިކޮޅުގައި މަޑުކުރަން ޖެހިދާނެ….” ނިހާއާ ދިމާއަށް ހީލަމުން އަހުމަދު ބުނެލި އެވެ.

ނިހާގެ ހިތް ތެޅިލިއެވެ. ދާހިތްލަން ފެށިއެވެ. ބުނަން ނޭގޭފަދަ ބިރުވެރިކަމެށް ހިތުގަ އުފެދުނެވެ. މިރެއަކީ ނިހާއަށް ވަރަށް ދިގުރެއަކަށް ވާނެއެވެ. މާލެދިއުމުގެ ތައްޔާރީތަކުގައި ނިހާއާ އަދީލްއަވަދިނެތި އުޅެމުންދިޔައިރު އަހުމަދު އާއި ނިހާގެ ދޮންމަންމަ ޝާއިރާވެސް އެމީހުނަށް އެހީވަމުން ދިޔައެވެ. ހުރިހާކަމެއް ނިމުނުއިރު މެންދަމު 1ޖަހާ ބޮޑުވެއްޖެއެވެ. ކޮންމެމީހަކުވެސް އެމީހެއްގެ ކޮޓަރިއަށް ވަދެއްޖެއެވެ. ނިހާބޭނުންވީ ބޭރުގައި މަޑުކުރާށެވެ. ނަމަވެސް އަދީލް ނިދަންދާން ބުނުމުން ދުކޮޅުހަދަން ނުކެރިގެން ކޮޓަރިއަށް ދިޔައެވެ. އެރޭވެސް އެއްކޮށް ހޭދަވެގެން ދިޔައީ ނިހާއަށް އަނިޔާލިބެމުންނެވެ. ނަމަވެސް ނިހާގެ ވޭނީ ރުއިމުގެ އަޑުއަހާނީ ކާކުހެއްޔެވެ؟ ނިހާގެ ހިތުގެ ތެޅުން އެގޭނީ ކާކަށް؟

އާދުވަހަކަށް އިރުއެރީ ނިހާ އެދުމަތީގައި ރޯން އޮއްވައެވެ. ދޮރުގައި މީހަކު ޓަކިޖަހާ އަޑަށް ނިހާ ތެދުވެ ލޯ ފޮހެލިއެވެ. ހުރިހާ ހިތާމައެއް އެތެރެއަށް ހިންދާލަމުން ގޮސް ލޯހުޅުވާލިއެވެ. އޭރު ޝާއިރާ ދޮރުމަތީގައި ހުއްޓެވެ.

“ނިހާ މަންމައަށް މާފު ކުރާތި… މަންމަ އަށް އެގޭ ނިހާ މިރަށުގައި ހުރިހާދުވަހަކު ނިހާއަށް އެއްވެސް އުފަލެއް ނުލިބޭނެކަން” ޝާއިރާ އެދުގައި އިށީންނަމުން ވާހަކަ ދައްކަން ފެށިއެވެ.

“ތިހެން ނުބުނޭ މަންމާ… މަންމަ އަހަންނަށް އެހީނުވާނަމަ އަހަރެން ކިހިނެއް ކެއްކުރާނީ؟؟؟؟ އަހަންނަށް ހުރިހާކަމެއްވެސް އެގޭ…. އަހަރެން މަންމައަށް ހިތްބުރައެށް ނޫނޭ…. ” ނިހާ އިސްޖަހާލައިގެން އިދެވާހަކަ ދައްކަމުންދިޔައީ ޝާއިރާގެ ހެޔޮކަމަށް ހިތުގެ އަޑިން ޝުކުރު ކުރަމުން ނެވެ.

“ދަރިފުޅު މިކަންތަކުން ސަލާމަތް ކުރަންވެގެން މަންމަ އަދީލްކައިރީގަ ބުނީ،ދަރިފުޅު މާލެގެންދަންވެސް….. އެކަމަކު…… މަންމައާދުރަށް ދަރިފުޅުފޮނުވަން ޖެހިލުންވެސް ވޭ…..” ޝާއިރާގެ ލޯ ކަރުނުން ފުރުނެވެ.

ޝާއިރާގެ ކަރުނައިން ފުރިފައިވާ ލޯފެނުމުން ނިހާވެސް ދެރަވިއެވެ. ނަމަވެސް ރަށުގައި މަޑުކުރަން ނިހާބޭނުމެއް ނުވެއެވެ. އެއަނިޔާތަކުން ސަލާމްތް ވާން ނިހާ ބޭނުން ވެއެވެ. ޝާއިރާގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ނިހާ ފޮހެލާދިނީ އޯގާތެރިކަމާއެކުގައެވެ. ނިހާގެ މަންމަ ދުނިޔެ ދޫކޮށް ދިޔަފަހުން މަންމައެއްގެ ފުރިހަމަ ލޯބި ޝާއިރާގެ ފަރާތުން ނިހާއަށް ލިބެމުން ދިޔައެވެ. އެހެންކަމުން އެ މަންމަ ދޫކޮށް ދިއުމަކީ ނިހާއަށް ވެސް ވަރަށް އުދަގޫ ކަމެކެވެ. މާލެއަކީ ނިހާ ދުވަަހަކުވެސް ގޮސްފައިނުވާ ތަނެއްކަމުން ޝާއިރާ އާ ވަރަށް ގިނަ ސުވާލުކުރިއެވެ. ދެމައިން ވާހަކައިގައި ތިއްބާ އަހުމަދު އައިސް ކޮޓަރިއަށް ވަނެވެ.

“އަދީލް އެބަހުރި ލަސްވެފައި…. ދާންބޭނުން ނުވަންޔާ ބުނެލާފަހުރޭ…. ” އަހުމަދު އޭނާގެ ރުންކުރު ރާގުގައި ވާހަކަ ދެއްކިއެވެ.

“އަހުމަދު ދޭ…. އަހަރެން މިދަނީ އެ މަންޖެ ގޮވައިގެން… ” ޝާއިރާ އަވަސް އަވަހަށް ބުންޔެވެ.

އަހުމަދު ނިހާ އާދިމާއަށް ބަލާލުމަށް ފަހު ދާން ހިގައިގަތެވެ. ނިހާއާއި ޝާއިރާވެސް އަހުމަދުގެ ފަހަތުން ކަހަލަ ގޮތަކަށް ނިކުތެވެ.

“ކޮއްކޮ ހާދަ ލަހޭދޯ….. މިހާރު ދޮންބެ މިތާގައި ހުރެ ދެފައި ވާޅުވެއްޖެ ވިއްޔާ… ” އަދީލް ނިހާފެނުމުން ދިމާކޮއްލިއެވެ.

ނިހާމަޑުމަޑުން ހީލިއެވެ. އަދީލް ލޯންޗުކައިރިއަށް ހުއްޓި ހަނާއަޅާ ލުމުން ނިހާ އެދިމާލަށް ދާންހިގައިގަތެވެ. ހިގަހިގާހުރި ނިހާގެ ފިޔަވަޅު ހުއްޓުންއެރީ މީހަކު ނިހާގެ އަތުގައި ހިފުމުންނެވެ. އެމީހާގެނައި އަވަސް ހަރަކާތާއެކު ނިހާގޮސް ތަތްވީ އެމީހާގެ މޭގައެވެ. މިހާރު ހުރެވުނު ގޮތުން އަދީލް އަށްވެސް ނިހާނުފެންނާނެކަން އެގުމުން ނިހާއަށް ތެޅިގަނެނެވެ. އެނުލަފާ މީހާގެ އަތިތެރެއިން ސަލާމަތްވުމަށެވެ.

 (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

neema

Level 1

Other Articles

Previous

އެކުގައިވާން އެދެމޭ… 4

Next

އެކުގައިވާން އެދެމޭ… 5

Next
February 16, 2014

އެކުގައިވާން އެދެމޭ… 5

Previews
February 15, 2014

އެކުގައިވާން އެދެމޭ… 4



All Right Reserved!