Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްއެކީ ދެވިއްޖޭ (4)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
November 4, 2017 5 Mins Read
27 Comments

“އަހަރެމެން މިހެން އުޅެނިކޮށް ފަޅާއަރައިފިއްޔާޔޯ.” މިޒްރާގެ ހަށިގަނޑު ގަޔާލައި ފިއްތައިލަމުން ޒާން އަހައިލިއެވެ. “އެހައި ފަސޭހައިން ފަޅައެއް ނާރާނެ. އެޔައިޝް އެއީ ތަނެއް ދޮރެއް އެނގޭ ފިރިހެނެއްނޫން. އޭނައަށް ދޮންކަޅުމިންވެސް ނޭނގޭނެ. އެހެންނޫނަސް އަހަރެން ޒާން ގާތަށް ގިނައިން މިއަންނަނީ ޔައިޝް ގޭގައި ނޫޅޭ ވަގުތުތަކު.” ޒާންގެ ގައިގައި ބައްދައިލަމުން މިޒްރާ ހީލިއެވެ. “އެކަމަކު މިއަދުމީ ބަންދު ދުވަހެއްނު. ޔައިޝް ގޭގައި ނެތީތަ؟” ކުޑަކޮށް ވިސްނައިލަމުން ޒާން އަހައިލިއެވެ. “ޔަޕް. ވެއްޖެ އެކުވެރިއަކާއެކު ބޭރަށް ގޮސް. ވަގުތު ބަލާފަ އަހަރެން އަވަހަށް މިއައީ އަހަރެންގެ ލޯބި ޒާން ގާތަށް.” ނުލަފާ ހިނިގަނޑެއް ޖަހައިލަމުން މިޒްރާ އެހެން ބުނެލުމާއެކު ޒާންވެސް ހޭންފެށިއެވެ. އަދި މިޒްރާ އިތުރަށް ގަޔާލައި ފިއްތައިލަމުން އޭނާ ގޮވައިގެން އެނދުގައި އޮށޯވެލިއެވެ.

** ** **

ކާރު ދުއްވަމުންދިޔަ ޔައިޝް ކުއްލިއަކަށް ސިހުނީ މަގުގެ އެއްފަރާތުން ފަރި ހިނގުމެއްގައި އަންނަ އަލްކާ ފެނިފައެވެ. ވުގުތުން މޫނު މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

ކާރު ޕާރކް ކޮށްލުމަށްފަހު ޔައިޝް އޭގެން ފޭބިއެވެ. އަދި ބާރުހިނގުމެއްގައި ގޮސް އަލްކާއާ އަރައި ހަމަކުރިއެވެ. އިސްޖަހައިގެން އިން އަލްކާ އިސްއުފުލައިލައި ބަލާލީ އޭނާ ގާތަށް މީހަކު އައިސް ހުއްޓުމުންނެވެ.

ޔައިޝް ފެނުމާއެކު ހުރިތަނަށް އަލްކާ ގަނޑުވިކަހަލައެވެ. “ސަރ.” އަލްކާއަށް ދެލޯބޮޑުކޮށްލަމުން ކިޔައިލެވުނެވެ. “އަލް އެކަނިތަ؟ ކޮބާ ޝަޔާނީ؟” ދެފަރާތް ހޯދައިލަމުން ޔައިޝް ސުވާލުކޮށްލިއެވެ.

“ހޫމް. އެކަނި. ޔާނީ އެބައޮތް ނިދާފަ. އެހެންވެ ފޫހިވާތީ ހަމަ ހިނގާލަން ބޭރަށް ނުކުމެލީ. ސަރ ކޮންތާކަށް ތިދަނީ؟” ލިބުނު ރަނުގެ ފުރުސަތު ދޫކޮށްލާކަށް އަލްކާ ބޭނުމެއް ނުވިއެވެ.

“އަހަރެންވެސް ފޫހިވާތީ ހަމަ ދުއްވާލަން ދަނިކޮށް އަލް މާ އެކަނި އަންނަތަން ފެނުނީމަ ހަމަ އައީ މިތަނަށް. ކޮބާ މާދަމާ އޮންނަ ޓެސްޓަށް ރެޑީތަ؟” ދެޖީބަށް އަތްޖަހައިލަމުން އަލްކާއާ އެއްވަރަށް ޔައިޝް ހިނގައިގަތެވެ.

“ޔެސް. ހުރިހާ ޓޮޕިކްތަކެއްވެސް ދަސްކޮށްފިން. އިންޝާ ﷲ ވަރަށް ރަނގަޅު ނަތީޖާއެއް ހޯދާނަން.” ހިނިތުންވެލަމުން އަލްކާ ބުނެލިއެވެ.

“ގުޑް. ތިހެންވާން ޖެހޭނެ. ކޮބާ އަލްގެ ފެމެލީ؟” ދައްކާނެ ވާހަކައެއް ނޭނގުމުން ޔައިޝް އަހައިލިއެވެ. “މާލޭގަ ވީ. އަޅުގަނޑު އެކަނި އައީ. ބައްޕަގެ ބެސްޓްޕްރެންޑް ގާާތު އަޅުގަނޑު ހުންނަނީ.” ކުރިއަށް ބަލައިލަމުން އަލްކާ އޮޅުންފިލުވައި ދިނެވެ.

“އޯހ އެހެންތަ. އޫމް. އަލް އޭޖް ކިހައިވަރެއް؟” އަހަން ނާހަންހުރިފަދަ ގޮތަކަށް ޔައިޝް އަހައިލީ ފުދޭވަރަކަށް ޖެހިލުންވެ ހުރެއެވެ. “އައިއެމް 20. ސަރ ގެ އޭޖް؟” ޔައިޝްގެ މޫނަށް ނަޒަރު ހުއްޓައިލަމުން އަލްކާވެސް އަހައިލިއެވެ. “25” ހިނިގނޑެއް ޖަހައިލަމުން ޔައިޝް ބުނެލިއެވެ. ދެމީހުން އެކިއެކި ވާހަކައިގައި ތިބެ ހިނގަމުންގޮސް ކައިރީގައި ހުރި ޕާރކެއްގައި ހުރި ގޮނޑިތަކެއްގައި ޖައްސައިލިއެވެ.

** ** **

ގެއަށް އައިސް ވަތް ޔައިޝްގެ ތުންފަތްމަތީގައި ފުޅާ ހިނިތުންވުމެއް ވިއެވެ. އަލްކާއާ އެހައި ގިނައިރު ވާހަކަދައްކައިލެވުމުން ބަޔާންކުރަންދަތި އިހުސާސުތަކެއް އެހިތުގައި އުފެދެމުން ދިޔައެވެ. އަދިވެސް އިތުރަށް އަލްކާއާ ވާހަކަދެއްކުމަށްއެދި އެހިތް ގޮވަމުން ދިޔައެވެ.

“ކޮންތާކު ތެޅިތެޅިފަ ތިއައީ؟ މިހާރު ކޮންއިރެއް އަހަރެން ޔައިޝްގެ އިންތިޒާރުގަ އިންނަތާ؟” ހަޅޭލަވައިގަތް މިޒްރާގެ އަޑަށް ޔައިޝްއަށް ޚިޔާލީ ދުނިޔެއިން ނުކުމެވުނެވެ.

“އަހަރެން ދިޔަ ތަނެއް މިޒޫއަށް އެނގޭނެ. އެހެންނޫނަސް އަހަރެންމީ މިޒޫއެއްނޫނޭ ދާހައި ތަނަކަށް ބުނެނުލައި ދާކަށް. އެންޑް ބައިދަވޭ އަހަރެން ދޯ އަސްލު ތިސުވާލު ކުރަންޖެހޭނީ؟ ތީ މަގޭ އަނބިމީހާ.” ހިތްހަމަނުޖެހިފައި ޔައިޝް ބުނެލިއެވެ.

“ހުއް ހެވޭ. އަހަންނަށް ހެޔޮ ޔައިޝް ކޮންމެތަނަކަށް ދިޔަސް. އަހަރެން ޔައިޝް ހޯދީ ކަމަކު.” ކޮޓަރީގެ ދޮރުކަނީގައި ލެގިލަމުން ފަރުވާކުޑަ ރާގަކަށް މިޒްރާ އެހެން ބުނެލުމުން ޔައިޝް މިޒްރާގެ މޫނަށް ބަލައިލިއެވެ.

“ޝުމީ މިއަދު ބަލިވެގެން ނާދޭ ގޭތެރޭ މަސައްކަތްކޮށްދީ ކައްކައި ހަދާކަށް. ގޭގަނެތް ކާނެ އެއްޗެއް. އަހަރެން ވަރަށް ބަނޑުހައި. ދޭބަލަ އަހަރެންނަށް އެތަނުން ނޫޑްލްސް ޕެކެޓެއް ހަދައިދެން.” ޔައިޝްގެ ނުރުހުންވެފައިވާ މޫނަށް ބަލައިލަމުން މިޒްރާ އޭނާގެ ބޭނުން ހާމަކޮށްލިއެވެ. އެއާއެކު ޔައިޝް ގާތަށް ރުޅިއައެވެ. މިޒްރާއަށް ހީވާ ގޮތުގައި ޔައިޝްއަކީ ގޭގައި ގެންގުޅޭ ނޯކަރެއްފަދަ މީހެކެވެ. ކޮންމެ ކަމަކު ބުނެލަންވެސް ލަދެއްނުގަނެއެވެ.

ކިތަންމެ ރުޅިއައި ނަމަވެސް ޔައިޝް އެއްޗެކޭ ނުބުނެއެވެ. ޖީބުގައި އޮތް ވޮލެޓް ނެގުމަށްފަހު އޭގެން ފައިސާ ނަގައިގެން ގޮސް ކޮޅަށްހުރި މިޒްރާގެ އަތުގެ ތެރެއަށް ލައިދިނެވެ. “ތީގެން ބޭނުން އެއްޗެއްް އޯޑަރުކުރޭ. އަހަރެން މިއައީ ބޭރުން ކައިގެން.” އެހެންބުނެލުމަށްފަހު ޔައިޝް ގޮސް ގޭގައި ހުރި އެހެން ކޮޓަރިއެއްގެ ތެރެއަށް ވަނެވެ. ޔައިޝްގެ އަމަލުން ނުރުހުންވެފައި މިޒްރާ އަތުގައި އޮތް ފައިސާތައް ހޫރުވައިލިއެވެ.

** ** **

ސްކޫލް ނިންމައިލައިފައި ގެއަށްދިއުމަށްޓަކައި އަޖުވަދާއެކު ސައިކަލްގައިއިން ނައިރާ އިރުއިރުކޮޅާ މަގުގެ އެކި ފަރާތް ފަރާތް ހޯދައިލައެވެ. އެންމެފަހަރަކު ނަމަވެސް ޝިވަން ދެކިލަން އެހިތްއެދިގޮވަމުން ދިޔައީ ކީއްވެކަމެއް ނައިރާއަކަށް ނުވިސްނުނެވެ. އެރެއަށްފަހު ޝިވަންއާ ދިމާނުވާތީ ނައިރާގެ ހިތްވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ގެއަށް އާާދެވުނުއިރުވެސް ޝިވަންގެ ހިތްގައިމު ސޫރަ ނުފެނުމުން ނައިރާ އިސްޖަހައިލީ މާޔޫސްކަމާއެކުއެވެ.

“ދަރިފުޅު ކަމަކާ ދެރަވެފަތަ؟” ނައިރާއިން ގޮތްފެނި އަޖުވަދު އަހައިލިއެވެ. “ދޮންތަ މަތިން މާބޮޑަށް ހަނދާންވަނީ.” ބުނާނެ ވަކި އެއްޗެއް ސިކުނޑިއަށް ނައުމުން ނައިރާ ބުނެލިއެވެ.

“ތީ ދަރިފުޅު ދެރަވާންވީ ކަމެއް ނޫނެއްނު. ހިނގާ މިއަދު ދޮންތައަށް ގުޅަން ދޯ.” ނައިރާގެ ބޮލުގައި ލޯތްބާއެކު ފިރުމައިލަމުން އަޖުވަދު ބުނެލިއެވެ. އެއާއެކު ބޯޖަހައިލަމުން ނައިރާ ހިނިތުންވެލިއެވެ.

** ** **

އެނބުރެމުންދިޔަ ފަންކާއަށް ނަޒަރު ހުއްޓައިލައިގެން ޝިވަން އެނދުގައި އޮތެވެ. އޭރުވެސް މެދުކެނޑުމެއްނެތި ގޭތެރޭގައި އޭނާގެ މައިންބަފައިން ޖަހަމުންދިޔަ ސަކަރާތުގެ އަޑު އިވެމުންދިޔައެވެ. ކޮންމެ ރެއަކުވެސް ބޮޑު ގްރޫޕެއް ވައްދައިގެން ރާބޮއެ ނަށައި މަޖާކުރުމަކީ އެމީހުންގެ އާދައެކެވެ. އެއިންކަމެއްގައި ޝިވަން ބައިވެރިކުރަން އެމީހުން ނޫޅޭތީ ޝިވަން ހުންނަނީ ހިތްހަމަޖެހިފައެވެ.

އިރުކޮޅަކު އެގޮތުގައި އޮތުމަށްފަހު ޝިވަން ތެދުވެ މޯޅިއަކަށް ދެމިލިއެވެ. ނައިރާ މަތިން ހަނދާންވުމާއެކު އިސްޖެހިގެން ދިޔައީ އެރީތި ސޫރަ ނުފެންނަތާ މިހާރު ހަފްތާއަކަށްވުރެ ގިނަދުވަސްވެފައި ވާތީއެވެ. ތުންފަތުގައި ދަތްއަޅައިލުމަށްފަހު ތުވާލި ހިފައިގެން ފާޚާނާއަށް ވަނީ ފެންވަރައިލައިގެން ބޭރަށް ނުކުމެލުމުގެ ނިޔަތުގައެވެ.

ފާޚާނާއިން ނުކުތް ޝިވަން އުނުގައި އޮޅައިލެވިފައިވާ ތުވާލި ނައްޓައިލަމުން ޖިންސް ލިއެވެ. އަދި ބޮލުން ފެންހިއްކަމުން ގޮސް ލޯގަނޑު ކައިރީގައި ހުއްޓި އަމިއްލަ ސޫރައާ ދިމާއަށް ބަލައިލިއެވެ. ކުރިން ދިގުކޮށް އޮންނަ އޭނާގެ ވަރުގަދަ ފަން އިސްތަށިގަނޑު މިހާރުވަނީ ކުރުކޮށް ކޮށާލެވިފައެވެ. ކަރާއި އަތްފައިގައި އަޅައިގެން އުޅުނު ހުރިހައި ފަށްތަކެއް މިހާރަކު އެހަށިގަނޑުގައެއް ނެތެވެ. ނައިރާއަށްޓަކައި އޭނާ ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟

ތުވާލި ހަރުގައި އަޅުވައިލުމަށްފަހު ބޮލުގައި ޖެލްކޮޅެއް ހާކައިލައި ރީތި ގޮތަކަށް އިސްތަށިގަނޑު ސްޓައިލް ކޮށްލިއެވެ. ހިތްހަމަޖެހޭވަރު ވުމުން އަލަމާރިން ކަޅު ކުލައިގެ ޓީޝާރޓެއް ނަގައި ގަޔަށް މަހައިލިއެވެ. އަދި މުޅި ގަޔަށް ބޮޑީސްޕްރޭ ޖަހައިލުމަށްފަހު ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.

** ** **

ރޭގަނޑު ހިނގައިލަން ގޮސްއުޅުނު ނައިރާއާ މައުރީން ދައްކަމުން ދިޔައީ ޝިވަންގެ ވާހަކައެވެ. ދެމީހުން ވާހަކައިގައި ތިބެ ހިނގަމުން ދަނިކޮށް ކުއްލިއަކަށް ނުލަފާ ފާޑަކަށްތިބި ދެފިރިހެނުން އެމީހުންގެ ފަހަތުގައި އަޅުވައިލައިފިއެވެ. އެތަނުން އެކަކު އައިސް ނައިރާގެ މޫނުގައި ފިރުމައިލިއެވެ. ވަގުތުން ނައިރާ މޫނު އަނެއްފަރާތަށް އަނބުރައިލިއެވެ. “މަންޖެ ހާދަ ލޯތްބޭ.” ހިނިގަނޑެއް ޖަހައިލުމަށްފަހު ނައިރާގެ އަތުގައި ހިފައި އެމީހާ ދަމައިގަތީ އޭނާގެ ގަޔާ ކައިރިއަށެވެ. ނައިރާ ދިޔަގޮތަށްގޮސް ޖެހުނީ އެމީހާާގެ މޭގައެވެ. އެއާއެކު ދެއަތްއަޅާ އެމީހާ ދުރަަށް ކޮށްޕައިލެވޭތޯ ނައިރާ މަސައްކަތް ކުރަމުން ދިޔައެވެ.

“އޭނަ ދޫކޮށްލާ ހެޔޮނުވާނެ.” ރޮއެގަންނަމުން ނައިރާ ގާތަށް ދާން އުޅުނު މައުރީންގެ އަތުގައި ދެން ޖެހިގެންހުރި މީހާ ހިފެހެއްޓިއެވެ. “ކަލޭ ތީ މަގޭ ޝިކާރަ. އެއީ އޭނާގެ ޝިކާރަ.” ގަދަކަމުން މައުރީންގެ އަތުގައި ހިފައިގެންހުރެ އެމީހާގެ ގަޔާ ކައިރިކުރަން މަސަތްކަތްކުރަމުން އޭނާ ބުނެލިއެވެ.

“އޭތް ކޮންކަމެއްތީ؟ ހަމަ މިހާރު ތިދެކުދިންގެ ގައިން ދޫކުރޭ.” މީހެއްގެ ހަޅޭކުގެ އަޑަށް އެދެމީހުން ސިހިފައި ފަހަތް ބަލައިލިއެވެ. ރުޅި އައިސް ރަތްވެފައިހުރި ޝިވަން ފެނުމުން ދެމީހުންގެ ލޯބޮޑުވެ ބިރުންގޮސް ތުރުތުރު އަޅަން ފަށިއެވެ. އަވަސް އަވަހަށް ނައިރާ އާާއި މައުރީންގެ އަތުން އެމީހުން ދޫކޮށްލިއެވެ.

އައި ރުޅިމަތީގައި ޝިވަންއަށް ހުރެވުނުތަންވެސް ނޭނގުނެވެ. އެދިޔަގޮތަށްގޮސް ނައިރާގެ އަތުގައި ހިފައިގެންހުރި މީހާގެ ކަރުގައި ޝިވަން ހިފިއެވެ. “ކަލޭ ހަނދާންކުރައްޗޭ. ދެންފަހަރަކުން އެދެކުދިންކުރެ ކުއްޖަކަށް ކަލޭ ގޯނާކުރަނިކޮށް ފެނިއްޖެނަމަ އަހަރެންގެ ހުރި ނުބައިކަން ކަލެއަށް ދައްކާލާނަން. ހަމަ މިހާރު މިތަނުން ރައްކާވޭ.” ދަތްކުނޑިވިކައިލަމުން ޝިވަން ހަޅޭލަވައިގަތެވެ. އެއާާއެކު ދެމީހުން އަވަސް އަވަހަށް އެތަނުން ދުވެފިލިއެވެ.

“ޝިވަން އައިކަން ނަސީބެއްނު. އެހެންނޫންނަމަ މިރޭ އަހަރުމެންނަށް ވާނެގޮތެއްވެސް ނޭނގެ.” ނައިރާގެ ކަންފަތްކައިރީގައި މަޑުމަޑުން މައުރީން ބުނެލިއެވެ. ނައިރާވެސް އެކަމާ އެއްބަސްވިއެވެ.

ހުއްޓުންއަރައިފައި ޝިވަންގެ އަމަލުތަކަށް ބަލަހައްޓައިގެން ނައިރާއަށް ހުރެވުނީއެވެ. މިރޭ ކިތަންމެ ރަނގަޅަކަށްވެސް ޝިވަން އޭނާދެކެ ލޯބިވާވަރު ނައިރާއަށް އިހުސާސު ވެއްޖެއެވެ.

“ހިނގާ ދާން. އަހަރެން ދާނަން ތިދެމީހުން ގެއަަށް ލައިދެން.” ނައިރާގެ މޫނަށް ބަލައިލުމެއްނެތި ޝިވަން ބުނެލިއެވެ. ޝިވަންގެ ދުރުކަންފެނި ނައިރާގެ ހިތުގައި ރިއްސައިލިއެވެ.

އިސްއުފުލައިލައި ޝިވަންގެ މޫނަށް ބަލައިލުމާއެކު ނައިރާ ގަނޑުވިއެވެ. ޝިވަންއަށް އައިސްފައިހުރި ބަދަލުތައް ފެނިފައެވެ. ކުރުކޮށްއޮތް ވަރުގަދަ ރީތި އިސްތަށިގަނޑު ނައިރާގެ ލޮލުގައި އަޅައިގަތެވެ. ކުރިން އެހުންނަ ނުލަފާ އެއްވެސް ސިފައެއް މިހާރަކު ޝިވަންގެ ކިބައިގައި ނުވެއެވެ. އެހުރިހައި ކަމަކުންވެސް ޝިވަން ނައިރާދެކެވާ މަތިވެރި ލޯބި އެބަ ހާމަކޮށްދެއެވެ. “އޯ މައި ގޯޑް. ޝިވަން ހާދަ ބަދަލުވެއްޖޭ.” މައުރީނަށް އަނދިރީގައި ހުރި ޝިވަން ރީތިކޮށް ފެނުމާއެކު ދެލޯބޮޑުކޮށްލަމުން ބުނެލެވުނެވެ. “ޝިވަން އެމަސައްކަތް ކުރަނީ ބަދަލުވާން ދޯ. އެހެންވީމަ އޭނަ އަސްލުވެސް ނައި ދެކެ ވަރަށް ލޯބިވޭ.” އިރުކޮޅަކު ވިސްނައިލުމަށްފަހު އަނެއްކާވެސް މައުރީން ބުނެލިއެވެ. “ހޫމް. ދެން ހިނގާ އަވަހަށް ދާން. މިހާރުވެސް މާބޮޑަށް ލަސްވެއްޖެ.” މައުރީންގެ ވާހަކަތައް މެދުކަނޑައިލަމުން ނައިރާ ހިނގައިގަތެވެ. އެދެމީހުންގެ ފަހަތުން މަޑު ހިނގުމެއްގައި ޝިވަންވެސް ހިނގައިގަތެވެ.

މައުރީން ގެއަށްލުމަށްފަހު ޝިވަން އާ ނައިރާ ހިނގަައިގަތްއިރު ދެހިތުގެ ތެޅުންވެސްވަނީ އަވަސްވެފައެވެ. ހަމަހިމޭންކަންމަތީ ތިބެ ދެމީހުންވެސް ހިނގަމުން ދިޔައެވެ. އިރުއިރުކޮޅާ ނައިރާއަށް ޝިވަންގެ ރީތި މޫނަށް ނަޒަރުހިންގައިލެވެއެވެ. ބަހެއްވެސް ނުބުނެ ނުވިތާކަށް ނައިރާގެ މޫނަށްވެސް ބަލައިނުލާހުރެ ހިނގަމުންދިޔަ ޝިވަން ފެނުމުން ނައިރާގެ ހިތަށް ތޫނު ތަދެއް އަރައިގެން ދިޔައެވެ. އިސްޖަހައިލެވުނީ ރޮވިދާނެތީއެވެ. އެހެންނާ އޭނާ ފެނިއްޖެނަމަ އަބަދުވެސް ހިނިތުންވެ ހުރެ އޭނާއާ ދިމާކުރާ ޝިވަންގެ މަޑުމައިތިރިކަމުން މިރޭ ނައިރާއަށް އުނދަގޫވަމުން ދިޔައެވެ.

ނައިރާގެ ގެއާހިސާބަށް އާދެވުމާއެކު ބަހެއްވެސް ބުނެނުލާ ޝިވަން އޭނާ އައިކޮޅަށް ހިނގައިގަތެވެ. “ޝިވަން.” ބޭއިޚުތިޔާރުގައި ނައިރާއަށް ގޮވައިލެވުނެވެ. އެއާއެކު ހިނގައިގަތް ޝިވަންގެ ފައިގައި މީހަކު ކަސްތަޅުއެޅުވިކަހަލައެވެ. ހުއްޓެމުން ނައިރާގެ މޫނަށް ޝިވަން ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. “އޫމް. ޝުކުރިއްޔާ ވަރަށް ބޮޑަށް. މިރޭ ޝިވަން ނެތްނަމަ ނޭނގެ ވާނެގޮތެއްވެސް.” ހިނިތުންވެލަމުން ނައިރާ އެހެންބުނެލުމާއެކު ޝިވަން އިސްޖަހައިލިއެވެ.

“އަހަރެން ހުއްޓަ ނައިއަށް ދެރަގޮތެއްވިޔަކަ ނުދޭނަން. އަބަދުވެސް ކޮންމެ ނުރައްކަލަކުންވެސް ﷲ ގެ އިރާދަފުޅުން އަހަރެން ނައި ސަލާމަތްކުރާނަން. އަހަރެންނަށް އެވަރަށް އިތުބާރުކުރާނެކަމަށް ހީކުރަން.” ޝިވަން ބޭނުންވި ވާހަކަތައް ބުނެލުމަށްފަހު ނައިރާއަށް ވާހަކަދައްކާނެ ފުރުސަތެއްވެސް ނުދީ ޝިވަން ހިނގައިގަތެވެ.

ޝިވަން ދިއުމުންވެސް އިރުކޮޅަކު ގެއަށްނުވަދެ ނައިރާ އެހުރި ތަނުގައި ހުއްޓެވެ. ދެލޮލުން އޮހޮރެމުންދިޔަ ކަރުނަަތައް ފުހެލުމަށްފަހު ހަމަޖެހިލެވޭތޯ ނައިރާ މަސައްކަތްކުރަމުން ދިޔައެވެ.

ކޮޓަރިއަށް ވަނުމަށްފަހު ފެންވަރައިލައިގެން ނައިރާ އައިސް އެނދުގައި އޮށޯވެލިއެވެ. އޭރުވެސް ޝިވަންގެ ހަނދާންތައް އޭނާއަށް އުނދަގޫކުރަމުން ދިޔައެވެ. ޝިވަންގެ ބަދަލުވެފައިވާ މިޒާޖުން ނައިރާ މާޔޫސްވަމުން ދިޔައެވެ. އެދުވަހު ޝިވަންއާ ދިމާއަށް ލޯބިނުވެވޭނޭ ބުނިނަމަވެސް މިއަދު އެހިތުގައި ޝިވަންއަށްޓަކައި އައު ވިންދެއް ޖަހަން ފަށައިފިކަމުގެ އިހުސާސް ނައިރާއަށް ކުރެވެމުން ދިޔައެވެ. އެލޯބި ގެއްލޭކަށް ނައިރާ ނޭދެއެވެ.

** ** **

ބޯކޮށް ވާރޭވެެހެމުން ދިޔައެވެ. ކޮލެޖް ނިންމައިލުމަށްފަހު ކޮންމެ ކުއްޖަކުވެސް އަވަސްވެގަތީ ގެއަށް ދިއުމަށެވެ. ޖަހައިލާ ގުގުރިއާއެކު ކަންފަތްތައްވެސް ހީވަނީ ބައްވެދާނެހެންނެވެ.

މިއަދު ކުޑަކޮށްބަލިކޮށް އުޅޭތީ ޝަޔާނީ ކޮލެޖަށް ނައުމުން އަލްކާ އިނީ އެކަނިވެފައެވެ. އޮފީހުގައި މާބޮޑަށް ބިޒީވުމުން އަހްސަނަށްވެސް އަލްކާ ބަލައި އާދެވޭނީ ތަންކޮޅެއްލަހުން ކަމަށް ގުޅައިފައި ބުނުމުން އަލްކާ އަވަސްވެގަތީ ޓެކްސީއެއް ހޯދުމަށެވެ. ނަމަވެސް 15 މިނެޓު އެގޮތަށް މަސަތްކަތްކުރި އިރުވެސް ޓެކްސީއެއް އަތުވާގޮތެއް ނުވިއެވެ.

މާޔޫސްވެފައި ކޮލެޖުގެ ގޭޓްކައިރީގައި އަލްކާ ހުއްޓެވެ. ގެއަށްދާން ނުކުތް ޔައިޝްއަށް އެތަންފެނުމުން އަލްކާ ގާތަށް ދިޔައެވެ. “ހެއި. ކިހިނެއްވެފަ؟” އުޑާދިމާއަށް ނަޒަރު ހުއްޓައިލަމުން ޔައިޝް އަހައިލިއެވެ. “ގެއަށް ނުދެވިފަ.” އިސްޖަހައިލަމުން އަލްކާ ބުނެލިއެވެ.

“ހިނގާ އަހަރެންނާއެކު ދާން. ކާރު އޮންނާނެ އެކޮޅުގަ ޕާރކް ކޮށްފަ.” މަގުގެ އެއްފަރާތަކަށް އިޝާރާތްކޮށްލަމުން ޔައިޝް އަތުގައި އޮތް ކުޑަ ހުޅުވައިލިއެވެ. ހިތްއަވަސްވެފައިވާ ހާލު އަލްކާ ޔައިޝްއާއެކުގައި ހިނގައިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ސޫރަ 01

Next

ލޯތްބެއްނެތް ގުޅުން (4 ވަނަ ބައި)

Next
November 4, 2017

ލޯތްބެއްނެތް ގުޅުން (4 ވަނަ ބައި)

Previews
November 4, 2017

ސޫރަ 01

27 Comments!

  1. Naufa says:
    November 4, 2017 at 10:33 am

    Assalaam alaikum.. Here is the next part of the story.. If there is a mistake let me knw ingey.. Enjoy.. In sha allah dhn in part monday ge knmes tym ehga upkoh dheynan ingey.. I have exams on sunday and monday ehnve.. Hv a nice day all..?

  2. Nashth says:
    November 4, 2017 at 10:44 am

    Hay v nice knme Dhuvahakuvx up kndhybr

    1. Naufa says:
      November 4, 2017 at 10:46 am

      Thanks dear.. Exams nimunyma knme day akuvx up koh dheynan ingey..

  3. Shau Aria says:
    November 4, 2017 at 10:50 am

    Im first dho….. Vaahaka hama varah interesting…. Nau you are the best…. Now you are my favorite writer….. Keep up the good work grl ???

  4. Pinky shifoo says:
    November 4, 2017 at 10:58 am

    Hiii Nau… Mi part vx v v v reethi… V v v inthizaaru kuraa story eh mee… Knme partehvx v v v reethi.. N nau ge haveyli n abadhuge abadhahvx vvv reethi.. I really loved it.. Waiting…

  5. Unaal says:
    November 4, 2017 at 11:10 am

    Reethi vrh

  6. sana says:
    November 4, 2017 at 11:23 am

    Wowwwwww!very very very very very nice you are best ingey????????????????????????????????????????????????????????? good luck for exams ??

  7. click a shot ? says:
    November 4, 2017 at 11:34 am

    Varah loabi mi part ves…I loved it…and good luck…?
    Waitting..❤️?

  8. reader says:
    November 4, 2017 at 12:09 pm

    Ey haadha kureyyyy… Vaahaka habeys

  9. Naufa says:
    November 4, 2017 at 12:10 pm

    Thanks everyone..?

  10. naash says:
    November 4, 2017 at 12:12 pm

    varah reethi

    1. Naufa says:
      November 4, 2017 at 12:18 pm

      Thanks nash

  11. Mal. says:
    November 4, 2017 at 12:16 pm

    Thi half dhidhdhoo kujjeh dhw… 18 aharu ge.. i guess

    1. Naufa says:
      November 4, 2017 at 12:19 pm

      Yup.. Bt hw did u knw??

    2. Mal. says:
      November 4, 2017 at 12:59 pm

      Hehe… yes alhugadu ge guess hama ragalhu v….dhaalu atoll education ga kiyavaa kujjeh kan inyma dhn ahaaly

    3. Mal. says:
      November 4, 2017 at 1:01 pm

      Naufa ah neygunas… i know u…knmes varakah?

  12. Kittiy. says:
    November 4, 2017 at 12:32 pm

    Salhi mi bai vx….❤ n Gud luk ingey exam ah..?❤

  13. nuz says:
    November 4, 2017 at 12:33 pm

    wow v reethithi mi part wess well done dr ???knmedhuvahaku kiyan baynun??????btw mondey ah inthizaarukuraany????ly?????

  14. Xxxx says:
    November 4, 2017 at 12:39 pm

    V.nice??

  15. mamee says:
    November 4, 2017 at 2:25 pm

    V nice mi partves ….suvaaleh kohlantha ….kon mal eh thieves kudahuvadho kuhjahtha?

  16. mal says:
    November 4, 2017 at 3:46 pm

    vara reethi

  17. Any says:
    November 4, 2017 at 3:52 pm

    V nice story eh v kiyahithun mi kiyan love you

  18. Sinaa says:
    November 4, 2017 at 5:50 pm

    Vrh lowbii mi vaahaka keep it up nau

  19. Naufa says:
    November 4, 2017 at 5:53 pm

    Thank u sooooooooo much all.. ❤

  20. Noora says:
    November 4, 2017 at 7:59 pm

    When next part

  21. SJK...KOREAN says:
    November 4, 2017 at 8:34 pm

    Hi Nau. Varah gina dhuvaskolheh vejje kanneynge comment koh nuleveythaa.. But story hama gavaidhun kiyan. Mi story varah salhi. Kury story ah vurevx reethi?? waiting for the next part ???

  22. Love Queen says:
    November 5, 2017 at 12:57 pm

    Next part up kolhachey.. Nice story.. Waiting for next part.. Best of luck ❤❤??☺

Comments are closed.

Next Episodeހިތްއެކީ ދެވިއްޖޭ (5)←


All Right Reserved!