Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރުން މިހިތާ ކުޅެނީހޭ (ދިހަވަނަބައި)

Pinkish Level 6100 Comments10 Stories100 Login500 Comments
November 3, 2017 5 Mins Read
80 Comments

ރޭގަނޑު 10 ޖަހާފައި ހުރިނަމަވެސް މިކްޔަން ބޭނުންވީ ނަޝްވާ ކައިރިއަށް ގޮސްލުމަށެވެ. އެހެންކަމުން ދެން އެންމެ ފުރަތަމަ އިން ފެރީއަށް އަރާ ހަމަޖެހިލިއެވެ. ނުދަންނަ ނަންބަރަކުން ގުޅި ނަމަވެސް އެކަމާ އަޅާލުމެއް ނެތި ނަޝްވާއަށް ގުޅުމަށް ފޯނުގެ ލޮގްބަޔަށް ވަނެވެ. ނަމަވެސް އެ ނުދަންނަ ނަންބަރުން މެސެޖެއް އައުމުން މިކްޔަން އެބަލާލިއެވެ. *ކަލޭގެ އަންހެނުން ހުރީ އަހަރެންގެ އަތްދަށުގައި. މިބުނީ ކިޑްނަޕް ކޮށްފައޭ. ސަލާމަތް ކުރަން ބޭނުމިއްޔާ އެއްލައްކަ ރުފިޔާ ހިފައިގެން މާދެން އަހަރެން ބުނާތާކަށް އާދޭ*

މިކްޔަންގެ ދެބުމަގޮށްޖެހުނެވެ. އެ ޔާނާގެ ކަމަކަށްނޫނީ މިކަން ނުވާނެއެވެ. އެއުޅެނީ އަހަރެން އޭނަޔާހެދި އުޅޭތޯ ބަލަންކަން ޔަގީނެވެ. މޫނުމައްޗަށް ހިނިތުންވުމެއްވެރިކުރަމުން މިކްޔަން ރިޕްލައި ފޮނުވާލިއެވެ. *ވަރަށް ރަނގަޅަށް ތިހެދީ. ތީނަ އަށް ބޭނުންގޮތެއް ހަދާ. އަހަރެންބޭނުމެއް ނޫން. ޝުކުރިއްޔާ ވަރަށް ބޮޑަށް*

މި މެސެޖް ފޮނުވި ނަމަވެސް މިކްޔަން ފެރީއިން ފޭބީ ގެއަށްގޮސް ކަމެއް ވެއްޖެތޯ ބެލުމުގެ ނިޔަތުގައެވެ.

****
މަޑުމަޑުން ދެލޯ ހުޅުވާލި ޔާނާ މުޅިތަނަށް ނަޒަރު ހިންގާލިއެވެ. ހަމަރީތި ކޮޓަރިއެކެވެ. ނަމަވެސް ޔާނާގެ ހަތަރެސްފައިވަނީ ބަނދެފައެވެ. “އަނހަ މަންޖެ ހޭލެވިއްޖެ ދޯ.” ޔާނާގެ ދެލޯބޮޑުވީ އެއަކީ މިއަދު ހޮސްޕިޓަލްއަށް އައި ޕާޓޭ މީހަކަން އިނގުނީމައެވެ. އެތާ ކައިރި މިއަދު މޫނު ބުރުގާ އަޅާފައި ހުރި ފިރިހެންމީހަވެސް ހުއްޓެވެ. “އަވަހަށް އުޅޭ ކާން. މިހިރީ ސީދާ ރެސްޓޯރެންޓްއިން ގެނައި ނޫޑްލިސް ޕާރުސަލަކާ ކޯކް ފުޅިއެއް.. އޭ ކައޭ އޭނަގެ އަތްމޮހާ. ފައި ނުމޮހާތި އޮޅިގެން ވެސް. ދުއްވައިގަންފާނެ” އެތާ ކައިރި ހުރި މީހާއަށް އިޝާރަތް ކުރަމުން އެމީހާ އެ ޕާރްސަލް އަތަށް ނެގުމަށްފަހު ޔާނާ ކައިރި އިށީއިނެވެ.

“އަހަންނަށް ކިޔަނީ އަސްހަމް. ދެން މީ ޕާޓްނަރު އަލީ. ހާސްނުވާތި.އަހަރެމެން މަންޖެއަކަށް ކަމެއް ނުކުރާނަން. އަހަރެމެން ބޭނުމީ ހަމައެކަނި ރުފިޔާ.” އަލީ ޔާނާގެ އަތް މޮހުމުން ޔާނާގެ އަތަށް އެ ޕާރުސަލް ލައިދެމުން އަސްހަމް ވާހަކަދެއްކިއެވެ. ނަމަވެސް ޔާނާ އެ ފޮޅިވާލީއެވެ. “ހަހް. މާހެޔޮވެގެން އުޅޭނެ ކަމެއްނެތް.”

“ހަހަ. ހަމަޖެހިބަލަ. ޔާނާ ޖެހޭނެ ކާން. އެހެންނޫނީ ބޮސް ހިތްހަމައެއް ނުޖެހޭނެ. އައްޔަ މިވީގޮތުން ދޭބަލަ އެހެން ނޫޑްލިސް ޕާރްސަލެއް ގެންނަން” އަސްހަމަ މިހެން ބުނުމުން އަލީ ނިކުމެގެން ދިޔައެވެ. ޔާނާ ފޫހިކަމާއެކީ މޫނު އަނބުރާލިއެވެ. “އަހަރެމެން މާދެން ޔާނާ ދޫކޮށްލަން އުޅުނީ. އެކަމް ހިޔެއްނުވެ ވާނެހެން.” އަސްހަމް މިހެން ބުނުމުން ޔާނާ ސުވާލުގެ ނަޒަރަކުންބަލާލިއެވެ. “އާން. މިކްޔަން ކައިރި ޔާނާ އަހަރެމެން ކައިރި އޭ ބުނީމަ ބަހައްޓާށޯ. ބޭނުމެއްނޫނޯ ޔާނާއެއް. ބޭނުން ގޮތެއް ހަދާށޯ” އަސްހަމް މިހެން ބުނުމުން ޔާނާގެ ދެލޯ ފެންކަޅިވިއެވެ. މިކްޔަން ހަމައެހެން ބުނީހެއްޔެވެ. ރަހުމުގެ ކަންފުޅެއްވެސް އެހިތުގައި ނެތީހެއްޔެވެ. ފުރަތަމަ ފަހަރަށް ޔާނާގެ ހިތުގައި މިކްޔަންއާމެދު ޝަކުވާ އުފެދުނެވެ.

****

“ކޮބާ ދޮންބެ ދައްތަ؟” މިކްޔަންގެ އިންތިޒާރުގައި ސޯފާގައި އިން ޒާއިން އަށް މިކްޔަން ފެނުމުން ފުންމައިގެން ތެދުވެފަ އަހާލިއެވެ. ކައިރީގައި އިން އާލިމާއަދި ނާސިހް ވެސް ކޮޅަށް ތެދުވިއެވެ. “ނާދޭތަ ގެއަކަށް؟” މިކްޔަން ފޫހިގޮތަކަށް މެސެޖްގެ ވާހަކަ ސިއްރުކުރަމުން ބުނެލިއެވެ.

“ކޮބާ ނާސިހޫ. މިކްޔަން އަކަށްވެސް ނޭނގޭ. އެހެންވެ އެ ހަމަތެދެއް” އާލިމާ ރޮއިގަންނަމުންބުނެލިއެވެ. “ކޮން ތެދެއް؟” މިކްޔަން ގޮސް ސޯފާގައި އިށީއިންނަމުން ބުނެލިއެވެ. “ދެންމެ ކޮންމެވެސް މީހަކު ގުޅާފަ ބުނީ ޔާމާ ކިޑްނާޕް ކޮށްފީމޯ. ޔާނާ ސަލާމަތުން ބޭނުމިއްޔާ އެއްލައްކަ ރުފިޔާ ހިފައިގެން މާދެން 2 ޖަހާއިރު އެމީހަ ބުނާތާކަށް ދާށޯ. ޕޮލިހަށް އަންގާފިއްޔާ ޔާނާގެ ދުވަސް ދުއްވާލާނަމޯ. ދެން ޔަގީންނުވާތީ މިކްޔަން އަންނަން ދެން އަހާލަން މިހުރީ” ޒާއިން ކިޔާދިނެވެ.

“ދެން ޔާނާގެ ބައްޕައަށް އަންގަބަލަ” މިކްޔަން ބުނެލިއެވެ. “އެ މިހާރު އަހަރެމެންގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެކޭ. އަހަރެމެން ޖެހޭނީ ރުފިޔާ ހަމަޖައްސަން.” ނާސިހް ނުރުހުންވެފައި ބުނެލިއެވެ. “ހޫން. އަހަރެންގެ އަތުގައި ހުންނާނެ ރުފިޔާ. އަހަރެން ދާނަން2 ޖަހާއިރު. އެވީނުން..” މިކްޔަން މިހެން ބުނުމުން ހާސްވެފައި ހުރި އާލިމާއާއި ނާސިހް ފުންނޭވާއެއްލިއެވެ. “އެދަރި ހެޔޮހާލުގައި ލައްވާށި” އާލިމާއަށްބުނެވުނެވެ. “މިކްޔަންއަށް ޔާނާ ގޮވައިގެން އަންނަން ނޭނގުނީތަ؟ ޒާއިން އަހާލިއެވެ. މިކްޔަން ޗޮކެއް ކަނޑާލިއެވެ. ކޯއްޗެއް ކާންހުރީ؟ ހާދަ ބަނޑުހައޭ” މިކްޔަން މިހެން ބުނުމުން ނާސިހް އާއި އާލިމާ މިކްޔަންއަށް ބަލަން ހުރީއެވެ. މިކަހަލަ ވަގުތުގައިވެސް އެއުޅެނީ ކެވޭތޯއެވެ. ވީ ފޫއްސަކުން އާލިމާ އާއި ނާސިހް އެތަނުން ދިޔައެވެ.

“ސާބަސް މިކްޔަން ސާބަސް” ޒާއިންވެސް މިހެންބުނެ އޭނާގެ ކޮޓަރިއަށްދިޔައެވެ.
ކޮޓަރިއަށް ވަން ޒާއިން ދެފަރާތަށް ބޯހޫރުވާލުމަށްފަހު ނަންބަރަކަށް ގުޅާލުމަަށްފަހު ވާހަކަ ދައްކަންފެށިއެވެ.

އެއްމެން އެތަރެއަށް ވަނުމުން ސޯފާގައި އިން މިކްޔަން ފުންމައިގެން ތެދުވިއެވެ. އެއަށްފަހު އަވަސް އަވަހަށް ބޭންކްއަށް ގުޅާލިއެވެ. ފޯނު ބޭއްވި މިކްޔަންއަށް ދެކޮޅަށް ހިނގަން ފެށުނީ ކީއްވެކަމެއް ހުދު މިކްޔަންއަކަށް ވެސް ނޭނހެއެވެ. ހިތުގެ ކަނުން މިރޭ ޔާނާ އެކަނި ބަހައްޓާފައި ނާދެވުނު ނަމައޭ ހިތަށްއަރަމުން ދިޔައެވެ. ކުއްލިއަކަށް މިކްޔަންހުއްޓުނެވެ. އަހަރެން މޮޔަވީހެއްޔެވެ. ޔާނާއަށް ކޮންމެ ކަމެއްވިޔަސް އަހަރެންނަށް ކީއްހެއްޔެވެ. އަހަރެން ވާންޖެހޭނީ އުފާނޫންހެއްޔެވެ. ޔާނާއަކީ އޭނާގެ ދިރިއުޅުން ހަލާކު ކޮށްލި މީހާ ވިއްޔާއެވެ. މިކްޔަން ފުންނޭވާއެއް ލުމަށްފަހު ކޮޓަރިއަށް ގޮސް އެނދުގައި އޮށޯއޮތީ ނިދުމަށެވެ. އެ ޔާނާއަށް ކޮންމެ ކަމެއްވިޔަސް އަހަރެންނަށް ހެވެވެ. ނަމަވެސް އެރޭ އެއްގޮތަކަށްވެސް މިކްޔަންއަކަށް ނުނިދުނެވެ. ބިރުގަންނަނީއެވެ. ޔާނާއަށް އެމީހުން ކަމެއްވެސް ކޮށްފާނެއެވެ. އަމިއްލަ ނަފްސުވެސް ކުއްވެރިކުރެވެންފެށިއެވެ.

ބަނދެފައި އޮތަ ޔާނާ އަސްހަމް މޮހާލިއެވެ. “ދެން ނިދާލާ. ނުވެއްކޭމޭނުން. އެކަމް ޖޫސް ތަށި ބޮއްޗޭ” އެތާ ހުރި ޖޫސް ތައްޓަކަށް އިޝާރަތް ކުރަމުން އަސްހަމް މިހެން ބުނެ އެކޮޓަރިން ނިކުމެގެން ދިޔައީ ބޭރުން ދޮރުތަޅުލާފައެވެ.

ޔާނާ ތެދުވެ މުޅި ކޮޓަރިއަށް ނަޒަރު ހިންގާލީ ފިލޭނެ ތަނެއް ހުރިތޯއެވެ. މުޅި ކޮޓަރީގައި ހިނގެން ފެށުނެވެ. ނަމަވެސް ނެތެވެ. އައި ރުޅިން މޭޒުމަތީ ހުރި ޖޫސް ޔަށި ވަރާލިއެވެ. އެއަށްފަހު އެނދަށް އަރާ ރޯންފެށިއެވެ.

****

*އަޅޭ ޒާއިން ކޮބާތަ ދޮންތަ؟ ބައިވަރު ބުރު ގުޅިއްޖެ. އައި ނީޑް ޓު ޓޯކްޓް ހާ* ލާރާ މެސެޖް ކުރަމުން ދިޔައީ ޒާއިންއަށޭއެވެ. އޭނާ އުޅުނީ ބޮލުގައި ފާޑަކަށް ރިއްސާތީއެވެ. އެހެންވެ ކޮންމެހެން ޔާނާއާ ވާހަކަ ދައްކަން އެބަޖެހެއެވެ. އޭނާއަށް ހިތްހަމަޖެހުމެއް ލިބޭނީ އޭރުންނެވެ.

*ނިދާފަ ކަންނޭގެއޭ. ޑޯންޓް ވޮރީ. ޝީއިޒް ފައިން* ޒާއިން ރިޕްލައިކޮށްލިއެވެ.

*އޯކޭ ގުޑް ނައިޓް. ސީ ޔޫ ޑޭ އާފްޓާ ޓްމޯރޯ* މާޔޫސްވެފައި ޔާނާ މެސެޖްކޮށްލިއެވެ. ޖަވާބަކަށް މިކްޔަން ސުވާލުމާކެއް ފޮނުވާލިއެވެ.

*ބޮލުގައި ރިއްސާތީއޭ.ހިޔެއް ނުވޭ މާދެން ދެވޭނެ ހެން ހޮސްޕިޓަލަކަށް. ނިދަން މިއުޅެނީ އެހެންވެ. ގުޑް ނައިޓް*

*އޯކޭ ބޭސް ކާތި މޮޔަ. ގުޑް ނައިޓް* ޒާއިން ފޯނު މޭގައި ޖައްސާލިއެވެ. އެއަށްފަހު ނިދުމަށް ލޯމަރާލިއެވެ.

****

ހެނދުނު 10 ޖެހިއިރު މިކްޔަން ބޭންކަށް ދިޔުމަށް ތައްޔާރުވެގެން ނިކުތެވެ. “ސައި ބޮއިގެން ދޭ” ސޯފާގައި ޒާއިން، ނާސިހް އަދި އާލިމާ އިންއިރު އާލިމާ ފޫހިގޮތަކަށްބުނެލިއެވެ. “ބޮއިފިން މާކުރިން” މިކްޔަން ކުރުޖަވާބެއް ދިނުމަށްފަހު އެތަނުން ނިކުމެގެން ދިޔައެވެ. ހަގީގަތުގައި މިކްޔަން ރޭން ސުރެން އެއްޗެއް ނުކައެވެ.
ބޭންކަށް ގޮސް މިކްޔަން ރުފިޔާ ނަގައި ދަބަހަކަށް އަޅާލިއެވެ. އެއަށްފަހު ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.

****
“މަންޖެ ކޮބާ ތައްޔާރުވޭ އިނގޭ. 2 ޖަހާއިރަށް ގަޑި ކިޔާފިން.” ޔާނާ އިށީނދެގެން އިން އެނދުގައި އިށީއިންނަމުން އަސްހަމް ބުނެލިއެވެ. ޔާނާ އިންގޮތަށް އިނީއެވެ. “މަންޖެ ސައިވެސް ނުބޮއި.ގެއަށް ދެވުނުހާ އަވަހަކަށް ތި ބަނޑަށް އެޗެއް ލާތި” އަސްހަމް ބުނެލިއެވެ. ޔާނާ އަސްހަމްއަށް ބަލާލިއެވެ. ޕާޓޭއެއް މިހާ ހިތްހެޔޮވެދާނެހެއްޔެވެ. “އަދި ހަނދާންވެސް ނެތިފައޭ މިހިރީ. އެމީހުންކައިރި ނުބުނަށް ރުފިޔާ ހިފައިގެން އަންނަން ޖެހޭނެ ތަނެއް” އަސްހަމް މިހެން ކިޔާ ފޯނު ނަގައި މިކްޔަންއަށް ގުޅާލިއެވެ.

ކާރު ދުއްވަމުން ދިޔަ މިކްޔަން ނުދަންނަ ނަންބަރަކުން ގުޅާތީ އަވަސް އަވަހަށް ފޯނު ނެގިއެވެ. “ހަލޯ” އެކޮޅުން ހަމައެކަނި ބުނެލީ އަންނަން ޖެހޭތަނެވެ. “މި ޔާނާ” މިކްޔަން އަށް ބުނެލެވުނެވެ.

“ހަހަ މަޑުކުރޭ. ކަލޭގެ ފިރި” އަސްހަމް މިހެން ބުނެ ޔާނާގެ ކަންފަތުގައި ފޯނު ޖައްސާލިއެވެ.
މިކްޔަން ކާރު ވަގުތުން ހުއްޓާލިއެވެ. ޔާނާގެ އަޑު އިވޭތޯއެވެ. ނަމަވެސް ނޭވާގެ އަޑުނޫން އަޑެއް ނީވުނެވެ.
ޔާނާތޯއެވެ. ފާޑަކަށް ހަރަކާތެއް ކުރަން ނޭނގިފައި ހުރީއެވެ.
“އޭނަ ވާހަކަ އެއް ނުދައްކަ. އެކަމް އޭނަ ސަލާމަތުން ހުރީ. ދެން އާދޭ އަވަހަށް މަބުނި ގަޑިއަށް” އަސްހަމް މިހެން ބުނެ ފޯނު ކަނޑާލިއެވެ.

****

2 ޖެހިއިރު މިކްޔަން ހުރީ އަސްހަމް ބުނިތާއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވާ ހިސާބެކެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ ޔާނާ ފެންނާނެ އިރަކަށެވެ. މީހެއް ކަރުކެހިލި އަޑަށް މިކްޔަން ފަހަތަށް ބަލާލިއެވެ. މޫނު ފޮތިކޮޅަކުން ފޮރުވާފައި ހުރި މީހާ އެއްއަތުން ޔާނާގެ އަތުގައި ހިފަހައްޓައިގެން ހުރިއެވެ. އަނެއްއަތުން އިޝާރާތް ކުރަމުން ދިޔައީ މިކްޔަން އަތުގައި އޮތް ދަބަސް ދިނުމަށެވެ.

މިކްޔަން އިތުރު ވިސްނުމަކަށް ނުގޮސް ދަބަސް ދިއްކޮށްލިއެވެ. ފޮތިކޮޅަކުން މޫނު ފޮރުވާފައި ހުރި އަސްހަމް ދަބަސް ޖަހާގަތުމަށްފަހު ޔާނާ މިކްޔަންއާ ދިމާލަށް ބާރަކަށް ފޮނުވާލިއެވެ. އެއްމެ މިނެޓެއްވެސް އެތާ ނުހުރެ އަސްހަމް ދުއްވައިގަތެވެ.

ވަރުދޫވެފައި ހުރި ޔާނާ ލައިގަތީ މިކްޔަން ގައިގައެވެ. “ޔާނާ” މިކްޔަން ޔާނާ ގައިގައި ހިފަހައްޓާލިއެވެ. ޔާނާގެ ހަރަކާތެއް ނެތްކަން އިނގުމުން ހާސްވެހުރެ މިކްޔަން ޔާނާ އަތްދަނޑި މައްޗަށް ލިޔެވެ. އެއަށްފަހު ހަލުވި ހިނގުމެއްގައި ކާރަށް އެރުމަށްޓަކައި ހިނގައިގަތެވެ.

ދުރުގައި ގަހެއްގެ ނިވަލުގައި މަންޒަރު ބަލަން ހުރި މީހާވެސް އެނބުރި ދިޔައީ މޫނުމައްޗަށް ކާމިޔާބީގެ ހިނިތުންވުމެއް ގެނުވަމުންނެވެ.

“ޔާނާ” މިކްޔަން އަތްދަނޑި މައްޗަށް ލައިގެން ގެނަ ޔާނާ ފެނުމުން އާލިމާ ދުވެފައި އައެވެ. މިކްޔަން ގޮސް ސޯފާގައި ޔާނާ ބާއްވާލިއެވެ. “ދޭބަލަ މަންމަ ޖޫސް ގެންނަން. މީނަ ގައިގަ ވަރުނެތީ ކަންނޭގެ.” އާލިމާވެސް ލަސްނުކޮށް ދިޔައެވެ.

ވަރުބަލިކަމާއެކީ ޔާނާ ދެލޯ ހުޅުވާލީ އާލިމާ އޭނާގެ މޫނުގައި ފެން ހާކާލުމުންނެވެ. ލޯހުޅުވާލުމާއެކު އާލިމާ ޔާނާއަށް ޖޫސް ދޭންފެށިއެވެ. ޖޫސް ބުއިމުން ޔާނާ ކުޑަކޮށް ހަމަޖެހުނެވެ. “ދަރިފުޅަށް ކަމެއް ކުރިތަ އެމީހުން” އާލިމާ އަހާލިއެވެ. މިކްޔަންވެސް ޔާނާއަށް ބަލާލީ ޖަވާބުއެނގެން ބޭނުންވެފައި ހުރުމުންނެވެ. ޔާނާ މަޑުމަޑުން ބޯހޫރުވާލިއެވެ. “ދޮންބެ ދައްތަ” ގެއަށް ނާސިހް އާއެކީ ވަދެގެން އައި ޒާއިން ގޮވާލިއެވެ. “ދަރިފުޅަށް އެމީހުން ކަމެއް ކުރިތަ؟” ނާސިހް ވެސް އައިސް ކޮށްލީ ހަމައެސުވާލެވެ. އާލިމާއަށް އަދި ޔާނާއަށް ހެވުނެވެ. މިކްުޔަންވެސް ފާޑަކަށް އެއްމިޔަކަނުން ހީލިއެވެ. ނާސިހްއާއި ޒާއިން ހުރީ ވާނުވާގައެވެ. ނުބައި ސުވާލެއްކުރެވުނީ ހެއްޔެވެ.

****

ޔާނާއަށް ކޮޓަރިއަށް ވަނެވުމާއެކީ ޖީބުގައި އޮތް ފޯނުނެގިއެވެ. އަސްހަމް ވަނީ ފޯނު އޭނައާ ފަހުން ހަވާލުކޮށްފައެވެ. ޔާނާ ލާރާއަށް ގުޅާލިއެވެ. “ދޮންތަ ވެއާ ހޭވް ޔޫބީން؟ ކިތަަށް ފަހަރު ގުޅައިފިން. ރޭންސުރެ” ފޯނު ނެގުމަށް ފަހު ލާރާގެ ޝަކުވާ ކުރަން ފެށިއެވެ. ޒާއިން ބުނެފައި ވާގޮތުން ލާރާ މެނަކަށް އޭނަ ކިޑްނޭޕް ވީކަމެއް ނޭނގެއެވެ. އެހެނވެ ޔާނާ ފެށިއެވެ. “ސޮރީއޭ ކޮއްކޯ. ހާސްނުވެބަލަ. ދޮންތަ ހޮސްޕިޓަލްއަށް ނުދިޔައީ ކުޑަކޮށް ބޮލުގައި ރިއްސާތީއޭ”

“އޭނ. ދޮންތަވެސް ނުދަންތަ ހޮސްޕިޓަލްއަކަށް؟” ލާރާ ހައިރާންވެފައި އަހާލިއެވެ. “ވެސްއޭ؟”

“އާން .އަހަރެންވެސް ނުދަމޭ. ދޮންތަ އޯކޭތަ. އަހަރެން މިދަނީ ތިގެއަށް” ލާރާގެ ބޮލުގެ ރިހުން ރަނގަޅުވެފައި ވުމުން ލާރާ ބުނެލިއެވެ. “ނޫން. ދޮންތަ ރަނގަޅޭ. ތިގެއަށް ނުދާތާ ވެސް ކިހާދުހެއް. އެހެންވެ ދޮންތަ ދާނަން ހަވީރުން” ޔާނާ މިހެން ބުނުމުން ލާރާ ޔޭއޭ ކިޔާ ފޯނުބޭއްވިއެވެ. އެވަގުތަކީ މިކްޔަން ވެސް ކޮޓަރިއަށް ވަން ގަޑިއެވެ.

މިކްޔަން ޔާނާއަށް ބަލާލިއެވެ.މީނަ ވާހަކަ ނުދައްކަނީ ކީއްވެ ހެއްޔެވެ. ބޭރުގައި ވެސް މަންމަމެން ކިޔާއެއްޗަކަށް ބޯހޫރުވުން ނޫންކަމެއް ނުކުރެއެވެ.

“އަހަރެން މިއުޅެނީ ނަޝްވާ ކައިރިއަށް ހަވީރު ދާން. އަހަރެން ކޮބާތޯ ނޫޅޭތި. މިކްޔަން ގޮސް ޔާނާގެ ކުރިމައްޗަށްއެެރިއެވެ. ޔާނާ އިސްދަށަށް ޖަހާލުމަށްފަހު ގޮސް ސޯފާގައި އިށީއިނދެލިއެވެ. ” އަހަރެން ކަލޭ ސަލާމަތް ކުރިޔަސް މާ ފޮނިނުވާތި” މިފަހަރުވެސް ޔާނާ އެއްޗެކޭ ނުބުނުމުން މިކްޔަން ރުޅިއައެވެ. ދިޔަގޮތަށް ގޮސް ޔާނާ ކޮނޑުގައި ހިފާ ނެގިއެވެ. “ކަލޭ ހީކުރީ ކަލޭ ވާހަކަ ނުދެއްކީމަ އަހަރެން ދެރަވާނެ ކަމަށްތަ؟ ނުވެ. ނުވެސް ވާނެ. ކަލޭ ސަލާމަތްވެސް ނުކުރެވުނު ނަމައޭވެސް ހިތަށް އަރާ. އެއްލައްކަ ރުފިޔާ ބޭކާރު. ހަހް” މިކްޔަން ޔާނާ ކޮށްޕާލިއެވެ. ޔާނާވެއްޓުނީ ސޯފާއަށެވެ. މިކްޔަން ކޮޓަރިން ނިކުމެގެން ދިޔުމުން ޔާނާ އަޑުން އަޑުނަގާ ރޯންފެށިއެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Pinkish

Level 6100 Comments10 Stories100 Login500 Comments

...

Other Articles

RedHand by Shabab
Previous

ރެޑް ހޭންޑް – 04 (ފަހުބައި)

Next

ޢެދެމޭ އުފާ….(36)

Next
November 3, 2017

ޢެދެމޭ އުފާ….(36)

Previews
November 3, 2017

ރެޑް ހޭންޑް – 04 (ފަހުބައި)

RedHand by Shabab

80 Comments!

  1. Aal says:
    November 3, 2017 at 11:05 pm

    Me first

    1. Ram says:
      November 3, 2017 at 11:07 pm

      Yess?

  2. Ram says:
    November 3, 2017 at 11:06 pm

    Hey guyx miothy 10 vana part. las vx vejje dww.. friday is a bxy day. hehe.. sorry igeyy.. btw guyxx dhen inna part infeshigen kithanme kameh badhalu vegen dhaane. so keep waiting for tomorrow.. comment below ? loves ?❤?

  3. miniiiion says:
    November 3, 2017 at 11:11 pm

    reethi :). alhe thankolheh dhigukoh gens dheeba.
    will waitfor the next part.
    when are you going to upload it??

    1. Ram says:
      November 3, 2017 at 11:21 pm

      Maadhen.. haveerah veythw balaanan.. not sure ?❤

  4. Naan says:
    November 3, 2017 at 11:16 pm

    Wow mi part ves varah reethi. Next part konirakun.

    1. Ram says:
      November 3, 2017 at 11:22 pm

      Thankyou naan.. maadhen igeyy.. ?❤

  5. Nashth says:
    November 3, 2017 at 11:17 pm

    Mi story kiyaafa noonii Nunidhifa mihury gud nyt. First dhw

    1. Ram says:
      November 3, 2017 at 11:24 pm

      Thankyou so much.. mifaharu fairst eh noon.. hehe.. good nyt ?❤❤

  6. maryy says:
    November 3, 2017 at 11:17 pm

    plx plx.tankolheh dhigu kohgenes dheebala plx v v v reethi

    1. Ram says:
      November 3, 2017 at 11:25 pm

      Will try darl.. thankyou so much ?❤

  7. ?Loony? says:
    November 3, 2017 at 11:22 pm

    Wow varh rythii ❤❤

    1. Ram says:
      November 3, 2017 at 11:26 pm

      Thankyou loony ?❤

  8. Kittiy. says:
    November 3, 2017 at 11:23 pm

    Wow.. v.v.v.v. salhi..❤❤❤

    1. Ram says:
      November 3, 2017 at 11:27 pm

      Thankyou darl ?❤

  9. Janaa says:
    November 3, 2017 at 11:23 pm

    Kudakoh lhagotheh jumla thakuga hurey

    1. Ram says:
      November 3, 2017 at 11:28 pm

      Ohh let me try to improve dear.. thankyou ?❤

  10. aki says:
    November 3, 2017 at 11:25 pm

    ahey haadha kurey mi part.. ekamu ves varah reethi mi vaahaka

    1. Ram says:
      November 3, 2017 at 11:29 pm

      Ohh… thankyou aki ?❤

  11. ??? says:
    November 3, 2017 at 11:28 pm

    Mihaaru inthizaaru kohkoh varubali vehjjey ramoo dhoonii ☺☺

    1. Ram says:
      November 4, 2017 at 12:06 am

      Alheyy dhoonyaa.. sorry eyy ??❤

  12. Haw shiaa shabaa shiaar says:
    November 3, 2017 at 11:29 pm

    Mashaa Allah mi part ves hama habeys, BT kuda irukolhaku kiyaalaairah nimejje, v kiyaahithun inee, anehkaavex mijehunee inthixaaru kuran maadhamaa ah dw, thanks ram n love ❤️? u goodnight

    1. Ram says:
      November 4, 2017 at 12:07 am

      Alheyy sorry dear ? thankyou so much ?❤

  13. shaan says:
    November 3, 2017 at 11:31 pm

    alhe hama mieyae vuren diege nukureveynetha ????. vaahaka hama nice ??

    1. Ram says:
      November 3, 2017 at 11:56 pm

      Sorry.. kuru dwww..
      sorry darl.. thankyou ?❤

  14. Ainth says:
    November 3, 2017 at 11:32 pm

    V v v rythi mi baives… Ekam mistake ebahuri dhw.. Dhen annabaiga rangalhu kohlaathi igey.. Eyrah v furihama vaane.. All the best ram

    1. Ram says:
      November 3, 2017 at 11:56 pm

      Yess in sha allah.. thankyou ?❤

  15. layyiy says:
    November 3, 2017 at 11:37 pm

    Stry vara salii…. but adhi miaa vure dhiguko uo kolhadheba plxxx ram mi Stry kiyaafa nune nunidhifa miothee nulhaahiku ginain up veytho belhun miadhu ves. Ur writing it really grt lvu u a lot ram… best of luck..♥♥♥

    1. Ram says:
      November 4, 2017 at 12:08 am

      Awww thankyou so much darl.. keep waiting ?❤

  16. ??? says:
    November 3, 2017 at 11:40 pm

    ☺☺☺vvv rythi mibaii yaana vashaka nudhah kaathi mikyann aai eyrunn yaana fahathunn dhuvann fashane e mikyan gadhu ??????

    1. Ram says:
      November 4, 2017 at 12:09 am

      Hehe dwww .. thankyou darl ?❤

    2. Chawder says:
      November 4, 2017 at 12:13 am

      Cute wording

    3. Ram says:
      November 4, 2017 at 12:22 am

      ❤❤

  17. unaal says:
    November 3, 2017 at 11:43 pm

    obinez to the macxx ????ram ..thankiu vrh bodah … asluvx vrh reethi

    1. Ram says:
      November 3, 2017 at 11:57 pm

      Aww thankyou so much unaal ?❤

    2. Ram says:
      November 3, 2017 at 11:57 pm

      Aww thankyou so much unaal ?❤

  18. Chawder says:
    November 3, 2017 at 11:47 pm

    Hi.vvv reethi waiting for next part.good night.zaain and laara ge love story haadha kuriah nudhryey.

    1. Ram says:
      November 3, 2017 at 11:59 pm

      Hlw.. Thankyou love.. kuriah dheythw balamaa dww next part thakuga ? loves ?❤

    2. Chawder says:
      November 4, 2017 at 12:09 am

      Let’s see dhow vaagoth.alsu edhemyhun ge cute kamun ney .???

    3. Ram says:
      November 4, 2017 at 12:11 am

      Yeshh they are cute ?❤

  19. Roo says:
    November 3, 2017 at 11:51 pm

    V v v v reeeeeethi! Dhen mikyan vejje ehnu yaanaa ehaa dhera nukuran ??? But ram story gendhaa goi varah reethi ingey.. Aneh part kiyaalaa hithun nuves hurevey.. ? Gud nyt.. ???

    1. Ram says:
      November 3, 2017 at 11:59 pm

      Alheyy keep waiting love.. Thankyou so much ?❤

  20. naj says:
    November 4, 2017 at 12:36 am

    vv reethi..but sometimes lara genamuge badhalugaa yaana liyefa hurey…so you could correct tht

    1. Ram says:
      November 4, 2017 at 9:04 am

      Okay naj. Thankyou ?❤

  21. nerz says:
    November 4, 2017 at 6:54 am

    Alhe haadha kiyaa hithun ohvvaey e nimunee… avahah up kohlahchey pleez… hehe v v v reethi ingey vaahaka ❤

    1. Ram says:
      November 4, 2017 at 9:05 am

      Hehe thankyou darl ?❤

  22. Yaana says:
    November 4, 2017 at 7:15 am

    Wow.. varah baivaru vàahaka kiyaafin ekammihaa kiyaahithun dhuvahakuves vaahaka eh nukiyan varah reethi vaahaka?? waiting for next part❤❤❤

    1. Ram says:
      November 4, 2017 at 9:06 am

      Oww yaanaa… thankyou so much ?❤

  23. click a shot ? says:
    November 4, 2017 at 7:31 am

    alhey reyga nidhuniey story ves nukiya…kithanme kameh badhal vegen dhaaney bunima mihaaru curious vehje…btw mi part ves hama fabulous ingey ram..your a perfect writer.?..I love to read your story’s a lot and m your biggest fan.?..SERIOUSLY…waitting ?impatiently…avahah up kohdhechey next part…Love you ram..tc?❤️❤️

    1. Ram says:
      November 4, 2017 at 5:37 pm

      Awww click.. thankyou so much darling.. varah varah happy vejje.. loves more ?❤

    2. click a shot ? says:
      November 4, 2017 at 6:17 pm

      ?❤️

  24. Nish says:
    November 4, 2017 at 7:36 am

    Haadha rangalhu partey thakekey dhw..sasybehnun yaana ah gotheh nuhedhikan..nd mi part ves vv salhi?ram ur the best..keep it up..??waiting!ly?

    1. Ram says:
      November 4, 2017 at 9:10 am

      Yes nasybeynu dwww ? thankyou so much.. loves more ?❤

  25. Anonymous says:
    November 4, 2017 at 7:42 am

    Mi part vx v habeys igey ..?..?..ekam maabodah vx kury dhw.???..dhn faharakun vaane c dhigu kon genes dheyn igey..???

    1. Ram says:
      November 4, 2017 at 9:11 am

      Eheh.. okay igey ? thankyou so much ?❤

  26. Pinky shifoo says:
    November 4, 2017 at 7:54 am

    Wow Ram… Mi part vx hama vvv reethi… Alhey mikyan yaanaa ah thihen nahadhaa… Miahvure dhigukoh genesdhehchey plxx.. Waiting for next part…

    1. Ram says:
      November 4, 2017 at 5:38 pm

      Thankyou so much darl ?❤

  27. San❤❤ says:
    November 4, 2017 at 7:55 am

    Wow v v reethi ??

    1. Ram says:
      November 4, 2017 at 9:12 am

      Thankyou darl?❤

  28. Mal. says:
    November 4, 2017 at 8:24 am

    Hello ram….? v rythi mi lart vx.. love this story..??

    1. Ram says:
      November 4, 2017 at 5:42 pm

      Thankyou maloo?❤

  29. SJK...KOREAN says:
    November 4, 2017 at 9:30 am

    ?Hi Ramko. Hws u??
    Reyga hama mi vaahaka up veytho iny kiyaa hithun. But evaguthu comment koh nulevuny.. Varahhhh reethi mi part vx masha allah.. Emme kiyaa hiyyvaa story n emme wait kurevuny story mee mihaaru. Story kiyaalaairu heevany eyge there ulheveyhen.? U’re such a great talent.? Keep going dear. May god bless u. Waiting..luv u ??????

    1. SJK...KOREAN says:
      November 4, 2017 at 9:31 am

      **U’ve such a great talent

    2. Ram says:
      November 4, 2017 at 11:15 am

      I m guuud sjk ? thankyou so much ?❤ ly too love ?

  30. Mal. says:
    November 4, 2017 at 9:41 am

    Hey ram… nice egey mi part vx…? waitin for the next prt?

    1. Ram says:
      November 4, 2017 at 11:16 am

      Aww thankyou maloo ?❤

  31. sam♥ says:
    November 4, 2017 at 10:20 am

    v reethi mi part ekm v kuru igey… dhigukon genesdhevidhaanethaaa… stry v.lobii♥♥♥

    1. Ram says:
      November 4, 2017 at 11:17 am

      Thankyou and i will try igeyy darl ?❤

  32. Guiverey says:
    November 4, 2017 at 1:14 pm

    Hiiiiii Ram!!! Vvvv reethi mi part ves..ekam adhi thankolheh dhigu kurevidhaanetha next part?? BTW mi story vvv reethi ingey!!
    Hehehe

    1. Anonymous says:
      November 4, 2017 at 1:17 pm

      Kekkekekkekke… Wat a funny name dear!!!
      “GUIVEREY” ahahahaahahaha… Adhi ves eba verey tha dear??

    2. Pop says:
      November 4, 2017 at 3:01 pm

      Pis pis thanfukeh boduvaru..thy vx dhen nameh tha

    3. Ram says:
      November 4, 2017 at 5:43 pm

      Thankyou luvv ?❤

  33. click a shot ? says:
    November 4, 2017 at 2:06 pm

    alhey reyga story nukiya nidhuni…mi part ves hama fabulous ingey ram…this story is amazing.?..i had loved it from the start…❤️❤️and I am a biggest FAN of you ram…SERIOUSLY you’re a great writer…keep it up dear..???.waitting impatiently. Haasakoh dhen inna part in feshigen kithanme kameh badhal vaaneey bunima…Love you..??.tc…???

    1. click a shot ? says:
      November 4, 2017 at 8:59 pm

      Oops sorry..dhe faharu comment kurevifa ineema…aslu comment lahun up vaathive vaagothe ai…?

  34. love says:
    November 4, 2017 at 2:20 pm

    Hii im new for this nd i want to write a story kihineh hadhan jeheyny plxx can u help

    1. Ram says:
      November 4, 2017 at 5:44 pm

      You have to register first darl ?❤

  35. Bestfriend says:
    November 4, 2017 at 2:51 pm

    Aslu ves varah beinun story liyan.eakam kihineh hadhanee.can u help me plz plz

    1. Bestfriend says:
      November 4, 2017 at 2:53 pm

      Friends plx plx

    2. SJK...KOREAN says:
      November 4, 2017 at 8:37 pm

      Register kohlan jeheynee dear. ? simple

  36. ino says:
    November 5, 2017 at 12:38 pm

    mihaaru mikiyan dheke varah rulhiaisfi, yaanaa ah ehenhadhaathy, varah reethi mi story Ram

Comments are closed.

Next Episodeސިއްރުން މިހިތާ ކުޅެނީހޭ (އެގާރަވަނަބައި)←


All Right Reserved!