Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަވްލީން (15ވަނަ ބައި)

iff Level 210 Stories100 Comments
November 1, 2017 5 Mins Read
19 Comments

އެދުމަތީ އެކެއް އަނެކެއްގެ އަތުގެ ހިމާޔަތް ލިބިގެން ނިދާލާފައި ތިބި މަހުދީ އާއި އަވްލީން ފެނުމުން ލަޔާންއަށް މޮޅު ހިޔާލެއްއައިސްގެން ފޯނު ނަގާ ކެމެރާއަށްލުމަށްފަހު ދެމީހުންގައިން ދެތިން ފޮޓޯ ނަގައިގެން އެނބުރި ދިޔައީ އެ ދެމީހުންގެ އަރާމު ނިދި ހަލާކުކޮށްނުލުމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ފަތިހު ފަތިސް ނަމާދަށް ތެދުވަން އާދަކޮށްފައިވާ އަވްލީންއަށް ހޭލެވުނީ ލަޔާން ނިކުމެގެންދިޔަތާ އިރުކޮޅެއްފަހުންނެވެ. ހޭލެވުމާއެކު އަވްލީންއަށް އޮވެވުނުގޮތާމެދު ވިސްނާލެވުނެވެ. އަދި މި އޮވެވުނީ ހުވަފެނެއްގައި ނޫންކަން އިނގުމުން ކުއްލިއަކަށް އިސްއުފުލާ މަހުދީގެ މޫނަށް ބަލާލިއެވެ. އަދި ވަރަށް ބަލައިގެން މަހުދީއަށް ނުހޭލެވޭނެހެން އަތް ނައްޓުވާލުމަށްފަހު ތެދުވެގެންގޮސް ފާހާނާއަށްވަދެ ވުޟޫކޮށްލައިގެން ނިކުމެ ނަމާދުކުރީ ހޮސްޕިޓަލް ތެރޭގައިވާ ނަމާދުކުރާ ކޮޓަރިއަށްގޮހެވެ.

ހެނދުނު 8 ޖަހާލާކަންހާއިރު ހޮސްޕިޓަލަށްދިޔަ ވިޝާކާ އަވްލީންއޮތް ރޫމަށްވަންގޮތަށް އަނގަމަތީ އަތްއަޅައިގެން ހޭންފެށީ ގޮނޑީގައި ނިދިފައި އިން އަވްލީންއާއި އެނދުމަތީގައި އޮތް މަހުދީ ފެނުމުންނެވެ. ވިޝާކާގެ ފަހަތުން އެތެރެއަށް ވަދެގެންދިޔަ ނަރުސް ކުއްޖާވެސް ހީނގަތީ ޕޭޝަންޓް ބަދަލުވީހޭ ކިޔާފައެވެ.

“ދޮންބޭ ދޮންބޭ…” ވިޝާކާ މަހުދީ ކައިރިއަށްޖެހި ފައިގަ ކޮށްޓާލަމުން ގޮވިއެވެ. މަހުދީ ހޫނ އަޅުވާލުމަށްފަހު ލޯ ހުޅުވާލިއިރު ވިޝާކާ ފެންނަން ހުރުމުން ފުންމައިގެން ތެދުވީ އޭނަ ކައިރީ އޮތް އަވްލީން ކޮބައިތޯ ބެލުމަށެވެ. ތެދުވިގޮތަށް އެނދުމަތީގައި އަވްލީން ނެތުމުން ފަރާތް ފަރާތަށް ބަލާލީ އަވްލީން ފެނޭތޯއެވެ. އެނދުގެ އެއްކައިރީ އިން ގޮނޑި ތަންކޮޅެއް ދުރަށް ޖައްސާލައިގެން ކަބަޑުމަތީ ބޯ އަޅާލައިގެން އޮތް އަވްލީން ފެނުމުން މަހުދީއަށް ބަލާލެވުނީ ވިޝާކާއަށެވެ. އެވަގުތު އަނެއްކާވެސް ވިޝާކާއަށް ހީނގަނެވުނީ މަހުދީ ރަކިވެފަ އިންވަރު ފެނުމުންނެވެ. ވިޝާކާއާ އަވްލީން ހަވާލުކުރުމަށްފަހު މަހުދީ ގެއަށް ދިޔައީ އަވަހަށް ފެންވަރައިގެން ޑިއުޓީއަށްއައުމަށެވެ.

     މޯޑްމެން ގުރޫޕް އެއްވާ ހޮޅުއަށީ ޖޯއްޔެއްގައި މޯޑް އޮތީ ވިސްނުމަކަށް ގެއްލިފައެވެ. އަވްލީންއަށް މަޖުބޫރުކޮށްގެންވިޔަސް އޭނައާ ރައްޓެހިވާން އެއްބަސްކުރުވަން މޯޑް ބޭނުންވެއެވެ. ވިޝިކާގެ އެހީ ލިބެންޏާ އެއީ މޯޑްއަށް މާ އުނދަގޫކަމަކަށް ނުވާނެއެވެ. ނަމަވެސް ވިޝިކާވެސް މިހާރު އޭނައަށް އެކަމުގައި އެހީވަން ދެކޮޅުހަދާތީ މޯޑް ވިސްނީ އަމިއްލައަށް އެކަން ކުރުމަށެވެ.  އަދި އެކިއެކި ޕްލޭންތައް ކުރިއެވެ.

     އަވްލީންއަށް ސައިދިނުމަށްފަހު ގޮނޑީގައި އިށީނދެލައިގެން އިން ވިޝާކާ އިސްޖަހާލީ އެ ކޮޓަރިއަށް ވަދެގެން އައި ލަޔާން ފެނުމުން ކުރިން ރޭ ވިޝިކާ ކީ އެއްޗެހި ހަނދާންވެފައެވެ. ލަޔާންއަށް ވިޝާކާގެ މޫނަށް އެރި ކުލަވަރު ކިތަންމެ ރީތިކޮށްވެސް ފެނުނެވެ. ” އަވީ މިހާރު ކިހިނެއްތަ؟ އަދިވެސް ހުން އާދޭތަ؟” ލަޔާން އަވްލީން ކައިރީ އެހިއެވެ. “އުހުނ މިއަދު ހުމެއް ނާދޭ.. އެކަމަކު އަދިވެސް ފޮނުވާލާކަށް ނޫޅޭ” އަވްލީން ތުން ދަމާލާފައި ބުނި ގޮތުން ލަޔާން ކައިރިއަށް ހިނިއައެވެ.

     ހިނިއައިސްގެންހުރެ ވިޝާކާއާއި ދިމާލަށް ބަލައިލިއިރު ވިޝާކާ އަދިވެސް އިސްޖަހައިގެން އިނުމުން ލަޔާން ވިޝާކާއާ ދިމާކޮށްލާހިތްވިއެވެ. “އަވީ ދޮންބެއަށް ހީވަނީ ތި އެނދުގަ ދެން ބާއްވަންވީ ވިޝާހެން..” ލަޔާން އެހެން ބުނުމުން ވިޝާކާ އިސްއުފުލާލާ ލަޔާންއަށް ބަލާލިއެވެ. އަވްލީން ދެމީހުންގެ މޫނަށް ވަކިވަކިން ބަލާލުމަށްފަހު އެ ކިހިނެއްވެގެންތޯ ލަޔާން ކުރެން ސުވާލުކުރިއެވެ. “އެއީ ވިޝާ ބަލިހެން ދޮންބެއަށް ހީވާތީ.. އަވީ ގައިން ވިޝާއަށް ވައިރަސް އެރީ ކަންނޭގެ..” ލަޔާން އެހެން ބުނަމުންގޮސް ވިޝާކާގެ ނިތުގައި އަތްޖައްސާލީ ހީލަމުންނެވެ.

     އެ ހުރިހާއިރު ލަޔާންއަށް ބަލަންއިން ވިޝާކާ ހީލީ ލަޔާންގެ ހިތްހެޔޮކަމާ ރަނގަޅުކަން ފެނިފައެވެ. “ލަޔާންބެ އައި އޭމް ސޮރީ.. އަހަރެން ހިތަކަށް ނާރާ ވިޝީ އެގޮތަށް ވިސްނަފާނެކަމަކަށް..” “އެއްކަލަ ވިޝާ.. ޑޯންޓް ވޮރީ މައި ލިޓްލް ސިސް.. ވިޝިކާގެ ގޮތް އެންމެ ރަނގަޅަށް އިނގޭނީ ހަމަ ވިޝާއަށް.. އެކަމާ ނުވިއްޔާ އެންމެ ރަނގަޅުވާނީ.. ލަޔާންބެ ހިތަކު ނެތް އެއްވެސް ހިތްބުރަކަމެއް.. އެން ކޮންމެ މީހެއް ކޮންމެ އެއްޗެއް ކިޔަސް އަވީ އަދި ވީޝާ އާ ދޭތެރޭ އަހަރެން ދެކެނީ ކޮއްކޮއިން ގޮތަށް.. ސޯ މީގެ ފަހުން އައި އޭމް ޔޯ ބްރަދަރ ފޯމަލްކޮށް…” ވިޝާކާގެ ވާހަކަ މެދުކަނޑާލުމަށްފަހު ލަޔާން ވާހަކަ ދެއްކިއެވެ. އަދި ދެއަތް ފުޅާކޮށްފަ ބޮޑޭވެލިއެވެ.

     “ތި ދެމީހުން ތިއުޅެނީ ކިހިނެއްވެގެން.. އަހަންނަށްވެސް ވީގޮތެއް ކިޔައިދީބަލަ..” ލަޔާން އާއި ވިޝާކާގެ ވާހަކަ އަޑުއަހަން އިން އަވްލީންއަށް ވާނުވާ ނޭނގުމުން އަހާލިއެވެ. “ވީގޮތަކީ މިއަދު ފަތިހު ދޮންބެ ނަމާދަށްގޮއްސަ އައިއިރު މިތާނގަ ޓޫ ޕޭޝަންޓްސް ތިބީ…” ލަޔާން އެހެން ބުނަމުން އެއް ލޯ މަރާލުމުން އަވްލީންއަށް އަނގަމަތީގައި އަތް އަޅާލެވުނީ މަހުދީއާއެކު އޭނަ އެނދުމަތީގައި އޮއްވާ ލަޔާންއަށް ފެނިއްޖެކަން އިނގުމުންނެވެ. “ޓޫ ޕޭޝަންޓްސް އޭ.. އަހަރެން އައިއިރު ޕޭޝަންޓް ޗޭންޖްވެފަ އޮތީ.. ދޮންބެ އޮތީ އެނދުގަ ނިދާފަ. އަވީ އިނީ ގޮނޑީގަ ނިދާފަ.. ހަހަހ” ވިޝާކާ އެހެން ބުނެފައި ހޭންފެށުމުން ލަޔާން ބަލާލީ އަވްލީންއަށެވެ. އަވްލީންއަށް ދެފަރާތަށް ބޯ ހޫރާލެވުނީ ލަޔާން ވިޝާކާ ކައިރީގައި އެ ވާހަކަ ބުނެދާނެތީއެވެ.

“ލަޔާންބެ ބުނެބަލަ ލަޔާންބެ އައިއިރު ޓޫ ޕޭޝަންޓްސް ތިބީ ކިހިނެއް؟” ވިޝާކާ އެހެން އެހުމުން ލަޔާން ބަލާލީ އަނެއްކާވެސް އަވްލީންއަށެވެ. އޭރު އަވްލީން އިނީ އަނގަމަތިން އަތް ނަގައިގެން ލަޔާން ބުނާ އެއްޗެއް ބަލަންށެވެ. “ކޮން ލަޔާންބެއެއް.. ތިހެން ކީމަ ހީވަނީ މުސްކުޅިއެއްހެން.. ތަންކޮޅެއް ރީތިނަމަކުން ކިޔާބަލަ..” ލަޔާން މައުޟޫ ބަދަލުކޮށްލަމުން ވިޝާކާއާ ދިމާކޮށްލިއެވެ. “ދެން ކީކޭ ކިޔަންވީ އަވީ ކައިރީ ބުނީ ދޮންބެ ކިޔާށޭ.. އެކަމް ވިޝާ ދޮންބެ ކިޔަންޏާ އޮޅޭނެއެއްނު. ވިޝާ ދޮންބެ އޭ ގޮވާލާތަނުން ދޮންބެއާ ލަޔާންބެއާ އެއްކޮށް އައިސްފިއްޔާއޯ..” “އަނެއްކާ ލަޔާންބެ.. ދެން ތިހެން ކިޔައިފިއްޔާ މި ކަންފަތު ކުޑަފޫޅު އުފުރާލާނަން އިނގޭ.. ދޮންބެ ނޫންވެސް ހުންނާނެއެއްނު ބައިވަރު ނަން… މިސާލަކަށް ކުޑަބެ، ތިއްތި، ތުއްތު” ލަޔާން ވިޝާކާގެ ކަންފަތު ކުޑަފޫޅުގައި ހިފަމުން ވާހަކަ ދެއްކިއެވެ.

     “އޯކޭ އޯކޭ މީގެ ފަހުން އަހަރެން ކިޔާނީ ތިއްތި.. އެހެން ނޫނީ ކިޔާފާނަން ދޮންތަބެވެސް.. ” ވިޝާކާ ކުރިން ރޭގައި ވިޝިކާ ދެއްކި ވާހަކައާމެދު ވިސްނާފައި ނިންމީ ލަޔާން ވިޝިކާއާއި ގަޔާވާކަމަށެވެ. އަދި ހޮސްޕިޓަލަށް އައިސް ވާހަކަ ދެއްކިއިރުވެސް ވިޝާކާ އާއި އަވްލީން ކޮއްކޮއިންގެ ގޮތުގައި ދެކޭވާހަކަ ބުނިއިރުވެސް ވިޝިކާގެ ނަން ނުބުމުން ވިޝާކާގެ ޝައްކު އިތުރުވިއެވެ.

     ވިޝާކާ އެހެންބުނުމަށްފަހު ލަޔާންގެ މޫނަށް ބަލަންއިނީ އެއްޗެއް ދެނެގަންނަންނަން އުޅޭ މީހެއްފަދައިންނެވެ. ވިޝާކާ ބަލަންއިނުމުން ލަޔާން ކުއްލިއަކަށް ކަރުގައި އަތް އަޅާފަ ނޭވާ ނުލެވިގެން އުޅޭ މީހެއް ފަދައިން އުޅެން ފެށިއެވެ. އެތަން ފެނިގެން ވިޝާކާ ފުންމައިގެން ތެދުވުމުން ލަޔާން ހޭންފެށީ ވިޝާކާއަށްވީގޮތް ފެނިފައެވެ. އޭރު އަވްލީންވެސް އިނީ ހާސްވެފައެވެ. ދެންމެ ތިބުނިހެން ކިޔައިފިއްޔާ އެ ހަންޑިގަނޑުވަރު ދޮންކަމަނަ އައިސް މަގޭ ކަރު ހިފައިގެން ކަންނޭގެ މަރާލާނީ..” ލަޔާން އެހެން ބުނުމުން ވިޝާކާ އާއި އަވްލީން އާ ދެމީހުނަށް ހޭންފެށުނީ ލަޔާން ޖެއްސި ވައްތަރުންނެވެ.

     އެވަގުތު އެ ކޮޓަރިއަށް ވަދެގެން އައި މަހުދީ ފެނުމާއެކު އަވްލީންގެ ހެއުން މެދުކެނޑުނެވެ. އަދި އިސްދަށަށްޖަހާލާ އެނދުމަތީގައި އޮތް ބެޑްޝީޓާއި ކުޅެންފެށިއެވެ. “ކީއްވެ އެންމެން މާވަރަކަށް ތި ހެނީ؟” މަހުދީ އަހާލީ ލަޔާން އާއި ވިޝާކާއާ ދެމީހުންނާ ދިމާލަށް ބަލާލަމުންނެވެ. “ދޮންބެ ކީއްކުރަން މި ގަޑީ ތިއައީ.. ޑިއުޓީ ނިމުނީތަ؟” “އުހުން މި ކޮފީއެއް ބޯލަން ނިކުމެފަ ހިތަށްއެރީ އަވީ ކައިރިއަށް ވަދެލާފައޭ ދާނީ..” ވީޝާކާގެ ސުވާލަށް ޖަވާބުދެމުން މަހުދީ ބޮލުގެ ފުއްކިބައިގައި ފިރުމާލާފައި އަވްލީންއާއި ދިމާލަށް ބަލައިލީ ވަރަށް ލޯބިންނެވެ. “ހޫމް ހޫމް ހަނދާންވާވަރުން ނުފެންނަ ހިސާބުގަ ނީނދެވިގެންނޭ ނުބުނަންވެގެން ބަހަނާ ދައްކާނެކަމެއްނެތް.. ދޭ ތި ބޯންއުޅޭ ކޮފީއެއް ބޯން. މިހާރު ފެނިއްޖެވެސް އެއްނުން. މީ އަހަރުންގެ ޑިއުޓީގަޑި. މަހުދީއަށް އިންނާނީ އަސުރުފަހުން..” ލަޔާން މަހުދީއާ ދިމާކޮށްލުމުން މަހުދީ ހިނިއައިސްގެން ހުރެ ހިނގައިގަތީ އަވްލީންއާއި ދިމާލަށް ބަލައިލުމަށްފަހުގައެވެ.

     ނަވާޒްއަށް އަވްލީން ބަލިވެގެން ހޮސްޕިޓަލްގައި ބާއްވާފައި އޮތްކަން އިނގުނީ ވިޝާކާއަށް ގުޅުމުން އަވްލީން ކައިރީ ހޮސްޕިޓަލްގައި އިން ވާހަކަ ބުނުމުންނެވެ. ނަވާޒް ހޮސްޕިޓަލަށް ދިޔައީ ޗޮކްލެޓް ޕެކޭޖްއަކާ މާބޮޑިއެއް ހިފައިގެންނެވެ. ނަވާޒް އަތުގައި އޮތް މާބޮނޑި ފެންނައިރަށް ވިޝާކާއަށް “ވާއު” ކިޔާލެވުނެވެ. “މީ ވިޝާއަކަށް ނޫން.. މީ ބަލިކުއްޖާއަށް ދޭން ގެނައި އެއްޗެއް..” ނަވާޒް ވިޝާކާއަށް ދިމާލަށް ބަލާލާފަ ދޫ ނެރެލާފަ ބުނީ ވިޝާކާއަށް އެ މާބޮޑި ރީތިވެގެން އުޅެންފެށުމުންނެވެ. “ހޫން ހެވޭ.. ސަރ ނުދިނަސް އަވީ ކައިރީ އަޅުގަނޑު ހަމަ ބުނެލާއިރަށް ދޭނެ ޔަގީން..” ވިޝާކާވެސް ދެރަނުވާންވެގެން ނަވާޒްއަށް ދޫ ނެރެލާފައި ބުންޏެވެ. “އެ ތެދެއް އަވީ ސަރ މިހާވަރުން އަވީއަށް ދޭން ގަނެގެން ގެނައި މާބޮޑި ވިޝާއަށް ދޭނަންތަ؟” ވިޝާކާ އާއި ނަވާޒްގެ ކޯޅުންގަނޑު ބަލަން އަވްލީން އިނީ ހެވިލާފައެވެ.

     “އަހަންނަށް ހީވަނީ އަވީ އެއްކޮށް މިތަނަށް ޝިފްޓް ކުރަންވީހެން..” ލަޔާން އަވްލީންގަޔަށް ބަލަން ހުރެލާފައި ބުނި އެއްޗަކުން އެންމެނަށް އެއްފަހަރާ އެޔޯ އޭ ބުނެލެވުނެވެ. “އެއީ އަވީ ބަލިކޮށް އުޅުނަސް މިތަނަށް އައިފަހުން އަވީ މާ އުފާވެރިކޮށް ފެންނާތީ..” ލަޔާންގެ ޖުމްލައާއިއެކު އަވްލީންއަށް ވިޝާކާއާ ދިމާލަށް ބަލާލެވުނެވެ. ވިޝާކާވެސް އަވްލީންއަށް ބަލާލުމަށްފަހު ކުއްވެރިއެއް ފަދައިން އިސްޖަހާލީ އެއީ އޭނަގެ މަންމަގެ ސަބަބުން ވާ ކަމެއްކަން އިނގޭތީއެވެ. އެތަނަށް ވެރިވި ހަމަހިމޭންކަމަކުން ލަޔާންއަށް ބުނެވުނު އެއްޗަކާމެދު ރަނގަޅަށް ވިސްނާލެވުނެވެ. “ހޭހޭހޭ ތި އެންމެން މަންމަންވީ ކީއްވެ.. އަހަރެން މިބުނީ އަވީއަށް މިތަނަށް އައިފަހުން މަހުދީއާއެކު…” “ލަޔާން ދޮންބޭ ދެން” ލަޔާންގެ ވާހަކަ މެދުކަނޑާލަމުން އަވްލީން ތުން ދަމާލަމުން ބުނެލިއެވެ. އެގޮތުގައި ސަކަރާތްޖަހަން އެތައް ވަގުތެއް ހޭދަކުރުމަށްފަހު އެމީހުން ގެއަށް ދިޔައީ މަހުދީ ޑިއުޓީ ނިންމާފަ އަވްލީން ކައިރިއަށް ދިއުމުންނެވެ.

     “ވިޝިކާ ކޮންތާކުން ތިއައީ” އެހެންނާ ދުވަހަކުވެސް ވިޝިކާ އުޅޭ ގޮތަކާ އެއްޗެއް ނުބުނާ ސަބީނާ ވިޝިކާ ގެއަށް ވަނުމާއެކު ސުވާލުކޮށްލިއެވެ. “ކިހިނެއްވީ؟ މަ އުޅޭ ތަނެއް މަންމަ ބަލަންޖެހޭތަ؟ މަންމަ ދޭބަލަ އަތިރިމަތީ އޭނދަ ޖޯއްޔަށް ވާހަކަ ކިޔަން.. މަށެއްވެސް މަންމަ އުޅޭތަނެއް ނުބަލަމެއްނު.. ” ވިޝިކާގެ ވާހަކަ ހުރިގޮތުން ސަބީނާގެ ލޭ ކެކިގަތެވެ. “މަށަށް އިނގޭ ކަލޭ ތިއައީ އެ އުޅޭ ފާރިހާގެ ދަރިއާއެކު އެގޭގަ އުޅެފަކަން. ބަލަ ކަލެއަށް އެ ނޫން މީހެއް ނުފެނުނީތަ؟ މަގޭ ކައިރީގަ ޒުލޭހާ ކަލޭ އުޅޭގޮތް ކިޔާދިންފަހުން މަ މިއަންނަނީ ކަލޭ އުޅޭނޫޅޭގޮތް ބަލަމުންނޭ.. ތިހެން އުޅެ ބޮނޑިއެއް ބޮއިގެން އައީމަ އަހަރުންނޭ ލަދުގަންނަންޖެހޭނީ.. މީގެ ފަހުން މަށަށް ނޭނގި އެއްވެސް ތާކަށް ގޮސްގެން ނުވާނެ.. އަމުދުން އެ ފާރިހާގެ ދަރިއާ އަނގައިން ބުނެގެންވެސް ނުވާނެ.” “މަންމައަކަށް ނޭނގޭނެ މަ އުޅެންވީގޮތެއް.. ކުރިން ބެލިންތަ މަ އުޅޭގޮތެއް.. އަމިއްލަ ދަރި އުޅޭގޮތްވެސް ތި އިނގުނީ ގެއިން ބޭރު މީހެއްގެ އަނގައިން ބުނީމަ. އެހެންނުވާނީ މަންމަގެ ކަމަކަށް އޮންނަނީ މީހުން ކައިރީ ފޮނިކަނޑަން އިނުންވިއްޔަ.. ދެން މިހާރު ކީއްކުރަން މަ އުޅޭގޮތް ބަލަންވީކީ” ވިޝިކާ ހުރީއަކީ އޭނަގެ މަންމައަށް ދޫކުރާގޮތަކަށްނޫނޭވެ. ދެމައިން ޒުވާބުކޮށްފަ އައި ރުޅިގަނޑުގަ ސަބީނާގޮސް ކޮޓަރިއަށް ވަންއިރު މާލިކް އިނީ ކޮޓަރީގައި އިން ސޯފާއެއްގައި އިށީނދެގެން ލެޕުން ކޮންމެވެސް މަސައްކަތެއްކުރާށެވެ.

     “މިއީ މާލިކްގެ ކަންތަކޭ.. މަ އެކަނި މި ޖެހެނީ ދަރިންގެ ކަންތައްބަލަން. މާލިކް ކީއްތަވާނީ އެންމެ ފަހަރަކުވެސް އެމީހުން އުޅޭގޮތެއް ބަލައިލިއްޔާ.. އެހެރަ ވިޝިކާއެއް އުޅޭގޮތުން ލަދުން ބޯ ހަލާކު ވާވަރުވޭ..” ސަބީނާއަށް މާލިކް ފެންނައިރަށް އެތިވަރު ގޮވާލިއެވެ. “ބަލަ މަ ކިހިނެއް ވިޔަފާރީގެ ހުރިހާކަމެއް ބަލަމުން ދަރިންގެ ކަންކަން ބަލާނީ. ސަބީނާ ތީ އެއްވެސް ކަމެއްނުކޮށް ގޭގަ އިންނަ މީހާ. އެންމެ ކުޑަމިނުން ގޭގެ މަސައްކަތެއްވެސް ސަބީނާ ކުރަންޖެހެނީއެއް ނޫން. ދެން ކީއްވެ ސަބީނާއަށް ދަރިން އުޅޭނޫޅޭގޮތް ނުބެލެންވީ.. ވިޝިކާ ކިހިނެއް އުޅޭ ވާހަކައެއްތަ ތިބުނީ؟” މާލިކް ހިތްހަމަނުޖެހުނު ނަމަވެސް ތަންކޮޅެއް ހަމަޖެހިލަމުން ވިޝިކާގެ ވާހަކަ އެހިއެވެ.

     “ނޭނގެ މަށަކަށް.. އެ ފާރިހާގެ ދޮއްޓަށް ހުންނަ ސޮރާއެކު އެގެއަށް ވަރަށް ގިނައިންދެއޯ ޒުލޭހާ ބުނި. ރަށުތެރެއިންވެސް އެ ދެމީހުން އެއްކޮށް އުޅެނިކޮށް ވަރަށް ގިނައިން ފެނެޔޯ.. އޭނަ އެހެން ބުނީމާ މަ މިދެ ދުވަހު ބަލައިފިން އޭނަދާ ތަނެއް. އެގެއަށް ހަމަ ދަނީ.. ދެން ގުރޫޕް ހަދާފަ ނިކުތަސް އެ ދެމީހުން ތިބެނީ އެއްކޮށް..” ސަބީނާ ވިޝިކާގެ ވާހަކަ ކިޔައިދިނުމުން މާލިކް ބޯ ހޫރާލީ ސަބީނާއަށް ސާބަސް ދެމުންނެވެ. “ބަލަ ސަބީނާ އެ ކުދިންގެ ކަންކަން ބަލަންޖެހޭނީކީ މީހަކު ބުނީމައެއްނޫނޭ. އެއީ ސަބީނާގެ ދަރިން. އެކަމަކު ސަބީނާއަށް އެ މަންޖެ އުޅޭނޫޅޭއެއް ބަލާލަންވެސް ތި އެނގުނީ މީހެއް އެމަންޖެ އުޅޭގޮތް ބުނީމަ..” މާލިކްގެ ވާހަކަ ހުރިގޮތުން ސަބީނާ ހިތްހަމަނުޖެހުނުނަމަވެސް އެކަމަށް ހައްލެއް ގެންނާނެގޮތަކާ ވިސްނަމާހޭ ބުނެލިއެވެ.

     އަވްލީން ގަޔަށް ގުޅާފަ އިން އައިވީ ފުޅި ހުސްވުމުން މަހުދީ ކައުންޓަރުދޮށަށް ދިޔައީ ނަރުހެއް ކައިރީގައި ބުނާށެވެ. ކައުންޓަރުގައި ހުރި ނަރުސް ކުއްޖާ ކައިރީ އައިވީ ފުޅި ހުސްވާ ވާހަކަ ބުނުމަށްފަހު ދާން އެނބުރުނު މަހުދީއަށް މަޑުޖެހިލެވުނީ ކުރިމައްޗަށް އައިސް ހުއްޓުނު ޒީނަތު ފެނުމުންނެވެ. “ޒީތު މިތާ ކީއްކުރަނީ؟” މަހުދީއަށް ޒީނަތު ފެނުމުން ފޫހިވިނަމަވެސް އާއިލާ ކުއްޖެއްވީމަ ވާހަކަ ނުދައްކާ ދާކަށްނުކެރުނެވެ. “މިއައީ މަހުދީ އާއެކު އަވްލީން ކައިރީގައި އިންނަން” ޒީނަތު ހެވިލާފަ ބުނި ވާހަކައިން މަހުދީގެ ދެ ލޯ ބޮޑުވެގެންދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

iff

Level 210 Stories100 Comments

Other Articles

Previous

ސިއްރު ސިއްރުން ހިތޭ… (4)

Next

ވޭންތަކުން ދިން ހިތި މާޒީ (8)

Next
November 1, 2017

ވޭންތަކުން ދިން ހިތި މާޒީ (8)

Previews
November 1, 2017

ސިއްރު ސިއްރުން ހިތޭ… (4)

19 Comments!

  1. lim says:
    November 1, 2017 at 7:34 pm

    V reethi … Ekam Thi xeenath eh ulheny moya vegentha alhe v foohivey

    1. iff says:
      November 1, 2017 at 11:50 pm

      Thank yu lim ??
      Xeenath ragalhahvx moyavy kanneyge dhw lim ??

  2. faxu says:
    November 1, 2017 at 8:52 pm

    salhi

    1. iff says:
      November 1, 2017 at 11:53 pm

      Thank yu faxu ??

  3. SJK...KOREAN says:
    November 1, 2017 at 9:00 pm

    woww. varah habeys. just love it. whn nxt part??? avas kohlahchey

    1. iff says:
      November 2, 2017 at 12:04 am

      Thank yu SJK ??
      Sundayga. Insha allah.. ??

  4. asli says:
    November 1, 2017 at 9:23 pm

    vvv reeethiii

    1. iff says:
      November 2, 2017 at 12:06 am

      Thank yu asli ????
      Mee hayatge friend asli tha???

  5. Ainth says:
    November 1, 2017 at 9:40 pm

    Zeenath eh ulheythi v foohi… Hama dhekudhin ehaa loabikoh ulhe ulhe huhtta dhw e aee.. Ekam v rythi vaahaka

    1. iff says:
      November 2, 2017 at 12:10 am

      Thank yu ainth ????
      Xeenath ais fani hadhany dhw aintha?

  6. Alvyn says:
    November 1, 2017 at 10:45 pm

    Thnkx for keeping yur promise iff .. Story hama fabbb..

    1. iff says:
      November 2, 2017 at 8:57 am

      Thank yu al 🙂

  7. Aisha says:
    November 1, 2017 at 11:02 pm

    Very nicee

    1. iff says:
      November 2, 2017 at 8:58 am

      Thank yu Aisha:-)

  8. Ainth says:
    November 2, 2017 at 10:34 am

    Alhugandu mivaahaka hama complete koh kiyan… Midheytherein maabodah medhu kedunyma v dheravesvi… N v foohives vi… Ekam mihaaru ok

  9. Pinky shifoo says:
    November 2, 2017 at 5:33 pm

    Iff… Story hama best as always… I really love it… Waiting…

  10. Kukoo says:
    November 3, 2017 at 5:29 am

    Loved it. Waiting… 🙂

  11. iff says:
    November 6, 2017 at 12:51 am

    Thank yu all ??

  12. iff says:
    November 6, 2017 at 12:54 am

    Sorry readers iff buni dhuvahu story up koh nudhevunyma. Ekam iff ah v enme avahakah up kohdheynan. Insha allah

Comments are closed.

Next Episodeއަވްލީން (16ވަނަ ބައި)←


All Right Reserved!