Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މީޝާ (7)

Muroo.... Level 210 Stories100 Comments
November 1, 2017 5 Mins Read
17 Comments

ދޮރުމަތީ މީޝާއާއި ޔަނާލް އަށް ހެވިފައި ބަލަން ހުރި މީހާ ފެނިފައި ދެކުދިންނަށް ލިބުނީ ޝޮކެކެވެ. ޔަނާލް ދޮންބޭ ކިޔާ ހަޅޭއްލަވައި ގަނެ ޔުނާންގެ ގައިގައި އޮޅުލާގަތެވެ. ޔަނާލް ހެދިގޮތުން މީޝާއަށް ވެސް ހެވުނެވެ. ޔުނާން އަކީ ޔަނާލް ގެ އެއްބަނޑު އެއްއަބަފާ ހުރި ހަމަ އެކަނި ބޭބެއެވެ. ދެބެންގެ މެދުގައި އަބަދުވެސް ވަރަށް ގާތް ގުޅުމެއް އުފެދިފައި ވެއެވެ.
” ދޮންބެ އަންގާވެސް ނުލާ .. ކޮން އިރަކު އައީ؟ ޔަނާ މިހިރީ ވަރަށް ހެޕީވެފަ..” ހުރިހާ ދަތް ތަކެއް ފެންނަ ވަރަށް ޔަނާލް ހީލިއެވެ. ޔުނާން ގާތައް ހިނި އައީ ޔަނާލްގެ ބޭބީ ގޮތް ނުކެނޑޭތީއެވެ. ” މިއަދު އައީ.. ސަލީމްބެ ކައިރީ ބުނިން ނުބުނައްޗޭ.. ދޮންބެ ސަޕްރައިސް އެއް ދޭނީއޭ..” ގޭތެރެ އަށް ވަންނަމުން ޔުނާން ބުންޏެވެ. މީޝާވެސް އެމީހުން ގެ ފަހަތުން ގޮސް ސޯފާގައި އިށީނެވެ. “އެހެންތަ ؟.. ކިތައް ދުވަހަށް ތި އައީ.. ” ޔުނާން އުޅެނީ ރިށޯޓެއްގައެވެ. ” އެނުވަލް ޗުއްޓީ ؟ މަހެއް ވަރު މަޑުކުރާނަން ޔަންކޮ ކައިރީ އޯކޭ.. ” ޔަނާލް ކޮލުގައި ހިފާލަމުން ޔުނާން ބުންޏެވެ. ” އައިމެމް ނޮޓް އަ ބޭބީ.. ސޯ ޑޯންޓް ކޯލްމީ ޔަންކޮ.. ޖަސްޓް ނަޔާ.. ” ތުންދަމާލައިފަ ޔަނާ އެހެން ބުނުމުން އެންމެންނަށް ހެވުނެވެ. އޯކޭ އޭ ބުނެ ޔުނާން މީޝާ ކިހިނެއްތޯ ސުވާލު ކޮށްލިއެވެ. މީޝާ ވެސް އޯކޭ އެ ބުނެ ފެންވަރަން ދަނީ ކަމަށް ބުނެ ކޮޓަރިއަށް ވަނީ އެދެބެން ވާހަކަ ދައްކާލަން ވަގުތު ކޮޅެއް ދޭށާ އެކީއެވެ. މީޝާ ފެންވަރާ ނަމާގު ކޮށްގެން ނިކުން އިރުވެސް ޔަނާލް އާއި ޔުނާން ސޯފާގައި ތިއްބެވެ. މީޝާ ނިކުތުމުން ޔަނާލް ފެންވަރަން ދަނީ ކަމަށް ބުނެ ކޮޓަރިއަށް ދިޔައެވެ.
” ކިހިނެއްތަ ރިސޯޓް..” މީޝާ ބަދިގެއަށް ވަންނަމުން ޔުނާން ކައިރީ އެހިއިވެ. ” ވަރަށް ސަޅި.. އައެމް ސޮރީ؟..މީރާގެ ވާހަކަ އިވުން އުޅުނިން އަންނަން ވެސް އެކަމް ނާދެވުނީ.. ” ޔުނާން މީރާގެ ވީހަކަ ބުނުމުން މީޝާގެ ލޯފެންކަޅިވިއެވެ. އެކަމަކުވެސް ހިއްވަރުން ހިނިތުން ވެލުމަށް ފަހު އެކަމާ އަޅާނުލާށޭ ބުންޏެވެ.

ކައިޝް ފޯނުން އޮންލައިން ވެލީ މީޝާ އޮންލައިންގަތޯ އިނީ ބަލާލާށެވެ. މޫނުމަތި އުޖާލާވެގެން ދިޔައީ މީޝާ އީނީ އޮންލައިންގައި ކަމުންނެވެ. ޖެހިލުންވެ އިނދެ ހައި ޖަހާލިއިރު އަތުގައި މަޑު ތުރުތުރު ލުމެއް ވިއެވެ. ޖަވާބު އައިލެއް ވަރަށް އަވަހެވެ. މީޝާ ވެސް ހައި ޖެހާލިއެވެ. ވީއުފަލުން ކައިޝް ” ޔެސް” އޭ ބުނެލެވުނެވެ. މީޝާ ކިހިނެއްތޯ ކައިޝް އަހާލިއެވެ. މީޝާ އޭނާ ރަނގަޅު ކަމަށް ބުނެ ކައިޝް ކިހިނެއްތޯ އަހާލިއެވެ. ކައިޝް ވެސް ރަނގަޅު ކަމަށް ބުނެ ޕާރޓީ އަށް ނަންނަން ވާނޭ ބުންޏެވެ. މީޝާ ދާނެކަމަށް ބުނެ ޖަވާބު ފޮނުވާލިއެވެ. އަދި ދަނީ ކަމަށް ބުނެ އޮފް ވިއެވެ. އެހާ އަވަހަށް މީޝާ އޮފް ވުމުން ކައިޝް ދެރަވިއެވެ. ނަމަވެސް ހިން ހަމަޖައްސާލީ އަދިވެސް ވާހަކަ ދެއްކޭނެތީއެވެ.
އެނދުމަތީ އޮށޯވެގެން އޮތް މީޝާ ފޯނު މޭގައި ޖައްސާލީ އުފަލުން ނެވެ. އެންމެ ފަހުން ކައިޝް އާ ވާހަކަވެސް ދެއްކުނީ އެވެ. ” މީޝް ..” މީޝާ އަވަހަށް ތެދުވީ އޭނާގެ ބައްޕަ ކޮޓަރިއަށް ވަނީމައެވެ. ކައިޝް އާ ވާހަކަ ދައްކަން އޮވެފައި އޮފްވީ ބައްޕަ ގޮވާލީމައެވެ. މީޝާ އަވަހަށް ތެދުވެ އިށީނެވެ. ސަލީމް އައިސް މީޝާ ކައިރީ ފުރަން ދަނީ ކަމަށް ބުނެ ބަސް އަހާގެން އުޅުމަށް ނަސޭހަތް ދިނެވެ. މީޝާ ބޯޖަހާލީ ވާހަކަ ދައްކާނެހާ ހާ ހިއްވަރު ނެތުމުންނެވެ. ސަލީމް ވެސް މީޝާ ދޫކޮށް ދާން ބޭނުން ނުވިއަސް އޭނާ އިތުރުގޮތެއް ނެތުމުން މާލެދާން ނިންމީއެވެ. ގެ އަލުން އިމާރާތް ކުރުމުގެ މަސައްކަތް އޮތީތީއެވެ. ދެރަވިޔަސް ދާންޖެހޭނެކަން މީޝާ އށް ވެސް ވިސްނެވެ. ވަގުތު ވީމާ ވީ އެންމެ އަވަހަކަށް ބައްޕަ އަންނަންވާނޭ ކަމަށް ބުނެ މީޝާ ބައްޕަ ކޮނޑުކައި ބޯއަޅާލިއެވެ. ސަލީމް އާއެކޭ ބުނުމަށްފަހު ސަލާން ކޮށްލީ އެއަރޕޯޓަށް ދިއުމަށް ޓަކައެވެ.
***

ޕާރޓީއަށް ދިއުމަށް ޓަކައި މީޝާ ތައްޔާރުވަމުން ދިޔައެވެ. މީޝާ ލައިފަ ހުރި ރަތްކުލާގެ ތަނބިކައްޓާ ހަމައަށް އަރާ ހެދުމެކެވެ. ހެދުމުގެ މޭމަތީގައި އެސްޖަހާ ރީތި ގޮތަކަށް ޖަރީކޮށް ފައިވެއެވެ. ހެދުމާ ގުޅޭ ފަށަކާ ކަންފަތުގައި ލާ އެއްޗެއް ލާފައި ހުރިއިރު މީޝާ އާ ވަރަށް ގުޅެއެވެ.ކޮނޑަށް ވުރެށް ތިރިއަށް އޮތް ފަން އިސްތަށިގަނޑު ދޫކޮށްލައިފައި އޮތް އިރު ތުންފަތުގައި ރަތްކުލަ ޖައްސާލިއެވެ.
” ވާއު.. މީޝް ؟ ޔޫ ލުކިން ބިއުޓިފުލް..” ޔަނާލް އަށް މީޝާ ފެނުމުން ތައުރީފް ކޮށްލިއެވެ. ” ތޭންކުސް .. ޔަނާ ވެސް ކިހާރީތި..” ތެދެކެވެ. ޔަނާވެސް މިރޭ ވަރަށް ރީއްޗެވެ. ކަޅުކުލާގެ ގައުންއެއް ލާފައި ހުރިއިރު އެހެދުމުގެ މޭމަތީގައި ހުގުކުލާގެ މީނާތަކެއް ހަރު ކޮށްފައި ހުއްޓެވެ. ބޮލުގެ މެދަށް ހުޅިޖަހާފައި ހުރި އިރު ކަންފަތް ކާރިން އިސްތަށިކޮޅެއް ވައްޓާލައިފަ ވެއެވެ.
” ކޮބާ ދޮންބެ ނިމިއްޖެތަ؟..” ޔުނާން ނިމިއްޖެތޯ މީޝާ ސުވާލު ކުރިއެވެ. “ޔާރ… ނިމިގެން އެބައިން ސޯފާގަ؟ އަވަސް ކުރާށޯ ބުނި..” ތުންފަތުގައި ލިޕްސްޓިކު ކޮޅެއް ހާކާލަމުން ޔަނާލް ބުންޏެވެ. ޔުނާން އެކަނި ގޭގައި އިންނަން ޖެހޭނެތީ ޕާރޓީއަށް އެމީހުންނާއެކު ޕާރޓީއަށް ދާން ޔުނާން ގާތު މީޝާ އެދުމުން ޔުނާން ވެސް ދާން އެއްބަސް ވީއެވެ.
އެންމެއް އެކީ ގޭން ނިކުމެ ޓެކްސީ އަށް އެރިއިރު ހަތެއް ޖެހީއެވެ. މާދުރު ނޫންކަމުން ހަތްގަޑި ބައި ނުވަނިސް އެމީހުންނަށް ދެވިއްޖެއެވެ އޭރު އާނާ ތިރިއަށް ފައިބާ ހުރީ އެމީހުންގެ އިންތިޒާރުގައެވެ. ޔަނާލް އާނާއަށް ޔުނާން ތައާރަފް ކޮއްދިނެވެ.އެއަށްފަހު ލިފްޓަށް އަރާ ފިޒާންމެން އުޅޭ އެޕާރޓްމަންޓަށް ދިޔައެވެ. އާނާ ދޮރުހުޅުވާލުމުން އެންމެން އެކީއެތެރެއަށް ވަނެވެ. ދެކޮޓަރީގެ އެއެޕާރޓުމަންޓު މީޝާ މެން އުޅޭ ތަނަށް ވުރެށް ބޮޑެވެ. ސިޓިންރޫމްގައި ކަޅު ބޮޑު ސޯފަސެޓެއް ހުރި އިރު ކުރިމަތީ ޓީވީ ރެކު އިނެވެ. ސިޓިން ރޫމް އިން ނިކުމެވެން ބެލްކަންޏެއް ހުރި އިރު ވާތް ފަޅީގައި ބަދިގެ ހުއްޓެވެ. ކޮޓަރިއެއްގެ ދޮރު ހުޅުވެގެން ދިޔަ އަޑަށް މީޝާ އެދިމާލަށް ބަލާލިއެވެ. ހުުދު އަތް ދިގު ޓީޝާޓަކާ ކަޅު ޝްކީނީއެއްގައި ކައިޝް އެމީހުންނާ ދިމާލަށް އާދެއެވެ.އެގޮތައް ފެންނަ އިރު ކައިޝް ވަރަށް ސްމާރޓެވެ. ފަހަތުން ފިޒާން ވެސް ނިކުތުމުން ޔަނާލް ބާރތުޑޭ ވިޝް ކުރިއެވެ. މީޝާ އާއި ޔުނާން ވެސް ތަހުނިޔާ ކިއެވެ.
ކައިޝް އަށް މީޝާ ފެނުމުން މީޝާގެ ރީތިކަމަށް ހިތުން ތައުރީފް ކޮށްލެވުނެވެ. މީޝާ މިރޭ ވަރަށް ވެސް ރީއްޗެވެ. ކޭކު އާނާ އެންމެނަށް ކޭކް ފަޅަން އައުމަށް ގޮވިއެވެ. ފިޒާން ކޭކްފެޅުމަށް ފަހު އާނާގެއަނގަޔަށް ކޭކްކޮޅެއް ލެވިއެވެ. އާނާވެސް ކޭކު ކޮޅެއް ފިޒާން އަނގައަށް ލުމަށްފަހު ކުޑަކޮށް ބައްދާލިއެވެ. އެވަގުތު މީޝާއަށް ކައިޝް އަށް ބަލާލެވުނެވެ. ކައިޝް އަށްވެސް ބަލާ ލެވުނީ އެވަގުތުގައި ކަމުން ދެމީހުންގެ ހަތަރުކަޅި ހަމަވިއެއެވެ. މީޝާ އިސްޖަހާލީ ލަދުގަންވަރުންނެވެ. ކޭކް ކެއުމަށް ފަހު މީޝާ އަނާ އަދި ޔަނާލް ބެލްކަނަޏަށް ނިކުމެލިއެވެ. ތިން ފިރިހެނުން ސޯފާގައިއިށީނީ އެވެ. ޔަނާ ހީކުރި ވަރަށް މީހުން އަންނާނެކަމަށް.. ޔަނާލް ބުންޏެވެ. ” ހެހެ…. ކައިޝް ގަބޫލެއްނޫން.. ޒާން ވެސް ބޭނުން ނުވީ އިތުރު ބަޔަކު ގެންނަން..” އާނާ ކަން ވީގޮތް ބުންޏެވެ. ” އެހެންތަ.. ކައިޝް ކޮން އިރަކު މިކޮޅަށް އައީ..” ޔަނާލް އެސުވާލު ކުރުމުން މީޝާ ވެސް އާނާގެ މޫނަށް ބަލާލިއިވެ. ” އޭނާ ވަރަށް ފަހުން އައީ.. އެއީވަރަށް މިސްޓީރިއަސް ބޭފުޅެއް.. އޭނަގެ ކަންތައް ނޭގޭނެ މީހަކަށް ނުބުނާނެ …” އާނާ ހެވިފައި ހުރެބުންޏެވެ. އެވަގުތު މީޝާ ފޯނަށް މެސެޖެއް އައެވެ. ނުދަންނަ ނަންބަރަކުން ފޮނުވާފައި އިން މެސެޖެކެވެ. ” މިރޭ މީޝް ވަރަށް ރީތި..” މެސެޖުގައި އިނނެވެ. މީޝާ ކާކުތޯ ސުވާލު ކޮށް މެސެޖަށް ރިޕްލައި ކޮށްލިއެވެ. ކައިޝް ޖަހާފައި އޮތް މެސެޖު ފެނުމުން މީޝާ ގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ. ހިތަށް ލިބިގެން ދިޔައީ ބަޔާން ކުރަން ދަތި އުފަފެކެވެ. އޭނާއަށް އާނާމެން ދައްކާ ވާހަކަ އަޑުވެސް ނީވޭފަދައެވެ. ” ތޭންކަ ޔޫ..” ލިޔެ މެސެޖު ކޮށްލިއެވެ. ” ކޭން ވީ މީޓް .. އިން އަ ޕުރައިވެޓް.. އައި ވޯންޓް ސޭ ސަމްތިންގް..” ކައިޝް ގެ މެސެޖު ކިޔާލުމަށް ފަހު މީޝާ ސޯފާގައި އިން ކައިޝް އަށް ބަލާލިއެވެ. ކައިޝް އިނީ އޭނާގެ ފޯނަށް ބަލާށެވެ. މީޝާ ހިތް ބިރުގަންނަ ގޮތް ވިއެވެ. ކައިޝް އޭނާއާ މީޓް ކުރަން ބުނީ ކޮން ވާހަކައެއް ބުނަން ހެއްޔެވެ؟ ކައިޝް އަށް އޭނާގެ ހިތުގައި އޮތް އެއްޗެއް އެނގުނީ ހެއްޔެވެ؟ މީޝާ ގެ މޫނު ރަތް ވެގެން ދިޔައީ ލަދުގަންވަރުން ނެވެ. ފޮނުވާނެ ޖަވާބެއް މީޝާގެ ހިތަކަށް ނައެވެ. އެއަށް ވުރެށް އެހިތުގެ ހަލަބޮލިކަން ބޮޑެވެ. އޭނާވެސް ކައިޝް އާއި ބައްދަލު ކުރަން ބޭނުން ވެއެވެ. އޯކޭ ލިޔެ މެސެޖު ކޮށް ލީއެވެ. މާދަމާ އޭނާ ހަވީރު މީޝާ އުޅޭ އެޕަރޓުމަންޓު ކައިރިއަށް ގޮސް ގުޅާނެ ކަމަށް ކައިޝް ގެ މެސެޖުގައި އޮތެވެ.
ގެއަށްދެވުމާއެކު މީޝާ ކޮޓަރިއަށް ވަދެ ޔަނާލް އަށް އަށް ކައިޝް ފޮނުވާފައި ހުރި މެސެޖުތައް ދައްކާލިއެވެ. ޔުނާން ހުރުމުން މީޝާ ޔަނާލް ކައިރީ ނުބުނެ ކެއްކޮށްލީ ގެއަށް ވަދެވުމުން ބުނާށެވެ. މީޝާ އެނބުރެން ފެށީ އޭނާ އަށް ލިބިފައިވާ އުފަލެއްގެ ސަބަބުން ނެވެ. ޔަނާލް މީޝާ މޫނުމަތީގައިވާ އުފާވެރިކަން ފެނި ހިނިތުން ވެވުނެވެ.އެހާ އުފާވެފައި ހުއްޓާ މިވީ ދެމަސް ތެރޭ އޭނާއަށް މީޝާ ފެނިފައެއް ނުވެއެވެ. “އަނެއްކާ ކޮންވާހަކައެއް ބުނަންބާ؟” ޔަނާލް މަޖާވެލާފައި އަހާލިއެވެ.މީޝާ ނޭނގެއޭ ބުނެ ބާލިސް ޔަނާލް އާއި ދިމާލަށް އެއްލިއެވެ. ޔަނާލް ވެސް މަޖާވެފައި މީޝާ ދިމާލަށް ބާލިސް އުކަން ފެށިއެވެ. ދެން ފެނިގެން ދިޔައީ ދެކުދިން ހީހީފައި ބާލިސް އެކަކު އަނެކަކަށް އުކަންފެށިތަނެވެ.
ކައިޝް އެނދުގައި އޮށޯވެ ފޯނުގައި އިން މީޝާގެ ފޮޓޯއަށް ނަޒަރު ހުއްޓާލައިގެން އޮތެވެ. މޫނުމަތިން ނުފިލާ ހިނިތުން ވުމެއް ފާޅުވާން ހުއްޓެވެ. މީޝާ އަށް ނޭންގި މިރޭ އޭނާ އެތައް ފޮޓޯއެއް ވަނީ ނަގާ ފޯނުގައި ރައްކާކޮށް ފައެވެ. މާދަމާ މީޝާ އަށް އޭނާގެ ހިތުގެ ހާލު ބަޔާން ކޮށްދޭނެއެވެ. މީޝާ އޭނާގެ މީހަކަށް ހަަދަން އޭނާ ބޭނުމެވެ. ” އައި ލަވް ޔޫ..” ކައިޝް ފޯނުގައި އިން މީޝާ ގެ ފޮޓޯގަނޑުގައި ބޮސް ދިނެވެ. އެވަގުތު ބެލް އެޅި އަޑު އިވުނެވެ. ކައިޝް ގަޑިއަށް ބަލާލިއެވެ.ބާރަޖެހީއެވެ. މިގަޑީގައި ކާކު ބާ އެއައީ..؟ ކައިޝް ހިތާހިތުން ކިޔާލެވުނެވެ. ފިޒާން ވެސް ކޮޓަރިއަށް ވަނީ މީގެ ކުޑައިރު ކޮޅެއް ކުރިންނެވެ. ކައިޝް ގޭ ދޮރު ހުޅުވާލިއެވެ. އެއްވެސް މީހެއް ފެންނަން ނެތުމުން ދޮރުލައްޕަން އުުނު ވަގުތު ލޮލުގައި އަޅާގަތީ ދޮރުބުޑުގައި އޭނާއަށް އެޑްރެސް ކޮށްފައި އިން ޕާރުސަލް އެކެވެ. ކައިޝް އެނަގައި ގެން ވަދެ ސޯފާގައި އިށީ ނެވެ. ކާކު ފޮނުވި އެއްޗެއްބާއޭ އޭނާ ހިތަށް އެރިއެވެ. އަވަހަށް އެކަނޑާލީ އެތެރޭގައި އޮތް އެއްޗެއް ބަލާލުމުގެ ބޭނުމުގައެވެ. އެތެރެ ފެނުމުން ކައިޝް އަށް ހީވީ ފައިދަށުން ބިންގަޑު ދެމިގެން ދިޔަހެނެވެ. މީހާ ދާހިއްލާ ތުރުތުރު ލާންފެށިއެވެ މޭ ނެގިނެގިފާ ޖެހެމުން ދިޔައިރު ހީވަނީ ނިކުމެދާނެެހެވެ. ކައިޝްގެ ހާސް ވާން ފެށިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muroo....

Level 210 Stories100 Comments

Other Articles

Previous

ހިނިތުންވުމުން – 9

Next

ދަރިފުޅު (11 ވަނަ ބައި)

Next
November 1, 2017

ދަރިފުޅު (11 ވަނަ ބައި)

Previews
November 1, 2017

ހިނިތުންވުމުން – 9

17 Comments!

  1. Muroo.... says:
    November 1, 2017 at 9:17 am

    Good morning everyone… Here’s the 7th part of the story.. hope everyone’s like this part..??? happy Wednesday…

  2. naa says:
    November 1, 2017 at 9:25 am

    varah reethi

    1. Muroo.... says:
      November 1, 2017 at 9:32 am

      Thanks naa☺?

  3. Nadha says:
    November 1, 2017 at 9:38 am

    Vvvvvvv reethi story. Can’t wait for next part

    1. Muroo.... says:
      November 1, 2017 at 10:05 am

      Thanks nadha.. in sha Allah tomorrow up kohlaanan ☺☺

  4. Unaal says:
    November 1, 2017 at 9:43 am

    Omg … Wat is that?? I mean inside tat bx ,curious to know . .. N y that much biru kaish e gathy … Vrh reethi … story ..waiting ga mi iny next part ge …avahah up koh dhehche

    1. Muroo.... says:
      November 1, 2017 at 10:02 am

      Thanks unaal.?☺ let’s see dhw koachehkan inside that box .. Tomorrow ga up kojdheyna in Sha Allah ??

  5. Nahu says:
    November 1, 2017 at 10:44 am

    Woooww so nice ❤❤

    1. Muroo.... says:
      November 1, 2017 at 11:30 am

      Thanks nahu???

  6. Ammuty says:
    November 1, 2017 at 10:47 am

    Oh no! Is there a baby in the box?

    1. Muroo.... says:
      November 1, 2017 at 11:34 am

      Haha.. let’s c dhw.. hama thihn vs vedhaane dhw..?

  7. lahu says:
    November 1, 2017 at 12:04 pm

    intresting box eh….

    1. Muroo.... says:
      November 1, 2017 at 12:16 pm

      Thanks for ur comment. Let’s c what is inside the box..

  8. SJK...KOREAN says:
    November 1, 2017 at 6:05 pm

    Ohhh?? what’s inside the box!!! So curious to know..and story as fab as usual.. ? waiting

    1. Muroo.... says:
      November 1, 2017 at 7:10 pm

      Thanks u sjk… Korean.. ☺??

  9. Pinky shifoo says:
    November 2, 2017 at 4:38 pm

    Wow vvv reethi… One of my favourite… Waiting waiting…

  10. Ina says:
    March 15, 2019 at 9:53 pm

    Very nicestorykoranstorythanks

Comments are closed.

Next Episodeމީޝާ (8)←


All Right Reserved!