Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މީޝާ (6)

Muroo.... Level 210 Stories100 Comments
October 31, 2017 4 Mins Read
20 Comments

” މިއައީނު.. މީޝް މީޓް ބީއެފް..ކައިޝް .. ” ފަރިހނގުމެއްގައި އާނާގޮސް ކައިޝް އަތުގައި ހިފިއެވެ.” ބީއެފް.. ” އަޑަށް ބާރުލާފައި ޔިނާލް އަށް ބުނެވުނީ ވަރަށް ބާރަށެވެ. އާނާ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. މީޝާއިށް ހީވީ އޭނާގެ ހިތް ހުއްޓުނު ހެނެވެ. ކައިޝް ގެ މޫނަށް ބަލާލީ އޭނާގެ މޫނުގައި ވާ އެއްޗެއް ގެނެގަނެވޭތޯ އެވެ. ކައިޝް ހެވިފައި އާނާ އަށް ބަލަން ހުރުމުން މީޝާގެ ލޯ ފުރިގެން ދިޔައީ ބޭއިހްތިޔާރުގައެވެ. އަވަސް އަވަހަށް މީޝާ އިސްޖެހީ އެކަރުނަތައް ސިއްރު ކުރުމަށްޓަކައެވެ. މީޝާއަށް ބަލަން ހުރި ޔިނާލް ދަތްކުނޑި ވިކިގެން ދިޔައެވެ. ކައިޝް މީ ހާދަރަހުމެއް ނެތް އިންސާނެކެވެ. އޭނާ މީޝާ ދެރަކުރަން ޖެހޭ ހެއްޔެވެ؟ ބިޓު ކަޓުވަން މިނޫން ތަނެއްވެސް ނެތީ ހެއްޔެވެ؟ ޔަނާލް ހިތުން ކައިޝް ކުދިކިީޔާގަތެވެ.
” ދެން ޒާން މީ ކާކު؟ “.. ދޮރުމަތީ އުކުޅު ވަޅުގަ އަތް ވިއްދާލައިގެން ހުރެ ފިޒާން ބުންޏެވެ. އާނާ އަމިއްލަ ނިއްކުރިމަތީ ޖަހާލީ ފިޒާން އެވަގުތު އައުމުން އޭނާގެ ޑުރާމާ ފުލޮޕް ވީތީއެވެ. ކައިޝް ގާތަށް ވެސް އާނާ އަށް ވީގޮތް ފެނުމުން ހިނި އައެވެ.” ތީ އާނާގެ ބޭބީ އެއްނު.. ބޭބީ އާހެދި ޑުރާމާ ވެސް ފުލޮޕް އެވީ.. ހެހެހެ..” އާނާ ހެމުން ހެމުން ބުންޏެވެ. އާނާއާއި ފިޒާން ގުޅިގެން އުޅޭތާ މިހާރު އަހަރުވަނީއެވެ. ” ޑުރާމާ އަކަސް ހުވަފެނަކަސް އެހެން ޒާން ނޫނީ އެހެން ބީއެފް އޭ އޮޅިގެން ނުބުނާތި.. ކިރިޔާ އެއްނު މަރުނުވީ..” ފިޒާން އެހެން ބުނުމުން އެންމެން އެކީ ހޭން ފެށިއެވެ.

މީޝާއަށް ބަޔާން ކުރަން ދަތި އުފަލެއް ލިބިގެންދިޔައެވެ. ކައިޝް
އެހެން މީހެއްގެ ހައްގަކަށް ވާކަށް އޭނާ ހިތެއް ނޭދެއެވެ. އާނާގެ އެސަމާސާއިން މީޝާގެ ހިތުގައި ރިއްސާލި ވަރު އާނާ އަށް އިނގޭނެ ނަމަ އޭނާ އެހެން މީޝާ ކައިރީ ނުބުނީހެވެ. ކައިޝް ދެކެ މީޝާ އެއަށް ވުރެށް ބޮޑަށް ލޯބިވެއެވެ. އެންމެން އެމީހެއްގެ ގޮނޑީގައާ އިށީނީ މިސް ކުލާހަށް ވަނުމުންނެވެ.
ގެއަށް އައިސް މީޝާ ޖައްސާލީ ޔަނާލް ފާހާނާއަށް ވަނުމުންނެވެ. އެހެން އޮތް އިރު އޭނާއަށް ވިސްނެނީ ކައިޝް އާޭތެރޭގައެވެ. ކައިޝް އޭނާ އަށް ވަރަށް ބަލީކަން މީޝާ އަށް ފާހަގަވިއެވެ. އާނާ އާއި ފިޒާން އާ ސަކަރާތްޖަހާ ހަދާއިރު މީޝާ އާ ބަހެއް ވެސް ނުބުނީތީ މީޝާ ދެރަވިއެވެ.
” ކޮން ވިސްނުމެއްގަ.. ” މީޝާ ފުން ވިސްނުމެއްގައި އޮތް ތަން ފެނުމުން ޔަނާލް ސުވާލުކުރިއެވެ.” ނުވިސްނަން .. ދެން ހަމަ އޮތީ …” ދެން ހަމަ އޮތީ .. މީޝާ ތެދުވެ އިށީނދެލީއެވެ. ” ނުއެއް ވިސްނާ.. މިހާރު ކޮން އިރެއް ކިހެން އޮންނަތާ؟ ދެން ވެސް ނުބުނައްޗޭ ކައިޝް އާ ދޭތެރޭ ވިސްނަނީ؟…” ޔަނާލް ދިމާކޮއްލިއިވެ. ޔަނާލް ބޮލުގައި ހުޅިޖަހާލަމުން އައިސް މީޝާ ގާތު އިށީނެވެ. ” ޔަނާ އަށް އިނގޭ މީޝް ކައިޝް ދެކެ ލޯބިވާކަން .. ކިއްވެ ޔިނާ އަށް ތި ފީލިންގްސް ޝެއަރ ނުކުރަން ތިއުޅެނީ.. ” ސީރިއަސް ވެލާފައި ޔަނާލް އެހިއެވެ. މީޝާ ޔަނާލް އަތުގައި ހިފާިއެވެ. ” ޔިނާ ނޫނީ ކާކަސް މީޝް ޝެއާރ ކުރާނީ.. ޔަނާތީ މީޝްގެ ބެސްޓީ..ޔަރ ކައިޝް ދެކެ މީޝް ލޯބިވޭ..އެކަމަކު މީޝްް ބިރުގަނޭ ކައިޝް މީޝް ދެކެ ލޯބިނުވެދާނެތީ..ކައިޝް ނޭގެ ބިޓެއް ނުނަގާ ކަމެއް ވެސް .. ” މީޝާ ހިތުގެ ހާލު ހާމަކުރިއެވެ.
” ޔަނާއަށް ހީވޭ ކައިޝް މީޝް ދެކެ ލައިކް ވާހެން .. ” ޔަނާލް އޭނާއަށް ހީވާގޮތް ހާމަ ކުރިއެވެ. އޭނާ މީޝް އަށް ވަރަށް ބަލާ.. ޔަނާލް ބުންޏެވެ.” ޔަނާ ވެސް މީޝް އަށް ބަލާ.. ދެން ބުނަންވީ ޔަނާ މީޝް ދެކެ ލޯބިވެޔޭތަ؟ .. ” މީޝާ މަޖާވެލާފައި ބުންޏެވެ. ޔިނާލް ތުން އަނބުރާލުމަށް ފަހު ލޯއަޅާލިއެވެ.
” މީޝާ.. ޔަނާ .. ކޮބާ ދެކުދިން..” ސަލީމް ގޭތެރެއިން ގޮވާލި އަޑު އިވުނެވެ. މީޝާ އާއި ޔަނާލް ނިކުތުމުން ކާން އައުމަށް ގޮވިއެވެ. މީޝާ ފެންވަރާގެން މިއަންނަނީކަމަށް ބުނެ ކޮޓަރިއަށް ވަނީ އަވަހަށް ފެންވަރާށެވެ. ޔަނާލް މޭޒް މައްޗަށް ކާއެއްޗެހި ނެގުމަށްޓަކައި ބަދިގެއާ ދިމާލަށް ދިޔައެވެ.

******

ފޯނުން ރީތި ލަވައެއް އަޅުވާލައިގެން ކައިޝް އެނދުމަތީ
އޮށޯވެގެން އޮތް އިރު އެމޫނު މަތީ ނުފިލާ ހިނިތުން ވުމެއް ވިއެވެ. މީޝާގެ ސޫރަފެނުމުން އެހިތައް ވަނީ އެތައް ހާސް އުފާތަކެއް ލިބާފައެވެ. މެލޭ އަށް އައުމަށް ފަހުވެސް މީޝާ ފެނޭތޭ ކިހާމަސައްކަތެއް ކުރެވުނު ހެއްޔެވެ؟ މިއަދު މީޝާ ފެނުމުން ގެނެސް ގަޔާލާ ބޮނޑި ކޮއްލަން ކިތެއްމެ ހިތް އެދުނަސް ކެއްކޮއްލީ އެވެ. ކައިޝް ބޭނުން ވަނީ މީޝާ އަށް އޭނާގެ ހިތުގެ ހާލު އަންގާށެވެ. ލަސްކޮއްގެން މީޝާ ގެއްލޭކަށް ބޭނުން ނުވެއެވެ. ފޯނުނަގާ އަނާ އަށް ކުޅާލީ އަނާ އަތުގައި މީީޝާގެ ނަންބަރު އިންތޯ ބަލާށެވެ. ނަމަވެސް އަނާ އަތުގައި ނެތްވާހަކަ ބުނުމުން މާޔޫސް މާގޮތްވިއެވެ. މާދަމާ ސްކޫލަށް ގޮސް އެކަން ކުރާނީއޭ ހިތާ ފާހާނާއަށް ވަނީ އަސުރުނަމާދުކުރަން ވުޟޫ ކުރާށެވެ.

ރޭގަނޑު ކެއުން ނިންމާލުމަށް ފަހު މީޝާ ބެލްކަންޏަށް ނިކުތީ ފޫހިވާތީއެވެ. ޔަނާލް ވެސް ކޭގޮތަށް އޮށޯވެ ނިދައިފިއެވެ. މީޝާ އެތާހުއްޓައި ސަލީމް އެތަނަށް އައެވެ. އަދި ދެދުވަހެއްގެ ކެރޭ މާލެ ދާން އުޅޭވާހަކަ ބުނުމުން މީޝާ ދެރަވިއެވެ. ” ދަރިފުޅަށް ވެސް އިނގޭނެ މިހެން އަބަދު ކިހިނިއް ހުންނާނީ.. އަޔާޒް ގެ ރެނގަޅުކަމުން މިހެން މިހުރެވެނީ..ބައްޕަ ދިޔަސް އަދިވެސް އާދެވޭތޯ ބަލާނަން..” މީޝާ ބޮލުގައި ފިރުމާލަމުން ސަލީމް ލޯތްބާއެކު ބުންޏެވެ. މީޝާ އަސް ވެސް ވިސްނެއެވެ. ބައްޕަ ދިޔަސް ހެޔޮކަމަށް އޭނާ ބުނީ ިތާ ދެކޮޅަށެވެ. ނިދި އަންނަނީ ކަމަށް ބުނެ ކޮޓަރިއަށް ވަނީ ބައްޕަ އަށް މީޝާ ދެރަވާކަން ނާންގާށެވެ. އޭނާ އަށްޓަކައި ބައްޕަ ކިހާ ބުރައެއް އުފުލާފިހެއްޔެވެ….؟ މީޝާ ކޮޓަރިއަށް ވަންއިރު ޔަނާލް އަރާމުކޮށް އެނދުގައި ނިދާލާފައި އޮތެވެ. މީޝާ ވެސް ގޮސް އެނދުގައި އޮށޯވެ ފޯނު ނަގާ އޮންލައިން ވެލިއެވެ. އޭރު ފޭސްބުކުން ފްރެންޑު ރިކުއެސްޓެއް އައިސްފައި އިނުމުން އެއީ ކާކުތޯ ބަލާލިއެވެ. މީޝާގެމެއަށް ހީވީ ހޫނު ފެން އެއްޗެއް އެޅާލިހެނެވެ. ފުންމައިގެން ތެީެދުވެވުނު ގޮތް ވިސް ނޭންގުނެވެ. ޔެސް އޭ ކިޔާ ހަޅޭއްލަވައި ގަނެވުނީ ވީ އުފަލުންނެވެ. މީޝާ ހަޅޭއްލަވައި ގަންއަޑަށް ނިދާފައި އޮކް ޔަނާލް ފުންމައިގެން ތެދުވީ ބިރުން ހުރެއެވެ.
” މީޝް ކާކުވަނީ.. ކިިހިނެއްވީ..؟ކޮބާ އެމީހާ..” ޔަނާލް ދެލޯ ބޮޑުކޮށް ފައި ތަންތަން ހޯދަން ފެށިއެވެ. ޔަނާލް އަށް ވެފައި ހުރި ގޮތް ފެނިފައި މީޝާ އަށް ހިނިގަނޑު ފަޅާގެން ދިޔައެވެ. ” ސޮރީ ޔަނާ.. މީހަކު ނުވަދޭ..” މީޝާ ބަނޑުގައި އަތް އަޅާގެން އޮވެ ހެމުން ބުންޏެވެ.. ” ދެން ކީއްވެ ތި ހަޅޭއްލަވަނީ..” ނުރުހުންވެ ހުރެ ޔަނާލް އެހިއެވެ. މީޝާ ފޯނު ޔަނާލް އަށް ދައްކާލިއެވެ. ” ސާބަސް މީޝް ކައިޝް ފްރެންޑު ރިކުއެސްޓް ފޮނުވީމަ ދޫމާރި ފުމެން ޖެހޭތަ..؟ ދެން ވެސް އެކްސެޕްޓު ކޮއްފަ އެހެން މީހުން ނިދިޔަ ދީބަލަ..” ޔަނާލް އޮށޯވެ މުޅިގައިގާ ރަޖާއަޅާ ނިވާކޮށްލިއެވެ. މީޝާ ވެސް އެނގުގައި އޮށޯވެ ކައިޝް ގެ ރިކުއެސްޓް އެކްސެޕްޓު ކޮށްލިއެވެ. ކައިޝް އޮންގަތޯ ބަލާލިއިރު އިނީ ިހަމިނެޓް ކުރިން އޮފްވެފައެވެ. މީޝާވެސް ޑޭޓާ އޮފްކޮށްފަ ލޯމަރާލީނިދާށެވެ.

މީޝާއަށް ހޭލެވުނީ ފޯނު އެލާމް ވާ އަޑަށެވެ. އޭރު ގަޑިން 5:30ވީއެވެ. ތެދުވެ ފާހާނާ އަށް ވަދެ ފެންވަރައިގެން ނިކުމެ ޔަނާ އަށް ގޮވުމަށް ފަހު މީޝާ ނަމާދަށް އެރިއެވެ. ނަމާދު ކޮށްގެން މީޝާ ދެތަށި ކޮފީ ހަދައިގެން ސޯފާގައި އިށީނދެ ފޯނުން އޮންލައިން ވެލިއެވެ. ކައިޝް ގެ މެސެޖެން އިންތޯ ބަލާލިއެވެ. އެއްވެސް މެސެޖެއް އައިސްފައި ނެތުމުން ފޯނު ބޭއްވީ މާޔޫސް ވިވަރުން ނެވެ. އިރުކޮޅަކުން ޔަނާލް އައާސް ކޮފީ ބޯން އިށީނެވެ.

މީޝާ ސްކޫލް ގޭޓުން ވަދެގެން ދިޔައިރުވެސް ބެލެނީ ކައިޝް ފެނޭތޯއެވެ. ޔަނާލް އަށް މިކަން ފާހަގަ ވުމުން މީޝާއާ ދިމާކޮއްލިއެވެ . އެއީ ހަމަ ޔަނާލް ގެ އާދައެވެ. މީޝާގެ ލޮލުގައި ފިޒާން ކައިރީ ހުރި ކައިޝް އަޅާގަތީ އެވަގުތުއެވެ. އޭރު އާނާ އެމީހުންނަށް އެތަނަށް އަންނަން ގޮވަނީއެވެ؟ޔަނާ މީޝާގެ އަތުގައި ހިފާ އެދިމާލަށް ހިނގާގަތެވެ.
” އޭތް މާދަން މީ ފިޒާން ގެ ބަރތުޑޭ.. އެރެންވެ މާަމާރޭ ކުޑަ ޕާރޓީއެއް ބާއްވަން މިއުޅެނީ..މީޝް މެން ވެސް ވާނެ އަންނަން..” އާދޭހުގެ ރާގެއްގައި އަނާ ބުންޏެވެ. ކޮންތާކު އޮންނަނީ.. ޔަނާލް ސުވާލު ކުރިއެވެ. ” ޒާން އުޅޭ އެޕާރޓުމަންޓުގަ.. އެތާ ނޫޅޭނެ އިހާގިނަ ބައެން؟ ޒާން އާ ކައި އެކަނި އުޅޭނީ..” މީޝާ ކައިޝް މޫނަށް ބަާލާލިއެވެ. ކައިޝް ހުރީ މީޝާ ދޭނެ ޖަވާބަކަށް އިންތިޒާރު ކުރާށެވެ. މީޝާ އޯކޭ އޭ ބުނުމުން ކައިޝް ވަރަށް އުފާވިއެވެ. ޕާރޓީއަށް މީޝާ ގެންނަން ކައިޝް ހުރީ ވަރަށް ބޭނުން ވެފައެވެ.
އާނާ ޔެސް އޭ ކިޔާ މީޝާއާއި ޔަނާގެ ގައިގަ ބައްދާލިއެވެ.

ސްކޫލު ގަޑި ނިމުމުން މީޝާމެން ގެއަށް އައިސް އެކުދިން އުޅޭ ބައިގައި ބެލް އަޅާލީ އެގަޑީގައި ގޭގައި ސަލީމް އުޅޭނެތީއެވެ. ދެފަހަރަކު ބެލް އެޓުމުން ވެސް ދޮރު ނުހުޅުވުމުން މީޝާ ކަޅުދަނޑިން ހުޅުވުމަށްޓަކައި ތަޅުދަނޑި ބޭގުން ނަގާ ތަޅަށް ކޮއްޕލަން އުޅެނިކޮށް ދޮރު ހުޅުވިގެންދިޔައެވެ. ދޮރުމަތީ ހެވިފައި މީޝާ އާ ޔަނާލް އަށް ބެލަހައްޓައިގެން ހުރި މީހާ ފެނިފައި ދެމީހުންނަށް ވެސް ލިބިގެން ދިޔައީ ޝޮކެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muroo....

Level 210 Stories100 Comments

Other Articles

Previous

އެވްލީން 1

Next

ސިއްރު ސިއްރުން ހިތޭ… (3)

Next
October 31, 2017

ސިއްރު ސިއްރުން ހިތޭ… (3)

Previews
October 30, 2017

އެވްލީން 1

20 Comments!

  1. Muroo.... says:
    October 31, 2017 at 8:27 am

    Hello frnds.. kihineh tha emmen..miothy 6th part of the story.. hykuran mi part vs kamudhaane kamah..☺☺☺☺

  2. Shaima says:
    October 31, 2017 at 9:53 am

    Fantastic,speech lesssss☺☺☺

  3. Shaima says:
    October 31, 2017 at 9:55 am

    Yey,,mee first dhwwww???

  4. Layaa says:
    October 31, 2017 at 10:13 am

    Mivaahaka v reethi ekamaku v gina mistakes faahagavi.. unmeedhukuran kuriah oithaanga ebai rangalhu kohlaanekamah .. .. ? keep it up. ??

    1. Muroo.... says:
      October 31, 2017 at 12:30 pm

      Thanks layaa ☺ thikan rangalhu kohlaanan in sha Allah dhen ahnna part ga… ?

  5. Elena says:
    October 31, 2017 at 10:43 am

    I’m impressed u really r a good writer

    1. Muroo.... says:
      October 31, 2017 at 1:41 pm

      Thanks Elena???

  6. Eeka says:
    October 31, 2017 at 11:42 am

    Rythi vahakaeh ekam liumuga hunna mistake thah ebajehey v bodah ragalhu kohlan. Misalakah nidhafai (okk) (dhoomari) mikahala basthah ragalhu kohlafa liyenyamu miahvurenves vahaka furihama vaane.ummydhu kuran next part ga ragalhu vane kamah. Story v nice

    1. Muroo.... says:
      October 31, 2017 at 1:45 pm

      Eako thanks v bodah..muroo vs gabool kuran aslu vs typing mistake v gina kan.. aslu dhoomaari eh nun dhunmaari liyan ulhefa ei.. in sha Allah next part ga thi kantha thah islaahu vaane.. thanks once again ☺?

    2. Muroo.... says:
      October 31, 2017 at 1:45 pm

      *Eaka*

  7. Suwa says:
    October 31, 2017 at 11:43 am

    Wow varah salhi story… And pic vess ??

    1. Muroo.... says:
      October 31, 2017 at 12:34 pm

      Thanks suwa,???

  8. SJK...KOREAN says:
    October 31, 2017 at 11:54 am

    Vaahaka hama habeys. But mistakes faahagavi. Hope u’ll correct them ?? whn nxt part??

    1. Muroo.... says:
      October 31, 2017 at 12:37 pm

      Thanks sjk korean ☺☺ dhen faharakun rangalhu vaane in sha Allah.. next part maadhama up kohlaanan in sha Allah

  9. Aisha says:
    October 31, 2017 at 1:51 pm

    Vaahaka v salhi liumuge hunna mistakes tha rangalhukolleema adhi v salhivaane ?keep it up ??

    1. Muroo.... says:
      October 31, 2017 at 3:47 pm

      Thanks aisha??

  10. mixu says:
    October 31, 2017 at 2:12 pm

    Ukulhu valhuga eh nun. Ukulhu ga ay vihdhaalaigen. Story is nice.

    1. Muroo.... says:
      October 31, 2017 at 3:48 pm

      Thanks mixu.. ☺?

  11. Shifoo says:
    October 31, 2017 at 2:46 pm

    Story vvv nice… Vv kiyaa hihvey mi story… Keep it up

    1. Muroo.... says:
      October 31, 2017 at 3:49 pm

      Thanks shifoo.. keep reading ☺☺?

Comments are closed.

Next Episodeމީޝާ (7)←


All Right Reserved!