ވޭންތަކުން ދިން ހިތި މާޒީ (7)
“ދެން އަލަށް މީހެއް ފެނެގެން އުޅޭ މީހަކަށް ނުނިދޭނެކަން އިނގެއޭ” ފަޔާޒް ދަމުން ދިމާ ކޮއްލިއެވެ.
“ޝަޓް އަޕް” މިހެން ބުނެ ފަޔާޒްއާއި ދިމާއައް މީކާއީލް ބާލީހެއް އެއްލިއެވެ.
………………………………………………
ޒިމްޔާއަށް ހޭލެވުނީ ހެނދުނު ހަތެއް ޖެހިފަހުންނެވެ. ފަތިސް ނަމާދައް ނުހޭލެވުމުން އަވަސްވެ ގަތީ ނަމާދު ކުރާށެވެ. ނަމާދު ކޮއްގެން ފެނވަރައިގެން ސައި ތައްޔާރު ކުރަން ދިޔައިރު ވާފިރު އިނީ ސޯފާގެ އެއްފަރާތުގަ އިށީންދެގެން ޓީވީ ބަލާށެވެ. މުޅި ސޯފާ އޮތީ ތެމިފައެވެ. ރިހަ ތައް ހުރިތަން އޮތީ އެއްކޮއް ސާފް ކޮއްފައެވެ. ވާފިރު ޒިމްޔާ ފެނުމުން ޒިމްޔާއާއި ދިމާއައް ހިނގައި ގަންނަން އުޅެނިކޮއް ދައްބައްޑައް ތަދެއް އަރައިގެން ނުދެވުނެވެ. އެވަގުތު ޒިމްޔާގެ ތުންފަތައް މަލާމާތުގެ ހިންޏެއްވެރި ވިއެވެ. ވާފިރުއައް ލޯ އަޅާލާފަ ގޮސް ސައި ހަދަން ފެށިއެވެ. ސައި ހަދާ ނިމުން އިރު ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ. އަވަހައް މީހެއް ނާންނަނީސް އެތަނުން ނިކުމެގެން ކޮޓެރިއައް ދިޔައެވެ. ގޮސް ކިޔާންއައް ގުޅަން އުޅެނިކޮއް ހަނދާންވީ ރޭ ގުޅި ކުއްޖާ މަތިންނެވެ. އެ އަޑު އަދިވެސް އިވޭ ކަހަލަ އެވެ. އެހާވެސް ފިރިހެން ވަންތަ އަޑެކެވެ. ރޭ ކާކުކަން ނޭނގޭތީ ދެން ގުޅިޔަސް ނޭނގިދާނެތީ މައި ހީރޯ ޖަހާ ސޭވް ކޮއްލިއެވެ. ކަޔާންއައް ގުޅާ ހުރިހާ ވާހަކައެއް ކިޔައި ދިނުމުން ކަޔާން ހުރީ ވަރައް އުފަލުންނެވެ. ޒިމްޔާ ސަލާމަތް ވާނެ ކަމުގެ ފޮނި އުންމީދު އާލާ ވެގެން ދިޔައެވެ.
“ކޮންތާކަށްތަ ޒިމް ގެންނާނީ. އެގޭ މީހަކައް ފެނެއްޖިއްޔާ ޝައްކުވެދާނެ. ޒިމްއައް ހުރިހާ ވަރެއް ބާލާނީ” މީކާއީލް ވިސްނަމުން ބުންޏެވެ.
“އުޅެ ޒިކުންގެއައް ގެންނަން. އެއީ ފަޅުގެއެއް ޖިންނި އުޅެއޭ ކިޔާފަ އެތާކައް މީހެއް ނުވަންނާނެ.” އާލާ ބުންޏެވެ.
“ނޫން. ނުކެރޭނެ. ޖިންނި އަވަލަފާނެ.” މިޒްނާ ވަގުތުން އިންކާރު ކުރިއެވެ.
“މޮޔަ. އެތާ ދިރި އުޅޭކަށް ނޫނޭ މިދަނީ ހަމަ އެކަނި ޒިމްއާ ކުޑަކޮއް ވާހަކަ ދައްކާލަންށޭ މިދަނީ” އާޒް މިހެން ބުނުމުން މިޒްނާ އޯކޭ އޭ ބުންޏެވެ. ފަޔާޒް އައް ފޯނެއް އައުމުން ތަންކޮޅެއް ދުރައް ޖެހިލިއެވެ. ނަމަވެސް ފަޔާޒް ދެއްކި ވާހަކަ ތައް ހަމަ ރީއްޗައް އަޑުއިވެއެވެ.
” އެލީ ލުކް. ފަޔާ ނޫޅެމޭ އެލީއަށް ޗީޓް ކުރާކަށް. އެލީއައް ވެސް އިނގެން ޖެހޭނެ އަބަދު ފޯނުގަ ނުހުރެވޭނެކަން” ފަޔާޒް މިހެން ބުނާ އަޑު އިވުނެވެ. އިރުކޮޅަކުން ފޯނު ބާއްވާފައައި އިރު ފަޔާޒް މޫނުމަތިންވެސް ކަމެއް ގޯސް ވެއްޖެކަން އިނގުނެވެ.
“ކިހިނެއް ވަނީ.؟ އަދިވެސް އެލީޝާ ނައްޓާފަތަ؟ ހަމަ ބަވަނީ ދޯ ގުޅާފަ” މީކާއީލް އަހާއިއެވެ.
“އައިމް ސިންގަލް” ފަޔާޒް ފުން ނޭވާއެއް ދޫކޮއްލަމުން ބުންޏެވެ.
“ވަޓް؟ އެލީ ހަމަ ރުޅިވީތަ؟” މީކާއީލް ގަބޫލު ނުކުރެވެގެން އަހާލިއެވެ.
“މަ ރުޅިވީ. އަބަދު ޝައްކު ކުރަނީ. ރުޅިވީމަވެސް އޭން ބުނީ ތިމަނެއް ލޯތްބެއްވެސް ނުވެޔޯ. ރި ރަށްގަނޑުން މާ ރީތި މީހެއް ލިބުނީމަޔޯ ތިއުޅެނީ. ރާއްޖެތެރޭ ކައްޕަޅިއަކާ އެކީ އުޅޭށޯ ކިޔާފަ ހޭން ފެށީމަ މި ބޭއްވީ” ފަޔާޒް ބުންޏެވެ.
“ވަޓް ދަ ހެލް. މިޒޫ އޭރުވެސް ދޮންބެ ކައިރި ބުނީމެއްނު އެލީޝާ ނުޖަހައޭ މާ ރަގަޅު މީހެއް ވައްތަރެއް. ހައް. ރާއްޖެ ތެރެއަސް. އެ އެލީޝާ އައް ވުރެ މާ ރަގަޅު ރީތި ކުދިން ލިބޭނެ. ދޮންބެ ދެރަ ނުވާތި. އެކަހަލަ ފޭކް މީހުން އުޅޭނެ އެހެން” މިޒްނާ ހިންހަމަ ނުޖެހި އިނދެ ބުނެލިއެވެ.
“އޮނެސްޓްލީ ނުވޭ ދެރައެއް. ވެދާނެ މަ އެހާ ލޯބި ނުވަނީ ކަމައް އޭނަ ދެކެ. އެހެން ނޫނަސް އޭނަ އައް ވުރެ މަށައް މާ މުހިންމު ޒިމްޔާ ސަލާމަތް ކުރުންވެސް. މާލެ ދިޔައީމަ އަދި ތި އެއްޗެއްގެ ނޮހޮރުއްޕާން ޖެހޭނެ.” ފަޔާޒް ފޫލި ގޮތަކައް ބުންޏެވެ.
“މިޒޫ ބުނިހެން މަވެސް އެހާ ނުވޭ އޭނަ ދެކެ ލައިކް އެއް. ބައެއް ފަހަރު ހީވޭ މަށާ އަޅައިގަނެފަ އިންނަހެން ވެސް. މޫޑް ހަރާބް ކުރަން އެވާހަކަ ނުދައްކަމާ ދޯ؟. ޒިމްޔާއައް ގުޅަން ވާނެ މެންދުރު.” މީކާއީލް ބުންޏެވެ. މިހެން ބުނެ ހުރިހާ ކުދިން ހިނގައިގަތީ ތާސް ކުޅޭށެވެ. އެކަކައް ނޭނގުނަސް ފަޔާޒް ސިންގަލްއޭ ބުނުމުން ބަޔާން ކުރަން ދަތި އުފަލެއް އާލާ އައް ލިބުނެވެ.
ޒިމްޔާ އުޅުނީ މެންދުރު ކާން ހަދާށެވެ. އެތަނަށް ޒުބޭދާ ވަދެ ވާފިރުއަށް ކާން ދޭން އުޅުނެވެ. އޭރުވެސް ވާފިރުއަށް ރީއްޗަކައް ނުހިނގެއެވެ.
“ޒިމްޔާ އަހަރެމެން މިއުޅެނީ މީހެއްގެ ޕާޓީއަކަށް ދާން މާދަން ފުރަން. އެންމެން ދާނެ. ވާފިރު ބަލި ކަމުން ނުދެވޭތީ އޭނަ ރަގަޅަށް ބަލާތި.” ޒުބޭދާ މިހެން ބުނުމުން އެއްވެސް އަސަރެއް ނެތި ޒިމްޔާ ހުމް އޭ ބުނެލިއެވެ. ނަމަވެސް އެތެރެއިން އެކަމާ އުފާ ކުރިއެވެ. ވާފިރު އެހާލުގަ އިނދެގެން ޒިމްޔާއައް ގޮތެއް ހަދާކައް ނުކެރޭނެކަން އިނގުނެވެ.
ޒިމްޔާގެ ފޯނު ވައިބްރޭޓް ވާން ފެށުމުން އަވަހައް ކޮޓެރިއައް ގޮސް ވަނެވެ. ފޯނު ނަގާ ބެލިއިރު ގުޅަނީ މައި ހީރޯ ޖަހާފަ ސޭވް ކޮއްފަ އިން ނަމްބަރުންނެވެ. އުފަލުން އަވަހައް ފޯނު ނެގިއެވެ.
“ހަލޯ ޒިމް ޔޫ ދެއާ؟” ޒިމްޔާ ފޯނު ނަގާފަ އަނގައިން ނުބުނުމުން މީކާއީލް އަހާލިއެވެ.
“އުމް ލައްބަ.” ޒިމްޔާ ބުންޏެވެ.
“އައްދެ ހާދަ ސްވީޓް ކޮއް ވާހަކަ ދައްކާ ކުއްޖެއް.” މީކާއީލް ސަމާސާ ކޮއްލިއެވެ.
“ސޮރީ ލަހުން ފޯނު ނެގުނީ ކުޑަކަމަކު އުޅުނީމަ” ޒިމްޔާ ބުންޏެވެ.
“އޯކޭ. މިގުޅާލީ މިއަދު ހަވީރު ދިމާވަން” މީކާއީލް ހީލަމުން ބުންޏެވެ.
“ލައްބަ އެކަމު މީހަކައް ނުފެނި ޒިމް ބޭނުމީ” ޒިމްޔާ ހާސްވެފަ ބުނެފިއެވެ.
“ހެހެހެ. ވީ ނޯ. ޒިކުންގެ އިނގޭތަ؟ އެގެއަކައް ނުވަންނާނެ އެއްނު މީހެއް އަހަރެމެން އެންމެން ދާނައް އެތަނައް ޒިމްވެސް އަންނާނީ އޯކޭއެއްނު؟ މީކާއީލް ދާނެ ތަން ބުންޏެވެ.
“ނޯ ނޯ. ޖިއްނިގެ އެއް އެއީ ނުކެރޭނެ.” ޒިމްޔާ ޖެހިލުންވެފަ ބުންޏެވެ.
“ކަމޯން ޒިމް، ޒިމްގެ ހީރޯ އަކައް އަހަރެން ހުންނާނަމޭ. ޕްލީޒް ސޭ ޔެސް” މީކާއީލް ލޯބި ގޮތަކައް މިހެން ބުނެލިއެވެ. މީކާއީލް ހީރޯއޭ ބުނުމުން އެތާ ތިބި އެންމެން ހޭން ފެށިއެވެ. ޒިމްޔާ ލަދުވެސް ގަތެވެ. މައި ހީރޯ ޖަހާފަ އިންތަން ފެނެއްޖިއްޔާ ކިހާ ދިމާ ކުރާނެ ބާއޭ ހިތައް އެރިއެވެ. ހަތަރު ގަޑިބަޔައް ދާނެ ކަމައް ބުނެ ފޯނު ބޭއްވިއެވެ. ޒިމްޔާ އަވަސް ވެލީ ހަވީރައް ރީތިވާށެވެ. ނޭނގި ނަމަވެސް ގުޅައިގެން ވާހަކަ ދައްކާ ކުއްޖާއާއި ދިމާވާއިރު ރީތި ވެގެން ހުންނަން ބޭނުންވިއެވެ. އަލަމާރި ބަލާލީ މިއަދު ލާނެއެއްޗެއް ހޯދާށެވެ. ޒިމްޔާއައް ކަމު ދިޔައީ އެންމެ ފަހުން ކަޔާން ގެނެސްދިން ހުދު ގަޔައްދޫ ކޮއް ހުންނަ ގަމީހެވެ. ދެން ނެގީ އައިސް ބްލޫ ޖިންސެކެވެ. އަވަހައް އިސްތިރި ކުރަން އުޅުނެވެ.
“ޒިމްޔާ ތި ދޮރު ހުޅުވަބަލަ” ޒުބޭދާ ހަޅެއްލަވައިގަތެވެ. އަވަހައް ހެދުން އަޅުވާފަ ގޮސް ދޮރު ހުޅުވިއެވެ. އޭރު ޒުބޭދާ ކައިރި އަލީ ހުއްޓެވެ. ވަގުތުން ޒިމްޔާއައް ދަތްކުޑި ވިކައިގަނެވުނެވެ.
“މަގޭ އަތުން ތައްޓެއް ތެޅިއްޖެ. އެތަން ސާފް ކުރަން ދޭބަލަ” މިހެން ބުނެފަ އަލީ ގޮވައިގެން ގޮސް ކޮޓެރިއައް ވަނެވެ.
ޒިމްޔާ ކާގެއައް ގޮސް ބެލި އިރު ކަމަކުދާކައް ނެތެވެ. ތައްޓެއް ތަޅާލައިފައި ވީއިރު ޖޫސް ޖަގުވެސް އޮތީ ބަންޑުން ކޮއްލާފައެވެ. ހީވަނީ ޒިމްޔާ ތަނަކައް ދާން އުޅޭކަން އެނގިން ކޮއްފަ ހުރި ޖެއްސުމެއް ހެންނެވެ. މުޅި ކާގެ އެކީ ސާފް ކޮށް ނިމުން އިރު މީހާ އެކީ ވަރުބަލިވިއެވެ.ދިޔަ ގޮތައް ގޮސް ރެސްޓް ކޮއްލަން އެނދުގަ އިތެވެ. ތިންގަޑި ބައި ވީމަ ދިޔައީ އަވަހައް ފެންވަރާށެވެ. ބޯދޮވެގެން އައިސް މުޅިގައިގަ ލޯޝަން ލައި ގަމީސް ލާފަ ލޯގަނޑު ކުރިމަތީ ހުއްޓެލިއެވެ. އިސްތަށިގަނޑު ނުހިކޭތީ ހިކެންދެން މަޑުކޮއްގެން ހުރީއެވެ. ބުޅި އިސްތަށިގަނޑެއްވީމަ ފުނާ އެޅުމުން ހަޑިވާނެތީ ރީތި ބޮލުގައި ކްރީމް ލައި ރީތި ކޮއްލިއެވެ. ކޮންމެ ދުވަހަކު ނިދަން އޮށޯންނަމުން ބޮލުން ގޮއްފިލުވާތީ ބޮލުގައި އެއްވެސް ވަރަކައް ގޮށެއް ނެތެވެ. އުނަގަނޑާ ހަމައައް އަރާ ދިގު އިސްތަށިގަނޑުން އިތުރައް ރީތި ކަމައް ދައްކައެވެ. މޫނުގައި ކުޑަ ބީބީ ކްރީމް ކޮޅެއްލާފަ ފުއްޖަހާލިއެވެ. ލޮލުގައި މަސްކަރަ އަޅާލައިފައި ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖެއްސިއެވެ. ބަލާ މީހަކައް ޒިމްޔާ ހުރީ މޭކަޕް ކޮއްގެންނޭވެސް ހީ ނުވާނެވެ. ގަޔައް ސެންޓް ބުރުވާލައިފައި ރީތި ބޫޓަކައް އެރިއެވެ. ޒިމްޔާ މިހާ ރީތިވީ ދުވަހެއް ހަނދާނެއްވެސް ނެތެވެ. އަންމުކޮއް ރީތިވަނީ ކަޔާން އާއި ބައްދަލް ކުރަންވީމައެވެ. ތައްޔާރުވެ ނިމުން އިރު ހަތަރުގަޑި ވިހި ވެއްޖެއެވެ.
ޒިމްޔާ ވަގު ވަގައް ގެއިން ނިކުތީ މީހަކައް ފެނެގެން ނުދެވިދާނެތީއެވެ. ޒިކުންގެ ހުންނަނީ ތަންކޮޅެއް ދުރުގަ ކަމުން މީހުން ނޫޅޭ ހިސާބުންދާން ނިންމިއެވެ. ޒައްޔާމެން މީހަކައް އޭނާ އެހާ ރީތިވެގެން ހުއްޓަ ފެނެއްޖިއްޔާ އޭނާ ތަނަކައް ދިޔައަކަވެސް ނުދޭނެއެވެ. ޒިކުންގެއާއި އަރައި ހަމަ ކޮއްފަ ގަޑި ބަލާލިއެވެ. އޭރު ހަތަރުގަޑި ތިރީސް ވެއްޖެ އެވެ. އަވަހައް މީހަކައް ފެނުމުގެ ކުރިން އެގެއައް ވަންނަން ވެގެން މީކާއީލް އަށް ގުޅިއެވެ. މީކާއީލް ބުނީ މިތިބީ އެގޭގެ މަތީ ބައިގަ ކަމަށެވެ. ވަންނަން ބުންޏެވެ. ޒިމްޔާ ބިރުން ހުރެ އެތެރައް ވަދެ ސިޑިން އެރިއެވެ. ނޭގޭ ބަރުމިނަކު ހިތް ތެޅެމުން ދިޔައެވެ. ޒިމްޔާ އެތަނައް އެރި އިރު ފެނުން މަންޒަރުން ދެލޯ ބޮޑުކޮއްލެވުނެވެ. ފިހާރައިން ކުރީ ދުވަހު ދިމާވި ކުއްޖާއާއި ތުނޑިން ދިމާވި ކުއްޖާ ހުރެފަ އާލާމެން ތިބުމުންނެވެ. ވަގުތުން އެއީ އޭނާ ސަމާމަތް ކޮއްދެން އުޅޭ ފަސް މީހުންކަން އިނގުނެވެ. މިޒްނާއާއި އާލާ ގޮސް ޒިމްޔާ ގައިގަ ބައްދާލާފަ މީކާއިލް މެން ގާތައް ގެނައެވް. މީކާއީލް އައް ހުރެވުނީ ޒިމްޔާގެ ރީތި ކަމުން ކަޅި ޖަހާ ނުލާ ބަލާށެވެ. އެންމެންވެސް ޒިމްޔާއައް އިންޓްރޮޑިއުސް ވިއެވެ. ޒިމްޔާއައް ފުރިހަމައަށް އެހީވާނެ ކަމުގެ ޔަގީން ކަން ދިނެވެ. ޒިމްޔާވެސް ބީރައްޓެހިކަން ކެނޑި އެކި ވާހަކަ ހިއްސާ ކުރަމުން ދިޔައެވެ. މަންމަމެން މާދަން ރަށަކަށްދާ ވާހަކަ ބުނުމުން އެމީހުން އިތުރު ޕްލޭންއެއް ކުރިއެވެ.
“ޒިމް. ކަޔާން ގެންނަމާދޯ؟” އާޒް ބޭނުންވީ ކަޔާންގެ އެހީ ތެރިކަން ވެސް ހޯދާށެވެ. ވަގުތުން ޒިމްޔާ ކަޔާން އައް ގުޅާ ކަޔާންވެސް އެތަނައް ގެނައެވެ. ދެން އިތުރައް ފަހުން އެވާހަކަ ނުދައްކާ އެންމެން އުޅުނީ ސެލްފީ ނަގާ ފޮޓޯ ނަގާށެވެ.
“މީކް އާއި ޒިމް ފޮޓޯ އަކައް އަރާބަ” ފަޔާޒް މިހެން ބުނުމުން ދެމީހުން ފޮޓޯ އަކަށް ހުއްޓުނެވެ. ތިބެވުނީ ވަރައް ކައިރި ކަމުން ދެމީހުން ހިތް ވެސް ދިޔައީ އޮބި ނޯންނަވަރަށް ތެޅެމުންނެވެ. އިރުކޮޅަކުން ޒިމްޔާ ކައިރި ލޯ މެރުމައް މީކާއީލް ބުންޏެވެ. ލޯ ހުޅުވިއިރު ފެނުން މަންޒަރަކުން ޒިމްޔާއައް އުފަލުން ރޮވުނެވެ. އޭނަ ކަހަލަ ކުއްޖެއް ދެކެ މިހާ ލޯބިވާނެ ރައްޓެހިން ތަކެއް ލިބޭނެ ކަމެއް ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ.
ކުރިމަތީގަ މޭޒެއްގަ ވީ އާ އިތް ޒިމް، ވީ ލަވް ޔޫ ޖަހާފަ އިން ކޭކް އެއް އިނެވެ. ދެން ހަތަރު ޕިއްޒާވެސް އިނެވެ.
“ތިހާ ލަދުން ނުހުރެ އާދެބަލަ ކޭކް ފަޅަން” ފަޔާޒް މިހެން ބުނުމުން ޒިމްޔާ ގޮސް ކޭކް ފަޅާ އެންމެންނައް ކާން ދިނެވެ. ޕިއްޒާއާއި ކޭކް އާ ފެންޓާއާ ބޮއެގެން އެންމެން އެތާތެރޭ މަޖާ ކުރުމުގަ އުޅުނެވެ. ޒިމްޔާއައް ބެލެނީ ހަމަ މީކާއީލް އާއި ދިމާއަށެވެ. މީކާއީލް ވެސް ސިއްރުން ޒިމްޔާއާއި ދިމާއައް ބަލައެވެ. ހަތަރު ކަޅި ހަމަވެއްޖިއްޔާ ދެމީހުންވެސް ނޫން ކަމަށް ހަދާފަ ތިބެނީއެވެ. މިދެމީހުންނައްވާ ގޮތް ހަމަ ރީއްޗައްވެސް ފަޔާޒްމެންނައް ފެނުނެވެ. އެއްޗެކޭ ނުބުނީ ޒިމްޔާ ކަޑަވެދާނެތީއެވެ. އިރު އޮއްސޭތީ އެންމެން އަވަސްވެގަތީ ގެއައްދާށެވެ. ޒިމްޔާވެސް އަވަސް ކޮއްލާފަ ގެއައް ދިޔައީ ހިތް ނުތަނަވަސްވެ ހުރެއެވެ. ގޭ މީހަކައް ފެނެއްޖިއްޔާ އޭނަގެ ދުވަސް ދިޔައީއެވެ. ނަސީބަކުން ގެއައް ދިޔައިރު އެކަކުވެސް ފެންނާކައް ނެތެވެ. ސިއްރު ފިޔަވަޅުތަކެއް އަޅަމުން ކޮޓެރިއައް ވަންނަން ދިޔައެވެ. ނަމަވެސް ކޮޓެރި ދޮރު ހުޅުވާފަ ހުރުމުން ސިއްރުން ގޮސް އެތެރެ ބަލާލިއެވެ. ފެނުން މަންޒަރަކުން ޒިމްޔާ އަވަހައް ފަރާއި ނިވާވެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.



Wow story vrh loabi??
Keep it up?
Thankyou
could you make it little long.
Love this story.
Hehe. Yea. Next part will. Btw Thankyou 🙂
Aaa next part ahvah up kohla dhee
Wait for tmmrw 🙂
Wooow v reethi… when nxt part? ???
Maadhama. Thankyou so much 😀
Waiting waiting nice
Thankyou 🙂
waiting…varah nice story.dhen part dhigu vaane kamah uhmeedhu kuran
Yea. Next part dhigu koh genesdheynah 😀
v reethi story eh..thankolheh dhigukoh nxt part genesdheyba
Thankyou. Insha allah. dhen part eh genesdheynah miah vure dhigu koh 🙂
Kukoo story vv reethi… I really like it.. Waiting…
Thankyou Shifoo 🙂
V reethi ??
Thankyou 🙂
Dhn awahah up khdhybaa plxxxxxxxxxxxxxxxxxxx kiyaa hithun kehmadhuvefa 🙁
Hehe. Thankyou 😀
mistakes varah gina.. ekam varah reethi vaahaka.. keep it up..