Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވޭންތަކުން ދިން ހިތި މާޒީ (6)

Mau Level 2100 Comments10 Stories
October 29, 2017 6 Mins Read
15 Comments

ވާފިރު ބޮލުގަ ތެލިއަޅުވާލުމައްފަހު އަވަހައް ނިކުންނަން ދިޔައެވެ. ނަމަވެސް ޒައްޔާ ކުރިމައްޗައް އެރުމުން ފަސް މީހުން ހުއްޓުން އެރި އެވެ.

“ތީ ކޮންބައެއް. ކީއްކުރަނީ މިތާ؟” ޒައްޔާއައް ނުބައެއް ހިނގާހެން ހީވެގެން ބާރަކައް އެހެން ބުނެލިއެވެ. މީކާއީލް ބަލާކައް ނުހުރެ ޒައްޔާ އިސްތަށިގަޑުގަ ހިފާ ހޫރާލިއެވެ. ޒައްޔާގޮސް ޖެހުނީ ފައިވާން ހަރުގަނޑު ބުޑަށެވެ. ޖެހުނުގޮތުން ޒައްޔާ ހެޔައް ގޮތެއްވިއެވެ. އަވަހައް ފަސް މީހުން އެގެއިން ނިކުމެ ގެއާއި ދިމާއައް ދުއްވައިގަތެވެ.

……………………………………………………………..

މަޑުނުކޮށް ދުވަމުންގޮސް ފަސް ކުދިން ގެއައް ވަނެވެ. ގެއްވަތް އިރު މިކުދިންގެ މަންމަމެން ތިބީ މިކުދިންނައް ވީނުވީއެއް ނޭނގިގެން ކަންބޮޑުވެފައެވެ. ފުރަތަމަ ގެއައް މިކުދިންވަނީމަ ކޮންބައެއްކަން ނޭނގުނެވެ. މާސްތައް ނެގުމުން ތީ ކޮންކަމެއްހޭބުނީމަ މަންމަމެން ބިރުގަންނަވާލީއޭ ބުނެ ފަސް މީހުން ފުރަތަމަ ޖެހުނު އާޒްގެ ކޮޓެރިއައް ވަދުނެވެ. އޭރު ފަސް މީހުންނައް މާނޭވާލެވެއެވެ. އެހާވަރައް ދުވެވެއްޖެ ވިއްޔާއެވެ.

“އާރރރގް. ދެޓް ރިހަ ވާފިރަށް ރީތި ބޮޑިއެއްލިބެއްޖެ އެއްނު. މަރުވިއްޔާވާ ރަގަޅު ތެލި ބޮލުގަ އަޅާފަ އޮއްވަ ނޭވާ ހާސްވެގެން.” އާލާ މިހެން ބުނުމުން އެންމެން އެކީ ހިންޏާ ބިދެން ފެށިއެވެ.

“އައްދޯތް. ހީހީ ބަޑައް ތަދުވޭ އެބަ” މިޒްނާ ހެމުން ހެމުން ބުނެލިއެވެ. އިރުކޮޅަކުން އެންމެން ވަރައް ސީރިއަސް ވެފަ ޒިމްޔާގެ ވާހަކަ ދައްކަން ފެށިއެވެ.

“އަޅޭ ޒިމްޔާއައް ހާދަ ތަދުވާނެއޭ ދޯ. ބައްޕައެއްތަ އެ ވާފިރުއެއީ. އަމިއްލަ ދަރީގެ ގަޔައް އަރާ އެ އޮއްނަނީ. މިޒޫ ހިތައް އަރާ ޒިމްޔާގެ އަސްލު ފެމެލީބާވައޭ އެއީ.” މިޒްޔާ ބުންޏެވެ.

“އެހާ ހަޔާތް ކުޑަވީމަ ދަރިއެއް އެހެން މީހުންނެއް ނޭގޭނެ ވަކި ކުރާކައް.” މީކާއީލް މިހެން ބުނި އިރުވެސް އިނީ ރުޅި އައިއްސަ ކަން އިނގުނެވެ.

“މަގޭ ދުލުން ނުބައި އެއްޗެއް ކިރިޔާ ނުބުނެވުނީ އެވާފިރު ޒިމްޔާ އައް އެހެން ހަދަން އޮތީމަ. އޭ އެގޭ މީހުން ވައްނައިރު ވާފިރު އޮންނާނީ އޮރިޔާމުން ދޯ. ރިހަ އޮންނާނީ މުޅިތާ. އެއޮއް ރީތި ސޯފާގަވެސް ހަހަހަހަ…” ފަޔާޒް އަށް އަދިވެސް އެތަން ހަނދާންކޮއް ހެވުނެވެ.

“ވަރިހަމަ. އެމީހުންނައް ނުފެންނަ އެއްޗެއް ނޯނާނެ އެ ވާފިރުގެ. ޔަގީނުން ވިއްޔާ ފިރިހެން ދަރިންނާއެކީވެސް ވާފިރު ކުރާ ކަމެއް ކުރާނެ. ކިތަންމެ ގޭތެރެ ރީއްޗަސް އެމީހުންގެ ނެތް އެއްވެސް އުޅުމެއް.” މީކާއީލް ބުންޏެވެ.

“އާނ. މީހުން ކިޔާ ހަރާން ރުފިޔާއިންނޭ އެމީހުން ގެވެސް ހެދީ. މިރަށު އެއްގެއަކައް ވުރެވެސް އެގެ ރީތިވިއްޔަ ދޯ.” އާލާ ބުނެލިއެވެ.

“ތިކަން އިނގޭނެ ސިކުނޑިއެއް އިން މީހަކައް ވިއްޔާ. މުޅިން އެހެން ރުފިޔާ ހޯދަނީ އެމީހުން. ޒިމްޔާ އެއްޗިހި ގަންނަނީ ކާކު ރުފިޔާ ދީގެންބާ ދޯ” އާޒް ބުންޏެވެ.

“އޭ މިއޮތީ ޒިމްޔާ ދިން އެއްކަލަ ފޮތް.” މިޒްނާ އަތުގަ އޮތް ފޮތް ދައްކާލަމުން އެކަންވީ ގޮތް ކިޔައި ދިނެވެ. މީކާއީލް އެ ފޮތް ދައްކާލުމާ އެކީ އަތުލިއެވެ. ރަތް ކުލައިގެ ފޮތެކެވެ. ކަޅު ޑިސްކޯ ފާޑު ކުނޑި ތަކަކުން ފޮތް އޮތީ ޑިޒައިން ކޮއްފައެވެ. އެތެރެ ހުޅުވާއި އިރު ފަވާލާފަ އިނީ އަންލަކީ ޒިމް ޖަހާހައެވެ. އަނެއް ގަނޑުގަ އިނީ ޒިމްޔާ ޖަހާ ރީތި ގޮތަކައް ފަވާލާފައެވެ. ތިރީގަ ކުޑަ ކުޑަކޮއް ޑައިރީ ލިޔެފަ އިނެވެ. އެތަން ކިޔާފަ އެންމެން އެންމެންނައް ބަލާލާ ހިނިތުންވެލިއެވެ.

މީކާއީލް ކިޔަން ފެށިއެވެ. އުމުރުން އެންމެ ދިހަ އަހަރުއްސުރެ ޒިމްޔާ އައް ބައްޕަ ޖިންސީ ގޯނާ ކުރާ ކަމައް އޮތެވެ. ބޭބެ މެންނައް އެކަން އިނގުމުން ބޭބެ މެން ވެސް ޒިމްޔާއާ ބެހޭ ކަމައް އޮތެވެ. ޕޮލިހައް އަންގާނެ ކަމައް ބުނުމުން ޒިމްޔާގެ މަންމަ ޒިމްޔާއައް ކުރި އަނިޔާ ތަކުގެ ވާހަކައެވެ. އެދުވަހުން ފެށިގެން މަންމަވެސް ޒިމްޔާ އައް ގެއްލުން ވާހަކައެވެ. މަންމައަކީ ކުރިން ޒިމްޔާއާއި ދިމާއައް ހަޅޭއްލަވާ އަނިޔާ ކުރާ މީހެއް ނޫނެވެ. ނަމަވެސް ބައްޕަމެން އެންމެން އޭނާއާއި ބެހޭ ވާހަކަ ބުނާނެ ކަމައް ބުނުމުން މަންމަވެސް އެމީހުންނާ އެއްކޮޅު ވާހަކައެވެ. ދޮންތަ ޒިމްޔާ އަކީވެސް ޒިމްޔާ ކަހަލަ ރަގަޅު ކުއްޖެއް ކަމެވެ. ނަމަވެސް ރަށުތެރޭ ޒިމްޔާމެން ބަލައި ނުގަތުމުން ޒައްޔާގެ އުޅުން ބަދަލްވެ އެހެން މީހުންނަކާ އެއްވަރުވީއެވެ. ނަމަވެސް ކޮންމެ ގޮތެއްވިޔަސް ޒިމްޔާ ބަދަލު ނުވާނެ ވާހަކައެވެ. އެއީ ކިހާ ބޮޑު ފާފައެއްކަން ވެސް އޮތެވެ. ޒިމްޔާ ބައްޕަ ފަރާތު އާއިލާއާއި މަންމަ ފަރާތު މީހުންވެސް މިމީހުންގެ އުޅުން ހުންނަ ގޮތުން ދަންނަ ބައެއް ކަމައްވެސް ނުހަދާ ވާހަކައެވެ. ނަމަވެސް ޒިމްޔާ މަންމަ ފަރާތު ދެބެއިންގެ ދެދަރި ބޭބެ އެއް ކަމައްވާ ކިޔާން ޒިމްޔާ އައް ވަރަށް ރަގަޅެވެ. އާއިލާ މީހުން ނުގަބޫލު ވާތީ ޒިމްޔާއާއި ކިޔާންބޭބެ ވާހަކަ ދައްކަނީ ސިއްރުންނެވެ. ކިޔާން ބޭބެ ސްކޫލް ނިމުމުން މާލެ ކިޔަވަން ދަމުން ދިޔއީ ޒިމްޔާއައް ސިމް ކޮޅަކާ ބައްތި ފޯނެއް ދީފައެވެ. ޒިމްޔާ ފޯނުން ގުޅައިގެނާ ގޮތް ގޮތުން ކިޔާންއާއި ވާހަކަ ދައްކައެވެ. ޒިމްޔާ ސްކޫލް ނިމުމުން ވަޒީފާއަކައް ދާން އުޅުމުން ގޭ މީހުން ދިޔަ ނުދިނެވެ. އެހެންވެ ހަދާނެ ގޮތެއް ނޭނގިގެން ޒިމްޔާ އުޅުނެވެ. މަންމަމެން އަތުން ހަރާން ރުފިޔާ ހޯދާކައް އޭނާ ބޭނުމެއް ނޫނެވެ. ކިޔާންއައް ޒިމްޔާ ހުރިހާއެއްޗެއް ކިޔައިދެއެވެ. ކިޔާން ކޯސް ނިންމާފަ ރަށައް އައިސް ވަޒީފާ އަކައް ގޮސް މަހަކު ދެ ހާސް ރުފިޔާ ޒިމްޔާއައް ދެއެވެ. އަދި މީގެ އިތުރަށް ހެދުމާއި ރީތިވާއެއްޗިހިވެސް ދޭކަމައް އޮތެވެ. ޒިމްޔާ އަންނަނީ އެ ރުފިޔާތަކުން މަހަކު ފައްސަތޭކަ ސޭވް ކުރަމުންނެވެ. މިއަދު އަލީއާއި ޒުބޭދާ އުޅުން ގޮތުގެ ވާހަކަވެސް އޮތެވެ. މީގެ އިތުރައް ޒިމްޔާ އައް ވަރަށް ފަހުން ކުއްޖެއް ދެކެ ލޯބިވާ ކަމައްވެސް އޮތެވެ. ނަމަވެސް އިތުރު ތަފްސީލް އެއް ނެތެވެ. އަދި މީގެ އިތުރައް މި މީހުން ވިޔާ ނުދާ ކަންތައް ކުރާ ތަންތަން ވެސް އޮތް ކަމައް އޮތެވެ.

“މަގޭ އަތުން މި އެންމެން މަރުވާނެ ހުވާ” މީކާއީލް ޒިމްޔާގެ ޑައިރީ ކިޔައި ނިމުން އިރު ރުޅިއައިސް ގެން ތުރުތުރު ތުރު އަޅައެވެ.

“އަޅޭ ހާދަ ވޭނެއްގައޭ ޒިމް ދޯ އެއުޅެނީ” އާލާ ދެރަވެފަ ބުންޏެވެ.

“އަޅެ މިރަށު މީހުންނައް ހުރިހާ ކަމެއް އިނގޭއިރުވެސް މައްސަލަ ނުޖައްސާތަ؟” ފަޔާޒް ނުރުހިފައި އެހިއެވެ.

“ފުރިހަމަ ހެއްކެއް ނެތިއްޔާ ގެންނޮސްވެސް ދޫ ކޮއްލާނީ” އާލާ ބުންޏެވެ.

“އެހެންވީމަ މިހާރު މާ ފަސޭހަ ވާނެ ދޯ މިމީހުންގެ ކަންތައް ހޯދަން. ޒިމްގެ ޑައިރީއިން ވަރަށް އެއްޗިހި އިނގެއްޖެ.” ފަޔާޒް ބުނެލިއެވެ.

“މަގޭ ވަރަށް ކްލޯޒް ފްރެންޑެއް ކިޔާން އަކީ. ސޯ އޭނަ ހަރަދު ކުރާ ކުއްޖަކީ ޒިމްތާ. އޭނަ ބުނާނެ އަބަދުވެސް އޭނަ އަންހެން ކުއްޖަކައް ހަރަދު ކުރާ ވާހަކަ. އުޅެ އޭނަވެސް މިކަމުގަ ބައިވެރި ކުރަން.” އާޒް ބުންޏެވެ.

“އަދި ނުވޭ ޒިމް އައް އަހަރެމެން މީ ކޮންބައެއްކަން އަންގާފަ ތިކަމާ ވިސްނާނީ. ހިނގާ ކާންދާން. ކައިގެން އައިސް މާދަމާގެ ޕްލޭން ކުރާނީ” މީކާއީލް މިހެން ބުނުމުން އެންމެން ކާންދާން އުޅުނެވެ. އިހައް މިވާހަކަ ނުދެއްކީ ޒިމްޔާގެ ޑައިރީ ކީއިރު ޒިމްޔާ ލޯބިވާ ކުއްޖެއް ހުރިވާހަކަ ބުނުމުން އެކަމާ ހިތައް އުނދަގޫވެފަ އިނީމައެވެ. އިތުރަކަށް އެކަމާ ބެހޭގޮތުން އެކެއްޗެއްވެސް ނެތެވެ. ކާން ދަމުން ކޮޓެރިއައް ވަދެ ޒިމްޔާގެ ޑައިރީގައި ތުންފަތް ޖައްސައިގެން ހުރެ އެއައް ބޮސްދީފަ އެނދުމަތީ ބާއްވާފަ ދިޔައީކާށެވެ. ޒިމްޔާގެ އެއްޗެއް އަތުގަ އޮތުމުން އެކަމާ އުފާވެސް ވެފައެވެ.

ޒުބޭދާ އަލީމެން ގެއިން ނިކުމެ ގެއާއި ދިމާއައް މިސްރާބު ޖެހިއެވެ. އޭރު މީހާ ހުރީ އެކައް ވަރުބަލިވެފައެވެ. ފޯނުން ގަޑި ބެލި އިރު އެގާރަ ޖަހަނީއެވެ. ގެއާއި ހިސާބައްދިޔައިރު ޒަޔާން އާއި އާކިފްއާ އާކިލްއާއި ފޯނުން އެއްޗެއް ބަލާފަ ހޭންތިއްބެވެ.

“އަހަ ދަރިފުޅުމުން ހާދަ ވަރަކަށް ހެނީ” މޒުބޭދާ ގެއާއި އަރާ ހަމަ ކޮއްފަ ބުންޏެވެ.

“އާނ މަޖާ ވީޑިއޯއެއް ބަލާލީ މަންމާ” ޒަޔަން ޖަވާބު ދިނެވެ. މިހެން ބުނެ ހަތަރު މީހުން ގެ އައް ވަތް އިރު ސޯފާގަ އޮތް ވާފިރު ފެނުމުން އެންމެންނައް ދެލޯ ބޮޑުކޮއްލެވުނެވެ. ރޯބަރަހަނާކޮއް އޮތް އިރު މުޅިގައިގަ ރިހަ އޮތެވެ. ބޮލުގަ ތެލިއަޅާފަ އޮތް އިރު މީހާ އޮތީއެއްކޮއް ބަނދެފައެވެ. އެދިމާއައްދާން ހިނގައި ގަތް ތަނުން ފައިވާން ހަރުގަނޑު ކައިރި އޮތް ޒައްޔާ ފެނުނެވެ. މިތަން ފެނި އާކިލް ގޮސް އާކިލް ޒައްޔާ އެތަނުން ނެގިއެވެ. ދެން ތިބި މީހުން ގޮސް ވާފިރު ގައިން ވާތައް މޮހެ އެތަން ސާފް ކުރަން ފެށިއެވެ. އަދި ވާފިރު އާއި ޒައްޔާ ކޮޓެރިއައް ގެންގޮސް ހޭ އެރުވޭތޯ ބެލިއެވެ. އެތައް އިރަކު ފެންހާކަން ފެށިފަހުން ދެމީހުންވެސް ހޭ އެރިއެވެ.

“ވާފިރޫ މީ ކޮންކަމެއް ކާކުކުރި ކަމެއް. ވާފިރު އިރުކޮޅަކުން ހުރިހާއެއްޗެއް ހަނދާންވެ އަޑުގެ ނެތް ތަނައް ޒިމްޔާގެ ކަންތަކޭ ބުނެ ކިޔައިގެން ފެށިއެވެ. މޫނު އަޅައިގެން ތިބިބައެއް އޭނާ ޒިމްޔާ ކައިރި އޮއްވަ ތަޅައިގަތް ވާހަކަ އެވެ. ދެމީހަކު ޒިމްޔާ ގައިގަ ބެޑްޝީޓް އޮޅައިގެން ނެރުން ވާހަކައެވެ. ޒައްޔާވެސް އޭނާ އައް ވީ ގޮތް ކިޔައި ދިނެވެ.

“ކިހާ ދެރަވެއްޖެ ކަމެއް. އެ އެއްޗަކައް މަޑަކުން ނުހުރެވޭ. ހުރޭ މިފަހަރު ކުޅި ދައްކާލާނައް” މިހެން ބުނެ ޒުބޭދާ ޒިމްޔާ ކޮޓެރިއާއި ދިމާއައް އައެވެ. ފަހަރުން އެންމެން އައި އިރު ވާފިރުވެސް މުޅިގައިގަ ރިއްސިޔަސް ޒިމްޔާއައް ހަމަލާއެއް ދޭން ދިޔައެވެ. ދިޔަ ގޮތައް ދޮސް ޒުބޭދާ ދޮރުގަ ތަޅައިގަތެވެ. ތަޅުގަ ހިފާ އަނބުރައިލި އިރު ދޮރު ހުޅުވިގެން ދިޔައެވެ. ކޮޓެރި ބޮކި ދިއްލިއިރު ފެނުން މަންޒަރަކުން އެމީހުންނައްވެސް ދެލޯ ބޮޑުކޮއްލެވުނެވެ. ޒިމްޔާ އިނީ ދެއަތާ ދެ ފަޔާ އައްސާފައެވެ. އަނގަ މަތީވެސް ފޮތިގަނޑަކުން އައްސާފަ އޮތެވެ. މުޅި އިސްތަށިގަނޑުވެސް އޮތީ ހޭވިފައެވެ. ޒުބޭދާ ދިޔަ ގޮތައް ހުރިހާ އެއްޗެއް ކަނޑާލިއެވެ. އެނދާދިމާއައް ޒިމްޔާ ހޫރާލިއެވެ.

“ކަލޭ މިގެއައް ކޮންބައެއް ވެއްދީއޭ ބުނޭ” ޒުބޭދާ ހަޅޭއްލަވައިގަތެވެ. ނަމަވެސް ޒިމްޔާ އެއްޗެއް ނުބުނެ އުނދަގުލުން ތެދުވޭތޯ ބުންޏެވެ.

“މަންމާ އަހަރެން އެކަކުވެސް ނުވައްދަން މީހުން ތަކެއް އަހަންނާ ބެހުނީ. ބައްޕަ ތަޅާލާފަ އަހަރެން ކޮޓެރިއައް ގެނެސް އެމީހުން އަހަންނާ ބެހުނީ” ޒިމްޔާ ރޮމުން ރޮމުން ބުންޏެވެ.

“ކީކޭ؟ ކާކު؟ ކޮންބައެއް އެމީހުން މޫނު ފެނުންތަ؟” ވާފިރު ރުޅިއައިސްގެން ބުންޏެވެ. އެންނެންގެ ޝައްކު ފިލާ ޒިމްޔާ ކީއެއްޗެއް ގަބޫލް ކުރިއެވެ. އެމީހުންނައް ފެންނަން ހުރި މަންޒަރުތަކުންނެވެ.

“ނޭނގެ. އެންމެ މީހެއް ދެމީހެއް ނޫން. ދަމުން ބުނި ބޭނުން ކަންތައްވީ އޯ. ދެން ދަނީޔޯ” ޒިމްޔާ ގިސްލަމުން ބުންޏެވެ.

“ބަޔަކު އެބަ އެހެންވީމާ އަހަރެމެން އުޅޭ ގޮތް ބަލާ ދޯ ކޮންބައެއް މާ ގަޓުވެގެން އެއުޅެނީ. އަދި މިރޭ މީހަކު މަ ބޮލުގަވެސް ޖެހި ނޭގެ ކާކު ކަމެއް ޖެހީ” ޒަޔާން ބުންޏެވެ.

“އެހެން ވީމަ ތި ބައެއް ބަލަންވާނެ. މީހުސް ކަލެއާ ހެދި ވާ ގޮތް” ޒިމްޔާއާއި ދިމާއައް މިހެން ބުނެ ޒުބޭދާ ނިކުމެގެން ދިޔައެވެ. އެންމެން ޒުބޭދާ ފަހަތުން ނިކުތެވެ. އެންމެން ދިޔުމުން ޒިމްޔާ އައިސް ދޮރުތަޅުލިއެވެ. އޭރު މީހާގެ މޫނުމަތިން ކާމިޔާބީގެ ކުލަވަރު ފެނެއެވެ. ޒިމްޔާ ސަލާމަތް ކުރި މީހުން ދިޔުމުން ކޮޓެރިން ނިކުމެ ގޭތެރެ އޮތް ހާލު ފެނުމުން މަންމަނެން އައިސް އޭނާ އައް ޝައްކު ކުރާނެކަން އިނގޭތީ ކޮޓެރިއައް ވަދެ އަމިއްލައައް ދެއަތާއި ދެ ފަޔާ ބަނދެ މުޅި ކޮޓެރި ރޭޕް ސީން އެއްހެން ހެދިއެވެ. ކަންވީވެސް އޭނާ ބޭނުން ގޮތަށެވެ. އޭނާ ސަލާމަތްވާނެ ކަމުގެ ފެހި ސިގްނަލް ލިބެން ފެށިއެވެ. ކޮންބައެއްކަން ނޭނގުނަސް އޭނާގެ ހާލައް ހަމްދަރުދީ ވާނެ ބަޔަކު އެބަ ތިއްބެވެ. ވާފިރުމެން ކޮންބައެއްތޯ ބަލަން އުޅޭނެކަން އިނގުމުން އެކަމައް ހުށިޔާރުވިއެވެ. އަދި ހެދުން ބަދަލުކޮއްގެން އައިސް ނިދަން އޮށޯވެތެވެ.

މީކާއީލްމެން ވެސް ނިދަން އެމީހެއްގެ ކޮޓެރިއައް ދިޔައެވެ. ފަޔާޒް އާއި މީކާއީލް އެއްކޮޓެރިއެއް ކަމުން ދެމީހުން ގޮސް އަނެއްކާ އެވާހަކަ ފެށިއެވެ. އިރުކޮޅަކުން އެމީހެއގެ އެނދަކައް އެމީހެއް ނިދަން ދިޔައެވެ. ފަޔާޒް އެނދައް ދިޔުމުން މީކާއީލް ޒިމްޔާގެ ޑައިރީ ނަގާ ވަސް ބަލާލިއެވެ. އޭގެ އެތެރެ ހުޅުވިތަނުން އެއްޗެއް ވެއޓުނެވެ. އެ ނަގާ ބެލިއިރު އިނީ ޒިމްޔާ އާއި އިތުރު އެހެން ފިރިހެން ކުއްޖެއްގެ ފޮޓޯ ގަނޑެކެވެ. ފޮޓޯގަޑުގެ ފަހަތުގަ ޒިމް އެންޑް ކިޔާންބެ ޖަހާ ހިތެއް އިނެވެ. ތިރީގަ ފޯނު ނަންބަރެއްވެސް އިނެވެ. މީކާއީލް ވަގުތުން ފުންމައިގެން ތެދުވެ ފަޔާޒްއައް ގޮވިއެވެ.

“ހޫން. ކިހިނެއްވީ؟” ފަޔާޒް އޮތްތާ އޮވެފަ އެހިއެވެ.

“އޭ އާދެބަލަ ޒިމްގެ ފޯނު ނަންބަރު މިއޮތީ” މީކާއީލް މިހެން ބުނުމުން ފަޔާޒް ކައްޓެއް ޖެހިހެން އެތަނައް ދިޔައެވެ.

“ގުޅާބަލަ. މިރޭ ފަހުން ކިހިނެއް ވީ ތޯ ބަލަން” ފަޔާޒް މިހެން ބުނުމުން މީކާއީލް ގުޅިއެވެ. ތިންވަނަ ރިންގާއެކު ޒިމްޔާ ފޯނު ނެގިއެވެ.

“ހަލޯ” ޒިމްޔާގެ އަޑު ޖެހުމުން މީކާއިން ހިތައް ގޮތެއް ވެގެން ދިޔައެވެ. ނަމަވެސް އިހުސަސް ތައް ފޮރުވަމުން ވާހަކަ ދައްކަން ފެށިއެވެ.

“އުމް އަނޭ ޒިމްޔާތަ؟” މީކާއީލް އެއިއެވެ.

“ހުމް ކާކު؟” ޒިމްޔާ އެހިއެވެ

“މިރޭ ތިގެއައް ގޮސް ޒިމްގެ ބައްޕައައް ހަދިޔާދިން މީހުން” މީކާއީލް ކުޑަކޮއް ހީލަމުން ބުނެލިއެވެ.

“ވަޓް. ޔޫ ގާއިސް. ތީކޮންބައެއް. ތަންކިޔޫ ސޯ މަޗް” ޒިމްޔާ އެއް ފައްޗަކައް އަމުނާލިއެވެ.

“ފަހުން އިނގޭނެ ކޮންބައެއްކަން. މިރޭ ފަހުން ވީގޮތް ބަލަން މިގުޅީ. ޑައިރީގަ އިން ފޮޓޯ އަކު ނަންބަރު އިނީމަ ގުޅާލީ.” މީކާއިން މިހެން ބުނުމުން ކަންވީގޮތް ތަފްސީލް ކޮއް ޒިމްޔާ ކިޔައި ދިނެވެ.

“ނަސީބެއްނު ޒިމްއައް ކަމެއް ނުކުރިކަން. އަވަހައް ނިދާލާ. މާދަން ގުޅާނައް އެންމެން ދިމާވެލަން” މިހެން ބުނެ މީކާއީލް ފޯނު ކަނޑާލިއެވެ. ޒިމްޔ އައް ދަންނަ އަޑަކާ ވައްތަރުވިއެވެ. ނަމަވެސް ވިސްނާ ވިސްނާވެސް ކާކު ކަމެއް ނޭނގުނެވެ.

“ހިނގާ ނިދަން މާދަން ދެން ތިކަމާ އުޅޭނީ” މީކާއީލް ޒިމްޔާ ކީ އެއްޗިހި ބުނުމުން ފަޔާޒް ބުންޏެވެ

“އަނ” މީކާއީލް ފާޑަކައް ހެވިފަ ބުންޏެވެ.

“ދެން އަލަށް މީހެއް ފެނެގެން އުޅޭ މީހަކަށް ނުނިދޭނެކަން އިނގެއޭ” ފަޔާޒް ދަމުން ދިމާ ކޮއްލިއެވެ.

“ޝަޓް އަޕް” މިހެން ބުނެ ފަޔާޒްއާއި ދިމާއައް މީކާއީލް ބާލީހެއް އެއްލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mau

Level 2100 Comments10 Stories

??

Other Articles

Previous

މީޝާ (5)

Next

އީލާމް -19

Next
October 29, 2017

އީލާމް -19

Previews
October 29, 2017

މީޝާ (5)

15 Comments!

  1. Amin says:
    October 29, 2017 at 11:09 pm

    Salhi v v

    1. Kukoo says:
      October 29, 2017 at 11:52 pm

      Thankyou 🙂

  2. aki says:
    October 29, 2017 at 11:10 pm

    v reethi mi part ves

    1. Kukoo says:
      October 29, 2017 at 11:55 pm

      Thankyou

  3. ¥x@N says:
    October 30, 2017 at 12:21 am

    Haadha reethi story eh me ❤️

    1. Kukoo says:
      October 30, 2017 at 10:57 am

      Thankyou so much hehe. 🙂

  4. Nahu says:
    October 30, 2017 at 1:35 am

    V salhi.. when nxt part

    1. Kukoo says:
      October 30, 2017 at 1:58 am

      Maadhma 😉

  5. Nahu says:
    October 30, 2017 at 11:21 am

    Miadhu kn irakun…??

    1. Kukoo says:
      October 30, 2017 at 1:51 pm

      Mireyge vaguthaku hen heevany. Kuda koh busy koh miulheny midhuvaskolhu. 🙂

  6. Aisha says:
    October 30, 2017 at 3:08 pm

    pleaasee do upload medhukendumeh nethi.
    stry varah reeethi.waiting…….????❤❤???????????that riha scene dhoaa??????i wish mi video story eh nama????

    1. Kukoo says:
      October 30, 2017 at 7:02 pm

      HAHAHA. Drama eh dhw kulhen v mi story ah. Aisha kulhen v nu mi story ah drama eh 😛 😉 Btw Thankyou 🙂

  7. nahu says:
    October 31, 2017 at 11:52 am

    vahah up load khbaa plxxxxxx

  8. Fary says:
    October 31, 2017 at 2:29 pm

    Vvvvv reethi waiting for next part. Keep it up

    1. Kukoo says:
      November 3, 2017 at 5:10 am

      Thanks fary 🙂

Comments are closed.

Next Episodeވޭންތަކުން ދިން ހިތި މާޒީ (7)←


All Right Reserved!