Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބޭނުންވަނީ އުމުރަށް 11

Xiroo Thihthi Level 210 Stories
October 29, 2017 12 Mins Read
6 Comments

ހަމަސް ފަސް

މެންދަމު އެކެއް ޖެހިފަހުން އަކިޔަލްއަށް ހޭލެވުނީ އަކިޔަލްގެ ގައިގަ ހިފާދަމާހެން ހީވެގެންނެވެ. ހަމަ އެއާއެކު ދަތި ގޮތަކަށް ނޭވާލާ އަޑު ވެސް އިވެންފެށިއެވެ. ދެކަންތައް އެއްފަހަރާ ވާންފެށުމުން އަކިޔަލް ފުއްމައިގެން ތެދުވެ ކޮޓަރީ ބޮކި ދިއްލާލިއެވެ. އެވަގުތު އަކިޔަލްއަށް ފެނުނީ އެދުމަތި އޮތް އިބުރާހިމް ހޯމަހެން ތެޅޭހެން ތެޅޭތަނެވެ. ” ކާފާ…. ކާފާ…. ކިހިނެއްވީ ” އަކިޔަލް އިބުރާހިމްގެ ކަދުރާ ދަށަށް އަތްލައްވާ ކުޑަކޮށް އިބުރާހިމް ހިއްލާލިއެވެ. ނަމަވެސް އިބުރާހިމްގެ ހާލަތަކަށް ބަދަލެއްނާދެއެވެ. އަވަސް އަވަހަށް އަކިޔަލް ފޯން ނަގާ އެމްބިއުލާސްއަށް ގުޅުމަށްފަހު އިބުރާހިމް ހަމަޔަކަށް އަޅުވާލެވޭތޯ އަކިޔަލް މަސައްކަތް ކުރަމުން ދިޔައެވެ. އެހެން ހުއްޓާ އިބުރާހިމް އަކިޔަލްގެ އަތްމައްޗަށް އެއްވެސް ހަރަކާތެއްނެތި ދެމުނެވެ. ފޯން ނަގާ ސޯޓްބުރީގެ ޖީބަށް ލުމަށްފަހު އިބުރާހިމް އަތްދަޑި މައްޗަށް ނަގައިގަނެގެން ބޭރަށް ނިކުތެވެ. އޭރު އެމްބިއުލާސް ބާރު ސްޕީޑުގައި ސައިރެން އަޅަމުން އަންނަނީއެވެ. ސައިރެންގެ އަޑަށް ކައިރީ ހިސާބު ގެތަކުން ކޮންމެވެސް ވަރަކަށް މީހުންވެސް ބޭރަށް ނިކުމެތިއްބެވެ. އެމްބިއުލާސް މަޑުކޮށްލުމާއެކު އެނދު ބޭލުމުން އަކިޔަލް އެނދުގައި އިބުރާހިމް ބާއްވާލުމުން އެނދު އެމްބިއުލާސްއަށް އެރުވުމަށްފަހު އޮކްސިޖަން މާސްކު ގުޅިއެވެ. ” ވަރަށް އަވަހަށް ގެއަށް ދޭބަލަ. މަންމަ އެކަނި ގޭގައި އޮންނާނީ. އަހަރެން މިދަނީ ކާފަ ވަރަށް ބޮޑަށް ސަކަރާތްވެގެން ކާފަ ގޮވައިގެން ހޮސްޕިޓަލަށް ” އަކިޔަލް އިނާޔާއަށް ގުޅާފަ ބުންޏެވެ. ” ސާހިދު ނިދީތަ؟ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” އަދި ނުނިދަން. ކިހިނެއްވީ. ހާދަ ހާސްވެފަ ތިހުރީ. ކޮން ސައިރެން އެއްގެ އަޑެއް އެއިވެނީ ” ސާހިދު އަހާލިއެވެ. ” އަހަރެން މީނީ އެމްބިއުލާސްގަ. ކާފަ ވަރަށް ސަކަރާތްވެގެން ކާފަ ގޮވައިގެން ހޮސްޕިޓަލަށް މިދަނީ ” އަކިޔަލް ބުނެލިއެވެ. ” އޯކޭ. އަހަރެން ހަމަ މިހާރު މިދަނީ ” ސާހިދު މިހެން ބުނެ ފޯން ކަޑާލިއެވެ. ” ކާކު ގުޅީ ” ސާހިދު ފޯން ކަންފަތާ ދުރުކޮށްލުމުން ދީނާ ސުވާލުކޮށްލިއެވެ. ” އަކޫގެ ކާފަ ގޮވައިގެން ހޮސްޕިޓަލަށް ދަމުން އެގުޅީ ” ސާހިދު އަލަމާރިން ޓީސާޓެއްނަގައި ލަމުން ބުނެލިއެވެ. ” އަންނާނަން ހޮސްޕިޓަލަށް ގޮސްލާފަ އިނގޭ. ދީނާ އަރާމުކޮށްލާ. އަހަރެން މަންމަ ގާތުގައި ބުނެލާފަ ދާނީ. އޯކޭ ” ސާހިދު މިހެން ބުނެ ދީނާގެ ނިއްކުރިޔަށް ދޮނެއް ދިނުމަށްފަހު ކޮޓަރިން ނިކުތެވެ.

ސާހިދު ހޮސްޕިޓަލަށް އައިސް އަކިޔަލް ފެންނަން ނެތުމުން އެމެޖެންސީގަ ފަރުވާދޭ ބަޔަށް ވަތްއިރު އަކިޔަލް އެތެރޭގައި މަޑުކޮށްލައިގެން ހުއްޓެވެ. ” ކޮބާ ކާފަ ” ސާހިދު އަހާލިއެވެ. ” އެތާ އެތެރޭގަވީ ” ކުރިމަތިން ދަމާފަހުރި ފަރުދާޔަށް އިސާރާތްކޮށް އަކިޔަލް ބުނެލިއެވެ. ” އަސްލު ކިހިނެއްވީ ކާފަޔަށް ” ސާހިދު އަހާލިއެވެ. ” އަހަރެންނަށް ވެސް ނޭންގެ ވީގޮތެއް ބުނާކަށް. އަހަރެންނަށް ނިދިފަ އޮށްވާ، އަހަރެންގައިގަ ހިފާ ދަމާހެން ހީވެގެން އަހަރެންނަށް ހޭލެވުނީ. ހަމަ އެވަގުތު ދަތި ގޮތަކަށް ނޭވާލާ އަޑު ވެސް އިވުނީމާ އަހަރެން އަވަސް އަވަހަށް ބޮކި ދިއްލާލި އިރު ކާފަ ނޭވާނުލެވިގެން އުޅުންތަން އަހަރެންނަށް ފެނުނީ. އޭގެ އިރުކޮޅެއްފަހުން ކާފަގެ އެއްވެސް ހަރަކާތެއްނެތި އަހަރެންގެ އަތްމައްޗަށް ދެމުނީ ” އަކިޔަލް ކިޔައިދިނެވެ.

” މިހާރު ކިހިނެއްތޯ ” ފަރުދާގެ އަނެއްފަރާތުގައި ހުރި ޑޮކްޓަރ ނިކުތުމުން އަކިޔަލް ސުވާލުކޮށްލިއެވެ. ” ސީދާ ވަކިއެއްޗެއް ބުނާކަށް އަދި ނޭންގެ. ހީވަނީ ހާޓްއެޓޭކެއް ޖެހުނީހެން. ޔަގީން ކަމާއެކު އެއްޗެއް ބުނަންއެގޭނީ ޓެސްޓްގެ ނަތީޖާ ލިބުނުމުން. މިވަގުތަށް ކުޑަކޮށް ހާލު ރަނގަޅު. މާދަން ހެނދުނާ ހަމަޔަށް ބާއްވާލާފަ ދޫކޮށްލަން އެގޭނީ ” ޑޮކްޓަރ މިހެން ބުނެލާފަ ދިޔުމުން އަކިޔަލް އިބުރާހިމް އޮތް އެދުކައިރިއަށް ދިޔައެވެ. އަދި އިބުރާހިމް ފެނުމުން ލޮލުން ކަރުނަ ހިލުނެވެ. ” މަންމަ އެކަނި ބާއްވަފަތަ ތިއުޅެނީ ” ސާހިދު އަހާލިއެވެ. ” މަންމަ ގާތުގައި މަޑުކުރަން އިނާޔާ ގާތުގައި ބުނެފަ މިއައީ ” އަކިޔަލް ބުނެލިއެވެ. ” ސާހިދު ވެސް ދޭ ދެން ގެއަށް. އަހަރެން ކާފަ ގާތުގައި މަޑުކޮށްލާނަން. މިހާރު ދީނާ އިންނާނީ އެކަނިވެފަ. މިދުވަސްކޮޅު ނުވާނެ ދީނާ އެކަނިކޮށްލާކަށް ” އަކިޔަލް ބުންޏެވެ. ” އަހަރެން މިއައީ ދީނާ ގާތުގައި ބުނެލާފަ. އެހެން ނޫނަސް މަންމަ ވެސް ހުންނާނެ ދީނާ ގާތުގަ. އަހަރެން ދާނީ އިރުކޮޅެއް ކޮށްލާފަ ” ސާހިދު މިހެން ބުނުމުން އަކިޔަލް އެއްޗެއް ނުބުނެއެވެ.

ހެނދުނު ސަކީނާއަށް ހޭލެވުމުން އިނާޔާ ގޭތެރެއިން ފެނުމުން ކިހިނެއްވީތޯ އަތުގެ އިޝާރާތުން ސަކީނާ އަހާލިއެވެ. ” ކާފަ ވަރަށް ބަލިވެގެން އަކިޔަލް ކާފަ ގޮވައިގެން ރޭ ދަންވަރު ހޮސްޕީޓަލަށް ދަމުން ގެއަށް އަންނަން ބުނެފަ ދިޔައީމަ އައިސް މިއުޅެނީ ” އިނާޔާ ބުންޏެވެ. ” އަނެއްކާ ވެސް ސަކީނާ އަތުގެ އިޝާރާތުން ކިހިނެއްވީހޭ ސުވާލުކޮށްލިއެވެ. ” ކާފަޔަށް ކުޑަކޮށް ނޭވާލާން އުދަގޫ ވި ވާހަކަ އަކިޔަލް ބުނީ. މިހާރު ކާފަ ރަނގަޅު ވާހަކަ ވެސް ބުނި. ދައްތަ ދެން އެކަމާ އެހާ ފިކުރުބޮޑު ނުކުރޭ. ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ ” އިނާޔާ މިހެން ބުނެ ސަކީނާގެ ބޮލުގައި ފިރުމާލިއެވެ.

” ހާދަ ހެނދުނަކާ ” އިނާޔާ ސަކީނާގެ ބައެއް ކަންތައްތައް ކޮށްކޮށްހުއްޓާ ޒޭނާ އައިސް ބުނެލިއެވެ. ” ވީގޮތަކީ ރޭދަންވަރު ކާފަ ވަރަށް ބޮޑަށް ބަލިވެގެން އަކިޔަލް ކާފަ ގޮވައިގެން ހޮސްޕިޓަލަށް ދަމުން އަހަރެން ގާތުގައި ގެއަށް އަންނަން ބުނެފަ ދިޔައީ. އޭރުގަ އައި ގޮތަށް މިއުޅެނީ ” އިނާޔާ ބުންޏެވެ. ” އެހެންތަ؟. އަކޫ ބުނެވެސް ނުލާ. މިހާރު ކޮބާތަ އަކޫ ” ޒޭނާ ބުނެލިއެވެ. ” ވެދާނެ ދަންވަރު ދާންޖެހުނީމާ ނުބުނެވުނީ ކަމަށް. އަދި އަކިޔަލް ގެއަށް ވެސް ނާދޭ ” އިނާޔާ ބުނެލިއެވެ.

” ކާފަ މިހާރު ކިހިނެއްތަ؟ ” ޒޭނާ އަކިޔަލްއަށް ގުޅާފަ ސުވާލުކޮށްލިއެވެ. ” މިހާރު ރަނގަޅު ކުޑަކޮށް. އިރުކޮޅަކުން ދޫކޮށްލާނެ ވާހަކަ ބުނި ” އަކިޔަލް ބުނެލިއެވެ. ” އަސްލު ކާފަޔަށް ކިހިނެއްވީތަ؟ ” ޒޭނާ އަހާލިއެވެ. ” އަހަރެން ގޮސްފަ ކިޔައިދޭނަން ” އަކިޔަލް މިހެން ބުނެ ފޯން ކަޑާލިއެވެ. ” އިނާޔާ ދެން ގެއަށް ދާންވީނު ފިހާރަ ހުޅުވަން ވާއިރަށް ތައްޔާރު ވެލައިގެން އަންނަން. ބާކީ ހުރި ކަންތައް އަހަރެން ކޮށްލާނަން ” މިހެން ބުނެ ޒޭނާ އިނާޔާ ގެއަށް ފޮނުވާލުމަށްފަހު މަސައްކަތްތަކާއިގެން އުޅެންފެށިއެވެ.

ފޮނަދޫ ފަސްދީ މުކުރިމަގުންލާފަ ނާސިދު ސައިކަލް ދުއްވަމުން ދިޔައީ ނުހަނު ބާރަށެވެ. ސައިކަލް ދުވަމުން ދިޔަކަމުގައިވިޔަސް ނާސިދުގެ ވިސްނުން ވަނީ މުޅިން އެހެން ދިމާލެއްގައެވެ. ނާސިދު ހިޔާލެއްގަ އިދެގެން ސައިކަލް ދުވަމުން ދަނިކޮން މަގުގެ އެއްފަރާތުގައި ހުރި ގެއަކުން ކުޑަކުއްޖަކު ދުވަމުން މަގަށް ނިކުތީ، އެކުއްޖާ ގެންގުޅުން ބޯޅަ މަގުމައްޗަށް ދިޔުމުންނެވެ. ހިޔާލުގާ އިން ނާސިދުއަށް ހޭވެރިކަމެއްވީ އެކުއްޖާ ރޯންފެށުމުންނެވެ. އޭރު އެކުއްޖާ ވަނީ ބިއްމައްޗަށް ވެއްޓިފައެވެ. ނާސިދު އަވަސް އަވަހަށް ސައިކަލް ބެހެއްޓުމަށްފަހު، ސައިކަލުން ފައިބައިގެން އައިސް ވެއްޓިފައިވާ ކުއްޖަ ނަގާ އުރާލިއެވެ. އަދި ދެކޮޅު ހޯދާ ބަލާލިއެވެ. ” ކޮއްކޮ މަންމަ ކޮބާ؟ ” ނާސިދު ސުވާލުކޮށްލިއެވެ. ނަމަވެސް ނާސިދު ކުރި ސުވާލަށް ޖަވާބުނުދީ އެކުއްޖާ ރޮމުން ދިޔައެވެ.

” ރީޝަމް ” ނާސިދު އެހެން ހުއްޓާ ފުރަގަހުން އަންހެނެއްގެ އަޑު އިވުމުން ފަސްއެނބުރި ބަލާލިއެވެ. އެވަގުތު ނާސިދުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ބަހެއް ބުނަންވެސް ނޭންގިފާ ނާސިދުއަށް ބަލަން ހުރެވުނީ މީގެ ދުވަސްތަކެއް ކުރިން ނާސިދުގެ ދެމަފިރިން އިންތިހާއަށް ދެރަކޮށް، ހިތުގަ ޖައްސާ، އެދެމަފިރިންގެ އަގެއްނެތްކަން ދުނިޔެއަށް ސާބިތުކޮށްދިން ސާރާ ފެނުމުންނެވެ. ” ބައްޕާ….! ” ސާރާޔަށް ނާސިދު ފެނުމުން ބުނެވުނެވެ. ހަމަ އެހިނދު ސާރާގެ ލޮލަށް ކަރުނަ ޖަމާވެގެން ދިޔައެވެ. މިއަދު ނާސިދު ގެ ކުރިމަތީ އެހުރީ ކުރިން ނާސިދުއަށް ފެނުން ސާރާއެއް ނޫނެވެ. އެކަން ނާސިދުއަށް ފާހަގަ ވިޔެވެ. އަދި ސާރާގެ ފައިން ފެށިގެން ބޮލާހަމަޔަށް ހައިރާންކަމާއެކު ނާސިދުއަށް ބަލާލެވުނެވެ.

” މަންމީ! ” ސާރާ ފެނުމުން ރީޝަމް ގޮވާލިއެވެ. އެވަގުތު ނާސިދުއަށް ބަލާލެވުނީ ނާސިދު އަތުގައި އިން ކުޑަކުޑަ ރީޝަމް އަށެވެ. އެ މައުސޫމް މޫނަށް ބަލާލެވުމުން ނާސިދުއަށް ހަމަޖެހުމެއް ލިބުންކަމުގެ އިހްސާސް ކުރެވިގެން ދިޔައެވެ. އަދި ސާރާއަށް ބަލާލިއެވެ. އެތައް ދުވަހެއްކޮށްފަ ސާރާއަށް ނާސިދު ފެނުމުން ބަލަން ހުރެވުނީ ހިތާމަޔާ ހިތްދަތި ކަމާއެކުއެވެ. ނާސިދު އެއްޗެއް ނުބުނެ ބަލަން ހުރުމުން ސާރާ އައިސް ރީޝަމް އުރާލައިގެން ކުރިޔަށް ހިނގައިގަތުމަށްފަހު ފަސްއެނބުރި ބަލާލީ އަސަރުން ފުރިގެން ގޮތަކަށެވެ. އަދި ގެއަށް ވަނުމުގެ ކުރިން ސާރާ ދެވަނަފަހަރަށް ވެސް ބަލާލީ ނާސިދުގެ ހަރަކާތަށް ބަދަލެއް އައިސް ނާސިދު ސާރާއަށް ގޮވާލާތޯއެވެ. ނަމަވެސް ނާސިދު ހުރި ގޮތަށް ހުރުމުން ސާރާ ގޮސް ގެއަށްވަނެވެ. ލޯމަތިން ސާރާ ގެއްލެންދެން ނާސިދުއަށް ބަލަން  ހުރެވުނީ ގަނޑުވެފައެވެ. އެއްޗެއް ބުނާނެ ހިތްވަރެއް ނާސިދުއަށް ނުލިބުނެވެ. އެންމެ ކުޑަމިނުން ” ދަރިފުޅާއޭ ” ކިޔާ ގޮވާލަން ވެސް ނޭންގިފާ ނާސިދަށް ހުރެވުނެވެ.  ސާރާ ދިޔުމުން ނާސިދު ސައިކަލަށް އަރާ ދުއްވާލީ އެގެޔާ ދިމާޔަށް ބަލާވެސް ލާފައެވެ.

ދުވަސްތައް ފާއިތު ވަމުންގޮސް ކޮންމެވެސް ވަރަކަށް ސަކީނާޔަށް ތަންތަނުގަ ހިފަހައްޓާ ފިޔަވަޅު ނަގާ ހިނގާ އުޅެވެއެވެ. ” އެއްވެސް އަގަކާނުލާ ދައްތަ ތިވެދިން އެހީތެރިކަމަށް ޝުކުރު އަދާކުރާނީ ކިހިނެއް ކަމެއްވެސް އަހަރެންނަށް ނޭންގެ ” އަކިޔަލް ބުނެލިއެވެ. ” ދައްތަ މަންމައަށް އެހީތެރިވީ ކޮންމެހެން އެއްޗެއް ބޭނުންވެގެނެއްނޫން. އަކިޔަލްއަށް ނޭންގުނަސް މަންމަޔަކީ ދައްތަގެ ވަރަށް ގާތް ރަހުމަތްތެރިއެއް. އަކިޔަލްގެ މާމަ މެން މަންމަ މެންގެ ކައިވެންޏަށް ނުގަބޫލު ވުމުން ވެސް، ކައިވެނީގެ ފަހުން މާމަ މެންގެ އެހީތެރިކަން މަންމައަށް ނުލިބުމުން އެދުވަހުވެސް މަންމައަށް އެހީތެރިވީ މިދައްތަ. އެދުވަހުން ފެށިގެން މަންމަޔާ ދައްތައަކީ އެކެއް އަނެކެއްގެ ވާހަކަތައް ހިއްސާކުރާ ދެ ރަހުމަތްތެރިން. އިރާދުކުރެއްވިއްޔާ ދެން މަންމައަށް އަމިއްލައަށް ކޮންމެވެސް ވަރަކަށް ހިނގާ އުޅެވޭނެ. އެކަމަކު އަދިވެސް ވާނެ އަތުގެ ކަސްރަތުތަކާ، މޫދަން ގެންގޮސް ވެލި މޮޑެލާހަދަން ” ނަޖީބާ ބުންޏެވެ. ” މިއަދު އަހަރެން އުފާކުރަން އަހަރެންގެ މަންމަގެ ތިހާ ހެޔޮއެދޭ ރަހުމަތްތެރި ދައްތަ އެއްވެސް ހުރީތީ. މަންމަ ދައްތަގެ ވާހަކަ ދައްކާފަ ނެތީމާ ކުރިން އަހަރެންނަށް ދައްތަ ނޭންގުނީ. ” އަކިޔަލް އުފަލާ ހިތްހަމަޖެހުމާއެކު ބުނެލިއެވެ. ” ޒޭނާ ދައްތަޔަށް ކޮންމެވެސް އެއްޗެއް ނެގެސް ދީބަލަ ” އަކިޔަލް ޒޭނާ ގާތުގައި ބުނެލިއެވެ.

” ކޮން ހިޔާލަކަށް ގެއްލިފަތަ ތިހުންނަނީ ” ނާހިދާ ބުނެލިއެވެ. ” ކީކޭ!!! ” ނާސިދު އަހާލިއެވެ. ” މިއަދަކު ކިހިނެއްވެފަތަ ތިހުންނަނީ. މިހާރު މިހެން އަހަރެން ވާހަކަ ދައްކާތާ ކޮންއިރެއްތަ؟ ” ނާހިދާ ބަނދިގެއާ ދިމާޔަށް ހިނގައިގަންނަމުން ބުނެލިއެވެ. ” ނުވޭ އެއްވެސް ކަމެއް ” މިހެންބުނެ ކާމޭޒު ކައިރިން ތެދުވެގެން ކޮޓަރިއާ ދިމާއަށް ނާސިދު ހިނގައިގަތެވެ. އެމަންޒަރު ނާހިދާ ހުރީ ބަލާށެވެ. ނާސިދު ނުބުންޏަސް ކޮންމެވެސް ކަމެއް ވެއްޖެކަން ނާހިދާއަށް ފާހަގަ ކުރެވުނީ ނާސިދުގެ އަމަލު ހުރި ގޮތުންނެވެ.

” ކާކު ދިން އެއްޗެއްތީ ” ރީޝަމްގެ އަތުގައި އޮތް ޗޮކުލެޓް ފެނުމުން ސާރާ ސުވާލުކޮށްލިއެވެ. ރީޝަމް އެއްޗެއް ނުބުނުމުން ސާރާ ދެކޮޅު ހޯދާލީ މީހަކު ފެންނަން ހުރިތޯ ބަލާލާށެވެ. ” ދަރިފުޅަށް ކާކު ދިން އެއްޗެއްތަތީ” ސާރާ ބަލާލުމުން ވެސް މީހަކު ފެންނަން ނެތުމުން އަނެއްކާވެސް ސުވާލުކޮށްލިއެވެ. ” އަހަރެން ދިން އެއްޗެއް އެއީ ” ސާރަގެ ކަންފަތުގައި ފިރިހެނެއްގެ އަޑު ޖެހުމުން ސާރާ ފަސްއެނބުރި ބަލާލިއެވެ. ” ބައްޕާ!! ” ސާރާއަށް ބުނެވުނެވެ. ” ކިހިނެއްވީ. އަހަރެންގެ ކާފަ ދަރިއަކަށް އެއްޗެއް ދިނުމުގެ ހައްގު ވެސް ނެތީތަ؟ ” ނާސިދު ބުނެލިއެވެ. އެވަގުތު ސާރާގެ ލޮލަށް ކަރުނަ ޖަމާވެގެން ދިޔައެވެ. އަދި ނޫނެކޭ ބުނާފަދަ ގޮތަކަށް ބޯހޫރާލިއެވެ. ” ދަރިފުޅާ! ބައްޕަޔަށް މާފުކުރޭ. ބައްޕަޔަށް އެދުވަހު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. އެދުވަހު ބައްޕަ އެހެން ކަންތައް ނުކުރިނަމަ މިއަދު ދަރިފުގެ ދިރިއުޅުމުގައި ކޮންމެކަމެއް ދިމާވިޔަސް ދަރިފުޅު ހުންނާނީ ބައްޕަގެ ގާތުގަ. އެކަމަކު އެދުވަހު ބައްޕަގެ ހިތަށް ކުރި އަސަރަކުން އެހެން ކަންތައް ކުރެވެނީ. ބައްޕަޔަށް ރުޅި އިސްކުރެވުނީ. ބައްޕަޔަށް މާފުކުރޭ ” ނާސިދު ބުނެލިއެވެ.

” ތިހެން ނުބުނޭ ބައްޕާ. މާފަށް އެދެންޖެހޭނީ އަހަރެން. ކުއްކުރީ ވެސް އަހަރެން. ދެދުނިޔޭގަ ވެސް އަހަރެން ކުރި ކުށަށް އަދަބުލިބެން ޖެހޭނެ. އަހަރެންގެ ހިތުގަ ބައްޕަމެންނަށް އެއްވެސް ރުޅިވެރިކަމެއްނެތް. މިއަދު ވެސް އަހަރެންގެ ހިތް އެދި ގޮވަނީ ބައްޕަމެންގެ ލޯތްބަށް. ދަރިން ގޯސްކޮށް އުޅުމުން އެދަރިންނާ ދިމާލަށް އެއްޗެހިވެސް ބުނަން ތިބޭނީ ހަމަ މައިންބަފައިން. މިއަދު އަހަރެން މާފަށް އެދުމަކުން ގެއްލުނު އަނބުރެއްވެސް، އަދި ބައްޕަޔާ މަންމަގެ ހިތުގަ ޖެހުނު ވަރެއްވެސް އަނބުރާ ނުގެނެވޭނެ. މިއަދު މިވަނީ ވަގުތު ފާއިތުވެފަ. އެދުވަހު ބައްޕަމެން ދެއްކި ވާހަކަ އަޑު ނޭހުމުގެ ނަތީޖާޔަކީ މީ. މިއަދު އަހަރެން އިންތިހާއަށް ދެރަވޭ. އެކަމަކު ދެރަވުމަކުން ކުރެވޭނެ މާބޮޑުކަމެއްވެސް ނެތް. ކެއްތެރިކަމާއެކު ދިރިއުޅުމުގެ މި އިމްތިހާނުން ފާސްވޭތޯ މަސައްކަތް ކުރުން ނޫން އެހެންގޮތެއްނެތް ” ސާރާ ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ. ” ކީއްވެ ކުރާނެ ކަމެއްނެތީ ” ނާސިދު ސުވާލުކޮށްލިއެވެ. ” މިއަދު އަހަރެންމީ ކުރި ކުށެއްގެ ސަބަބުން މައިންބަފައިން ދުނިޔޭގަ ތިބެ، ޔަތީމް ވެފަވާ މީހެއް. މައިންބަފައިންގެ ހިމާޔަތެއް ނުލިބި އެމީހުނާ ދުރުގަ އުޅެންޖެހިފަވާ އެކަނިވެރި މީހެއް. ކިތައްމެ ބޭނުންވި ކަމުގައި ވިޔަސް މިއަދު އަހަރެންނަށް އެމީހުންގެ ހިޔާވަހި ކަމުންވެސް ހިމާޔަތެއްނެތް ” ސާރާ ބުންޏެވެ. ” ނޫނޭ ދަރިފުޅާ… ބައްޕަ މިއަދު މިއައީ ދަރިފުޅުގެ ދެމައިން ބަލާ. ބައްޕަޔަށް އެއްވެސް ވަރަކަށް ނޭންގެ މި ކުޑަކުޑަ މައުސޫމް ކުއްޖާގެ ސަބަބުން ބައްޕަޔަށް ހެޔޮވިސްނޭނެ ކަމެއް. އަދި ބައްޕަގެ ހިތުގަވާ ރުޅިވެރިކަން ނެތިގެން ދާނެކަމެއް. އެކަމަކު މިއަދު މިވަނީ އެދުވަސް ވެސް ދެކެންޖެހިފަ. ބައްޕަ އެދެނީ ތިދެމައިން ބައްޕަޔާއެކު ދިޔުމަށް ” ނާސިދު ބުނެލިއެވެ. ނާސިދު މިހެން ބުނެލުމުން ސާރާ ހައިރާންކާމާއެކު ނާސިދުއަށް ބަލާލިއެވެ. ” މިއަދު ބައްޕަ ތިހެން ބުންޏަސް އަހަރެންނަށް ދާން ފަސޭހަ ނުވާނެކަން ބައްޕަޔަށް އެނގޭނު ” ސާރާ ނާސިދުއަށް ފުރަގަސްދިނުމަށްފަހު ބުނެލިއެވެ. ” ކީއްވެ ދާން ފަސޭހަ ނުވާންވީ ” ނާސިދު ސުވާލުކޮށްލިއެވެ. ” މިއަދު އަހަރެންގެ ފިރިއެއް އެބަހުރި. އަހަރެން އަހަރެންގެ މައިން ބަފައިންގެ ގާތަށް ދަންޏާ އަހަރެންގެ ފިރިމީހާގެ ރުހުން ހޯދަންޖެހޭނެކަން ބައްޕަޔަށް އޮޅިފައެއް ނުވާނެ ” ސާރާ ބުނެލިއެވެ.

” ބައްޕާ! އަހަރެންނަށް މާފުކުރޭ!. އަހަރެންގެ ސަބަބުން ބައްޕަމެންނަށް އުފުލަން ޖެހިފަވަނީ ބަޔާންކުރަންވެސް ދަތި ހިތްދަތި ކަމެއް ” ނާސިދުގެ ފުރަގަހުން އިވުނުއަޑަކުން ފަސްއެބުނރި ނާސިދާ ސާރާޔަށް ބަލާލެވުނީ އެކުއެކީއެވެ. އޭރު ނާސިދުގެ ފުރަގަހުން ސިނާން ތިރިވެ އިސްދަށަށް ޖަހައިގެން އިނެވެ. ” އުފާވެރި ކުޑަކުޑަ އާއިލާއެއް ހަލާކު ކޮށްލުމުގަ އަހަރެންގެ ހިއްސާ ވަކި ކުޑައެއްނޫން. އެދުވަހު އަހަރެންނަށް އެހެންކަންތައް ކުރެވުނީ ވިސްނާނުލެވުނީމާ. އެކަމުގަ އަހަރެން ސާރާ އެއްވެސް ވަރަކަށް ކުއްވެރިއެއް ނުކުރަން ” ސިނާންގެ ކޮޑުގަހިފާ ނާސިދު ސިނާން ކޮޅަށް ނެގުމުން ސިނާން ބުންޏެވެ. ” އެދުވަހު ތިހެން ވިސްނަމަ މިއަދު މިދިރިއުޅުން އުޅޭކަށް ނުޖެހުނީހެއްނު. އެދުވަހު ވެސް ސާރާޔާ ކައިވެނި ކުރަންބޭނުންވެގެން ބުނި ނަމަ އަހަރެން އެކަން އުފަލުން ކޮށްދޭނަން. ސާރާގެ އެއްވެސް އުފަލަކަށް އެޅޭ ހުރަހަކަށް އަހަރެން ވާކަށްނެތިން އެދުވަހު ވެސް ” ނާސިދު ބުންޏެވެ. ” ގަބޫލްކުރަން ތިހުރިހާ ކަމެއްވެސް. އެކަމަކު މިއަދު މިހެން ބުނަން ލަދުވެސް ގަނޭ. ކުރަންނުވާ ހުރިހާ ކަމެއް އަހަރެންގެ ނުބައިކަމުން ވެނިމިފަވަނީ. އެކަމަކު އަހަރެން މިއަދު އަހަރެންގެ ލޯމަތިން ސާރާގެ ދެމައިން ގެއްލޭކަށް ނޭދެން ބައްޕާ. އަހަރެމެންމީ އިންސާނުން. ކުއްވެސް ކުރެވެނީ ހަމަ އަހަރުމެންނަން. އެކުށަށް ތައުބާވެ، ދެވަނަ ކުށެއް ނުކުރުމަށް އަޒުމްކަޑައަޅާ، ތައުބާވެސް ވާންޖެހޭނީ ހަމަ އަހަރުމެން އިންސާނުން. އަހަރެންނަށް މާފްކުރޭ ބައްޕާ. މިއަދު އަހަރެން މާފަށް އެދުމަކުން ފާއިތުވީ ދުވަސްތަކެއް އަނބުރާ ނުގެނެވޭނެ. އެކަމަކު އަހަރެންމީ ރަނގަޅު ދަނބިދަރިއެއްކަން ސާބިތުކޮށްދޭން ބޭނުން. އަދި އަހަރެންގެ ލޯމަތިން ސާރާގެ ދެމައިން ދުރުކޮށްނުލާ ” ސިނާން ނާސިދުގެ ކުރިމަތީ ހުރެ އަތާ އަތް ޖޯޑުކޮށް މާފަށްއެދެމުން ދިޔައެވެ.

” މިއަދު ބައްޕަ ބޭނުމެއްނޫން ސާރާގެ ދެމައިންނާ ދަރިފުޅު ދުރުކުރާކަށް ” ނާސިދު ސިނާން ގެ ކޮޑުގާ ދެއަތުން ހިފާލަމުން ބުނެލިއެވެ. އެވަގުތު ސިނާންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފައިބައިގަތެވެ. ” މިއަދު ބައްފަޔަށް މިވަނީ ފިރިހެން ދަރިއެއްވެސް ލިބިފަ. ސާރާގެ ވަލީ ހޯދަންވެގެން އައި ދުވަހު ބައްޕަޔަށް ކަންތައް ކުރެވުނީ ވަކި ރަނގަޅަކަށްނޫން. ބައްޕަޔަށް މާފުކުރޭ ” ނާސިދު ބުނެލިއެވެ. ” އެދުވަހުގެ އެއްވެސް ކަމެއް އަހަރެންގެ ހިތަކުނެތް. އަހަރެންގެ ހިތް ބައްޕަޔަށް އަބަދުވެސް ހެޔޮވާނެ. އަހަރެން ބޭނުންވަނީ ބަފައެއްގެ ލޯބި. ސަބަބަކީ އަހަރެން ބޮޑުވެގެން އައީ ބަފައެއްގެ ލޯބި ނުލިބި ކަމަށްވާތީ. މިހާރު އަހަރެންގެ ހުރީ މުސްކުޅި މަންމައެއް. އެކަމަކު އަހަރެން ސާރާޔަށްޓަކާ ރަށުގަވެސް ނުހުރެ މިކޮޅުގަ މިއުޅެނީ ” ސިނާން ބުނެލިއެވެ. ސިނާންގެ ވާހަކަތަކުން ނާސިދު ހައިރާންވެގެން ދިޔައެވެ. ” ދަރިފުޅު ކަންތައް ތިކުރަނީ ރަނގަޅަކަށް ނޫން. ފިރިހެން ކުދިންނަށް ސުވާރުގެ ވަނީ މަންމަގެ ފައިތިލަ ދަށުން. އެހެންވީމާ އެމަންމަގެ ހިތުގަ ޖައްސާފަ ތިހެން އުޅޭކަށް ނުވާނެ. އެމަންމަގެ ހުރި ދަރިޔަކީ ހަމައެކަނި ދަރިފުޅު ކަމަށްވާނަމަ އެމަންމަ ކިހާބޭނުންވާނެ ދަރިފުޅުގެ އެހީތެރިކަމާ، އަޅާލުން. އެއްގޮތަކަށްވެސް ދަރިފުޅު ކަންތައް ތިކުރަނީ ރަނގަޅަކަށް ނޫން ” ނާސިދު ނަސޭހަތުގެ ރާގެއްގައި ބުނެލިއެވެ. ” މިއަދު އަހަރެން ސާރާ ދޫކޮށްލާފަ ދާކަށް ބޭނުމެއްނޫން. އަދި ސާރާ ގޮވައިގެން ރަށަށް ދިރިއުޅެން ދާކަށް ވެސް ބޭނުމެއްނޫން. މިހާލަތުގަ މަންމަ ގެނެސްގެން ވެސް އުޅޭވޭކަށް ނެތް ” ސިނާން ދެރަވެލާފަ ބުނެލިއެވެ. ” ކީއްވެ ނޫޅެވެންވީ. އުޅެވޭނެ. މަންމަ ގެނޭ މިކޮޅަށް. ދަރިފުޅު ގާތުގައި މަންމަ ހުންނަން ޖެހޭނީ. މަންމަ ވެސް ކުޑަ މީހާ ދެކެން ބޭނުންވާނެއްނު. ދަރިފުޅުމެން ދެން އުޅޭނީ ބައްޕަ ގާތުގަ އެގޭގަ. ބައްޕަ މިއައީ ދަރިފުޅުމެން ބަލާ ” ނާސިދު ބުނެލިއެވެ.

” ދަރިފުޅަށް އެނގޭތަ އެއީ ކާކުކަން ” ސާރާ ރީޝަމް ކައިރިއަށް ތިރިވެލާފަ ނާސިދު ދައްކާފަ އެހެން ބުނެލުމުން ނޫނެކޭ ބުނާފަދަ ގޮތަކަށް ރީޝަމް ބޯހޫރާލިއެވެ. ” އެއީ ދަރިފުޅުގެ ކާފަ. އަވަހަށްދޭ ކާފަ ގާތަށް ” މިހެން ސާރާ ބުނުމުން ރީޝަމް މަޑުމަޑުން ހިނގާފަ ނާސިދާ ހަމަޔަށް ދިޔުމުން ނާސިދު ރީޝަމް އުރާލާ، ލޯބިކޮށްލިއެވެ. ” ބައްޕާ ކޮބާ މަންމަ ” ސާރާ ސުވާލުކޮށްލިއެވެ. ” މަންމަ ވާނީ ގޭގަ ” ނާސިދު ބުނެލިއެވެ. ” މަންމަޔަށް އެނގޭނެތަ ބައްޕަ އަހަރެންމެން ބަލައި އައިކަން ” ސާރާ ސުވާލުކޮށްލިއެވެ. ” ނޭންގޭނެ. ނުވެސް ބުނަން ” ނާސިދު ބުނެލިއެވެ.

” އަހަރެންގެ ބައްޕަ އެއައީ އަހަރެން ބަލާ. މިވީ ދުވަސްތަކުގަ އަހަރެންނަށް ތިވެދިން އެހީތެރިކަމަށް ހަމްނާޔަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭންގެ ” ހަމްނާ ފެނުމުން ސާރާ ބުނެލިއެވެ. ” އެދުވަހު އަހަރެން ސާރާޔަށް އެހީވެދިނީ ތީ ޒޭނާގެ ބެސްޓް ފުރެންޑް ކަމަށްވީމާ. އެކަމަކު މިއަދު ސާރާތީ އަހަރެންގެ ވެސް ވަރަށް ގާތް ރަހުމަތްތެރިއެއް. އެހެންވީމާ އަހަރެން ކޮންމެހެން އެއްޗެހި ތަކެއް ބޭނުމެއްނޫން. މިގުޅުން އަބަދުގެ އަބަދަށް ދެމިގެންވަނިކޮށް އަހަރެންނަށް ފުދޭނެ ” ހަމްނާ އުފަލާއެކު ބުނެލިއެވެ. ނަމަވެސް އެހާ ދުވަސް ކޮށްފަ ސާރާ ދާތީ އިންތިހާޔަށް ހަމްނާ ދެރަ ވެސް ވިއެވެ. ނަމަވެސް ހަމްނާއަކަށް ސާރާ ނުހުއްޓުވޭނެއެވެ. އެހެންކަމުން ސާރާޔަށް ލިބޭ ކޮންމެ އުފަލެއްގައި ހަމްނާ ވެސް ބައިވެރި ވެވިއްޖެކަމުގެ އިހްސާސް ކުރަމުން ސާރާ ގެއަށް ދިޔުމުގެ ތައްޔާރީތައް ކުރަން އަވަސްވެގަތެވެ.

” ކޮންތާކުތަ ތިހުރީ ” ހަމްދާން ޒޭނާއަށް ގުޅާފަ ސުވާލުކޮށްލިއެވެ. ” އަތިރީގައި މިހުރީ. ކިހިނެއްވީ ” ޒޭނާ ބުނެލިއެވެ.

” އަތިރީގަ ކީއްކުރަނީތަ؟ ” ހަމްދާން ސުވާލުކޮށްލިއެވެ. ” ބިޓެއްގާތުގަ މިހުރީ ” ޒޭނާ އެހެން ބުނެލުމުން ހަމްދާން ފޯން ކަޑާލިއެވެ. ” މި ހަމްދާންއަށް އަނެއްކާ ކިހިނެއްމިވީ ” ހަމްދާން ފޯން ކަޑާލުމުން ޒޭނާ ފޯނަށް ބަލާލުމަށްފަހު ހަމްދާނަށް ގުޅާލިއެވެ. ދެފަހަރަކު ރިންގުވީފަހުން ހަމްދާން ފޯން ބިޒީކޮށްލިއެވެ. އެއަށްފަހު ހަމްދާން ޒޭނާއަށް ގުޅިއެވެ. ” ކީއްވެތަ ފޯން ތިކަޑާލީ ” ޒޭނާ އަހާލިއެވެ. ” ދެން ޒޭނާ ބިޓެއްގާތުގަ ހުރީމާ އުދަގޫ ނުކުރަންވެގެން ” ހަމްދާން ބުނެލިއެވެ. ” ސާބަހޭ. މިތާ މީހަކު ހުރެގެނެއްނޫން އެހެންބުނީ. އާދެބަލަ މިދިމާޔަށް ” ޒޭނާ ހީލަމުން ބުނެލިއެވެ.

” ނާހިދާ…” ނާސިދު ގޮވާލުމުން ނާހިދާ ކޮޓަރިން ނިކުތުމުން ދޮރުމަތީ ހުރި ނާސިދު އެއްފަރާތަށް ޖެހިލިއެވެ. އެވަގުތު ދޮރުމަތީ ހުރި ސާރާ ނާހިދާއަށް ފެނުނެވެ. އަދި އަވަސް ހިނގުމެއްގަ އައިސް ސާރާގެ ގައިގައި ނާހިދާ ބައްދާލިއެވެ. ” މަގޭ ސާރާ…. ދަރިފުޅުގެ ހާލު ރަނގަޅުތަ؟ ” ނާހިދާ ރޮމުން ސާރާޔާ ސުވާލުކުރަން ފެށިއެވެ. ” ނާސިދޫ!!! ” ވީއުފަލަކުން ނާހިދާ ސާރާޔާ ދުރަށް ޖެހިލުމަށްފަހު ނާސިދުގެ ގާތަށް ޖެހިލާ، ނާސިދުގެ މޭގަ ނާހިދާ ބޯޖައްސާލިއެވެ. ” މަންމާ! އަހަރެންނަށް މާފުކުރޭ. އަހަރެން ދެން ދުވަހަކު ވެސް މަންމަ މެންގެ ހިތުގަ ޖެހޭނެ ކަމެއް ނުކުރާނަން. މަންމަ މެންގެ ބަސް ގަބޫލް ނުކުރެވުމުގެ ނަތީޖާ އަހަރެންނަށް ފެނިއްޖެ ” ސާރާ ވާހަކަ ދެއްކިއެވެ. ” އިންސާނުންނަށް ކުއްވެސް ކުރެވޭނީ. އެކުށަށް ތައުބާވެ، ހެޔޮކަންތައް ކުރުން އަހަރުމެންގެ މައްޗަށް ވަނީ ” ނާހިދާގެ ގަޔާ ސާރާ ގާތް ކޮށްލަމުން ބުނެލިއެވެ. ” މަންމާ! އަދި ބޭރުގަ އެބަހުރި އެހެންބައެއް. އެމީހުންނާ މަންމަ ބައްދަލު ނުކުރާނަންތަ؟ ” ސާރާ ބުނެލިއެވެ. ” ބޭރުގަ ކޮންބައެއް ދެންތިބީ ” ނާހިދާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު ބޭރު ދޮރުމައްޗަށް ދިޔައެވެ. އެވަގުތު ނާހިދާޔަށް ސިނާން ފެނުމުން ސާރާޔަށް ބަލާލީ ހައިރާންކަމާއެކުއެވެ. ” ހައިރާން ނުވޭ ނާހިދާ. މިހާރު ސިނާނަކީ ސާރާގެ ފިރި މީހާ. އަދި މީ ސާރާޔާ ސިނާންގެ ދަރިފުޅު ރީޝަމް ” ނާހިދާ ހައިރާންވެގެން ބަލަން ހުރުމުން، ނާސިދު ގޮސް ސިނާން އަތުން ރީޝަމް އުރާލުމަށްފަހު، ސިނާންގެ ބުރަކަށީގައި އަތް އަޅާލައިގެން ގޭތެރެއަށް ވެއްދިއެވެ. ” މިއަދު އަހަރެން ސިނާންއަށް މާފުކޮށް ދަރިއެއް ކަމަށް ގަބޫލްކުރަން. އެކަން އަހަރެންނަށް ކުރަން މަޖުބޫރު ކުރުވީ މި ކުޑަކުޑަ ރީޝަމް ” ނާސިދު ރީޝަމްއަށް ދޮނެއްދެމުން ބުނެލިއެވެ. ” ނާހިދާ! އަހަރެންނަށް ލިބިފަ މިހުރީ ރަނގަޅު ދަނބިދަރިއެއް. އެކަން އަހަރެންނަށް ސާރާގެ ވަލީ ހޯދަން އައި ދުވަހު ދެނެގަންނާކަށް ނޭންގުން. ސާރާގެ މައިންބަފައިން މިއަދު ދުނިޔޭގަ ތިއްބަސް ސިނާންގެ ހުރީ ހަމައެކަނި އޭނާ މިދުޔެއަށް އުފަންވުމަށް މެދުވެރިއަކަށްވި މަންމަ އެކަނި. އެކަމަކު މިއަދު ސާރާގެ ދެމައިން އެކަނި ކޮށްލާފަ މަންމަ ގާތަށް ވެސް ދާން ބޭނުން ނުވާތީ މިއަދާ ހަމަޔަށް ވެސް ސާރާގެ ގާތުގައި އެހުރީ ” ނާސިދު ކިޔާދިނެވެ. ” އަހަރެން ބޭނުންވަނީ މަންމަޔާ ބައްޕަގެ ލޯބި. އެހެން އެއްޗެއް އަހަރެން ބޭނުމެއްނޫން. މަންމާ އަހަރެންނަށް މާފުކުރޭ. ” ސިނާން ނާހިދާޔާ ދިމާޔަށް އެބުރިލަމުން ބުނެލިއެވެ. އެވަގުތު ނާހިދާ އައިސް ސިނާންގެ ކުރިމަތީ ހުއްޓި ސިނާންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ” މާފުކޮށްފީމޭ ” ބުނެލިއެވެ. އަދި ރީޝަމް އުރާލާ ލޯބި ކޮށްލިއެވެ.

” ކިހިނެއްވެފަތަ ތިހުރީ. މީހާގެ މޫނުމަތިން ބާރާ ޖަހާފަ ހުރިހެން ހީވަނީ ” ހަމްދާން އައުމުން ޒޭނާ ދިމާކުރާ ފާޑަކަށް ބުނެލިއެވެ. ” ނުވޭ އެއްވެސް ކަމެއް. ކީއްކުރަން އަންނަން ބުނީ ” ޒޭނާޔާ ދުރަށް ޖެހިލަމުން ހަމްދާން ބުނެލިއެވެ. ” އަޖައިބެއް. ހަމްދާން ދޯ ކުރިން އަހަރެންނަށް ގުޅީ ” ޒޭނާ ބުނެލިއެވެ. ” އަހަރެން ހަމަ ގުޅާލީ. އެކަމަކު އަހަރެންނަށް ގުޅުނީ ނުބައި ގަޑިއެއްގަ ” ޒޭނާޔަށް ފުރަގަސްދީގެން، ދެއަތް ޖީބަށް ޖަހާލައިގެން ހުރެ ހަމްދާން ބުންނެވެ. ” މިހާރު ކިހިނެއްވެގެންތަ ފުރަގަސްދީގެން ވާހަކަ ތިދައްކަނީ ” ޒޭނާއަށް ހަމްދާންގެ ފުރަސް ދައްކައިގެން ހުރުމުން، ޒޭނާ އައިސް ހަމްދާންގެ ކޮޑުގައި އަތްއަޅާ އަނބުރާލިއެވެ. ” ކިހިނެއްވީތަ ހަމްދާން. ބުނެބަލަ. ކީއްވެތަ ދެރަވެފަ ތިހުރީ ” ޒޭނާއަށް ހަމްދާންގެ މޫނުފެނުމުން ހަމްދާން ދެރަވެފަ ހުރިކަން ފާހަގަ ކުރެވުނެވެ. ” ނުވޭ ކަމެއް ” ޒޭނާޔާ ދުރަށް އެބުރިލަމުން ހަމްދާން ބުނެލިއެވެ. ” ކަމެއްނުވާނަމަ ތިހެން ނުހުންނާނެ ހަމްދާން. އަހަރެންނަށް ޔަގީން ކަމެއްވެއްޖެކަން. ކޮންމެ ވާހަކައެއްވެސް ހަމްދާންއަށް އަހަރެންގެ ގާތުގައި ބުނެވިދާނެ. ދެން ބުނެބަލަ ” ޒޭނާ އާދޭސް ކުރަން ފެށިއެވެ. ” ޒޭނާ ބިޓެއް ކައިރީގައޭ ބުނީމާ އަހަރެން ވަރަށް ދެރަވި ” ހަމްދާން އިސްޖަހާލަމުން ބުނެލިއެވެ. އެވަގުތު ޒޭނާ ބާރަށް ހޭންފެށިއެވެ. ” އެހެން ބުނެގެންތަ ދެރަވެފަ ތިހުންނަނީ. އެކަމަކު ހަމްދާން……! ކީއްވެ އަހަރެން އެހެން ބުނެގެން ހަމްދާން ދެރަވާންވީ ” ހެމުން ޒޭނާ ވާހަކަ ދައްކަމުން ދިޔައެވެ. ” އަހަރެން ޒޭނާ ދެކެ ވަރަށް ލޯބިވޭ. އެހެންވެ ދެރަވަނީ ” ހަމްދާން ޖެހިލިމެއްނެތި ބުނެލުމުން ޒޭނާގެ ހުނުން ކޮށްޓްރޯލް ވެގެންދިޔައީ ޒޭނާގެ އިހުތިޔާރުގައެއް ނޫނެވެ. ” އަސްލުވެސް ޒޭނާ. އަހަރެން ޒޭނާ ދެކެ ވަރަށް ލޯބިވޭ. އުފާވެރި ދިރިއުޅުމެއް އުޅެން ވަރަށް ބޭނުން ” ޒޭނާ ހިމޭންވުމުން ހަމްދާން ޒޭނާގެ ދެއަތުގައި ހިފާލާބުނެލިއެވެ. ޒޭނާ ހުރީ ހައިރާންވެފައެވެ.

” ސަމާސާ ކުރަންވެސް ހައްދެއް އޮންނާނެ ހަމްދާން ” ޒޭނާ ހަމްދާންގެ އަތުން އަތް ދަމައި ގަންނަމުން ބުނެލިއެވެ. ” މީ ސަމާސާއެއްނޫން ޒޭނާ. ހަގީގަތުގަ ވެސް އަހަރެން ޒޭނާ ދެކެ ވަރަށް ލޯބިވޭ ” ހަމްދާން އެހެން ބުނެލުމަށްފަހު އެތަނުން ދިޔުމަށް ހިނގައިގަތެވެ.  އެމަންޒަރު ބަލަން ޒޭނާ ހުރި ހައިރާންވެފައެވެ.

” މިހާރު އެހުރީ ފިހާރަ ވެސް ބޮޑުކޮށް ނިމިފައެއްނު. ކޮންދުވަހަކުން އަހަރުން މެރީ ކުރާނީ ” ރިޒްނީ ސުވާލުކޮށްލިއެވެ. ” ދެން ތިކަމާ އުޅެންވީ. ރިޒޫ މަންމަމެން ގާތުގައި ބުނެފިންތަ މެރީ ކުރަން ބޭނުންވާ ވާހަކަ ” އަކިޔަލް އަހާލިއެވެ. ” ނޫން. އަދި ނުބުނަން ” ރިޒްނީ ބުނެލިއެވެ. ” ބުނެގެން ދޯ ވަނީ. ނުބުނެ ތިހެން ހުރެގެން ނުވާނެއްނު ” އަކިޔަލް ބުނެލިއެވެ. ” އަހަރެން މާދަން މަންމަ ގާތުގަ ބުނާނަން ” ރިޒްނީ ބުނެލިއެވެ.

ދީނާ ނިދާފައި އޮށްވާ ކުއްލިއަކަށް ހޭލެވުނީ ބަނޑުގައި ރިއްސާތީއެވެ. އެހެން ކަމުން ދީނާ ދެއަތުން ބަނޑުގެ ދެފަރާތުގައި އަތް އަޅާލިއެވެ. އަދި ތެދުވެގެން ފާހާނާޔާ ދިމާޔަށް ހިނގައިގަތެވެ. ” ސާހިދު…. ސާހިދު ” ދީނާ ފާހާނާއިން ނިކުމެގެން އައިސް ސާހިދުއަށް ގޮވަންފެށިއެވެ. ” ކިހިނެއްވީ ދީނާ ” ސާހިދު އަރިއަކަށް ޖެހިލަމުން ބުނެލިއެވެ. ” ބަނޑުގައި ރިއްސާތީ މިއުޅެނީ ” ދީނާ މިހެން ބުމުން ސާހިދު ކުއްލިއަކަށް ތެދުވިއެވެ. ” ވަރަށް ބޮޑަށްތަ؟ ” ދީނާގެ ބަނޑުގައި އަތް ޖައްސާލަމުން ސާހިދު އަހާލުމުން ދީނާ ބޯޖަހާލިއެވެ. ” މިތާ އެނދުގައި އެށީދޭ. އަހަރެން އަންނާނަން މަންމަޔަށް ގޮވާފަ ” ސާހިދު ދީނާ އެނދުގައި ބައިންދާފަ ކޮޓަރިން ނިކުތެވެ. އޭރު ވެސް ދީނާގެ ބަޑުގެ ރިހުން ދިޔައީ ގަދަވަމުނެވެ. ބައެއްފަހަރު ތަދުވާން ފެށުމުން ދީނާޔަށް ކެއްކުރަންވެސް އުދަގޫވެގެން ދެއެވެ. ސާހިދު އޭނާގެ މަންމައަށް ގޮވާފައިސް އެމްބިއުލާސްއަށް ގުޅިއެވެ. އަދި ދީނާ ހޮސްޕިޓަލަށް ގެންޔަތާ މާގިނަ އިރެއް ނުވަނީ ފިރިހެން ކުއްޖެއް ވިހެއެވެ.

” ސާހިދު ހާދަވަރަކަށް ދަންވަރު ގުޅާފަ މިއޮތީ. އަނެއްކާ ކިހިނެއްވީބާ ” އަކިޔަލްއަށް ހޭލެވުމުން، ފޯން ބަލާލި އިރު ސާހިދުގެ މިސްކޯލްތަށް އަކިޔަލްއަށް ފެނުނެވެ. ” ރޭދަންވަރު ގުޅާފަ އޮތީ ކިހިނެއްވީ ” އަކިޔަލް ސާހިދަށް ގުޅާފަ ސުވާލު ކޮށްލިއެވެ. ” ދީނާ ވިހައިފި. ހޮސްޕިޓަލަށް އައިސްފަ ގުޅީ. އަކޫ ފޯން ނުނަގާތީ ފަހުން އަޅާނުލީ ” ސާހިދު ބުނެލިއެވެ. ” ކޮންކަހަލަ ކުއްޖެއް ” އަކިޔަލް ކުއްލިއަކަށް އެނދުން ތެދުވަމުން އަހާލިއެވެ. ” ފިރިހެން ކުއްޖެއް ” ސާހިދު ހީލަމުން ބުނެލިއެވެ. ” އަސްލުވެސްތަ؟. އެހެންވިއްޔާ އަހަރެން އިރުކޮޅަކުން މިދަނީ ” އަކިޔަލް މިހެން ބުނެ ފޯން ކަޑާލިއެވެ.

” ސާރާ… ސާރާ… ” ޒޭނާ ގޮވާލިއެވެ. ” ޒޭނާ. ކަމަކުތަ ތިއައީ ” ބަނދިގެއިން ހަމްނާ ނިކުމެ ބުނެލިއެވެ. ” ނާދެވޭތާ ގިނަ ދުވަސް ވީމާ ހަމަ ޖައްސާލީ. ސާރާ ކޮބާ؟ ” ޒޭނާ އަހާލިއެވެ. ” ސާރާގެ ބައްޕަ ސާރާ ބަލާ އައީމާ ސާރާ ގޮސްފި ” ހަމްނާ ބުނެލިއެވެ. ” ނާސިދުބެ ސާރާ ބަލާ އައީއޭ!! ” ގަބޫލް ނުކުރެވޭ ފާޑަކަށް ޒޭނާ އަހާލިއެވެ. ” އާނ.. ޒޭނާ. އޭނާގެ ބައްޕަ ބަލާ އައީމާ ދިޔައީ. ސާރާ ހުރީ ވަރަށް އުފަލުން. ޒޭނާ ގާތުގަ ނުބުނޭތަ ސާރާ ” ހަމްނާ އަހާލިއެވެ. ” އާނ. އަހަރެންގެ ގާތުގަ ނުބުނޭ ” ޒޭނާ ހަމްނާއަށް ބަލާލުމަށްފަހު ބުނެލިއެވެ. ” ވެދާނެ އަދި ނުބުނެވިގެން އުޅެނީކަމަށް. އެހެންނު ވާނީ ސާރާ ހުރީ ވަރަށް އުފަލުން ވިއްޔާ ” ހަމްނާ ބުނެލިއެވެ. ” ވަރަށް ބޮޑަށް ތޭކްސް. އަހަރެންނަށް ތިކޮށްދިން ކަންތަކަށް ” ޒޭނާ ބުނެލިއެވެ. ” ކޮންކަމެއްގެ ވާހަކައެއް ޒޭނާ ތިބުނީ ” ހަމްނާ ހައިރާންވެފަ އަހާލިއެވެ. ” އަހަރެން ބުނެގެން އަހަރެންގެ ރަހުމަތްތެރިޔާ މިގޭގައި ބަހައްޓާލަ ދިނީމާ ” ޒޭނާ ބުންޏެވެ. ” އެއީ ދެން އެހާވަރުގެ ކަމެއް ނޫނެއްނު. އެއީ ޒޭނާގެ ރައްޓިއްސެއް ކަމަކު، މިހާރު އެއީ އަހަރެންގެ ވެސް ރައްޓިއްސެއް. އެހެންވީމާ ކޮންމެހެން ތި ތޭކްސް ތަކެއް ދޭނެކަމެއް ނެތް ” ހަމްނާ ހީލަމުން ބުނެލިއެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xiroo Thihthi

Level 210 Stories

Other Articles

Previous

އަވްލީން (14ވަނަ ބައި)

Next

ލޯތްބެއްނެތް ގުޅުން (2 ވަނަ ބައި)

Next
October 29, 2017

ލޯތްބެއްނެތް ގުޅުން (2 ވަނަ ބައި)

Previews
October 29, 2017

އަވްލީން (14ވަނަ ބައި)

6 Comments!

  1. Leo3910 says:
    October 29, 2017 at 3:58 pm

    ♡♡♡♡

  2. Bestie says:
    October 29, 2017 at 5:39 pm

    Wow vrh nyc??
    Waiting for next part

  3. zeena says:
    October 29, 2017 at 9:37 pm

    nimun kada no intrest

    1. sweetie. says:
      October 29, 2017 at 10:05 pm

      Kon nimumeh? kaaku bunee nimunee ey??

    2. Xiroo thihthi says:
      October 30, 2017 at 12:01 am

      Adhi nunimey zeena

  4. Aal says:
    November 4, 2017 at 1:40 pm

    Vaahakaa up nukurany kyvey thrr mihaaru…… Plx up kohbaaa……

Comments are closed.

Next Episodeބޭނުންވަނީ އުމުރަށް 12←


All Right Reserved!