Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަވްލީން (14ވަނަ ބައި)

iff Level 210 Stories100 Comments
October 29, 2017 6 Mins Read
34 Comments

“އަވީ ކިހިނެއްވެފަ ތީނީ؟ ތަނަކަށް ތަދުވަނީތަ؟ މީހަކު އެއްޗެއްކީތަ؟” ލަޔާންއަށް އަވްލީން ކައިރިއަށް ދެވުނުގޮތްވެސް ނޭނގެއެވެ. ލަޔާން އެހާ ހާސްވެފައި ސުވާލުތައް ކުރުމުން އަވްލީން ލަޔާންއަށް ބަލާލާފައި ހީލީ އޭނާއަށް އެއްވެސްކަމެއް ނުވާކަން ދެއްކުމަށެވެ. ނަމަވެސް އެ ހީލުމުގައި ފޮރުވިފައިވާ އެތައް ސިއްރެއްވާކަން ލަޔާން ދެނެގަތެވެ. “އަހަންނަކަށް ކަމެއްނުވޭ.. ރޫމް ސާފުކުރަން އައިއްސަ ވަރުބަލިކަމުން ކުޑަކޮށް ޖައްސާލީ..” އަވްލީން އުޅުނީ ލަޔާންއަށް އޮޅުވާލާށެވެ. ދެން ކީއްވެ ތިތާ ތިހެން ތީނީ.. އަވީ ދޮގުނަހަދާ ބުނެބަލަ.. އަހަންނަށް އިނގޭ އަވީ އަހަންނަށް ކޮންމެސްކަމެއް އެބަ ސިއްރުކުރާކަން..” ލަޔާން އެހާ ފާޅުކޮށް އެހެން ބުނުމުން އަވްލީންއިނީ އިތުރަށް ދޮގު ހަދަން ނުކެރިފައެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. މަހުދީއަށް އަވްލީންއާ އިތުރަށް ވާހަކަދައްކާ ގުޅުން ބަދަހިކުރުމަށް ފުރުސަތެއްވަނީ ނުލިބިފައެވެ. އަމުދުން މިއީ އަވްލީންމެންގެ އޯލެވެލް އިމްތިހާން އޮންނަ ދުވަސްވަރުކަމުން އަވްލީންއަށް އުނދަގޫނުކޮށް އުޅެވޭތޯ މަހުދީ ބަލައެވެ.

     ޓެސްޓު ނިމިގެން ސްކޫލް ހޯލުން ނިކުމެގެން އައި ކުދިންތަކުގެ ތެރޭގައި އަވްލީންވެސް މަޑު މަޑުން ހިނގާލާފައި ދިޔައެވެ. “އޭ އަވީ ހާދަ މޫޑީކޮށް.. ޓެސްޓު އުނދަގުލީތަ؟” ފަހަތުން އައި ނާޝް އަވްލީންއާއި އަރާ ހަމަކުރަމުން އަހާލިއެވެ. “އުހުނ މިއަދު އެބަ ވަރަށް ބޮލަށް އެނބުރުންއަރާ.. ހޮޑުލަވާފަ ހުންނަނީވެސް.. ހުންއަންނަން އުޅޭހެން ހީވަނީ..” އަވްލީން ބުންޏެވެ. “އޭރުން ހިނގާ ޑޮކްޓަރަށް ދައްކާފަ ބޭސް ނަގައިގެންދާން.. އައިޑީކާޑްވެސް އެބައޮތެއްނު އަތުގަ..” އުހުނ އޯކޭވާނެ.. ރަނގަޅުނުވަންޏާ ފަހުންގޮސް ދައްކާލާނީ..” ނާޝްގެ އެދުމާ ދެކޮޅު ހަދަމުން އަވްލީން ބުނެލިއެވެ.

     ގެއަށްގޮސް ފަހަރަކު މަސައްކަތެއްގައި އުޅުނު އަވްލީންއަށް ކޮޅަށް ނުހުރެވޭވަރުވުމުން ކާގޭގައި އިން ގޮނޑިއެއްގައި އިށީނީ ވެއްޓިދާނެހެން ހީވުމުންނެވެ. މޭޒުގައި އުޅޮބޮށި ވިއްދާލައިގެން ނިތުގައި އަތް ޖައްސާލައިގެން އިން އަވްލީންއަށް އެގޮތުގައިވެސް އިނދެވުނީ އިރުކޮޅަކުއެވެ. ތެދުވެގެން ހިނގައިގަތީ ކޮޓަރިއަށްދާށެވެ. މަޑުމަޑުން ހިނގާލައިފައިދިޔަ އަވްލީންއަށް ކޮޓަރިއަށްނުވަދެވިގެން އުޅެނިކޮށް ސަބީނާ ގޮވާ އަޑު އިވިގެން ފަހަތަށް އެނބުރި ބަލާލިއެވެ. “ދޭބަލަ މީތިގެންގޮސް ދޮންދައްތަމެންގެއަށްލާފަ އަންނަން..” ނޫ ކުލައިގެ ކޮތަޅެއް ދިއްކޮއްލަމުން ސަބީނާ ބުނެލިއެވެ. “ދައްތާ އަޅުގަނޑު ވަރަށް ބޮޑަށް އެނބުރުން އަރާތީ މިއުޅެނީ.. ފަހުން ގެންދަން ބޭއްވިޔަސް ހެޔޮތަ؟” އަވްލީން ވާހަކަ ދެއްކިއިރު އަޑުވެސް ތުރުތުރު އަޅައެވެ. “މިހާރު ގެންދޭ.. ކޮން ފަހެއް. އެނބުރުން އަރާތީއެއްނޫން ތިއުޅެނީ.. މަ މިގެންދަން ބުނީމަ މަށަށް ޖެއްސުންކުރަންވެގެން.. ” ސަބީނާ ހަޅޭއްލަވައިގަންނަމުން އެ ކޮތަޅު އަވްލީން އާއި ދިމާލަށް އެއްލިއެވެ. އަވްލީން އެ ކޮތަޅުގައި ހިފަން އަތްދިއްކޮއްލި ނަމަވެސް މީހާ އަރިއަޅާލުމުން ސަބީނަޔާ ދިމާލަށް އަތްދިއްކޮށްލެވުނީ އެހީއަކަށްއެދިއެވެ. ނަމަވެސް ލޯމެރިގެންގޮސް މުށިތައް މައްޗަށް އަވްލީން ވެއްޓުނުއިރުވެސް ސަބީނާ ހުރި ފިޔަވަޅު މަތީގަހުރީ އަވްލީންއަށް ލޯއަޅާލައިގެންނެވެ.

     “އަވީ… މަންމާ އަވީއަށް ކިހިނެތްވީ؟ މަންމަ ކިހިނެއްވެފަ ތިހުންނަނީ އަޅާވެސްނުލާ.. އަވީ އަވީ… މަންމާ ހިނގާބަލަ އަވީ ގޮވައިގެން ހޮސްޕިޓަލަށްދާން. އަވީ މިއޮތީ ވަރަށް ގަދައަށް ހުންވެސް އައިއްސަ.. އަވީ އަވީ ލޯ ހުޅުވަބަލަ..” ސިޑިން ފައިބައިގެން އައި ވިޝާކާއަށް އަވްލީން ފެނުމާއެކު ދުވެފައި ގޮސް އަވްލީންއަށް ގޮވަމުން އެތާ ކައިރީގައި ހުރި އޭނަގެ މަންމައާއި ވާހަކަ ދައްކަމުންދިޔައެވެ. ސަބީނާ އަޅާވެސްނުލާ ގޮސް ކޮޓަރިއަށްވަނީ ވިޝާކާ ގޮވަގޮވާ އިންދައެވެ.

     އަވްލީންއަށް ދެލޯ ހުޅުވާލެވުމާއެކު ފެނުނީ އޭނަ ކައިރީގައި ހަރަކާތްތެރިވަމުންދިޔަ ނަރުހެކެވެ. ނަރުހަށް އަވްލީން ލޯ ހުޅުވާލިތަން ފެނިގެން އޭނަ ކައިރިއަށް ޖެހިލާ މިހާރު ކިހިނެއްތޯ ސުވާލުކޮށްލިއެވެ. އަވްލީން އަދިވެސް ބޮލަށް ތަދުވާކަމުގައި ބުނެ އޭނަ މިތަނަށް ގެނައީ ކާކުތޯ އަހާލިއެވެ. އަވްލީންގެ ސުވާލަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ޖީބުގައި އޮތް ފޯނު ރިންގްވާން ފެށުމުން ނަރުސް އެ ފޯނަށް ޖަވާބުދެމުން ނިކުމެގެން ދިޔައީ އަވްލީން އެކަނި ބާއްވާފައެވެ. އަވްލީން އެކި ދިމަދިމާލަށް ބަލައިލުމުން މި އޮވެވުނީ ހޮސްޕިޓަލްގެ އެމަޖެންސީ ރޫމްގައިހެން ހީވިއެވެ.

     ފަނަރަވަރަކަށް މިނެޓް ފަހުން އަވްލީން އޮތް ރޫމްގެ ދޮރު ހުޅުވާލި އަޑަށް އަވްލީން ދޮރާއި ދިމާލަށް ބަލައިލިއިރު ލަޔާން އާއި ވިޝާކާ އެތެރެއަށް ވަންނަނީއެވެ. “އަވީ މިހާރު ކިހިނެއްތަ؟ މިހާރު ތަންކޮޅެއް ހުންމަޑުދޯ.. އޭރު ހާދަ ހުންގަދައޭ.. އެވަރުވީ އިރުވެސް އަވީ ބުނެވެސްނުލާ..” ވިޝާކާ ދިޔަގޮތަށް އަވްލީންގެ ނިތްކުރިއާއި ކަރުދޮށުގައި އަތް ޖައްސާލަމުން ބުންޏެވެ. “ސިސް މިހާ ބަލިވިއިރުވެސް ބޭބެ ކައިރީ ބުނެވެސްނުލާ.. ގައިމު އެންމެ ފަހަރަކުވެސް ބުނެލިނަމަ” ލަޔާން ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަޑާއި ރާގުންވެސް އޭނަ ދެރަވެފައި ހުރިވަރު އިނގެއެވެ. އަވްލީން އޮތީ އޭނައާ އަޅާލާ އޭނައަށް ހަމްދަރުދިވާނޭ ބަޔަކު ތިބިކަން އެނގުމުން އެކަމަށް މާތްﷲ އަށް ހަމްދު ކޮށްލަ ކޮށްލައެވެ.

     އަވްލީންގެ ބީޕީ ލޯވެފަ ހުން ގަދަކަމުން އިންޖެކްޝަންއެއް ޖަހާފަ އައިވީ ގުޅާފައި އޮތުމުން އެރޭ ގެއަށް ނުދެވޭނެތީ އަވްލީން އޮތީ ވަރަށް ކަންތައް ބޮޑުވެފައެވެ. ކުރިއަށް އޮތް ޓެސްޓު އޮތީ ދެ ދުވަސް ފަހުން ކަމަށްވިޔަސް އަވްލީން ބޭނުންވީ ވީ އެންމެ އަވަހަކަށް ގެއަށްދާށެވެ. އަދި އެ ވާހަކަ ދެއްކުމުން ލަޔާން ވަގުތުން އެކަމަށް ދެކޮޅު ހެދިއެވެ. “ލަޔާންބެ އެބުނީ ރަނގަޅަށް.. އަވީ ކީއްކުރަން އަވަސްކޮށްފަ ގެއަށްދަނީއަކީ.. ދެން އޮތް ޓެސްޓުވެސް އޮންނާނީ ދެ ދުވަސްފަހުން.. އެހާއިރަށް މިތާ އޮވެ ރެސްޓު ކޮށްލާ.. ގެއަށް ގޮއްސިއްޔާ އަވީއަށް ރެސްޓު ކޮށްލާނެ ވަގުތެއްވެސް ނުވާނެ… އަދި މިހާރު ހުން މަޑުވެލާފަ އޮތަސް އަވީގެ ބީޕީ އެހާ ލޯވެފަ ހުއްޓާ ގެއަށް ނުވެސްފޮނުވާނެއެއްނު.. ވިޝާ މާދަން އަންނައިރު އަންނާނަން އަވީގެ ފޮތް ހިފައިގެން..” ވިޝާކާ ބުންޏެވެ. އަވްލީންއަށް އެކަމާ ދެކޮޅަށް އިތުރަށް ވާހަކަ ދައްކަން ނުކެރުނީ ދޮރު ހުޅުވާލާފައި ވަދެގެން އައި މަހުދީ ފެނުމުންނެވެ.

     “ބްރޯ ތިއައީ ދޯ.. ކާއެއްޗެއް ގެނައިންތަ” ލަޔާން މަހުދީ ކައިރީ އެހެން އަހާލުމުން މަހުދީ އަތުގައި އޮތް ކޮތަޅު ހިއްލާލާފައި ލަޔާންއަށް ދައްކާލިއެވެ. އޭގެ ތެރޭގައި އޮތީ ކިވީ ޕެކެޓަކާއި ޕާރުސަލްއެކެވެ. “އޯކޭ ދެން އޭރުން އަހަރުން މިދަނީ ގެއަށް.. ބްރޯ ޖެހޭނެ އަވީއަށް ގަދަކަމުންވިޔަސް ތި ކާންދޭން އިނގޭ.. ހަހަ” ލަޔާން މަޖާވެލާފައި އެހެން ބުނި ނަމަވެސް އަވްލީން ކަންތައްބޮޑުވީ އެމީހުން މަހުދީ އެކަނި ބަހައްޓާފަދާ ވާހަކަ ބުނީމައެވެ. “ލަޔާން މަޑުނުކުރަންތަ؟” އަވްލީން އަހާލިއެވެ. އެހެން އެހުމުން ލަޔާންއާއި މަހުދީއާ ދެމީހުނަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. “ކޮން ލަޔާންއެއް.. ތިހެން ކީމަ ވަރަށް ފޫހި.. މީގެ ފަހުން އަވީ އަހަންނަށް ކިޔަންޖެހޭނީ ދޮންބެ އިނގޭ.. ދޮންބެ މިދަނީ ދަންވަރު ޑިއުޓީ އޮތީމަ. ދެން މިގަޑީ ބްރޯ އިންނަންޏާ ވިޝާވެސް ގޮސް ނިދާލާފަ ހެނދުނު އައީމަ ރަނގަޅުވާނެއެއްނު.. އެން ޑޯންޓް ވޮރީ.. ހީ ވިލް ޓޭކް ގުޑް ކެއާރ އޮފް ޔޫ….” ލަޔާން ނިކުންނަންދަމުން ދިޔައީ އަވްލީންގެ ބޮލުގައި ފިރުމާލާފައި ހިނިތުންވެލާފައެވެ. “އަވީ އަހަރެންވެސް ދަނީ.. ދޮންބެގެ ބަސްއަހައިގެން އެ ކާލާތި އިނގޭ.. އެހެން ނޫނީ ދޮންބެ އަދަބެއްވެސް ދީފާނެ.. ހަހަ” ވިޝާކާ އަވްލީން ކައިރިއަށް ޖެހިލާފަ ބުންޏެވެ. އަދި މަހުދީއަށް ބަލާލާފަ ހީނގަނެފަ ނިކުމެގެންދިޔައެވެ.

     ލަޔާން އަދި ވިޝާކާ ނިކުމެގެން ދިއުމުން މަހުދީ އަވްލީންކައިރިއަށް ޖެހިލާފަ އޭނަ އަތުގަ އޮތް ކޮތަޅުން ބަތް ޕާރުސަލް ނަގާ ކަބަޑުމަތީގަ ބޭންދުމަށްފަހު އަވްލީން ކައިރިއަށް ޖެހިލީ އަވްލީން އޮށޯވެގެން އޮތުމުން އޭނަ ތެދުވަން އެހީވެދިނުމަށެވެ. ނަމަވެސް އަވްލީން އަވަސް ކޮށްލާފަ އަމިއްލައަށް ތެދުވަން އުޅުމުން މަހުދީ ކުޑަކޮށް މަޑުޖެހިލިނަމަވެސް އަވްލީންގެ އަތަށް އައިވީ ގުޅާފަ އޮތުމުންނާ ވަރުބަލިކަމުން ތެދުވަން އުނދަގޫވެގެން އުޅޭތަން ފެނުމުން ބޯ ދަށަށް އަތްލައްވާލާފައި ތެދުކޮށްލިއެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ސީދާވެގެން ދިއުމާއެކު ތިބެވުނުލެއް ގާތްކަމުން އަވްލީން އިސްޖަހާލުމަށްފަހު ފަހަތަށް ޖެހިލިއެވެ. ގުދުޖަހައިގެން އޮތް މަހުދީ ހިންދެމިލާ ބަތް ޕާރުސަލް ކަނޑާލުމަށްފަހު އަވްލީންގެ އަތަށް ސަމްސަލަކާއެކު ދިއްކޮށްލިއެވެ. އަދި ފަހަތަށް އެނބުރިހުރެ ކިވީ ޕެކެޓް ކަނޑައިގެން އެނބުރިލިއިރު އަވްލީން އިނީ ކަނާއަތަށް އައިވީ ގުޅާފަ އިނުމުން ވާއަތުން ކާށެވެ. “އަހަރެން ކާންދެންތަ.. އަވީ އޯކޭއިއްޔާ” މަހުދީ އަހާލުމުން އަވްލީން ވިސްނާލާފަ ޕާރުސަލް މަހުދީ އަތަށް ދިނީ ވާއަތުން ކާން އުނދަގޫކަމުން އެނދުމައްޗަށް ކާއެއްޗެހި އެޅިދާނެތީއެވެ. ފަހަތުގައި އިން ގޮނޑި ދަމާލާފައި މަހުދީ އިށީނދެ އަވްލީންއަށް ކާންދޭން ފެށިއެވެ. “މަހުދީ ކައިފިންތަ؟” އަވްލީން އެހިއެވެ. އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން މަހުދީ ބޯ ޖަހާލިއެވެ.

     ލަޔާންއާއެކު ގެއަށް ވަދެގެން ދިޔަ ވިޝާކާއަށް ސިޑިމަތީގައި ހުރި ވިޝިކާ ފެނުމުން މަޑުޖެހިލެވުނީ ވިޝިކާއަށް އޭނަ އަވްލީން ގޮވައިގެން ހޮސްޕިޓަލަށް ދިޔަކަން އެނގިފައިވާނަމަ ވާނޭގޮތް ހިތަށްއަރާފައެވެ. ލަޔާން އާއި އެއްވަރަށް ހިނގާފައިދިޔަ ވިޝާކާގެ ފިޔަވަޅުތައް މަޑުޖެހިލުމުން ލަޔާން ބަލާލިއިރު ވިޝާކާހުރީ ބިރެއް ފެނިގެން ބަލާހެން ވިޝިކާއާއި ދިމާލަށް ބަލާށެވެ. “ވިޝާ ކިހިނެއްވެފަ؟” ލަޔާން ވިޝާކާގެ މޫނުމަތީގައި އަތް ހުރަސްކޮށްލަމުން އަހާލިއެވެ. “ކަމެއްނުވޭ” ގަދަކަމުން ހީލަމުން ވިޝާކާ ބުނެލިއެވެ.

     “ކަލޭތީ ހާދަ ގޮތެއްނެތް މީހެކޭ ދޯ.. ކަލޭ ހީކުރަނީތަ މަ އެއްޗެއް ނުބުނެ ހުންނާތީ ކަލޭ ބޭނުން ގޮތަކަށް އުޅެވޭނެއޭތަ؟ ކަލޭ މަށަށް ޖެއްސުންކުރަން އުޅެއުޅެފަ މިހާރު މަގޭ ކޮއްކޮ އަތު އަޅުވާލީތި.. ކަލެއަށް އަދި މަގޭ ނުބައިކަން ނޭނގިގެން ތިއުޅެނީ.. މާދަން މަންމަ ކައިރީގަ ހުރިހާ ވާހަކައެއްވެސް ކިޔާދޭނަން.. ހަނދާންކުރާތި މަގޭ ކޮއްކޮ ގައިގަ އިނގިލިކުރި ޖައްސާލަންވެސް ހިތަށް ނާރުވާތި.. އަންހެނުންނަށް ބޭނުންވިޔަސް ތީ ބޮޑުވަރު.. ލަދެއްވެސް ނުގަނޭ މަގޭ ގައިގަ ބައްދަބައްދާފަ މަގޭ ކޮއްކޮ ކައިރިއަށްދާކަށް. ބުނަން ތި ކުޅިގަނޑު ކުޅެވޭނެ އެންމެ ފަހު ދުވަސްމީ.. މާދަން ގެއިން ނުކުންނަން ތައްޔާރުވެގެން ހުންނާތި…” ވިޝިކާ ހިތަށް އައިހާ އެއްޗެއް ލަޔާން އާއި ދިމާލަށް ގޮވާލިއިރު ވިޝާކާއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ލަޔާންވެސް ވިޝާކާއަށް ބަލައިލާފަ ސިޑިން އަރައިގެން ދިޔައީއެވެ.

     “ވިޝީ ކީއްތިކުރީ؟ ލަޔާންބެއާ މަށާ ދޭތެރެއަކު ވިޝީ ތި ހީކުރާކަހަލަ ގުޅުމެއްނޯވެޔޭ.. ލަޔާންބެއާއެކު ހޮސްޕިޓަލުން މަ މިއައީ.. ލަޔާންބެ މަށާ ދޭތެރޭ ކަންތައްކުރަނީ ކޮއްކޮއެއްގޮތަށް. މަށަށްވެސް ފީލްވަނީ އެއީ ބޭބެއެއްގޮތަށް.. އެކަމަކު ވިޝީ ތި ކަންތައްކުރިގޮތަކުން ދެން މަށަށް ކެރޭނެތަ ލަޔާންބެ ކުރިމައްޗަށް އަރަންވެސް… ” ވިޝާކާ ވާހަކަ ދެއްކީ ވަރަށް ހިތްހަމަނުޖެހިހުރެއެވެ. “މަށަށް ކިހިނެއް އިނގޭނީ.. އެހެން ނޫނަސް މަ ބޭނުމެއް ނޫން އޭނަ މި ގޭގަ ހުންނާކަށް.. މަ ވަރަށް ފޫހިވާ މީހާގަނޑެއް އެއީ..” ވިޝިކާ އެހެން ބުނުމަށްފަހު މައްޗަށް އަރަންފެށިއެވެ. “ވިޝީ މަޑުކޮށްބަލަ.. ވިޝީ ބުނީމެއްނު ވިޝީ ގައިގަ ބައްދަބައްދާފައޭ.. ކީއްވެ ބުނި އެއްޗެއް އެއީ..؟” ވިޝާކާ ގޮވާލުމުން ފަސްއެނބުރި ބަލާލިނަމަވެސް ކުރި ސުވާލަށް ޖަވާބުދޭން ބޭނުންނުވުމުން ވިޝިކާ މައްޗަށް އަރައިގެން ދިޔައީއެވެ.

     ނިދިފަ އޮތް އަވްލީންގެ މޫނަށް ބަލަން މަހުދީ އިނީ ފޫހިކަމެއްނެތިއެވެ. އެ މޫނުމަތިން ވަރުބަލިކަން ފެންނަން ހުރިއިރު ހީކަރުވައިގަނެގެން މުޅި ކުއްޖާ އޮތީ އެއްކޮށް ކުރުގެޅިލައިގެންނެވެ. މަހުދީ ތެދުވެގެންގޮސް ފަންކާ މަޑުކޮށްލާފައި އައިސް އަވްލީންގެ ގައިމަތީގައި އަޅާފައިވާ ރަޖާވެސް މައްޗަށް ޖައްސާލިއެވެ. އަދި އަވްލީންގެ ނިތްމަތީގައި އަތް ޖައްސާލީ ހުންގަދަވާހެން ހީވާތީއެވެ. އަތްޖައްސާލިކަމެއް ނޭނގި މަހުދީ އަތް ދަމައިގަތީ އަވްލީންގެ ހުންގަދަކަމުންނެވެ. ބާރުބާރަށް ހިނގާލާއިފައި ގޮސް ޑިއުޓީއަށް އިން ނަރުސް ކައިރީ އަވްލީންގެ ހުންގަދަވާ ވާހަކަ ބުނުމަށްފަހު އެނބުރި އައި އިރު އަވްލީންއޮތީ ކުކުރިލަކުކުރިލައެވެ.

     އިރުކޮޅެއްނުވަނީސް ނަރުސް އައީ އިންޖެކްޝަން ޖެހުމަށް ބޭނުންވާ ސާމާނުގެ އިތުރަށް ތައްޓަކަށް ފެންއަޅައިގެން އެއަށް ކަފަގަނޑެއް ލައިގެންނެވެ. އޭރު އަވްލީންއަށްވެސް އޮތީ ހޭލެވިފައެވެ. އިންޖެކްޝަން ޖެހުމަށްފަހު އަވްލީން ގައިގަ ފެން އުނގުޅުމަށް ބުނެފައި ނަރުސް ދިޔައީއެވެ. ފެންތަށިން ކަފަގަނޑު ނަގާ ކުޑަކޮށް ފެލާލުމަށްފަހު އަވްލީންގެ މޫނާ ކަރުދޮށާއެކު މަހުދީ ފެންއުނގުޅާލިއެވެ. އެވަގުތު ތުރުތުރު އަޅައިގަތް އަވްލީން މަހުދީގެ އަތުގައި ހިފެހެއްޓިއެވެ. “ހީ ކަރުވަނީ..”އަވްލީން މަހުދީއަށް ބަލާލަމުން ބުންޏެވެ. “އަވީ އައި ނޯ.. އެކަމް ހީކެރުވިޔަސް އަވަހަށް ރަނގަޅުވާނީ ފެންހޭކީމަ..” މަހުދީ އުޅުނީ އަނެއްކާވެސް ފެން ހާކާށެވެ. ނަމަވެސް އޭގެ ކުރިން އަވްލީން މޫނާއެކު ބެޑްޝީޓް އަޅާ ފޮރުވާލިއެވެ. “އަވީ ދެން ބޮޑާ ނުހަދާ ދައްކާ ފެން ހާކަން.. އެހެންނޫނީ…” މަހުދީ އުޅުނީ ގަދަކަމުން ބެޑްޝީޓް ނަގާށެވެ. ނަމަވެސް އަވްލީން ގަދަހަދާލުމުން މަހުދީ އެ ހިޔާލު ދޫކޮށްލިއެވެ.

     “ހާދަ ހިޔެއް ކަރުވައޭ.. މަހުދީއަކަށް ނޭނގޭނެ..” އަވްލީން ކުޑަކޮށް ބެޑްޝީޓް ތިރިކޮށްލަމުން މަހުދީއަށް ބަލާލާފައި ބުނެލިއެވެ. “ދެން އަހަރެން ކިހިނެއް ހަދަންވީ.. އަވީގެ ހުންގަދަވާއިރު އަހަންނަށް ބަލާކަށް ނުހުރެވޭނެއެއްނު..” މަހުދީ ހިތްހަމަނުޖެހިފައިހުރެ އެހެން ބުނުމުން އަވްލީން ދެރަވިއެވެ. އިރުކޮޅަކު މަހުދީއަށް ބަލަން އޮތުމަށްފަހު އަވްލީން އެނދުގެ އެއްކައިރިއަކަށް ޖެހި އަނެއްކައިރީގައި އަތް ޖަހާލިއެވެ. އަވްލީންގެ އެ އިޝާރާތުން މަހުދީއަށް ޝޮކެއް ލިބުނުކަހަލައެވެ. ހުރިތަނުން ގުޑާނުލާ ހުރީ އަވްލީންގެ ފަރާތުން އެފަދަ އިޝާރާތެއް ލިބިދާނެކަމަށް ޤަބޫލުނުކުރެވިފައެވެ. އިރުކޮޅަކު އެގޮތުގައި ހުރުމަށްފަހު މަހުދީ އެނދަށް އަރާ އެނދުގެ ފަޑީގައި ލެގިލަމުން ދެ ފައި ދަމާލިއެވެ. އަދި އަވްލީންއަށް ބަލާލިއެވެ. އޭރު އަވްލީން އޮތީ މަހުދީއަށް ބަލާށެވެ. އަވްލީން ބަލަން އޮތުމުން މަހުދީ ހީލިއެވެ. އަދި އަތް ދިއްކޮށްލިއެވެ. އަވްލީން މަހުދީ ކައިރިއަށް ޖެހިލާފަ މަހުދީގެ މޭމަތީ ބޯ އަޅާލަމުން ހަށިގަނޑުގައި ދެއަތުން ބާރަށް ހިފަހައްޓާލިއެވެ. މަހުދީވެސް އަވްލީންގައިގަ ބައްދާލީ ދެން ދުވަހަކު ދޫކުރަން ބޭނުންނުވާފަދަ ގޮތަކަށެވެ.

      މަހުދީ ގައިގަ ބައްދާލައިގެން އޮތް އަވްލީން ފުން ނިންޖަކަށް ގެނބޭކަށް މާކަގިނައިރެއް ނުނެގިއެވެ. ޖެހި އިންޖެކްޝަންގެ އަސަރު ކުރުމާއެކު މަހުދީގެ ހަށިގަނޑުގެ ހޫނުން ލިބުނު އަރާމަކުން އަވްލީން އޮތީ ވަރަށް ހަމަޖެހިލާފައެވެ. އަވްލީންއަށް ނިދުމުން މަހުދީ އަވްލީންގެ ނިތަށް ބޮސް ދިނުމަށްފަހު ހަށިގަނޑު ދަމާލީ ނިދިއަންނަންފެށުމުންނެވެ.

     ފަތިހު ފަތިސް ނަމާދުކޮށްގެން ހޮސްޕިޓަލަށްދިޔަ ލަޔާންއަށް އަވްލީން އޮތް ކޮޓަރީ ދޮރުމަތީގައި ހުއްޓިލައިގެން ހުރެވުނީ ފެނުނު މަންޒަރެއްގެ ސަބަބުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

iff

Level 210 Stories100 Comments

Other Articles

Previous

ދަރިފުޅު (10 ވަނަ ބައި)

Next

ބޭނުންވަނީ އުމުރަށް 11

Next
October 29, 2017

ބޭނުންވަނީ އުމުރަށް 11

Previews
October 29, 2017

ދަރިފުޅު (10 ވަނަ ބައި)

34 Comments!

  1. iff says:
    October 29, 2017 at 12:28 pm

    Hi everyone… furathamavx huriha kiyuntheringe kibain iff ma’aafah edhen mihaa gina dhuvas vandhn vaahaka up nukurevunyma.. furathama iff busyvgn nuvy.. bt fahun iffge faruva kudakamun. ehaa gina dhuvas veema hithah eri vaahaka continue kuraany baaey or alhaanulaany baaey. v.visnaafa iff baynunvy mi vaahaka nimendhn up kurevaythw balan.. so again mi start kury.. unmeedhu kuran iffge vaahaka kiyamun ae huriha kiyuntherin iff ah forgivekoh vaahaka kiyaane kamah.. 🙂 <3

  2. Mary says:
    October 29, 2017 at 12:29 pm

    Awww mary first …Alhey haadha dhuvahekey mi story up kureythw balaala balaala hunnany…adhi nuves kiyan..kiyaalaafa cmnt eh kohlaanan ????

    1. iff says:
      October 29, 2017 at 7:59 pm

      Yes mary ah first.. ?
      Lasvyma sorry mary ?
      Kiyaalaafa comment kurahchey ??

  3. Xee says:
    October 29, 2017 at 12:39 pm

    When next part ip koladeny vvvvv salhi ??bt vv deraveje iff ehen hedyma ??waiting

    1. iff says:
      October 29, 2017 at 8:02 pm

      Wedndayga. Insha allah
      Thank yu xee??
      N v.v.bodah sorry ?
      Bt wait kuraathy thanx ??

  4. Angry birds says:
    October 29, 2017 at 12:42 pm

    OK salhi ekm when gavaidhun upkurahche ingey..iff

    1. iff says:
      October 29, 2017 at 8:04 pm

      Thank yu angry bird ?
      Week aku 2 faharu up kohdheynan.. insha allah. . ?

  5. Yalun says:
    October 29, 2017 at 2:07 pm

    Maa late vyma kurin vygoiy handhaan vx neiy.hope mifaharu avahah nimendhen up khdheyne kamah.btw mi story v nyc?

    1. iff says:
      October 29, 2017 at 8:06 pm

      Alhey so sorry yalun ?
      Mifaharu ragalhuvaane. Insha allah ?
      N thank yu ??
      Yalun… haadha reethi namekay ?

  6. Unaal says:
    October 29, 2017 at 2:20 pm

    Alhe so cute …mahdhy n avy
    Ekm mahdhy ah nic name eh kiyaaba ..hama full name in kyma ..for me it’s little bit odd .. Mi buny avleen e name aa ehaa gulhey hn hynuveye
    Ekm story vrh vrh vrh reethi

    1. iff says:
      October 29, 2017 at 8:08 pm

      Thank yu unaal ??
      Mahdhy ah kiyaane cute nick name eh buneba unaal ??

  7. Shifoo says:
    October 29, 2017 at 2:41 pm

    Iff… Story vvv reethi…. Whn next part?

  8. Shifoo says:
    October 29, 2017 at 2:47 pm

    Nice story…. Keep it up

  9. Alvyn says:
    October 29, 2017 at 2:54 pm

    Al knmedhuhuku balan mi vaahaka up vey thww… Thnk a lot. Plxx mi story nimen dhn up kohdheythi… V reethi mi part vex..

    1. iff says:
      October 29, 2017 at 8:10 pm

      Awww my dear alvyn ?
      Thank yu ??
      Nimendhn genesdheynan. Insha allah ??

  10. Shifoo says:
    October 29, 2017 at 2:59 pm

    Story vvv nice… Keep it up… Whn next part?

    1. iff says:
      October 30, 2017 at 8:12 am

      Thank yu shifoo ??
      Wednesdayga insh allah ?

  11. peace eye says:
    October 29, 2017 at 8:35 pm

    Varah kiyaa hiyvi story eh… Avahah up kohdhechey…. Waiting
    ❤

    1. iff says:
      October 30, 2017 at 8:13 am

      Thank yu peace eye?
      Insha allah wednesdayga up kohdheynan ?

  12. SJK...KOREAN says:
    October 29, 2017 at 9:43 pm

    alheyyy mi story up kureytho wait kuraathaa kon dhuvaheh. vvv kiyaa hithun kiyaa story eh mee. n vvvvv salhi. nimendhen up kohdhehchey plxxx. waiting for nxt part 🙂 🙂

    1. iff says:
      October 30, 2017 at 8:15 am

      Alhey sorry SJK ?
      Insha allah story nimendhn genesdheynan… ?
      N thank yu ????

    2. SJK...KOREAN says:
      October 30, 2017 at 10:44 am

      It’s okay ? n u’re most welcome ?

  13. Ainth says:
    October 29, 2017 at 10:00 pm

    Mihaa rythi vaahakaeh maalahun up kohdheythi v dheravey… Dhen ehen nuhadhahchey

    1. iff says:
      October 30, 2017 at 8:17 am

      Alhey sorry ainth ??
      Insha allah dhn ragalhuvaane ??

  14. Kukoo says:
    October 29, 2017 at 10:56 pm

    Gavaaidhun upload kurahchey. Varah reethi mi part ves 🙂

    1. iff says:
      October 30, 2017 at 8:18 am

      Thank yu kukoo??
      Madhuvgn week aku 2 dhuvahu up kohdheynan insha allah??

  15. Amin says:
    October 29, 2017 at 10:59 pm

    V salhi

    1. iff says:
      October 30, 2017 at 8:19 am

      Thank yu amin ???

  16. Aisha says:
    October 29, 2017 at 11:47 pm

    Awwn.Best Writer.Thanks For Being Honest???❤
    story ves varah reethi.Keep It Up!!
    Loves?❤????????

    1. iff says:
      October 30, 2017 at 8:22 am

      Awwwn ??
      Thank yu aisha ?????????

  17. shereen says:
    October 30, 2017 at 8:48 am

    Varah reethi vaahaka 🙂

    1. iff says:
      October 31, 2017 at 5:10 pm

      Thank yu shereen ???

  18. maureen says:
    October 30, 2017 at 1:47 pm

    v kiyaa hithun kiyan feshi story eh mee ekam fahun up nukohdheytthy rulhigada vefa hurevunee kiyan fuhi vefa ekam hama mi story fenunyma nukiyaa nuhurevunee v v reethi mi part waiting for next part … uhmeedhu kurany mi vahaka dhen avahah up kohdheynekamah.thihen hadhan ya v fuhivey vahaka kiyan ..

    1. iff says:
      October 31, 2017 at 5:13 pm

      Oops so sorry mau ?
      Dhn ragalhuvaane. Insha allah ??
      N thank yu ???

Comments are closed.

Next Episodeއަވްލީން (15ވަނަ ބައި)←


All Right Reserved!