މީޝާ (5)
” ކައިޝް….” މީޝާއަށް މަޑުމަޑުން ބުނެވުނެވެ. މީީޝާއާއި ވިއްސަކަށް ފޫޓް ދުރުގައި ގެޖީބަށް އަތްޖަހާގެން ސީީދާ މީޝާއަށް ބަލަން ހުރީ ހަމަ އެސޫރައެވެ. މީގެ ދޮޅުމަސް ކުރިން މީޝާގެ ހިތުގައި އެސޫރ ކުރަހާލެވިގެން ދިޔަ ސޫރައެވެ.ހަމަ އެބެލުމެވެ.
” މީޝް އެއީ ކައިޝްދޯ.. އެކަމަކު އޭނާ މިތާ ކީއްކުރަނީ ..އަި އެވެސް މިތާ ޔުނީފޯމްގަ..” ޔަނާލް އޭނާގެ ހިތުގައިވާ ސުވާލުތައް ބޭރުކޮށްލިއެވެ. ހުުދު މީޝާވެސް ހުރީ އެސުވާލު ތަކުގެ ޖަވާބު ބޭނުން ވެފައެވެ. ” ނޭނގެ.. ހިނގާ ދާން..” އެޒުވާނާ ބަލާވަރުން މީޝާއަށް އުނދުގޫ ވުމުން މީޝާ ސްކޫލަށް ވަންނަން ހިނގައި ގަތެވެ. އޭނާ ހާދަ ބަލައޭ އެބަ.. ޔިނާލް އަށް ވެސް ބަލާކަން ފާހަގަ ވުމުން އެހެން ބުންޏެވެ.
ކެއިޝް ހުރިތާ ހުރީ އެހާ ދުވަހުގެ އިންތިޒާރަށް ފަހު އޭނާ ހިތްއެދޭ ސޫރަ ފެނުމުން ހަދާނެގޮތް ނޭނގިފައެވެ. މީޝާ ކައިރިއަށް ދާން ކިތެއްމެ ބޭނުން ވިނަމަވެސް އޭނާގެ ފައި ހަރަކާތެއް ނުކުރިއެވެ. އެދުލުން މީޝް ކިޔާ ގޮވާލަން ބޭނުން ވި ނަމަވެސް ހީވީ ދުލުގައި ތަޅެއް ލެވުނު ހެނެވެ. މީޝާ ވަދެގެން ގޮސް ލޯމަތިން ގެއްލެން ދެން ބަލަން ހުރުން ނޫންކަމެއް ކައިޝް އަކަށް ނުވިއެވެ.
މަޑުމަޑުން ހިނގަމުން ގޮސް ސްކޫލް ބަގީޗާތެރޭ އިން ގޮނޑިއެއްގައި އިށީނެވެ. ކައިޝް ގެ ހިޔާލަށް އައީ މީގެ ދޮޅުމަސް ކުރިއެވެ.
އެއީ ގްރޭޑް އެގާރައަށް ކިޔެވުމަށް ސްކޫލަށް ދިޔަ ފުރަތަމަ ދުވަހެވެ. ކުލާހުގައި އިނދެފައި ކައިޝް އަވަސް އެރުވާލައިފައި ނިކުތީ ފާހާނަކަށް ދިއުމަށް ށެވެ. ބަލާނުލާ ހިނގައި ގަންތަނާ މީޝާ އޭނާގެ ގައިގާ މީޝާ އަޅާގަނެ ވެއްޓުނެވެ.ފުރަތަމަ ވެސް މީޝާފެނި އޭނާގެ ހިތުން ޖާގައެއް މީޝާ އަށް ދެވުނީ ހުދު އޭނާއަށް ވެސް ނޭނގިއެވެ. އޭގެ ފަހުން ކްލާހުގައި އިން އިރުވެސް ސިއްރުން މީޝާއަށް ބެލަމުން ދިޔައީ އެސޫރަފެނުމުން ކައިޝް އަށް ހިންހަމަޖެހުން ލިބޭތީއެވެ. ސްކޫލުން ނިމިގެން ގޮސް ޝަވަން އަށް ގުޅާ އަންނަން ބުނީ އެކަމާ މަޝްވަރާކޮށް ލުމައްޓަކައެވެ. ނަމަވެސް އެދުވަހު ދެން ދިމާވީ އުންމީދު ކޮށްގެން ހުރި ކަންތަކެއް ނޫނެވެ. ކައިޝް ކުރިމތީ މީޝާ ރުއިތަން ފެނި ކައިޝް ގެ ލޮލުން ވެސް ކަރުނަ ހިލުނެވެ. ކިތައްމެ ފަހަރަކު މީޝާ ގެނެސް އެއަތުގެ ތެރޭ ފޮރުވާލަން އެހިތް ބޭނުން ވިއެވެ. އެހެނަސް…
އަލިފާނުގެ ހާދިސާއަށް ފަހު ހަފްތާއެއް ވެގެން ދިޔައިރުވެސް މީޝާގެ އެއްވެސް ހަބަރެއް ކައިޝް އަށް ލިބޭގޮތެއް ނުވިއެވެ. ކައިޝް ހާސްވި ނަމަވެސް ޔަނާލް ވެސް ސްކޫލަށް ނާންނާތީ އިތުރު ގޮތެއް ކައިޝް އަކަށް ނެތެވެ. މީޝާ ދަންނަ އެހެން ކުއްޖެއް ކައިޝް އަކަށް ނޭގެއެވެ. މީޝާ އަނެއްކާ މާބޮޑަށް ބަލިވީބާއެވެ.؟ އެންމެ ފަހުން ކައިޝް އަށް ކެތްނުވުމުން ޝަވަން އަށް އޭނާގެ ހިތުގެ ހާލު ކިޔާދިނެވެ. ” މިއަދު އިނގުނީ މީޝާ ސްކޫލުން ވެސް ކެނޑުނުކަން.. އަހަރެން ބޭނުން މީޝާ ވީތަނެއް ހޯދަން.. ” ރަސްފަންނު ތޮށގަނޑުމަތީ އިށީންނަމުން ކައިޝް ބުންޏެވެ. ” ކިހިނެއް ހޯދާނީ.. އޭނާ ދަންނަ މީހަކުވެސް ނޭނގޭ .. ” ޝަވަން އޭނާގެ އެކުވެރިޔާގެ ހާލަށް ހަމްދަރުދީ ވިއެވެ. ” ކޮންމެސް ގޮތެއް އޮންނާނެ..” ކައިޝް އުންމީދު ކަނޑާލަން ބޭނުން ނުވެއެވެ. ޝަވަން ކައިޝް އަށް ބަލާލިއެވެ. ކައިޝް މީޝާދެކެވާ ލޯބި ފެނި ކޮންމެގޮތަކުން ވިޔަސް މީޝާގެ ހަބަރެއް ހޯދޭތޯ ބަލަން އަޒުމް ކަނޑައެޅިއެވެ.
ދެދުވަހުން ކުރި މަސައްކަތުން މީޝާމެން ވީ މެލޭއަށް ބަދަލުވިކަން ޝަވަން އަށް އިނގުނެވެ. ޝަވަން ގެ ރައްޓެއްސެއްގެ ފަރާތުން އެގުނު ގޮތުގައި މީޝާ މެލޭ ސްކޫލަކަށް ވަންކަން ވެސް އިނގުނެވެ. ކައިޝް އަށް އެޚަބަރު ލިބުމުން ހީވީ ގެއީު އެއްކޮށް އައި ހެނެވެ. ޝަވަން ގައިގާ ބައްދާލީ ވީ އުފަލެއްގެ ބޮޑުކަމުން ނެވެ. ހަމަ އެރޭ ކައާޝް މެލޭއަށް ކިޔެވުން ބަަދަލުވާން ބޭނުން ވާހަކަ އޭނާގެ ބައްޕަގާތު ބުންޏެވެ.
” އެއީ އަނެއްކާ ކިހިނެއްވީ…؟” ހައިރާންވެފައި ނާޒިމް ސުވާލު ކުރިއެވެ. އާތިކާ އަށް ވެސް ވީ އެވަރެވެ. އޯލެވެލް ނިންމި އިރަށް ކައިޝް ކައިރީ މެލޭ އަށް ދާން ނާޒިމް އެދުނެވެ. ނަމަވެސް މަންމަ އާއީ ބައްޕަ ދޫކޮށް އެހެންތާކު ނޫޅެވޭނެ ކަމަށް ބުނެ ކައިޝްނުދިޔައެވެ. ސްކޫލު ކިޔެވުން ފެށި ދެމަސް ނުވެ މެލޭ އަށް ާން ބޭނުން ވީތީ އެހެން ކޮންމެވެސް ކަމެއް ވާނެކަން ނާޒިމް އަށް ވިސް ނުނެވެ. ފަހުން އެސުވާލު ވާހަކަ ދައްކަން ނާޒިމް ނިއްމީ ކިޔާން އެވަގުތު އެތާ އިނީމައެވެ. ” އޯކޭ ބައްޕައަށް … ބައްޕަވެސް ބޭނުންވޭ ދަރިފުޅުމެނަށް ރަނގަޅު ތައުލީމް ހޯދައިދީ ޤާބިލް ބަޔަކަށް ހަަދަން .. ” ނާޒިމް އެއްބަސް ވުމުން ކައިޝް ވަރަށް އުފާވިއެވެ. ހަމަ އެވަގުތު އުފަލުން ނަށާލަން ބޭނުންވި ނަމަވެސް އޭނާ ކެއްކޮއްލީ ވަގުތުގެ ގޮތުން އެންމެ ރަނގަޅު ވަގުތު ނޫން ވީތީއެވެ. ހަފްތާއެއް ތެރޭ ކައިޝް މެލޭޝިޔާއަށް ދިއުމުގެ ހުރިހާ ކަމެއް ނިންމީ ކައިޝް ވީއެންމެ އަވަސް ކޮށް ދިނުމަށް އެދުމުންނެވެ.
” ދަރިފުޅާ ކައިޝް.. ” ނާޒިމް ކައިޝް ގެ ކޮޓަރިއަށް ވަންނަމުން ފޮއްޓަށް އެއްޗެހި އަޅަން ހުރި ކައިޝް އަށް ގޮވާލިއެވެ. ” ލައްބަ ބައްޕާ..” ކައިޝް ކުރަން ހުރި ކަންތައް ހުއްޓާުމަށްފަހު ނާޒިމް އާދިމާލަށް އެނބުރުނެވެ.
” ބައްޕަ ބޭނުން ކުއްލިއަކަށް ދަރިފުޅު މެލޭ އަށް ދާން ބޭނުންވީ ކީއްވެތޯ ބަލަން.. ބައްޕަ އަށް އިނގޭ ދަރިފުޅު ކޮންމެވެސް އެހެންކަމެއް ވާކަން..އެހެން ނޫނީ ހަމަ ވަކި ސްކޫލަކުން ޖާގަ ހޯދަން ވެސް ނުބުނާނެ.. އަޅެ ބައްޕަ ކާރީ ނުބުނެވޭނެތަ؟ ” . ނާޒިމް އޭނާއެނގެން ބޭނުންވާތީ އެސުވާުތައް ކުރީ ކައިޝް ދޮގު ނުހަދާ ތެދަށް ކިޔާދޭނެކަން ޔަގީން ވާތީއެވެ. ކައިޝް އިސްޖަހާލީ ބުނަން ނުކެރުނީމައެވެ. ދުވަހަކުވެސް އަންހެން ކުއްޖެއްގެ ވާހަކަ ކައިޝް ބައްޕަ ކައިރީ ނުދައްކައެވެ. އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟ މިދަނީ މީޝާ ހޯދާށޭ ހެއްޔެވެ؟ ބައްޕަ ކައިރީ ބުނުމުން ދާން އެއްބަސް ވާނެ ބާއެވެ.؟ނުވެއްޖެ ނަމަ ދެން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ..؟ދޮގު ހަދަން ވެސް ކައިޝް ޖެހިލުން ވެއެވެ. ކައިޝް ހާސް ވާން ފެށިއެވެ..
ކައިޝް ހިއްވަރުކޮށްފައި ބައްޕަ އަށް ކަންވީގޮތް ކިޔާދިނެވެ. ކައިޝްގެ ވާހަކަ އަޑު އަން އިނދެފަ ނާޒިމް ކުއްލިއަކަށް ތެދުވިއެވެ. ކައިޝް ލޯމަރާލީ އޭނާގެ ބައްޕަ ރުޅިއައީކަމަށް ހީކޮށް ހާސްވީވަރުންނެވެ. ” ބައްޕަ އޭރުވެސް ހިތައް އެރީއޭ ތިކަހަަލަ ކަމެކޭ.. އެކަމަކު ދަރިފުޅު ވާނެ ކިޔަވަން.. ކޮންމެ ތާކު އުޅުނަސް ތީ މުސްލިމެއްކަން ހަނދާނ ބަހައްޓާތި…” ބައްޕަގެ ވާހަކަ އިވުމުން ކައިޝް އުފަލުން ބައްޕަގާ ބައްދާ ގަތެވެ. އަދި ޝުކުރު އަދާކުރިއެވެ. އެކަހަލަ ވިސްނޭ ބައްޕަ އެއް ލިބުނީތީ ކައިޝް އުފާކުރިއެވެ.
“ކޮބާ ރެޑީނުވޭތަ؟” އާތިކާ ކައިޝް ކޮޓަރިއަށް ވަންނަމުން ސުވާލު ކޮއްލީ އެއަރ ޕޯޓަށް ދާން ޖެހޭގެޑި ކައިރިވީމައެވެ. ކައިޝް އަވަހަށް ޕެކިން ނިންމާލުމަށް ފަހު ފޮށި ހިފާން ނިކުތީ ހިންހަމަޖެހިފައި ހުރެވެ. ނާޒިމް ، އާތިކާ އާއި ކިޔާން ގެ އިތުރުން ޝަވަން ވެސް ކައިޝް ފުރުވަން އެއާރ ޕޯޓަށް ދިޔައވެ.
ކައިޝް އަށް ހިޔާލީ ދުނިޔެއިން ބޭރު ވެވުނީ މީހަކު އައިސް ކޮނޑު މަތީ ޖެހުމުން ނެވެ.އޭރު އުކުޅު ވަޅުގައި އަތް ވިއްގާލައިގެން ފިޒާން ހުއްޓެވެ. ފިޒާން އެއީ ކައިޝް އާއެކު އެއް އެޕާރޓު މަންޓަކު އުޅޭ މާލޭ ކުއްޖެކެވެ. އެކީގައި ގިނަވަގުތު އުޅުމުން މިހާރު އެެމެދުގައި އެކުވެރިކަން ވަނީ އުފެދިފައެވެ. މީތާ ކީއްކުރަނީ.. މިއަދު ގޭޓް ކައިރިއަށް ނުދާދުވަރަކީތަ؟ ފިޒާންގެ އާންމު އުސޫލުން ކައިޝް އާ ދިމާކޮއްލިއިވެ. ކޮންމެ ދުވަހަކު އެންމެ ކުރިން އަންނަގޮތައް ކައިޝް ޭޓް ކައިރީ އެންމެން ވަންނަންދެން ހުންނާތީ ވެސް ފިާޒާން ދިމާކޮށް ހަަދައެވެ. ކައިޝް އެކަމާ އަޅާނުލާ ކޮންމެ ދުވަަކު އެތާ މީޝާ ސްކޫލަށް އާދޭތޯ ބަލަން މަޑުކުރެއެވެ.
“އެކަން ވެސް ނިމުނީ ދެން މި.. ދެން ނުޖެހޭނެ އެތާ ހުންނާކަށް.. ” ކައިޝް އެހެން ބުނުމުން ފިޒާން އެއީ ކީއްވެތޯ ސުވާލު ކުރިއެވެ. ނަމަވެސް ފިޒާނަށް ޖަވާބު ދިނުމުގެ ބަދަލުގައި ކައިޝް ކުލާހަށް ދާން ހިނގާގަތެވެ. ކައިޝް އުޅޭ ގޮތުން ބައެއް ފަހަރު ފިޒާން ހައިރާން ވެއެވެ. އެކަމާ އޭނާސުވާލ ނުކުރަނީ ކައިޝް ޖަވާބު ނުދޭނެކަން އިނގޭތީއެވެ.
މީޝާމެން ކުލާހަށް ވަނުމުން ހީކުރިގޮތާ ހިލާފަށް އެންމެންވެސް ވީ ވަރަށް ގުޅޭއެކުވެރި ބަޔަކަށެވެ. އެކަމާ މީޝާ އާއި ޔަނާލް ވަރަށް ހިންހަމަޖެހުނެވެ.” ހާއި .. ގައުމު ކުދިން އައިމަ ފުރެންޑު ވާން ޖެހޭނެއްނު ދޯ.. އަނާ ..” އަނާ އަމިއްލަ ތައާރަފް ވެލަމުން ސަލާމް ކޮއްލިއެވެ މީޝާމެން ވެސް ސަލާން ކުރަމުން ނަން ބުނެލިއެވެ އަނާ އަކީ ވެސް އެކުވެރި އަނގަ ގަދަ މީހުންނާ ގުޅޭ ކުއްޖެއް ކަމުން މީޝާ މެނާ ވާހަކަ ދެއްވީ ވަރަށް ގާތް ކޮނެވެ. ” އަދި އުޅޭނެ ވަރަށް ހޮޓު ދިވެހި ބިޓެއް މިކުލާހުގަ.. ވާނެ ފުރެންޑު ވާން.. ކޮބާތަ؟” އަނާ ކޮޅު ކޮޅު ހޯދަން ފެށީ އެބުނާ ކުއްޖެއް ފެނޭތޯ އެވެ. އެވަގުތު ދޮރުން ވަދެގެން އައި ކައިޝް ފެނުމުން އަނާގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ. ” އެއޮއް އައީނު.. މީޝް މީޓް މައި ބީއެފް.. ކައިޝް..” ފަރިހި ނގުމެއްގައި އަނާގޮސް ކައިޝް އަތުގައި ހިފާަމުން ބުންޏެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.



Wow… Varah rythi??… Bf..
. kon gothakah baa e maana kurii… Best friend or boy friend… Waiting for next part
Thanks suwa..☺ let’s see dhw bf maana ekurury kihineh kan..?
Love this story….next part kon irakun tha….♡♡♡
Thanks Leo..☺ in sha Allah tomorrow genesdheynan..☺
Hey guys.. here’s the fifth part of the story… Hurihaa kudhinah vs kamudhaane kamah ummeedhu kurany.. rangalhu kohlan jehey kanthah thah faahaga kohlun edhen☺???
woww. hama habeyss. omg BF eyy. best friend or boy friend. curious to see. nxt part avahah up kohlahcheyy.. waitngwa
*waiting
Thanks sjk☺ next part ga ingeyne ..
Wow very nice ❤??
Waiting for next part..
Thanks naul
Wow. Waiting for the next part
Thanks ☺☺☺☺☺☺
Cute