Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދަރިފުޅު (10 ވަނަ ބައި)

Maree Level 110 Stories
October 29, 2017 3 Mins Read
10 Comments

“ހަސަން! އަވަސްކުރޭ! އައިންތުގެ ދަރިފުޅާ، ރިޝޫގެދަރިފުޅަށް ކަމެއްވިތޯބަލާބަލަ! ދޭބަލަ!”  ފާތުންނަށްވެގެން އުޅޭގޮތެއް އެއްކޮށް ނޭނގުނަސް، އޭނާގެ ކޮއްކޮމެންގެ ދަރިންނާވެސް ދިމާވެގެން އުޅޭކަންތައްތަކަކީ އާލިޔާއާވެސް ދިމާވެގެން އުޅޭކަންތައްކަމަށް ގަބޫލުކުރަމުން ބޭނުންވީ އެ ދަރިންކޮޅު ސަލާމަތުން ތިބިތޯ ބަލާށެވެ.

ހަސަން ބަލާކަށްނުހުރެ އަވަސްވެގަތީ ފާތުން އެބުނިހެން އެ ގެތަކަށް ދާށެވެ. ކާއިރީގައިހުރި ޝަޔާންގެ އެކުވެރިޔާ ޔޫޝައު ގާތު ހިނގާށޭ ބުނެ އަވަހަށް ދޮރާދިމާލަށް އެރިތަނާ ހަސަންބެ ހަސަން ހުއްޓުވިއެވެ.

“މަޑުކުރޭ!، އަހަރެން ބުނާ ގޮތެއްހަދަންޏާ، ކަލޭގެ އަންހެނުންނާ ދަރި ގޮވައިގެން އައިސާމަނިކެމެންގެއަށް އާދޭ. އެގެއަށްދާން ސަކީނާގާތުވެސް އޭނާގެ އައިމިނަތުއާ ދަރިފުޅު ގޮވައިގެން އަންނާށޭ އަހަރެންބުނެފިން. އައިހަމްއަށް ކިޔެވެލިކިޔަވަ ކިޔަވާހުއްޓާ އޭނާވެސް އަހަންނަށް ގުޅި. ހަމަ ތިފަދަކަމަކާއިގެން. ޝަޔާނުވެސް އަހަންނަށް ހަމަ ދެންމެގުޅާއިފި އޭނާގެ ދަރިފުޅު ޒާކަށްވެސް އަނިޔާކޮށްގެން. އެހެންވީމަ އެންމެން ދާންވީ އެގެއަށް. ތިވެގެންއުޅޭ ހުރިހާކަމެއްވެގެން ތިއުޅެނީ އަހަންނަށް ހީވަނީ، އައިސާމަނިކެމެންގޭގަހެން. އަހަރެން މިއައީ އެގޭ އައިހަމް މައިތިރިކޮށްދީފަ. އެކަމަކު ވަގުތުނަގާނުލާ، ހުރިހާ ކުއްދިން އެއްތަންކޮށްގެން މިކަމެއްދިމާ ވެގެންއުޅޭ ސަބަބެއް އޮޅުންފިލުވައިގެން މި ޖިންނި މައިތިރިކުރެވޭނީ. ” ހަސަންބެ ހަދަންވީގޮތެއް ބާރު ބާރަށް ހަސަނަށް ކިޔައިދެމުންދިޔައިރު ހީވީ އެވަގުތު ގޭތެރޭގައި ތިބި އެންމެންނަށް ކަންކުރަންވީގޮތް ކިޔައިދެމުންދިޔަހެނެވެ.

ފާތުންބުނިގޮތަށް ކަންތައްކުރަން ފައިވިއްދާފައިހުރި ހަސަން ވަގުތުން ބޭރަށްދިއުމުގެ ހިޔާކުދޫކޮށްލައި އަވަސްވެގަތީ އަނބިމީހާއާއި ދަރިފުޅު ގޮވައިގެން އައިޝާމެންގެ ގެއަށްދާށެވެ. އެވަގުތު މަންމަ އައިމިނާމަނިކެ ގޮސް މުނާމެންގެ ކޮޓަރީގެ ދޮރުތަޅާ މުނާމެންހޭލައްވާލިއެވެ. ނިދިންހޭލައިގެން އައިސް ކުނިމޫނާއިގެން މުނާކޮޓަރިދޮރުހުޅުވާލާ މަންމަގާތު ކިހިނެތްވީތޯ ސުވާލުކުރިއެވެ. އޭރުވެސް މުނާއަށް ލޯހުޅުވެނީ ހަމަ ކިރިޔާއެވެ.

“ސާބަސް! ހޭ އަރާބަލަ. ކިނާން ހޭލައްވައިގެން ހިނގާބަލަ އައިޝާމެންގެއަށްދާން ދަރިފުޅާ! އާލިޔާ ކޮއްކޮ ހަމަރަނގަޅަށްވެސް ޖިންނިއަވަލާއިފި.” އައިމިނާމަނިކެ މުނާއަށް  އާލިޔާއަށް ވެގެންއުޅޭގޮތެއްކިޔައިދިން އިރު މުޅިމީހާ ރޫރޫއަޅަނީއެވެ.

މަންމަ ދިންހަބަރަކުން މުނާގެ ދެލޯބޮޑުވެ ހަމަރަނގަޅަށްވެސް މުނާއަށް ހޭވެރިކަންވެއްޖެއެވެ. އައިމިނާމަނިކެ ގޭގެ ހާލަތު މޫނާއަށް ކިޔައިދިނުމަށްފަހު ބާރު ސްޕީޑެއްގައި ބޭރުފެންޑާއަށް ހިނގައިގަތީ ފާތުންނާއި ހަސަން ފަހަތުން އައިސާމަނިކެގެ ގެއަށްދާން މިސްރާބުޖަހަމުންނެވެ. މުނާގާތު ލަސްނުވެ އެގެއަށް އަވަހަށް އަންނާށޭބުނަމުންނެވެ. ވެގެންއުޅޭގޮތެއް މާރަނގަޅަކަށް އަދި މުނާއަކަށް ނަގައިނުގަނެވުނެވެ. އެހެންނަމަވެސް ހަމަޔަގީނުންވެސް މަންމަދެއްކި ވާހަކަ އޭނާއަށް ދޭހަވިއެވެ. އެހެންކަމުން އައިޝާގެ ގެއަށްދިއުމަށް ތައްޔާރުވުމަށް  މުނާވެސް އަވަސްވެގަތެވެ.

……………………………………………………………………………………………………………………………………..

ހެނދުނުގެ އަލިކަން ފާޅުވެގެންދިޔައިރު، ހާލާ ކޮވެލީގެ އަޑުފަށްގަނޑަށް އައިންތުއަށްވެސް ހޭވެރިކަންވިއެވެ. އޭނާއަށް ހޭލެވުނީ ފަތިސްނަމާދުގެ ވަގުތުފާއިތުވުމުންކަން އިހުސާސްވިއެވެ. ލޯމަރައިގެން އެނދުގައި ރޫދެމިލަމުން އައިންތު އެއްއަތުން އެނދުމަތީގައި އަތްކާއްތާލީ މާއިންގެ ގައިގައި ފިރުމާލުމުގެ ނިޔަތުގައެވެ. ނަމަވެސް އޭނާގެ މަގަތުގައި މާއިނެއްނެތެވެ. ދަރިފުޅު މާއިން ނެތްކަން އިހުސާސްވުމާއިއެކު އައިންތުގެ ދެލޯހުޅުވައިލާ ކަނާތްފަރާތަށް އެނބުރި މާއިންއޮންނަތަނަށް ބަލާލިއެވެ. ވަގުތުން އައިންތު ކަންބޮޑުވެއްޖެއެވެ. އަނެއްކާވެސް މާއިނަށް ކަމެއްދިމާވީބާއޭ ހިތަށްއަރަމުން އަވަހަށް އޮތްތަނުންތެދުވިއެވެ. ހަލުވި ސްޕީޑެއްގައި ކޮޓަރިން ނުކުތުމަށް ހިނގައިގަތީ އަނެއްކާވެސް މާއިން ބޭރަށްދިޔައީކަމަށް ހީކޮށެވެ. ވަރަށްބާރަށް މާއިން އޭ ގޮވަމުން، އައިންތު ގޭ ފެންޑާއަށް ދިޔައިރު ހީވަނީ ހަދާނެގޮތްހުސްވެގެން އުޅޭމީހެއްހެނެވެ. އައިންތުގެ ހަޅޭކަށް މަންމަ ސަކީނާއާއި ކޮއްކޮ ޝާންވެސް ހޭއަރާއިފިއެވެ.

“މަންމާ ކޮބާތަ މާއިން! އޭނަ ކޮޓަރިއަކުނެތް.” އަޑުގައި ތުރުތުރުކަމެއްހުރި އިރު އައިންތުގެ ދެއަތްތިލަވެސް ރޫރޫއަޅައެވެ. މާއިނަށް އަނެއްކާވެސް ކަމެއްވީކަމަށް ހީކޮށް އައިންތު ވަރަށްކަންބޮޑުވެއްޖެއެވެ. މަންމައާއި  އެ ސުވާލުކުރިއިރު ހީވަނީ މަންމައަށް މާއިން ވީތަނެއް އެނގޭނެހެނެވެ.

“ދަރިފުޅާ! ހަމަ ޖެހިބަލަ! މަންމައެއް މާއިނެއް ނުދެކެން. އަނެއްކާ މާއިން ނިދީގަ ހިނގީތަ؟ ބޭރަށްދިޔައީތަ؟” ސަކީނާއަކަށް މާބައިވަރު ވާހަކައެއްނުދެއްކެނީސް ބޭރު ބަދިގެ ފަރާތަށްނުކުމެހުރި ޝާންގެ އަޑުފަށްގަނޑަށް ދެމީހުންސިހިގެންދިޔައެވެ. ހަމަ އެ ސިކުންތު ބަލާކަށްނުހުރެ، އައިންތުއާއި ސަކީނާ ބޭރަށްދުއްވައިގަތީ ޝާންގެ އަޑުއައިދިމާލަށެވެ. ޝާންއެހެރީ މާއިންހޯދަމުންގޮސް ބަދިގޭފުރަގަހުގައި އޮންނަ ކެޔޮފީންޏަށް އެރިއެވެ. ލައިގެން ހުރި ސޯޓާއި ޓީޝާޓުގައި ހުސްކިލައެވެ. ޝާންގުދުވެ އޮވެ ވަރަށްމަސަތްކަތުން ހަނގުރާމައެއްކުރަމުން ދާހެން، މާއިން މައިތިރިވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ހޯދަމުންދިޔަ އައިންތުގެ ލޯބިވާ ދަރިފުޅު އެއުޅެނީ ކިހިނެތްހެއްޔެވެ. އޭނާ އެ ރުޅިގަދަވެގެން އުޅެނީ ކޮންކަމަކާހެއްޔެވެ. މާއިނާ މަންމަ ސަކީނާއަށް ހިނދުކޮޅަކަށް ހުރެވުނީ މާއިނަށް އައިސްފައިވާ ބަދަލާއިމެދު ހައިރާންވެ ބުނާނެއެއްޗެއްނޭނގިފައެވެ.

މާއިން އެއުޅެނީ ވަޅެއްކޮނެގެނެވެ. އޭނާ ޝާންއާ އެހަނގުރާމަ ކުރަނީ އެވަޅުތެރެއަށް ނުފޭބިގެންނެވެ. ދެލޮލުގައި ރުޅިވެރިކަން ހުރި މާއިނަށް ހީވަނީ ރޫހާނީ ބާރެއްލިބިފައި ހުރިހެންނެވެ. އޭނާގެ ކަރުބުޑުން ނެރެމުން ދިޔަ އަޑުން އައިންތު ބިރުގަނެ ރޮވެންފަށައިފިއެވެ. “އަވަސް، އާދެބަލަ….. އަހަރެން އެކަންޏެއް އޭނަ މައިތިރިއެއްނުވާނެ. ބަލަން ނުތިބެ އާދެބަލަ..” މާނޭވާ ލަމުން ޝާން މަދަދަށް އެދުނެވެ. އައިންތުމެން ދެން ގޮސް މާއިންގެ އަތުގައާއި ފައިގައި ހިފައި  ގޭ އެތެރެއަށްވެއްދުމަށް އޭނާ ބިމުން ނެގިއެވެ. އިރުކޮޅެއްގެތެރޭ މާއިންގޭތެރެއަށް ވެއްދިއްޖެއެވެ. އަދިވެސް މާއިންގެ ހަރަކާތަކަށް ބަދަލެއްނާދެއެވެ. ފެންޑާގައި ހުރި ސޯފާގައި މާއިންބޭއްވުމަށް މަސައްކަތްކުރުމުން، އަމިއްލަ އަތުގައި ދަތްއަޅައި ތަންގަނޑަކުން ލޭއަރުވާލިއެވެ. އެއިރު މާއިނަށް ވެގެންއުޅޭ ގޮތެއްނޭނގިގެން އައިންތުއާއި ސަކީނާއަށް ރޮވެމުންދިޔައެވެ. ކަނޑައިގެންދިޔަ ތަނުން ލޭމަނާކުރެވޭތޯ ޝާން މަސައްކަތްފެށިއެވެ.

“ދޫކުރޭ! ކަލޭމެންގެ ދަރިއަކަށް ދިރިހުރުމުގެ ހައްޤެއްނެތް!” ބަރުއަޑަކުން މާއިން ވާހަކަދައްކަން ފެށުމުން ސިހިގެންގޮސް ވަގުތުން މާއިންގެއަތުން ޝާންއަށް ދޫކޮށްލެވުނީ ބިރުގަތްވަރުންނެވެ. އައިންތުއާއި ސަކީނާއަށްވެސް ވީ ހަމަ އެވަރެވެ. ހަމަ ދަނޑިވަޅަށް މާއިން އިންތަނުންތެދުވެ އޭނާގެ ހަށިގަނޑު ސީދަކޮށްލައި ހިނިތުންވެލިއެވެ. މާއިން ހީލާފައިހުރިއިރު ދަތްޕިލާގައި ލޭހުއްޓެވެ. ވައަތު އަތްތިލާގައި ދަތްއަޅާފައިހުރިތަނުން ލޭ އަންނަމުންދިޔައިރު މާއިނަށް ތަދުގެ އިހުސާސެއްވެސްނުވާކަހަލައެވެ. އައިންތުމެން ބަލަންހުއްޓާ އެއޮތްގެން މާއިން ފަތްޖަހަނީއެވެ. އެކުއްޖާގެ ހަށިގަނޑު ފުރަގަހުން ބިންދަމުންދިޔައިރުވެސް މާއިނަށް ހެވެނީއެވެ. މިހާހިސާބުން ސަކީނާއަށް ވެގެންއުޅޭކަމެއް ކަށަވަރުވެއްޖެއެވެ. ޝާންއާއި އައިންތު އަނެއްކާވެސް ތެޅެމުން ފޮޅެމުން ރޮމުން އަވަހަށް ގޮސް މާއިންގެ ހަށިގަނޑުގައި ހިފައި އެކުއްޖާ މައިތިރިކުރެވޭތޯ މަސައްކަތްފެށިއެވެ. އެވަގުތު ސަކީނާ އޭނާގެ ފޯނު އޮތްތަނަކުން ހޯދައި ރަށުގެ އެންމެ މޮޅު ފަންޑިތަވެރިޔާ ހަސަންބެއަށް ގުޅާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maree

Level 110 Stories

Not a professional writer by any mean! Just a learner! Trying to express the thoughts that comes to my mind.

Other Articles

Previous

ސިއްރުން މިހިތާ ކުޅެނީހޭ (ހަވަނަބައި)

Next

އަވްލީން (14ވަނަ ބައި)

Next
October 29, 2017

އަވްލީން (14ވަނަ ބައި)

Previews
October 29, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ހަވަނަބައި)

10 Comments!

  1. yumm says:
    October 29, 2017 at 9:20 am

    v nice

    1. Maree says:
      October 29, 2017 at 3:31 pm

      Thank you yumm 🙂

  2. Magolaa says:
    October 29, 2017 at 11:52 am

    Haadhahaaa kurey dhenn… Konme dhuvahaku 2 episode varu up kohgen nimmaalabala avahah

  3. thalpalhey ? says:
    October 29, 2017 at 11:55 am

    Haadha kurey..?? mivarun vhk nuliyunniyyaa rangalhu vaany

  4. nasma says:
    October 29, 2017 at 12:11 pm

    v nice

  5. fathimath ismail says:
    October 29, 2017 at 12:16 pm

    v reethi

  6. nishan says:
    October 29, 2017 at 12:17 pm

    v habeys

  7. shamy says:
    October 29, 2017 at 4:44 pm

    This is a hama habeys story eh buneveny.. 😀 hama heevany kurimatin mi hurihaa manzareh sifavaahen.. Aneh episode ge intizaaruga mi hury.. Avahan up kohlahjey.. Waiting ofr next episode 🙂

  8. Shareef says:
    October 30, 2017 at 6:05 am

    Dhen mi ninman vejje vaahaka eh dho ?

  9. ހުސެން says:
    January 24, 2018 at 8:04 am

    ބިރު ގަނެއްޖެ

Comments are closed.

Next Episodeދަރިފުޅު (11 ވަނަ ބައި)←


All Right Reserved!