Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ހަޤީޤަތް ނޭނގެނީ ކީއްވެބާ..؟ (1 ވަނަ ބައި)

Ernth Level 1
October 28, 2017 6 Mins Read
8 Comments

  އުޑު މަތި ބަނަ ވިއްސާރަ ހަވީރެކެވެ. ވައި ގަދަވެ ކަނޑުގެ ބާނިތައް ވެސް ވަނީ އުފުލިފަ އެވެ. މަންޒަރު ކިތަންމެ ހިތްގައިމު ވިޔަސް ވިދާލާ ވިދު ވަރާއި އެކު ޖަހާލާ ގުގުރި ތަކުގެ ސަބަބުން ބޭރު ތެރޭ އުޅެން ރައްކާތެރި އެއް ނޫނެވެ. ވާރޭ ކަނި ތަކަށް ފަހު ބޮލި ބޮލި ކޮށް ވާރޭ ވެހެން ފެށި އިރު ވެސް ހުރި ތަނުން ގުޑި ލާން ވެސް ނޭނގިފަ 16 އަހަރަށް ދާ ޝާހިން ހުރި އެވެ. ފަޅާ އެރި އެންމެ ސިއްރެއްގެ ސަބަބުން އެ ހަޔާތަށް ވަނީ ބަދަލު ތަކެއް އައިސްފަ އެވެ. އެ ހިތްވަރު ގަދަ ދޫ ފަރިތަ ކުއްޖާގެ ދޫ ވަނީ ބަންދުވެފަ އެވެ.

  މީގެ ތިން މަސްވަރު ކުރިއެވެ. 5 މެމްބަރުން ހިމެނޭ ޝާހިން ގެ އުފާވެރި އާއިލާ އަށް ކަޅު ހިޔަނި އެޅެނަ ފެށީ އޭނަގެ ބައްޕަ އެނބުރި އައުމުން ނެވެ. ދޮންތަ ޝައުފާގެ ކައިވެންޏަށް ބައްޕަ ގެ ދެވަނަ އާއިލާ އާއި އެކު އައިސް ޝާހިން މެން ގޭގަ ވަޒަންވެރި ވުމާއި އެކު އާއިލާ ތެރޭ މައްސަލަ ޖެހެން ފެށުނެވެ. އާއިލާ ތެރޭ އޮތް އުފާވެރިކަން ގެއްލި އާއިލާ ދެބަޔަކަށް ބެހުނު ކަހަލައެވެ.

  ހަމަ މިފަދަ ހަވީރެކެވެ. ބިޒްނަސް ފެއާރ އަށް ސްކޫލް ތައްޔާރު ކުރަން ހުރުމަށް ފަހު ޝާހިން ގެޔަށް އައީ މަޤްރިބު ނަމާދަށް ބަންގި ގޮވަން ކައިރި ވެފަ ހުއްޓާ އެވެ. ޝާހިން ގޭތެރެއިން ވަދެގެން ގޮސް ގެޔާ ވަކިން ހަދާފަ ހުރި އޭނަ ގެ ކޮޓަރި އަށް ވަން އިރު އެ ކޮޓަރި ތެރޭ ކުޑަ އަންހެން ކުއްޖެ ހުރި އެވެ. އޭނަ ގެ އެނދުމަތީ އިށީނދެ އޭނަ އާއި އޭނަގެ އެކުވެރިންގެ ފޮޓޯ ހިމެނޭ އަލްބަމް ބަލަން އެ ކުއްޖާ ހުރި ތަން ފެނުމުން ޝާހިން ހައިރާންވި އެވެ. އެ ކޮޓަރި އަށް މީގެ ކުރިން މީހަކު ވަދެފަ ނުވާ އިރު ކޮޓަރި އަށް ވަނުމުގެ ހުއްދަ އޭނަ އެކަކަށް ވެސް ދީފަ ނުވާތީ އެވެ. ޝާހިން ފެނުމުން އެ ކުއްޖަ ހިނިތުންވެލި އެވެ. ޝާހިން ވެސް ހިނިތުންވެލަމުން އޭނަގެ ފޮތް ޝެލްފަށް ޖެހި އެވެ. “ތިއީ ކޮން ކުއްޖެއްތަ؟” ޝާހިން އަހާލި އެވެ. “ރިއާ.” 7 އަހަރަށް ދާ ރިއާ ބުނެލި އެވެ. “ދެން މިތާ ކީއް ތި ކުރަނީ؟” ޝާހިން މިހެން އެހުމުން އެ އަންހެން ކުއްޖާ އަލްބަމް ދައްކާލަމުން ފޮޓޯ ބަލަނީ ކަމަށް ބުނެލި އެވެ. ޝާހިން ޗޮކެއް ކަނޑާލުމަށް ފަހު ފޯން ނަގާ ދޮންތަ ޝައުފާ އަށް ގުޅާލި އެވެ. “އަޖައިބެއް. މިހާރު ފޯން ވެސް ނަގަން ނޭނގުނު. އެކަމަކު ސްކޫލް ތެރޭ ހުރި އިރު 10 މިނެޓް އިން 10 މިނިޓަށް ގުޅަން އެނގުނު.” ޝައުފާ ފޯން އަށް ޖަވާބެއް ނުދިނުމުން ޝާހިން ނުރުހިފަ ބުނެލި އެވެ. ޝާހިން ފޯން ޗާޖަރަށް ޖެހުމަށް ފަހު ފެންވަރަން ވަނެވެ. ފެންވަރައިގެން ނިކުތް ޝާހިން ސިއްސައިގެން ދިޔާއީ ރިއާ ކައިރީ އިށީނދެ ހުރި ހަރު އުމުރުގެ ފިރިހެން މީހާ ފެނިފަ އެވެ. ޝާހިން އަށް ވީ ގޮތް ފެނިފަ ބޭބެ ހިޝާން ވައްތަރުޖަހާ އެ މީހާ ގާތަށް ހިނި އަޔަސް އޭނަ އެކަމެއް ނުދެއްކި އެވެ.

  “ދެން ތި ކުއްޖަ އަށް ނޭނގުނަސް ހަމަ ޔަޤީނުން ވެސް ތި މީހަކަށް އެނގެން ޖެހޭނެ އެއް ނުން ދޮރުގެ ބޭރުގަ ބޮޑު އަކުރުން ‘ވަނުން މަނާ’ ޖަހާފަ އޮތް ކަން.” ޝާހިން ނުރުހިފަ ބުނެލި އެވެ. “ޝާހިން ދެކިލާ ހިތުން ހަމަ ކެތް ނުވީ.” އެ މީހާ މިހެން ބުނުމުން ޝާހިން ގާތަށް އައީ ހިނި އެވެ. “ބައްޕަ ފަރާތު މީހަކު އަހަރެން ދެކިލަން އައި ފުރަތަމަ ފަހަރު މިއީ. އެހެންވީމަ ހިނި އައީ. ދެން ކޮންމެ ގޮތެއް ވިޔަސް ވަރަށް އުފާ ވެއްޖެ ދިމާ ވުމުން.” ޝާހިން ކަބަޑް ހުޅުވާލުމަށް ފަހު އޭނަގެ ގަމީސް ތަކަށް ބަލަން ހުރެ ހެވިފައި ބުނެލި އެވެ. “ދެން އެހެންވީމަ އުފަލުން ބައްދާލުމެއް ވެސް ނެތް ތަ؟” އެމީހާ މިހެން ބުނުމުން ޝާހިން ހިނިގަނޑެއް ޖަހާލަމުން އޭނަ އަސްލު އުފަލެއް ނުވާ ކަމަށް ބުނެ ގަމީސް ލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. “އަހަރެން އިޝާ ނަމާދަށް ފަހު ގެޔަށް އަންނާނަން. އޭގެ ކުރިން ކޮޓަރިން ނިކުމެވޭތޯ ބަލާތި.” ޝާހިން ތަޅުގައި ހިފައިގެން ހުރެ ފަސް އެނބުރި ބެލުމަށްފަހު މިހެން ބުނުމަށްފަހު ނިކުމެގެން ދިޔަ އެވެ.

  ޝާހިން ބުނި ފަދައިން އޭނަ އެނބުރި އައީ އާދައިގެ މަތިން އިޝާ ނަމާދަށް ފަހު އެވެ. އޭނަ އައިސް ގޭތެރެއަށް ވަން އިރު ބޮޑު ކޮޓަރީގެ ސޯފާ ތަކުގައި ގޭގެ އެންމެން ތިބި އެވެ. “މިއީ ކޮން ބަޔެއްތަ؟” ޝާހިން ރިއާ ގެ އާއިލާ ފެނުމުން އޭނަގެ މަންމަ ފައިހާ ކުރެން އަހާލި އެވެ. ފައިހާ ކަންބޮޑުވެފަ ރިއާ ގެ ބައްޕަ އަށް ބަލާލި އެވެ. ޝައުފާ ގެ މޫނު މަތިން ވެސް ހާސް ކަން ފެނުނު އިރު ބޭބެ ހިޝާން ހުރީ ހެވިފަ އެވެ. “ތެދެއް މަންމާ. ޝާހިން އަށް ބުނެދީ ބަލަ އެއީ ކޮން ބައެއް ކަން.” ހިޝާން ހެވިފައި އެދުނެވެ. ޝާހިން އޭނާގެ މަންމަ ކައިރީ އިށީންނަމުން މަންމަ އަށް ބަލާލި އެވެ. “ކުޑަ މިނުން ނަންތައް ބުނެދީބަލަ.” ޝާހިން ވިސްނަން ހުރެފަ އެދުނެވެ. “އަހަންނަށް ކިޔަނީ ޝާނިމް. ދެން މިއީ ދަރިފުޅު ރިއާ އެންޑް އަންހެނުން ރީނާ.” ޝާނިމް އެމީހުން ތަޢާރަފް ކޮށްދިނެވެ. ދެން އެ ތަނަށް ވެރިވި ހިމޭން ކަން ކަނޑުވާލީ އެ ގޭ ތެރެއަށް އައިސް ވަން ޝާހިން ގެ އެކުވެރިންނެވެ.

  ހުދު ކުލައިގެ އަތް ދިގު ޓީ-ޝާރޓް އަކާއި އެކު ނޭވީ ބްލޫ ޖިންސް ލައިގެން ތިބި އިރު ދެ މީހުންގެ ވެސް އިސްތަށިގަނޑު ހުރީ އެއް ގޮތަކަށް ސްޓައިލް ކޮށްފަ އެވެ. “ކޮބައިތަ އަހަރެންގެ ކިޔުޓް ޑެވިލް؟” ޝާހިން އެ ދެ މީހުންނަށް ބަލަމުން އަހާލި އެވެ. “އޭނަ އަދިވެސް ގޭ ބަންދުން ނުފިލާ.” ފަޒީލް މިހެން ބުނުމުން ޝާނިމް ފައިހާ އަށް ބަލާލީ އޭނަ ކީ އެއްޗެއް ރަނގަޅަށް ދޭހަ ނުވުމުންނެވެ. “އެ ބުނީ ގްރައުންޑެޑް ކޮށްފަ ވާ ވާހަކަ. ތި މީހުން ދައްކާ ވާހަކަ އެނގޭނީ ވަރަށް ވިސްނައިގެން.” ޝައުފާ ފަޒީލް އެ ކީ އެއްޗެއް ޝާނިމް އަށް ފަހުމް ކޮށް ދިނެވެ. “ދެން ހިނގާބަލަ މި ޕްރެޒެންޓޭޝަނެއް ހަދާ ނިންމަން. ނޫނީ އެ ޔޫއީ އަހަރެމެންގެ ދުވަސް ދުއްވާ ވާލާނެ.” ރިފާއު ބުނެލި އެވެ. “ހީމް. ހިނގާ.” ޝާހިން ތެދުވަމުން ބުނެލި އެވެ.

  “ކީއްވެ ޝާހިން ގާތު ތިއީ ކާކު ކަން ނުބުނީ؟” ޝާނިމް އަށް ބަލަމުން ހިޝާން އަހާލި އެވެ. “އަހަރެން ބޭނުމީ ޝާހިން އަށް ވިސްނައިދޭން. އޭނަ އަށް ޝޮކެއް ދޭކަށް ނޫން.” ޝާނިމް ބުނެލި އެވެ. “އޭނަ އަށް ހިތްދަތި ކަން ދޭކަށް ނޫންތަ ތި އުޅެނީ؟” ހިޝާން މިހެން އަހާލުމަށް ފަހު އެ ތަނުން ދިޔަ އެވެ. “އަހަރެން ޝާހިން ގާތު އަހަރެން މިއީ ކާކު ކަން ބުނެދޭނީ ވެސް ކިހިނެތް؟ އަހަންނަށް ހީއެއް ނުވޭ އޭނަ އަހަންނަށް ދުވަހަކުވެސް މާފު ކުރާނެ ހެންނެއް.” ޝާނިމް މާޔޫސް ކަމާއި އެކު ބުނެލި އެވެ.

  ޖެހިގެން އައި ދުވަހުގެ ހެނދުނު ވަގުތެވެ. ކިރެލް ސުކޫލުން އިން ޖެއްސި ފަސް ވަނަ ބެލް އާއި އެކު ކްލާސް ތަކުގަ ކިޔަވައި ދޭން ފެށުނެވެ. ސްކޫލް ގެ އެހެން ކޮރިޑޯ ތަކާ ދުރުގައި ވަކިން ހަދާފަ ހުރި 4 ކްލާސް ހިމެނޭ ކޮރިޑޯ ގުގުމާފަ ވަނީ ހުނުމުގެ އަޑުންނެވެ. އެންމެންގެ ވެސް އަޑު މަޑު ވީ ސްކޫލް ޕްރިންސިޕަލް ޖާވިދު އެ ކޮރިޑޯ މައްޗަށް އެރުމުންނެވެ. 10 އަދި 11 ޖޭ ގެ މެދަށް ހުއްޓެމުން ޖާވިދު ދެ ކޮޅަށް ބޯ ހޫރާލި އެވެ.

  “ފަޅި ސިކުންތަކަށް ވިޔަސް މަޑުން ނުތިބެވެނީތަ؟” ޖާވިދު އެ ދެ ކުލާހުގެ ކުދިންނަށް ބަލަމުން އަހާލިއެވެ. “ފަޅި ސިކުންތެއް ވިޔަސް ހާދަ އަސަ…” “ތި ހުރީ ކުލާހުގަ. ބޭންޑް ރޫމްގައެއް ނޫން. ހަމަ އެއްޗެއްކޭ ކިޔާ އިރަށް ލަވަ ކިޔަން އެބަ ޖެހޭތަ؟” 11 ގެ ދަރިވަރު ޝަމްވީލަށް ބަލަމުން ޖާވިދު ނުރުހިފަ އަހާލިއެވެ. “އޭނައަށް ހުރިހާ ތަނެއް ވާނީ ބޭންޑް ރޫމަށް.” ޝާހިނަށް ބުނެލެވުނެވެ. “ތި މީހުންނަށް ހުރިހާ ތަނެއް ވާނީ ގެޔަށް.” އެ ތަނަށް އައި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ބާޤިރު އެ ދެ ކުލާހުގެ ކުދިންނަށް ބަލަމުން ބުނެލިއެވެ. “މިތާ ތިބެނީ ދެވަނަ މައިންބަފައިން ވީމަ މިތަން ވާނީ ދެވަނަ ގެޔަކަށެއް ނޫން.” ފަޒީލް އަަށް ބުނެލެވުނެވެ. ޖާވިދާއި ބާޤިރު ދެކޮޅަށް ބޯހޫރާލިއެވެ. “މާދަމައިން ފެށިގެން ލީޑަރުންނަށް ލުމުގެ ފުރުސަތު ހުޅުވާލެވޭނެ.” ޖާވިދު މިހެން ބުނުމަށްފަހު ބާޤިރު އާއި އެކު އެތަނުން ދިޔައީ އެ ދެ ކުލާހަށް ޓީޗަރެއް ފޮނުވުމަށް އެދި ސުޕަވައިޒަރު ގާތު ބުނެފައެވެ.

  “ރޭ ތިގޭ ތިބީ ކޮން ބައެއްތަ؟ އަނެއްކާ ޝާހިންގެ ބައްޕަ އާެއިލާ ބައެއްތަ؟” ޖާވިދުމެން ދިޔުމުން ޝާހިން ކުރެން ފަޒީލް އަހާލިއެެވެ. “ބައްޕަގެ އާއިލާ މީހަކަށް ވުރެން ބޮޑަށް އަހަންނަށް ހީވަނީ އެއީ ބައްޕަ ހެން.” އިރުކޮޅަކަށް ހީމޭނުން ހުރުމަށްފަހު ޝާހިން އިއްވާލި ޖުމްލައިން ފަޒީލް ވެސް ސިހުނެވެ. “އެ ކިހިނެއް؟ މި ހުރިހާ ދުވަހަކު ކޮންތާކު އުޅެފަތަ އެ އައީ؟” ފަޒީލަށް އަހާލެވުނެވެ. “ނޭނގޭ. އެކަމަކު މިހާރު އެނބުރި އައުމުން ހުރިހާ ސުވާލެއްގެ ޖަވާބު ލިބެނެތާ.” ޝާހިނަށް ބުނެލެވުނެވެ. “ހަޔާތާއިގެން އަހަރެމެން ކުރިއަށް ދާން އުޅޭ ކޮންމެ ފަހަރަކު ފަސް އެނބުރި ބަލަން މި ޖެހެނީ ކީއްވެތަ؟” ފަޒީލަށް އަހާލެވުނެވެ. ޝާހިން ނޭނގޭ ކަމަށް ބުނެލިއެވެ،

  އޭގެ އިރުކޮޅެއް ފަހެވެ. 10 ގެ ސުޕަވައިޒާރ އިޔާޝް އެ ކުލާހަށް އައިސް ވަނެވެ. އޭނަގެ ފަހަތުން ކަހަލަ ގޮތަކަށް އޭނަގެ ކޮއްކޮ އަދި އެ ކުލާހުގެ ދަރިވަރެއް ކަމުގައިވާ ރޭޝްމާ އައިސް ވަނެވެ. ބިޒްނެސް ހަސީންގެ އާއިލާ އިން މީގެ އަހަރުތަކެއް ކުރިން ރޭޝްމާ އެޑޮޕްޓް ކުރިއިރު އަދި އޭނައަށް 9 އަހަރުވެސް ނުވާނެއެވެ. ހަނދާނުގައި އެއްވެސް އެއްޗެއް ނެތް ހާލުގައި އިންޑިޔާގެ މަގެއްގެ މަތިން ފެނި އެ މީހުން ރޭޝްމާ އާއި ހަވާލު ވީ އިރު ހަޤީޤަތަކީ އަދު އަދަށް ދާންދެން ވެސް އޭނައަށް އޭނަގެ ހަނދާންތައް އެނބުރި ނައަންނަ އިރު އޭނަ އެޑެޕްޓެޑް ކަމެއް އޭނައަކަށް ނޭނގެއެވެ. ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ އާއި ބެހޭގޮތުން ކުޑަ ވާހަކައެއް ދައްކާލުމަށްފަހު އިޔާޝް ދިޔުމުން އޭނަ ކައިރީ އައިސް އިށީން ރޭޝްމާ ވަރަށް ހެވިފަ ޝާހިނަށް ބަލާލިއެވެ. “ކިހިނެތްވީ؟” ޝާހިން މިހާރު އޭނަގެ އެންމެ ގާތް އެކުވެރިޔާ ގާތުން އަހާލިއެވެ. “ކަމޯން ޝާހިން. އޯ ލެވެލް ފެށެން ދެތިން މަހަށް ވެއްޖެ. އެންމެ ފަހުން މި އުޅެނީ 10 އެއް ނިންމަން.” ރޭޝްމާ ބުނެލިއެވެ. “އަހަރެން އުފަލެއްނުވޭ.” ޝާހިން ބުނެލިއެވެ. “އެ ކީއްވެ؟ ނޫނަސް ރޭޝް އެބަ އެހިން ޝާހިންގެ ޖީއެފް މި ސުކޫލާއި ޖޮއިން ކުރާ ވާހަކަ. ފަޒީލް ނުބުނާނަމަ ރޭޝަކަށް ނޭނގޭނެ އެއީ ހުންނަ މީހެއް ކަމެއްވެސް.” ރޭޝްމާ ބުނެލިއެވެ. “އަހަރެން ހުރީ ރީޝް އައިމަ ރޭޝަށް ތައާރަފް ކޮށްދޭން ކަމަށް. އެއީ އީލަންގެ މަންމަ ފަރާތު ބޮޑުދައިތަގެ ހަމައެކަނި ދަރިފުޅު.” އޭނަގެ ލޯބިވެރިޔާ އަކީ ކާކު ކަން ޝާހިން ބުނެދިނުމާއި އެކު ރޭޝްމާ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެހެނަސް ޝާހިނަށް އެކަމެއް ފާހަގައެއް ނުވިއެވެ.

  ހަވީރު ވަގުތެވެ. ހަވީރު ސަޔަށް ފަހަރި ގޮވުމުން ޝާހިން ބަދިގެއަށް ދިޔައެވެ. އޭރު އޭނަގެ އާއިލާގެ އިތުރަށް ބައްޕަގެ ދެވަނަ އާއިލާ އާއި ބައްޕަ ފަރާތު ބޮޑުބޭބެއެއްގެ އަންހެން ދަރިފުޅު އެތާ ހުރިއެވެ. “ކޮބަ ބޭބެ؟” ހިޝާން ފެންނަން ނެތުމުން ޝާހިން އަހާލިއެވެ. “ބެބެ މާ ބުރަ ދުވަހެއް.” ފަހަރި ޔާޝްމީ ބުނެލިއެވެ. “މީރާ ކަހަލަ ކުންފުނި ތަކުގަ މަސައްކަތްކުރާ މީހުންނަށް ބުރަ ނޫން ދުވަހެއް އޮވޭތަ؟” ޝާހިނަށް އަހާލެވުނެވެ. “ތެދެއް ތި ބުނީ. އެކަމަކު އެކަހަލަ ވަޒީފާއަކުން ނޫނީ ރަނގަޅު އާމްދަނީއެއް މިބޭ ކަމަކަށް ނުވޭ.” ޔާޝްމީ ބުނެލިއެވެ. “އާނ. ދެން ޝާހިން ތި ދަނީ ސިފައިންގެ އަށް ވަންނަން ތަމްރީނު ހަދަމުން. ދުވަސް ކޮޅަކުން ތިއިން ކުއްޖެއްގެ ހިޔަނިވެސް މި ގެޔަށް އެޅޭނެ ހެންނެއް މަންމަ އަކަށް ހީއެއް ނުވޭ. އެހާވެސް ބުރަ ވާނެ.” ފައިހާ ބުނެލިއެވެ. “މަންމަ އަށް އެންގުމެއް ނެތި ހިމަންދޫއަށް ތަމްރީނަށް ދިޔުުމުން އެ ރުޅިގަނޑު އަދިވެސް ފިނި ނުވެގެންތަ ތި އުޅުނީ؟” ޝާހިން މިހެން އަހާލުމުން ފައިހާ ބޯޖަހާލިއެވެ. “މަންމަގެވެސް ހުއްދަ އާއި އެކުއެއް ނޫން އަހަރެން މިލިޓަރީ ސުކޫލަށް ވަނީ. ވަން ދުވަހުވެސް ބުނެފަ އޮންނާނެ ކުއްލި ތަމްރީނުތަކުގަ ދާން ޖެހިދާނެ ކަމަށް.” ޝާހިން ބުނެލިއެވެ. “އާނ. އެކަމަކު އެ ގޮތަށް ދިޔުމުން ދެން މަންމަ ދެރަވީ.” ފައިހާ ބުނެލިއެވެ. “ދެތިން މަސް މި ވަނީ. އެކަމަކު މަންމަ އަދިވެސް އަހަންނަށް އެކަމުގަ މާފެއް ނުކުރޭ.” ޝާހިން ބުނެލިއެވެ. “ނޫން. މަންމަގެ ހިތް އަބަދުވެސް ދަރިފުޅަށް ހެޔޮ.” ފައިހާ ޝާހިންގެ ކޮތާފަތުގަ ޖެހިލަމުން ބުނެލިއެވެ.

  “ޝާހިން އަހަރެމެންނަށް ވަރަށް ބޮޑު މަސައްކަތެއް ކޮށްދޭން އެބަޖެހޭ.” ބޮޑުބޭބެގެ ދަރިފުޅު ޝާޔަން ބުނެލިއެވެ. “ބޮޑު މަސައްކަތެއް ކޮށްދެވޭ ވަރަށްވުރެން އަހަރެން ބުރަ.” ޝާހިން ފޫހި ގޮތަކަށް ބުނެލިއެވެ. ޔާޝްމީ އޭނަ ކައިރީ އިށީންނަމުން އޭނަ އަށް ބަލާލިއެވެ. “ކިހިނެތްވީ؟” ޝާހިން ރުންކުރުވެފަ އަހާލިއެވެ. “ދެން ބުނެބަލަ އާ އެކޭ.” ޝާޔަން އެދުނެވެ. “ބަލާފަ އަހަރެން ގައިގަ މޮޔައަކު ވައްތަރު އެބަޖަހާތަ؟” ޝާހިން އަހާލިއެވެ. ހައިރާންކަމާއިއެކު ނަމަވެސް ނޫނެކޭ ބުނުމުގެ ގޮތުން ޝާޔަން ދެކޮޅަށް ބޯހޫރާލިއެވެ. “ދެން ހީވޭތަ ތި ކުރުވަން އުޅޭ ކަމެއް ނުބުނަނީސް އަހަރެން ތި ކަމެއް ކުރަން އެއްބަސްވެދާނެ ހެން؟” ޝާހިން މިހެން އަހާލުމަށްފަހު ފެށީ ސަޔަށް އިންސާފުކުރާށެވެ. ދެން ޝާޔަން ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް އޭނަ ސަމާލުކަން ނުދިނުމުން އެވާހަކަ ފަހުން ދެއްކުމަށް ޝާޔަން ނިންމިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ernth

Level 1

Other Articles

Previous

ވޭންތަކުން ދިން ހިތި މާޒީ (5)

Next

މީޝާ (4)

Next
October 28, 2017

މީޝާ (4)

Previews
October 28, 2017

ވޭންތަކުން ދިން ހިތި މާޒީ (5)

8 Comments!

  1. Ram says:
    October 28, 2017 at 3:37 pm

    Salhi ?

    1. Ernth says:
      October 28, 2017 at 10:39 pm

      thnk yu

    2. elena says:
      October 28, 2017 at 11:20 pm

      Ram kobaa thr vhk

  2. SJK...KOREAN says:
    October 28, 2017 at 4:03 pm

    varah reethi 🙂

    1. Ernth says:
      October 28, 2017 at 10:40 pm

      thnk yu

  3. reader says:
    October 28, 2017 at 8:33 pm

    pic ga einy v. handsome boyeh

  4. rifa says:
    October 28, 2017 at 11:23 pm

    Liumuga kuh ebahuri misaalakah isheendhegen hurun kahala. Boli boli koh vaarey kahala. Dhen english basthah ginakan faahaga kurevey ekamaku vaahaka reethi vaane hen heevany.??

    1. Ernth says:
      October 31, 2017 at 2:58 pm

      thanku yu for the advice .. Insha Allah will surely work on it

Comments are closed.

Next Episodeހަޤީޤަތް ނޭނގެނީ ކީއްވެބާ…؟ ( 2ވަނަ ބައި)←


All Right Reserved!