Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާން އެދެމޭ… 1

laya Level 110 Stories
February 13, 2014 7 Mins Read
6 Comments

މައުސޫމް ކަމެވެ. ފެންނަ ކޮންމެ ފަހަރަކު ހިތް ލޯބިން ފުރިގެން ދެއެވެ. ދެލޯ ކަރުނުން ފުރިގެންދެއެވެ. ފާރުވެފައިވާ އެހިތައް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބެއެވެ.

ކަރުނުން ފުރެމުން ދިޔަ ދެލޯ މަރާލަމުން ވިކާޝް އޭނާގެ އަތުގައި އޮތް ފޮޓޯ ގަނޑު މޭގައި ޖައްސާލިއެވެ. މެރިފައިވާ ދެލޮލުގެ ތެރެއިން ފޭދެމުން ދިޔަ ތާޒާ ކަރުނަތައް އޭނާގެ ފިރިހެންވަންތަ ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ. ހިނދުކޮޅަކަށްފަހު އަތުގެ ބޮޑުވައި އިނގިލިން ކަރުނަތައް ފޮހެލުމަށްފަހު އޭނާގެ ފޮޓޯ ގަނޑު މެއާއި ދުރުކޮށްލާ ދެވަނަ ފަހަރަށް އެއަށް ނަޒަރު ހުއްޓާލިއެވެ. ހުދުކުލައިގެ ހެދުމުން ޖަރީވެފައި ހުދުކުލައިގެ ތަންމަތީގައި ނިދާލާފައި އޮތް ލޯބި ލޯބި ކުއްޖާ މިހާރުވެސް އޭނާއަށް ފެންނަ ފަދައެވެ. ފޮޓޯއިން ފެންނައިރުވެސް އެ ލޯބި ލޯބި ކުއްޖާގެ މައުސޫމްކަން އިންތިހާއެވެ. ވިކާޝް ހިންދިރުވާލިއެވެ. އެ ދުވަސް އަނެއްކާވެސް އެނބުރި އަންނާނެ ނަމައެވެ. އެ ލޯބި ލޯބި ކޮއްކޮގެ ގާތުގައި އެފަދައިން އިށީނދެލައިގެން އިނދެވޭނެ ނަމައެވެ. ތެދެކެވެ. ވިކާޝްގެ އަތުގައިވާ ފޮޓޯގައިވާ ފިރިހެން ކުއްޖާއަކީ ހުދު އޭނާއެވެ. އެއީ މީގެ 22 އަހަރު ކުރިން އޭނާގެ އުމުރުން 5 އަހަރުގައި ނަގާފައިވާ ފޮޓޯއެކެވެ. އެ ދުވަހަކީ އޭނާގެ އަންހެން ކޮއްކޮ ދުނިޔެއަށް ނޭވާ ލީ ދުވަހެވެ. ދުވަހަކުވެސް ނުލިބޭ ފަދަ އުފަލަކުން އޭނާގެ ކުޑަ ކުޑަ އާއިލާ ފުރިހަމަވެގެން ދިޔަ ދުވަހެވެ. މަންމައާއި ބައްޕަގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފުރަތަމަ ފަހަރަށް ފެނުނު ދުވަހެވެ. ނަމަވެސް.. ނަމަވެސް އެދުވަހު އެ ފޮޓޯ ނެގިއިރު އެއީ ދެދުވަހުގެ އުފަލެއް ކަމެއް ވިކާޝް އަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ އޭނާގެ ލޯބިވާ ކޮއްކޮގެ ހަޔާތުން ހަތަރު ދުވަސް ނުވަނީސް އެކޮއްކޮއާއި ވަކިވާން ޖެހޭނެ ކަމެއް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ މިއަދު އޭނާގެ އަތުގައި އެ ތަސްވީރު ފިޔަވައި އެކޮއްކޮގެ އެހެން އެއްވެސް ހަނދާނެއް ނުވާނެ ކަމެއް އެދުވަހު އޭނާގެ ހިތައްވެސް އަރާނީ ކިިހިނެއް ހެއްޔެވެ؟

” ވިކީ.. ގަޑި ޖެހެނީ..” އޮފީހުގެ ގޮނޑީގައި ފޮޓޯއަށް ބަލަހައްޓައިގެން އިން ވިކާޝް ސިހުނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އާލިކްގެ އަޑުންނެވެ. އަވަސް އަވަހަށް މޭޒުމަތީގައި ބާއްވާފައި އޮތް ދަބަހަށް ފޮޓޯގަނޑު ކޮއްޕާލުމަށްފަހު އޭނާ ކޮޅަށް ތެދުވެލީ ފަނޑު ހިނިތުންވުމަކާއިއެކުއެވެ. ބައިމަތި ފުޅާ ހަށިގަނޑާއި، ދިގު އިސްކޮޅުގެ ސަބަބުން ވިކާޝްގެ  ފރިިހެންވަންތަކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެއެވެ. ގަޔަށް ފިޓްވެފައި ހުރި ހުދުކުލައިގެ އަތްކުރު ޓީޝާޓްގެ ސަބަބުން އޭނާގެ ބާރުގަދަ މުލައްދަނޑިވެސް ހާމަވާން އޮތެވެ. ކަޅު ޖީންސަކާއިއެކު ކޮނޑުގައި އަޅުވާލި ކަޅުކުލައިގެ ދަބަހުގެ ސަބަބުން ތަނަކަށް ދާން ތައްޔާރުވެފައިވާކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. ކުރުކޮށްް ކޮށާލާފައިވާ ސްޕައިކީ އިސްތަށިގަނޑުގައިވާ މަޑު އެހެނަސް ރީތި ބްރައުން ކުލަ އޭނާ ކުލައަލި މޫނަށް އިތުރު ފިރިހެންވަންތަކަމެއް ގެނެސްދެއެވެ.

” ވިކީ ކީއްވެ ކެޝުއަލްކޮށް..” ވިކާޝްގެ އާދައިގެ ހެދުން އެޅުން ފެނިފައި އާލިކް ކުޑަކޮށް ހައިރާންވިއެވެ. އޮފީހެއްގެ ވެރިއެއްގެ ގޮތުގައި މެލޭޝިއާއަށް ދާއިރު އެހެން ހުންނާނީ ކާކުހެއްޔެވެ؟

” ދެން އާލިކް އަށް އެނގެއެއްނު މަ މީ އެހާ ބޮސްވެފަ ހުންނަ މީހެއް ނޫންކަން..” ފެހި ކުލައިގެ ކަޅިއަކުން ވިދުން އަރަމުން ދިޔަ ތޫނު ދެލޯ ކަޅު އަވި އައިނަކުން ފޮރުވާލަމުން ވިކާޝް ޖަވާބުދިނީ އާދައިގެ ގޮތަކަށެވެ.

” އޯކޭ އޭ.. މަށަކަށް ނެތޭ އެއަރޕޯޓަށް ދެވޭކަށް.. ބިޒީކަމުން..” އާލިކް ކުޑަ ހީނލުމަކާއިއެކު ބުނެލިއެވެ.

” އެނގެއޭ.. މަ މި އޮފީހަށް މިއައީ ހަމަ މީޓްވެފަ ދާންވެގެން.. ދެން އެކޮޅުން ނިހާން ހަވާލުވެ ހުންނާނީ.. 3 މަންތްސް ފަހުންނު ދިމާވާނީ…” ވިކާޝް ކުޑަގޮތަކަށް އޭނާގެ އެކުވެރިޔާގެ ގައިގައި ބައްދާލިއެެވެ. ހަގީގަތުގައި އާލިކްއަކީ ހަމައެކަނި އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާއެއް ނޫނެވެ. މިއަދު އޭނާއަށް ހެޔޮއެދޭ ހަމައެކަނި ފަރާތެވެ. އަދި ހަމަ އެއާއިއެކު ބިޒްނަސް ޕާޓްނަރ މެއެވެ. ވިޔަފާރީގެ ކަމެއްގައި މެލޭޝިއާއަށް ފުރަން ދިއުމުގެ ކުރިންވެސް އޭނާ އާލިކްގެ އޮފީހަށް އައީ އެހެންވެގެންނެވެ.

” ޓޭކް ކެއަރ ބަޑީ..” އާލިކްގެ އަޑުގައިވަނީ ގާތްކަމާއި ހިތްހެޔޮކަމެވެ.

” ޔޫ ޓޫ.. އެކޮޅަށް ދެވުނުހާ އަވަހަކަށް ގުޅާނަން..” ދެވަނަ ފަހަރަށް އާލިކްއާއި ސަލާމްކޮށްލާ ބައްދާލުމަށްފަހު ވިކާޝް ހިނގައިގަތެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އާލިކްއަށް ދައްކައިގެން ހުރި ޕްލާސްޓިކް ހިނިތުންވުން މިހާރު އެވަނީ ގެއްލިފައެވެ. ވާނީވެސް އެހެންތާއެވެ. މިވަގަުތުވެސް އޭނާގެ ހިތުގައި ހިނގަމުން އެދަނީ ލޯބިވާ ކޮއްކޮއާއި މަންމަގެ ހަނދާންތަކެވެ. އެދެމެައިން މިހާރު ކޮބައިބާވައެވެ؟ އެމީހުންނާ ގާތަށް، އެމީހުން ހޯދުމަށް ފުރިހަމަ ގާބިލްކަން ލިބުނު އިރު ވިކާޝްއަށް އެޖެހުނީ އަނެއްކާވެސް ދާށެވެ. މާ ދުރަށެވެ. ވިކާޝް ލޯ މަރާލިއެވެ. ނޫނެކެވެ. އޭނާ އެމީހުންނާ ދުރަކަށް ނުދެއެވެ. 3 މަސްދުވަސް ފަހުން އޭނާ އެނބުރި އަންނާނެއެވެ. އޭނާގެ ލޯބިވާ މަންމައާއި ކޮއްކޮ ހޯދާނެއެވެ. އެދެމައިންނަށް އޭނާގެ ހިމާޔަތް ދޭނެއެވެ. ހުޅުލޭ ފެރީއަށް އެރިއިރުވެސް ވިކާޝްގެ ހިޔާލުތަކުގައި ރަސްކަން ކުރަމުން ދިޔައީ އެ ހަނދާންތަކެވެ. ދަބަހުގައި އޮތް ފޮޓޯގަނޑު ނަގާ އަތަށް ލައިގެން އެއަށް ބަލަހައްޓައިގެން ހިޔާލުތަކަށް ގެނބިފައި އިން އިރު ހިތާމައިގެ ރީތި ތަސްވީރެއް ފެންނަ ފަދައެވެ. އެ ރީތި ފުރިހަމަ ޒުވާނާއަށް އެ ފެރީގައި ތިބި ކޮންމެ މީހެއްގެ ނަޒަރުވެސް ހުއްޓިގެންދަނީ ބަލާ ނުލާ ކެތްނުވެގެން ކަންނޭނގެއެވެ. ހާއްސަކޮށް ޒުވާން އަންހެން ކުދިންގެ ހިތްތައް ފުރަތަމަ ފެނިލުމާއިއެކު އެރީތި ޒުވާނާއަށް ހިބަކޮށް ދިން އިރު އެއިން އެއްވެސް ކަމެއްގެ ހިލަމެއް ހިޔާލުތަކަށް ގެނބިފައި އިން ވިކާޝްއަކަށް ނުވެއެވެ.

****************

 ހަވީރުގެ ވަގުތެވެ. ރަށުގެ އަތިރިމަތީގައިވާ ހުސްބިމުގައި އަންހެންވެރިން ފޯރީގައި ބަށި ކުޅެމުން ދިޔައިރު އެއާ މާ ދުރު ނޫން ހިސާބެއްގައި ކުޑަކުދިންތައްވެސް އެކި އެކި ކުޅިވަރު ކުޅެމުން ދިޔައެވެ. ދުވަހަކީ އުޑުމަތި ސާފު، އަދި ލުއި ލުއި ވައިރޯޅިތައް ޖެހެމުން ދާ ދުވަހެއް ކަމުން އުފާވެރިކަމާއި އެކުވެރިކަން ފެންނަމުން ދިޔަ ސާދާ މާހައުލުގެ ހަމަޖެހުން އެތައް ގުނައަކަށް ވަނީ އިތުރުވެފައެވެ. ސުލްހަވެރިކަން އެކުވެފައިވާ އެރީތި ގުދުރަތީ މަންޒަރަށް ހާއްސަކަމެއް ގެނެސްދެނީ ފުރާވަރުގެ ކުދިންނާއި ޒުވާން އުމުރާއި އަދި މެދު އުމުރުގެ އަންހެންވެރިން އެކުގައި ކުޅެމުން ދިޔަ ބަށި މެޗަށް ނަޒަރު ހުއްޓާލައިގެން ތަންކޮޅެއް ދުރުގައި، ރުކެއްގައި ލެނގިލައިގެން ހުރި އަންހެންކުއްޖާއެވެ. މަޑުމުށި ކުލައިގެ ކުރުތާއަކާއި ކަޅު ޖިންސެއްގައި ހުރި އެއަންހެން ކުއްޖާގެ އެކަނިވެރިކަމާއި ނުތަނަވަސްކަން މޭމައްޗަށް ހުރަސްކޮށްލާފައިވާ ދެއަތުން ރަނގަޅަށް ހާމަވެއެވެ. އާދައިގެ ގޮތަކަށް އަޅާލާފައިވާ މުށިކުލައާއި ކަޅުކުލައިގެ  ސްކާފްގެ ތެރެއިން ފާޅުވާންހުރި ދޮން މޫނުގައިވާ ހިތާމަވެރިކަން ކައިރިކޮށްލާފައިވާ ހިމަ ހިމަ ދެބުމައިގެ ސަބަބުން ރީތިކޮށް ހާމަވެއެވެ. ކަޅުކަން ގަދަ، ދިގު އަދި އެހާމެ ބޯ އެސްފިޔަތަކުގެ ހިޔަލުގައި ނިވައިވެފައިވާ ބޮޑު ބޮޑު މައުސޫމް ދެލޮލުގެ ތެރޭގައި އެތައް އެތައް އިހްސާސްތަކެއް ފޮރުވިފައި ވާފަދައެވެ. މަޑުމުށި ކުލައިގެ ކަޅިއާއި އެކު ހުދުކަން ގަދަ ހުދުކަޅީގެ ސަބަބުން އެ ބޮޑު ދެލޮލުގެ ރީތިކަން އެތައް ގުނައަކަށް އިތުރުވެފައި ވީނަމަވެސް އެލޮލުގައިވާ ރިހުން ސިއްރެއް ނުވެއެވެ. އެއްވެސް މޭކަޕަކާއި ނުލާ ހުރިނަމަވެސް އެއަންހެން ކުއްޖާގެ ރަތްކުލައިގެ ތުނި އެހެނަސް ފުޅާ ތުންފަތާއިއެކު މަޑު މަޑު ފިޔާތޮށި ކުލައެއް އަރާފައިވާ އޮމާން ކޯތާފަތުގެ ސަބަބުން އޭނާއަކީ ގުދުރަތީ ގޮތުން ރީތި ހުރިހާ ސިފައެއް ލިބިފައިވާ ކުއްޖެއްކަން ކޮންމެ މީހަކުވެސް ގަބޫލުކުރާނެއެވެ.

” ވިޝޫ.. މިއަދުވެސް ނުކުޅޭނަންތަ؟..” އެކަނިވެރި ހިޔާލުތަކުގައި ނުތަނަވަސްވެފައިވާ ވިޝާއަށް ސިހުމެއް ލިބުނީ އޭނާގެ އަތުގައި މީހަކު ކޮއްޓާލުމުންނެވެ. އެއާއިއެކު އޭނާގެ މޫނުމައްޗަށް ފަނޑު ހިނިތުންވުމެއްވެސް ވެރިވެގެން ދިޔައެެވެ.

” ހުމްމް.. ނެތް ކުޅޭ ހިތެއް.. ޒުމް ދޭބަ ކުޅެލަން.. އަހަރެން ހުންނާނަން ބަލަން..” ވިޝާ އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާ ޒުމާއަށް ހިނިތުންވެލަމުން ޖަވާބު ދިނެވެ.

” ދެން ވިޝޫ.. އެދުވަހުއްސުރެ އަދި ހަމަ އެއްދުވަހުވެސް ނުކުޅޭ.. އަބަދު ދެރަވެފަ.. ހިނގާބަލަ ދެން ޕްލީޒްޒް..” ޒުމާއަށް ވިޝާގެ މޫނުމަތީގައިވާ ނުތަނަވަސްކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ.

” ނޫނެކޭ.. ކުޅޭ ހިތެއް ނުވެޔޭ.. އެއްވެސް ކަމެއް ކުރާ ހިތެއް ނުވެ.. ހަމަ ހަނދާންވަނީ….”    ” ވިޝޫ.. ދެންންން..” ވިޝާގެ ލޮލަށް ކަރުނަ ޖަމާވާން ފެށުމާއިއެކު ޒުމާ އޭނާގެ ވާހަކަ ހުއްޓުވަމުން ކޮނޑުގައި ހިފަހައްޓާލިއެވެ. އެވަގުތު ވިޝާ އޭނާގެ ލޮލުގައި ގިނަވަމުން ދިޔަ ކަރުނަތައް ފޮރުވަން އިސްޖަހާލިއެވެ.

“ހޫމްމް.. އެހެން ވީ އިރު ހިނގާބަލަ ހުތް އަނބު ކާން.. މިއަދު މެންދުުރު ބިނދެފަ ހުންނާނެ.. ހިނގާބަލަ.. ރިހާކުރުވެސް ހުންނާނެ.. އަދި ވިޝޫގެ ފޭވަރިޓް ސޫޕް ޕެކެޓްވެސް ހުންނާނެ..” ޒުމާ ވިޝާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

“ޒުމްމް.. އަހަރެން ނެތޭ ކާހިތެއް..” ޒުމާގެ ގާތްކަމުގެ ސަބަބުން ވިޝާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް އެ މޫނުމަތީގައިވާ މާޔޫސްކަން ފިލައިގެންނެއް ނުދިޔައެވެ.

” އެއްވެސް ބަހަނާއެއް ނުދައްކާތި.. ހިނގާ ދާން..” ޒުމާ ވިޝާ ދައްކާ ވާހަކަ އަޑުއެހުމެއް ނެތި ހިނގަމުން ދިޔައެވެ.

” ދެން ޒުމާ….”   ” ވިޝާ..” އެވަގުތު އަނެއްކާވެސް ވިޝާ ކޮންމެވެސް އެއްޗެއް ބުނަން އުޅުމުން ޒުމާ އޭނާގެ އެކުވެރިޔާއަށް ދެލޯ ބޮޑުކޮށްލީ ރުޅި އައިސްގެން ކަމަށް ހަދާފައެވެ. އެއާއިއެކު ވިޝާ ގާތަށް ހިނި އައުމުން ޒުމާވެސް ހޭން ފެށިއެވެ. އެކުވެރިޔާގެ މޫނުމަތިން ހިނިތުންވުމެއް ފެނުމުން ޒުމާ ހިތާއި ހިތުން ﷲ އަށް ހަމްދުކޮށްލިއެވެ. ރަށުގެ އަތިރިމަތިން ލާފައި ބޮޑު މަގުން ނުކުމެގެން މާ ގިނައިރު ހިނގުމެއްނެތި އެދެކުދިން ހުއްޓިލީ ތިރި ފާރުބުރިއަކުން ވަށާފާރު ރާނާފައިވާ ގެއެއްގެ ދޮރުމައްޗަށެވެ. ދޮރުން ވަންނައިރު ގޭދޮރުމަތީގައިވާ ކުޑަ ހުސްޖާގައިގެ އެއްފަރާތެއްގައި ކުންނާރު ގަހެއް ހައްދާފައި ހުއްޓެވެ.

” ހޭއި ވިޝޫ ބަބްލީ..” ދެކުދިންގޮސް ޒުމާމެން ގޭ ދޮރުމައްޗަށް ހުއްޓޭ އިރަށް ފުރަތަމަވެސް ދިމާވީ ޒުމާގެ ފިރިހެން ކޮއްކޮ ޒައިދުއާއެވެ. ޒުމާގެ އާއިލާއާއި އޮންނަ ގާތްކަމުުގެ ސަބަބުން ވިޝާ އެގެއަށް އަންނާތީ ޒައިދުވެސް އޭނާއާއި ވަރަށް ރަހްމަތްތެރިއެވެ. ވިޝާ ފެނިއްޖެނަމަ ޖެއްސުން ކޮށްނުލާ ދިއުމަކީ ޒައިދުއަށް އުނދަގޫ ކަމެކެވެ.

” ކިތައް ފަހަރު ބުނާނީ ބޮޑެތި މީހުންނަށް ވަނަމުން ނުކިޔަން..” ވިޝާ ލޯ ހަނިކޮށްލާފައި ޒައިދުއަށް ބުނެލިއެވެ.

” ބޮޑު މީހެއްތަ ތީ؟ މަށަށްވުރެ އިސްކޮޅުން ކުރު.. އެންމެ ދެ އަހަރު ކަންނޭނގެ ބޮޑީވެސް.. ހެހެހެ ވިޝޫ ބަބްލީ..” ޒައިދު އަނގަޔަށް ގޮތެއް ހަދާލަމުން ދުއްވައިގަތީ ވިޝާ އަތް ހޫރާލުމުުންނެވެ.

” ތިދެމީހުން ދުވަހަކު އެއްގަލަށް ނާރާތި.. ޒައިދުވެސް ދެން އެބުނީ ދޮގެއް ނޫނޭ.. 22 އަހަރު ވީއިރުވެސް ހީވަނީ 15 އަހަރުގެ ތުއްތު ކުއްޖެއްހެން..” ޒައިދު ދިއުމުން ޒުމާ ވިޝާގެ ނޭފަތުގައި ހިފާލުމަށްފަހު އޭނާއާއި ދިމާކޮށްލިއެވެ.

” ހުމްމް.. ދެން ޒުމް މީހަކާ އިންނަން އުޅޭތީ މާ ބޮޑުވެގެން.. ޒުމްއަށް އަދި 22 އަހަރުވެސް ނުވޭ..” ވިޝާވެސް ޒުމާގެ ނޭފަތުގައި ހިފާލިއެވެ. އަދި ދެކުދިން ސަކަރާތްޖަހަމުން ގޭތެރެއަށް ވަދެގެން ދިޔައިރު ހުނުމުގެ އަޑު ގުގުމާލާފައި ހުއްޓެވެ. ގޭގެ އެތެރެއިން ލާފައި ގޮސް ދެކުދިން ނުކުތީ ގޭގެ ބިއްދޮށު ފަރާތަށެވެ.

” އަނހަ ވިޝާ.. ޒާއްތަ މިކިޔަނީ ޒުމާ މިއަދު ވިޝާ ނުގެންނަ ވާހަކައޭ..” ގޯތިތެރެއަށް ވަދެގެން އައި ވިޝާއާއި ޒުމާ ފެނުމާއިއެކު ބަދިގެ ތެރެއިންް ނުކުތް ޒުމާގެ މަންމަ ޒާހިރާ ހިތްހެޔޮކަމާއިއެކު ބުނެލިއެވެ. އޭރު ޒުމާގެ އެއްބަނޑު އެއްބަފާ ދައްތަ ޒީނިޔާވެސް އޭނާގެ 2 އަހަރަށް ދާ ދަރިފުޅު ގޮވައިގެން ގޯތިތެރޭގައި ހުރި ބަނބުކެޔޮ ގަހުގައި އެލުވާފައި ހުރި އުނދޯއްޔެއްގައި އިނެވެ.

” ހަވީރު ގަޑީގަ އަޔަސް ޒާއްތަ ހުންނާނީ ބަދިގޭގަ.. ކީއްތަ ތިކުރަނީ..” ވިޝާ ދިޔަގޮތަށް ގޮސް ބަދިގެ ތެރެއަށް ބޯ ދިއްކޮށްލިއެވެ.

” މަންމައަށް ހަމަ އުނދަގުލީ މަޑުން ހުންނަން.. މިހާރު އެއުޅެނީ އިރަމްގެ ބައްޕަ މިއަދު އަސާރަ އެބަ ހުރިހޭ އެހީމަ އަސާރަ ކައްކަން..” ޒީނިޔާ ޖޯލީގައި އިނދެފައި ބުނެލިއެވެ. އޭރުވެސް ޒާހިރާ ހެޔޮވަރު ވަރަކަށް ހިނިތުންވެލާފައި ބަދިގެތެރޭގައި އުޅެއެވެ.

” ވިޝާ ދެން ބުނެބަލަ.. މިހާރު ހަސަންބެ މަސްކޮޅެއް ނުގެންނާތީ މަސްވެސް ނުކައްކާ މިއުޅެނީ.. ދެން އަޅެ ކަމެއް ނުކޮށް ހުރެވޭނަތަ؟..” ޒާހިރާ ބުނެލި ޖުމްލައިން ވިޝާ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. ދުވާލެއް ރޭގަނޑެއްނެތި މަސައްކަތް ކުރިޔަސް މިމީހުން ވަރުބަލި ނުވަނީބާއޭ ހިތައް އެރިއެވެ.

” ހެލޯ އިރަމް ބޭބީ..” ބަދިގެތެރެއިން ނުކުމެގެން ވިޝާ ހުއްޓިލީ ކުޑަ ކުޑަ އިރަމް ކައިރީގައެވެ.

” ހެޔޯ ވިޝޫ ދައްތާ..” އިރަމްވެސް އާދައިގެ މަތިން ވިޝާގެ ގާތަށް ގޮސް އޭނާގެ ކޮލަށް ދޮނެއް ދިނެވެ. އެހާ ކުޑަ ކުޑައިރުވެސް އެކުއްޖާ ވިޝާދެކެ ވާ ލޯބި ފެންނަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

” މިހާރު ވިޝޫ އައިއްސުރެ ނުދެވިގެން އެއުޅެނީ..” ޒީނިޔާ ހީލަމުން ވިޝާއަށް ބުނެލިއެވެ. އެވަގުތު ލުއި ހީނލުމަކާއިއެކު ވިޝާވެސް އިރަމްގެ ގައިގައި ބައްދާލިއެވެ. އެގޭތެރޭގައި އުޅޭއިރު ވިޝާއަށް ހީވަނީ އަމިއްލަ ގޭގައި އުޅެވޭ ހެންނެވެ. ޒާހިރާއާއި އޭނާގެ ކުދިންގެ ފަރާތުން  އެލިބޭ ގާތްކަން ނުލިބޭނަމަ ހިތްދަތިކަމާއި އެކަނިވެރިކަމުގެ ސަބަބުން މިހާރު ވިޝާގެ ހިތް ކުދިކުދި ވެއްޖައީހެވެ.

” ވިޝޫ.. މިހިރީ ރިހާކުރާ ހުތް އަނބާ.. އާދޭ.. ހުމްމް ދެން އިރަމްގެ ފަރާތުން ސަލާމަތް ނުވާނެ ދޯ..” ގޯތިތެރޭގައި ހުރި ފަތް ޖެހި އެނދުގައި ރިހާކުރުތައްޓަކާއި ހުތްއަނބު ތައްޓެއް ބެހެއްޓުމަށްފަހު ޒުމާ ގޮވާލިއެވެ. އެވަގުތު ކުޑަ ކުޑަ އިރަމް އުރާލައިގެން ހުރެ ވިޝާވެސް އެދިމާއަށް ހިނގައިގަތެވެ. އެއާއިއެކު ޒީނިޔާއާއި ބަދިގޭގައި ހުރި ޒާހިރާވެސް އެތަނަށް ހުތްއަނބު ކާން އަތުވެއްޖެއެވެ.

” މިކަހަލަ ދުވަސް ދުވހު އެންމެ ހަނދާންވަނީ މަންމަ މަތިން..” ކުއްލިއަކަށް ވިޝާ ބުނެލި ޖުމްލައާއިއެކު ތަނަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. އެވަގުތު  ޒާހިރާ ހަމްދަރުދީއާއިއެކު ވިޝާގެ މޫނަށް ބަލާލިއިރު އެ މައުސޫމް ދެލޯ ވަނީ ކަރުނުން ފުރިފައެވެ. ޒުމާއާއި ޒީނިޔާވެސް ތިބީ ދެން ބުނާނެ އެއްޗެއް ނޭނގިފައެވެ.

” ވިޝާ.. ހިތްވަރުކުރަންވާނެ..” ޒާހިރާއަށްވެސް ބުނެވުނު ހަމައެކަނި އެއްޗަކީ އެއީއެވެ. ތެދުތެދަށް ބުނާނަމަ ވިޝާގެ ހިތްވަރުގަދަކަން ފެނި ޒާހިރާވެސް ހައިރާންވެއެވެ. އެހާ ޅަ އުމުރުގައި ގާތްތިމާގެ އެއްވެސް މީހަކު ނެތި އެކަނިމާއެކަނި އުޅެން ޖެހުމުން ވާނެ ދެރަ އޭނާއަށް އިހުސާސްކުރެވެއެވެ. ތެދެކެވެ. ވިޝާއަކީ އަޅާލާނެ ގާތްތިމާގެ މީހަކު ހުރި ކުއްޖެއް ނޫނެވެ. އާދައިގެ ގެއެއްގައި އޭނާގެ މަންމައާއިއެކު އުޅެމުން ދިޔަ އުފާވެރި ދިރިއުޅުން އެންމެ ގާތުން ދުއް މީހަކީ ޒާހިރާއެވެ. އެދެމައިންނަކީ އެރަށަށް ނިސްބަތްނުވާ ދެމައިން ކަމުގައި ވިޔަސް ވިޝާގެ މަންމަ ވާލިދާއަކީ ރަށު އެންމެންގެ ލޯތްބާއި ގަދަރު ހޯދި ހެޔޮލަފާ އަންހެނެކެވެ. ވިޝާގެ އުމުރުން ދޮޅު މަހުގައި އެރަށުގައި ދިރިއުޅެން ފެށި ގޮތަށް ފަހު ނޭވާވެސް ދޫކޮށްލީ އެފަސްގަނޑަށެވެ. ކުރިއްސުރެވެސް ނޭވާ ހިއްލުމުގެ މައްސަލަ ހުންނަ ވާލިދާ ކުއްލިއަކަށް ނިޔާވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެ ދުވަހުން ފެށިގެން ޒާހިރާއާއި އޭނާގެ އާއިލާ ވިޝާއާއިމެދު ކަންތައް ކުރަމުން ދިޔައީ ކުރިއަށްވުރެވެސް ރަނގަޅަށެވެ. ޒާހިރާމެންގެ އާއިލާ ވިޝާމެންނާއި އެހާ ގާތީ އެއީ އަވައްޓެރިންނަށް ވީތީއެވެ. އަދި ވިޝާއާއި ޒާހިރާގެ ކުދިން ބޮޑުވެގެން އައީ ނުހަނު އެކުއެކީގައި ކަމުން އެދެއާއިލާގެ މެދުގައި އުފެދިފައި އޮތީ ވަރުގަދަ ގުޅުމެކެވެ.

 ޒުމާގެ އާއިލާގެ ފަރާތުން ލިބެމުން ދިޔަ ގާތްކަމާއި ލޯބީގެ ސަބަބުން ވިޝާ އިނީ ހިތްހަމަޖެހިފައެވެ. ނަމަވެސް އަބަދު އެގާތްކަމުގައި ނޫޅެވޭނެކަންވެސް ވިޝާއަށް އެނގެއެވެ. ޒުމާވެސް މިހާރު އެއުޅެނީ ކައިވެނި ކުރާށެވެ. ކައިވެންޏަށް ފަހުގައި މިހާރު އެއުޅޭހެން ވިޝާގެ އެކަނިވެރިކަން ފިލުވައިދޭން ޒުމާއަކށް ނުހުރެވޭނެއެވެ. ވިޝާ ލޯ މަރާލިއެވެ. ކިތަންމެ ހިތްވަރު ކުރިޔަސް އޭނާގެ އެކަނިވެރިކަން ހިތައް އެރުމުން ހަނދާންވަނީ މަންމައެވެ. ކުއްލިއަކަށް ވިޝާ ލޯ ހުޅުވާލީ އެއްޗެއް ހަނދާންވެގެން ކަހަލަ ގޮތަކަށެވެ. މަންމަ ނިޔާވުމުގެ ދެހަފްތާއެއްހާ ދުވަސް ކުރިން މަންމަ އޭނާ ގާތު ބުނި ވާހަކައެވެ.

” ދަރިފުޅާ.. މަންމަ ނެތް ދުވަހަކުން  އަލަމާރި އެއްކަލަ ނުހުޅުވާ ވަތްގަނޑު ހުޅުވާލައްޗޭ އިނގޭ..” ވިޝާގެ ކަންފަތުގައި މަންމަގެ އަޑު ގުގުމާލިއެވެ. އޭރު އެހާ ވަރަށް އެކަމާ އަޅާ ނުލެވުނީ މަންމަ އޭނާ ދޫކޮށްލާފައި އެހާ އވަހަށް ދާނެ ކަމަށް ގަބޫލު ނުކުރާތީއެވެ. އަނެއްކޮޅުން މަންމަވެސް އެހެން ބުނެލީ ކޮންމެވެސް އެހެން ވާހަކައެއްގެ ތެރެއިން ވަރަށް ހެވިފައި އިނދެއެވެ.

” ޒުމާ.. އަހަރެން ދަނީ..” ވިޝާ ކުއްލިއަކަށް ތެދުވުމުން އެންމެންވެސް ތިބީ ހައިރާންވެފައެވެ. ނެގިމަޑުވެފައި އިނދެފައި ކުއްލިއަކަށް ތެދުވުމުން ޒާހިރާވެސް ކުޑަކޮށް ނުތަނަވަސްވިއެވެ.

” އެކަމު.. ވިޝޫ ކިހިނެތްވީ؟..”  ޒުމާ ކޮޅަށް ތެދުވުމަށްފަހު ވިޝާގެ އަތުގައި ހިފާލީ ހާސްކަމާއި އެކުގައެވެ.

” ޒުމް.. ކަމެއް ނުވެޔޭ.. ކުޑަ ކަމެއް ކުރަން ޖެހިފަ އެބަ އޮތް.. އަންނާނަން މިރޭ.. ޕްރޮމިސް އަންނާނަން..” ވިޝާ ހަމަޖެހިލަމުން ޒުމާއަށް ޖަވާބު ދިނީ އެމީހުން ހާސްވެއްޖެކަން އެނގުމުންނެވެ.

” އިނގޭ.. ދަނީ ޒާއްތަ.. އިރަމް ދަނީއޭ..” އިރަމްގެ ކޮލަށް ދޮނެއް ދިނުމަށްފަހު ވިޝާ ހިނގައިގަތެވެ.

ގެއަށް ވަދެވުމާއިއެކު ވިޝާ އަވަސް އަވަހަށް ވަނީ ކޮޓަރިއަށެވެ. އެ ކޮޓަރިއަކީ އޭނާއާއި އޭނާގެ މަންމަ ނިދި ކޮޓަރިއެވެ. އެތަނުގައި ހުރި ދެދޮރުފަތް ލީ ލަކުޑި އަލަމާރިއަކީ އޭނާއާއި އޭނާގެ މަންމަގެ އެއްޗެހި އަޅާފައި ހުންނަ އަލަމާރިއެވެ. މަންމަގެ ހަނދާންތައް އާވުމާއިއެކު ވިޝާގެ ލޮލަށް އަނެއްކާވެސް ކަރުނަތައް ބޮނޑިވެގަތެވެ. އެހެން ނަމަވެސް ހިތްވަރުކޮށްލާފައި އަލަމާރި ހުލުވާލުމަށްފަހު މަންމަ އެބުނި ވަތްގަނޑު ހުޅުވާލުމާއިއެކު އޭނާގެ ލޮލުގައި އަޅާއިގަތީ ވަތްގަނޑު ތެރޭގައި އޮތް ސިޓީ އުރައެވެ. އެވަގުތު ވިޝާގެ ހިތް ތެޅިގަތީ ނުހަނު ބާރަށެވެ. އެ ސިޓީ އުރައިގެ ތެރޭގައި އޭނާގެ ދިރިއުޅުމުގެ ހަގީގަތްތަކެއް ފޮރުވިފައި ވަނީ ހެއްޔެވެ. ވިޝާ ބާރުބާރަށް ތެޅެމުން ދިޔަ ހިތަކާއިއެކު ލޯ މަރާ ބާރުކޮށްލިއެވެ. އޭނާއަށް ނޭނގޭ ހަގީގަތެއް އޭނާއާއި ބެހޭގޮތުން ވާނެހެއްޔެވެ؟ ހަމަގައިމުވެސް އޭނާގެ ބައްޕަ ނިޔާވީ އޭނާގެ އުމުރުން 2 ދުވަހުގައި ކަމަށް މަންމަ ބުންޏެވެ. އެއާއިލާއަކީ އެހެން ރަށެއްގެ އާއިލާއެއް ކަމުގައިވެސް ބުންޏެވެ. މަންމަގެ އާއިލާގެ އެއްވެސް މީހަކު ނުހުންނަ ކަމަށް ބުންޏެވެ. ބައްޕަގެ އާއިލާގައިވެސް މީހަކު ނުހުންނަ ކަމަށް ބުންޏެވެ. ބައްޕަ ނިޔާވުމުން ވިޝާ ގޮޮވައިގެން އެރަށުގައި އުޅެން ދަތިވެގެން މިރަށަށް އައީ ވިޝާގެ އުމުރުން ދޮޅުމަހުގައި ކަންވެސް ބުނެދިނެވެ. ވިޝާ ލޯ ހުޅުވާލިއެވެ. ދެން ކޮން އެއްޗެއް ހެއްޔެވެ؟ ނޫނެކެވެ. މަންމަ އެސިޓީ އުރައިގައި ފޮރުވާފައި އެވަނީ ނަސޭހަތެވެ. އޭނާއަށް ނޭނގޭ އެއްެވެސް ކަމެއްނުވާނެއެވެ. ވިޝާ އަމިއްލަ ހިތަށް ވިސްނައިދެމުން ދިޔަނަމަވެސް ހާސްކަން ކުޑައެއް ނުވެއެވެ. ތުރު ތުރު އަޅަމުން ދިޔަ އަތަކުން ސިޓީ އުރަ ކަނޑާލުމަށްފަހު އޭގައި އޮތް ސިޓީ ނަގާ ހުޅުވާލީ ނުތަނަވަސްވެ އިނދެގެންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

laya

Level 110 Stories

Other Articles

Previous

ލަފްޒު (ފުރަތަމަބައި)

Next

ހިތް މި އެދޭ ސޫރަ އޭ ތީ މަގޭ 8 ވަނަ ބައި

Next
February 14, 2014

ހިތް މި އެދޭ ސޫރަ އޭ ތީ މަގޭ 8 ވަނަ ބައި

Previews
February 12, 2014

ލަފްޒު (ފުރަތަމަބައި)

6 Comments!

  1. ROO says:
    February 13, 2014 at 11:29 pm

    keevve anekkaa mivaahaka mi feshee… kihaa bodu baeh genes dheefa othy… vaahaka continu kurinama…

    1. laya says:
      February 14, 2014 at 12:46 pm

      ވަރަށް އަވަސްކޮށް ގެނެސްދީގެނ އެހަމައިން ފަށަން މިއުޅެނީ.. 🙂 ތޭންކްސް ރޫ

  2. aishath says:
    February 14, 2014 at 2:57 pm

    vaahaka thankolhe dhiguko genesdhecheyy…..mi baives vv rythi…unmeedhu kuran mi vaahaka nimendhen medhu nukandaa genes dheyne kama 😀

  3. hazu says:
    February 14, 2014 at 3:55 pm

    mi v reethi vaahaka eh plzzz avahah kurin ninmi hisaabun genesdhehche.n araamagu site mihaaru haadha vaey… laya ge story thah v habeyxx n gud luk

  4. dhethandimaa says:
    December 6, 2014 at 12:48 am

    varah reethi vahaka eh mi vahaka continue kurany kon irakutha???? waiting for it. pls pls pls avaha up kohdhehche

  5. zaima says:
    August 29, 2016 at 9:00 am

    mi vaahaka genes dhehvabala hadha rithi vahaaka ekey plz.plz.

Comments are closed.

Next Episodeއެކުގައިވާން އެދެމޭ… 2←


All Right Reserved!