Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މީޝާ (4)

Muroo.... Level 210 Stories100 Comments
October 28, 2017 3 Mins Read
23 Comments

ބައްޕާ.. މީޝް.. މީީޝް .. ހާސްވެފައި ޔަނާލް އަޔާޒް އަށް ގޮވާލިއެވެ. ޔަނާލްގެ ރޮވިފައިވާ ދެލޯ ފެނި ކަމެއް ގޯސްވެއްޖެކަން ސަލީމް އާއި އަޔާޒް އަށް އިނގުނެވެ.އަވަހަށް މީޝާ ބާއްވައިފައި އޮތް ވޯޑާ ދިމާލަށް ދެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ. ސަލީމް އެހިސާބައް އެރިއިރު މީޝާ ބަލާފައި ނިކުންނަނީ އެވެ.
” ޑޮކްޓަރ ..މީޝާ ..” ސަލީމްގެ އަޑުގައި މަޑުތުރު ތުރުލުމެއް ވެއެވެ. ” މީޝާގެ ބައްޕަތޯ..” ޑޮކްޓަރ ކޮއްލީ ސުވާލެކެވެ. ސަލީމް އަވަސް އަވަހަށް ބޯޖަހާލިއެވެ. “ދުރުވޭ އަޅުގަނޑާ އެކު..” ޑޮކްޓަރު އޭނާ ފަހަތުން އަންނަން އެންގުމުން ސަލީމް އާއެކު އަޔާޒް ވެސް ފަހަތުން ހިނގާގަތެވެ. ޔަނާލް ވަނީ މީޝާ ކައިރިއަށް ވޯޑު ތެރެއަށެވެ. އޭރު މީޝާ އޮތީ ލޯމަރާގެންނެވެ. އެހެނަސް ލޮލުން ތަޒާ ކަރުނަ އަންނަމުން ދެއެވެ.އެދޮން މޫނު ވަނީ މީލާ މޯޅިވެފައެވެ މީޝާގެ ހާލު ފެނި ޔިނާލް ގެ ލޯ ކަރުނައިން ފޯވިއެވެ.
” ޔަނާ ދެންދޭ ގެއަށް.. ސްކޫލުން އައި ގޮތައް އަދިވެސް ތިހުރީ ކާއެއްޗެއް ނުކައި..ދޭ ފެންވަރާ ހަދާލަން.. މިހާރު އިރު އޮއްސެނީ އެ..” ޝާފިޔާ ޔަނާލް ބުރަކަށީ ފިރުމާލިއެވެ. ޔަނާލް ބޯޖަހާލީ މަންމަ ކުރިމަތީ ރޮވެދާނެތީ އެވެ. އަވަސް އަވަހަށް ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ނިކުތެވެ. ނަމަވެސް ޝާފިޔާ އަށް ދަރިފުޅު ލޮފުގައިވާ ކަރުނަ ސިއްރެއް ނުވެއެވެ. މީީޝާއަށް ގޮތެއް ވަންޏާ ޔަނާލް ދެރަވާނެކަން ޝާފިޔާ އަށް ވެސް އިނގެއެވެ. ނަމަވެސް މިވަގުތު މީޝާއަށް ބޭނުންވަނީ އަޅާލުމާއި ލޯތްބެވެ.
ސަލީމް އާއި އަޔާޒް ޑޮކްޓަރ ރިހާން ގެ ކޮޓަރިއަށް ވަދެ ގޮނޑީގައި އިށީނެވެ. ރިހާން ފުންނޭވާއެއް ބޭރުކޮއްލުމުން ސަލީމް ެ ހާސްކަން ވީ އިތުރެވެ.
” މީޝާ އަށް ވަނީ ކުއްލި ޝޮކެއްލިބިފައި..އެހެން ވުމުގެ ސަބަބުން އޭނާގެ ސިކުނޑިއަށް ވަނީ އޭގެ އަސަރު ކޮއްފަ..މިހެން މިދިމާވީ ކުއްލިއަކަށް މާބޮޑު ހިތާމައެއް ކުރިމަތި ވުމުން ސިކުނޑިއަށް މާބޮޑަށް ބާރު ކޮއްލީމަ.. މިވަގުތު ބޭނުންވަނީ މިމާހުއުލުން ދުރައް ގެންގޮސް ހިންހަމަ ޖައްސާދެން.. އަބަަދަކު ނިދާ އިންޖެކްޝަން ވެސް ނުޖެހޭނެ ދެއްތޯ.. އެއީ އެންމެ ރަނގަޅު ގޮތެއްވެސް ނޫން… ހޭލެވޭ އިރަށް އޭނާގެ ހާލުދައްވޭ.. ދެންމެވެސް ވީއެހެން…އަނެއްކާވެސް ނިދާ އިންޖެކްޝަންޖަހާފަ އަޅުގަނޑު މިއައީ…މިހެންދާކަމަށްވަނީނަމަ ސިކުނޑިހަމަނުޖެހޭ ކުއްޖަކަށް ވުން ވެސް އެކަށީގެންވޭ” ޑޮކްޓަރުގެ ވާހަކަ އިވިފައި ސަލީމް މާޔޫސް ވީ މިވަގުތު ފުރާގެން ދެވެން ނެތީމައެވެ. ނަމަވެސް މީީޝާ ގެއްލި ދާކަށް އޭނާ ނޭދޭނެއެވެ.ގޭގެ ކަންތައް އަޔާޒް އަތްމައްޗައް ދޫކޮއްލާފައި ވިޔަސް މީޝާގޮވާން ދާން ސަލީމް ނިންމިއެވެ.
ޓެރަސްމަތީ އިން ވަށްމޭޒްމަތީ އާާވި އަރަމުންދާ ހޫނު ކޮފީތައްޓަށް ނަޒަރު ހުއްޓާލައިގެން ކައިޝް އިނީީ ފުންވިސް ނުމެއްގެތެރޭގައެވެ. އޭނާގެ ވިސްނުން ގުޅިފައި ވަނީ މީޝއާއެވެ. މީޝާ ގެ ކަރުނައިން ފުރިފައިވާ ދެލޯ މިހާރުވެސް ކައިޝް އަށް ފެންނަ ކަހަލައެވެ. ކައިޝް ހިތުގާ ރިއްސާލިއެވެ. މީޝާގެ ހާލު ބަލާލަން އޭނާ ކިތައްމެ ބޭނުން ނަމަވެސް އެކަން ކުރެވޭކަށް ނެތެވެ. މީޝާ އަކީ މިއަދު ކައިޝް އަށް ފެނުން ކުއްޖެކެވެ. އެއްވެސް ވަރަކަށް ވާހަކަވެސް ދެއްކިފައެއް ނެތެވެ. ކައިޝް ބޯދެފަރާތައް ތަޅުވާލީ އެހިޔާލު ތަކުން ދުރުވެލުމަށް ޓަކައެވެ. މީީޝާ އާދޭތެރޭ އޭނާއަށް މާބޮޑަށް ވިސްނެނީށއެވެ.
” ދޮންބޭ… މަމް އެބަ ހޯދާ..” ކައިޝް ގެ ކޮއްކު ކިޔާން ގޮވާލިއެވެ. ކިޔާންގެ ގެ އުމުރުން މިހާރު ބާރަ އަހަރު ވަނީއެވެ. އޭރު ކިޔާން އައިސް ކައިޝް ކައިރީ އިށީީނެވެ. ” ކޮބާ މޮމް..” ކައިޝް ކޮފީތަށިން ކޮފީކޮޅެއް ބޯލިއެވެ. ” ބަދިގޭގަ.. ބުނި ބުނާށޭ މޮމް އެބަ ހޯދައޭ.. ބައްޕަވެސް ދުރުވެއްޖެ..” ކިޔާން އަތުގައި އޮތް ސްޓޯރީ ފޮތް ހުޅުވާލަމުން ބުންޏެވެ. ” ހިނގާ ދާން..،” ކައިޝް އިންތަނުން ތެދުވެ ގޭތެރެއަށް ދާން ހިނގާ ގަތެވެ. ފަހަތުން ކިޔާން ވެސް ހިނގާގަތެވެ
” ދަރިފުޅު ކިހިނެއް ކިޔެވުން.. ” ނާޒިމް ކައިޝް އައިސް ސޯފާގައި އިށީނުމުން ސުވާލް ކުރިއެވެ. ނާޒިމްއަކީ ދަރިންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ ބައްޕައެކެވެ. އޭނާގެ އެންމެ އިސް ކަމަކަށް އަބަގުވެސް ވާނީ ދަރިންގެ ހިންހަމަޖެހުމެވެ. މާލޭގައި މުއްސަދިންގެ ލިސްޓުގައި ނާޒިމްގެ ނަން ވީނަމަވެސް ދަރިންނަށް ދޭންވާ ލޯތްބާއި ވަގުތު ކިތެއްމެ ބިސީ ވިޔަސް އޭނާ ހޯދައެވެ. އެހެން ކަމުން އެދެމެދުގައި ވަނީ ވަރަށް ވަރުގަދަ ގުޅުމެކެވެ.
” އޯކޭ.. އަދި މީ ފުރަތަމަ ދުވަސް …. އަޅުގަނޑު ހިންހަމަ ޖެހޭ.. ” ކައިޝް ބުންޏެވެ. އެވަގުތު ކައިޝްގެ މަންމަ އާތިކާ ކާންގޮވިއެވެ.
ކާހިތް ނެތް ނަމަވެސް ކައިޝް ކެއުމުގާ ބައިވެރިވީ ބައްޕަ އޭނާ ނުކާފި ނަމަ ސުވާލު ކުރާނެތީއެވެ.ކާން އިންއިރުވެސް ކައިޝް އަށް ވިސްނެނީ މީޝާއާ ދޭތެރޭގައެވެ.
މީޝާ ގެއަށް ދޫކޮށްލުމުން ހަމަ އެދުވަހު މީޝާ ގޮވާން ސަލީމް މެލޭޝިއާއަށް ފުރީ އަޔާޒް ގެ އެދުމުގެ މަތިން ޔަނާލްވެސް ގޮވާންނެވެ. މީޝާ އެކަނި ވެރިކަން ޔަނާލް ހުރުމުން ފިލާނެތީއެވެ މެލޭޝީއާއަށް އައިސް ހަފުތާއެއް ވީ އިރުވެސް މީޝާ މީހަކާ ވާހަކަވެސް ނުދައްކައެވެ. މީރާ ހަންދާންކޮށް މީޝާ ނުރޯދުވަހެއް ނުދެއެވެ.އަބަދުވެސް މީޝާ ކަމަކީ ހިތާމަކުރުމެވެ. ހިތާމަކޮށް މީޝާވަނީ ކުރިއަށްވުރެއް ހިކި މޫނުމަތިވެސް ވަނީ ދަމާލާފައެވެ. ޔިނާލް އެތައް މަސައްކަތެއް ކޮއްގެން މަޑުމަޑުން އޭނާއާއެކު ބޭރަށް ނިކުމެލާ ހަދަން ފެށީވެސް މެލޭ އަށް އައިތާ ތިން ހަފުތާ ވީފަހުންނެވެ. އެކަމާ ސަލީމް އުފާކުރިއެވެ. ޔަނާލް ގެ ކިޔެވުން މެކަނޑާލާ ހުރިހާ ވަގުތެއް މީޝާއަށް ޓަކައި ހުސް ކުރީތީ ނިހާޔަތައް ޝުކުރު އާދާކުރިއެވެ.އެކަަހަލަ އެކުވެރިއެއް މީޝާއަށް ލިބުނީތީ ހެއްދެވިފަރާތަށް ކޮންމެ ނަމާދަކަށްފަހު ޝުކުރުއަދާކުރެއެވެ މަދުމަދުން މީހުންނާ ވާހަކަ ދައްކާ ހަދަން މީޝާ ފެށުމުން މެލޭގެ ހައިސްކޫލުން ޖާގަހޯދިއެވެ. އަޔާޒް ވެސް ބޭނުންވީ އެގޮތްކަމަށް ވީީތީއާ އެކުގައެވެ. މީޝާ މާލެ ގެންދިއުމުން އޭނާއަށް މީރާގެ ހަނދާން ތަކާ ދުރުވާން އުނދަގޫ ވާނެތީއެވެ. ސަލީމް މީރާ މަތިން ހަނދާންވި ނަމަވެސް ހިތްވަރު ކުރީ މީޝާ އަށްޓަކައެވެ.
” މީޝް ކޮބާ.. އަވަސް ކުރޭ.. “ޔަނާލް ދަބަސް ކޮނޑުގައި އަޅުވާލަމުން މީޝާ އަށް ގޮވިއެވެ. މިއަދު މީ އެކުދިން މެލޭޝިއާގެ ސްކޫލަށް ދާ ފުރަަތަމަ ދުވަހެވެ. މީޝާ ނިކުތުމުން ދެކުދިން އެކީ ހިނގާގަތީ އެކުދިންގެ ސްކޫލް ހިނގާފައި ދެވޭހާ ކައިރީގައި އިނީމައެވެ. މީީޝާ ހަނދާންވީ މާލޭގައި ސްކޫލަށް ދިޔަ ފުރަތަމަ ދުވަހު ކައިޝް އާ ދިމާވި ގޮތެވެ. އެދުވަހަށްފަހު އޭނާއަށް ކައިޝް ނުވެސް ފެނެއެވެ. މީޝާ ދެރަވީ އެދުވަހުގެ ހާދިސާ ހަންދާން ވީތީއެވެ.ކިތެއްމެ ހަނދާން ކުރަން ބޭނުން ނުވިއަސް އެހަދާންތައް މީޝާއަށް އަބަދުވެސް އުނދަގޫ ކުރެއެވެ.
” މީޝް..” ސްކޫލް ގޭޓާހަމައަށް އާދެވުމުން ޔަނާލް މީޝާއަތުގައި ހިފައްޓާ މަޑުކުރުވިއެވެ. މީޝާ ކިހިނެއްވީތޯ ސުވާލް ކުރުމުން ކުރިމައްޗައް އަތްދިއްކޮއްލީއެވެ. މާ ހައިރާންވެފަ ޔަނާލް ދައްކާ ިމާލަށް މީޝާވެސް ބަލާލިއެވެ. މީޝާގެ ހިތް ކުރިއަށް ވުރެށް ބާރަށް ތެޅިލިހެން އޭނާއަށް ހީވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muroo....

Level 210 Stories100 Comments

Other Articles

Previous

ހަޤީޤަތް ނޭނގެނީ ކީއްވެބާ..؟ (1 ވަނަ ބައި)

Next

ތިޔަ ދިން އުފާ 29

Next
October 28, 2017

ތިޔަ ދިން އުފާ 29

Previews
October 28, 2017

ހަޤީޤަތް ނޭނގެނީ ކީއްވެބާ..؟ (1 ވަނަ ބައި)

23 Comments!

  1. Shau Aria says:
    October 28, 2017 at 10:39 am

    varah reethi vaahaka ekam haadha kurey…. Dhen faharakun dhigu kohlaafa genesdhehchey ?

    1. Muroo.... says:
      October 28, 2017 at 10:47 am

      Thanks shiu …insha Allah dhigukohlaanan dhen faharakun☺

  2. Muroo.... says:
    October 28, 2017 at 10:49 am

    AssalamAlaikum..hey guys 4th part miothy.. hope reethi vaane kamah.. rangalhu kohlan jehey kameh othy ah plx let me know..☺☺☺☺

  3. Kaain says:
    October 28, 2017 at 11:58 am

    Vaahaka hama habeys vaanehen v heevey. Ekam haadha kurukoshey thi up koh dheny. Thankolheh dhigukoh genesdheyne kamah ummeedhu kuran. ☺☺

    1. Muroo.... says:
      October 28, 2017 at 12:07 pm

      Thanks kaain.. next part dhigukoh genevey thoa balaanan.. ☺☺

  4. Elena says:
    October 28, 2017 at 12:21 pm

    Oh god!? More desperate to know why her heart is beating .is it kaish ???????

  5. sana says:
    October 28, 2017 at 12:41 pm

    Wowww! Nice but plx plx use dhivehi words this is dhivehi story so plx use dhivehi words and don’t mix dhivehi words and english words plx MUROO

    1. Muroo.... says:
      October 28, 2017 at 3:29 pm

      Thanks sana .. maagina in English word beynun kureveny dhw.. next part ga thikan islaahu kuraanan☺

  6. lim says:
    October 28, 2017 at 1:31 pm

    Love the story …..hama habeya ….when next part

    1. Muroo.... says:
      October 28, 2017 at 3:30 pm

      Thanks lim..☺ tomorrow genesdheynan in sha Allah..☺

  7. Xee says:
    October 28, 2017 at 2:21 pm

    Whn next part

    1. Muroo.... says:
      October 28, 2017 at 3:31 pm

      Tomorrow in sha Allah ☺

  8. SJK...KOREAN says:
    October 28, 2017 at 4:02 pm

    wow. varah salhi. whn nxt part??

    1. Muroo.... says:
      October 28, 2017 at 5:11 pm

      Thanks sjk korean.. in sha Allah tomorrow ☺

  9. Muroo.... says:
    October 28, 2017 at 5:12 pm

    Thanks sjk korean.. in sha Allah tomorrow ☺

  10. Aisha says:
    October 28, 2017 at 6:10 pm

    VVV salhi ??

    1. Muroo.... says:
      October 28, 2017 at 6:16 pm

      Thanks Aisha ☺

  11. Aal says:
    October 28, 2017 at 6:33 pm

    Yanaal eii girl eh thrr???? Btw vaahaka vrh habeys… ??

    1. Muroo.... says:
      October 28, 2017 at 6:58 pm

      Yaa ei gal eh.. yanaal kiyaa boy vs hurey tha.? Thanks Aal

  12. Meesh says:
    October 29, 2017 at 12:30 am

    V reethi bt story maa maaa maaa kureee 🙁

    1. Muroo.... says:
      October 29, 2017 at 3:32 am

      Thanks meesh..next part dhigukoh genevey thoa balaanan..☺

  13. Meesh says:
    October 29, 2017 at 12:41 am

    Sana dhivehin hiyaaal fonuvan vi nun mi dhivehi vaahaka liyaa sofhaa eh..

  14. Suwa says:
    October 29, 2017 at 7:19 pm

    Muroo… Waiting for next part… Irukolhu kolhaa Eba balaalevey muroo ge vaahaka nereythow ?.. Plx fast… Waiting……….

Comments are closed.

Next Episodeމީޝާ (5)←


All Right Reserved!