Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްނެތް ގުޅުން (1 ވަނަ ބައި)

Shaama Level 110 Stories
October 27, 2017 4 Mins Read
16 Comments

ރޭގަނޑުން މެންދަމުން އަނބުރާ 2 ޖަހަނީއެވެ. ހަމަހިމޭންކަން ވެރިވެފައި އޮތް ކޮޓަރިތެރޭގައި ހުރި ޑަބަލްބެޑްގައި ނުނިދިފައި އޮތް ޒުވާނާގެ ލޮލުން ކަރުނަ ހިލެމުންދިޔައިރު މޫނުމަތިން ހިތާމާއިގެ އަސަރުފެންނަމުންދެއެވެ. ފުން ހިޔާލަކަށް ގެއްލިއޮވެ މުޅިދުނިޔެއަށް ސިއްރުން ރޮމުން ދިޔައީ މައިޝާއެވެ. އޭނާގެ ނަސީބާއި ދޭތެރޭ ވިސްނަންއޮވެއެވެ. ހިތަށް އެތަށް ސުވާުލުތަކެއް އަރުވަމުންނެވެ. ހެއްެދެވިފަރާތަށް ހިތުގެ ޝަކުވާތަށް ބަންޑުންކުރަމުންނެވެ. މާޒީ ހަނދާން ނައްތަން މަސައްކަތް ކުރިޔަސް އޭނާއަށް އެއީ ވާވަރުކަމެއްނޫނެވެ. ހަޔާތުގެ އެންމެ ފޮނިދުވަސްތައް ހިނދުކޮޅަކަށް ހަނދާންވިޔަސް އެއީ މައިޝާއަށްލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެކެވެ. މަގަތުގައި އޮތް އޭނާގެ 5 އަހަރުވީ ފިރިހެންދަރިފުޅުގެ މައުސޫމު މޫނަށް ބަލަންއޮވެފައި މަޑު މަޑުން ދެލޯ މަރާލުމަށްފަހު ހަޔާތުގެ އެންމެ ފޮނިދުވަސްތަކުގެ ތެރެއަށް ފީނަންފެށިއެވެ.

އެއީ މީގެ 10 އަހަރުކުރިއެވެ. 2006 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ދުވަހެކެވެ. ގަޑިން ދުވާލު 8 ޖަހަން ކުޑަ ހިނދުކޮޅަކަށްވެއްޖެއެވެ. ފެކަލްޓީއޮފް އެޑިއުކޭޝަންގެ އަމީނީ ބިލްޑިންގްގެ ކިލާހެއްގައި ޕްރައިމަރީ ޓީޗިންގް ކޯހުގެ ހިސާބް މާއްދާގެ ގަޑި ފެށުމަށް ކުދިންތައް ކިލާހަށް ހާޒިރުވެ ތިބިއިރު މައިޝާއެއް ކިލާހަކުނެތެވެ.

ހާޒިރީ ބަލަމުން ދިޔަަ މުދައްރިސު އޭނާގެ ވާޖިބު އަދާކުރަމުން ދިޔައެވެ. ހުރިހާކުދިންގެ ނަންގޮވައި ނިމުނުއިރުވެސް މައިޝާއަށް ކިލާހަށް ހާޒިރުވެވޭ ވަރެއްނުވިއެވެ.

“މިއަދުވެސް މައިޝާ……”

“އައްސަލާމް އަލައިކުމް” މުދައްރިސުގެ ޖުމްލަ ފުރިހަމަނުކުރެވެނީސް މާނޭވާލަމުން، ދޮރުމައްޗަށް އަރައި ފުދޭވަރަކަށް ބާރަށް ސަލާންގޮވައި އެންމެންގެ ސަމާލުކަން ހޯދާގަތީ މަރިޔަމް މައިޝާއެވެ.

ފުރިހަމަ ރީތިކަމެއް ލިބިފައިވާ މައިޝާގެ މޫނުމަތިން ވަރުބަލިކަމުގެ އަސަރު ފެންނަންހުއްޓެވެ. ގަޑިޖެހިގެން ކިލާހަށްއައުމަކީ މައިޝާގެ އާދައެކެވެ. އެކަމަކީ އޭނާ މަސައްކަތް ކޮށްވެސް ނުހުއްޓުނު އާދައެކެވެ. ” އައިމް ޕްރެޒެންޓް ސަރ!” ދޮރުން އެތެރެއަށް ދެމިގަންނަމުން މުދައްރިސަށް އޭނާ ކިލާހަށް ހާޒިރުވެއްޖެކަން އަތުގެ އިޝާރާތުން އަންގަމުން ދުވެގޮސް ކިލާހުގެ އެންމެ ފަހަތު ގޮނޑިބަރީގެ ހުސްއަށް ހުރި ގޮނޑީގައި އިށީނެވެ. އެއީ އޭނާގެ އެންމެ ގާތްއެކުވެރިން އޭނާއަށްޓަކައި ހުސްކޮށްދީފައިހުރިގޮނޑިއެވެ. ފަހަތު ގޮނޑިބަރީގައި އިށީނދެގެން ތިބި އޭނާގެ އެކުވެރިން އޭނާއަށް ބަލާލުމަށްފަހު ދެލޯ ބޮޑުކޮށްލާ ‘ސާބަހޭ” ބުނާހެން މޫނުމައްޗަށް ގޮތެއްހަދާލިއެވެ. ކޮންމެ ކްލާހެއްގެވެސް ފަހަތު ގޮނޑިބަރިއަކީ މައިޝާއާއި މައިޝާގެ އެކުވެރިންގެ ޖަގަހައޭބުންޏަސް ދޮގަކަށްނުވާނެއެވެ. މައިޝާ އިށީނުމާއެކު މުދައްރިސް ޕްރޮޖެކްޓަރ އަޅުވައި ‘ޕީ ޕީ ޓީ ޕްރެޒެންޓޭޝަނެއް’ ހުޅުވައި ކިޔަވައިދޭންފެށިއެވެ.

“މިއަދު ކީއްވެ ލަސްވީ؟ ރޭގަވެސް ހޭލާތަ އުޅުނީ؟” މައިޝާގެ ގާތުގައި އިން އޭނާގެ ހުރިހާ ސިއްރެއް ހިއްސާކުރާ އެކުވެރި  ޝިފްނާ އޭނާއާ  ވައިއަޑުން ސުވާލުކުރީ ދެވެރިންގެ ވާހަކަ ދެއްކުން ސިއްރުކުރަމުންނެވެ. އެހާހިސާބުން މައިޝާގެ ވާހަކަފެށުނެވެ.

މައިޝާގެ ވާހަކަތައް އަޑުއަހަން ތިބި އޭނާގެ  3 އެކުވެރިން ހިނިތުންވަމުން ދެ ފަރާތަށް ބޯހުރުވަމުން މުދައްރިސު ކިޔައިދެމުންދިޔަ ފިލާވަޅަށް ސަމާލުކަން ދިނެވެ. ހަތަރުވެރިން ވާހަކަ ހުއްޓައިލާ ޝައުގުވެރިކަމާއިއެކު ފިލާވަޅުގެ ތެރެއަށް ގޮސް ހުސްވެއްޖެއެވެ.

އެއްގަޑިއިރު ފަހުން ހިސާބު ގަޑިނިމިއްޖެއެވެ. މުދައްރިސް ޕްރޮޖެކްޓަރ ނިއްވާލުމާއިއެކު ކުދިންތައް ކްލާހުން ނުކުންނަމުންދިޔައެވެ. މައިޝާވެސް އޭނާގެ 3 އެކުވެރިންނާއެކު ކްލާހުން ނުކުންނަމުން ދިޔައިރު ހެނދުނުގެ ނާސްތާ ކުރުމަށް ދާނެތަނެއްގެ ވާހަކަ އެކަކު އަނެކަކަށް ދައްކަމުންދިޔައެވެ.

ހެމުން ސަކަރާތްޖަހަމުން މައިޝާމެން ސިޑިބަރިން ފައިބައިގެން ހިނގައިގަތީ ފިޒާޒް ރެސްޓޯރެންޓަށް ވަނުމަށެވެ. އެދުވަސްވަރަކީ  ‘ފިޒާޒް’  ރެސްޓޯރެންޓް ވަރަށް މަޝްހޫރުވެގެން އުޅުނުދުވަސްވަރެކެވެ. ކޮލެޖްގެ އިތުރުން އީޕީއެސާއި އޮފީސްތަކުންވެސް ކާން ބޯން އެތަނަށްދާކުދިން ވަރަށް ގިނައެވެ.

މަގުމަތިން ހިނގާފާދާއިރު މައިޝާގެ ފުރިހަމަ އިސްކޮޅު ހާމަވެއެވެ. ލައިގެން ހުރި ޒަމާނީ ހެދުމުން އޭނާގެ ލޫޅާފަތި ހަށިގަނޑުގެ ވަނާތަށް ފާޅުވެއެވެ. ބުރުގާއަޅައިގެން ހުއްޓަސް މައިޝާއަކީ ޖިންސާ ޓޮޕާ ލާ މަދުކުދިންގެ ތެރޭ ހިމެނޭ ފެށަނަށްލޯބިކުރާ މަންޖެއެކެ. އޭނާގެ ތަފާތުކަމުގެ ވާހަކަ ކޮލެޖްގެ ކުދިންގެ އިތުރުން މުދައްރިސުން ވެސް ދައްކައެވެ. ކިޔެވުމަށް ދޭ އަހަމިއްޔަތުކަމުގެ އިތުރުން އިތުރު ހަރަކާތްތަކަށްވެސް ޝައުގުވެރިކަން ހުންނަ މައިޝާއަކީ ސަކަމިޒާޖެއްގެ މިނިވަން ދޫންޔެއްފަދައިން އުޅޭ ކުއްޖެކެވެ. އޭނާގެ މޫނުމަތިން އުޖާލާކަން ނުފެންނާނެ ވަގުތެއް އެއީ ނުހައްދަވާނެ ވަގުތެކެވެ.   އެކުވެރިންނާއި އެކު އުޅޭވަގުތުތަކަކީ އުފަލާމަޖަލުގައި ހޭދަކުރާ ވަގުތުތަކެވެ. އެއްވެސްކަމެއްގައި ސީރިއަސްވުމެއްނުހުރެއެވެ. ކޮންމެކަމެއްވެސް ހިނިތުންވުމަކުން ނިންމާލަންބޭނުންވާ މައިޝާގެ އެކުވެރިން އޭނާދެކެ މި ސަބަބުތަކަށްޓަކައި ވަރަށް ލޯބިވެއެވެ.

“ހާދަ ބައިވަރު މީހުންނެކޭ…” ފިޒާޒްގެ ދޮރުހުޅުވާލީ  މައިޝާގެ އެކުވެރިންގެ ތެރެއިން ނާއިލާއެވެ. އޭނާގެ ފަހަތުން މައިޝާމެންނަށް އެތަނަށްވަދެވުނީ ކިރިޔާއެވެ. މުޅިތަން ފުރިބާރުވެފައި އޮތުމުންނެވެ.

ކައުންޓަރުންފެށިގެން ރެސްޓޯރެންޓްގެ މައިދޮރާހަމައަށް މީހުން ކިޔޫހަދައިގެން އޮތްދުވަހެކެވެ. އެންމެންވެސް އިންތިޒާރުކުރަމުން ދިޔައީ އަވަހަށް މައްޗަށްއަރައި ބުފޭއިން ކާއެއްޗެހިއަޅައިގެން އެބައެއްގެ މޭޒުދޮށަށް ދިއުމަށެވެ. ކައުންޓަރުގައި ހުރި ކޭޝިއަރުގެ މަސައްކަތް ވަރަށްހަލުވިއެވެ. ކިޔޫއިން މީހުންމަދުވަމުން ދިޔަވަރަކަށް މައިޝާމެންނަށްވެސް ކުރިޔަށް އެރެމުންދިޔައެވެ. ހަތަރުވެރިންގެ ވާހަކައަކަށް އެއިރުވެސް ހުއްޓުމެއްނާދެއެވެ. އެކަކުއަނެކަކަށް ހީ ސަމާސަކުރަމުން ދަނިކޮށް ކުއްލިއަކަށް ޝިފްނާގެ ސަމާލުކަން އެހެންކޮޅަކަށް ދެވުނުހެން މައިޝާއަށް ހީވިއެވެ. ޝިފްނާގެ މޫނުމަތިން ހިނިތުންވުމުގެ އިތުރުން އިޝާރާތުން މީހެއްގާތު ކިހިނެތްތޯ އަހާލިކަން އެނގުނެވެ. ފަހަތްއެނބުރި ޝިފްނާގެ ނަޒަރު ދިޔަ ކޮޅެއް މައިޝާއަށް ބަލާލެވުނެވެ. ޝިފްނާ އިޝާރާތްކުރީ އެވަގުތު ކައުންޓަރުގައި ފައިސާދައްކަން ހުރި 3 ޒުވާނުންގެ ތެރެއިން އިސްކޮޅުން ދިގުކޮށްހުރި ރީތިޒުވާނާއާއެވެ. ހެދުން އަޅާފައި ތިބިގޮތުން އެއީ އޮފީހެއްގައި މަސައްކަތް ކުރާ ޒުވާނުންތަކެއްކަން އެނގެއެވެ. އަތުކުރި އޮޅާލާފައި ހުރިއިރު އިސްތަށިގަނޑުގައި ޖެލްލާފައި ޒަމާނީ ގޮތެއް ބޮލަށް ހަދާފައިހުރި އެ ޒުވާނާގެ ރީތި ހިނިތުންވުން ފެނި މައިޝާ އާޝޯހްވާވަރުވިއެވެ. އެޒުވާނާގެ ނަޒަރު ޝިފްނާއިން ދުރުކޮށް މައިޝާއަށް ފޮނުވާލުމަށްފަހު ހިނިތުންވުމަކުން ‘ހައި’ ބުނި ކަހަލަައެވެ. މައިޝާއަށްވެސް ބަދަލުގައި ހިނިތުންވުމެއް ދެވުނެވެ. އެއަށްފަހު އަވަހަށް މޫނުއަނބުރާލައި ޝިފްނާގާތު އެއީ ކާކުތޯ އަހާލެވުނެވެ.

“ހޫނ އެއްކަލަ މީހާ! ކިހިނެއްވީ؟ އަޅައިގަތީ؟” މައިޝާ ކުރިސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ޝިފްނާވެސް މައިޝާއާ ކުރީ ލާނެތްސުވާލެކެވެ.

“ނޫން… ޖަސްޓް އަހާލީ!” ހިތުުގައި އުތުރިއަރަމުންދިޔަ އިހުސާސްތައް ސިއްރުކުރަމުން ޝިފްނާގެ ސުވާލަށް މައިޝާ ޖަވާބުދިނީ ނޫންކަމަށްހަދާލާފައެވެ.

އެންމެންވެސް މައިޝާގެ މޫނުމައްޗަށްއަރަމުންދިޔަކުލަވަރު ފެނި ހިނިގަނޑަކުން އެވާހަކަ އޮއްބާލިއެވެ. މާގިނަ އިރުތަކެއްނުވެ  ކިޔޫއިންސަލާމަތްވެގެން އެވެރިންނަށްވެސް މައްޗަށްދެވިއްޖެއެވެ. ބުފޭއިން ތަށިތަކަށް ކާއެއްޗެހިއެޅުމަށްފަހު މައިޝާމެންއަވަހަށްގޮސް ހުއްސައްހުރިމޭޒެއް ހޯދާލިއެވެ. މޭޒެއްލިބުމާއެކު ތަށިތައްބަހައްޓާފައި އަނބުރާ ޖޫސްތަށިތައް ބަލާދިޔައެވެ. ޝިފޫމެން ޖޫސްބަލާދާށޭ ބުނެ މައިޝާ ގޮނޑީގައި އިށީނީ އޭނާއަށް ހިނދުކޮޅެއްކުރިން ފެނުނު ޒުވާނާފެނޭތޯބަލާށެވެ. ގޮނޑީގައި އިށީނުމަށްފަހު މުޅި ތަން ހޯދާބަލާލިއެވެ. އޭނާއަކަށް އެޒުވާނާއެއް ނުފެނުނެވެ. ހިތާހިތުން އޭނާވެސް އެރީ ގައިމު މައްޗަށްނޫންބާއޭ ސުވާލުކުރެވުނެވެ. ހޯދަމުންދިޔަ ޒުވާނާ ފެންނަން ނެތުމުން އިންތަނުން ތެދުވެ ހިނގައިނުގަނެވެނީސް ފަހަތުގައި ހުރިމީހެއްގެ ގައިގައި މައިޝާގެ އަތުންޖެހި އެމީހެއްގެ އަތުގައި ހުރި ޖޫސްތަށި ބިއްމަށްޗަށްވެއްޓި ތަށި ތަޅައިގެންދިޔައެވެ.

“އަނހަ، ކިހިނެއް ތިހެދީ…؟  ފަޓުލޫނަށް ދިޔަ ޖޫސް  ޓިޝޫއަކުން ސާފުކުރަން އަވަސްވެގަންނަމުން މުސްތަފާ ސުވާލުކުރީ މައިޝާއާއެވެ.

މައިޝާށް ވީ ކިހިނެއްކަމެއްވެސް ނޭނގުނެވެ. އެންމެންގެ ނަޒަރު އެވަގުތު ހުއްޓިފައިހުރީ މައިޝާއާއި މުސްތަފާއަށެވެ. ގަބުވެފައިހުރި މައިޝާގެ ކަޅިހިންގާލާއި ހުރިތަނުން ގުޑާލާފައި މުސްތަފާއަށް ބަލާލީ ‘ސޮރީ ސޮރީ’ ކިޔަމުންނެވެ. ދެރަވެ އޭނާގެ އަތުން ވި ކަންތަކާ ކަންބޮޑުވެ ހަލުވި ސްޕީޑެއްގައި މާފަށްއެދެމުން މުސްތަފާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތު އެތަނަށް މައިޝާގެ ރައްޓެހިންނާއި، މުސަތަފާގެ ރަށްޓެހިންވެސް އައިސް ހެމުން މަލާމާތްކުރަންފެށިއެވެ. ލަހެއްނުވެ ‘ވެއިޓަރެއް’ވެސް އައިސް ތަން ސާފުކުރުމުގައި މަޝްއޫލުވެއްޖެއެވެ.

” މައިޝާާ! ތަންފުކެއްބޮޑުވަރު!” ޝިފްނާ ހެމުން މައިޝާއާއި ދިމާކޮށްލިއެވެ.

“ނޫނޭ! އިޓްސް އޯކޭ، ގަސްތަކުއެއްނޫނެއްނު ދޯ؟” މުސްތަފާ ދޯ ދިނ މައިޝާއަށެވެ.

މައިޝާ ލަދުން ބުނާނެއެއްޗެއް ނޭގި ބޯޖަހައިލީ މާފަށްއެދޭ ފާޑަކަށެވެ. ކޮންމެއަކަސް ޝިފްނާގެ އެކުވެރިޔާ ވެގެންދިޔައީ ވަރަށް ހިތްތިރި މީހަކަށެވެ. މައިޝާއަށް އޭނާއަކީ ވަރަށް ހިތްގައިމު މީހަކަށްވިއެވެ. މި ހާދިސާގެ ސަބަބުން މުސްތަފާ އޭނާގެ ރަހުމަތްތެރިން މައިޝާމެންނަށް ތަޢާރަފްކޮށްދިނެވެ. އެވެރިން ފަހުން ނާސްތާވެސް ކުރީ އެއްކޮށް ތިބެއެވެ. ކަމުން ވާހަކަ ދައްކަމުންދިޔައިރު، މުސްތަފާގެ ނަޒަރު އިރު އިރުކޮޅާ މައިޝާއަށް ހުއްޓިހުރެއެވެ. މުސްތަފާ ވަރަށް މުހިންމު ވާހަކައެއް ބުނަންބޭނުންވެގެން އުޅޭހެންވެސް  މައިޝާއަށް ބައެއްފަހަރު ހީވެއެވެ. ލޮލާލޮލުން ވާހަކަ ދައްކަމުން ދިޔައިރު ކައިރީގައި ތިބި ބަޔަކަށް އެވެރިންގެ ސިކުނޑީގައި އެނބުރެމުންދިޔަ އެއްވެސްކަމެއް އެނގޭހެނެއް ހިއެއްނުވެއެވެ. ބުނެދެންނޭގޭ ފަދަ މަޑުމައިތިރި އިހުސާސެއް ކުރުވަމުން ދިޔައިރު މޫނުމަތިން އެކަން އެކުވެރިންނަށް މައިޝާއެއް ނާންގައެވެ. އެހެނަސް، މުސްތަފާއަށް މައިޝާގެ މޫނުގެ ކުލަވަރު އެނގޭކަހަލައެވެ. މިއީ ކޮންފަދަ އިހުސާސެއްބާއޭ މައިޝާގެ ހިތަށްއަރަމުންދިޔައެވެ. “މިއީ އަނެއްކާ އަހަރެންގެ ހަޔާތަށް އަންނަންއުޅޭ އުފާވެރިކަމެއްގެ ފެށުންބާ؟” މައިޝާގެ ހިތާ ސިކުނޑި އޭނާއާއި ސުވާލުކޮށްލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaama

Level 110 Stories

teacher

Other Articles

Previous

ޢެދެމޭ އުފާ….(35)

Next

ދަރިފުޅު (9 ވަނަ ބައި)

Next
October 27, 2017

ދަރިފުޅު (9 ވަނަ ބައި)

Previews
October 27, 2017

ޢެދެމޭ އުފާ….(35)

16 Comments!

  1. Alvyn says:
    October 27, 2017 at 6:15 pm

    V reethi vaahaka…esfiya ge new writer eh tha thyy.. Gudluck dear?

    1. shereen says:
      October 27, 2017 at 6:43 pm

      Thank you. Labba

  2. Iz says:
    October 27, 2017 at 7:02 pm

    Feshun reethi.. Good luck

  3. Aal says:
    October 27, 2017 at 7:05 pm

    Stry v nyc….. Bt stry start kohfai vaki hisaabakun vaahaka huhtaanulahchey….. Plxx…

  4. Sham says:
    October 27, 2017 at 7:12 pm

    Vaahaka vrh reethi…but sham ah faahagavi kuda mistake eh ebain..hussah kiyaa baheh neennaane it’s huhah**

    1. shereen says:
      October 27, 2017 at 7:20 pm

      Right! Noted. 🙂 Thanks

  5. Hajam says:
    October 27, 2017 at 8:00 pm

    Mendhamun ali’ve 2 jehee kiyaanee… Dhen dhuvaalu 8 key liyumah vure bolah faseyha dho hendhunu 8 jehee liyun nama

    1. shereen says:
      October 27, 2017 at 10:02 pm

      Okay. Noted. 🙂

  6. Elena says:
    October 27, 2017 at 10:39 pm

    Alhey shereen…vhk vrrrh reethi vaane hn hyvany mi prt vrh nice bt can you plx chng that boy’s name i really don’t like it..

    1. shereen says:
      October 27, 2017 at 11:02 pm

      Glad I liked the story. Hehe name already written ennu … I wish I could change .. thank u

    2. shereen says:
      October 27, 2017 at 11:08 pm

      Glad you*

  7. maryy says:
    October 27, 2017 at 11:20 pm

    vrah foohi firehen kuhjaanan plx badha lukoh bala…. vrah reethi vaane aal nooni maain

  8. Adam says:
    October 27, 2017 at 11:28 pm

    Varah reethi vaanehen heevey keep it up

  9. Raashi says:
    October 28, 2017 at 8:41 pm

    Feshun v furihama ekamaku kudakih missteyk ebahuri

  10. Unaal says:
    October 28, 2017 at 9:59 pm

    Boy name change kuryma hama perfect vaane …
    Good job .story vrh reethi

  11. maree says:
    November 19, 2017 at 11:26 pm

    me2 dnt like tht name?boy name change kollaa

Comments are closed.

Next Episodeލޯތްބެއްނެތް ގުޅުން (2 ވަނަ ބައި)←


All Right Reserved!