Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މީޝާ (ދެވަނަ ބައި)

Muroo.... Level 210 Stories100 Comments
October 26, 2017 2 Mins Read
9 Comments

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

“އައުޗް…” މީޝާއަށް ހަޅޭއްލަވާ ގަނެވުނީ އޭނާގައިގައި މީހަކު ޖެހި އޭނާ ވެއްޓެން ދިއުމުންނެވެ.މާއަޑަށް ޔަނާލްވެސް ފަސް އެންބުރި ބަލާލިއެވެ. އޭރު މީޝާ އޮތީ ސިޑިބުޑަށް ވެއްޓިފައެވެ. “ސޮރީ……” މީީޝާ އާއި ދިމާލަށް އަތްދިއްކޮއްލަމުން ކުރިމަތީ ހުރި ކުއްޖާ ބުންޏެވެ.
“ކޮން……..” މީޝާ ބުނަން އުޅުން ޖުމްލަ ހުއްޓުނީ ކުރިމަތީ ހުރީ އޭނާ ނުވެސް ދައްނަ މޫނަކަށް ވީތީއެވެ.އެއީ އަލަށް ސްކޫލާ ގުޅުން ކުއްޖެއް ކައްނޭގެއެވެ.ލައިފައި ހުރީސްކޫލް ޔުނީފޯމް ކަމައްވާ އަތް ދިގު ގަމީހާ ކަޅު ފަޓުލޫނެވެ. އަތްކުރި ވަނީ އުޅޮބައްޓާ ހަމައް އޮޅާލާފައެވެ. ެިކުރުކޮށްކޮށާލެވިފައިވާ ކަޅުކަން ގަދަ ފަން އިސްތަށި ވަނީ ނިއްމައްޗައް ވައްޓާލާފައެވެ.ފުރަތަމަ ނަޒަރުން މީޝާގެ ހިތުގައި އެސޫރަ ބިންވަޅު ނެގިގެން ދިޔައީ މީޝާ އަށް އެކަން ނޭންގޭ ހާލުގައެވެ. ހިމަ ދިގު ދޮން މޫނެކެވެ. ބޮޑު ލޮލުގެ މަތީީގައި ކަޅު ބުމައެކެވެ.
” ވާއު……. “އިޙްތިޔާރުން ބޭރު މީީޝާ އަށް ބުނެވުނެވެ. ”
ސޮރީ ….” މީީޝާ އަށް ހޭވެރިކަންވީ ތަންކޮޅެއް ބާރަށް އެޒުވާނާ އެހެން ބުނުމުންނެވެ. ބުނާނެ އެއްޗެއްވެސް މީޝާގެ ދުލަކަށް އެވަގުތު ނައެވެ. އަވަސް އަވަހަށް ދިއްކޮއްފައިވާ އޭނާގެ އަތުގައި ހިފާ އިން ތަނުން ތެދުވިއެވެ. ހާދަ މަޑު އަތްތިލައެކެވެ.؟ ހިތާާ ދެކޮޅަށް މީޝާ އެއަތްތިލައިން ދޫކޮއްލުމުން އޭނާ ސިޑިން ފައިބައިގެން ހަލުވިކަމާއެކު ދިޔެއެވެ.
” ސާބަސް ކަމަނާ…” މީޝާ އަށް ވެފަހުރި ގޮތް ފެނިފަ އަތުގައި އޮތް ފޮތުން ޔަނާލް މީީޝާގެ ގައިގާ ޖަހާލިއެވެ.މީީޝާާ އާއެކު ޔަނާލް އުޅެމުންދާތާ މިވީ 5 އަހަރު ތެރޭ ފިރިހެން ކުއްޖަކަށް މީޝާ އެގޮތައް ބަލާލިތަންތަން ވެސް ޔަނާލް އަށް މި ނޫނީ ފެނިފައެއް ނުވެއެވެ.
” އޭތް.. ތަދުވެއްޖޭ . ކީއްވެ ތިޖެހީ….؟” ޔަނާލް ޖަހިތާ ފިރުމާލަމުން މީޝާ ޔަނާލް އަށް ލޯއަޅާލިއެވެ. ” ކިހާ ރަންގަޅު ޔަނާ ޖެހީމަ ތަދު އިހްސާސް ވީ… މިތަނައް ގުޅައަކަށް ޖެހިފަ އޮތްއިރު ނުވޭ ތަދެއް.. އެހެން ނޫނަސް ކަމަނާ އަރާއިން ގަހުން ފައިބާތޯ ޖެހީ.. އެހެންނުވާނީ މިހާރު ނޭންގޭ ސެޝަން ނުނިމޭ ކަމެއްވެސް.. ” ޔަނާލް ދިމާކުރަން ފެށުމުން މީޝާ ރަކިވިއެވެ.މީ އަބަދުވެސް އެކުދިންގެ ހާލެވެ. އެކަކު އަނެކަކާ ދިމާކޮއްހަދާނެ ދަނޑިވަޅަކަށް ތިބޭނީާ ބަލަބަަލައެވ. ” ދެންވެސް ކްލާހަށް ހިނގާބަލަ އަވަހަށް…” މީޝާގެ އަތުގައި ހިފާ ކްލާހަށް ވަންނަން ޔަނާލް ހިނގާގަތެވެ.
މީޝާމެން ކްލާހަށް ދިޔައިރު މަދައްރިސް އިންނެވީ ކުލާހުގެއެވެ. ލަސްވީތީ މުދައްރިސް ކިބާން މައާފަށް އެދުމަށްފަހު ފަހަތުގައި އިން ހުސް ގެޖާގައިގަ ދެކުދިން އިށީނެވެ. އަހަރުގެ ފުރަތަމަ މުވަސް ކަމުން ކިޔަވާ ދިނުމައްވުރެއް ބޮޑަށް އޮތީ ތައާރަފް ވުމުގެ ބައެވެ.
” އައްސަލާމް ޣަލައިކުމް.. “. ސަލާމް ގޮވާލިއަޑަށް މީޝާ ދޮރާދިމަށް ބަލާލިއެވެ. ހަމަ އެސޫރައެވެ. ފިރިހެން ވަންތަ ހިނގުމެއްގައި އައިސް މީީޝާާގެ ކުރިމަތީީ އިށީނީ އޭނާގެ ހިތުގެ ހަމަޖެހުން ކުޑަ ވަގުތުކޮޅެއްގެ ނަގާލި ސޫރައެވެ. ޒުވާނާ އިށީނުމުގެ ކުރިން މީީޝާއަށް ހިނިތުންވެލިއެވެ. މީީޝާ އިނީ ގަބޫލް ނުކުރެވިައެވެ.
” އޯމެމްޖީ.. ކާންޓު ބިލީވް.. ރޯމިއޯ ހަމަ މިކުލާސްތަ؟..” ވައި އަޑުން ޔަނާލް މީޝާ އާއި ދިމާކޮއްލިއެވެ. މީީޝާ ނުވާކަމައް ހެދިފައި މަޑުން އިންނާން ޔަނާލް އަށް އެންގިއެވެ. އޭރު މުޅި ކުލާހުގެ އެންމެންގެ ނަޒަރުވަނީ އެ ޒުވާނާއަށް ހުއްޓިފައިވާތަން މީޝާއަށް ފެނި އެހިތުގައި ރިއްސާިއެވެ.ދެރަވިއެވެ..އެކަމަކު ވެސް އެކަމާ ނުވެވޭތޯ މަސައްކަތް ކުރަމުން ގޮނޑީގައި ހަމަޖެހިލިއެވެ.
” ކައިޝް ..ވާއު..ވަރަށް ނައިސް.. ޔޔަ ނޭމް…” ސްކޫލް ގޭޓުން ނިކުންނަމުން ޔަނާލް ބުނެލި އެވެ. ” އަޅެ މީޝްއަށްތަ ވަރުމިވަނީ …” މީޝާ ވެސް ޔަނާލްއާ ދިމާކޮއްލިއެވެ.. $ ޔަނާގައިމުވެސް ނަން އިވުނު ފަހުން އެނަން ހަދާންނެތި ދާނެތީ އެއްވަރަކަށް ކިޔަކިޔަ އެއް ނުއިއްނަ” މީޝާގެ ދެލޯބޮޑުވެގެން ދިޔައެވެ. ޔަނާ އަށް އެކަން އިނގުނީ ކިހިނެއް ހެއްޔެ؟ ކައިޝް ގެ ނަން އިނގުނުފަހުން އެނޫން އެއްޗެއް މީީޝާގެ ދުލަކު ނުވެއެވެ. ” ހައް ހައް ލްކެޓް ޔޫރ ފޭސް.. ޔޫ އާރ ބުލަޝިން..” ޔަނާލް ބަނޑުގައި އަތްއަޅާގެން އޮވެ ހޭންފެއްޓިއެވެ. މީީޝާ ހުރީ ހަމަ ރަންގަޅަށް ވެސް ލަދުގަނެފައެވެ. ” މީީޝް މިދަނީ ދެން….” ” ވެއިޓް.. ޔިނާވެސް މިއަދު ދާނަން މީރާ ދޮންތަކައިރިއަށް..” ދެކުދިން އެކީ މީޝާ ގެއަށް ދާން ހިންގައިގަތީ އެކަކު އަނެކަކަށް ދިމާކުރަމުނަނެވެ.ހީސަމާސާ ކުރަމުން ދާއިރު އެކުދިން މެދުގައިވާ ގާތްކަން ހާމަވެގެން ދެއެވެ.
މީޝާ ގެ ގެކަމަށްވާ މ.ރޯޝަނީވީލާ އިންނަ ގޯޅިއަށް އެކުދިންނަށް ވަދެވުމުން ލިބުނީ ސިހުމެކެވެ. މީޝާގެ ލޮލުން އެއްވެސް ހިފެއްޓުމެއް ނެތި ކަރުނަތައް ފައިބާގަތީ ފެންނަމުންދާ މަންޒަރު ގަބޫލް ކުރަން ބޭނުން ނުވާ ހާލުގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muroo....

Level 210 Stories100 Comments

Other Articles

Previous

އީލާމް-18

Next

ލޯބި އަހަރެންވާނަމެވެ (4)

Next
October 26, 2017

ލޯބި އަހަރެންވާނަމެވެ (4)

Previews
October 26, 2017

އީލާމް-18

9 Comments!

  1. Muroo.... says:
    October 26, 2017 at 1:55 pm

    Assalaam alaikum.. here’s second part.. hope everyone’s like it.. mistake hunnaane hope readers mistake thah angaalan comment kohlaane kamah. .. readers ge hiyaal thah muroo ufalaa eku balaa gahnann?..

  2. Shasha says:
    October 26, 2017 at 2:04 pm

    Varah salhi akam ma kuri

  3. Mary says:
    October 26, 2017 at 2:15 pm

    Haadha kurey genesdheyleh

  4. saadhu says:
    October 26, 2017 at 2:19 pm

    alhey haadha kurukuko.dhiguko genes dheeba plx.v reethi.heevani reethi vaanehe.mistake ebahuri .vahaka v baraabaru.kondhuvas thakuga vahaka up vaani.

    1. Muroo.... says:
      October 26, 2017 at 4:14 pm

      Thanks saadhu.. in sha Allah tomorrow genesdheynan.. ,?

  5. Twinkle says:
    October 26, 2017 at 4:19 pm

    Alhe haadha kurey.. thankolheh dhigu koh genesdhyba.. Story v v nice. Next part koniraku?

  6. Elena says:
    October 26, 2017 at 8:07 pm

    It’s so nice n plus it’s my name .cute??

  7. Muroo.... says:
    October 26, 2017 at 9:19 pm

    Insha Allah maadhama next part genesdheynan…thanks twinkle ?

  8. shau says:
    October 26, 2017 at 11:00 pm

    haadha kurey

Comments are closed.

Next Episodeމީޝާ ( ތިންވަނަ ބައި)←


All Right Reserved!