Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބިކަވި ހަޔާތް (5)

lyla Level 1
October 25, 2017 3 Mins Read
14 Comments

ނަޒީމާ އަގަމަތީ އަތް އަޅައިގެން ހުރެ އަނެއް އަތުން އޭނާގެ ދެއަތުގައި އެމީހާ ބާރަށް ހިފައްޓާލިއެވެ. ގުޑި ނުނެވޭ ވަރަށް ހިފަހައްޓަލުމަށްފަހު އޭނާ ނާޒިމާ އާއި ކައިރިވާން ފެށިއެވެ. ހާމައަށް އޮތް ނާޒިމާގެ ދޮން ކަދުރާގައި އޭނާ ވަސް ބަލާލީ ދަހިވެތިގޮތަކަށެވެ.

ނާޒިމާ ނުރުހުމާއި އެކު މޫނު އަބުރާލިއެވެ. ނަމަވެސް އޭނާގެ އަގަ މަތި އާއި ދެއަތުގައި ބާރަށް ހިފަހައްޓަފައި ވުމުން މާކަ ބޮޑު ކަމެއް ކުރެވޭ ގޮތެއް ނުވިއެވެ. ލޮލުން ވޭނީ ކަރުނަ ފައިބަމުން ދިޔައީ އެހީއަކަށް އެދޭނެ އިތުރު މީހަކު ނެތުމުންނެވެ. އަގަ މަތީ އަޅާފައިވާ ބާރުގަދަ އަތުގެ ތެރެއަށް ކަރުނަތައް ހިދެމުން ދިޔައިރު އެ މީހާ ދިޔައީ ނާޒިމާގެ ހަށިގަނޑުން އުފާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނާޒިމާ ދަމާފަ ކަހަލަ ގޮތަކަށް ގެންގޮސް ކައިރީގައި ހުރި ގޮޑިގެ މައްޗަށް އެމީހާ އެއްލާލިއެވެ. ގުޅަޔަކަށް ޖެހުނު ގޮތުން ތަދުވި ނަމަވެސް ހިއްވަރު ކޮއްފައި ތެދުވެވޭ ތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެމީހާ ހުށިޔާރު ކަމާއި އެކު ނާޒިމާގެ ދެއަތް ފުރަގަހައްލާ ބަދެލީ އޭނާ ޖީބުންނެގި ފޮތި ގަޑަކުންނެވެ. ނާޒިމާ ހަޅޭ ލަވަމުން ދިޔައީ މީހަކަށް އަޑު އިވޭތޯ އެވެ. ނަމަވެސް ގޭގެ ދޮރު ލައްޕާފައިވުމުން އަޑު ބޭރަށް ދާނެ ކަމުގެ ޔަޤީންކަމެއް އޭނާއަކަށް ނެތެވެ. އޭނާގެ އަތް އައްސާލުމަށްފަހު ފަހަތު ޖީބުން ރުމާލެއް ނަގާ ނާޒިމާގެ އަނގަ މަތީ ބަދެލިއެވެ. ލޮލުން ކަރުނަ ފައިބަމުން ދިޔައިރު ތޮޅެމުން ތޮޅެމުންގޮސް އޭނާގެ އިސްތަށި ގަނޑުވެސް މުޅިގަޔަށް ވިހުރިފައި އޮތެވެ. ބައެއް އިސްތަށި މޫނު މައްޗަށް ފައިބާފައިވެސް އޮތެވެ. އެ ބިދޭސީ މީހާ ނުލަފާ ގޮތަކަށް ހިނިއައިސް ނާޒިމާއަށް ބަލަމުން ދިޔައީ ދަހިވެތި ކަމާ އެކުގައެވެ. އޭނާ ލައިގެން ހުރި ގަމީހުގެ މަތީ ދެގޮތް ނައްޓާލުމަށްފަހު ނާޒިމާ އާއި ކައިރިއަށް ޖެހިލިއެވެ. މަޑުމަޑުން އޭނާ އަތް ހިންގާލީ ނާޒިމާގެ ދޮން ކަދުރާގައެވެ. އަދި ހެނދުމުގެ ކަރުވަރުގައި ހިފާ ލުއްކެއް ޖަހާލީ ކުއްލިޔަކަށެވެ. ނާޒިމާ ދެފަރާތަށް ބޯ ހޫރުވަމުން ދިޔައީ ނޫނެކޭ ބުނާ ފަދައިންނެވެ. ނާޒިމާގެ ބައްޓަން ރީތި ދޮން ހަށިގަނޑު ހާމަ ވެގެން ދިޔުމާއި އެކު ސިންގާއެއް ފަދައިން އޭނާ ނާޒިމާގައި މައްޗަށް ޖެހިގަތެވެ. އުދޯލީގައި ނިންދަވާފައިވާ ބާއްވާފައިއޮތް ރީމާ އަށް ހޭލެވިގެން ރޯންފެށީ އެވަގުތެވެ. ނާޒިމާގެ ހަށިގަނޑުގައި ބޮސްދެމުން ދިޔަ ބިދޭސީ މީހާ ބޯ ހިއްލާ ބަލާލުމަށްފަހު އަނެއްކާވެސް ނާޒިމާއާއި ދިމާލަށް ލެބިލިއެވެ.

މެންދުރަށް ކާއެއްޗެހި ބަލާ އައި ސުނީލް އެގޭގެ ދޮރު ކައިރިވިއިރު ރީމާ ބާރު ބާރަށް ގިސްލާފައި ރޮމުން ދިޔަ އަޑު އިވުނެވެ. ގާތްގަޑަކަށް 3 މިނިޓް ވަންދެން ދޮރުގައި ޓަކި ޖެހުމަށްފަހު ސުނީލް މަޑުކޮއްލިއެވެ. ނާޒިމާގެ ހަބަރެއް ވޭތޯ މަޑުކޮއްގެން ހުރުމަށްފަހު ސުނީލް ދޮރުގެ ތަޅުގައި ހިފާލީ ނާޒިމާ ގޭގައި ނޫޅެނީއޭ ހިތައް އެރުމުންނެވެ. ނާޒިމާ ގައި މަތީ އޮތް ބިދޭސީ މީހާ ގަޑިއަށް ބަލާލުމަށްފަހު ޗޮކެއް ކަޑާލީ ގަޑިން 12.00 ޖަހައި ބޮޑުވެފައިވާތަން ފެނުމުންނެވެ. ނަމަވެސް އޭނާގެ މަޤުސަދު ކާމިޔާބު ނުވާތީ އޭނާ ދޫކުރާ ހިޔާލެއް ނުކުރިއެވެ. މަޑުމަޑުން ނާޒިމާގެ ހަށިގަނޑުގައި ބޮސްދެމުން ގޮސް އޭނާގެ އަތް އަމާޒުވީ ނާޒިމާގެ ހަރުވާޅަށެވެ.

ރީމާގެ ރުއިމުގެ އަޑަށް ކެތްނުކުރެވިގެން ސުނީލް ދޮރު ގައި ބާރަށް ޖެހިލީ ތަޅު ހަލާކު ކޮއްލުމުގެ ނިޔަތުގައެވެ. ބާވެފައި ހުރި ދޮރު ދެތިންފަހަރު ޖަހާލާއިރަށް ހުޅުވިގެން ދިޔައެވެ. އެތެރެއަށް ފިޔަވަޅު އަޅާލި ސުނީލް ދެލޯ ބޮޑުވެގެން ދިޔައީ ނާޒިމާ އޮތް ހާލު ފެނިފައެވެ. ބޮޑު ސިންގާ ފިރިހެނެއްގެ ގައި ދަށުވެފައި ވީއިރު އޭނާ ތެޅެމުން ދިޔައީ ސަލާމަތް ވޭތޯ އެވެ. ސުނީލްގެ ލޭ ކެކިގަތީ ވަކި ގޮތެއް ބަލާފައެވެ ނޫނެވެ. ދޮރު ހުޅުވުނު އަޑަށް ނާޒިމާއަށް ހަމަލަދެމުން ދިޔަ މީހާ އެ ދިމާލަށް ބަލާލީ އެވަގުތުއެވެ. “ސުރޭޝް” ސުނީލް އަށް ބުނެލެވުނީ ހައިރާންކަމާއި އެކުގައެވެ. އެމީހުންގެ ރަށުބަހުން ކޮންމެވެސް އެއްޗެއް ކިޔާފައި ސުނީލް އައި ގޮތައް އައިސް ނާޒިމާގެ އަތް މޮހާލުމަށްފަހު ހިފާލީ އެ މީހާގެ ކަރުގައެވެ. ނާޒިމާ ލިބުނު ހަނި ފުރުސަތުގައި ދުވެފައިގޮސް ކޮޓަރިއަށް ވަނެވެ.

ހެނދުމެއް ލުމަށްފަހު ބޮލުގައި ބޮޑު ބުރުގާއެއް އަޅާލުމަށްފަހު ދުވެފައި ބޭރަށް ނިކުތީ އޭނާގެ ދަރިފުޅު ރޮމުން ރޮމުން ގޮސް ހިދެން ކައިރިވެފައިވާތީ އެވެ. އޭނާގެ ލޮލުން ކަރުނަ ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔައިރު އަމިއްލަ ހާލާއި މެދު އޭނާ ޝަކުވާ ކުރަމުން ދިޔައެވެ. ކުރެވުނު ކުށަށް ތައުބާވެ އޭނާގެ ދިރިއުޅުން އޭނާ އެއްކޮށް ބަދަލުކޮއްލީ މާޒީ ފަސްއަޅައި ފޮރުވަމުންނެވެ. ބޭރަށް ނިކުމެ ދަރިފުޅު އުރާލައި މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައިރު ކުރިމަތީގައި ތިބި ދެމީހުން ޒުވާބު ކުރަމުން ދިޔަތަން ފެނެއެވެ. ކިޔާ ނުކިޔާ އެއް ނޭގުނީ އެމީހުންގެ އަމިއްލަ ބަހުރުވައިން ވާހަކަ ދައްކަމުން ދާތީއެވެ.

ނާޒިމާ އަށް ހަމަލަ ދިން ބިދޭސީ މީހާ ބުރަކަށި އައްއަޅައި ސުނީލް ބޭރަށް ކޮއްޕާލިއެވެ. އެ ބަރު ހަށިގަނޑު ނުހިފެހެއްޓި ގޮސް އަގަވަތައް ޖެހުނެވެ. އޭނާގެ ރުޅިވެރި ނަޒަރު ސުނީލްއަށް އަމާޒު ކޮއްލުމަށްފަހު ތެދުވެ ހިގައިގަތެވެ. އެވަގުތު ސުނީލް އޭނާގެ ގަމީހުގެ ފުރަގަހުން ހިފާ އޭނާއާއި ދިމާއަށް އެމީހާ އަނބުރާލިއެވެ. އޭނާގެ ލޮލާއި ދިމާލަށް އިގިލި ދިއްކޮލުމަށްފަހު ކޮންމެވެސް އެއްޗެކޭ ބުނެލީ ލޮލުން އަލިފާން ކަނިބުރުވާލާފައެވެ.

ސުނީލް ނާޒިމާ ދިމާލަށް އެބުރުނު އިރު ނާޒިމާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރު ނުރޯން އޭނަ މަސައްކަތް ކުރަމުން ދިޔައެވެ. ތުންފަތުގައި ދަތް އަޅާ ބާރު ކޮއްފައިވަނީ ހިތައް ކުރާ ބާރު ބޮޑު ކަމުންނެވެ. މަޑުމަޑުން އިސްއުފުލާ ނާޒިމާ ސުނީލްއަށް ބަލާލީއެވެ. ޝުކުރު އަދާކުރަން ކިތަންމެ ބޭނުންވެފައިވީނަމަވެސް ދުލުގައި ތަޅުލެވިފައިވާ ކަހަލައެވެ. ނާޒިމާއަށް ހިއްވަރު ދިނުމަށް ބުނާނެ އެއްޗެއް ސުނީލްގެ ދުލަކަށް ނައެވެ. އޭނާގެ ލޯވެސް ފެންކަޅިފެވައިވީ ނާޒިމާގެ ހާލަތު ހިތައް އެރުމުންނެވެ. “އައި އެމް ސޮރީ” ސުނީލް ނެތް ހިއްވަރެއް ކޮއްލުމަށްފަހު ނާޒިމާ އަށް ބުނެލިއެވެ. ނާޒމާގެ ރުއިން އިތުރުވީ ސުނީލްގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. އޯގާތެރިކަމާއި ލޯއްބައް އޭނާ ފެންބޮވައިގެންފައިވާ ކަހަލައެވެ. ބޭ އިޙްތިޔާރުގައި ނާޒިމާއަށް ސުނީލް ކައިރިއަށް އާދެވުނެވެ. އަދި އޭނާގެ އަތުގައި ހިފިއެވެ. ހިއްވަރު ދިނުމުގެ ގޮތުން ސުނީލް ނާޒިމާގެ ބުރަކަށިގައި ފިރުމާލިއެވެ. ނާޒިމާގެ ދުލުން ނުބުނި ކަމުގައި ވިޔަސް އޭނާ ޝުކުރުވެރިވާކަން އެލޮލުން ފެންނަމުން ދިޔެއެވެ. ނާޒިމާ އެހާ ކައިރިން ފެނުމުން ސުނީލްގެ ހިތައް ގޮތްވަމުން ދިޔައީ އޮބިނޮއޮންނަ ވަރަށެވެ. ހިތާ ހިތުން ނާޒިމާގެ ރީތިކަމަށް އޭނާ ތަޢްރީފްކުރަމުންދިޔައެވެ. ނާޒިމާ އޭނާ އަތުން ދޫކޮއްލުމުން އޭނާ އެތަނުގައި ފިރުމާލީ ހިތައް ލިބުނު ފޮނި އަރާމެއްގެ ސަބަބުންނެވެ.

“މިއަދު ނުވެސް ކެއްކުނު. ސޮރީ…. މުސާރައިން އެބައި ކަޑާލާ އިނގޭ” ގިނަ އިރު އެތެރެއަށް ރުއިމުގެ ސަބަބުން ކުރަކިވެފައިވާ އަޑަކުން އުދަނގުލާއި އެކު ނާޒިމާ ސުނީލްއަށް ބުނެލިއެވެ. ސުނީލް ބޯ ޖަހާލުމަށްފަހު އެގެއިން ދާން ހިގައިގަތެވެ. އެވަގުތު ހަލާކު ވެފައިވާ ދޮރު އޭނާގެ ލޮލުގައި އަޅައިގަތެވެ. “އަންނަނީ އިގޭ ތަޅު ބަދަލުކޮއްދޭން” ސުނީލް ނާޒިމާ އަށް ބަލާލުމަށްފަހު ބުނެލިއެވެ. ނާޒިމާ ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. ސުނީލް ހިގައިގަތުމުން ނާޒިމާ ތެޅިގަނެވުނީ ބިރުންނެވެ. އޭނާ އެކަނި ހުންނަން ޖެހިލުންވެފައިވާ ކަހަލައެވެ. ސުނީލް ދިޔަ ދިމާލަށް ނާޒިމާ އަށް ބަލަހައްޓައިގެން ހުރެވުނެވެ. ފުރަތަން ފަހަރަށް ނަޒީމާގެ ހިތުގައި ފާއިޒް ފިޔަވައި އެހެން ފިރިހެނަކަށްޓަކައި ވިންދު ޖަހާލިއެވެ.

ހަލާކުވެފައިވާ ދޮރުފަތް ކައިރިކޮއްލުމަށްފަހު އުދޯލީގައި ނާޒިމާ އިށީނެވެ. ދޮރުގައި މީހަކު ޓަކި ޖަހާލިއަޑަށް ސިއްސައިގެންގޮސް ދެލޯ ބޮޑުކޮއްލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lyla

Level 1

Other Articles

Previous

ވޭންތަކުން ދިން ހިތި މާޒީ(2)

Next

ލޯބި އަހަރެންވާނަމެވެ (3)

Next
October 25, 2017

ލޯބި އަހަރެންވާނަމެވެ (3)

Previews
October 25, 2017

ވޭންތަކުން ދިން ހިތި މާޒީ(2)

14 Comments!

  1. sana says:
    October 25, 2017 at 9:08 am

    Nice when next part??

  2. Eeny says:
    October 25, 2017 at 10:07 am

    Varah reethi?

  3. SJK...KOREAN says:
    October 25, 2017 at 11:14 am

    varah salhi 🙂

  4. reema says:
    October 25, 2017 at 11:16 am

    bondh loabi part 2

  5. ސިއްތި says:
    October 25, 2017 at 11:36 am

    Vaahaka reethi Masha Allah

  6. Anonymous says:
    October 25, 2017 at 11:45 am

    Mi vaahaka v rythi. Ekam v kuru

  7. khajja says:
    October 25, 2017 at 2:16 pm

    Stry v v awsome ekamaku maabodah kury stry mi adhu adhi prt eh up kolladhybala plx

  8. razee says:
    October 25, 2017 at 3:45 pm

    vv reethi

  9. Lyla frd says:
    October 26, 2017 at 5:12 pm

    Helw frds. Lyla laptop broke vegen vaahaka upload nuvegen ulhenee. She told me to convey her msg to u readers. Hopefully on sunday she will upload.
    Thank you

    1. vaahaka kiyaa kujeh says:
      October 30, 2017 at 1:12 pm

      must be someone fake .thihen thikiyany

  10. Angry birds says:
    October 27, 2017 at 1:15 pm

    Even she can tell that through a comment by phone!! ?

    1. Lyla frd says:
      October 28, 2017 at 12:24 am

      Phone in ves nuveema dhw bunaanee. Vaanamakaa nubunaane kan neygey. Anyways i will tell her.

  11. Zha says:
    October 29, 2017 at 7:46 pm

    Vaahaka upload vaany konirakun baa…

  12. asli says:
    October 30, 2017 at 1:10 pm

    when next part.

Comments are closed.

Next Episodeބިކަވި ހަޔާތް (6)←


All Right Reserved!