Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ބުނެދޭން ބޭނުންވިޔަސް…… (2 ވަނަ ބައި)

Shafag Level 110 Stories
October 24, 2017 5 Mins Read
14 Comments

އައި.ސީ.ޔޫ ކައިރީގައި ހުރި ގޮނޑި ބަރީގައި އިށީންދެ އިންއިރު ސާފިޔާގެ ހަނދާނަށް އަންނަމުން ދިޔައީ އެކި ދުވަސްމަތިން އެދަރިފުޅު ވައްޓާލަންއެދި ސީމާ ކައިރީ ކިޔުނު އެއްޗެއްސެވެ. އެދަރިފުޅު ބޭނުން ނޫންކަމަށާއި ވިހެޔަސް ނުބަލާނެ ކަމަށް އޭނާ ވާނީ ބުނެފައެވެ. އެދަރިފުޅު މަރުވުމުން އަމިއްލަ ނަފްސު ކުއްވެރިކުރެވެނީ އެހެންވެއެވެ. ހިތާ ހިތުން އެދަރިފުޅުގެ ކިބައިން ސާފިޔާ މާފަށް އެދެމުން ދިޔައެވެ. އެގޮތަށް އެތާނގައި އިންއިރު މާޒީގެ ހަނދާންތައް އާވަމުން ދިޔައެވެ.

**********

ސީމާގެ މެޑިކަލް ޗެކަޕް ހައްދާ ދުވަސް ޖެހުނުއިރު ސާމިހުއަށްވެސް ފާތިހުއަށް ވެސް އޮފީހުން ޗުއްޓީއެއް ނުލިބުނެވެ. އޭރު ސާފިޔާވެސް ހުރީ ދިވެހި ބޭސް ކުރަން ރާއްޖެތެރޭ ރަށެއްގައެވެ. ބޭސް ނުނިމޭތީ އޭނާއަށްވެސް އާދެވޭ ގޮތެއްނުވިއެވެ. އެހެން ނަމަވެސް ދަތުރު ލަސްކުރާކަށް ފާތިހު އެއްބަހެއްނުވިއެވެ. އެންމެ ފަހުން އިންޑިއާގައި ދިރިއުޅޭ ސާމިހުގެ ރައްޓެހި ބައެއްގެ ގާތުގައި ސީމާއަށް ހުރެވޭ ގޮތް ހަމަޖެއްސުމަށްފަހު އިންޑިއާއަށް ސީމާ އެކަނި ފޮނުވީ އިންޑިއާއަކީ އޭނާއަށް އާތަނަކަށް ނުވާނެތީއެވެ. ނަމަވެސް އޭނާ އެކަނި ދާތީ އެންމެން ވެސް ތިބީ ނުތަނަވަސް ވެފައެވެ. ގިނަ ދުވަހެއްނުވެ ސީމާ އެނބުރި އައުމުން އެންމެންވެސް ހިތްހަމަ ޖެހުނެވެ. އޭގެ ދުވަސްކޮޅެއްފަހުން ސާފިޔާވެސް މާލެ އަތުވެއްޖެއެވެ.

“ސާފިޔައްތާ. ކޮބާ ސީމާ؟” ސިންކުދޮށުގައި ތަށި ދޮންނަން ހުރި ސާފިޔާއަށް ގޮވާލަމުން ފާތިހު އަހާލިއެވެ. “ވެއްޖެ ކޮޓަރީގައި. ފާތިހު އާދެބަލަ މިތާ އިށީންނަން. ސާފިޔައްތަ ބޭނުން ވާހަކައެއް ދައްކާލަން.” ކުޑަ ތުވާލި ކޮޅަކުން އަތް ފޮހެމުން ސާފިޔާ ސޯފާއަށް އިޝާރާތްކޮށްލުމުން ފާތިހު އައިސް ސޯފާގައި އިށީންދެއްޖެއެވެ. “ކޮން އިރަކުންތަ ދެކުދިން ކައިވެނި ކުރަނީ. ސީމާ އެހުންނަނީ އެމަންޖެ ބަލިވާން ފެށުމުން ވަޒީފާއަށް ދިއުން ހުއްޓާލިގޮތަށް ވަޒީފާއަކަށްވެސް ނުގޮސް. މިހާރު ހީވޭ ކައިވެނި ލަސްވާތީ ނުރުހިފައި ހުންނަހެން ވެސް. އަނެއްކޮޅުން ސާމިހުވެސް ބޭނުންވަނީ އަވަހަށް ތިދެކުދިން އިންނަން. ތިގޮތަށް ގިން ދުވަހު އުޅުމަކީވެސް ރަނގަޅު ގޮތެއް ކަމަކަށް ސާފިޔައްތައަށްވެސް ނުފެނޭ.” ސާފިޔާގެ ވާހަކަ ނިމެންދެން ކިޔަމަންތެރިކަމާއެކު އަޑުއަހަން ފާތިހުއިނެވެ. “ސާފިޔައްތާ. އަޅުގަނޑުވެސް ބޭނުމެއްނުވޭ މިހެން އުޅޭކަށް. ބައްޕަމެން އަދިވެސް މަޑުކުރަން ބުނާތީ. އެހެން ނޫންނަމަ މިހާރުވެސް އިންނަންވީ. ދެން ފިހާރަވެސް މާގިން ދުވަހެއް ނުވެ ހުޅުވިދާނެ. އެކަން ނިމުމުން ބައްޕަމެންވެސް ބުނާނެ އިންނަން.” ފާތިހު ކަންއޮތްގޮތް ކިޔައިދިނެވެ. ސާފިޔާ ހީނލާފައި ބޯޖަހާލުމުން ފާތިހު ހިނގައިގަތީ ސީމާގެ ކޮޓަރިއާއި ދިމާއަށެވެ.

“ހެއި. ކިހިނެއްވެފަ؟ ގުޅީމަ ފޯނެއްވެސް ނަގަނީކީ ނޫން” ފާތިހު ކޮޓަރިއަށްވަދެ އެނދުގައި އޮތް ސީމާއަށް ގޮވާލިއެވެ. “ކަމެއްނުވޭ.” ސީމާ އެއޮތްގޮތަށް އޮވެ ބުނެލިއެވެ. “ބަލާވެސް ނުލާންތަ؟ ހިނގާބަލަ ބޭރަށް ކާންދާން. ބްރޭކް ގަޑި ވީމަ މިއައީ އެއްކޮށް ކާންދާންވެގެން.” ފާތިހު ސީމާގެ ކައިރީގައި އިށީންދެ އިނދެ އޭނާގެ އިސްތަށިގަނޑާ ކުޅެމުން ވާހަކަ ދެއްކިއެވެ. “ނެތް ދާހިތެއް.” ދެންވެސް ސީމާ ފާތިހުއަށް ބަލާވެސް ނުލިއެވެ. “މިހާރު މަށާއެކު ބޭރަށް ދާހިތްނުވަނީތަ؟ މަހެއް މިވަނީ ދެމީހުން އެއްކޮށް ބޭރަށް ނުކުމެ ނުލާތަން.” ފާތިހު މޮޅިވެރި އަޑަކުން ވާހަކަދެއްކިއެވެ. “އަހަރެން ބޭނުމީ އެކަނި އޮވެލަން. ފާތިހު އިހަށް ގޮސްފާނަންތަ؟” ސީމާ މިހެން ބުނުމުންވެސް ފާތިހު އިރުކޮޅަކު މަޑުކުރިއެވެ. ސީމާ އިތުރަށް ވާހަކަ ނުދެއްކުމުން ފާތިހު ނިކުމެގެން ދިޔައީ މާޔޫސްވެފައި ހުރެގެންނެވެ. އެދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަތައް އަޑުއަހަން ސާފިޔާ ބޭރުގައި ހުރިކަމެއްވެސް ފާތިހުއަށް ނޭނގުނެވެ.

“ބޭބޭ. އަޅުގަނޑު މިއުޅެނީ މާދަމާ އިންޑިއާއަށް ފުރަންވެގެން. މިފަހަރު ކުޑަކޮށް އުނދަގޫވާތީ އަވަހަށް ދައްކާލަން ކަމަށް. ޓިކެޓްވެސް ނަގައިފިން.” އެރޭ ކާން އިނދެފައި ސީމާ ވާހަކަ ދެއްކިއެވެ. ސާމިހު ހައިރާންވެފައި އިނދެ އޭނާގެ ކޮއްކޮއަށް ބަލާލިއެވެ. ސާފިޔަވެސް ހުރީ ހައިރާންވެފައެވެ. “މަންމަ ކައިރީ ކީއްވެ އުނދަގޫވާ ވާހަކަ ނުބުނީ؟ އަނެއްކާ އެވަރު ބޮޑުކަމެއް ނިންމިއިރުވެސް ނުބުނޭ.” ސާފިޔާ ވާހަކަދެއްކީ ނުރުހުންވެފައި ހުރެއެވެ. “ތެދެއް. އިންޑިއާއަށް ދާން ހުރިހާ ކަމެއް ނިންމިއިރު ކީއްވެ ނުބުނީ؟” ސާމިހުވެސް ސުވާލުކޮށްލިއެވެ. “މާބޮޑަކަށް އުނދަގުލެއްނުވޭ. އަޅުގަނޑަށް އުޅެވޭނޭ އެކަނި ގޮސް. އެހެންވެ ނުބުނެވުނީ” އިތުރަށް ސުވާލު ކުރާނެ ފުރުސަތެއްވެސް ނުދީ ސީމާ ކޮޓަރިއަށް ދިއުމުންވެސް ސާފިޔާ ހައިރާންވިއެވެ. “ކިހިނެއްވެފަ ކޮއްކޮއަށް އެހުރީ؟” ސާމިހުވެސް ހައިރާންވެފައި އަހާލިއެވެ.

އަނެއް ދުވަހު ހެނދުނު ސީމާގެ ފަރާތުން އިތުރު މައުލޫމާތު ހޯދަން ހިތުލައިގެން ތިބި ދެމައިންނަށް އިތުރު ހައިރާންކަމެއް ލިބުނީ އެރޭ ފަތިހުގެ ފުލައިޓަކުން ސީމާ ފުރުމުންނެވެ. ފުރިކަން އެނގުނީ ހެނދުނު ހޭލިއިރު ސީމާ ނެތުމުންނެވެ. ސާމިހު ފާތިހުއަށް ގުޅުމުން ލިބުނީ އިތުރު ސިހުމެކެވެ. އެދަތުރުގެ ވާހަކަ ފާތިހުއަށް އެއްވެސް ވަރަކަށް އެނގިފައި ނެތެވެ. އެހެންކަމުން އެދެމީހުންގެ ގުޅުންވެސް އެހާ ރަނގަޅު ނޫންކަން ސާމިހުއަށް އެނގުނެވެ.

އެއްހަފްތާ ފަހުން ސީމާ އެނބުރި ރާއްޖެ އައުމުން ސާފިޔާވެސް ސާމިހުވެސް ކުރި އެއްވެސް ސުވާލަކަށް އޭނާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނެވެ. ސީމާގެ ފަރާތުން ފެންނަންފެށީ މުޅިންވެސް އެމީހުން ކަންބޮޑުވާފަދަ ކަންތައްތަކެވެ. ރަނގަޅަށް ކަނީއެއްނޫނެވެ. ސަކަރާތްޖަހާ ހީނ މަޖާކޮށް އުޅުނު ކުއްޖާ އަބަދުހެން އިންނަނީ ނެގިމަޑުވެފައެވެ. ކިތަންމެ ވަރަކަށް ސުވާލެއް ކުރިޔަސް ވާހަކަ ދައްކަނީ ބައެއް ފަހަރުއެވެ. ފާތިހުއާއި ވެސް ވާހަކަ ދައްކައެއްނޫޅެއެވެ. އޭނާ ގެއަށް އަޔަސް ގިނަފަހަރު ދާންޖެހެނީ މާޔޫސްވެހުރެގެންނެވެ. ފައިހާ ވެސް ސީމާއާއި ވާހަކަދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ވާހަކައެއް ނުދެއްކިއެވެ. ދެން ފެންނަންފެށީ ސީމާ މާގިނައިން ބޭރަށްގޮސް އުޅެންފެށިތަނެވެ. ދާތަނެއް ދަނީ ކޮންބަޔަކާ އެކުގައިކަމެއް އެނގެނީއެއް ނޫނެވެ. މިކަމާ ސާފިޔާ އާއި ސާމިހު ސުވާލުކުރުމުން ބުނީ ހިތްހަމަޖައްސާލަން ދަނީ ކަމުގައެވެ.

ސާފިޔާގެ ދެމައިން ކުރާ ސުވާލަށް ސީމާ ޖަވާބު ނުދިނަސް އެމީހުންގެ ކުރިމަތީގައި އޭނާ ޒުވާބުކޮށެއްނޫޅެވެ. ބަހެއްނުބުނެ އިންނަނީއެވެ. ނުވަތަ މައުލޫ ބަދަލުކޮށްލަނީއެވެ. ނަމަވެސް ފާތިހުއާއި ޒުވާބުވެސް ކުރަންފެށިއެވެ. މިގޮތުން އެއްދުވަހަކު ޒުވާބުގެ އަޑު ސާފިޔާއަށާއި ސާމިހުއަށްވެސް އިވުނެވެ. އެދުވަހު ފާތިހު ސީމާ ހޯދަން ދިޔައިރު ސީމާ ގެއަކު ނޫޅެއެވެ. އެހެންކަމުން އޭނާ ސާމިހުއާއި ސާފިޔާއާއި ދެމައިންނާ ވާހަކަ ދައްކާލަން މަޑުކޮށްލިއެވެ. މިގޮތަށް އިންދާ ސީމާ ގެއަށް އައިސް އޭނާ ގޮވާލުމުން ބަލާވެސް ނުލައި ކޮޓަރިއަށް ދިޔައެވެ. ފާތިހުވެސް އޭނާގެ ފަހަތުން ދިޔައެވެ. “ކޮންތާކުން ތިއައީ؟” ފާތިހު ސީމާގެ ފަހަތުން ކޮޓަރިއަށްވަދެ ސުވާލުކޮށްލިއެވެ. ސީމާ ޖަވާބުދޭކަށް ނޫޅުނެވެ. “ސީމާ. ކޮންތާކުންހޭ ތިއައީ؟” ފާތިހު ސީމާގެ އަތުގައި ހިފާ އޭނާގެ ފަރާތަށް އަނބުރާލަމުން އަހާލިއެވެ. ވަގުތުން ސީމާ ފާތިހުގެ އަތް ފޮޅުވާލިއެވެ. “ކިހާ ދެރަކަމެއް ފާތިހު. މަ ދާހާ ތަނަކާއި އުޅޭހާ ގޮތެއް ބަލަން ކަލޭތީ ކާކު؟ މަގޭ ފިރިމީހާތަ؟ ނޫނެއްނު. މައުޅޭނެގޮތެއް އެނގޭނީ މަށަށް.” “ސީމާ. ސީމާ ތިރުޅި އަންނަނީ ކައިވެނި ލަސްވާތީއެއްނު. މިހާރު ބައްޕަމެންވެސް…” ފާތިހު މަޑުމައިތިރި ރާގަކަށް ސީމާ ރުއްސަން އުޅޭ ފަދައަކުން ވާހަކަ ފެށިނަމަވެސް ހުއްޓާލަން ޖެހުނީ ސީމާ އޭނާއަށް އަތުން ހުއްޓާލަން އެންގުމުންނެވެ. “ކައިވެންޏޭ. ހައް. ކާކު ބުނީ މަކަލެއާ އިންނަން ބޭނުމޭ؟ މަށެއް ނޫޅެން. ހަމަ މިހާރު މިތަނުން ދާންއުޅޭ.” “ކޮއްކޯ!” ސީމާ ސިއްސައިގެން ދިޔައީ ސާމިހުގެ އަޑު އިވުމުންނެވެ. ވަގުތުން ސީމާގެ މޫނުމަތީގައިވި ނުރުހުމުގެ ކުލަވަރު ފިލައި މަޑުމައިތިރިވިއެވެ. “ކިހިނެއްތަ ފާތިހުއާއި ތިވާހަކަ ދައްކަނީ؟ ކޮއްކޮ ކިހިނެއް ވެގެންތަ ތިއުޅެނީ؟.” ވަގުތުން ސީމާގެ ލޮލުން ކަރުނަ ހިލުނެވެ. މިމަންޒަރު ފެނި ސާމިހުގެ ރުޅިގަނޑު މައިތިރިވިއެވެ. “ކޮއްކޮ ބޭނުމެއް ނޫންތަ ފާތިހުއާއި އިންނާކަށް؟” ލޯބިން ސީމާގެ ބޮލުގައި ފިރުމާލަމުން ސާމިހު އަހާލިއެވެ. “އާނ. އަހަރެން ބޭނުމެއްނޫން. ދުވަހަކުވެސް ބޭނުމެއްނޫން. އަހަރެންނަށް ރަނގަޅީ ތިއެންމެން މިތަނުން ދިޔައިއްޔާ.” ރޮމުން ސީމާ ބުނެލިއެވެ. މިއަޑުއަހާފައި ފާތިހުއަށްވެސް ރޮވިއްޖެއެވެ. އޭނާ ވަގުތުން އެތަނުން ނުކުމެގެން ހިނގައިގަތެވެ. “ކޮއްކޯ ކީއްވެ؟” ސާމިހު ހައިރާންވެފައި އަހާލިއެވެ. “ބޭބޭ ޕްލީޒް..” ރޮމުން ސީމާ އެހެން ބުނުމުން ސާމިހުވެސް އެކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

އެރޭ ސީމާ ކާން ނުނިކުތުމުން ސާފިޔާ އޭނާގެ ކޮޓަރިއަށް ދިޔައީ ކާއެއްޗެހިދޭށެވެ. އޭނާގެ ދަރިފުޅަށް އަންނަމުން ދިޔަ ބަދަލުން އޭނާ ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. އެކޮޓަރިއަށް ވަންއިރު ސީމާ އެނދުގައި އިށީންދެލައިގެން އިނެވެ. “މަންމަ މިއައީ ކާއެއްޗެހި ހިފައިގެން. އާދޭ ކާން.” ސާފިޔާ ކޮޓަރީގެ އެއްފަރާތުގައި ހުރި ކުޑަ މޭޒު މަތީގައި އެއްޗެހި ބަހައްޓަމުން ގޮވާލިއެވެ. ނަމަވެސް ސީމާ އެއިންތާނގައި އިނީއެވެ. ސާފިޔާ އޭނާގެ ގާތަށްގޮސް މަޑުމަޑުން އޭނާގެ ބޮލުގައި ފިރުމާލަމުން ގޮވާލިއެވެ. “މަންމާ. އަޅުގަނޑު ބަނޑުބޮޑު.” ސީމާ މަޑުމަޑުން ބުނެލި އެއްޗަކުން ސާފިޔާއަށް ހީވީ އޭނާގެ ވަށައިގެން އެއްޗެހިތައް އެނބުރެންފެށިހެންނެވެ. “ބުނޭ ތީ ދޮގެކޭ.” ސިކުނޑި އެހަގީގަތް ގަބޫލުކުރަން އެއްބަސް ނުވުމުން ސާފިޔާ މަޑުމަޑުން ސީމާގެ ދެކޮނޑުގައި ހިފާފައި ބުނެލިއެވެ. ސީމާ މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ. “ބުނާށޭ ދޮގެކޭ!” ސާފިޔާ ސީމާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ސީމާ އޭރުވެސް ބަހެއް ނުބުނެ ރޮމުން ގެންދިޔައެވެ. “ހާދަ އަޑުގަދަވަނީ؟” ސާމިހު އައިސް ކޮޓަރީގެ ދޮރުމައްޗަށް އަރަމުން އަހާލިއެވެ. “ކަލޭގެ މީނދަ ކޮއްކޮ ބަނޑުބޮޑު. ގުޅާބަލަ ފާތިހުއަށް. ކައިވެނި ލަސްކޮށްގެން މީއޭ ދެމީހުން ގަތް ގަނޑަކީ.” ސާފިޔާ ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ. ސާމިހު އެހުރި ފިޔަވަޅު މަތީގައި ސީމާއަށް ބަލަހައްޓައިގެން ގަނޑުވެފައި ހުއްޓެވެ. “ކީއްވެފަތަ ތިހުންނަނީ؟ ގުޅައިގެން ގެނޭ. އޭނަގެ މުޅި އާއިލާ ގެނޭ.” ސާފިޔާ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. “މިއީ ފާތިހުގެ ދަރިއެއްނޫން.” ސީމާ އިސްޖަހައިގެން އިނދެ ރޮމުން ބުނެލިއެވެ. އެއާއެކު ސާފިޔާގެ ރުޅިގަނޑު ހަމައިން ނެއްޓިއެވެ. ސީމާގެ ކަންކަށިމަތީގައި ޖެހުމާއެކު ސީމާ އަޑުން އަޑުނަގައި ރޮއިގަތެވެ. ސާމިހު ކޮޓަރިއަށް ވެދެގެން އައިސް އޭނާގެ މަންމަގެ ގައިގައި ހިފަހައްޓައިގެން ދުރަށް ގެންދިޔައީ އަނެއްކާވެސް އޭނާ ޖަހައިފާނެހެން ހީވުމުންނެވެ. “ކާކުގެ ދަރިއެއް؟ ކާކުގެ ދަރިއެއްހޭ ތިއީ؟” ސާމިހު ހަރުކަށިކޮށް ސީމާއާއި ސުވާލުކުރިއެވެ. “ދަރިފުޅާ ހިނގާދާން. ތިހަޑިމުޑުދާރު އަންހެނާއާއި ވާހަކަދައްކަން ހަދާނެކަމެއްނެތް.” ސާފިޔާ ސާމިހުގެ އަތުގައި ހިފާދަމަމުން އެތަނުން ނެރެގެން ގެންދިޔައެވެ.

ދެން ކުރިމަތިވި ދުވަސްތަކަކީ ސާފިޔާ ހުވަފެނެއްގައިވެސް ދެކެފައިނުވާފަދަ ހިތްދަތި ދުވަސްތަކެކެވެ. ސީމާގެ ފަރާތުން އޭނާގެ ދަރިފުޅުގެ ބައްޕަގެ އެއްވެސް މައުލޫމާތެއް ލިބޭ ގޮތެއް ނުވިއެވެ. ބައެއްފަހަރު ކުރާ ސުވާލަށް ސީމާ ޖަވާބު ނުދޭތީ ރުޅިއައިސްގެން ސާފިޔާ އޭނާއަށް ކުދިކުދި އަނިޔާވެސް ކުރިއެވެ. ދަރިފުޅު ވައްޓާލަންވެސް އެންގިއެވެ. އެކަމަކު ސީމާ އެކަމާ އެއްބަހެއް ނުވިއެވެ. މިހުރިހާ ކަމަކަށް ސީމާ ކެތްކުރިއެވެ. ސީމާ ގެއިން ނެރެލަން ސާފިޔާ ބޭނުންވުމުން އެކަން ހުއްޓުވީ ސާމިހުއެވެ. ނަމަވެސް ސާމިހުވެސް ސީމާއާއި ވާހަކަ ދައްކައެއްނޫޅެއެވެ. ސީމާ ބަނޑުބޮޑުވި ޚަބަރު ފާތިހުއަށް ލިބުނުތަން މާގިނަ ދުވަހެއް ނުވެ އޭނާ ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުކުރި ޚަބަރު ލިބުނެވެ. ސީމާ ދެކިލަންވެސް ނާދެއެވެ. ފައިހާގެ އާއިލާ ނުރުހުމުގެ ސަބަބުން ސާމިހުއާއި ފައިހާގެ ގުޅުންވެސް ނިމިގެން ދިޔައެވެ. މިކަމުގެ ހުރިހާ ރުޅިއެއްވެސް އަމާޒުވީ ސީމާއަށެވެ.

އެހެން މީހުންނާއި ޚިލާފަށް ބަނޑުބޮޑުވުމުގެ އުނދަގޫ ސީމާއަށް ވާންފެށީ ބަނޑަށް ތިންމަސް ފުރުނު ފަހުންނެވެ. ބޯއަނބުރާ ހޮޑުލެވުން ފަދަ އެތައް އުނދަގޫތައް އޭނާއަށް ވަމުންދިޔައިރުވެސް ސާފިޔާއާއި ސާމިހުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް އޭނާއަކަށް ނުލިބެއެވެ. ގިނަ ދުވަސް ދުވަހު އޭނާއަށް ރަނގަޅަށް ނުކެވުމުގެ ސަބަބުން ތެދުވެ އުޅޭހާ ވަރެއްވެސް އޭނާގެ ގަޔަކު ނުހުރެއެވެ. ބަނޑަށް ގިނަދުވަސްވީވަރަކަށް މިއުނދަގޫތައް ކުޑަވެ އޭނާއަށް އަމިއްލައަށް އުޅެވޭ ވަރު ވެއްޖެއެވެ. ޑޮކްޓަރަށް ދައްކަން ނޫންގޮތަކަށް އޭނާ ގެއިން ބޭރަކަށް ނުދެއެވެ. ޑޮކްޓަރަށް ދައްކަން ދަނީ އޭނާ އެކަންޏެވެ. ދުވަސްތައް މިގޮތަށް ފާއިތުވަމުން ގޮސް ސީމާގެ ބަނޑަށް އަށްމަސް ފުރިއްޖެއެވެ. ސީމާ ދެކެ ކިތަންމެ ހިތްހަމަ ނުޖެހިފައި ހުރިނަމަވެސް ދަރިފުޅަށް ކޮންމެހެން ބޭނުންވާނޭ ސާމާނު ސާފިޔާ ހޯދައިގެން ގެނައެވެ.

ބޭރުގައި އުޅިފައި ސާމިހު ގެއަށްއައިސް ވަންއިރު ސީމާ ސޯފާގައި އިށީންދެލައިގެން އިނެވެ. އޭނާއަށް އޭނާގެ ކޮއްކޮ ރީއްޗަށް ނުފެންނަތަން ވީދުވަހެއްވެސް ނޭނގެއެވެ. ކޮއްކޮގެ މޫނުމަތި މިލާފައިވާއިރު ބަނޑުބޮޑެއް ކަމަކު މީހާ ހުރީ އަނަރޫފަވެފައެވެ. ސާމިހުގެއަށް ވަނުމުން ސީމާ އިސްއުފުލާ އޭނާގެ ބޭބެއަށް ބަލާލިއެވެ. “އަޅުގަނޑު ބޭނުން ބޭބެއާއި ވާހަކައެއް ދައްކާލަން.” އިސްޖަހާލަމުން މަޑުމައިތިރި އަޑަކުން ސީމާ ވާހަކަދެއްކިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shafag

Level 110 Stories

Other Articles

Previous

ލޯބި އަހަރެންވާނަމެވެ (2)

Next

ވޭންތަކުން ދިން ހިތި މާޒީ

Next
October 24, 2017

ވޭންތަކުން ދިން ހިތި މާޒީ

Previews
October 24, 2017

ލޯބި އަހަރެންވާނަމެވެ (2)

14 Comments!

  1. Addu manje says:
    October 24, 2017 at 10:36 am

    Mi baives varah reethi. ☺

    1. itsme says:
      October 24, 2017 at 5:53 pm

      Thankyou Addu manje 🙂

  2. Aam says:
    October 24, 2017 at 11:01 am

    V reethi kon irakun nxt part.

    1. itsme says:
      October 24, 2017 at 5:54 pm

      Thankyou Aam. Tomorrow In Sha Allah. 🙂

  3. Dhimm says:
    October 24, 2017 at 12:33 pm

    Wow…… Vrh reethi….?

    1. itsme says:
      October 24, 2017 at 6:44 pm

      Thankyou Dhimm 🙂

  4. jaanu says:
    October 24, 2017 at 1:37 pm

    waa… waa… varah rythi igey mi stry dhaa goi.. kn irakun nxt part..

    1. itsme says:
      October 24, 2017 at 6:46 pm

      Thankyou jaanu. Tomorrow In Sha Allah 🙂

  5. Juma says:
    October 24, 2017 at 6:56 pm

    Beautiful….waiting

    1. itsme says:
      October 25, 2017 at 8:51 am

      Thankyou Juma 🙂

  6. Anonymous says:
    October 24, 2017 at 8:59 pm

    Haadha kureyy..dhn oih part…thankolheh dhigukohladhybala plxx..vvv reethi…waitinggg

    1. itsme says:
      October 25, 2017 at 9:35 am

      Will work on that Anonymous. Thankyou 🙂

  7. SJK...KOREAN says:
    October 25, 2017 at 11:15 am

    varah reehi. waiting for next part 😀

    1. itsme says:
      October 25, 2017 at 3:29 pm

      Thankyou SJK. 🙂

Comments are closed.

Next Episodeބުނެދޭން ބޭނުންވިޔަސް…… (ފަހުބައި)←


All Right Reserved!