Skip to content
އެސްފިޔަ

ވޭންތަކުން ދިން ހިތި މާޒީ

ރޭގަނޑުގެ ހަމަހިމޭން ވަގުތު ފަސާނާ ގޭތެރެއިން އިވެނީ ނިކަމެތި އަންހެން ކުއްޖެއްގެ ވޭނީ ހަޅޭކުގެ އަޑެވެ. އެއީ އަބަދުވެސް އެގެއިން އިވެ އިވެ ހުންނަ އަޑެކެވެ. ނަމަވެސް ރަށުގެ މީހުންނަށް އެ އަޑު އިވުނަސް އަޑު ނީވޭ ކަމަށް ހަދަނީއެވެ. އެގެއަކީ ރަށުގެ އެއްވެސް ބައެއް ވަދެ އުޅޭ ގެ އެއް ނޫނެވެ. އެހެން ނުވާން ވީ ސަބަބެއް ނެތެވެ. އެގޭ ދެމަފިރިންނަކީ އެއްވެސް އުޅުމެއް ހުންނަ ދެމީހުނެއް ނޫނެވެ. ވާފިރަކީ ރަށުގެ ގިނަ ބަޔަކު ދަންނަ ވައްކަން ކޮށް މަސްތުވާ ތަކެތި ވިއްކާ މީހެކެވެ. ވާފިރުގެ އަންހެނުންނަކީ ރަށުގެ މީހުނާ ޒުވާބުކޮށް އުޅޭ ގޮތެއް ފޮތެއް ނެތް މީހެކެވެ. އެ ދެމަފިރިންގެ ތިބެނީ ފަސް ކުދިންނެވެ. އެއީ ތިން ފިރިހެން ކުދިންނާ ދެ އަންހެން ކުދިންނެވެ. ތިން ފިރިހެން ކުދިންނަކީ ވެސް އެކުދިންގެ ބައްޕަ ފަދަ ނުބައިވެގެންވާ ހުރިހާ ކަމެއް ކުރާ ބަޔެކެވެ. އާކިފް، ޒަޔާން އަދި އާކިލް އޭ ބުނުމުން ނޭނގޭނެ މީހެއް މަދުވާނެއެވެ. ސަބަބަކީ އެމީހުންނަކީ ވެސް އެމީހުންގެ ބައްޕަ ފަދައިން ނަން މައްޝޫރު ވިޔާނުދާ ބަޔެކެވެ. ދެ އަންހެން ކުދިން ތެރެއިން އެއް ކުއްޖަކީ ޒައްޔާ އެވެ. ޒައްޔާ އަކީ ވެސް ހަށިވިއްކާ ރަށުތެރޭ ކޫޑިކޮށް ގިނަ ބަޔަކު ފާހަގަ ކުރާ އެކަކު އެވެ. މި އެންމެނާ ހިލާފަށް އެމެ ހަގަށް ހުންނާ ޒިމްޔާ އަކީ އަހުލާގު ރަގަޅު ކުއްޖެކެވެ. އެގޭތެރޭ ޒިމްޔާ އަށް އެކި ކަހަލަ އަނިޔާ ދަނީ ލިބެމުންނެވެ. ނިކަމެތި އަންހެން ކުއްޖެއް އުފުލަމުން އެދަނީ އަމިއްލަ ލޭ ހިނގާ މީހުންގެ އަނިޔާ އެވެ. ރަށުގެ މީހުންނަށް މިކަން އިނގުނަސް އަޅާނުލާ ތިބެނީ ނަތީޖާ މާ ރަނގަޅު ނުވާނެތީއެވެ.

ނޯޓް: މިއީ މިވާހަކައިގެ ކުޑަ ތައާރަފެކެވެ. މި ވާހަކަ ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭނަމެވެ. އިންތިޒާރު ކޮއްލައްވާ!

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. reader

    maa kuru waitin 4 next part

    1. Kukoo
      reader

      Tha’aaraf eh miee story ge. Vaguthu vee varakun insha allah upload kohdheynah story. Yageenunves friday ga upload kohdheynah atleast one part 🙂

  2. Dhimm

    Reethi vaane hen heevaneee….. Waiting 4 next part….?

    1. Kukoo
      Dhimm

      Thankyou <3

  3. Nuher

    Heevey v reethi vaanehen

    1. Kukoo
      Nuher

      Thankyou 🙂

  4. Amin

    Salhi feshun.. Good luck

    1. Kukoo
      Amin

      ThankYou

  5. Neesha

    Koanme friday ga mivaahaka genes dhinima foohi hafthage 2 or 3 dhuvahu genes dhinima rangalhu

  6. Naakko

    Alhe kukoo hama ekani Friday ga mivaahaka genes dhey thee v dheravaane heevanee mivaahaka vv salhivaanehen igey

  7. Aisha

    nice

    1. Kukoo
      Aisha

      Thankyou 🙂

Comments are closed.