Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބިކަވި ހަޔާތް (4)

lyla Level 1
October 23, 2017 4 Mins Read
19 Comments

މެންދުރުން އަނބުރާ 02.00 ޖެހި އިރުވެސް ނާޒިމާގެ ޚަބަރެއް ނުވުމުން ފާތުމަ ކަންބޮޑުވާން ފެށިއެވެ. ނާޒިމާގެ ފޯނަށް ގުޅުމުން ފޯނު ރިންގް ވާން ފެށީ ނާޒިމާގެ ކޮޓަރި ތެރެއިންނެވެ. ދާނެހެން ހީވާ ހުރިހާ ތަނަކަށް ފާތުމަ ނާޒިމާ ނުފެނިގެން ހިގިއެވެ. ކައިރި އަވައްޓެރިންނާ ރައްޓެހިންވެސް ފާތުމަގެ ހިތާމައިގައި ބައިވެރިވުމަށް އެގޭ ދޮށަށް ޖަމާވެފައި ތިއްބެވެ. ހިއްވަރު ލައި ދެމުން ދިޔައީ ނާޒިމާ އަދި އަންނާނެ ވާހަކަ ބުނަމުންނެވެ. ރަށުގެ ކަމާއި ބެހޭ ފަރާތައް އަންގައިގެންވެސް ނާޒިމާ ފެނޭގޮތެއް ނުވިއެވެ. ފާތުމަގެ ހާލަކީ ތޯއެވެ؟ ލޮލުން ކަރުނަ ނުހިކޭތާގައި ތެދުވާނެ ހިއްވަރެއްވެސް އެ ފަކީރުގައިގައި ނެތެވެ. ހުރި ހަމަ އެކަނި ދަރިފުޅު ވީނުވީއެއް ނޭގުމުން މައިލަގޮނޑިއަށް ކެތްކުރަން އުދަގޫވަނީއެވެ. ނަމަވެސް އެންމެ ފަހަރަކުވެސް އޭނާ ހެއްދެވި ފަރާތް މަތިން ހަނދާން ނައްތާލައި އުއްމީދު ކަޑައެއް ނުލައެވެ. އިރުއޮއްސި އަނދިރީވިފަހުން ފާތުމަގެ ފޯނަށް މެސެޖެއް އައެވެ. ކިޔަވައިގެން ނެތް ފާތުމަ ފޯނަށް ބަލާލުމަށްފަހު އަވައްޓެރިއެއްގެ ކައިރިން އެދުނީ މެސެޖްގައިވަނީ ކޮން އެއްޗެއްކަން ބަލައި ދިނުމަށެވެ. މެސެޖް ބަލާލުމަށްފަހު އަވައްޓެރި ސައީދާ ބުނި ޖުމްލައިން ފާތުމަގެ ދުނިޔެ ހުއްޓުނު ކަހަލައެވެ. ނާޒިމާ މެސެޖްކޮށް ބުނެފައި ވަނީ އޭނާ ހޯދުމަށް މަސައްކަތް ނުކުރުމަށާއި ކޮންމެވެސް ދުވަހަކުން މަންމަ ދެކިލަން އަންނާނެ ކަމަށެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ނާޒިމާ އުފަން ރަށުން ފޭބިތާ އަހަރު ވެއްޖެއެވެ. ނާޒިމާގެ ދަރިފުޅު ރީމާ އާއި އެކު އޭނާ ދިރިއުޅެމުން ދިޔައީ ވަރށް އާދައިގެ ދިރިއުޅުމެކެވެ. އެކަނި މާއެކަނި އޭނާ ދިރިއުޅުމަށްޓަކައި ބުރަ މަސައްކަތް ކުރަން ޖެހެއެވެ. ކިޔަވައިގެން ރަގަޅު ނަތީޖާއެއް ލިބިފައިވީނަމަވެސް އެކަމުގެ ހެއްކެއް ނެތުމުން ނާޒިމާއަށް ވަޒީފާ އެއް ލިބުމަށް އުދަގޫވިއެވެ. އަދި ހަމަ އެހެންމެ އޭނާގެ ދަރިފުޅު ބަލާނެ އިތުރު މީހަކުވެސް ނެތުމާއި އެކު ވަޒީފާ އަށް ދިޔުން އޭނާ އަށް ބޮޑު ކަމަކަށް ވިއެވެ. އެހެން ކަމުން އޭނާ ހޯދީ ގޭގައި ހުރެވެގެން އާމްދަނީ އެއް ލިބޭނެ ކަމަކަށެވެ. އެގޮތުން އެ ރަށު ކޮންސްޓްރަކްޝަން ގްރޫޕެއްގެ ބިދޭސީންނަށް ގޭގައި ކާއެއްޗެއް ހަވާލުވިއެވެ. އެ ދެމައިންނަށް މަހަކު ލިބޭ މަދު ލާރި ކޮޅުން ފުދޭތީވެ ނާޒިމާ އެކަމާ އުފާކުރިއެވެ.

ނާޒިމާ އައްމަތި އަވަސް ކޮއްފައިވަނީ މެންދުރު 12.00 ޖަހަން ކައިރިވެފައިވާތީއެވެ. ހަވާލުވެފައިވާ މަސައްކަތް ގަނޑިއަށް ނިންމޭތޯ ތެޅެމުން ދިޔައިރު ދޮން މޫނު މަތިން ދާތިކިތައް ބަބުޅަމުން ދިޔައެވެ. “އައްސަލާމްއަލައިކުމް” ކާ އެއްޗެހި ބަލާ އައި ބޭރު މީހާ ގޮވާލި އަޑު އިވުނެވެ. ނާޒިމާ ހެދުމުގެ ފަސްބައިގައި އަތް ފޮހެމުން ބުރުގާ ރަގަޅު ކުރަމުން  ބޭރަށް ނިކުތެވެ.  “މަޑުކުރޭ އިގޭ 10 ވަރަކަށް މިނެޓްއަށް. މި ޕެކްކޮއްލަނީ. އިށީދޭ” ގޮޑިއަށް އިށާރާތް ކުރަމުން ނަޒިމާ ބުނެލިއެވެ. ސުނީލް އަކީ ހަމުގެ ކުލަ އަލި ހަށިގަނޑު ވަރުގަނދަ ރީތި ފިރިހެނުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ އަކީ އޭނާ މަސައްކަތް ކުރާ ގްރޫޕްގެ އިސް މީހާއެވެ. އަބަދުވެސް ކާއެއްޗެހި ބަލާ އަންނަނީ އެގެއަށް އޭނާއެވެ. ނާޒިމާގެ ރީތިކަމަކީ އޭނާ އަބަދުވެސް ހިތް ކިޔާފައިވާ ރީތި ކަމެކެވެ. ނަމަވެސް ނާޒިމާ އެހާ ގަޔާނުވާކަން އެގޭތީވެ ސުނީލް ހުންނަނީ މަޑުމަޑުންނެވެ. ނާޒިމާގެ ކުޑަ ދަރިފުޅު އެތާ ހުރި އުދޯއްޔެއްގައި ބާލިސް ޖަހާފައި ބާއްވާފައި އޮތް އިރު އެ ކުޑަ ކުޑަ މޫނުން ވެސް ފެންނަމުން ދިޔައީ ނާޒިމާގެ ސިފަތަކެވެ. “ލަސްވެއްޖެ ދޯ؟” ސުނީލްގެ ހިޔާލީ ވާފާތް ކަނޑާލީ ނާޒިމާގެ އަޑެވެ. ސުނީލް ކުޑަ ހިނުތުން ވުމަކާއި އެކު ދެފަރާތަށް ބޫ ހޫރާލިއެވެ.

ސުނީލް ނިކުމެގެން ދިޔަ ދޮރާއި ދިމާލަށް ބަލަން ހުރެފައި ނާޒިމާގޮސް ދަރިފުޅު އޮތް އުދޯލީގައި އިށީނެވެ. ވަރުބަލިވެފައި ވީވަރުން އޯށޮތުމާއެކު އޭނާއަށް ނިދުނެވެ.

“އެކޮއި. މި އޮތީ ކޮންމެވެސް މިހަކު މަންޖެއަށް ފޮނުވި ހަދިޔާއެއް.” ކާސިމް ނަޒިމާއަށް ކުޑަ ފޮށިގަނޑެއް ދިއްކޮލަމުން ބުނެލިއެވެ. ނާޒިމާގެ މޫނުން ހައިރާންކަން ފެނިގެން ދިޔައީ އޭނާ އެރަށަށް ބަދަލުވިތާ އަހަރެއް ވީ އިރުވެސް އެރަށުން މީހަކާ މާކަ ގާތްގުޅުމެއް އުފެދިފައިނުވުމާއި އެކު ދަންނަ މީހަކަށް ހުންނަނީ ކާސިމް އެކަނި ކަމަށް ވުމެވެ. ކާސިމް އަކީ އޭނާ ދަތުރު ކުރި ބޯޓުން އޭނާއަށް އެހީތެރިވެ ދިންފަރާތެވެ. ކުޑަގޮތަކަށް އޭނާގެ ހާލަތު ކިޔައި ދިނުމުން ކާސިމް އޭނާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮއްލަ ދިނީ ދުވަހަކުވެސް އޭގެ އަގު އަދާ ނުކުރެވޭހާ ފުރިހަމައަށެވެ. ކުޑަ އިރުއްސުރެން ބައްޕަގެ ލޯބިން މަހުރޫމް ވެފައިވާތީ ކާސިމް އާއި ދޭތެރޭ އޭނާ އަށް ދެކެވުނީ ބައްޕައެއްގެ ހައިސިއްޔަތުންނެވެ. “ކާކު؟ ކާކު އަހަންނަށް ހަދިޔާ ފޮނުވާނީ މިރަށުން ބޭބޭ؟” ނާޒިމާ އަޅައިގަންނަމުން އެވާހަކަ ބުނެލީ ހައިރާންވީ ވަރުންނެވެ. “ނޭގޭ މިގެއަށް ވަންނަ އަންނަނިކޮށް ކުޑަ ފިރިހެންސޮރެއް ދުވެފަ އައިސް ދީފަ ބުނީ ނާޒިމާއަށް ދޭށޯ” ކާސިމް އެހެން ބުނެލުމަށްފަހު ރީމާ އުރާލިއެވެ.

އެއްރެއައްގެ އިރާކޮޅެވެ. ނާޒިމާ އިނީ ގޭގެ ކުޑަ ސިޓިންގރޫމްގައި ހުރި ސަރަންފީ ގޮޑިއެކެވެ. އުގުގައިން ދޮޅު އަހަރަށް ދާ ރީމާ އާއި ތުއްތު ބަހުރުވައިން ވާހަކަދައްކަމުން ދިޔަ ނާޒިމާ ހީލަމުން ދިޔައީ ރީމާގެ މޫނަށް ހިނިތުންވުން ވެރިވާތީއެވެ. ކުއްލިއަކަށް ގޭގެ މައި ދޮރު ކައިރިން އެއްޗެއް ވެއްޓުނު އަޑު އިވިގެން ދިޔައެވެ. ދަރިފުޅު ކިހިލީގައި ޖަހައިގެން ތެދުވެ ނާޒިމާ ބޭރަށް ހިގައިގަތެވެ. ދޮރާއި ހަމައަށް ގޮސް ބަލާލި އިރު އަށިމަޓިބާއްވާފައި އޮތް ތެލި ބަންޑުން ވެފައި އޮތެވެ.

ދުވަމުން ދުވަމުން ގޮސް މައި މަގަށް ނިކުމެވުނު ސުނީލް ހުރީ މައި ނޭވާ ލެވިފައެވެ. ހިތް ނަގަ ނަގާފައި ޖެހެމުން ދިޔައީ މިރޭ ކުޑަ ތަންކޮޅެއް ލަސްވި ނަމަވެސް ކަންތައް ވެގެން ދާނެ ގޮތް ހިތައް އެރުމުންނެވެ. ނާޒިމާ އަށް ނޭގުނު ކަމުގައި ވިޔަސް އޭނާގެ ކޮންމެ ހަރަކާތަކަށް ސުނީލް ފަރާލަމުން ދިޔައެވެ. އަމިއްލަ މިލްކް އަކަށް ނާޒިމާ ހެދުމަށް ބޭނުންވެފައިވާ ސުނީލްއަށް އުއްމީދު ވަރަށް ކުޑައެވެ. ސަބަބަކަށް ވަނީ ރާއްޖޭގެ ހުރިހާ ތަނެއްގައިވެސް ބޭރު މީހުންނާއި ދޭތެރޭ ދިވެހީން ދެކެމުން އަންނަގޮތެވެ.

އާދުވަހަށް އިރު ދުނިޔެއަށް މަރުހަބާ ކިއިރު ކުރިމަތި ވަމުން އަންނަނީ ބަނަ ދުވަހެއް ކަމެއް ނާޒިމާ އަކަށް ރޭކާ ނުލިއެވެ. އެހެން ދުވަސް ދުވަހެކޭ އެއްފަދައިން އޭނާ މަސައްކަތް ފެށި މެންދުރަށް ކައްކަން ޖެހޭ ކަން ހަނދާނުގައި ބަހައްޓަމުންނެވެ. ދަރިފުޅުގެ ކަންތައްކޮށް ހެނދުނު ސައިބޮއެ ކުނިކަހައި ނިމުނު އިރު 10.00 ޖަހާ ބޮޑު ވެއްޖެއެވެ. އެހެން ކަމުން އަތްމަތި އަވަސް ކޮއްފައިވަނީ ކެއްކުމަށް ތައްޔާރު ކުރުމަށެވެ. ކެއްކުމަށް ބަނދިގެއަށް ވަން ނާޒިމާ ހުރީ އަތްދިގު ބުޑަށް ވުރެ ތިރިއަށްދާ ވިލު ނޫކުލައިގެ ހެދުމެއެގައެވެ. ހެދުމުގެ އަތް އުޅަބޮއްޓާ ހަމައަށް ހިއްލާލާފައިވަނީ ފަސޭހަ ކުރުމަށްޓަކައެވެ. ތިރިން ކަޅުކުލައިގެ ހަރުވާޅެއް ލާފައި ހުރިއިރު އޭގެ ފައިކުރި ހުރި ކުޑަކޮއް އޮޅާލާފައެވެ. ބަދިގެ ތެރެއަށް ވަންނަމުން ނާޒިމާ ބޮލުގައި އޮތް ކުޑަ ކަޅު ބުރުގާ ނަގާ ގޮޑިއެއްގައި އަޅުވާލިއެވެ.

ބޭރު ދޮރު ހުޅުވުނު އަޑަށް ނާޒިމާ ގަޑިއަށް ބަލާލިއެވެ. ގަޑިން 11.30 އަދި ނުވެއެވެ. އެހެން ކަމުން އަދި ކާ އެއްޗެހި ބަލާ އަންނަ ގަނޑި ނުޖެހޭތީވެ ކާކުތޯ ބަލާލުމަށް ބަދިގެ ތެރޭގައި ހުރެ ބޯ ދިއްކޮއްލިއެވެ. މީހަކު ފެންނަން ނެތުމުން ބޭރު ދޮރު މައްޗަށް ނިކުމެ ހުރެ ބޭރަށް ބޯ ދިއްކޮއްލިއެވެ. ބުރުގާ ނާޅާ ހުރުމުން ބޭރަށް އެއްކޮއް ނިނުކުމެ ހުރި ނާޒިމާ މީހަކު ފެންނަ ނެތުމުން އެތެރެއަށް ވަދެ ދޮރު ތަޅުލިއެވެ. ދޮރު ތަޅު ލުމަށްފަހު އެބުރު ވަގުތު ކުރިމަތީގައި ހުރި ބިދޭސީ މީހާ ފެނުމުން ސިއްސައިގެން ދިޔަލެއް ބޮޑު ކަމުން ހަޅޭ ލަވައި ގަނެވުނެވެ. އެމީހާ އޭނާގެ އަގަމަތީ ގައި އަތްއަޅާ ބާރު ކޮއްލީ އަޑު ބޭރުވިޔަ ނުދިނުމަށެވެ. ނާޒިމާގެ ދެލޯ ބޮޑު ވެގެން ދިޔައީ އޭނާގެ ނިޔަތް ރަގަޅު ނޫންހެން ހީވުމުންނެވެ. “އަހަރެންނަށް ވަރަށް ރީތި ހުންނަނީ މީނަ” ނުފަރިތަ ދިވެހި ބަހަކުން އެ ބިދޭސީ މީހާ ނާޒިމާ ކަންފަތް ބުޑުގައި ބުނެލިއެވެ. ނަޒީމާ އަގަމަތީ އަތް އަޅައިގެން ހުރެ އަނެއް އަތުން އޭނާގެ ދެއަތުގައި އެމީހާ ބާރަށް ހިފައްޓާލިއެވެ. ގުޑި ނުނެވޭ ވަރަށް ހިފަހައްޓަލުމަށްފަހު އޭނާ ނާޒިމާ އާއި ކައިރިވާން ފެށިއެވެ. ހާމައަށް އޮތް ނާޒިމާގެ ދޮން ކަދުރާގައި އޭނާ ވަސް ބަލާލީ ދަހިވެތިގޮތަކަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lyla

Level 1

Other Articles

Previous

ލޯބި އަހަރެންވާނަމޭ!!

Next

ތިޔަ ދިން އުފާ 28

Next
October 23, 2017

ތިޔަ ދިން އުފާ 28

Previews
October 23, 2017

ލޯބި އަހަރެންވާނަމޭ!!

19 Comments!

  1. Yaania? says:
    October 23, 2017 at 6:11 pm

    Abadhuvx eyna ah ahn hadhaany dhw.. anyway. Good luck dear. Waiting..

    1. lyla says:
      October 24, 2017 at 8:08 am

      hehehehe balamaa dhw yaania and thanks dear :*

  2. Shaima says:
    October 23, 2017 at 6:16 pm

    Vvvv hubu dhn vaany kihineh baa?????

    1. lyla says:
      October 24, 2017 at 8:07 am

      lets see dhw Shaima 😀

  3. Shaima says:
    October 23, 2017 at 6:17 pm

    Me first that?wow

    1. lyla says:
      October 24, 2017 at 8:06 am

      Thanks <3

  4. Ilha says:
    October 23, 2017 at 8:18 pm

    V reethi☺☺

    1. lyla says:
      October 24, 2017 at 8:06 am

      Thanks <3

  5. sana says:
    October 23, 2017 at 8:30 pm

    Wow!When next part??????

    1. lyla says:
      October 24, 2017 at 8:03 am

      In sha Allah soon sana :-*

  6. zaul says:
    October 23, 2017 at 9:15 pm

    v v reethi

    1. lyla says:
      October 24, 2017 at 8:03 am

      Thanks Zaul <3

  7. aki says:
    October 23, 2017 at 9:49 pm

    alhey mifaharu anehkaa naaz ah dhera goi nahadhaathi pls … v reethi mi part ves

    1. lyla says:
      October 24, 2017 at 8:02 am

      Thanks aki. balamaa dhw 😉

  8. Aishu says:
    October 23, 2017 at 10:49 pm

    Ehen radhakah gos ekani geyaku.ulheny.kihineh tho buneladheefa in nama

    1. lyla says:
      October 24, 2017 at 7:59 am

      Aishu nehtha ehn rashakah gos ulhenee kihinehkana. kasimbe eynayah ehee vi vaahaka liyevunu hadhaan vanee. BTW thanks.

  9. Ram says:
    October 24, 2017 at 12:07 am

    Salhi

    1. lyla says:
      October 24, 2017 at 8:08 am

      thanks

  10. Shanaa says:
    October 24, 2017 at 10:25 pm

    Mi vaahaka varah salhi.
    Konirakun next part.

Comments are closed.

Next Episodeބިކަވި ހަޔާތް (5)←


All Right Reserved!