ލޮލުން އޮހޮރެމުންދިޔަ ސާފު ބިއްލޫރިކޮޅެއްފަދަ ކަރުނައިގެ މުތީތައް އަތުގެ ނުފުށުން ފުހެލުމަށްފަހު މަޑު ހިނގުމެއްގައި މަލާކް ގޮސް ކުޑަދޮރު ކައިރީގައި ހުއްޓިލިއެވެ. އޭރުވެސް ހުއްޓުމެއްނެތި ވާރޭ ވެހެމުންދިޔައެވެ. ދެލޯމަރައިލުމާއެކު އެހިތަށް އައީ ބީނިޝްގެ ނަމެވެ. މަލާކް ދެލޯހުޅުވައި ބަލައިލިއިރު ވަލުތެރޭގައި އޭނާއަށް ބަލަން ހިނިތުންވެފައި ބީނިޝް ހުއްޓެވެ. މިފަހަރު ބީނިޝް ފެނިފައި އެހިތުގައި ބިރުވެރިކަމުގެ އެއްވެސް އިހުސާސެއް ނުއުފެދުނެވެ. ބަދަލުގައި މަލާކަށްވެސް ފުރަތަމަ ފަހަރަށް ބީނިޝްއާ ދިމާއަށް ބަލައިލުމަށްފަހު ހިނިތުންވެލެވުނެވެ.
* * *
ހެނދުނުގެ ނާސްތާއަށްފަހު މަލާކް ގޭގެ ވަލުފަރާތަށްނުކުމެ ޖޯލީގައި ޖައްސައިލިއެވެ. އެވަގުތު ވަލުތެރޭގައި އޭނާއަށް ބަލަންހުރި ބީނިޝް އެލޮލުގައި އަޅައިގަތެވެ. ހިނިތުންވެލަމުން މަލާކް ބީނިޝްއާާ ދިމާއަށް ހިނގައިގަތެވެ.
“އައްސަލާމް ޢަލައިކުމް.” ހިނިތުންވެލައިފައި ބީނިޝް ބުނެލިއެވެ.”ވަޢަލައިކުމް ސަލާމް.” މަލާކްވެސް ހިނިތުންވެލިއެވެ. “މަލާކަށް މިހާރު އަހަރެންގެ ވާހަކަތައް ގަބޫލުކުރެވިއްޖެތަ؟” ވަލުތެރެއަށް ހިނގައިގަންނަމުން ބީނިޝް އަހައިލިއެވެ. “ހޫމް. އަހަރެން އެދެކޮޓަރިވެސް ހުޅުވައިގެން ބަލައިފިން.” އިސްޖަހައިލަމުން މަލާކް ބުނެލިއެވެ.
ބީނިޝް ދެއްކި ގަސްގަނޑެއްމަތީގައި ދެމީހުން އިނށީދެލައި ހަމަޖެހުނެވެ. “އަހަރެން ބޭނުމީ ރަންޔާއަށް އިންސާފު ހޯދައިދޭން. އިސްލާމީ ގާނޫނުގައި އޮންނަ ގޮތަށް. މަލާކް އަހަރެންނަށް އެހީވާނަންތަ؟” ބީނިޝް މަލާކްގެ މޫނަށް ބަލައިލިއެވެ. މަލާކް ބޯޖަހައިލިއެވެ. އެތަންފެނި ބީނިޝް ހިނިތުންވެލިއެވެ.
“އެކަމަކު އަހަރެންގެ ސުވާލެއް އެބައޮތް” ދުރަށް ނަޒަރުހިންގައިލަމުން މަލާކް ބުނެލިއެވެ. “މަލާކް ބޭނުން ކޮންމެ ސުވާލެއްވެސް ކުރަންވީ. އަހަރެންނަށް ޖަވާބު ދެވޭވަރުގެ ސުވާލެއްވިއްޔާ ޖަވާބުދޭނަން.” ބީނިޝް ބުނެލިއެވެ.
“މިހާދިސާާ ހިނގި އިރު ބީނިޝް މިރަށުގައި ނެތީމެއްނު. މާމަ ބަލިވެގެން ކޮންމެވެސް ރަށަކަށް ދިޔަ ވާހަކަ ބުނީމެއްނު.ދެން ބީނިޝްއަށް ކިހިނެއް މިހާދިސާ ހިނގައިދިޔަގޮތް އެނގުނީ؟” މަލާކްގެ ސިކުނޑީގައި ބުރުޖަހަމުން ދިޔަ ސުވާލުތަކުގެ ތެރެއިން ސުވާލެއް ކޮށްލިއެވެ.
މަލާކްގެ ސުވާލު އަޑުއިވިފައި ބީނިޝް ހިނިތުންވެލިއެވެ. މާކުރިންވެސް މަލާކް އެސުވާލު ކުރާނެކަން އޭނާއަށް އެނގޭކަހަލައެވެ. “އެދުވަހު އަހަރެން ހީކުރީ މަލާކް އަހަރެންނާ ތިސުވާލު ކުރާނެކަމަށް. އެކަމަކު ަމަލާކް ތިސުވާލު ނުކުރީމަ އޭރު ކިޔައިނުދިނީ. މަލާކް. އަހަރެމެންނަކީ ޖިންނީން. އަހަރެމެންނަށް ވަނީ ތަފާތު އެކިއެކި ބާރު ދެއްވާފަ. އިންސާނުންނާ އަހަރެމެންނާ ވަރަށް ތަފާތުވާނެ. ހުރިހައި ގޮތަކުންވެސް. މިބުނި ބާރުތަކުގެ ތެރެއިން އެއްބާާރު އެއީ ކިތަންމެ ދުރުގައިގައި ތިއްބަސް ތަނެއްގައި ހިނގާކަމެއް އަހަރެމެން އެނގެން ބޭނުންވަންޏާ އެނގުމަކީ. އެރޭ އަހަރެންގެ ހިތް އާދަޔާ ޚިލާާފަށް ނުތަނަވަސްވަމުން ދިޔަ. ރަންޔާއަށް ކޮންމެވެސް ކަމެއް ވާންއުޅެނީއޭ އަހަރެންގެ ހިތްބުނަމުން ދިޔަ. އެހެންވެ އަހަރެން ބޭނުންވީ ރަންޔާގެ ހާލު އޮޅުންފިލުވަން. އަހަރެންގެ ބާރުގެ ބޭނުންކޮށްގެން އަހަރެން ބެލީ ރަންޔާގެ ހާލު. އެހުރިހައި މަންޒަރެއް ކިތަންމެހައިވެސް ރީތިކޮށް އަހަރެންނަށް ފެނުނު. އަހަރެން މަލާކަށް އެމަންޒަރުތައް ދެއްކީ އަހަރެންނަށް ފެނުނުގޮތަށް.” ބީނިޝް އޮޅުންފިލުވައި ދިނެވެ.
“ދެން ކީއްވެ ބީނިޝް ނައީ ރަންޔާ ސަލާމަތްކޮށްދެން؟” ހިތާމަވެރި އަޑަކުން މަލާކް ދެވަނަ ސުވާލު ކޮށްލިއެވެ.
“އަހަރެމެން އެރަށަށް ދިޔަދުވަސްް އެއީ އެރަށުގެ ކުއްޖަކަށް ނުބައި ޖިންނިއެއްގެ ފަރާތުން ގޯނާއެއް ފޯރައިގެން އެރަށުގައި ހުންނަ ވަރަށް މޮޅު ފަންޑިތަ ވެރިއެއް ކިޔަވައި މުޅި ރަށް ބަންދުކޮށްލި ދުވަސް. އެކި ތަންތަނުގައި ތިބި އެޖިންނީގެ އާއިލާގެ އެކި މެންބަރުން އެރަށަށް އައިސް އެކުއްޖާއަށް ގޯނާކުރަމުން ދިޔަކަމަށްވަނީ. އެމީހާ މުޅި ރަށް ބަންދުކޮށްލީ އެއްވެސް ޖިންނިއަކަށް އެރަށަށް ނާދެވޭގޮތަށް. އަދި އެރަށުން ބޭރަށްވެސް ނުދެވޭގޮތަށް. އަހަރެންވެސްމީ ޖިންނިއެއް. ރަންޔާގެ ހާލުފެނި އަހަރެން ވަރަށް ހިތާމަކުރިން. އެރޭގައި އަހަރެންގެ އާއިލާއަށްވެސް ރަންޔާގެ ވާހަކަތައް އަހަރެން ކިޔައިދިނީ. އާއިލާގައި ތިބި މޮޅެތި ބާރުގަދަ ޖިންނިތައް ވަރަށް މަސައްކަތްކުރި އަހަރެން އެރަށުން ބޭރަށް ފޮނުވޭތޯ. އެކަމަކު ހުރިހައި މަސައްކަތެއް ނާކާމިޔާބުވީ. އެންމެފަހުން އަހަރެންގެ ފުރާނަޔަށް ގެއްލުންވާ ހިސާބަށް ދިއުމުން އެކަންތައް ހުއްޓައިލީ.” ކަރުނަވީ ދެލޮލުން ބީނިޝް ސީދާ މަލާކްގެ ލޮލަށް ބަލައިލިއެވެ.
“އަހަރެންނަށް އެނބުރި މިކޮޅަށް އާދެވުނީ އޭގެ ހަފުތާއެއްވަރު ފަހުން. އޭރު އައިދުން ފުރައިގެން ގޮއްސި. މިކޮޅަށް އާދެވުމާއެކު އަހަރެން އެންމެ ފުރަތަމަވެސް ދިޔައީ ރަންޔާގެ ޑައިރީ ހޯދަން.” ބީނިޝް އިތުރަށް ކިޔައިދިނެވެ. ބީނިޝްގެ ވާހަކައަށް މަލާކް ބޯޖަހައިލިއެވެ.
“އަހަރެން މިކޮޅަށް އައުމަށްފަހު އުޅުނިން ރަންޔާގެ ބައްޕަ އެހައްޔަރުން ސަލާމަތްކުރަން. އެކަމަކު އެއީ އެންމެ ރަނގަޅުގޮތް ކަމަކަށް އަހަރެންނަކަށް ނުވިސްނުނު. އައިދުން ރަންޔާގެ ބައްޕަ ބަލަން ހަވާލުކުރި ދެބިދޭސީން އޭނާ ވަރަށް ރަނގަޅަށް ބަލާކަން އަހަރެންނަށް އެނގޭ. އެދެމީހުންނަކީ ފަގީރު ދެނިކަމެތިން. އެތައް މަސައްކަތަކުން އެމީހުންނަށް ލިބުނު ވަޒީފާއެއް އެއީ. އަނެއްކޮޅުން ރަންޔާގެ ބައްޕަ އެކޮޓަރީގައި ނެތްކަން އެނގިއްޖެނަމަ އައިދުން އެމީހުން ވަޒީފާއިން ވަކިކޮށް މަރައިލާނެކަމުގެ އިންޒާާރުދީފަ އޮތީ. އެހެންވެ އަހަރެންނަށް އެކަންކުރަން ނުކެރުނީ. އެކަކުގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އިތުރު ދެމީހުންގެ ފުރާނަ އަހަރެންގެ ސަބަބުން ގެއްލިގެންދާން އަހަރެން ބޭނުންނުވީ. އެދެމީހުންނަކީ އެހާދިސާ ހިނގިއިރު އެގޭގައި މަސައްކަތްކުރަން އުޅުނު ބައެއްނޫން. އެހާދިސާއަށްފަހު އައިދުން އެމީހުން ގެނައީ. އެމީހުންނަކަށް ނޭނގޭނެ އެއީ ކާކު ކަމެއްވެސް. ރަންޔާގެ ބައްޕަ އެތަނުގައި ހައްޔަރުކޮށްފައި އޮތީ ކީއްވެކަމެއްވެސް. އެދެމީހުން އައިދުންގެ އަމުރަށް ކިޔަމަންވީ ބިރުން. އެ ސަބަބަށްޓަކާ އަހަރެން ބޭބެ އެތަނުން ސަލާމަތް ނުކުރީ. އެކަމަކު ބޭބެއަށް ވާނުވާ އަބަދުވެސް ބަލަން. އަހަރެންނަށް އެނގޭ އައިދުން އެނބުރި އަންނާނެކަން. އެހެންވެ އަހަރެން އިންތިޒާރުކުރަމުން ދިޔައީ އެދުވަހަކަށް. މިއަދުމިވަނީ އަހަރެންގެ އިންތިޒާރު ނިމުމާއި ގާތްވެފަ.” ލޮލުން ކަރުނަތައް ފުހެލަމުން ބީނިޝް ހުރިހައި ވާހަކަތަކެއް މަލާކަށް ކިޔައިދިނެވެ.
ބީނިޝްގެ ވާހަކަތަކުން މަލާކްވެސް ފެންކަޅިވެގެން ދިޔައެވެ. ބީނިޝް މިއީ ހާދަ ރަނގަޅު ޖިންނިއެކެވެ. އޭނާގެ ފުރާނައަށް ބެލުމެއްނެތި އޭނާގެ ފުރާނަ ސަލާމަތްކޮށްދިން އިންސިއަށްޓަކާ އޭނާއަށް ކުރެވެންހުރި ހުރިހައި ކަމެއް އެކޮށްދެނީ ކިހައި ލޯބިންހެއްޔެވެ.
“މަލާކް. އަހަރެން އަަދި މަލާކް ގާތު އެއްވާހަކަ ބުނަން ބޭނުން. މިއީ އަހަރެން މަލާކަށް ހެޔޮއެދިގެން ބުނާ ވާހަކައެއް. އަހަރެމެންނަކީ މުސްލިމުން. ޖިންނިއަކަސް އިންސިއަކަސް މުސްލިމުންވާނީ ހަމަ މުސްލިމުންނަށް. އަހަރެމެން ތަބާވަނީ އެއްގާނޫނަކަށް. އެހެންވެ އަހަރެންގެ އެދުމެއް އެއީ މަލާކް ހެޔޮލަފާ ޞާލިޙް އިންސާނަކަށް ވުމަކީ. އެނބުރި ﷲ ގެ ޙަޟްރަތަށް ރުޖޫޢަވުމަކީ. އެއީ އަހަރެމެން އެންމެން ހެއްދެވި ކަލާނގެ. އަހަރެމެންނަށް ނިޢުމަތް ދެއްވައި ރިޒުގު ދެއްވާ ކަލާނގެ. އެހެންވީމަ އަހަރެމެން ވާނެ އެކަނލާގެއަށް ޝުކުރުވެރިވާން. ދެން އަނެއްވާހަކައަކީ ތިގޮތަށް ނަމާދު އަޅައި އުޅެނިކޮށް މަރުވެއްޖެނަމަ ލިބޭ އަޒާބުގެ ވާހަކަ. އަހަރެން ނޭދެން މަލާކަށް ދެރަގޮތެއް ވާކަށް. އަޅުކަންތަކާ ދުރުވުމަކީ އަހަރެމެންގެ ތެރޭގައި އުޅޭ ނުބައި ޖިންނިތައް އެމީހަކާ ގާތްވަން ދެވޭ ފުރުސަތެއް. އެފުރުސަތު އެމަޚްލޫގުންނަށް ނުދީ. އެނބުރި ﷲ ގެ ޙަޟްރަތަށް ރުޖޫޢަވޭ. އަން. މީ އަހަރެންގެ ފަރާތުން މަލާކަށްދޭ ކުޑަ ހަދިޔާއެއް. ތިއީ އަހަރެމެންގެ ތެރޭގައި މުއުމިނު ޖިންނީން ހަދައިގެން ބޭނުންކުރާ އެއްޗެއް. ހީކުރަން މަލާކަށް ކަމުދާނެކަމަށް. އަދި އަހަރެން މިދެއްކި ވާހަކަތަކާމެދު ވިސްނާނެކަމަށް. ދެން އަހަރެން ގޮސްލީ. މަންމަ އެބައިން އަހަރެންގެ އިންތިޒާރުގަ. ސަލާމް.” ރީތި ބޮޑު ހުދިފޮތިގަނޑަކަށްލައި ބަންދުކުރެވިފައި އޮތް އެއްޗެއް މަލާކް އަތަށް ދެމުން ބީނިޝް ބުނެލިއެވެ.
ބީނިޝް ދެއްކިވާހަކަތައް އަޑުއަހައިފައި މަލާކް ވަރަށް ދެރަވެ ލަދުގަތެވެ. އޭނާއަށް މިހާތަނަށް އައި އިރު އުޅެވުނުގޮތް ހިތަށްއަރައި ހިތުގައިޖެހުނެވެ. ބީނިޝް އަށް ހިނިތުންވެލަމުން ބޯޖަހައިލީ ބީނިޝް ދެއްކި ވާހަކަތައް ގަބޫލުކުރަމޭ ބުނާކަހަލަ ގޮތަކަށެވެ.
ބީނިޝް ދިއުމުން މަލާކް އެނބުރިގެއަށް އައިސް އޭނާާގެ އަތަށް ބީނިޝް ދިން ހަދިޔާ ހުޅުވައިލައި އެއީ ކޮންއެއްޗެއްތޯ ބަލައިލިއެވެ. މަލާކްގެ ދެލޯބޮޑުވެގެން ދިޔައެވެ. ހައިރާންކަމާއެކު އޭގައިވާ ތަކެތި ނަގައި ބަލަން ފެށިއެވެ.
އޭގައި ވަނީ ހުދާއި ރަންކުލައިން ވިޔެފައިވާާ ވަރަށް ރީތި މުސައްލައަކާއި ހުދުކުލައިގެ ބޮޑު ދޮޅިއެކެވެ. ދޮޅީގެ އަރިމަތީކައިރި ޖަރީކޮށްފައިވަނީ ރަންކުލައިގެ ފަށްތަކަކުންނެވެ. އޭގެން ދުވި ލުއިލުއި މީރުވަހުން މަލާކަށް އެތަކެތި ނޭފަތާ ކައިރިކޮށްލާ ވަސްބަލައިލެވުނެވެ. ހިތަށްހަމަޖެހުން ގެނުވި އެވަހުން މަލާކްގެ ހަލަބޮލިވެފައިވާ ސިކުނޑިއަށް ތާޒާކަން ގެނުވިއެވެ.
އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހު މަލާކް ފޯން ނަގައި ނަމްބަރަކާ ގުޅައިލިއެވެ. އެކޮޅުން ފޯންނެގި ނީމް ގާތު އެގެއަށް އައުމަށްބުނުމަށްފަހު މަލާކް ރީތިވެލިއެވެ.
ނީމް އައުމުން ނީމް ގޮވައިގެން މަލާކް ދިޔައީ ބުކް ޝޮޕަށެވެ. އެތަނުން ނަމާދުކުރާއިރު ކިޔާ ތަކެތި ލިޔެފައިވާ ފޮތަކާއި ދެތިން ދީނީ ފޮތް ގަތުމަށްފަހު އެތަކެތި ހިފައިގެން ފިހާރައިން ބޭރަށް ނުކުތެވެ.
“މަލް ހިނގާބަލަ އެހެރަ ރެސްޓޯރެންޓަށް ފިނި އެއްޗެއް ބޯލަން.” ފިހާރައިގެ ކުރިމަތީގައި ހުރި ރެސްޓޯރެންޓަށް އިޝާރާތްކޮށްލަމުން ނީމް ބުނެލިއެވެ. “އާން ހިނގާ އަވަހަށް. ވަރަށް ހައި. އެއްޗެއް ކައިލައިގެން ދެން ދާންވާނީ. އަދި އަހަރެން ނީމް ގާތު ވަރަށް ބޮޑު ވާހަކައެއްވެސް ދައްކަންވެފަ އެބަ އޮތް. އާކިފް ގާތުވެސް. އާކިފް ގާތު ބުނެވިދާނެތަ މިތަނަށް އަންނަން” ރެސްޓޯރެންޓާ ދިމާއަށް ހިނގައިގަންނަމުން މަލާކް ބުނެލިއެވެ.
އެތެރެއަށް ވަނުމަށްފަހު އިނށީނާނެ ރަނގަޅު ތަނެއް ނީމް ހޯދައިލިއެވެ. ރަނގަޅު ތަނެއް ލޮލުގައި އަޅައިގަތުމުން މަލާކް އަތުގައި ހިފައިގެން ނީމް އެދިމާއަށް ހިނގައިގަތެވެ.
“ކޮންވާހަކައެއްތަ ދައްކަން އުޅުނީ؟” މޭޒުދޮށުގައި އިނށީދެ ހަމަޖެހިލަމުން ނީމް އަހައިލިއެވެ. “އާކިފް އައިމަ. ގުޅާބަލަ އޭނާއަށް. ބުނާތި މިއިން އެއްވެސް ވާހަކައެއް އައިދުން ގާތު ނުބުނައްޗޭ.” ސީރިއަސް ރާގަކަށް މަލާކް އެހެން ބުނުމުން ފާޑަކަށް މަލާކަށް ބަލައިލުމަށްފަހު ނީމް ފޯނުނަގައި އާކިފްއަށް ގުޅައިލިއެވެ. އަދި މަލާކް ބުނިގޮތަށް އާކިފް ގާތު އެތަނަށް އައުމަށް ބުންޏެވެ.
“ކީކޭ މަލް؟ އަނެއްކާ ކޮންވާހަކައެއް ދައްކަން މިތަނަށް ތިގެނައީ؟ ކަމެއްވީތަ؟” ނީމްއާ ޖެހިގެންހުރި ގޮނޑީގައި އިނށީދެލަމުން އާކިފް ހައިރާންވެފައި މަލާކްގެ މޫނަށް ބަލައިލިއެވެ. ކާތަކެއްޗަށް އޯޑަރު ދިނުމަށްފަހު މަލާކް ހަމަޖެހިލިއެވެ. ދައްކަންއުޅޭ ވާހަކައިގެ ބޮޑުކަމުން ކޮންމެވެސް ވަރަކަށް މަލާކް ޖެހިލުންވަމުންދިޔައެވެ. އާކިފްއާއި ނީމް މަލާކް ވާހަކަފަށާނެ އިރެއްގެ އިންތިޒާރުގައި މަލާކްގެ މޫނަށް ބަލަންތިއްބެވެ.
ފުންނޭވާއެއް ލުމަށްފަހު މަލާކް ވާހަކަފެށިއެވެ. އައިދުންގެ ހުރިހައި ވާހަކައެއް މަލާކް ފެންކަޅިވެފައި އިނދެ ނީމްއާއި އާކިފްއަށް ކިޔައިދިނެވެ. ރަންޔާއާ އޭނާގެ ބައްޕައާ މެދުގައި އައިދުން ކަންތައްކުރި އިހާނެތި ގޮތުގެ ވާހަކައެވެ. އައިދުންގެ އަނިޔާވެރިކަމުގެ ވާާހަކައެވެ.
އިވުނު ވާހަކަތަކެއްގެ ސަބަބުން ނީމްއާ އާކިފްތިބީ އަނގަ ހުޅުވި ނޭވައިލާންވެސް ހަނދާންނެތިފައި ކަހަލައެވެ. އާކިފްއަށް ދެފަރާތަށް ބޯހޫރުވައިލެވުނުއިރު ނީމްއަށް އިނީ ރޮވިފައެވެ. އިންސާނަކު ހަމަ އެހައި ރަހުމުކުޑަވެދާނެބާވައެެވެ؟
“އަހަރެން ބޭނުން ރަންޔާއަށް އިންސާފު ހޯދައިދެން. އަހަރެންގެ ފިރިމީހާ ނަމަވެސް އައިދުން އެކުރީ ކުށެއް. ކުށުގެ އަދަބު ލިބެން ޖެހޭނެ. މިކަމުގަ އަހަރެން ތިދެމީހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން.” އިސްޖަހައިލަމުން މަލާކް ބުނެލީ ހިސާބަކަށް ލަދުގެންފައި އިނދެއެވެ. ތިމާގެ ފިރިމީހާ ކޮށްފައިވާ ނުބައި ފާފަތަކުގެ ވާހަކަ އެހެން މީހެއްގެ ގާތު ދައްކަން ލަދުނުގަންނާނީ ކޮން އަންބެއްހެއްޔެވެ؟ ނަމަވެސް މަލާކަށް އެނޫން ގޮތެއްނެތެވެ. މަލާކްގެ ޕްލޭނާ އެއްގޮތަށް ކަންތައް ކުރިއަށް ގެންދިއުމަށް އެދެމީހުންގެ އެހީތެރިކަން މަލާކް ނުނަނު ބޭނުންވެއެވެ.
“ކާކު މަލާކަށް ތިހުރިހައި ވާހަކައެއް ކިޔައިދިނީ؟ މަލާކްތީ އެހަށްދުވަހު މިރަށަށް އައި ކުއްޖެއް. ކިހިނެއް މަލާކަށް ތިހައި ޔަގީންކޮށް ތިވާހަކަ ބުނަން އެނގުނީ؟” އިރުކޮޅަކު ވިސްނައިލުމަށްފަހު އާކިފް އަހައިލިއެވެ.
“ތިހުރިހައި ސުވާލެއްގެ ޖަވާބު މިވަގުތު އަހަރެންނަށް ދެވޭކަށްނެތް. އެކަމަކު ތިސުވާލުތަކުގެ ޖަވާބު އަދި ލިބޭނެ. އަހަރެންނަށް އިތުބާރުކުރޭ. އަހަރެން މިހަދަނީ ތެދު. މިކަމުގަ އަހަރެންނަށް އެހީވެދީ.” އާދޭހުގެ ރާގަކަށް ނީމްއާއި އާކިފްގެ މޫނަށް ބަލައިލަމުން މަލާކް ބުނެލިއެވެ.
“ތެދެއް އާކިފް ޕްލީޒް. އަހަރެން ބޭނުން މަލްއަށް އެހީވާން. މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި އަހަރެންނަށް މަލްގެ ގޮތް ވަރަށް ރަނގަޅަށް ދަސްވެއްޖެ. ކޮންމެވެސް ހަގީގަތެއް އެކަމުގައި ވާތީ މަލް އެހާ ޔަގީންކަމާއެކު އެހެން ބުނާނީ.” އާކިފްގެ އަތުގައި ހިފައިލަމުން ނީމް އެހެން ބުނުމުން އާކިފް ބޯޖަހައިލިއެވެ. އަދި މަލާކް ބޭނުން ކޮންމެ ކަމެއްގައި މަލާކަށް އެހީވާނެކަމަށް ބުންޏެވެ.
އެއާއެކު ފުންނޭވާއެއްލި މަލާކް އޭނާގެ ޕްލޭން ދެމީހުންނަށް ކިޔައިދިނެވެ. މަލާކްގެ ޕްލޭން އަޑުއިވިފައި ދެމީހުންވެސްތިބީ ބަސްހުއްޓިފައެވެ. “މަލް ހާދަ މޮޅޭދޯ ޕްލޭން ހަދަން.” ހުއްޓުންއަރައިފައި އިން ނީމް ބުނެލިއެވެ. ބަދަލުގައި ފަނޑު ހިނިތުންވުމަކުން މަލާކް ފުއްދައިލިއެވެ.
* * *
ރޭގަނޑުގެ ވަގުތެވެ. އައިދުންއަށް ނިދުމާއެކު ކުރިން ރެއެކޭވެސް އެއްގޮތަށް މަލާކް އާމިރު ގާތަށް ދިޔައެވެ. މަލާކްގެ އިންތިޒާރުގައި އޮތް އާމިރު މަލާކް ފެނުމާއެކު ހިނިތުންވެލިއެވެ.
“ބޭބޭ. ކިހިނެއް؟” އާމިރު ގާތު ދެފައި ވަށްކޮށްލައިފައި އިނށީދެލަމުން މަލާކް އަހައިލިއެވެ. “ބޭބެ ދެން ކިހިނެއްވާނީ؟” ހިތާމަވެރި ރާާގަކަށް އާމިރު ބުނެލިއެވެ. އާމިރުގެ މިލައިގެންދިޔަ މޫނު ފެނުމުން މަލާކް ދެރަވިއެވެ.
“ބޭބެ ދެރަނުވޭ. އިރާދަކުރެއްވިއްޔާ ދެން އެހައި ގިނަ ދުވަހެއްނެތް. ކުޑަކުޑަ އިންތިޒާރެއްކޮށްލާ.” މަލާކް އާމިރަަށް ހިތްވަރުދިނެވެ. “ކޮއްކޮ ކިހިނެއްތަ ރަންޔާާ ދަންނަނީ؟ އެއީ ކޮއްކޮގެ ކާކު؟ ކިހިނެއް ކޮއްކޮއަށް މިހުރިހައިކަމެއް އެނގުނީ؟” އާާމިރު އަހައިލިއެވެ.
“އަހަރެންނަށް މިހުރިހައި ވާހަކައެއް ކިޔައިދިނީ މުސްލިމު އަންހެން ޖިންނިއެއް. ރަންޔާ ވަނީ އެއްދުވަހަކު އެޖިންނީގެ ފުރާނަ ސަލާމަތްކޮށްދީފައި. އެދުވަހަށްފަހު އޭތި ރަންޔާދެކެ ވަރަށް ލޯބިވޭ. ރަންޔާއަށްޓަކާ އައިދުންގެ ކިބައިން ބަދަލުހިފަން އެޖިންނި ބޭނުންވަނީ. ބޭބެ ހަނދާންވޭތަ ރަންޔާ ގެންގުޅުނު ކަޅު ބުޅާމަތިން؟” މަލާކް އެހެން އަހައިލުމުން ހައިރާންވެފައި އިން އާމިރު ބޯޖަހައިލިއެވެ. “އެއީ އެޖިންނިއަކީ. ބީނިޝް.” މަލާކް އެހެންބުނުމުން އާމިރުގެ ދެލޯބޮޑުވެގެން ދިޔައެވެ. މިއޮތް ހުރިހައި ދުވަހު އޭނާގެ ދަރިފުޅު އުޅުނީ ޖިންނިއެއް ގޮވައިގެން ހެއްޔެވެ؟
މަލާކް އިތުރަށް ބީނިޝް އޭނާއަށް ކިޔައިދިން ހުރިހައި ވާހަކައެއް އާމިރުއަށް ކިޔައިދިނެވެ. އާމިރުގެ ހިތް ބީނިޝްއަށްޓަކާ ޝުކުރުން ފުރުނެވެ. ހުރިހައި ވާހަކަތަކެއް ކިޔައިދީ ނިމުމުން މަލާކް އާމިރުއަށްވެސް އޭނާގެ ޕްލޭން ކިޔައިދިނެވެ. އާމިރުވެސް ފުރިހަމަގޮތުގައި މަލާކަށް އެހީތެރިވާނެކަމަށް ބުންޏެވެ.
އެކޮޓަރިން ނުކުތުމަށްފަހު މަލާކް އެނބުރި އޭނާގެ ކޮޓަރިއަށް އައިސް އޮށޯތެވެ. ހަށިގަނޑަށްވެރިވެފައިވާ ލޮޑުކަމާއެކު މަލާކަށް ދާާދިއަވަހަށް ނިދުނެވެ. މާދަމާ ޕްލޭނާ އެއްގޮތަށް ނީމް ގޮވައިގެން ޝޮޕިންގްއަށް ދާން ޖެހޭނެތީ އަވަހަށް ހޭލަންވެސް ޖެހޭނެއެވެ. ނިދުމުގެ ކުރިން ޕްލޭނާ އެއްގޮތަށް ހުރިހައިކަމެއްވެސް ކުރިއަށްދިއުމަށްއެދި މަލާކަށް ދުޢާކޮށްލެވުނެވެ. ނިދިފައިވާ މަލާކްގެ މޫނުމަތީގައި މައުސޫމު ހިނިތުންވުމެއް ރަސްކަންކުރަމުން ދިޔައެވެ. މަލާކްގެ ހަރަކާތްތައް ބަލަންއިން ބީނިޝްވެސް ކުދި ޖަވާހިރުތަކެއްފަދަ ތަރިތައް ވިދައިބަބުޅަމުންދިޔަ އުޑާއި ދިމާއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
65 Comments!
Comments are closed.







Assalaam alaikum.. Here is the next part of this story.. One more part in sha allah tnyt genesdheynan.. Ly all?❤
Me first…yaaaayyyy..mi part ves v v reethi…mi story nimen eba kairi vey dhw….anyway gudluck…waitin 4 the next part?????
me first tha??? varah habeyyss mi part vx… hama obiness..
Yes sjk.. Thanks dear.. ?❤
Last part tha dhn othy?? Varah varah salhi mi story..
No.. I guesa adhi two more parts.. Thanks ram.. Ur story is also v beautiful.. Comment nukuriyas hurihaa parts thakeh kiyan?
me first dhw<3 ham speechless
ahhrgg srry first eh nun
Thanks someone?
Me first dhw
Ohhohh nt me
Heekury first kamah
Hehe.. Its ok.. Thanks shaima?
Wow thanx nau ..v nice mi part ves
Thanks anonymous?
Nice
Thanks nerrz?
Lv u. Haadha reehchey mi bai ves
Thanks abhy?
Mi baives oawsm as always waiting for next part???
Masha Allah. It’s awesome.. keep it up nau..??
Naufa drln u r the best??
Thanks xee??
Masha Allah…v furihama dhn oiy baige inthizaaruga …hiy avasvefaa mihaaruvx…..??❤️❤️?
Thanks naaz.. In sha allah tnyt❤?
Vvvv furihama kon irakun aneh bai neraneey
Thanks mode.. In sha allah mirey?
Haadha reechey .. masha allah.. hama v shalhi.. ❤❤❤??
Thanks hana❤❤
haadha reehchy ran yaa ah insaaf bynumee
Thanks shanhaa?
vrh reethi..❤?
Thanks unaal❤
My esfiyaiga up kuri 2:30 vaahakaige copy ehtha? Varah ehgoiyy kanthah gina.
No aysha. This is my own idea.
Alhey naufa thank u so much ??? stry v v rythi v furihama?? stry rythivefa interest v ma hyvany adhives v kuruhen hehe ehennuvaanyves hyvany emyhunnaa eku stryga ulheveyhen ehaaves amazing mi stry mirey thankolheh avahah up kolladhechchey stry plx plx ??❤❤?????????❤❤????
Thank u sooooo much khajja.. Ya in sha allah will try???❤❤
Ma Sha Allah mi part vx varh reethi❤?But story nimen ulhey vaahaka bunyma varh dheravehje?mikahala reethi vaahaka eh kiyan adhivx beynun
Thanks hudher.. In sha allah mikahala ehn rythi story eh mi story ahfahu genesdheynan.. ?❤
V nice hurihaa baeh ves. Me alhuganduge first comment but furathama bain feshigen hurihaa baeh kiyan adhi share ves kuran. Thank you so much mi kahala reethi story eh genes dheythee
Thanks u soooo much rose?
vvv rythi mi part ves…. zaam ves beynun mihaarythi kon vaahakaliyan… naufa helpeh vevidhaanetha?
Thanks zaam.. Ya ofcourx i can.. N in sha allah u also can?
NAU I’m little bit busy 4 bcs i’m readying 4 my semester exam so i’m little bit late to read story
but story is very nice nau
KAIL LOVE IT DEAR
Thanks kail.. Its ok dear. Best of luck for ur exams?
ZAAM u can also try
if u try u can also be a good writer dhw NAU
Yes.. Kail is ryt zaam.. U cn in sha allah become a good writer?
V nice story. Kyp it up…. thankolheh digu koh genes devidaanetha. Next prt konirakun othy
Thanks yooly. Ya will try.. In sha allah on tnyt?
Konthaaku! Aysha e buny hama thedheh. Dhen amihlla idea akah hadhaafa oa e vaahaka. Plagiarise nuvaa gothah ???
Hehe.. Alhugandah heyo alhuganduge boluga thikahala ilzaam elhuviyas.. Truth will always b truth.. My lord knws this is my own idea and that i didnt copy frm anywhere.. So thats enuf for me. Thanks for the comment?
Haveylee ge maana aky kobaa? BTW vaahaka v reethi ?
Thanks dear.. It means egothah hunna bodethi geyge. Its a hindhi name i guess.. Hehe?❤
Alhe mirey kihaairaku up kohdheynantha. Vvvvv rythi story.
Thanks dear.. I will up it as soon as possible.?
please reem ehen nubunebala nau vs dheravaanenun dhw reem aa dhimaa ah ehn buninama reem vs dhera vaanun pls try to understand others feelings too
i’m sorry to say it reem
Thanks kail?
Mi part ves vvvv salhi nau v nice …..?????????
Thanks mamee???❤❤❤
komme meehakuves vaahaka liyaany emeehehge amihla aidia ah kivve thafaath ehen kanthah thakuge vaahakanubuny.divehi baeh film thahves hury hinde filmthah copy kohgen kulhefa kivve amilla aidia ah film kulhen nyngenvi.halaakuvedaanu.
Wow vvv salhi
Meehehge vaahaka copy kohgen anekaayah libynee konkurierumeh Nau aee abadves schoolgaves vaahakaliyan v molhukuhjeh ..alhah insaanunnah sikundi dehvy visnaashy visnabala.thibunaa 2.30 ey kiyaa vaahakayaa mivaahaka ehgoe vefahurinama aee thagdyr nuny thi kudinnah hyvefahuri ehcheh Nau thibunaa vaahaka kiyaegennennu ehgoe nuny copy ehves kurevynee.
alhugahndah hyvanee 2.30 aee 12 ge fas copy eh hen buevidaane dhw .?
Aslu mi vaahaka ya 2:30 story aa varah bodah thafaathu. So copy eh nuun. Ehn noonas keehkurantha Nau copy kuranvyky eh. I don’t think. Dhn ihthifaagun huredhaane dhw kuda ehgoih kameh. But this story is different from that. Read it carefully!! ?☺
Im so happy namaadhuge vaahaka aima … thanks a lot