ޢެދެމޭ އުފާ….(33)
“އަލް ވިސްނަބަލަ ކީއްވެތަ އަލް އެކަމާ ދެކޮޅު ހަދަން ތިއުޅެނީ؟ މިހާރު މަށަށް އެނގިއްޖެ އަލް އެއް އިރެއްގަ ވެސް ވިނާން ދެކެ ލޯތްބެއް ނުވާކަން! އެހުރިހާ ކަމަކީވެސް އަލް ކުޅުނު ގޭމެއް ކަން… ބުނެބަލަ މިއީ ދޮގެއްތަ؟” ލީޒާ ހިތްހަމަ ނުޖެހި ހުރެ އަލްޔާއާ ވާހަކަ ދައްކަމުން ދިޔައެވެ. ބަދަލުގަ އަލްޔާ ހުރީ އެއްވެސް އެއްޗެއް ނުބުނެ އޭނަގެ ގޮތުގައެވެ. “ބުނެބަލަ.. މަމިބުނީ ދޮގެއްތަ؟ ކީއްކުރަން ވިނާންގެ ހިތް ހަލާކު ކުރަން ރައްޓެހިވީ؟ ބުނެބަލަ.. އަލްއާއޭ މިވާހަކަ ދައްކަނީ!” ލީޒާ ވަރަށް ރުޅި އައިސް ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. “ލީ ހެޔޮނުވާނެ ތިގޮތައް ވާހަކަ ނު ދައްކާ؟ އަލަ ދެރަވޭ ތިހެން ވާހަކަ ދެއްކީމަ… ލީއަށް އިނގޭނަމަ ތިހެން ވާހަކަ އެއް ނުދައްކާނެ… ލީއަށް އިހުސާސެއް ވެސް ނުވާނެ އަފީފައްތަ ކަންތައް ކުރިގޮތެއް އަދި މަގޭ ހިތައް ކުރި އަސަރެއް ލީއަށް އިނގޭތަ؟ އަހަރެން މިހާ ވަރު ވެފަ މިހިރީ ދުވަހަކު ވެސް މައެއް ބަފައެއްގެ ލޯތްބެއް ލިބި ގެނެއް ނޫން… ނުވިތާކަށް އެންމެ ފަހަރަކު ވެސް ދަރިފުޅާއޭ ކިޔާފަ ގޮވައިލި އަޑު ވެސް ނުއިވޭ… ލީއަށް އިނގޭތަ؟ ލީއަށް ފެންނަން މިހިރަ ހަށިގަނޑަކީ ހާދަ އަނިޔައެއް ލިބުނު ހަށިގަނޑެކޭ! އަހަރެން ދިރި އުޅުނީ އެއްވެސް އުއްމީދެއް އެއްވެސް މިސްރާބެއްނެތި އެހެން ހުއްޓާ ވިނާން އައީ އަހަރެންގެ ހަޔާތަށް އެކަމަކު އޭނަޔާ ރައްޓެހިވީމަ ކުރި އެކޭ އެއްގޮތަށް އެތަށް އަނިޔާތަކާ ދުއްތުރާ ތަކެެއް އުފުލަން ޖެހުނީ އެހެން ވީމަ… އަހަރެން ވެސް ބޭނުން ހަޔާތުން ކޮންމެވެސް ދުވަހައްގަ ހިތްހަމަ ޖެހިގެން އުޅެލަން… ހެޔޮ ނުވާނެ ލީ އަހަރެން ހަމަ ޖެހިގެން އުޅުނަ ދީބަލަ! އަހަރެން ވެސް ވިނާން ދެކެ ލޯބިވަމޭ އެކަމަކު އަހަރެން އެ ދިރިއުޅުން މަތިން ފޫހި ވެއްޖެ އުމުރަށް ވެސް ފޫހި ވެއްޖެ..!” އަލްޔާއަށް ރޮވޭތީ އިތުރަށް ވާހަކަ ނުދެއްކިގެން ހުއްޓާލިއެވެ. ލީޒާ ހުރީ އަލްޔާ ގިސްލަ ގިސްލާ ދެއްކި ވާހަކަ އަޑު އިވި ވަރަށް ދެރަވެފައެވެ. ނަމަވެސް އޭނަ ބޭނުން ވަނީ އަދިވެސް އަލްޔާއަށް ވިސްނަދެވޭތޯއެވެ. އަލްޔާގެ ހަޔާތަށް އަންނަން ވިނާންއަށް ވުރެ ރަނގަޅު އެކަކު ވެސް ނެތް ކަން ލީޒާގެ ހިތް އަބަދުވެސް ބުނެއެވެ. “ލީ ގަބޫލު ކުރަމޭ ތިހުރިހާ ވާހަކައެއް… ލީ މިބުނާ އެއްޗަކީ މިހާރު ވިނާންގެ އަންބެއްގެ ގޮތުގަ ދިޔަޔަސް އަލްޔާއަށް ލިބޭނެ އެއުވެސް ދެރައެއް ނޯންނާނެޔޭ! އެއީ ކީއްވެކަން އިގޭނނޫން މިހާރު އަފީފާއަކަށް ވެސް ކުރެވޭނެ ކަމެއް ނެތް! އަލް އަކީ ގޯސް ކުއްޖެއް ނަމަ ބޭނުން ގޮތަކަށް ބަދަލު ވެސް ހިފިދާނެ އެކަމަކު އަހަރެންނަށް އިނގޭ އަލް އަކީ އެކަހަލަ ވިޔާ ނުދާ ކުއްޖެއް ނޫންކަން އެއްމެ ފަހަރަކުވެސް އެކަނި ހުރެ ވެސް އަހަރެން މިކިޔާ އެއްޗަކާ ދޭތެރޭ ވިސްނާލަބަލަ… އޭރު ތި އެއްޗެއް ނުވިސްނޭ ސިކުނޑިއަށް ކޮންމެވެސް އެއްޗައް ވިސްނޭނެ!” މިފަހަރު ތަން ކޮޅެއް މަޑުމައިތިރި ކަމާއެކު ލީޒާ ވާހަކަ ދެއްކިއެވެ. “ހޫމް… އަހަރެން އަދިވެސް ވިސްނާލާނަން އެކަމަކު ހީނުވޭ އަހަރެންގެ ވިސްނުން މި ނޫން ގޮތަކަށް ބަދަލު ވެދާނެހެނެއް..!” އަލްޔާ ބުނެލިއެވެ. ލީޒާ އިތުރު އެއްޗެއް ނުބުނީ އަލްޔާއަށް ވިސްނަން ފުރުސަތު ދިނުމުގެ ނިޔަތުގައެވެ.
“ހަލޯ..! ކާކުބާ؟” ޒާހިދާގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅުމުން ކާކުތޯ އަހައިލިއެވެ. “ސާބަސް ދައްތާ! އަލްޔާއޭ… ކިހިނެއްތަ އެއްމެން؟” ޒާހިދާޔަށް ކާކުކަން ނޭނގުމުން އަލްޔާ ކަމަށް ބުނެ އެއްމެންގެ ހާލު އަހައިލިއެވެ. “އެހެންތަ؟ ރަނގަޅޭ! ނޭނގޭންނުން މިގެއަށް އަންނަން ބުނި މީހާ ވިއްޔާ ތިއީ މިހާރު ހަފުތާއެއް މިވީ ދާނަން ދާނަން ކިޔާތާ!” އަލްޔާ އެގެއަށް އަންނަން ބުނެފަ ނުއައިސް ހުރީތީ ޒާހިދާ ޝަކުވާ ކޮއްލިއެވެ. “ހެހެ… ހަމަ ޔަގީން މިރޭ ދާނަން ކަން! އަސްލު ވަޒީފާއަށް ދާތީ ވަގުތު ނުވާތީ ނުދެވެނީ…” ރަކި ހިނިތުން ވުމަކާއެކު އަލްޔާ ބުނެލިއެވެ. “ހޫމް.. އެނގިދާނެތާދޯ؟ ދައްތަ ހުންނާނަން ބަލަން އާދެވޭތޯ!” ޒާހިދާ ބުނެލިއެވެ. ޒާހިދާ ހުރީ އަލްޔާ ނާންނާތީ އިންތިހާޔަށް ދެރަވެފައެވެ. އަދި އެހާ ދެކޭ ހިތްވެސް ވެފައެވެ. “ހެހެ… ކޮބާތަ ޝަރީފުބެ؟ ރަނގަޅުތަ؟” ހިނިގަނޑަކާއެކު އަލްޔާ އަހައިލިއެވެ. “އިރާދަ ކުރެއްވިއްޔާ ރަނގަޅު އެކަމަކު މިވަގުތު ނެތް ރާއްޖޭގަ ބުސިނެސް ދަތުރެއްގަ ސިންގަޕޯރުގަ ވީ އަންނާނެ ހަފުތާއެއް ވަރު ފަހުން…” ޒާހިދާ ބުނެލިއެވެ. “އެހެންތަ؟ ދެން ބޭއްވީއޭ އިރާދަ ކުރެއްވިއްޔާ މިރޭ ދާނަން އައިރާއަށް ސަލާމް ބުނަށްޗޭ އެކަމަކު މަދާާވާހަކަ ނުބުނަށްޗޭ!” އަލްޔާ ހެވިފަ ބުނެލިއެވެ. “އޯކޭ… ނުބުނާނަން އެކަމަކު ދައްތައަށް ޝައްކު މިރޭ ވެސް އައިސް ދާނެ ކަމާމެދު..!” އަނެއްކާވެސް ޒާހިދާ ޝަކުވާ ކޮއްލިއެވެ. ހިނި ގަނޑެއް ޖަހާފަ ދާނެ ކަމަށް ބުނެ އަލްޔާ ފޯނު ކަނޑައިލިއެވެ. އަލްޔާ ގުޅީތީ އުފާ ވެލާފަ ޒާހިދާ އޭނަގެ މަސައްކަތައިގެން އެބުރި ގަތެވެ.
“ދަރިފުޅާ މިހާރު މަޑުމަޑުން އެބަ ރަނގަޅުވޭދޯ؟ ދަރިފުޅުވެސް މާ ފިނޑީއޭ! އަތް ވެސް ހަރަކާތް ތިކޮއްލަނީ މީހަކު ބުނީމަ އެހެން ނޫނީ ދަރިފުޅަކަށް ވާކަމެއް ވެސް ނޫން..!” ވިނާންގެ އަތަށް މަޑުމަޑުން ކަސްރަތު ކުރަން ބުނެފަ އޮތީމަ ސައުދު ބުނެލިއެވެ. ހަގީގަތުގަ މިހާރު އެއަތް ރަނގަޅު ނުވޭތޯ ވިނާން ހިތާހިތުން ބަދު ދުވާވެސް ކުރެއެވެ. އޭނަގެ މޮޔަހިތް ބުނެދޭ ގޮތުން ވިއްޔާ އޭނައަކީ ކީއްކުރާ މީހެއް ހެއްޔެވެ. އެއްވެސް ބޭނުމެއް ނެތް ކޮންމަސް ބުރިއެކެވެ. ހަގީގަތަކީ ވިނާންގެ އަތް ކީއްކުރަން ހަށިގަނޑުގެ އެކި ގުނަވަން ވަކިވެގެން ދިޔަނަމަވެސް މިއަދަކު އޭނަ ދެރައެއް ނުވާނެކަމެވެ. ސަބަބަކީ އޭނަގެ ހިތްވަނީ ހަލާކުވެފަ ވިއްޔާއެވެ. އަލްޔާ ވަނީ އޭނަގެ ހިތުގަ ބޮޑު ފާރު ގަނޑެއް ހަދާފައެވެ. އެހެން ހުރިހާ ވޭނަކަށް ވުރެ ހިތަށް ކުރާ އަސަރާ ވޭން ބޮޑެވެ. “ބައްޕާ އަޅުގަނޑު ކީއްކުރަންވަންތޯ އަތް ހަލުވަންވީ؟ އަޅުގަނޑަކަށް ނޭނގެ އަޅުގަނޑު ދުނިޔޭގަ މިއުޅޭ ސަބަބެއް!” ދުރު ބަލައިގެން ހުރެ މާޔޫސީ ގޮތަކަށް އަދި އެހާ ފޫހި ގޮތަކަށް ވިނާން ބުނެލިއެވެ. “ނޫނެ ދަރިފުޅާ! ތިކަހަލަ އެއްޗެހި ބުނާކަށް ނުވާނެ ތިއީ ކުފުރުގެ ބަސްތަކޭ އީމާންތެރިކަން ވަރަށް ވަރުގަދަ ވާން ޖެހޭނެ! ދަރިފުޅާ… ބައްޕަ ވަރަށް ދެރަވެ ހިތުގަ ޖެހިއްޖެ ތިހެން ބުނީމަ.. ބައްޕަ އަބަދުވެސް ބުނަންދޯ ދަރިފުޅުމެން ކައިރީގަ ދުނިޔޭގަ އުޅޭ އިރު ކަންތަކާ ދިމާވާނެއޭ އެއްވެސް އިންސާނަކަށް ނުއުފުއްލޭ ވަރުގެ ބުރައެއް އެފަރާތުން ނުޖައްސަވާނެޔޭ މި ވެދާނެ އަދި އަހަރުމެންނަށް ލިބެން އޮތް މޮޅު މާ ރަނގަޅީ ކަމައް ވެސް..” ވިނާންއަށް ހިތްވަރު ދެމުން ސައުދު ނަސޭހަތްތެރި ވިއެވެ. “ބައްޕާ އަޅުގަނޑަށް ތިހުރިހާ އެއްޗެއް ވެސް އިނގެޔޭ އެކަމަކު އަހަރެން ދުވަހަކު ވެސް ހިތަކަށް ނުއަރާ. އަލްޔާ ބޭވަފާތެރި ވެދާނެކަމަކަށް!ބައްޕަޔަށް އިނގޭތަ؟ އަޅުގަނޑު ހާދަ އިތުބާރެއް ކުރީމޭ އަލްއަށް އެކަމަކު އަހަރެންގެ މިދެލޮލުންނޭ ދުށީ އޭނަ އެހެން ފިރިހެނަކާ ހީހީފަ ސަކަރާތް ޖެހިތަން އޭނަގެ ހިތަށް ވެސް ނޭރި އަހަރެންގެ މި މޮޔަ ހިތް އޭނަޔަށްޓަކައި އެދި ގޮވާވަރެއް… އޭނަޔަށްޓަކައި ވާ ގުރުބާން ތަކެއް..!” ވިނާން ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ. ސައުދު ހުރީ ވީދެރައިން ކުރާނެ ކަމެއް ނޭނގިފައެވެ. އަދި އެހިނދު ހިތާ ހިތުން އޭނަގެ ދަރިއަށް އޭނަ ލޯބިވާ ފަރާތް ދެއްވުމަށް އެދި ދުވާ ކުރެވުނެވެ. “ދަރިފުޅާ ބައްޕަގެ މިހިތެއް ނުބުނޭ އަލްޔާ ބޭވަފާތެރި ވެދާނެކަމަކަށް! އޭނަ އަދި އަންނާނެ ދަރިފުޅު ކައިރިއަށް ކުޑަ އިންތިޒާރެއް ކޮއްލާ..” ސައުދު ޔަގީން ކަމާއެކު ބުނެލިއެވެ. “ހެހެ… ނާންނާނެ އަޅުގަނޑު ނުބުނާނަން އަންނާނެއެކޭ އެހެން ނޫނަސް އެވާހަކަ ބާއްވާ ކޮބާތަ މާކް؟ އޭނަ ބުނި އެބަ އަންނަމޭ އެކަމަކު އަދިވެސް ހަބަރެއް ނުވޭ!” ވިނާން ނާއުއްމީދީ ގޮތަކަށް ބުނެލިއެވެ. “އޯކޭ! އޯކޭ! އެވާހަކަ ބާއްވާ ބައްޕަ ދަރިފުޅާ ސުވާލެއް ކޮއްލަންތަ؟” ސީދާ ވިނާންގެ މޫނަށް ބަލައިގެން ހުރެ ސައުދު އަހައިލިއެވެ. “ހެހެ… ބައްޕާ އަޅުގަނޑަށް އަދި ކިރިޔާ މި އެގުނީ ބައްޕަގެ ދަރިފުޅު ކައިރީގަ ހުއްދަޔަށް ވެސް އެދެން ޖެހޭކަން!” ހިނިގަނޑަކާއެކު ވިނާން ބުނެލިއެވެ. “ބައްޕަ ސީރިއަސްކޮށޭ މިއެހީ!” ސައުދުގެ މޫނުމަތިން މިފަހަރު ވިނާންއަށް ފެނުނީ ހަގީގަތުގަ ވެސް ސީރިއަސް ކަމެވެ. “ލައްބަ ބައްޕާ އަވަހަށް ސުވާލް ކުރަށްވާ!” ސައުދުގެ މޫނުމަތިން ސީރިއަސް ކަން ފެނުމުން ހާސްވެފަ ވިނާން ބުނެލިއެވެ. “ދަރިފުޅު މިހާރު މާކިންއަށް މާފު ކޮށްފިންތަ؟ ބައްޕަ މިހެން މިބުނީ ދަރިފުޅު އޭނަ އަންނަވާހަކަ ބުނީމަ!” މިފަހަރު ވެސް ވިނާންގެ މޫނަށް ބަލަމުން ސައުދު އަހައިލިއެވެ. ސައުދު ބޭނުންވީ އެދެމުދުގެ ގުޅުން ރަނގަޅުތޯ ބަލާފަ އެމީހުން ޕުލޭން ކުރި ގޮތަށް ކަންތައް ކުރިއަށް ރާވާލުމަށެވެ. “ހެހެ… އޮފްކޯޒް ބައްޕާ! އަޅުގަނޑުގެ ހިތް ސާފު، މާކް ހުރިހާ ވާހަކައެއް ކިޔާދިނޭ އޭނަ ދެއްކީކީ ދޮގު ވާހަކައެއް ނޫން އަޅުގަނޑަށްވެސް ވިސްނާލީމަ އެނގިއްޖެ..!” ހިނި ގަނޑަކާއެކު ވިނާން ބުނެލިއެވެ. “އެހެންތަ؟ ދެން ކީއްވެ އަލްޔާ ބޭވަފާ ތެރިވީއޭ ތިބުނަނީ؟ މާކް އެކަން ވީގޮތެއް ނުކިޔާދޭތަ؟ “ސުއުދު އެއްބުމަ އަރުވަމުން އަހައިލިއެވެ. “ކިޔާދިން އެކަމަކު ވެސް އަހަރެންގެ ހިތަށް ވީތަދުން އެހެން ކިޔެނީ.. ބައްޕަޔަށް އިނގޭތަ؟ ބައްޕަޔަށް ވެސް އެކަހަލަ ކަމެއް ވީނަމަ އިނގޭނީ އެވާ އިހުސާސްތައް!” ވިނާން ބުނެލިއެވެ. އެވަގުތު ވިނާންގެ މޫނު އެއްކޮށް މިލާ މޯޅިވިއެވެ.
“ސައުދުއާ ވިނާން އާ އެކި އެކި ވާހަކާގައި ތިއްބާ މާކިން އައިސް އެގެއަށް ވަނެވެ. “އާދޭ! އާދޭ! މިހާރު ވެސް ވިނާން މިދައްކަނީ މާކިންގެ ވާހަކަ…” މާކިން އައިސް ދޮރު މައްޗަށް ހުއްޓުމުން ސައުދު ބުނެލިއެވެ. އެތެރެއަށް ވަންނަން ބުނުމުން މާކިން އެތެރެއަށް ވަނދެ އިށީނެވެ. ވިނާން ގެއަށް ބަދަލު ކުރި ފަހުން މާކިން ވަރަށް ގިނައިން އެގެއަށް މިހާރު ގޮސް އުޅެއެވެ. އެހެން ކަމުން މިއަދު ސަލާމް ވެސް ގޮވާނުލާ ވަނދެވުނީއެވެ. “އެހެންތޯ؟ އެއީ އަނެއްކީ ކޮންވާހަކައެއްތޯ؟” ސޯފާގައި އިށީންނަމުން މާކިން އަހައިލިއެވެ. “އެއީ ވަކި ވާހަކައެއް ނޫން ނާއިސްގެން ލަސްވާ ވާހަކަ… ދޯ ބައްޕާ!” މާކިން އާ ވީފަރާތަށް އެބުރެމުން ވިނާން ބުނެލިއެވެ. “ތިއެއް ނޫނޭ ބޭބެ ބުނިކަންތައް ކޮބާތަ؟” މާކިން ކުރެން ސައުދު އަހައިލިއެވެ. އެހެން ނަމަވެސް މާކިން ހުރީ އެބުނި އެއްޗެއް އެހާ ސާފު ނުވެފައެވެ. ސާފު ވާނީވެސް ކިހިނެއް ހެއްޔެވެ؟. އެދެމެދުގައި ވަނީ އެތައް ވާހަކަތަކަކާއި ރޭވުން ތަކެއް ރޭވިފައެވެ. އެހެން ކަމުން ކުއްލިއަކަށް އެހެން އެހިއަކަސް ނޭނގިދާނެތާއެވެ. “ސާބަހޭ ދަރިއާ! ބޭބެ މިބުނީ ފިޒޯތެރަޕީ ނަގާދޭ މީހާގެ ވާހަކަ..” މާކިން ސީދާ ކޮންކަމެއްކަން ނޭނގި ހުރިކަން އެނގުމުން ސައުދު ބުނެލިއެވެ.”އޯ! އާ.. ހަނދާން ވެއްޖެ އަސްލު ހަނދާން ނެތުނީއޭ.. ބުނަން އަޅުގަނޑު އޭނަޔާވާހަކަ ދައްކާފިން ބުނީ މަހަކު ފަސްހާސް ދެންޏާ ކޮންމެ ދުވަހަކު ދެފަހަރު ފިޒޯ ނަގައިގީދޭން މިގެއަށް އައިސް ދީފާނަމޯ އަޅުގަނޑު ބުނިން އޯކޭޔޯ އޭނަ ބުނީ ހަމަ ޖައްސާފަ ގުޅާށޯ..” މާކިން ބޯ ކަހާލަމުން ކުއްލިއަކަށް ހަނދާން ވީތީ ލަދުވެރި ގޮތަކަށް ހުރެ ބުނެލިއެވެ. “އެހެންތަ؟ ނަސީބެއް ނޫންތަ؟ އެހެންވީމަ ބުނޭ މާދަމާއިން ފެށިގެން އަންނަން ބުނޭ އެޑުވާންސް ކޮއްވެސް ލާރި ދީފާނަމޭ ބުނޭ… ބޭނުމީ ވީހާ އަވަހަކަށް ރަނގަޅު ވާންށޭ” ވަގުތުން ސައުދު ބުނެލިއެވެ. ވިނާންގެ އަތް ބިންދައިގެން ގޮސް ހުރުމުން ސައުދު ބޭނުން ވަނީ ވީހާ ވެސް އަވަހަށް ވިނާންގެ އެއަތް ރަނގަޅު ކުރާށެވެ. އަނެއް ކޮޅުން ޑޮކުޓަރު ވެސް ބުނެފަ އޮތީ ފިޒޯ ތެރަޕީ ނެގީމަ އަވަހަށް އެއަތް ރަނގަޅު ވާނެ ކަމަށެވެ. އަނެއް ކޮޅުން ވިނާންގެ އަތް އެއްކޮށް ރަނގަޅު ވެގެން އޮފީހަށް ނިކުތީމަ ނޫނީ އަފީފާ ގޮވައިގެން ސައުދުއަށް ބޭރަށް ފުރޭނެ ގޮތެއް ވެސް ނެތެވެ. ސައުދުގެ ބުރަ މަސައްކަތުން މިހާރު އޮތީ އަފީފާ ގޮވައިގެން ބޭރަށް ގެންދަން ހުއްދަވެސް ލިބިފައެވެ. އެހެން ނަމަވެސް ވިނާން އެއްކޮށް ރަނގަޅު ނުވަނީހެއް ފުރާކަށް ސައުދު ބޭނުން ނުވެއެވެ. އަނެއް ކޮޅުން ވިނާން ރަނގަޅު ވީމަ ކުރަން ވީ އެތައް ހާސް ކަމެއް އެބައޮތް ވިއްޔާއެވެ. އެހެންވީމަ ދާނީވެސް ކިހިނެއް ހެއްޔެވެ. “ހެހެ… ނޫނޭ ބޭބެ އެޑުވާންސްކޮށް ދޭނެ ކަމެއް ނެތް.. މަސް ނިމުނީމަ ދޭނީ.. އެޑުވާންސްކޮށް ދީފިއްޔާ އުޅޭނީ ލާރިއަށް! ބޭރު މީހުންނަކީ ފާޑެއްގެ ބައެއް..!” ސައުދު އެހެން ބުނުމުން މާކިން އެކަމަށް އިންކާރު ކުރަމުން ބުނެލިއެވެ. “ހެެހެ.. ތިވެސް ރަނގަޅު ވާހަކައެއް! މާކިންއަށް ފެންނަ ގޮތަކަށް ހަދާ ބޭބެ ދެން ވަނީއޭ އެތެރެއަށް މިހާރު ތިތާ އިނދެ އިނދެ ބުރަކަށްޓަށް ވެސް ތަދުވެއްޖެ!” ހުރި ތަނުން ތެދުވެ ހިއް ދަމާލަމުން ސައުދު ބުނެލިއެވެ. ބަދަލުގަ މާކިން އާ ވިނާން ހިނިތުން ވުމެއް ސައުދުއަށް ދިނުމުން ސިޑިން އަރައިގެން ހިނގައްޖެއެވެ.
“މާކް ކޮބަ އަލް ރަނގަޅުތަ؟” ސައަދު މައްޗަށް އެރުމާއެކު ވިނާން އަހައިލިއެވެ. އޭނަ ހުރީ ސުއަދު އެތަނުން ނުގޮސްގެން ތޯއްޗެކެވެ. “އޭނަ ބަރާބަރު! އެބައުޅޭ ގޭގަ، ކިހިނެއްވީ؟ އަނެއްކާ އަދިވެސް މަށަށް ޓުރަސްޓު ނުކުރަނީތަ؟ ވިނާންގެ ސުވާލަށް ޖަވާބު ދިނުމަށް ފަހު މާކިން ސުވާލެއް ކޮއްލިއެވެ. “އޭ ތިހެން ނުބުނޭ! މަ ނުބުނަން ދޯ ޓުރަސްޓް ނުކުރަމެކޭ!؟ މަހަމަ އަހައިލީ އޭނަގެ ހާލު… ރަނގަޅިއްޔާ މަށަށް އެނިމުނީ!” ވިނާްން މޫނު މައްޗަށް ގަދަ ކަމުން ހިނިތުން ވުން ގެންނަމުން ބުނެލިއެވެ. “ހެހެ.. އެހެންދޯ؟ އެހެންވިއްޔާ އޯކޭ!” މާކިން ބުނެލިއެވެ. ދެރަހުމަތް ތެރިން އެތައް އިރަކު ވާހަކަ ދައްކަން ތިބެފަ މާކިން ގެއަށް ދިޔައީ ވަޒުނާ އައުމުންނެވެ.
“އޭ ލީ! މަމިއުޅެނީ ޒާހިދާ ދައްތަމެން ގެއަށް ދާން ވެގެން ލީ ނުދާނަންތަ؟” އަލްޔާ ރީތިވާން ކޮޓަރީގަ ހުއްޓާ ލީޒާ އައިސް ވަނުމުން އަލްޔާ އަހައިލިއެވެ. “އޯ… އެހެންތަ؟ މައަދި ހިތުން މިއުޅުނީ އަލް ގޮވައިގެން ޝޮޕިންނަށް ދާން ކަމަށް އެހެންވީމަ ދެން އެކަން ވެސް ނުވީތާ..!” އަލްޔާ ދެއްކީ ވާހަކަޔަށް ވަކި ޖަވާބެއް ނުދީ ލީޒާ ބުނެލިއެވެ. “އެހެންތަ! ދެން ކިހިނެއްތަ ހަދާނީ؟ މަހާދަ ދުވަހެއް ވެއްޖެޔޭ އެގެއަށް ދާން ކިޔާތާ އެކަމަކު ކޮންމެ ފަހަރަކު ވެސް ކޮންމެވެސް ކަމެއް ދިމާވެގެން ނުދެވޭ. ހިނގާ މިހެން ހަދަމާ އެގެއަށް ގޮސްފަ އަންނަ މަގުމަތީގަ ޝޮޕިން ކޮއްލާނީ އޭރުން އޯކޭއެއް ނޫން!” ލީޒާއަށް ޝޮޕިން ނުކުރެވިދާނެތީއާ ލީޒާ ދެރަވެދާނެތީއާއިއެކު އަލްޔާ ބުނެލިއެވެ. “ތިއީ ސަޅި ގޮތެއް! ކޮބާތަ ޒިއާދާ؟” ޒިއާދާ ފެންނަން ނެތުމުން ލީޒާ އަހައިލިއެވެ. “އޭނަ ވެއްޖެ ބޭރުގަ.. ބުނީ ޖޮބެއް ހޯދަނީއޯ!” އަލްޔާ ބުނެލިއެވެ. “އެހެންދޯ؟! އަލް ނިމުނީދޯ ހިނގާ އަވަހަށް ދާން އޭރުންތާ އަވަސް ވާނީވެސް…” އަލްޔާ ލޯގަނޑު ކުރިމަތީ ތުއިވާން ހުރުމުން ލީޒާ ބުނެލިއެވެ. އަލްޔާގެ އަތުގަ ހިފާ ދަމައިގަންނަމުން ލީޒާ ނިކުތީ ބޭރަށެވެ. އޭރު މާކިން ކޮންމެސް މީހަކަށް ގުޅައިގެން އޮލަ ވާހަކައެއްގަ ހުއްޓެވެ. އަލްޔާ އާ ލީޒާޔާ ދެމީހުން މާކިންއަށް ހާއި ޖަހާފަ ނިކުމެގެން ހިނގައްޖެއެވެ.
އަލްޔާއާ ލީޒާޔާ ދެމީހުން އަތުވި އިރު ޒާހިދާ ހުރީ އޭނަގެ އިންތިޒާރުގަ ގަޑި ގުނާލަ ގުނާލައެވެ. ޒާހިދާއޭ ބުނީމަ ވާނީ ދޮގަކަށެވެ. އޭނަގެ ދެދަރިން ވެސް ތިބީ އަލްޔާގެ އިންތިޒާރުގައެވެ. އެހެން ނަމަވެސް ޒާހިދާ އޭނަގެ ދަރިން ކައިރިއަކު އަލްޔާ އަންނަ ވާހަކައެއް ނުބުނެއެވެ. ބުނީ މަންމަގެ ރައްޓެއްސެއް އަންނަ ވާހަކައެވެ. އަލްޔާ ފެނުމާއެކު އައިރާ އައިސް އަލްޔާ ގައިގަ ބައްދާލައިފަ އަލް ދޯ އޭ އަންނަން ބުނީ އަހައިލިއެވެ. އަލްޔާ ވެސް ހެވިލާފަ އާއެކޭ ބުނެލިއެވެ. “ހެހެ… އިނގޭތަ؟ މަބުނީއޭ ނުބުނާށޯ! އައިއަށް ސަޕުރައިޒެއް ދޭންވެގެން…” ހެމުން ހެމުން އަލްޔާ ބުނެލިއެވެ. “ހޫމް… ދެން ވަރަށް ފޫހީވޭ!” އަލްޔާގެ އަތުގައި ފިތާލަމުން އައިރާ ބުނެލިއެވެ. “ހޫމް… ދެން މާ އަނގަ ތަޅާނެ ކަމެއް ނެތް ދައްތަ ހުންނާނެ ވަރަށް މީރުކޮށް ކައްކާފަ ދެކުދިން ވެސް ދާން ވާނީ ކައިގެން” ހިނިތުން ވުމަކާއެކު ޒާހިދާ ބުނެލިއެވެ. އޭރު އައިރަމް ތަފާތު ގޮތަކަށް އަލްޔާއާ ދިމާލަށް ބަލާތަން ލީޒާއަށް ފެނެއެވެ. އެހެން ނަމަވެސް އަޅާނުލާ ހުރީއެވެ. އެހެން ނޫނަސް އެއީ އޭނަޔާ ބެހޭ ކަމެއް ވެސް ނޫންތާއެވެ. “އެއީ ތެދެއް އަލް! މަންމަ ހީވަނީ މިއަދު މައުރަޒަކަށް ކައްކަން އުޅޭހެން…” އައިރާ އިތުރު ކުރަމުން ބުނެލިއެވެ. “ހެހެ… އެހެންތަ؟ އެއީ ތެއްދެއްތަ ދައްތާ؟ އެވަރު ނުކުރިއަސް މިގޭގަ ހުރި އެއްޗެއް ކައިގެންނޭ އަޅުގަނޑު ދާނީ!” އެއްފަހަރާ ދެމީހުން ގާތު އަހަމުން ބުނެލިއެވެ. “ހޫމް… ތިވާހަކަ ބާއްވާ އެހެން ނޫނަސް ތިހާ ދުވަސް ކޮއްފަ އަންނައިރު ޖެހޭނެ ރަނގަޅަށް ކައްކަން…” ޒާހިދާ ބުނެލިއެވެ. “ދެން މަންމާ ކާން ދާންވީނޫން ހާދަ ބަނޑުހައޭ!” ބަނޑުގައި އަތް ހާކަމުން އައިރާ ބުނެލިއެވެ. އައިރާ ހެދި ގޮތް ފެެނުމުން ޕަކަ ޕަކަ ލައިފަ އެންމެން ހޭންފެށިއެވެ. އެއްމެން ހޭތީ އައިރާ ވެސް ހޭން ފެށިއެވެ. ހެމުން ހެމުން އެއްމެން ގޮސް ވަނީ ކައި ބަޔަށެވެ. އޭރު މޭޒުމަތި ހީވަނީ ފުރަން ތައްޔާރުވެފަ އޮތް އޮޑިއެއް ހެންނެވެ. އެހާވެސް ސާމާނު ގިނައެވެ. އެއްމެން އިށީނދެ ހޭވައްޓާލައިފަ ފެށީ ކާންށެވެ. ނަމަވެސް ކެއުމުގެ ތަރޭގަ އެތަށް ވާހަކައެއް ވެސް ދެކުވެނުވެ. އޭގެ ތެރޭގަ ވަރަށް އަވަހަށް އައިރާގެ ކައިވެނި އޮތް ވާހަކަ ވެސް ދެކެވުނެވެ. ކައި ނިއްމާލާފަ އިރުކޮޅަކު މަޑު ކުރުމަށް ފަހު އަދި ވެސް އަންނާނެ ކަމައް ބުނެފަ އަލްޔާމެން އެގެއިން ނިކުތެވެ. އެޔަށް ފަހު މިސްރާބު ޖެހީ އަވަހަށް މަޖީދީ މަގަށް ނިކުމެ ބާޒާރު ކޮއްލެވޭތޯއެވެ.
“ހުވާ ތެދެއް ލޮޑު ވެއްޖެ!” ގެއަށް އައިސް ވަނދެވުމާއެކު ސޯފާ މައްޗައް ވެއްޓި ގަންނަމުން ލީޒާ ބުނެލިއެވެ. “ދޯ… މަވެސް ލޮޑު ވެއްޖެ!” އެހެން ކިޔާފަ އަލްޔާވެސް ޖެހިގެން ހުރި ސޯފަޔަށް ވެއްޓިގަތެވެ. އޭރު ޒިއާދާ ކޮޓަރިީގަ ހުރެފަ ނިކުންނަނީއެވެ. “ކޮބާ ކަމަނާ ޖޮބު އެބަ ހަމަޖެހޭތަ؟” ޒިއާދާ އައިސް އިށީނުމުން ލީޒާ އަހައިލިއެވެ. “ހޫމް ހަމަޖެހޭނެ މުސްކޮޅި ބޭބެ ގަނޑެއް އިންޓަވިއު ކުރީ ސެޓްވެފަ ހުރީ… އަނެއްކާ މަހާދަ ތިއިއެއް ވީމޭ ހައްހާ..!” ހިނި ގަނޑަކާއެކު ޒިއާދާ އޭނަ ދިޔަ އިންޓަވިއުގެ ވާހަކަ ކިޔާދިނެވެ. “ހައްހައް… ހުވާ ބޮޑު ކަމެއް މީއްޗަކު ހާދަ ލާނެތޭ! މަށަށް ޔަގީން އެބޭބެ ހޭހަދާލާނެ ކަން” ބަނޑަށް ހެމުން ލީޒާ ބުނެލިއެވެ. “އޭ… ތިއެއް ނޫނޭ މަ އަދި ހަނދާން ނެތުނީއޭ އެބައޮތޭ ޓޯލްކެއް ތިން މީހުން އެކަންޏެއް ނޫން މިތިބީ..؟!” މޫނު މައްޗަށް ސީރިއަސް ކަން ގެންނަމުން ލީޒާ ބުނެލިއެވެ. ލީޒާ އެހެން ބުނުމުނު އަލްޔާއާ ޒިއާދާޔާ ދެމީހުން ވެސް ސަމާސާ ގޮތް ގަނޑު ކަނޑުވާލާ ސީރިއަސް ވިއެވެ. “މަކިޔަން މިއުޅޭ އެއްޗަކުން ފަހަރެއްގަ އަލް ހިތްހަމަ ނުޖެހިދާނެ އެކަމަކު މިއީ މަގޭ ވަރަށް ބޮޑު އެދުމެއް އަދި ދޮންބެގެވެސް.. އުމްމީދު ކުރަން އަލް މިއެދުމަށް ފުރަގަސް ނުދޭނެކަން!” ލީޒާ އެދެމީހުންގެ މޫނަށް ބަލަމުން ބުނެލިއެވެ. އޭރު ލީޒާގެ މޫނު މަތިން އެކަމަށް އެދޭ ވަރު ދޭހަ ވެއެވެ. “ކިޔާބަލަ! ކީމަތާ އިނގޭނީވެސް ވާވަރު ކަމެއްތޯ ވެސް އިގޭނީ…” ތެޅި ތެޅި އޮތް ހިތަކާއެކު އަލްޔާ ބުނެލިއެވެ. އޭރު އަލްޔާގެ ހިތް ބުނަމުން ދިޔައީ އެ ދައްކަން އުޅެނީ ވިނާންގެ ވާހަކަކަމަށެވެ. “މާދަން ރެއަކީ ވިނާންގެ އުފަން ދުވަސް އެހެންވެ އަހަރުން މި ޕުލޭން ކުރަނީ އޭނަޔަށް ސަޕުރައިޒް ޕާރޓީއެއް ބާއްވަން” ލީޒާ ބުނެލިއެވެ. “ހޫމް… ދެން އަހަރުން ކިހިނެއް ހަަދަންވީ؟” އަލްޔާ އަހައިލިއެވެ. އޭރު ވެސް އޭނަގެ ހިތް ބަން ބަން ލައިފަ ތެޅެއެވެ. “ޕާދޓީ ބާއްވަން މިއުޅެނީ އެގޭގަ! އަލް ވެސް ޖެހޭނެ އެޕާރޓީގަ ބައިވެރިވާން..! މިއީ އަހަރެންގެ ވަރަށް ވަރަށް ބޮޑު އެދުމެއް އަދި އަހަރެން ވަރަށް އުފާ ވާނެ އެޕާރޓީގަ އަލް އަލުން ވިނާން އާ ގުޅެން މިއީ މިހިތުގެ އަޑިން އެދޭ އެދުމެއް..!” ދެރަވެލައިފަ ލީޒާ ބުނެލިއެވެ. “ތިކަމާ މިއަދު ވިނާންގެ ބައްޕަވެސް ގުޅި ބޭބެ ކައިރީގަ ވެސް ބުނިން ވިސްނާނަމޭ! އެކަމަކު އަހަރެން ލީޒާއަށްޓަކައި ތިއެދުނު ކަންތައް ކޮއްދޭނަން އެއީ އަހަރެން ވެސް ގަބޫލް ކުރަން ވިނާންގެ ކުށެއް ނެތްކަން އަނެއްކޮޅުން އަހަރެންނަށް މިހާ ދުވަހު އެހީވެދިން މީހަކީ ލީ..! ހަމަ ޔަގީނުން ވެސް އެއީ އަހަރެންގެ އެއްބަނޑު މީހަކު ވެސް ނުކޮއްދޭނެ ކަމެއްކަން އަހަރެންނަކަށް ނޭނގެ ލީއަށް ޝުކުރު އަދާ ކުރާނެ ގޮތެއްވެސް… ލީ އިތުބާރު ކުރޭ އަހަރެން ތިކަންތައް ކޮއްދޭނަން އަދި ވިނާންއާ ކައިވެނި ކުރަން ވެސް އެއްބަސް!” ދެލޮލު ފުރާ ކަރުނަ ބާލަމުން އަލްޔާ ބުނެލިއެވެ. އަލްޔާގެ ވާހަކަ އަޑު އިވި ޒިއާދާޔާ ލީޒާއާ ދެމީހުން އުފަލުން ރޮވުނެވެ. އަދި އަލްޔާއަށް ޝުކުރު އަދާ ކުރިއެވެ. ހަމަ އެވަގުތު މާކިންއަށް ގުޅާ ގެއަށް އައުމަށް ލީޒާ ބުނެލިއެވެ. އަދި ކުޑަ ގޮތަކަށް އަލްޔާ އެއްބަސް ވީކަމަށް ވެސް ބުނެލިއެވެ. އިސާހިތަކު ވިނާންއަށް ސިއްރުން ވަރުގަދަ ސަޕުރައިޒް ޕާރޓީއެއް ރާވައިލިއެވެ.
…..ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.



Hurihaa kudhinna kamu dhaane kamah ummeedhu kuran…Sorry for the shortness?…. Plx comment all!?
Hey mi dhww furatama vrah ufaavehje…
Yap shy shy thanks
Ooo…salhi
Thanks lam
Salhi
Thanks naani
V hadu bahuruwa… meechaku eykachaku nukiyaane… bodethi meehunah ihthiraam ves kuran neygeytha alya ah ma kiyaafa vaahaka dhahkan… story ge characters haada sakaraathey thikohly… kamaku nudheh basmoshuntherikameh…mihen bunaairah baeh meehun ais kaalaane…
Thanks bolheh ebeyfulhehge hiyaaleh ebeyfulhaku hihsaa kuran vaane
Ethaa thing 3anhen kudhin ehenveema em eehun get ves angamajaa onnaane ehfuraaehge anhen kuhin thank jehuneema egothhe ves talk kuraane firihen kudhinnahh ves
Thieh gabooleh nukuran… kurin nudhahkaa gothakah mihaaru ekudin vaahaka dhehken v ma varah boa hama nujehey
Hehe gaboal nukuriyas kuraane kameh nei vaguthaa haala
Thank badhal vedhaane ehcheh egothun evaguthakee emeehun majaa moodeh think vaguthehe ehenveema and bolheh ekani evaru get nuvey
Get nuwyky noon… liyuntherikamuge fenvaru neikan meegein egeny…dhn tibeyne kuh kurevunyma e balaigannan neygey meehun eyge therein ekaku thee… mihaathanah mivaahakaige huriha part eh ves kin… kyve yo hashi vikkathaaga huri iru eyna ehn vaahaka nudhehky… ethaa ulhey kudhin gaimu maa huthurukoh vaahaka dhahkaany… epart thakuga kyve ba nuliyuny ehn… ehm noonas liyuntherikamuge baivaru kuh eba huri…
Hehe kuhbass liyevifa hureeyaa heyo hithun gaboal kuran adhi ves kuraaran dhen eh irehga ves nubunnan meekee maa molhu liyun theri ekey abdhuves mi bunnee vaahaka miliyanee alashey dhas kuranee ey adhi maa molhu meeheh ves nooney dhen e hashi vihkaa thanuga ulhey iru thibee bodu biruveri kmehga ehenveema ves egothah tlk nukohfaane dhen thifeylhuyaa ah mihaaru egothah tlk kureema hadi bahkah viyas kuraane kmeh nei kinmme gothhe viyas alya a leeza ya ziyadha ya thin kidhin evaguthu moodu huri githun egothah talk kuree adhi fahun ves vahuthaa haalthah balaafa egothah tlk kohfaanne
Yes. Bahuruva ehaa eha eh noon. Aharenves mii anhen kujjeh. Mivaahakaige bahuruva ehaa kamaku nudhey
Thanks ish Adam akee ves had bahuruvain talk kuraa meeheh noon bt mi vaahaka dhaa gothun baeh seen thakuga ekahala bass Tha beynun kuranee
vvvvv nice
Thanks
vvvv reethi
Thanks shanhaa
Varah reethi mi baives. ☺
Thanks Addu manje
Ohh??masha allah stry v v awsome ?? whn nxt prt avaskolladhybala plx have a nice day ??❤?????
Hehe thanks khajja v avahah up kuraanan
“Bolhe” said is very true . Those girls seems very decent and well mannered girls specially Alya and leeza . So no reader would believe they will talk I’ll mannered language or low language kithamme majaa moodegga huttas.
As a new writer, instead of defending yourself you should have accepted what bolhe said and respect his view.
I felt odd when decent girls used that language.. may be it’s a norm for you I believe
Heyo visney ragalhu anhen kujjaku eyge bahakun vaahaka eh nudhahkaane… mu ves anhen kujjeh… kithamme maja kameh viyas nuhunaane emme hadi baheh ves beynun kohfa eh… wellmannered character eh portray kohfa adam bunany ae vaguthaa haalathun vaakamekey… ehnviya alya ge character a medu suwaalu ufedhey..islaahu kuran beynun nuwanya kuraane ithuru kameh nei… kuri erun libehny meehun ge vaahaka thakah ves adu ahaigen..
Yeah. And aslu ma kiyain bodethi meehunna vaahaka dhehkima ves hadi
Varah salhi mi part vx.. ? whn nxt part?? Waiting…
Niiiceee… waiting ?