ބިކަވި ހަޔާތް (2)
އެނދުގައި އޮށޯވެގެން އޮތް ނާޒިމާ ވިސްނަމުން ދިޔައީ އެންމެ ފަހުން އޭނާ މަސްސަރުކަންތައް ޖެހުނު ދުވަހާ ދޭތެރޭގައެވެ. މަސްސަރުކަންތައް ނުޖެހޭތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެކަން ހަނދާން ވުމުން ނާޒިމާގެ ހިތުގައި ބިރުވެރި ކަމުގެ ރާޅެއް ދުވެލިއެވެ. އަވަސް އަވަހަށް ތެދުވެ ފާޚަނާއަށް ވަދެ ކުޑަ ގޮތަކަށް ރީތި ވުމަށްފަހު ބޭސް ފިހާރަ އާއި ދިމާލަށް މިސްރާބު ޖަހާލިއެވެ. ބޭސް ފިހާރައަށް ވަދެ ޕްރެގްނެންސީ ޓެސްޓް ކިޓެއް ގަތުމަށް ފަހު ގެއާ ދިމާލަށް މިސްރާބު ޖެހީ ހިތް ނުތަނަވަސް ވެފައިވާ ހާލުގައެވެ. ހިތުގެ ކަނަކުން ސިގްނަލް ދެމުން ދިޔަ ކަމަކީ ތެދަކަށް ނުވުމަށް ދުޢާ ކުރާ ހާލުގައެވެ. ގެއަށް ދެވުމާއި އެކުކޮޓަރިއަށް ވަދެ ޓެސްޓް ހަދާލިއެވެ. ދެ ލޯ މަރާ ތަގުޅި ކޮއްލައިގެން ހުރުމަށް ފަހު ދެލޯ ހުޅުވާލީ ވަރަށް ލަސް ލަސްހުންނެވެ. އެވަގުތު އޭނާގެ ދުނިޔެ އެބުރުނު ހެން ހީވިއެވެ. ރަތް ކުލައި 02 ރޮގު ފެނިފައި ހެޔައްގޮތް ނުވީ ހަމަ ކިރިޔާ އެވެ. މުޅި މީހާ ދާހިއްލާ ފޯވެމުން ދިޔައެވެ. އަގަމަތީ އަތް އަޅައިގެން ރޮމުން ދިޔައީ ކުރެވުނު ކަންތަކާ ދޭތެރޭ ވިސް ނުމުންނެވެ. ހިތްވަރު ކޮއްލާފައި ނިކުމެ ފާއިޒަށް ގުޅާލިއެވެ. “އަހަރެން ބަޑު ބޮނޑު ފާއިޒް”ރޮއި ގަންނަމުން ނާޒިމާ ބުނެލިއެވެ. “ކީކޭ؟ ނުވާނެ އެހެނެއް..” ފާއިޒް ބުނެލީ ހައިރާން ކަމާ އެކުގައެވެ. “ތެދެކޭ މިބުނީ ފާއިޒް. ގަބޫލްކޮއްބަލަ. ކީއްވެ މަ ދޮގުހަދަންވީ؟” ނާޒިމާ އަށް ގިސްލެވެމުން ދިޔައެވެ. “މަ އެބަ ގުޅަން. އިހަށް ބާއްވަނީ” ފަރުވާ ކުޑަ ގޮތަކަށް ފާއިޒް އެހެން ބުނުމަށްފަހު ފޯނު ކަޑާލިއެވެ. ނާޒިމާ ދެތިން ފަހަރު ގުޅުމުންވެސް ފޯނަކަށް ޖަވާބެއް ނުދިނެވެ. ނާޒިމާ ހަތަރު އުދަރެސް ފެނުޖެހުނު ކަހަލަ އެވެ. ކުރިއަށް އޮތް ބަނަ ދުވަސް ތަކާއި ދޭތެރޭ ވިސްނާލުމުންވެސް ގައިން ހީބިހި ހަލުވާލިއެވެ. ލޯބިވާ މައިންބަފައިން ހިތައް އެރުމުން ދެރަވެ ދެ ލޯ ފުރިގެން އައީ ހޫނު ކަރުނުންނެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ނުހަނު ހަލުވި ކަމާ އެކުގައެވެ. ނާޒިމާ ގަވާއިދުން ސްކޫލަށް ދެއެވެ. ފާއިޒް އާއި ގުޅޭތޯ ކުރާ ހުރިހާ މަސައްކަތައް ދިޔައީ ބޭކާރުވަމުންނެވެ. ފަހު އިމްތިހާނު ފެށެން ކައިރިވަމުން ދިޔުމާއި އެކު ނާޒިމާ ހިތްވަރު ކުރަމުން ދިޔައީ ރަގަޅު ނަތީޖާއެއް ނެރެވޭތޯއެވެ. މާބަނޑު ވުމާއި ގުޅިގެން ނާޒިމާގެ ހަށިގަނޑަށް ބަދަލުތައް އަންނަމުން ދިޔައެވެ. އެކަންތައް ސިއްރުކުރުމަށްޓަކައި ލާ ހެނދުން އެކޮށް ބަދަލުކޮއްލިއެވެ. ގަޔަށް ބޮޑު ކަޅު ހެދުން ލާން ފެށިއެވެ. މައިންބަފައިންގެ ސުވާލު ކުރިމަތި ވުމުން ބުނަނީ ދީނަށް އުޅެން ބޭނުން ވާ ކަމުގައެވެ. ސްކޫލަށް ދާން ވުމުން ބަނޑު ނޭގޭނެހެން ފޮތިން ބަންނަޖެހެއެވެ. ހުރިހާ ބުރައެއް އެކަނި މާ އެކަނި އުފުލަމުން ދިޔައީ ދުނިޔޭގެ ލަދަށެވެ. އޯލެވެލް އިމްތިހާނު ނިމުނު އިރު ނާޒިމާގެ ބަޑަށް 04 މަސް ފުރިއްޖެއެވެ. ނަމަވެސް ނާޒިމާ ގެ ބަޑުން އެކަން އެގިދާނެތީވެ ، އޭނާ އުޅެމުން އައީ ގިނަ ވަގުތު ކޮޓަރީގައެވެ.
ބާރަށް މަރާ ލާފައިވާ ދެލޯ ނާޒިމާ ހުޅުވާލީ އޭނާގެ ހަޔާތައް އެޅުނު ވިލާ ގަނޑުގެ ހަދާން އާކުރަމުންނެވެ. ކޮޓަރި ތެރޭގައި ހުރި ރީތިވާ މޭޒް މަތީގައި ހުރި ލޯގަނޑުން އޭނާގެ ސޫރައަށް ނާޒިމާ ބަލާލިއެވެ. ހަށިގަނޑަށް މާ ބޮޑު ބަދަލެއް ނައި ކަމުގައި ވިޔަސް އުފުލިފައިވާ 05 މަހުގެ ބޮޑު ބަނޑެއް ހުއްޓެވެ. އަބަދު ހިތާމަ ކުރުމުގެ ސަބަބުން މިލާ މޯޅިވެފައިވާ އޭނާ ގެ މޫނުގެ ތާޒާކަން ވަނީ ގެއްލިފައެވެ. ނަމަވެސް ބޮލުގެ އިސްތަށިގަނޑު ކުރިއަށް ވުރެން ބޯވެ ދިގުވެ ރީތިވެފައިވާ ކަން އޭނާ ފާހަގަ ކުރިއެވެ. މަޑުމަޑުން ބޮޑުވެފައިވާ ބަނޑުގައި ފިރުމާލުމަށްފަހު ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައ އަތުގެ ނުފުށުން ފޮހެލިއެވެ. “ދަރިފުޅާ! ކާން އާދޭ.” ނާޒިމާގެ މަންމަ ފާތުމަ ގޮވާލި އަޑު އިވުނެވެ. “މިދަނީ މަންމާ!” ނަޒިމާ ބުނެލިއެވެ. ގަޔަށް ބޮޑު ހެދުމެއް ބޮލުން ވައްޓާލުމަށްފަހު ބޮޑު ބުރުގާއެއް ބޮލަށް މަހާލުމަށްފަހު ކުޑަ ގޮތަކަށް ރީތި ވެލިއެވެ.
“ދަރުފުޅު ކޮންއިރަކުތަ ގޭގަ އުޅޭ އިރުވެސް ބޮޑު ހެދުން ލާފަ ބުރުގާ އަޅަން ފެށީ؟ އެވެސް ތިހާ ބޮޑު.” ފަތުމާ ނަޒިމާ އަށް ބަލާލަމުން ބުނެލިއެވެ. ނަޒިމާގެ މޫނުން ދާހިއްލާފައިވީ ހާސް ވީ ވަރުންނެވެ. މަންމަ އަށް ދޭނެ ޖަވާބެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. ހާސްވެފައި ހުރެ ބުނެލީ ދީނަށް އުޅެންޏާ އުޅެން ވާނީ އެހެން ކަމަށެވެ. ފާތުމަ ވަށްކަޅިން ނާޒިމާ އަށް ބަލާލީ އޭނާ ގެ ދަރިފުޅަށް އަންނަ ބަދަލު ތަކާއި ދޭތެރޭ ވިސްނަމުންނެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާ ހާ އަވަހަށެވެ. ނާޒިމާ ގެ ބަނޑަށް 08 މަސް ފުރެން ކައިރިވެއްޖެއެވެ. މާ ބަނޑާއި އެކު އުދަގޫ ގޮތަކަށް ހިނގަމުން ގޮސް ނާޒިމާ ފާޚަނާ އަށް ވަނެވެ. ބަނޑުގައި ބާރަށް އައްސާފައިވާ ފޮތިތައް މަޑުމަޑުން ނައްޓަން ފެށިއެވެ. ކުޑަކޮށް އުނަގަނޑަށް ތަދުވާން ފެށުމުން އައްމަތި އަވަސް ކޮއްލައިގެން ގޮސް އެދުގައި އޮށޯތެވެ. އެވަގުތު ވައި ބާރުގެ ވާރޭގެ ހަމަލާ ދުނިޔެއަށް އަމާޒުވީ އެއްވެސް އިންޒާރަކާ ނުލައެވެ. ވިދާލާ ވިދުވަރުންވެސް ބިރުން ފިއްކަޑައިގެން ދާވަރުވެއެވެ. ޖަހާލާ ބާރު ގުގުރިން މިހާ ރޫރޫ އަޅައިގެން ދާހާވަރުވެއެވެ. ވައިގެ ބޫންއަޑުން މުޅި ފަޒާ ގުގުމާފައި ވީއިރު ނާމާން ކަން އިޙްސާސް ކުރެވޭނެއެވެ. ކޮޓަރީގެ ކުޑަ ދޮރު ނުލައްޕާ ހުރުމުން ނާޒިމާ އެނދުން ތެދުވީ ކުޑަ ދޮރުލައްޕާ ލުމަށެވެ. އެވަގުތު އުނަގަނޑަށާއި އެކޮށް ބަޑަށް ތޫނު ތަދެއް ވެރިވެގެން ދިޔައެވެ. ބޭ އިޙްތިޔާރުގައި ކުޑަ ހަޅޭކަކާއި އެކު ބަނޑުގައި ނާޒިމާ އަށް ހިފަހައްޓާލެވުނެވެ. ދެލޮލުން ކަރުނަ އޮހިގަތީ އެހީ އަކަށް އެދޭނެ މީހަކު ނެތްކަން ހިތައް އެރުމުންނެވެ.
ނެތް ހިއްވަރެއްކޮއް ތެދުވެ ގަނޑި ބަލާލިއެވެ. ގަނޑިން ރޭގަނޑު 10.30 ވީއެވެ. ނާޒިމާ ލޮލުން ކަރުނަ ހިކޭ ގޮތެއް ނުވެއެވެ. ގައިގައި އަޅާ ވޭން ބޮޑުކަމުން ކެއްކުރެވެނީއެއް ނޫނެވެ. ދުވަސް ނުފުރާ މީހުން ވިހާ ވާހަކައިގެ އަޑު އިވިފައި ހުރުވުން އޭނާ އަށް މި ވާން އުޅޭ ކަމެއް އެގޭ ކަހަލައެވެ. ތުންފަތުގައި ދަތް އަޅައި ބާރު ކޮއްލީ ތަނދަށް ކެއްކުރުމުގެ ގޮތުންނެވެ. މަޑުމަޑުން ތެދުވެ ބަނޑުގައި ފޮތި އޮޅަން ފެށިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.

V reethi ekan haadha kurey .V intresting koniraku next part up kuraani
alhe .. e fakyru
mi faaiz vx my dhn firihenekey vx nubunevey varu soreh huvaa
naazima mom mn ah preg kan ingihjjiya vaany kihineiyy bA? EHN PARENTS HN geyn nere laafa bunaany u
‘re not my daughter anymore ..ehn kanneynge
ekm eyrah eyna onnany vihaafa kanneynge
mimyhun ulhey gothun dhw ehn mivany
story ..vrh reethi
Vvv reethi.
vvv salhi.
Vara reethi plx next part
thank u readers 😀