Skip to content
އެސްފިޔަ

ސިއްރުން މިހިތާ ކުޅެނީހޭ (ދެވަނަބައި)

ލާރާ ދެއަތަށް ދެ އައިސްކްރީމް ލައިގެން އަވަހަށް ބެލީ ޔާނާ ކައިރިއަށްދެވޭތޯއެވެ. ނަމަވެސް އައި ނައިތަނެއް ނޭނގެ ކޮންމެވެސް މީހަކު ލާރާ ގައިގަ ޖެހުމުން އަތުގައި އޮތް އެއް އައިސްކްރީމް ވެއްޓުނީ ލާރާގެ މޭމައްޗަށެވެ.

“ވަޓް ދަ. ބަލައިގެންނެއް ތިމީހަކަށް ނުހިނގޭތަ؟” ލާރާ ކަޅިއަޅާލަމުން ބުނެލިއެވެ. “ޔޫ އަންހެނާ. ތި ގޮއްޔަކަށް ވެސް ބަލައިގެނެއް ނާދެވޭތަ؟” ޒުވާނާވެސް ރުޅިވެރިކަންމަތީ ބުނެލިއެވެ. “ޔޫ” ލާރާ މިހެން ކިޔާ އަތުގައި އޮތް އަނެއް އައިސްކްރީމް ޒުވާނާގެ މޫނުގައި އުގުޅާލިއެވެ.

ދުރުގައި ހުރި ޔާނާއަށް އެއްލި ކަޅިއަކުން ފެނުނީ ލާރާ މީހެއްގެ މޫނުގައި އައިސްކްރީމް އުގުޅާތަނެވެ. ޔާނާ ތެޅެމުން ފޮޅެމުން އައިސް ލާރާގެ އަތްދުރުކުރުވިއެވެ. “ކޮއްކޯ. ކިހިނެއް ތިއުޅެނީ؟” ޔާނާ ހިތްހަމަނުޖެހިފަ ހުރިރާގަށް ބުނެލިއެވެ. ނަމަވެސް ޒުވާނާ ހުރި ގޮތުން ޔާނާ ގާތަށްވެސް ހިނިއައެވެ. ނަމަވެސް ދެވަނަސިކުންތުގައި އަތުގައި އޮތް ދަބަހުން ޓިޝޫ އެއް ޒުވާނާއަށް ދިއްކޮށްލިއެވެ.

“ސޮރީ. އަހަރެންގެ ކޮއްކޮ ވަރަށް މޮޔަ” ޔާނާގެ ވާހަކަ ހުއްޓުނީ އެތަނަށް އައިސް ހުއްޓުނު މީހާ ފެނިފައެވެ. “ޒާއިން. ތިއޯ” ޒާއިން ގާތު މަޑުކޮށްލި މިކްޔަން މިހެން ބުނެ ހޭންފެއްޓިއެވެ. ޔާނާ އަށް އެސްފިޔަ ޖަހާލަންވެސް ނޭނގި މިކްޔަން އަށް ބަލަން ހުރެވުނީއެވެ. ހޭއިރު ވެސް ހީވަނީ ހަމަ ޕްރިންސެއް ވިއްޔާއެވެ. ކަނދުރާއާ ހަމައަށް ހުންނަ ފަންފަން އިސްތަށިކޮޅެކެވެ. ދޮން މޫނެކެވެ. ކަޅުކަން ގަދަ ލޮލެކެވެ. މީހަކު ފިދާނުވެ އަޅެ ހުންނާނެ ހެއްޔެވެ؟

ލާރާ ހުރީ އޭރުވެސް ޒާއިން އާ ދިމާލަށް ކަޅި އަޅާގެންނެވެ. ޔާނާ އެ އަތުގައި ހިފަހައްޓާފަ ހުރިކަމީ ޒާއިންގެ ނަސީބޭ ލާރާ ހީކުރިއެވެ.

“ބަލަން ހުންނާތި އަންހެނާ. އަދި މީގެ ބަދަލު ހިފާނަމޭ” ޒާއިން މިކްޔަން ގައިގަ ބޮނޑިއެއް އަޅާލުމަށްފަހު ޔާނާ އާ ދިމާލަށް އިނގިލިދިއްކޮށްލާފައި މިހެން ބުނެ އެތަނުން ދިޔައެވެ. ލާރާ މޫނަށްގޮތެއް ހަދާލީ ތިޔެއްބަލާނަމޭ ބުނާފަދަ ގޮތަކަށެވެ.

ޒާއިން ދިޔުމުން މިކްޔަން ޔާނާ އަށް ބަލާލިއެވެ. އޭރުވެސް ޔާނާ އަށް އެތާ ކަމެއްވާހެންވެސް ހީނުވެއެވެ. މިކްޔަން ފާޑަކަށް ތުންފިއްތާލިއެވެ. މީ ކޮންކަހަލަ މީހެއް ހެއްޔެވެ. ފެންނަކޮންމެ ތަނަކުން ބުދަކަށް ވެފަ އެބަހުރެއެވެ. އަނެއްދުވަހު ހޮސްޕިޓަލް ގައެވެ. މިއަދު މިތާއެވެ. މިކްޔަން ދެފަރާތަށް ބޯހޫރުވާލުމަށްފަހު އެތަނުންދިޔައެވެ.

އެއްފަހަރު މިކްޔަން އަށް އަދި އަނެއްފަހަރު ޔާނާ އަށް ބަލަން ހުރި ލާރާ މިކްޔަން ދިޔުމުން ޔާނާ ގައިގަ ވިކާގަތެވެ. “އައްދޯއި” ޔާނާ ހަމަބިމަށް އައިސް އަތުގައި ފިރުމަންފެށިއެވެ.

“ނުވިސްނާތި. ނުވިސްނާ……ތި” ލާރާ އަތް ދެކޮޅަށް ހަލުވަމުން ދަމާލާފަ ބުނެލިއެވެ. “ކޯއްޗެކޭ؟” ޔާނާ އަހާލިއެވެ. ” ދޮންތައަށް އެ ފަހުން އެދިޔަ މީހާ ކަމުގޮސްސިއޭނު. އަހަންނަށް އިގިއްޖޭ ދޮންތަ އެހެން ދުނިޔެއެއްގަ އުޅެލާފަ އައީމަ. އެހެންވެ އެކަމާ ނުވިސްނާ. އަހަރެން ސެޓް ކޮށްދޭނަން. ނުވިސްނާތި. ހަހަހަހަ” ލާރާ މިހެން ބުނުމުން ޔާނާ ލާރާ ގައިގަ ބޮނޑިއެއް އަޅާލިއެވެ.

“އެއްވެސް ކަމެއް ކުރާނެ ކަމެއް ނެތް ކޮއްކޮ އެއް.. އަޑު އިވިއްޖެ؟” ޔާނާ މިހެން ބުނުމުން ލާރާ ކަޅި އަޅައިގެން ހުރެ ނަމަވެސް އާއެކޭ ބުނެލިއެވެ. އެއީ ދުވަހަކުވެސް އޭނާގެ ދޮންތަގެ ބަހާ ދެކޮޅުނަހަދާތީއެވެ.

****

ރޭގަނޑުގެ ކެއުން ކުރިއަށްދިޔައިރު ލާރާ ގެ އަނގަ ހުއްޓާނުލައެވެ. އާޝިއާ އެތާ ނެތީމަ ކަމަށްވެސް ވެދާނެއެވެ. ލާރާ ހީހީފާ މިއަދު ކޮންމެވެސް ޒާއިން އެއްގެ ގައިގަ އައިސްކްރީމް އުނގުޅިވާހަކަ ކިޔާދިނެވެ.

“އަދި ބައްޕައަށް އިނގޭތަ. މިއަދު މި ދޮންތަ” ލާރާ މިހިސާބަށް ބުނެ ވައްކަޅިން ޔާނާ އަށް ބަލާލިއެވެ. ޔާނާ އަށް އެބުނަންއުޅޭ އެއްޗެއް އިނގުނުފަދައެވެ.

“މަޑުން އިނެ ކާންވީ. ހަމަ މާމަ ނެތީމަ އެބަ އަނގަ ތަޅައޭ. އަނގަ ގަދަ މިތުރު.” ޔާނާ ލާރާ ގައިގަ ބޮނޑިއެއް އަޅާލަމުން ބުނެލިއެވެ. ޒިޔާދު މިމަންޒަރު ބަލަން ހިނިތުންވެފައި ހުއްޓެވެ.

****

އާލިމާ ދިޔައީ މިކްޔަން ގެ ކޮޓަރިއަށެވެ. މިކްޔަން އިނީ ލެޕްޓޮޕް ހިފައިގެނެވެ. “މިކޫ. ކާން އާދޭ” އާލިމާ މިހެން ބުނުމުން މިކްޔަން ބަލާލާފައި ހިނިތުންވެފަ ނޫނެކޭ ބުނެލިއެވެ. “އެގޮތް ކަމަކު ނުދާނެ. ހިނގާ.” އާލިމާ މިކްޔަންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. މިކްޔަން އަށް އޭނާގެ މަންމަ އަތުގައި ހިފާލެވުނެވެ. “މަންމާ. ނަޝް އަށް އަދިވެސް އަވަހޯ ކައިވެނި ކުރަން. އަޅެ އަހަރެންވެސް ލައިފް އެއްބޭނުން ވާނޭނު” މިކްޔަން އަސަރާއެކީ ބުނެލިއެވެ.

“މަންމަ ގުޅާލާފަ ވާހަކަ ދައްކަންތަ؟” “ނޫން .. އޭރުން ހީވާނީ އަހަރެން ޝަކުވާ ކުރަނީ ކަމަށް. އަޅާނުލާ. ހިނގާ ކާން” މިކްޔަން މިހެން ބުނެ ތެދުވަން އުޅުނެވެ.

“ދޮންބެ އަކާހުރެ ގޮނޑީގަ އިށީއިނެފަވެސް އަންނަން މިޖެހުނީ. ބައްޕަ އެބައިން ލަސްވެފަ.” ޒާއިން ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. މިއަދު ހަވީރުންސުރެ ރުޅިމޫނު ހަދައިގެން ޒާއިން ކޮޓަރިން ވެސް ނުނިކުމެ ހުރެ އަދި އެނިކުތީއެވެ. މިކްޔަން އަށް ހަވީރު ޒާއިންގެ މޫނު ހުރިގޮތް ސިފަވުމުން ހޭންފެއްޓުނީ ވަރަށް ބާރަށެވެ. ހެމުންހެމުން އާލިމާ އަށް އައިސްކްރީމް ވާހަކަ ކިޔާދިނެވެ. ޒާއިން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ދިޔަގޮތަށް ގޮސް މިކްޔަންގެ ގައިމައްޗަށް ޖެހި ގަތެވެ. ދެން އިވެންފެށުނީ ދެމީހުންގެ ބާރު ހުނުމުގެ އަޑެވެ. އާލިމާއަށް ދެފަރާތަށް ބޯހޫރުވާލެވުނީ މިދެމީހުން ދުވަހަކު ބޮޑުނުވާނޭ ހިތަށްއެރުމުންނެވެ. “އަވަހަށް އާދޭ ކާން” އާލިމާ މިހެން ބުނެ ކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ.

*****

ކެބިންގެ ގޮނޑީގައި އިށީއިދެގެން އިން ޔާނާ އިނީ ފޫހިވެފައެވެ. ވާރޭ ވެހޭތީ ގަޑިއަށް ނާދެވޭނެޔޭ ހިތާ އަވަހަށް ނިކުތީއެވެ. ނަމަވެސް ގަޑިޖެހުމުގެ މާކުރިން އާދެވުނީއެވެ. ޔާނާ އަށް އަމިއްލަ ނަފްސަށް ކުދިކިޔުނީ ހޮސްޕިޓަލް އަށް އަވަހަށް އާދެވުމުންނެވެ. ވީފޫހިން ބޭރުފެންނަގޮތަށް ހަދާފައި ހުރި ކުޑަދޮރުތަށް ކައިރިއަށް ގޮސް ހުއްޓުނެެވެ. ފެނުނު މަންޒަރުން ބަލަހައްޓައިގެން ހުރެވުނީއެވެ.

މިކްޔަން ކާރު ޕާކުކޮށްލާފައި ނިކުތެވެ. ބޯކޮށް ނޫންނަމަވެސް ތުނިކޮށް ވާރޭ ވެހޭތީ އަތުގައި އޮތް ފައިލަކުން ބޯނިވާކޮށްލައިގެން ކުޑަކޮށް ދުވަމުން ހޮސްޕިޓަލް އަށް ވަންނަން ހިނގައިގަތެވެ. ނަމަވެސް ހުއްޓުން އެރީ މަތީގައި ބަލަން ހުރި ޔާނާ ފެނުނީމައެވެ. ދެވަނަ ސިކުންތުގައި ދެފަރާތަށް ބޯހޫރުވާލާފައި އެތެރެއަށް ވަދެގެން ދިޔައެވެ.

ޔާނާ އަށް އަމިއްލަ ބޮލުގައި ޖަހާލެވުނީ އަނެއްކާވެސް މިކްޔަން އަށް ބަލަން ހުރެވުނީމައެވެ. “އަހަންނަށް މިވަނީ ކިހިނެއް. ދުވަހަކުވެސް މިހެން ނުވެ. އަނެއްކާ ލޯބި” ޔާނާ ހިތަށް އެރި އެއްޗަކުން މޫނަށް ހިނިތުންވުމެއް ވެރިވިއެވެ.
“އެކަމް އަދި ނަމެއްވެސް ނޭނގޭ.. ލީޒާ. ޔެސް” ޔާނާ ވަގުތުން ލީޒާ އަށް ގުޅަން އުޅުނެވެ.

“މޭމް. މީހުންތައް އައިއްސި.. ވައްދަން ފަށަންވީތޯ؟” ރިޝެޕްޝަންގަ އިންނަ ކުއްޖަ މިހެން ބުނުމުން ޔާނާ ވަގުތުން ބޯޖަހާލިއެވެ. އެއަށްފަހު ލީޒާ އަށް މެސެޖެއް ކޮށްލީ ބްރޭކް ގަޑީގަ ދިމާވުމަށް ބުނެފައެވެ.

*****

ފިހާރަތެރެއެއްގައި ހުރި ލާރާ ދިޔައީ އޭނާއަށް ކަމުދާކަހަލަ ސެންޓު ފުޅިއެއް ފެނޭތޯއެވެ. ފިޔާތޮށިކުލައިގެ ފޮގް ސެންޓު ފުޅި ލާރާނެގީ އޭގެ ވަސްބަލާލުމަށްޓަކައެވެ. ނަމަވެސް އަތަށް ޖަހަންއުޅުމުގެ ތެރޭގައި ހެދުނު ނުހެދުނު ގޮތެއްނޭގި އެ ވެއްޓުނީ ބިންމައްޗަށެވެ.

“އަލިފާނޯތް” ފައިގަ އަތްއަޅައިގެން ހުރެ ފާޑަކަށް ފުންމަމުން ދިޔަ ޒާއިން އަށް ބުނެވުނެވެ. އެއަކީ ޒާއިން ކަން އިގުމުން ލާރާ އަށް ހިނިގަނޑެއް ޖަހާލެވުނެވެ.

“ނަސީބޭނު. ހަމަރަނގަޅު މީހެއްގެ ފަޔަށް މި ވައްޓާލެވުނީ” ލާރާ ސެންޓު ފުޅިތަކަށް ބަލަމުން ވާހަކަ ދައްކާލިއެވެ. މިއޮއްހާއިރު ފުންމަމުން ދިޔަ ޒާއިން ހުއްޓުނީ އެއަޑު އިވުނީމައެވެ. ޒާއިން ވެސް މިތަނަށް އައީ ސެންޓް ފުޅިއެއް ބަލާލުމަށެވެ.

“ޔޫ އަންހެނާ. މިތާވެސް. ކަންތަކާ ޖެހުނީއޭ މި. ފެންނަކޮންމެ ތާކުން ޖެއްސުމެއް ނުކޮށްލަ ނުހުރެވެނީއޭދޯ. ބަދަލު ހިފާނަމޭ އަދި” ޒާއިން ކިޔާގަތެވެ.

“ހެހެ.. އަނެއްދުވަހު ވެސް ތިހެން ބުނި.” ލާރާވެސް ދުލެއްނުކުރިއެވެ. ލާރާ މިހެން ބުނިތަނާ ޒާއިންގެ އަތުގައި އޮތް ފޮގް ސެންޓްފުޅި ލާރާގެ ފަޔަށް ވައްޓާލިއެވެ. “އައްދިއްޔޯއި” ލާރާއަަށް ރަނގަޅަށް މިހެން ނުބުނެވެނިސް ޒާއިންގެ މައްޗަށް ހިއްލާފަ ހުރި ފަން އިސްތަށިކޮޅުގައި ހިފައިގަތެވެ. މިކަމާ ނުވިސްނަ ހުރި ޒާއިން އަށް ވީތަދު ބުނެދޭންވެސް ނޭގުނެވެ. ލާރާގެ ކޮނޑުގައި ހިފައިގެން ދުރުކުރެވޭތޯ ޒާއިން ބެލިއެވެ.

“އޭ އަންހެނާ މޮޔަވީތަ. ދޫކުރަންވީ. ތަދުވެޔޭ އެބަ”
“ނުކުރާނަން އަހަންނަށްވެސް ދެންމެ ތަދުވި” ލާރާ މިހެން ކިޔާ އަދި ބޮޑަށް ޒާއިންގެ ބޮލަށް ދަމަންފެށިއެވެ. ޒާއިން އަށް ވީ ގޮތްވެސް ނޭނގުނެވެ. ހަޅޭލަވައިގަންފައި ލާރާގެ އިސްތަށިގަނޑަށް ވެސް ދަމަންފެށިއެވެ. އެމީހަކަށް ތަދުވާއިރަށް އަނެކާގެ ބޮލަށް ބާރުކޮށްލައެވެ.

“މޭމް މޭމް. ސަރ” ފިހާރައިގެ ހުރި ކޮންމެވެސް ބޮންދެއް އައިސް މިހެން ބުނުމުން ދެމީހުން ހަމަބިމަށް އައިސް ދެމީހުންގެ ބޮލުން ދޫކޮށްލިއެވެ. ލާރާ ވަރަށް ނޫންކަމަށް ހަދާފައި އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު އެއްމެ ފުރަތަމަ އަތުގައި ޖެހުނު ސެންޓްފުޅި ހިފައިގެން ކައުންޓަރު ކައިރިއަށް ދިޔައެވެ. ޒާއިން ވެސް ބޮލުގަ އަތްހާކަމުން ފިހާރައިން ނިކުމެގެން ދިޔައެވެ.

****

ހޮސްޕިޓަލް ކޭންޓީންގެ މޭޒެއްގަ އިށީއިނެގެން އިން ޔާނާ އިނީ ލީޒާގެ އިންތިޒާރުގައެވެ. އިރުކޮޅެއްނުވެ ލީޒާއައިސް އެތާ އިށީއިނެވެ. “ކިޔާބަލަ ކީކޭ؟” ލީޒާ އަހާލިއެވެ.

“ހަމަ ޖެހިބަލަ” ޔާނާ މިހެންކިޔާ ދެ ކޮފީއަކަށް އޯޑަރ ދިނެވެ. ކޮފީ ގެނެސްދިނުމުން ޔާނާ ވާހަކަފެށިއެވެ.

“މީ. ކޮންނަމެކޭ އެއްކަލަ މީހަކަށް ކިޔަނީ؟” ކޮފީ ބޮމުން ދިޔަ ލީޒާ ފުރަތަމަ ދެބުމަ ކައިރި ކޮށްލީ އެކިޔާއެއްޗެއް ނޭނގުނީމައެވެ. އެކަމް ދެވަނަ ސިކުންތުގައި ކާކުކަން އިނގުމުން ދެބުމަ ދުރުކޮށްލިއެވެ. “މަ އެއްކަލަ ދުވަހު ބުނީ އޭނަގެ ނަމޭ. ނުވިސްނޭތަ މޮޔަ ގަނޑާ. އެއްވެސް ކަމަކަށް ވިސްނާކަށް ނޭނގޭނެ.” ލީޒާ މިހެން ބުނުމުން ޔާނާ ވިސްނާލިއެވެ.

“މި މިކް” “މިކްޔަން” ލީޒާ ފުރިހަމަ ކޮށްލިއެވެ. “ކަމުދިޔައީ ދޯ. ހަހަހަ” ލީޒާ އިތުރު ކޮށްލިއެވެ. “އަސްލުވެސް ވަރަށް ހޮޓޭ. މިކްޔަން. ވާއު. އައި ލަވް ހިމް. އަހަންނަކަށް ނޭނގޭ މި ކުޑަދުވަސްކޮޅު ތެރޭގައި މި ވީ ގޮތް ބުނާކަށްވެސް. އައި ލަވް ހިމް” ޔާނާ ހެވިފައި ހުރެ ވާހަކަ ދައްކާލިއެވެ. “އެކަމް ހީވަނީ އޭނަ ޖީއެފް އެއް ހުންނަހެން” ލީޒާ ބުނެލިއެވެ. ޔާނާ އިރުކޮޅަކަށް ވިސްނަން އިނެވެ. އޭނާއަށް ކުރިން މިކަން ނުވިސްނުނީ ކީއްވެ ހެއްޔެވެ.

“ހަމަ ނުހުރެދާނޭނު” ޔާނާ އެއްމެ ފަހުން ބުނެލިއެވެ. “މަ އެހެން މިބުނީ ކުރިންރޭ ސައިކް ގަ ގާލް އެއް ގޮވައިގެން ދާތަން ފެނުނު. އެގޮޔަ އިނީ ތަތްވެފަ މިކްޔަން ގައިގަ” ލީޒާ އޭނާއަށް ހީވާގޮތް ބުނެލިއެވެ. “ސާބަސް. އެވެދާނެ އޭ ހަމަ ކޮއްކޮއަށް ކަމަށް ވެސް. ހާސްނުވޭ އޭނަ ޖީއެފް އެއް ހުންނަންޏާ މަ އޭނަ ފަހަތަކުން ނޫޅޭނަން ކިތަންމެ އުދަގޫވިޔަސް” ޔާނާ މިހެން ބުނުމުން ލީޒާ ހިނިތުންވެލިއެވެ. ކިތޭ ފޮނިކޮށް އުޅުނަސް ޔާނާ މީހަކަށް ދެރައެއް ނުދޭނަކަން ލީޒާއަށްވެސް އިނގެޔެވެ. “އެކަމް އަދި ޔަގީނެއް ނޫނޭނު. އެހެންވެ ލެޓް މީ ޓްރައި. ނަމްބަރ ހޯދަދީބަލަ” ޔާނާ ވާހަކަ ދެއްކީ ގޮނޑިން ތެދުވަމުންނެވެ. ލީޒާވެސް ތެދުވެ ޔާނާއާ އެއްވަރަށް ދާން ހިނގައިގަތެވެ.

“ހޫމް ތިކަން ވާނެ މިހާރުވެސް. އެކަމް ގާލް އެއް ތީ. އިސްވެ ތިކަން ކުރީމަ މީހުން މަލާލަތް ކުރާނެ” ލީޒާ ބުނެލިއެވެ. “އައި ޑޯންޓް ކެއާ. މަށަކަށް ނޭނގޭ އޭނަ ފެނުނީމަ ވާގޮތެއްވެސް. ހީވަނީ ހިތް އަނގައިން އައިސް ނުކުމެދާނެހެން. އެ ދެލޮލަށް ބަލަން ހުރެވިދާނެ ކިތޭ ގިނައި” ޔާނާ ވާހަކަ ފުރިހަމަ ނުވީ މީހެއްގެ ގައިގަ ޖެހި ވެއްޓެން ދިޔާމައެވެ.

ހުސެން އާ އެކީ ވަދެގެން އައި މިކްޔަންގެ ގައިގަ ޖެހިފަ ވެއްޓެންދިޔަ ޔާނާގެ އަތުގައި މިކްޔަން އަށް ނުހިފުނުނަމަ ޔާނާ ވެއްޓޭނެއެވެ.
ޔާނާ އަށް މިކްޔަންކަން އިނގުނީމަ މިކްޔަންގެ ދެލޮލުގެ ތެރެއަށް ޢަރަގުވެގެން ދިޔައެވެ.

“ޕިސް ޕިސް. އެއްކަލަ ޑޯލްދޯ މިއީ. ކަންތަކާޖެހުނީއޭމި. ދެންހުރެފާނެ ބަލަހައްޓައިގެން” މިކްޔަން އަށް މީ އެއްކަލަ އަންހެން ކުއްޖާކަން އިނގުމުން ހިތުން ކުދި ކިޔާލިއެވެ. މިކްޔަން ޔާނާ ތެދުކޮށްލާފައި ކޭންޓީންއަށް ވަދެގެން ދިޔައީ ވީ ފޫހިންނެވެ.

“ހޫން އިގިއްޖޭ އެލޮލަށް ބަަލަން ކިތޭގިނައިރުވެސް ހުރެވޭނެކަން.” ލީޒާ ދިމާކޮށްލިއެވެ. މިކްޔަން ދިޔަ ދިމާލަށް ބަލަން ހުރި ޔާނާ އަށް އަމިއްލަ ދުނިޔޭން ބޭރުވެވުނީ ލީޒާ މިހެން ބުނުމުންނެވެ. ލަދުގަންވަރުން އަމިއްލަ ނިއްކުރީގައި ޖަހާލެވުނެވެ. ދެންއެކަން ތަކުރާރު ނުކުރުމަށް އަޒުމް ކަނޑައަޅައިގެން ލީޒާ އާއެކީ ޔާނާ ނިކުމެގެން ދިޔައެވެ.

****

“ކާކުތަ އެއީ. ފެންނަ ކޮންމެ ތާކު ބަލަހައްޓައިގެން ހުނަންނީ.. ހީވަނީ ޖަވާހިރެއް ފެނިގެންހެން” މިކްޔަން ވާހަކަދެއްކީ ކުރިމަތީ ކޮފީ ބޯން އިން ހުސެން އާއެވެ. “ހެހެ. އާން ޖަވާހިރެކޭނުން ތި. ހަހަ. ޔާނާ އެއަކީ. ވަރަށް މުއްސަނދި މީހެއްގެ ދަރިއެކޭނު އެ. އިނގޭ މިކޫވެސް މުއްސަނދިކަން އެކަމް ވެސް އެމީހުނާ ބަލާފަ ތީ އެކައްޗެއްވެސް ނޫން. ހެހެ” ހުސެން ކިޔާދިނެވެ. “އެހެން. އަހަންނަށް ކޮންކަމެއް. މަ އެކަހަލަ ކުރު ހެދުންލާފަ ހުންނަ މީހުންދެކެ ހާދަހާއޭ ފޫހިވަނީ. ފޮނިވިޔަސް ބޮޑުވަރު. ނަޝް ނުލާނެ ކުރުހެދުމެއް” މިކްޔަން ފަހުރުވެރިވެލާފަ ބުނެލިއެވެ.

“އެކަމް އުޅޭގޮތް ތާހިރެއް ނޫން” ހުސެން ވަރަށް މަޑުން އޭނައަށް އެކަނި އިވޭވަރަށްބުނެލިއެވެ. “ކީކޭ” މިކްޔަން އަށް ހުސެން އެއްޗެކޭ ބުނިހެން ހީވެގެން އަހާލިއެވެ. ” މިކްޔަން އަށް އިނގޭތަ ނަޝްވާ ކުރާ ކަންތައް ހަތަރުދަމު” ހުސެން ފޫހިރާގަކަށް އަހާލިއެވެ. މިކްޔަން އަށް ދެބުމަ ކައިރި ކޮށްލެވުނެވެ.

“މިބުނީ ޖީއެފް ވީމަ އިނގެންޖެހޭނޭނު.. އެހެންވެ” ހުސެން މިހެން ބުނުމުން މިކްޔަން ހިނިތުންވެލިއެވެ. “އާން. އޭނަ އުޅޭނީ ހުޅުމާލޭގައި މާމާ މެން ގޭގައި މާމަ އަށް އެހީވާން އަބަދު. ހުކުރުދުވަހު އަންނާނީ މާލެ. އަހަންނާ ބައްދަލު ކޮށްލަން. ވަރަށް ރަނގަޅުވާނެ. ކޮންމެދުވަހަކު މެންދުރު ގުޅާނެ. ރޭނގަޑު މާމަ ކަންތަކާ ބިޒީވެގެން ނުގުޅޭނެ. މާމަ ދެކެ ވަރަށް ލޯބިވާނެ.” މިކްޔަން ހިނިތުންވެ ހުރެ ކިޔާދިނެވެ.

“ބަލަ ރޭނގަޑުތަ ތި މާމައެއްގެ ކަންތައް ކުރަންޖެހޭނީ” ހުސެން އަހާލީ އެއްބުމަ އަރުވާލާފައެވެ. ” މަށެއް ބޭނުމެއް ނޫން ޝައްކު ކުރާކަށް. އައި ޓްރަސްޓް ހާ. އޭނަ މަ ދެކެ ވަރަށް ލޯބިވެސް ވާނެ.” މިކްޔަން އިރުކޮޅަކަށް ހިމޭނުން ހުރެފަ ވާހަކަ ދެއްކިއެވެ. ހުސެން ދެފަރާތަށް ބޯހޫރުވާލީ މީނައަކަށް އެއްވެސް އެއްޗެއް ނުވިސްނޭނޭ ބުނާފަދައިންނެވެ.

*****

ޔާނާއަށް ގެއަށް އާދެވުނު އިރު ހުރީ ރޭގަނޑު 10 ޖަހާފައެވެ. މިހާރު އެއްމެން ހުންނާނީ ކައިފަކަން ޔާނާއަށް އިގެއެވެ. ޔާނާ ވެސް ބަނޑުހައި ނޫންވީމަ ކޮޓަރިއަށް ވަނެވެ. ޔާނާ ފެންވަރާލައިގެން އެނދުގައި އޮށޯއޮވެ ފޯން ނަގާ ކޮންޓެކްޓްގެ ބަޔަށް ވަދެލިއެވެ. އެއަށްފަހު “ޔަން” ޖަހާ ސޭވް ކޮށްފައި އިން ނަންބަރުގައި ޔާނާއަތުން ފިރުމާލިއެވެ. ފަނޑު ހިނިތުންވުމަކާއެކުއެވެ. އާއެކެވެ.. އޭނާއަށް މިކްޔަން ގެ ނަންބަރު ލިބުނީއެވެ. މިވެސް ލިބުނު ކާމިޔާބެއް ނޫންހެއްޔެވެ؟

ޔާނާ ސިއްސައިގެން ދިޔައީ ބާރަކަށް ދޮރުޖަހާފަ ވަން ލާރާ ފެނިފައެވެ. އަތުގައި އޭނާގެ ޕޫބެއާ އޮތެވެ. “ދޮންތާ. އަހަރެން މިރޭ ނިދާނީ މިތާ. ގުޑް ނައިޓް” ލާރާ މިހެން ކިޔާ ޔާނާ އޮތް ފަޅި ނޫން އަނެއް ފަޅީގައި އޮށޯއޮވެ ދެލޯ މަރާލިއެވެ.

“އަނހަ. ކިހިނެއްވީ؟ ތާކަށް ތަދުވަނީ؟ ބަނޑުގައި ރިއްސަނީ؟” ޔާނާއަށް ލާރާގެ ބަނޑުގައި އަތް ބާއްވާލަމުން އަހާލެވުނެވެ. ވާނީވެސް އެހެންތާއެވެ. ލާރާ އެގޮތަށް ޔާނާގެ ކޮޓަރިއަށް އަބަދުވެސް އަންނާނީ ތާކު ރިއްސާތީ ނުވަތަ ދެރަވެގެންވިއްޔާއެވެ.

“ބޮލުގަ” ލާރާ މަޑުމަޑުން ދެލޯ ހުޅުވާލާފަ ބުނެލިއެވެ. “ދައްކަ ބޯ މޮޑެދޭނަން” ޔާނަ މިހެން ބުނުމުން ލާރާ ތެދުވެ އެނދުމަތީ އިށީއިނދެލިއެވެ. ޔާނާ ހިނިތުންވެ ހުރެ ބޯމޮޑެދެން ފެށިއެވެ. “ކަމަކާ ވިސްނީތަ މާބޮޑަށް؟” ހަމަހިމޭން ވަގުތު ކޮޅަކަށް ފަހު ޔާނާ އަހާލިއެވެ.
**
“ވިސްނަނީހޭ. ރިއްސަނީ. އެއްކަލަ އަންހެނާ މިއަދު ފެނުނީ. އަހަރެންގެ ގަޔަށް ބޮލަށްވެސް އެރީއޭ. އަހަރެންގެ އިސްތަށިކޮޅު އުފުރާލަން އުޅުންހެން ހީވީ. ހައްގު ތެދެއް ވަރުގަދަ ބޮނޑިއެއް ބޯނެ އަދި އެ އަންހެނާ އަހަރެން އަތުން” އެނދުގަ ލައްގަނެގެން އިން ޒާއިން ވާހަކަ ދެއްކީ ގޮނޑީގައި އިށީނދެލައިގެން އިން މިކްޔަން އާއެވެ. އޭރު އާލިމާ ދިޔައީ އެނދުގައި އިނދެގެން ޒާއިންގެ ބޯ މޮޑެދެމުންނެވެ. އާލިމާ އިނީ ހިނިތުންވެފައެވެ.

“އަހަހަ.. ޒާއިން.. ތިކުއްޖައެއް ހާދަ ކޮލެޓީއޭ ދޯ. ދެން ޒާއިން ކީއްކުރީ؟” މިކްޔަން ހިނިގަނޑު ޖަހަމުން ވާހަކަދެއްކިއެވެ.
**
“ކީއްހޭ ކުރީ ދޮންތާ؟ އަހަރެންގެ އިސްތަށި ގަނޑަށް ދެމީ ވާގަޑެއްހެން. އަޅެ އަހަރެން މީ އަންހެން ކުއްޖެކޭ. އެވަރު ނުވިސްނޭނެ” ޔާނާ ލޯމަރައިގެން އިނދެ ވާހަކަ ދެއްކިއެވެ.
“އަހަހަ.. ސާބަސް ވަރެއްގެ ދެމީހުނޭނު މިދިމާވީ. ލޯބިވެވިދާނެ ތިހެން އުޅެނިކޮށް” ޔާނާ ހެމުން ބުނެލިއެވެ.
**
“ޗީ. އިޔޫ. އޭނަދެކެ ލޯބި. ނުވެވޭނެ ދުވަހަކުވެސް. ބައިދަވޭ އެއްކަލަދުވަހު އެ އަންހެނާ ކައިރި ހުރިއޭނުން ކުއްޖެއް އެކުއްޖަ ވަރަށް ރަނގަޅޭ. ސޮރީއޭވެސް ބުނި” މިކްޔަން އަށް އެދައްކަނީ ޔާނާގެ ވާހަކަ ކަން އިނގުމުން ފާޑަކަށް ހިނިގަނޑެއް ޖަހާލިއެވެ. “ޑޯލް” ހިނިގަނޑުގެ ތެރެއިން މިކްޔަން ބުނެލިއެވެ. ” ނިދާ ދެން ..މިކަންވެސް މިނިމުނީ” އާލިމާ މިހެން ބުނެ ނިކުމެގެން ދިޔައެވެ. ” އޯކޭ ދޮންބޭ. ގުޑް ނައިޓް” ޒާއިން މިހެން ބުނެ އެނދަށް އެރިއެވެ. މިކްޔަން ހިނިތުންވެލައިގެން ހުރެ ނިދުމަށްޓަކައި ކޮޓަރިއަށް ދިޔައެވެ.

**

ދެން ނިދާލާ. މާދެންނަށް އޯކޭވާނެ.” ލާރާ ބޭސް ކެއުމުން ޔާނާ ވެސް އޮށޯވެ ނިދަންއުޅުނެވެ. ނަމަވެސް މިކްޔަންގެ ހިޔާލުތަކުން ނިދޭވަރެއް ނުވިއެވެ. ކިތަންމެ ފަހަރަކު މެސެޖެއް ކޮށްލަން ހިތަށްއެރި ނަމަވެސް ލާރާ އޮތުމުން އެކަން މާދެންރެއަށް ފަސް ކޮށްލީއެވެ.

****

“ކީއްވެގެންތަ އަބަދު މަށަށް ބަލަނީ.” މިކްޔަން ސުވާލުކޮށްލީ ކުރިމަތީ ހުރި ޔާނާއަށެވެ. ” ރީތި ކަމުން. ލޯބިވެސް ވާތީ” ލަދުރަކި ހިނިތުންވުމަކާއެކީ ޔާނާ ބުނެލިއެވެ. “އަހަރެން ޖީ” “ޝޫޝް. އަހަރެން ދެރަވާވަރު އެއްޗެއް ނުބުނައްޗޭ ވަރަށް ލޯބިވޭ.” ޔާނާ މިކްޔަންގެ ތުންފަތުގައި އިނގިލި ޖައްސާލައިގެން ވާހަކަދެއްކިއެވެ.

މިކްޔަންއަށް ކުއްލިއަކަށް ލޯހުޅުވާލެވުނެވެ. “ވަޓް ވޯސް ދެޓް؟” މިކްޔަން ބޯކަހާލަމުން އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. ލޮލަށް އަވި އެޅުމުން ދުވާލު ވީކަން މިކްޔަން އަށް އިގުނެވެ. ވަގުތުން ފޯނު ބަލާލީ ގަޑިން ވީވަރު ބަލާލުމަށެވެ. 10 ވެސް ޖެހީއެވެ. ޑިއުޓީ ގަޑިވެސް ޖެހުނީއެވެ. އާރގް. މިކްޔަން ބޮލުގައި ހިފަހައްޓަލާފައި ފޯނުން ހުސެން އަށް ގުޅާ މިއަދު ހޮސްޕިޓަލް އަށް ނުދެވޭނެ ވާހަކަ ބުނެލިއެވެ.

ދެން މިކްޔަން އަށް އައި ހިޔާލުން ހިނުތުންވެވުނެވެ. ވަގުތުން ފެންވަރައިގެން އައިސް ތައްޔާރުވާން ފެށީ ހުޅުމާލެ އަށް ދިޔުމަށެވެ. ނަޝްވާ އަށް ސަޕްރައިޒް އެއް ދިނުމަށެވެ.

ސިޓިންގްރޫމްގައި އިން އާލިމާއަށް މިކްޔަން ނިކުންނަތަން ފެނުމުން ވާހަކަ ދައްކަންފެށިއެވެ. “މިކޫ އަށް ގޮވިން. އެކަމް މާ ވަރުގަދަ ނިންޖެއްގަ ކަންނޭނގެ އޮތީ. އާނ ހޫނ ލައްވަނީ.” “އާން މަންމާ. މިދަނީ ހުޅުމާލެއަށް ނަޝް ކައިރިއަށް. ހޮސްޕިޓަލް އަށް ނުދެވުނީމަ ދެން ހަމަ ގޮސްލަން” އާލިމާ ބޯޖަހާލިއެވެ.

ދޮރުން ނިކުންނަން ދިޔަ މިކްޔަން ލައިގަތީ ނާސިހް ގައިގައެވެ. “ބައްޕަ. މި. ޒާއިން އޮފީހުގަ ދޯ. މިއަދު ނުހޭލެވުނީމަ އަޅުގަނޑަކަށް ނުދެވުން ހޮސްޕިޓަލް އަކަށް. މިހާރު މިދަނީ ހުޅުމާލެ އަށް” މިކްޔަން އާދިމާލަށް ނާސިހް ބަލަން ހުރުމުން މިކްޔަން ފައްޗަކަށް އަމުނާލާފައި ބުނެލިއެވެ. އެއަށް ފަހު ނިކުމެގެން ދިޔައެވެ.

“އާލިމާ ބުނަން ވާހަކަ އެއް. އަހަންނަކަށް ކަމަކު ނުދޭ އެސޮރު އެއުޅޭ ގޮތެއް. ކައިވެނި ކުރާށޭ ބުނޭ. ކައިވެނި ކޮށްގެން އުޅޭގޮތަކަށް އުޅުނަސް މައްސަލައެއް ނެތް.” ނާސިހް މިހެން ބުނުމުން އާލިމާ ބޯޖަހާލިއެވެ.

****

ދޯނީގައި އިން މިކްޔަން އިނީ ހިނިތުންވެލައިގެންނެވެ. ކުއްލިއަކަށް މިކްޔަން ފެނުމުން ނަޝްވާ އުފާވާނެ ވަރު ހިތަށް އަރާފައެވެ. އޭނާގެ ސިކުނޑިގައި އަވަހަށް މިއަދު ނަޝްވާއާ އެކީ ކުރާނެ ކަންތައްތައް ނޯޓް ކޮށްލިއެވެ. އެކި ހިޔާލުގައި މިކްޔަން ހުއްޓާ ހުޅުމާލެއަށް ދެވުނެވެ. ވަގުތު ބޭކާރު ނުކޮށް މިކްޔަން ނަޝްވާ އުޅޭ އެޕާޓްމެންޓަށް ދިޔުމަށް ހިނގައިގަތެވެ.

****

ކާރުގައި އިން ލާރާ އިނީ ރުޅިއައިސްގެން ރަތް ވެފައެވެ. ރުޅިއަންނާނެތާއެވެ. އޭނާއަށް އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް މިއަދު ގޭން ނިކުމެވުނީ ގަޑިޖެހުނުފަހުންނެވެ. އަނެއްކޮޅުން ކާރު ކުރިމަތީ ސައިކަލުގައި އިން މީހާ އިނީ ފޯނުން މީހަކާ ވާހަކަ ދައްކާށެވެ. ކާރު ދުއްވާލެވޭނީ މިމީހާ ކުރިމަތިން ދިޔާމަ ނޫންހެއްޔެވެ. 5 މިނެޓް އެގޮތަށް ހުރުމުންވެސް އެމީހާ ގުޑާނުލިއެވެ. ލާރާ ގާތަށް އައިރުޅިން ކާރުގެ ލޯގަނޑު ތިރިކޮށްލުމަށްފަހު ބޯނެރެފަ ހަޅޭލަވައިގަތެވެ.
“އޭ މިސްޓަރ”

ސައިކަލު މަތީ އިން ޒާއިން އިނީ ނުލަފާ ގޮތަކަށް ހިނިތުންވެލާފައެވެ. ޒާއިން ސައިކަލުގައި އޮފީހަށް ދަނިކޮށް ކާރުގައި ލާރާ ދާތަން ފެނުމުން ބާރަކަށް ދުއްވާފަ އައިސް ކާރުގެ ކުރިމައްޗަށް އަރާ ފޯނުކަންފަތުގައި ޖައްސައިގެން ހުރީއެވެ. އެމަގަކީ އާމުކޮށް ދުއްވާތަކެތި ދުއްވާ މަގެއް ނޫންކަމުން އެހެން ދުއްވާއެއްޗެއްވެސް ނެތެވެ.

“ޔޫ ޒާއިން. މުޅި ދުވަސް ހަރާބުވީއޭ މި. އަހަރެން ގަޑިވެސް ޖެހިއްޖެއޭ.. ހަމަ މިހާރު ތަންދައްކާ” ޒާއިން ސިއްސައިގެން ދިޔައީ ލާރާ އޭނަ ކައިރި އަށް އައިސް ބޮނޑިއެއް އަޅާލަމުން އެއްޗެހިކިޔާގަތީމެވެ. “ނޫން. ގަޑި ޖެހިއްޖޭނު. ދެން ދާނެ ކަމެއް ނެތް. މަަށެއް މިތަނުން ހިރިވެސް ނުލާނަން.. ހިހި” ޒާއިން ހީގަންނަމުން ބުނެލިއެވެ. “އަހަރެން އަތުން ބޮނޑިއެއް ބޯން ތިއުޅެނީ.” ލާރާ މިހެން ބުނުމުންވެސް ޒާއިން ހުނުން ނުހުއްޓައެވެ. “ތަން ދައްކާށޭ” ލާރާ އަނެއްކާ ހަޅޭ ލަވާގަތެވެ. ޒާއިން އެވަރުން ވެސް ހުއްޓާނުލިއެވެ. “ފައިން” ލާރާ އަކުރުތަކަށް ދަމާލާފާ މިހެން ބުނެ ގޮސް ކާރަށް އެރިއެވެ.

ޒާއިން ހުނުން ހުއްޓާލީ ލާރާ ކާރަށް އެރުމުންނެވެ. އަނެއްކާ އެއުޅެނީ އަހަރެންގެ ގައިގަ ކާރުން ޖައްސަންބާއެވެ. ހިތަށް އެރިއެއްޗަކުން ޒާއިންއަށް ހިންދިރުވާލެވުނެވެ. ސައިކަލު ދުއްވާލަންވެސް ހަނދާންނެތި ޒާއިންއަށް ހުރެވުނީއެވެ. ޒާއިން އަށް ހިތްހަމަ ޖެހުމުގެ ނޭވާއެއްލެވުނީ ޒާއިން ހީކުރިގޮތާ ހިލާފަށް ލާރާ ކާރު ޕާކު ކޮށްލިތަން ފެނުމުންނެވެ.

ލާރާ ކާރުން ނިކުމެ ޒާއިން އާދިމާލަށް އަންނަން ފެށުމުން ޒާއިންގެ މޫނަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ލާރާ ޒާއިންގެ ކައިރިއަށް އައުމުން ޒާއިން ވާހަކަ ދައްކަން ފެށިއެވެ. ” ނޯ ނޯ ނޯ. އަހަރެން ކައިރި ލިފްޓަކަށް ނޭދޭތި. އަހަރެންގެ މިސައިކަލުގައި ތި އަންހެނާ އިނގިލި ކުރި ޖައްސާލަންވެސް މަށެއް ނޭދެން. އެހެންވެ މިއަށް އަރުވާނެ ކަމަށް ހިތަށް އެރުވުމަކީވެސް ބޭކާ… އަލިފާނޯތް” ޒާއިން އަށް ހަޅޭލަވާގަނެވުނީ ލާރާ ޒާއިންގެ ބޮލުގަދެއަތުން ހިފާ ލާރާ ހުރިދިމާލަށް ދަމާގަތުމުންނެވެ. ޒާއިން އަށް ވީތަދުން ސައިކަލުން ވެސް ފޭބެވުނީ ބޭއިހްތިޔާރުގައެވެ. ޒާއިން އަށް ވިސްނާނުލެވި އުޅެނިކޮށް ލާރާ ބިންމައްޗަށް ޒާއިން ހޫރާލުމަށްފަހު ޒާއިން ގެ ސައިކަލަށް އެރިއެވެ.

“އަހަރެން ޒާއިން ކަހަލަ މީހެއް ކައިރި ލިފްޓަކަށް އެދޭނެތަ. ހަހަ.. ދެން އޮވޭ ތިތާ.” ލާރާ މިހެން ކިޔާ ބާރަކަށް ސައިކަލު ދުއްވާލިއެވެ. “އަންހެނާ” ޒާއިންއަށް އައި ރުޅީގައި މިހެން ކިޔާ ހަޅޭލަވާގަނެވުނެވެ.

*****

ޔާނާ އިނީ ފޫހިވެގެން ހަލާކުވެފައެވެ. ހޮސްޕިޓަލް އަށް މިކްޔަން ވެސް އައީކީ ނޫންވިއްޔާއެވެ. ނަމަވެސް އޭނަ ބަލިމީހުން ބަލަމުން ދިޔައީ ފުރިހަމަ ހިނިތުންވުމަކާއެކުއެވެ.

****

މިކްޔަން ނަޝްވާ މެން އުޅޭ އެޕާޓްމެންޓަށް ގޮސް ދޮރުގައި ހިފާލިއެވެ. ދޮރު ހުޅުވާފައި ހުރުމުން ފަސޭހަކަމާއެކީ ދޮރު ހުޅުވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މިކްޔަންގެ ދެބުމަ ގޮށްޖެހިގެން ދިޔައީ ފެނުނު މަންޒަރަކުންނެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (53)

  1. reader

    Ey, reethi. Avahah up kohdhy. Thankolheh kury

    1. Ram
      reader

      Thankyou so much reader.. In sha allah v avahah up kohladheynan.. ?❤

  2. Suhaa

    Wow i love this … keep it up ram … nice story

    1. Ram
      Suhaa

      Thankyou suhaaa… ?❤

  3. SJK

    WOW. just love it. nxt part avahah up kohlahchey. waiting

    1. Ram
      SJK

      Thankyou SJK.. waiting igey story ah.. ??❤

    2. SJK
      SJK

      Hehe yeah??

  4. annoying reader

    varah reethi mi part ves, hee hee halaaku vejje mi laara and zaain ge part kiya 😀 waiting for the next part,and nash bust v dhw

    1. Ram
      annoying reader

      Thankx dear.. Dhn lets see dww.. ? hehe ?❤

  5. ???

    Vvvv rythi mibaiiiii?????

    1. Ram
      ???

      Thankyou ?❤

  6. ainal

    this story is awesome …laara and zaain vrh cute ulhey goiyy

    1. Ram
      ainal

      Yess dwww.. hehe.. thankyou dear ?❤

  7. Unknown

    Vaahaka v reethi..ekm v kuh gina…kulhudhuffushi kujjeh liyaa vaahaka ehtha mee…erashu ge vaahaka dhekkun hunna gothaa v ehgoiy..?

    1. Ram
      Unknown

      Ehentha.. hehe.. ragalhuvaane kamah balamaa ? and ram mee kulhudhuhfushi kuhjeh noon.. but ethanaa kairi rasheh ge kuhjeh.. hehe thankyou.. ?❤

  8. Kitty ❤️

    Wow varah reethi.. avahah up kohdheeba ❤️

    1. Ram
      Kitty ❤️

      Maadhen ebeh exam eh.. so i will try igeyy.. vee emme avahakah upkohdheynan.. thankx kitty ?❤

  9. Mal.

    Woww ram.. nice? waitin for the next part

    1. Ram
      Mal.

      Thankyou Mal ??❤

    2. Ram
      Mal.

      Hey guyxx here is second part.. kamudhaane kamah hykuran.. Next part vx in sha allah laheh nuve up kohdheynan.. and furathama bai interest nuvi kidhinnah vx mi part kamudhiya kamah ummeedhu kuran.. tc all and good nytss..??❤❤

  10. Adam

    Vvv salhi story keep it up ram dhemme comment kohlan vagutheh mivee

    1. Ram
      Adam

      Ehehe adam.. thankyou so much.. ?❤

  11. Rau

    Vaahaka v reethi. When next part. Ram, kihine think kohfa mi story ge ulhey kudhinna name dhinee.

    1. Ram
      Rau

      Thankyou.. vaki gothakah visnaafa eh noon… first hama story plan kohlaafa liyan vegen name thah hadhaaly ? Thankyou so much dear.. next part on friday noony mireyy…

  12. Merr

    Woww

    1. Ram
      Merr

      Thankyou.. ?❤

  13. khajja

    Wow masha allah v v rythi mi stry?? vv funny ? zaain aa jehifa thihury varugadha myheththaa dhw?? n baeh kudhi kudhi mistake ves ebahuri anehdhuvahige badhalu ga “iyya” noony “kurydhuvahu ” migothah dhw innaany dhen “ekkaladhuvahu e anhenkujjaa kairy huri ennu” miee rangalhu gothaky “maadhamaa ok vaane” “e lolah balan kithamme irakuves” miee rangalhu gothaky dhen faharakun rangalhukollachchey oral kon mi stry v v rythi v v majaa whn nxt prt avahah up kolla dhybala gud nyt ly????❤❤????????

    1. Ram
      khajja

      Thankyou so much mistakes thah faahaga kohlymy igeyy.. dhn ragalhu kohleveythw balaanan.. next part friday noony mireyy… ly too dear..dear thankyou ??❤

  14. Mal

    Mi story mi liyany Addu kujjehtha

    1. Ram
      Mal

      Nopp dear.. addu kuhjeh noon mee..? thanks ?❤

  15. Adha?

    This part was hilarious! ?Hee hee halaaku vejje.. ?varugadha dhemeehuney dw mi laaraa nd zaain akee.. majaa ulhey goiy… ram rashu bass tha use kohfa e hunnany.. varah majaa e bass thah kiyey iruves?
    Waitingss ❤❤❤❤

    1. Ram
      Adha?

      Hehe… yess ram ge rashu bas v ma dww e beynun kureveny ? keep waiting adha.. thankyou ??❤

  16. Naira

    Vaahaka v reethi…v kiyaa hiyvey mi story…liyuntherikan rangalhukohlan feney..bahuruva gengulhey gothun kiyan undhagoo gotheh hurey..heekuran rangalhu kohlaane kamah..good luck..waiting for the next part

    1. Ram
      Naira

      Thankyou naira ?❤

  17. SJK

    Ram.. thee kon atoll ehge kuhjeh?? 🙂

    1. Ram
      SJK

      H dh.. ekam male’ ga igey ulheny.. ?

  18. Jin

    Mi part v salhi.? Next part avahah genes dhehchey ram!

    1. Ram
      Jin

      Yeeeesssssss… hehe.. thankyou ?❤

  19. Anonymous

    Plx avahah up kobba vvvvv kihaahitun mi iny hee kuranyy mirey story up ? kuraane kamah salhi kamun inthixaaru kurevenyy mihaaru mi story ah vvv wait kurevey Mashaa Allah vvvv reethi ??????❤❤????? kudi mistake huryy bt ok den rangalhu vaane kamah unmeedu kuran

    1. Ram
      Anonymous

      Thankyou zeee.. ram up kuran huhta nidhunyy eyy.. maadhen v avahah up kohdheynan igeyy.. thankyou..

    2. Ram
      Anonymous

      Anonymous or xee*** hehe..

  20. Xee

    Plx avahah up kobba vvvvv kihaahitun mi iny hee kuranyy mirey story up ? kuraane kamah salhi kamun inthixaaru kurevenyy mihaaru mi story ah vvv wait kurevey Mashaa Allah vvvv reethi ??????❤❤????? kudi mistake huryy bt ok den rangalhu vaane kamah unmeedu kuran good luck ? ? waiting……

    1. Xee
      Xee

      Sorry duplicate koh comment fonuvunyy eiy ves xee fonuvaafa bt ohligen

    2. Ram
      Xee

      Hehe its okay dear ?❤

  21. ???

    Mi vaahaka geness dhenii konn dhuvass thakehga tha

    1. Ram
      ???

      Dhedhuhun ehdhuhu dear ❤❤❤

  22. it's ur fan??

    Eyy eyy eyy waau omg omg love??????? can’t wait..avahah up kohdhehchey pls..haadha majaley e zaain men ulhey going dhw..meehaku hee hee halaaku vaane emeehunnaa hedhi…dhn the Kon grade ehgge kujjeh tha mi vhk thi liyanee.. Alhugaa varah vhk kiyaa hy vey..grade seven ga ulhunas…alhugaa ves ehen ulhefa vhk eh liyelan..hha??..well when next part..avahah up kohdhehchey

    1. Ram
      it's ur fan??

      Thankyou.. ram mee 17 years ge kuhjeh.. mirey up kohladheynan.. ?❤

  23. V foohivey

    Thi kulhudhuffushi bahuruvain nuliyebala please..dhuniyegaves oiy enme foohi faadah vaahaka dhakkaameehun ee…hureemeynu, keymeynu, buneemeynu…dhen yuck…

    1. Ram
      V foohivey

      Ram mee kulhudhuffushi kuhjeh noon.. ebahuruva eh nuvx igeyy… and hurymeynu keymeynu ekahala ehchehi kiyaane emmen vx.. anyway thankyou.. ❤

    2. Ram
      V foohivey

      Hey guyxx.. sorry to say this.. mirey igey next part upkohdheveyny.. I have to go to hospital.. keep waiting all ?❤

  24. Kia

    Kobaa adhivex reygandu nuveytha..ram

    1. Ram
      Kia

      Alhey kia pending ga.. v avahah dhn up vaane.. thankyou ❤

Comments are closed.