Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެންލޯބި

ރޯޒްވެލް 02

layaal Level 310 Stories100 Comments
October 17, 2017 10 Mins Read
49 Comments

ސިއްސައިގެން ގޮސް ހޭލެވުނު އާހިލް އެނދުމަތީގައި އިށީނދެލި އިރު މައިނޭވާ ލެވެމުން ދިޔައެވެ. ނިއްކުރި މަތިން ދާތިކިތަށް ފާޅުވާން ހުއްޓެވެ. ބޮލުގައި މީހަކު ތަޅާހެން ހީވާކަހަލަ ރިހުމެއް އުފެދިފައިވީ އިރު ދެއަތުން ބޮލުގައި ހިފައްޓާލި ނަމަވެސް އެއަޑު ކެނޑޭ ގޮތެއްނުވިއެވެ. “އާހިލް.. އާހިލް ދަރިފުޅާ.” ދޮރުގައި ތަޅަމުން ދިޔަކަން އާހިލްއަށް ރޭކާލީ އިރުކޮޅެއް ފަހުންނެވެ. ބޮލުތެރޭ އިވެމުން އެދިޔައީ އެއަޑުކަން ޔަޤީން ވުމުން ގައިމަތީގައި އޮތް ކުއިލްޓު ނަގައި ހޫރާލަމުން ހިނގައިގަން ވަގުތު އަރި އަޅާ ނުލީ ކިރިޔާއެވެ.

ފަހުމީ ހުއްޓުމެއް ނެތި ދޮރުގައި ތަޅަމުން ދިޔައިރު އާހިލް ހުރީ ވާނުވާ ނޭނގި ނިދި ބަރުވެފައެވެ. ދޮރު ހުޅުވާލުމާއި އެކު ކުރިމަތީގައި ހުރި ފަހުމީގެ މޫނުމަތިން ހާސްކަމާއި ނުތަނަވަސްކަން ފާޅުވާން ހުއްޓެވެ. “ތިރީ ސްޓަޑީ ރޫމަށް ވަރަށް އަވަހަށް ދުރުވޭ” އޭނާގެ އަޑުގައި ތުރުތުރު އެޅުމެއް ހުރިއިރު އާހިލްގެ އަތުގައި ހިފައި ކުރިއަށް ހިނގައިގަތެވެ. ރަތްވެފަވީ ދެލޯ އުނގުޅަމުން ދިޔަ އާހިލް ހާފުރެމުން އަތް ފޮޅުވާލިއެވެ.

“ކިހިނެއް ވީތަ މިހައި ހެނދުނާ ފަހުމީބެ މާ ހާސްވެގެން ތި އުޅެނީ؟” ދެބަދޭތަރޭގައި ހުރެ އާހިލް ވާހަކަ ދެއްކިއެވެ. ފަރުދާތަށް ލައްޕާލެވިފައި ވުމުން ގޭތެރެއަށް ވަނީ ފަނޑު އަދިރިކަމެއް ވެރިވެފައެވެ. ގޭގެ ޑްރައިވަރަކަށް އުޅޭ ފަހުމީ ބުނަން ނުކެރިފައި ހުރެ ވެސް ވެގެން އުޅޭ ގޮތް ކުރުގޮތަކަށް އާހިލްއަށް އެންގިއެވެ. “މިއުޅޭނީ އައިލީން.. އައިލީން ކޮއްކޮ މަރުވެގެން. ސްޓްޑީ ރޫމް ތެރޭގައި..” ފަހުމީގެ ވާހަކަ ފުރިހަމަ ނުވަނީސް އާހިލްގެ ނިދި ވަގުތުން ފިލައިގެން ދިޔައެވެ. އެބުނި އެއްޗެއް ރޭކާ ލުމާއި އެކު އޭނާ ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ސިޑި ބަރިއާއި ދިމާއަށް ދުއްވައިގަތެވެ.

ހަރުފަތްތަށް ގިރާ ކުރަމުން ތިރިއަށް ފޭބިއިރު އަނެއް ފަރާތު ސިޑިބަރީގެ އެންމެ ފަހު ހަރުފަތުގައި ޝާން ގަބުވެފައި އިން ފާޑަކަށް އިނެވެ. އޭނާ އެކަމަށް އެއްވެސް ސަމާލު ކަމެއް ނުދީ ލައިގެން ހުރި ކުރު ބޮކްސާ ކޮޅާއި އެކީ އާހިލް ސްޓަޑީ ރޫމް ހުރި ކޮރިޑޯއާއި ދިމާއަށް ދުވެފައި ދިޔައެވެ. އޭރު އެތާ ކައިރީގައި ހަމީދާ ހުއްޓުމެއް ނެތި ރޮމުން ދިޔައިރު އޭނާ ކައިރީގައި އިތުރު ނޯކަރެއް ހުއްޓެވެ.

ސްޓަޑީ ރޫމް ބޭރުގައި އެތެރެއަށް ބޯދިއްކޮށްގެން އެއް ނޯކަރު ހުރި އިރު އަނެކަކު ފޯނެއްގައި ހުރެ ވާހަކަ ދައްކަމުން އާހިލް ކައިރިން ހުރަސް ކޮށްފައި ދިޔައެވެ. “ހަލޯ.. ޕޮލިސް ދެއްތޯ. މިއުޅެނީ މިގޭ ކުއްޖަކު އަމިއްލައަށް މަރުވެގެން.. ރޯޒްވެލް. މީގެ ކުޑަ އިރުކޮޅެއް ކުރިން ފެނުނީ.. ލައްބަ” އެ ނޯކަރު ވާހަކަ ދައްކަމުން ދިޔަ އަޑު އިވިފައި އާހިލްގެ ފިޔަވަޅުތައް ހުއްޓުނެވެ.

އަމިއްލައަށް މަރުވިއްޔޭ؟ އާހިލްގެ ހިތް ނެގިނެގިފައ ޖެހެމުން ދިޔައެވެ. އޭނާ ދުވެފައި އެދިޔަގޮތަށް ގޮސް ސްޓަޑީ ރޫމް ދޮރު މައްޗަށް އެރި ތަނާ ފެނުނު މަންޒަރުން ކަކުލު ހުޅުން ވާގި ގޮސް ބިއްމައްޗަށް ތިރިވިއެވެ. އައިލީންގެ ފުރާނެ ނެތް މަސްގަނޑު ލެއިން ފޯވެފައި ވިއެވެ. އެލޮލުގައި އެއްވެސް ދިރުމެއް ނެތެވެ. ހުދު ކާޕެޓު ރަތް ކުލައިން ފޭދިފައި ވީތަން ފެނި ގައިން ހީބިހި ނަގުވާލިއެވެ. އެއަތު ތެރޭގައި އޮތް ތޫނު ވަޅި ފެނި އާހިލްގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.

“އައި.. އައިލީން!” އާހިލް ގޮސް އައިލީން ކައިރިއަށް ތިރިވާން އުޅުމުން ފަހަތުގައި ހުރި ނޯކަރު އޭނާ ހުއްޓުވިއެވެ. “ނޫން އާހިލް ސަރ. މިއީ ކްރައިމް ސީންއެއް.. ކައިރި ނުވޭ..” އެ ނޯކަރު އަންހެން ކުއްޖާގެ އަތް ފޮޅުވާލަމުން އާހިލް އޭނާއަށް ލޯ އަޅާލިއެވެ. “ޝަޓް އަޕް” އާހިލް މިހެން ބުނެފައި އައިލީންއާއި ކައިރިވެ ގުދުވެލައި އެމޫނުގައި އަތްލިއިރު ހަންގަނޑު ގަނޑުފެން ކޮޅެއްހައި ފިންޏެވެ. އާހިލްއަށް ހުރެވުނުތަން ވެސް ނޭނގުނެވެ. މިވީ ކިހިނެތް ހެއްޔެވެ؟ އޭނާގެ ލޮލަށް ކަރުނައިގެ އެއްވެސް އަސަރެއް ނުކުރިއިރު އަދިވެސް ފެންނަ މަންޒަރު ޤަބޫލު ކުރަން ދަތިވިއެވެ.

އެވަގުތު ދުރުގައި ހުރި ގޮނޑިއެއްގައި ވެއްޓިފައި ކަހަލަ ގޮތަކަށް އިން ޖަލީލް އެ ލޮލުގައި އަޅައިގަތީ އަދި ކިރިޔާއެވެ. އާހިލް ހިތްވަރުކޮށްފައި ތެދުވެގެން ގޮސް ބައްޕަ ކައިރިއަށް ދެކަކޫމައްޗަށް ތިރިވިއެވެ. ޖަލީލްގެ ލޮލުން އޮހުރެމުން ދިޔަ ކަރުނައަށް ހުއްޓުމެއް ނާދެއެވެ. ބަސްމަދުވެފައި އިންއިރު އެނަޒަރު ވަނީ ދުރުގައި އޮތް ފުރާނައެއް ނެތް އައިލީންއަށް ހުއްޓިފައެވެ. “ބައްޕާ..” ހިންދިރުވާލަމުން އާހިލް ގޮވާލުމާއި އެކު ޖަލީލްގެ ކަޅި އޭނައާއި ހަމަވިއެވެ.

“ދަރިފުޅާ.. އައިލީން. ބައްޕަގެ އައިލީން.. ކިހިނެއް އެހެދީ؟” ޖަލީލްގެ އަޑު ކުރެހި އޭނާ ކާޕެޓުގައި އޮތް އައިލީންއަށް އިޝާރާތް ކޮށްލިއެވެ. “އާހިލް ސަރ..” ކައިރިން އިވުނު އަޑަށް އާހިލް އިސްއުފުލާ ބަލާލިއިރު ރޯބެއް ހިފައިގެން އައިސް ހުރީ ކުރިން އޭނާ ހުއްޓުވި އަންހެން ކުއްޖާއެވެ. ނަދާއެވެ.

އެވަގުތު އާހިލްއަށް އޭނާ ހާލަތު ރޭކާ ލުމުން އަވަސް އަވަހަށް ނަދާގެ އަތުން ރޯބު ދަމައިގަނެ ގަޔަށް މަހާލަމުން ގޮށް ޖަހާލިއެވެ. “ފުލުހުން އިރުކޮޅެއް ތެރޭ އެބަ ދުރުވޭ..” ނަދާ ވާހަކަދެއްކި ނަމަވެސް އާހިލްއާއި ހަތަރު ކަޅި ހަމަ ކުރަން ޖެހިލުން ވިއެވެ. އާހިލް އޭނާގެ ބައްޕަގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. “ހިނގާ މިތަނުން ބޭރަށް..” އާހިލް މިހެން ބުނުމުން ޖަލީލް އޭނައާއި އެކު ބޭރަށް ނިކުންނަށް ހިނގައިގަތެވެ. “ހޫމް. ފުލުހުން އަންނަން އެއުޅެނީ.. ކޮބާ ޖަޒްލީން؟ އޭނަ ހޭލާނެ ކަންނޭގެ އިރުކޮޅަކުން.. އާހިލް. ކޮންމެސް ކޮންމެސް އޭނަ މިތަނަށް ނުގެންނާތި. އަދި ވީގޮތް ވެސް ބުނާނެ ކަމެއް ނެތް.” ލޮލުގައިވީ ކަރުނަތަށް ފޮހެލަމުން ޖަލީލް ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ.

“ލައްބަ..” އާހިލް މިހެން ބުނެ އެތަނުން ނިކުންނަމުން ފަސް އެނބުރި އައިލީންއަށް ނަޒަރު ހުއްޓާލިއެވެ. ހަމަ މަރުވީ ހެއްޔެވެ؟ ޖަލީލް ބޭރު ފާރުގައި ލެނގިލިއެވެ. އޭރު ރޮމުން ދިޔަ ހަމީދާ އަދިވެސް ހަމައަކަށް ނޭޅެއެވެ. އާހިލް ފަސް އެނބުރި ނަދާއަށް ކައިރިއަށް އައުމަށް އިޝާރާތް ކުރުމުން އަދަބުވެރި ކަމާއި އެކު އޭނާ އައިސް އާހިލް ކައިރީގައި ހުއްޓެލިއެވެ. “ދޭ ޖަޒްލީން ކައިރިއަށް.. އޭނަ ބޭރަށް ނުނެއްލާތި.. އަންޑަސްޓޭންޑް” އާހިލް ތަންކޮޅެއް ހަރުކަށި ކަމާއިއެކު މިހެން ބުނުމުން ނަދާ އަވަސް އަވަހަށް ބޯ ޖަހާލުމަށްފަހު ހިނގައިގެން ވަގުތު ކުރިމަތިން އައި ޒޫނާގެ ގައިގައި ޖެހި ނުވެއްޓުނީ ކިރިޔާއެވެ.

“ބަލައިގެން އުޅެބަލަ..” ޒޫނާ މޫނު ކުނިކޮށްލަމުން އައިސް ޖަލީލްއާއި އަރައި ހަމަވެ ވަށައިގެން ނަޒަރު ހިންގާލިއެވެ. އޭނާ ހުރީ ބޫޓަކާއި ދުވަންދާއިރު ލާ ޓީޝާޓަކާއި ޓައިޓެއް ލައިގެންނެވެ. އަޅައިގެން ހުރި ބުރުގާގައި ތެތްކަމުގެ ނިޝާން ހުރުމުން އޭނާ އެއައީ އާދައިގެ މަތިން ފަތިހު ދުވަން ގޮސްފައިކަން އިނގެއެވެ. އުމުރުން ސާޅިސް ފަސް އަހަރު ވީކަމު މާ މުސްކުޅި ކަމަކަށް ނުދައްކައެވެ.

“ކިހިނެތް ވެގެންތަ ތިއުޅެނީ އެންމެން މިހައި ހެނދުނާ.. އެ ހަމީދާ ކޮންކަމަކާ އެރޮނީ؟ ޖަލީލް..” ޒޫނާގެ ވާހަކަތަކަށް ޖަލީލް ޖަވާބެއް ނުލިބުމުން އޭނާ އާހިލްއާއި ކުރިމަތިލިއެވެ. “ބައްޕައަށް ކިހިނެތް ވެފައިތަ އެހުރީ؟ ސިޑި މަތީގައި ޝާން ވެސް ފާޑަކަށް އެބައިން..” ޒޫނާ ވާހަކަ ދެއްކި ކަމަކު އާހިލްގެ ނަޒަރު ވަނީ ސްޓަޑީ ރޫމް ތެރެއަށް ހުއްޓިފައެވެ. “އާހިލް.. ސާބަސް މިގޭ ފިރިހެނުންނަށް..” އާހިލް ވެސް އަނގައިން ބުނާނެ ހިތްވަރެއް ނެތި ގަބު ވެފައި ހުރެވުނީއެވެ. “ކޯޗެއް އެތާ އޮވެގެންތަ ތިބަލަނީ..” ޒޫނާ ވާހަކަ ދައްކަމުން ހިނގާފައި ގޮސް ކޮޓަރި ކުރިމައްޗަށް ހުއްޓުނު ވަގުތު އެއަޑު މެދުކެނޑުނެވެ.

“ސުބްހާނަﷲ.. އައިލީން..” ޒޫނާ ގައިން ވަރުދޫވެގެން ދިޔަ ވަގުތު ދޮރު ކަނީގައި ހިފައްޓާލެވުނުކަން ނަސީބެކެވެ. އެހައި ބައިވަރު ލޭފެނި ހެޔަށްގޮތްވެ އަރިއަޅާލި ވަގުތު ކައިރީގައި ހުރި އާހިލްއަށް ހިފައްޓާލެވުނީ ކިރިޔާއެވެ.

****

‘ރޯޒްވެލް’ ބޭރުގައި ފުލުހުންގެ ކާރުތަކާއި އެމްބިއުލެންސް އޮތްއިރު ގޭތެރޭގައި އެކި ޔުނީފޯމް ތަކުގައި ތިބި މީހުން ހަރަކާތްތެރި ވަމުން ދިޔައެވެ. އައިލީންގެ ފިނިވެފައި އޮތް ހަށިގަނޑު ބޮޑީ ބޭގަކަށް ލުމަށްފަހު އެތަނުން ނެރެވުނު އިރު ސިޑި ބަރި މަތީގައި އިން ޝާން ކޮޅަށް ތެދުވިއެވެ. އޭރު ސިޓިން ރޫމަށް ނިކުތް އާހިލް ފުލުސް އޮފިސަރަކާއި ވާހަކަ ދައްކަމުން ދިޔައިރު ޖަލީލް ކާގެ މޭޒު ކައިރީގައި އިން ސްޓޫލެއް މަތީގައި އިނެވެ. ކައިރީގައި ހުރި ޒޫނާ މަޑުމަޑުން ޖަލީލްގެ އަތުގައި ފިރުމަމުން ދިޔަ އެވެ. އެވަގުތު އޭނާގެ ނަޒަރު ޝާންއަށް ހުއްޓުނެވެ. އެދެމެދުގައި އިޝާރާތެއް ބަދަލުވެގެން ދިޔަ ހިނދު ޝާން އަވަސް ފިޔަވަޅު ތަކެއްގައި ސިޑިން މައްޗަށް އަރަން ފެށިއެވެ.

ތިރީގައި ހުރި އާހިލްއަށް ޝާންގެ އަމަލުތަށް ހުރިގޮތް ފެނި ދެބުމަ ގޮށްޖެހުނެވެ. “ޝާން!” އާހިލްގެ އަޑަށް މައްޗަށް އަރަމުން ދިޔަ ޝާންގެ ފިޔަވަޅުތައް ހުއްޓުނެވެ. “ކޮންތާކަށް ތި ފިލަން ދަނީ؟” އާހިލް ހަރުކަށި ކަމާއިއެކު ވާހަކަ ދެއްކުމުން އޭނާ ކައިރީގައި ހުރި ފުލުސް އޮފިސަރު އާހިލް ކުރިމައްޗަށް އަރައި ހަމަޖެހުމަށް އެންގިއެވެ.

“ޝާން ދެއްތޯ؟ އައިލީންގެ ފިރިމީހާ؟” އޮފިސާރ މިލާން ކުރިއަށް ޖެހިލަމުން އަހާލިއެވެ. ޝާން ބޯޖަހާލުމުން އޮފިސަރ އޭނަ ގާތު ތިރިއަށް އައުމަށް އެދުނެވެ. “އަޅުގަނޑު މިއީ އޮފިސަރ މިލާން. މި މައްސަލަ ތަހުޤީޤު ކުރުމުގައި އިސްކޮން އުޅޭނީ އަޅުގަނޑު.. އައިލީންގެ މަރާއި ގުޅޭގޮތުން މިވަގުތު ދެތިން ސުވާލު ކޮށްލަން ބޭނުން. އަދި ވަކިވަކިން ކޮންމެ ފަރާތެއް އިންވެސްޓިގޭޓް ކުރެވޭނީ ފަހުން.” މިލާން އޮޅުން ފިލުވާދެމުން ދިޔައިރު ޝާންގެ ނިއްކުރިން ދާތިކިތަށް ފާޅުވާން ހުއްޓެވެ. އަންހެން އޮފިސަރެއް ކަމަކު މިލާންގެ އަޑުގައި ހަރުކަށިކަމެއް ވިއެވެ.

“އިންވެސްޓިގޭޓް ކުރަނީ ކީއްކުރަން ތޯ؟ އައިލީން.. މައި ވައިފް. ޝީ ކޮމިޓެޑް ސުއިސައިޑް..” ޝާން ވާހަކަ ދެއްކިއިރު އެއަޑުގައި ހިތާމަ އެކުލެވިގެން ވިއެވެ. “ޔެސް.. ބަލާބެލުމަށް ހީވަނީ އެހެން. ނަމަވެސް ކޮންމެ މަރެއް ވެސް ތަހުޤީޤް ކުރުމަށްފަހު ވަކި ގޮތެއް ނިންމޭނީ.” މިލާންގެ ވާހަކަ ނުނިމެނީސް އާހިލް އެދެމެދަށް ވަނެވެ.

“އިޓްސް ނޮޓް އަ ސުއިސައިޑް.. އައިލީން ނުކުރާނެ އެވަރުގެ ބޮޑުކަމެއް.. މި ހުރިހާ ކަމެއް ވެސް ކުރީ ކަލޭ!” ޝާންއާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން އާހިލް ބުންޏެވެ. އާހިލްގެ ބަސްތަށް އިވި ޝާންގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ. އޭނާ އާހިލް ކައިރިއަށް ކުރިއަށް ޖެހިލިއެވެ. ދެމީހުންގެ އިސްކޮޅު އެއްވަރު ކަމުން އެކަކު އަނެކެއްގެ މޫނުވަނީ ޖެހޭ ނުޖެހޭހައި ކައިރީގައެވެ.

“ހައު ޑެއާ ޔޫ! ކީކޭ ކިޔާނަމޭ ހިތާ ތިއުޅެނީ؟” ޝާން ހަރުކަށި ކަމާއިއެކު ވާހަކަ ދެއްކިއިރު އެތަނުގައި ހަރަކާތްތެރި ވަމުން ދިޔަ މީހުންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. “މާ ނޭނގޭ ކަމަށް ހެދިގެން އުޅޭނެ ކަމެއް ނެތް! އައިލީންއަށް ކުރެވުނު އަނިޔާ ކުޑަވެގެން ދޯ އެންމެ ފަހުން އޭނަ މަރާލީ..” އާހިލްގެ ވާހަކަ ފުރިހަމަ ނުވަނީސް ޝާން އޭނާ ލައިގެން ހުރި ޓީޝާޓުގެ ކަރުވަޅުގައި ހިފައި ދަމައިގަތެވެ.

“އޭތް!!” ޝާން ހަޅޭ ލަވައިގަތުމުން އާހިލް ވެސް ވަކި ދޫނުކޮށް އޭނާގެ ކަރުގައި ހިފައި ކޮށްޕާލިއެވެ. ކުއްލިއަކަށް އާހިލް ގޮށް މުއްކަވާފައި ޝާންގެ އަނގަމަތީގައި ޖެހިޖެހީނުން އަނގައިން ލޭ ފާއްދާލިއެވެ. އޭނާ ވެއްޓެން ދިޔަ ނަމަވެސް ހުޝިޔާރު ކަމާއިއެކު ތެދުވެ އާހިލް ކޯމަތީގައި އެތިފަހަރެއް އަޅުވާލުމާއި އެކު ދެމީހުން އެކަކު އަނެކަކުގެ ގަޔަށް އަރައިގަތެވެ. “ސްޓޮޕް އިޓް!” މިލާންގެ އަޑަށް ކައިރީގައި އުޅުން ދެ ފުލުސް އޮފިސަރުން އެމީހުން ދުރުކުރަން އުޅެގަތެވެ. އޭރު ކާގޭގައި އިން ޖަލީލް މާ އަޑު ގަދަވެގެން ނިކުތްއިރު ފެނުނު މަންޒަރުން ދެލޯ ބޮޑުވިއެވެ.

“އާހިލް! ހުއްޓާލާ ހަމަ މިހާރު.. ކަލޭމެން ދެމީހުން މޮޔަވެގެންތަ ތިއުޅެނީ!” ޖަލީލްގެ އަޑަށް އެދެމީހުން ހަމައަކަށް އެޅުނެވެ. އޭރު ޝާންގެ އަނގަމަތި ދުޅަވެ ލޭގެ އަސަރު ވީއިރު އާހިލްގެ ކޯ މަތި ނޫފައިގަނެފައި ވިއެވެ. “ތީތަ މިވަގުތު އުޅެންވީ ގޮތަކީ؟ ތަޅާ ފޮޅީމައި އައިލީން އެނބުރި އަންނާނީތަ ވަކި..” ޖަލީލްގެ އަޑުގައިވީ ހަރުކަށިކަން އިވި ކައިރީގައި ތިބި މީހުން ވެސް ޖެހިލުން ވިއެވެ.

“އޮފިސަރ.. އަޅުގަނޑު މަޢާފަށް އެދެން މިކުދިން ފަރާތުން.. ތިކޮޅުން އިންވެސްޓިގޭޝަން ކުރިއަށް ގެންދަން ފެންނަ ގޮތަކަށް އެކަން ކުރަންވީ. ދޭ ވިލް ކޯޕަރޭޓް.. އެހެންނުން އާހިލް.. ޝާން؟” ޖަލީލް ކަޅި އަޅާލުމުން އެދެމީހުން ވަކި އެއްޗެކޭ ނުބުނެ ދުރަށް ޖެހިލިއެވެ.

“އޯކޭ.. ރޭގައި އައިލީން ގެއަށް އައީ ކިހާއިރަކު ތޯ؟” މިލާން ވާހަކަ ދެއްކީ ޖަލީލްއާއިއެވެ. “އަޅުގަނޑު އޮތީ ނިދާފައި.. ވަރަށް ލަހުންހެން ހީވަނީ.” ޖަލީލް މިހެން ބުނުމުން އާހިލް ކުރިއަށް ޖެހިލިއެވެ. “އޭނަ ގެއަށް އައީ އެކެއް ޖަހާކަށްހާއިރު.. އަހަރެން އުޅުނީ ހޭލަ. ޝާން ވެސް ހޭލަ ހުރީ.. ދޯ” އާހިލް ލޯ އަޅާލަމުން ބުނެލިއެވެ.

“އޮފްކޯސް.. އޭނަ ގެއަށް އަންނަންދެން ހޭލަ ހުރީ..” ޝާންގެ ވާހަކަ މެދުކަނޑާލީ އާހިލްއެވެ. “އޭނަ ގެއަށް އައިމަ ނިކަން ޒުވާބު ވެސް ކުރީމެއް ނުން.” އާހިލްގެ ވާހަކަ އިވި ޝާން އެދިމާއަށް ދާން އުޅުމުން މިލާން އޭނާ ހުއްޓުވިއެވެ. “އިޓްސް ޕާސްނަލް! އާހިލްއާއި ނުބެހޭ ކަންތަކާ ނުބެހޭނީ..” ޝާން ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ. އާހިލް އިތުރަށް އެއްޗެކޭ ބުނުމުގެ ކުރިން އޮފިސާރ މިލާން ވާހަކަ ދެއްކިއެވެ.

“އައިލީން ގެއަށް އައީ އެކެއް ޖެހިއިރު.. އެހެންވީމަ އެގަޑީގައި އާހިލްއާއި އޭނަ ދިމާވިތަ؟” މިލާންގެ ސުވާލަށް އޭނާ ނިތް އަރުވާލިއެވެ. އެދެމެދުގައި އެއްވެސް ވާހަކައެއް ދެކެވުނުތޯ ކުރެވުނު ސުވާލަށް އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު އާހިލް ނޫނެކޭ ބުނެލިއެވެ. “ޝާން؟” މިފަހަރު ސުވާލު އަމާޒުވީ ޝާންއާއި އެވެ.

“ކުޑަ ހަމަނުޖެހުމެއް ހިނގީ.. އޭނަ ގެއަށް ނައިސް ލަސްވެގެން. ނަތިން ސީރިއަސް..” ޝާންގެ ޖަވާބުން އާހިލް ފާޑަކަށް މޫނު ކުނިކޮށްލިއެވެ. “އެހެންވެގެން ދޯ އޭނަ ތިރީ ގެސްޓް ރޫމަށް ނިދަން ދިޔައީ.” އާހިލްގެ ވާހަކަ އިވި މިފަހަރު ޖަލީލް އޭނައަށް ލޯ އަޅާލިއެވެ. “އާހިލް.. މަޑުން ހުރެބަލަ އޭނަ ވާހަކަ ދައްކަންދެން.” އާހިލް އިތުރު އެއްޗެކޭ ނުބުނެ ހިމޭންވިއެވެ.

“ތެދެއް؟ އައިލީން ރޭގައި ވަކިންތަ ނިދީ؟” އޮފިސާރ މިލާންގެ ސުވާލަށް ޝާން ބޯ ޖަހާލިއެވެ. “އައިލީން ހިތްހަމަ ނުޖެހިގެން ދިޔައީ.. ފަހުން ރޫމަކަށް ނާދޭ..” ޝާން މިހެން ބުނެލި ވަގުތު ޒޫނާއާއި އޭނައާއި ދެމެދު ނަޒަރު ބައްދަލު ވެގެން ދިޔައެވެ.

“އިތުރު މީހަކާއި ދިމައެއް ނުވޭ؟” މިލާން ޒޫނާއާއި ޖަލީލްއަށް އިޝާރާތް ކުރަމުން ބުނެލިއެވެ. “ނޫން. ދިމައެއް ނުވޭ.” ޒޫނާ އަވަސް އަވަހަށް ބުނެލިއެވެ. “އޯލްރައިޓް.. މިގޭގައި އިތުރު އެހެން ބަޔަކު އުޅޭތަ؟” މިލާން އެ ބޮޑު ގޭތެރެއަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. “އަޅުގަނޑު އަނެއް ދަރިފުޅު ޖަޒްލީން އުޅޭނީ.. ޝީ އިޒް ސިކްސްޓީން.” ޖަލީލް ޖަވާބުގައި ބުނެލިއެވެ. “ކޮބާ އޭނާ؟” އޮފިސަރ މިލާން ސުވާލުކޮށްލިއެވެ.

****

ކުއިލްޓް ތެރެއަށް ވަދެ ފޮރުވިގެން އޮތް ޖަޒްލީންގެ ކަޅު އިސްތަށިގަނޑު ވަނީ ބާލިހުގައި ފެތުރިފައެވެ. އޭނާ ހުމާއި ފިހެމުން ދިޔައިރު އެ ދޮން މޫނު ރަތްވެފައި ވިއެވެ. އެނދުގެ ބޯލާކޮޅުގައި އިން ނަދާ ގަނޑުފެން އަޅާފައި ހުރި ތަށި ތެރެއިން ނެގި ރުމާ ޖަޒީލީންގެ ހޫނު ނިއްކުރިމަތީގައި ބައްވާލުމުން އެހަށިގަނޑު ރޫރޫ އަޅައިގެން ދިޔައެވެ. “ޖޭޒް.. މާ ބޮޑަށް ފިނީތަ؟” ގައިގައި އަޅާފައި އޮތް ކުއިލްޓް އިތުރަށް ޖަޒްލީން ގަޔާއި ކައިރި ކޮށްލަދެމުން ނަދާ އަހާލިއެވެ. އޭނާ އެކޮޓަރިއަށް އައިރު އެނދުގައި ހިމޭނުން އޮތް ޖަޒްލީން ހުމާ ފިހެނީއެވެ. ގޮވާ ގޮވާ ވެސް އަނގައިން ނުބުނުމުން އޭނާ އަވަހަށް ފެންފޮތި ހިފައިގެން އައީ ހުންމަޑު ވޭތޯއެވެ.

ޖަލީލް ގާތު ޖާޒްލީންގެ ހުންއައިސްފައި ހުރި ވާހަކަ ބުނުމުން އޭނާ މައްޗަށް އައިސް ކޮޓަރީގައި އިރުކޮޅަކު މަޑު ކުރިއެވެ. އައިލީންގެ ކުއްލި މަރަށްފަހު ޖަލީލް ވެސް ހަދާނެ ވަކި ގޮތެއް ނުވިސްނިފައި ހުރެ ޖަޒްލީން ޑޮކްޓަރަށް ގެންދާނީ ފުލުހުން ދިއުމުން ކަމަށް ބުނެލިއެވެ. މިވަގުތު ބޭސްދީފައި ފެންފޮތިން ހުންމަޑު ކުރެވޭތޯ އުޅުމަށް ނަދާއަށް އެންގިއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވައިން ފުލުސް އޮފިސަރ ފެނި ނަދާ އޭނާ އިންތަނުން ތެދުވިއެވެ. އޮފިސަރ މިލާންގެ ފަހަތުން އާހިލް ވައިން އިރު ޒޫނާ ވެސް ވަނެވެ. “ޖޭޒް.. ދަރިފުޅާ. ކިހިނެތްވީ؟” އަވަސް ފިޔަވަޅު ތަކެއްގައި ޒޫނާ ގޮސް ޖަޒްލީންގެ ނިއްކުރީގައި އަތްލަމުން ބުނެލިއެވެ.

ޒޫނާ ހެއަށް ގޮތްވި ނަމަވެސް އިރުކޮޅެއްފަހުން ހޭ އެރިއިރު ފުލުހުން އައިސްގެން އުޅެއެވެ. އޭނާ ޖަލީލް ގާތުގައި މިހުރިހާ އިރު މަޑު ކުރިއިރު އެކަކު ވެސް ޖަޒްލީން ހުން އައިސްގެން އުޅޭ ވާހަކަ އޭނާ ގާތުގައެއް ނުބުނެއެވެ. “ބޭސް ދިނިންތަ؟” ޒޫނާގެ ސުވާލަށް ނަދާ އާނއެކޭ ބުނެ ދުރަށް ޖެހިލިއެވެ. އޭނާގެ ނަޒަރު އާހިލްއަށް ހުއްޓުނެވެ. ކުރިން ދިން ރޯބު ބަދަލުކޮށް މިހާރު ޓީޝާޓަކާއި ސޯޓެއްގައި ހުރިއިރު އެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. އިރުއިރު ކޮޅުން ބޮލުގައި އަތް ހިންގާލާއިރު މޫނުމަތިން ހާސްކަން ފާޅުވަމުން ދެއެވެ.

އެނދުގެ ފައިލާކޮޅުގައި ހުރި އާހިލްގެ ނަޒަރު ހިނދުކޮޅަކަށް ނަދާއާއި ބައްދަލުވިއެވެ. އޭނާ އެއްޗެކޭ ނުބުނި ނަމަވެސް އެދެމެދުގައި ލޮލުން އެހިނގި އިޝާރާތް ދުރުގައި މަންޒަރު ބަލަން ހުރި އޮފިސަރ މިލާންއަށް ސިއްރެއް ނުވިއެވެ. ނަދާ އެތަނުން ނިކުތުމުން އާހިލްގެ ނަޒަރު ޖަޒްލީންއަށް ހުއްޓުނެވެ.

“ޖޭޒް ހޮސްޕިޓަލަށް ގެންދަން ފެންނަނީ..” ޖަޒްލީންގެ ބޮލުގައި ފިރުމާލަމުން އާހިލް ބުނެލިއެވެ. “ޖަޒްލީން..” މިލާން ކައިރިއަށް ޖެހިލައި ގޮވާލި ނަމަވެސް ޖަޒްލީންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ދެލޯ މަރައިގެން އޮތް ނަމަވެސް އޭނާ އެއޮތީ ނިދިފައި ނޫންކަން މިލާންއަށް އިނގެއެވެ. “މިވަގުތު ހިއެއް ނުވޭ ވާހަކަ ދެއްކޭނެ ހެންނެއް.. ޖަޒްލީން ފަހުން ގެންނާނީ ރަނގަޅުވެލީމައި. އާހިލް..” މިލާން އިޝާރާތް ކޮށްލުމުން އާހިލް އޭނާގެ ފަހަތުން ކޮޓަރިން ނިކުތެވެ.

“އަޅުގަނޑު މިވަގުތު ގޮސްލާނަން.. ބޮޑީގެ ޕޯސްޕޯޓަމް ހައްދަން ބޭނުން.. އެކަމު އެއީ އާއިލާގެ އެއްވެސް މައްސަލައެއް ނެތިއްޔާ..” މިލާން މިހެން ބުނުމުން އާހިލް ބޯޖަހާލިއެވެ. “ބައްޕަ ބުނުއްވި ތިކަން ކުރަން.. އައިލީން އަމިއްލައަށް މަރުވެދާނެ ކަމަށް ހަމަ ޤަބޫލެއް ނުކުރެވޭ. ސޯ ގޯ އަހެޑް.” އާހިލް ފުން ނޭވާއެއް ލަމުން ބުނެލިއެވެ.

އޮފިސަރ މިލްނާ ބޯޖަހާލުމަށްފަހު ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. “ޕްރޮޓޮކޯލްގެ ދަށުން ޑޮކިއުމަންޓްސް ތަކުގައި ސޮއެ ކޮށްލަން ޖެހޭނެ.” މިލާން ވާހަކަ ދައްކަމުން ސިޑީގެ ހަރުފަތްތަށް ގިރާ ކުރަމުން ފޭބިއެވެ. އޭރު ބޭރު ދޮރު ކައިރީގައި ޖަލީލްއާއި ޝާން ތިއްބެވެ. ދެމީހުން ދެމެދުގައި ވާހަކަ ދެކެވެމުން ދިޔައިރު ޝާންގެ މޫނުމަތިން ރުޅިވެރިކަން ފާޅުވާން ހުއްޓެވެ.

****

“މިލާން..” ސްޓަޑީ ރޫމަށް އޭނާ ވަނުމުން ދޮރުކަނީގައި ލެނގިލައިގެން ހުރި އޮފިސަރ ރިޝްވާން ގޮވާލިއެވެ. އެ ކޮޓަރި ތެރޭގައި ފޮރެންސިކް މީހުން ހަރަކާތް ތެރިވަމުން ދިޔައިރު ހުދު ކާޕެޓުމަތީގައި ދެމީހަކު އުޑުފައިން އިނެވެ. އައިލީން އަތުގައި އޮތް ވަޅި ޕްލާސްޓިކް ކޮތަކަށް ލެވިފައި އޮތް އިރު އޭނާ އޮތްތަނުގެ ފޮޓޯ ނަގަމުން އެކަކު ދިޔައެވެ. “އިޓްސް ނޮޓް އަ ސުއިސައިޑް..” މިލާން ހަމައެކަނި ރިޝްވާނަށް އިވޭވަރަކަށް ބުނެލިއެވެ. “ޔަޤީންތަ؟” މިލާންގެ ނަޒަރު ހުއްޓިފައި ހުރި ކާޕެޓަށް އޭނާ ވެސް ނަޒަރު ހިންގާލިއެވެ.

“ޔަޤީނެކޭ ނުބުނާނަން.. އައި ހެވް އަ ފީލިންގެ.” މިލާން މިހެން ބުނުމުން ރިޝްވާން ނިތް އަރުވާލިއެވެ. އޭނާ ލައިގެން ހުރި ގަމީސް އުޅަބޮއްޓާއި ހަމައަށް އޮޅާލެވިފައި ވާއިރު ފުލުސް ބެޖް ބެލްޓުގައި ހަރުކޮށްލެވިފައި ވެއެވެ. މިލާން ވެސް އަތް ދިގު ދޫ ގަމީހެއް ލައިގެން ހުރިއިރު ބެގީ ޖަހާލެވިފައިވިއެވެ. ކުރު އިސްތަށިކޮޅު މައްޗަށް އައްސާލެވިފައި ވީއިރު މޫނުމަތިން ސީރިއަސްކަން ފާޅުވާން ހުއްޓެވެ. “އޮފިސަރ މިލާން.” ފޮރެންސިކް މީހަކު އޭނާއަށް ގޮވާލުމުން އޭނާގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ.

“ބޮޑީ މިކޮޅުން ބެލިއިރު އޭނާގެ ނިޔަފަތިތައް ދަށުން ހަންކެނޑި ލޭގެ ނިޝާން ހުރި.. ހީވަނީ ވަކި އަޅުވަން އުޅެފައި ހުރިއެން.. ދެން އެއީ ކާކުގެ ލެއެއްތޯ ބެލޭނީ ފޮރެންސިކް އިން. މޫނުމަތި ވެސް ކޮންމެ ވެސް ވަރަކަށް ދުޅަވެފައި ހުރީ.. ދެޓް ކުޑް ބީ ބްލޯޓިން.. އެކަމު އަނގަމަތީގައި މީހަކު ހިފާފަ ހުރިހެން ހީވަނީ.” ފޮރެންސިކް މީހާ ވާހަކަ ދައްކަމުން ދިޔައިރު މިލާން އެއިން ކޮންމެ ބަހެއް ކަނުލާ އަޑު އަހަމުން ދިޔައެވެ.

“އެހެންވީމަ އޭނަ މަރުވުމުގެ ކުރިން ކޮންމެވެސް މީހަކާ އަރާރުންވެފައި ނޫނީ މީހަކު އޭނާއަށް ހަމަލާ ދީފައި އެވަނީ..” ރިޝްވާން ވިސްނާލަމުން ބުނެލިއެވެ. “ޔެސް.. ޕޯސްޕޯޓަމް ހައްދަން ހުއްދަ ލިބުންތަ؟” ފޮރެންސިކް މީހާގެ ސުވާލަށް މިލާން ޖަވާބުގައި އާނއެކޭ ބުނެލިއެވެ.”ރިޕޯޓް ނިމުނުހައި އަވަހަށް އަހަންނަށް އަންގާލާތި..” މިލާން މިހެން ބުނުމުން ފޮރެންސިކް ޔުނީފޯމުގައި އިން މީހާ ބޯޖަހާލިއެވެ.

ދެމީހުން އެކީގައި އެތަނުން ނިކުއިން އިރު ރިޝްވާން ގޭގެ އެކި ތަންތަނަށް ބަލަމުން ދިޔައެވެ. “ބޮޑު ގެއެއް ދޯ.. މިތާ ކައިރީގައި އިތުރު ބައެއް ވެސް ނޫޅޭ. ތަންކޮޅެއް ދުރުގައި އެހެން ގޭގެ ހުންނަނީ.” ހުޅުވާފައި ހުރި ކުޑަދޮރުން ބޭރަށް ނަޒަރު ހިންގާލަމުން ރިޝްވާން ބުނެލިއެވެ. “ހުސް ގަސް އެހިސާބުގައި އެއޮތީ.. އެކޮޅުން މޫދު ކިރިޔާ ފެންނަކަން.. ކްރީޕީ ޕްލޭސް.” ރިޝްވާންގެ ވާހަކަތަކުން މިލާން ދެފާރަތަށް ބޯ ހޫރާލަމުން ހިނިތުން ވެލިއެވެ.

“ދެން ތިހެން ބުނޭ.. އިނގޭތަ، އާހިލް އައިލީންގެ މަރުގެ އިލްޒާމް އަޅުވަނީ ޝާންގެ ބޮލުގައި.” މިލާން މިހެން ބުނުމުން ރިޝްވާންގެ ހިނގުން މަޑުޖެހިލިއެވެ. “ޝާން؟ އައިލީންގެ ފިރިމީހާ ދޯ އެއީ؟” ރިޝްވާން އަހާލިއެވެ. “ހޫމް.. އެކަމާއި ކުޑަ ފައިޓެއް ވެސް ދިޔަ.. ކުޑައެކޭ ނުބުނެވޭނެ.. އެކަކު އަނެކަކު އަނގަމައްޗާއި އެއްޗެހި ފަޅާލައިފި ވިއްޔަ.” މިލާން މިހެން ބުނުން ރިޝްވާންގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ.

“އައިލީންއާއި އޭނާގެ ފިރިމީހާއާއި ދެމެދު ވަރަށް ދެބަސްވުން ހިނގާކަމަށް ވަނީ.. އާހިލްގެ އުޅުން ހުރި ގޮތުން ހިއެއް ނުވޭ މިއީ ހަމައެކަނި އައިލީން މަރުވުމުން އައި ރުޅިއެއް ހެންނެއް. ރޭގައި ބޮޑު ޒުވާބެއް ވެސް ހިނގިޔޯ.. އެހެންވެ އައިލީން ތިރީ ބަޔަށް ނިދަން އައިކަމަށް ވަނީ.” ދިގު ކޮރިޑޯއިން ހިނގައިފައި ދެމީހުން ނިކުމެ މަޑުކޮށްލިއެވެ. “ވެއިޓް.. އޭނަ ތިރީ ރޫމަކަށް ނިދަން އައިއްޔާ ކީއްކުރަން ކޮންމެހެން ސްޓަޑީ ރޫމަށް ސުއިސައިޑް ކުރަން ދާން ވީކީ؟” ރިޝްވާން ސުވާލުކޮށްލިއެވެ. “އެކްޒޭކްޓްލީ..” މިލާން މިހެން ބުނެލި ވަގުތު ޖަލީލް އެމީހުން ކައިރިއަށް އަންނަތަން ފެނުމުން ވާހަކަ މެދުކަނޑާލިއެވެ.

“ޖަލީލް.. ސޮރީ ފޯ ޔުއާ ލޮސް..” ރިޝްވާން މިހެން ބުނެލުމުން ޖަލީލް އިސްޖަހާލިއެވެ. “ބޮޑީގެ ޕޯސްޓްމޯޓަމް ނިމުމުން އޭގެ ރެސަލްޓްއަށް ބަލާފައި އިތުރު އެއްޗެކޭ ބުނަން އިނގޭނީ..” ރިޝްވާން އޮޅުން ފިލުވައި ދިނެވެ. “ކޮންއިރަކުންތޯ އައިލީންގެ ބޮޑީ އަޅުގަނޑުމެއްނާއި ހަވާލު ކުރާނީ.. ވަޅުލުމުގެ ކަންތައް ކުރިއަށް ގެންދަން.” ޖަލީލް ފުން ނޭވާއެއް ލަމުން އަހާލިއެވެ.

“އިތުރު ކަމެއް ނުފެންނަންޏާ ވީހާވެސް އަވަހަކަށް ބޮޑީ އާއިލާއާއި ހަވާލު ކުރާނަން..” މިލާން ވާހަކަ ދައްކަމުން ދިޔައިރު އެމީހުންގެ ފަހަތުން ފޮރެންސިކް ޓީމް މަސައްކަތް ނިންމާލުމަށްފަހު ތަހުޤީޤަށް ބޭނުންވާ އެއްޗެހި ހިފައިގެން ނިކުތެވެ. “އަޅުގަނޑުމެން ގޮސްލާނަން.. ތަހުޤީޤަށް ބޭނުންވާ ވާނަމަ އާއިލާއަށް އަންގާލާނަން.. ސޮރީ ފޯ ޔުއާ ލޮސް އަގައިން.” މިލާން މިހެން ބުނެ ޖަލީލްއާއި ސަލާމް ކޮށްލުމަށްފަހު ކުރިއަށް ހިނގައިގަތެވެ.

ފެން އަޅާފައި ހުރި ބޯތައްޓެއް ހިފައިގެން ސިޑިން ފޭބި ނަދާއަށް އޭނާ ނަޒަރު ހުއްޓުނެވެ. ޖަޒްލީންގެ ކޮޓަރި ތެރެއިން މި އަންހެން ކުއްޖާއާއި އާހިލްގެ ދެމެދުގައި ބައްދަލުވި ނަޒަރު ތަކުން އެދެމެދުގައި ކޮންމެވެސް ކަމެއް ވާކަން މިލާންއަށް ޝައްކުވިއެވެ. އެވަގުތު އޭނާގެ ޚިޔާލަށް އައީ ޝާންއާއި ޒޫނާ އުޅުން ގޮތެވެ. އެއީ އެމީހުންގެ ޒާތީ ކަމެއް ނަމަވެސް މީހަކު މަރުވުމުން އެތަނެއްގައި ހިނގައި އެންމެ ކުޑަ އިޝާރާތްތަށް ވެސް އޮފިސަރުންނަށް މުހިއްމުވެއެވެ.

ކާގެ ހުރަސްކޮށްފައި ދިޔަ ވަގުތު އެތަނުގައި ހުރި ޝާން އޭނާގެ އަތުގައި ފިރުމަމުން ދިޔަ މަންޒަރު ފެނި ރިޝްވާން މަޑު ޖެހިލިއެވެ. މޭޒުމަތީގައި ހުރި ފެންތަށި ނަގައި ތުމުގައި ޖެހިވަގުތު އޭނާގެ އަތުގެ ކުޑަހުޅައި ހިސާބުގައި ރަތްވެފައި ހުރި ނިޝާން ރިޝްވާންގެ ލޮލުގައި އަޅައިގަތެވެ. އިތުރަށް މަޑުނުކޮށް އޭނާ އަވަހަށް ހިނގައިގަނެ ދޮރުން ނިކުއިން މިލާންއާއި އަރާ ހަމަކުރިއެވެ.

“ޑިޑް ޔޫ ސީ ދެޓް؟” ބޭރަށް ނިކުމެ ރިޝްވާން އަހާލިއެވެ. ދުރުގައި އޮތް އެމީހުންގެ ކާރާއި ދިމާއަށް ދެމީހުން އެކީ ހިނގާފައި ދިޔައިރު ފޮރެންސިކް ޓީމް އެމީހުންގެ ވޭނަށް އަރައި ނައްޓާލަން ތައްޔާރު ވަނީއެވެ. “ކޯއްޗެއް؟” މިލާން އަހާލިއެވެ. “ޝާން.. ދެންމެ ނިކުންނަނިކޮން ފެނުން އޭނާ އަތުގައި ރަތްވެފައި ހުރި ތަންގަޑެއް.. އަތުގެ ހުޅު.. ހީވަނީ މީހަކު މާ ބާރަށް ހިފައިގެންފައި ހުރިހެން.. ވަކި އަޅާފައި ކަމަށް ވެސް ވެދާނެ.” ރިޝްވާންގެ ވާހަކަ އިވި މިލާން ހިނގުން މަޑު ޖައްސާލިއެވެ.

“އެހެންތަ.. ފޮރެންސިކް ރިޕޯޓް ލިބުނީމަ އިނގިދާނެތާ ތިއެއް.” ދެމީހުން ހިނގައިފައި ގޮސް ކާރާއި އަރައި ހަމަވުމުން ރިޝްވާން އޭގެ ފަހަތު ދޮރު ހުޅުވާލިއެވެ. އޭރު ފޮރެންސިކް ޓީމްގެ ވޭން ގޭޓުން ނިކުންނަން ދިޔައެވެ. މިލާން ހުއްޓި އެ މުޅިގެއަށް ނަޒަރު ހިންގާލިއެވެ. “‘ރޯޒްވެލް’ ބަލައިލަން ވަރަށް ފުރިހަމަ ގެއެއް މިއީ.. އެކަމު އެތެރޭގައި ފޮރުވައިގެން އުޅޭ ސިއްރުތަށް ބޭރަށް ފާޅެއް ނުވާނެތާ.” އެބޮޑުގެއަށް ނަޒަރު ހުއްޓާލަމުން އޮފިސަރ މިލާން ބުނެލިއެވެ. “މަށަށް ރީއްޗެއް ނޫން.. އިޓްސް ކްރީޕީ.” ރިޝްވާން ބިރުވެރި އަޑެއް ލައްވާލަމުން ހެމުން ފަހަތު ސީޓަށް އެރިއެވެ. މިލާން ވެސް ހިނިތުން ވެލަމުން ކާރަށް އަރައި ދޮރު ލެއްޕިއެވެ.

ދެ ފުލުސްކާރާއި ވޭނުގެ އިތުރުން އެމްބިއުލެންސެއް ގޭގެ ބޭރު ގޭޓުން ނިކުމެގެން ދިޔައި އިރު ‘ރޯޒްވެލް’ ގެ މަތީބައިގެ ފަރުދާ ކަހާލެވިފައި ހުރި ކޮޓަރިން ފަނޑު އަލިކަމެއް ފާޅުވާން ހުއްޓެވެ. ބޯ ވިލާތަކުން އުޑުމަތި ބަނަވެފައި ވާއިރު މާހަލުން ފާޅުވަނީ އަނދިރިކަމެވެ.

ކުޑަދޮރު ކައިރީގައި ފުރޮޅުލީ ގޮނޑިއެއްގައި މުސްކުޅި އަންހެނަކު އިނެވެ. ދިއްލާފައި ހުރި އުއްބަތީގެ ފަނޑު އަލި އެމޫނަށް އެޅިފައި ވީއިރު ވަޅުވަދެފައިވީ ދެލޮލުގެ ހަންގަނޑުވަނީ ވެއްޓިފައެވެ. އެއްލޯ އެއްކޮން ހުދުވެ އަނެއް ލޮލުގެ ކަޅި މަޑު އަޅި ކުލައެއްގައިވިއެވެ. އެ މުސްކުޅި އަންހެނާ އޭނާގެ ރޫޖެހިފައި އޮތް އަތް ގެންގޮސް އެ ފިނި ބިއްލޫރިގަނޑުގައި ޖައްސާލި އިރު އެއަތުގައި މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. ލޮލުކޮޅަށް އޮބާލި ކާރުތަކާއި އެމްބިއުލެންސަށް ނަޒަރު ހުއްޓާލައިގެން އިން އަންހެނާގެ ދޫ އެވަގުތު ހަރަކާތް ކުރިއެވެ. މުސްކުޅިވެ ކުރަކިވެފައިވީ އަޑަކުން ބޭރުވީ އެ ނަމެވެ. “އައިލީން..” ވިދާލި ވިދުވަރާއިއެކު އިވުނު ބާރު ގުގުރީގެ އަޑުން ގަސްތަކުގައި ތިބި ދޫނީތައް އުދުހިނގެން ދިޔައީ އެކުއެކީގައެވެ.

-ނުނިމޭ-

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

ހަވޭލީ (8)

Next

ތިޔަ ދިން އުފާ 25

Next
October 17, 2017

ތިޔަ ދިން އުފާ 25

Previews
October 17, 2017

ހަވޭލީ (8)

49 Comments!

  1. layaal says:
    October 17, 2017 at 7:29 pm

    Hey guys. Will try to update twice every week. Hopefully with longer chapters. And this is set in future let’s say 10 years from now.
    Hope you enjoyed this chap.

  2. Love says:
    October 17, 2017 at 7:35 pm

    Wow!!! Story varah varah reethi ?❤️

    1. Layaal says:
      December 23, 2017 at 3:02 pm

      Thanks

  3. nanni says:
    October 17, 2017 at 7:37 pm

    That was brilliant. Varah furihama. My bet is on shaan. Eyna kamaka vaani. Or he and zoona planned.
    Love it layaa as always ❤❤

    1. Layaal says:
      December 23, 2017 at 3:04 pm

      Thanks

  4. Leen says:
    October 17, 2017 at 7:42 pm

    Kaaku e muskulhi meehaki? Jinni eh tha?

    1. Layaal says:
      December 23, 2017 at 3:05 pm

      Thanks leen

  5. Aako says:
    October 17, 2017 at 7:58 pm

    This is such a nice story.love it ❤?? when is next part.waiting…..

    1. Layaal says:
      December 23, 2017 at 3:06 pm

      Thanks

  6. Aysh says:
    October 17, 2017 at 7:59 pm

    Love detective stuff ❤?
    aahil and nadha kame dhw ??

    1. Layaal says:
      December 23, 2017 at 3:08 pm

      Thanks Aysh

  7. meera says:
    October 17, 2017 at 8:01 pm

    Varah salhi mi vaa goi. Officer Milan gadha igey. Can her and Ahil get together?
    Kon irakun dhen up vaani laya?

    1. Layaal says:
      December 23, 2017 at 3:09 pm

      Thanks meera

  8. Suhaa says:
    October 17, 2017 at 8:08 pm

    Salhi hama

  9. imaa says:
    October 17, 2017 at 8:41 pm

    Love it. ?

  10. BLLLLL says:
    October 17, 2017 at 9:00 pm

    Interesting 🙂

  11. reader says:
    October 17, 2017 at 9:21 pm

    Omg omg. Mikahala story akah inthizaaru kuraathaa kon dhuvaheh. It’s amazing. Wow. ??❤️❤️❤️❤️??

  12. lily says:
    October 17, 2017 at 9:30 pm

    too good layaal. You always write is so well. I think it was zoona and shaan. can’t wait for next part ???

  13. Xee says:
    October 17, 2017 at 10:01 pm

    Yaa I think ? its zoona and shaan nd also I think eh than fenunyy jaxleen ah kaney ge dhw nd nadhaa she also know something vedaane zoona filaa indhaa fenunyy kamah
    nd storyy vvvvv habehys I loved it ❤❤❤❤ nd kaakubaa muskuhli mee haa akyy she know what happend plx plx avahah up kobba plx plx plx when nxt part of the story waiting……

  14. zavi says:
    October 17, 2017 at 10:13 pm

    Ushaali vaahaka hama nimuni Lyaal thi vaahaka feshi. My favorite writers. Glad to see you back layaa. Varah reethi mi vaa goi. Thafaathu vaane hen heevani. ❤❤

  15. Azu says:
    October 17, 2017 at 11:29 pm

    Very interesting…

  16. faroo says:
    October 17, 2017 at 11:45 pm

    Love it so far ?

  17. amy says:
    October 18, 2017 at 10:19 am

    So interesting! ❤❤

  18. Anonymous says:
    October 18, 2017 at 10:39 am

    vahaka varah reethi. ekamu police ge scenethah varah gaboolu nukurevey kahala gothakah huree. mauloomath nethi e bai thah genesdheefa hury. alhugandu mihen mibuny alhugandakee polihakah veethee ekan varah rangalhah engeythee. anehen vahaka hama varah reethi varah interesting 🙂

    1. layaal says:
      October 18, 2017 at 11:49 am

      Hey. Actually I didn’t want to include every little detail. So skipped most of their interactions. Besides it’s a fictional story and I personally don’t know how exactly things work. And they are more like detectives than police officers even though they are referred as officers. Thanks for the suggestion, will keep that in mind. ??

  19. Aisha says:
    October 18, 2017 at 10:48 am

    Varah reethi mi vaahka sifakurunthah ves varah reethi.. keep it up the good work ❤

    1. Layaal says:
      December 23, 2017 at 3:11 pm

      Thanks Aisha

  20. Fan says:
    October 18, 2017 at 7:54 pm

    Is Milan a girl or a boy???…

    1. inoo says:
      October 18, 2017 at 7:57 pm

      A girl. It was mentioned.

  21. inoo says:
    October 18, 2017 at 7:57 pm

    well written. Keep it up layaa

  22. Friend says:
    October 18, 2017 at 9:34 pm

    Masha allah.Nice story layaal.Keep it up

  23. annoying reader says:
    October 18, 2017 at 9:39 pm

    i think shaan and zoona ge plan eh hen mi, and jaz books library ah laan dhiya iru ekanthah fenuny ma birun hun aisfa othy dhw layaa. waiting for the next part. wonder who is the old lady

  24. jjey ? says:
    October 19, 2017 at 1:40 am

    Hey layaal. Happy to see u again. ?❤. Can’t wait to read the next part​. Its damn interesting like the privious story. ?. Keep it up

  25. reader says:
    October 23, 2017 at 12:44 pm

    Hey.. Kobaa next part?

  26. A reader says:
    October 23, 2017 at 3:12 pm

    Hei layaal, Kobaatha next part? Mihaaru v inthizaaru kohffa dhnves habareh nuvaathee mi ahaalee. Please say something. Ehmme reethi hisaabun ninmaalaafa v kiyaa hithun meenee next part..

  27. Bllllllllll says:
    October 24, 2017 at 10:24 am

    mi vaahaka kiyan mihaaru foohi vejje. feshy varah interest aa eky. twice a week ey bunithaa ves week eh vee. all know is i’m done with this story.

  28. thoo says:
    October 25, 2017 at 12:32 pm

    Laya story kobaa? haadha lahun thi up kollanee…..waiting ga adhives….pls tell me ur fb id…..

  29. rifa says:
    October 26, 2017 at 8:32 pm

    Dhogeh noon konirakun dhen up vaany?

  30. jjey ? says:
    October 30, 2017 at 3:00 pm

    Layaal where are you dude? ??

  31. Reader says:
    October 31, 2017 at 4:25 pm

    Atleast Mi Dhn up nukuranya vx bunelaba

  32. Anonymous says:
    November 1, 2017 at 4:21 pm

    mi vaahaka liya meehaku twice a week mean kuri once in a blue moon ah dhehtho?

  33. BLLLLL says:
    November 1, 2017 at 4:21 pm

    mi vaahaka liya meehaku twice a week mean kuri once in a blue moon ah dhehtho?

  34. Unaal says:
    November 2, 2017 at 10:57 pm

    Hey layaa … Im still waiting… Plx up nxt episode soon …
    Wat happen to you ,??? Ehaa interesting koh ge nehssa hama kuhliakah mihn hedhyma I’m really feeling disappointed… But adhivx waiting ga mi innnany … Hope next episode avahah up kohdheyne kamah … Vrh kiyaa hivve … And wos dhat girl I mean muskulhi dhahtha .. Curious to know ..

  35. Unaal says:
    November 8, 2017 at 11:26 am

    Alhey layaa… PLC heyonuvaane avahah up kohba nzt episode ..I can’t wait anymore

  36. Unaal says:
    November 8, 2017 at 11:28 am

    Hey. Layaa story nimuny tha midhn

  37. Layaal says:
    December 23, 2017 at 3:00 pm

    Sorry my readers……
    Then Layaal ge mi vaahaka eh up eh nuvaane……
    Once again sorry and thanks for commenting my readers……. Good bye

  38. Muaa says:
    December 27, 2017 at 8:28 am

    Ey layaa thihen hadhaakah nuvaanehnu…. Thihaa interest kohfa but ninmaa nulaa

  39. Kohki says:
    March 31, 2018 at 11:27 am

    Where is next part ?

  40. Saha says:
    June 12, 2018 at 8:06 pm

    Ehkoh up nuvaane kan engey iru keehkuran enme 2 part up kuri.. ????
    That’s so horrible.. didn’t expect this while starting to read this one
    Now regret vey kiyaalevunee thee ves.. adhi layaal ge story akah enme furathama ki story mee but….
    Although story was good but.. horrible???

Comments are closed.



All Right Reserved!