Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޯތްބަށްޓަކައި (27)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
October 16, 2017 8 Mins Read
32 Comments

އިބްތިޝާމްގެ އެހީގައި ނައިނާގެ އިތުރަށް ލީޝާވެސް އެނބުރި މާލެއައީ އެހެން ނަމެއްގައެވެ. އެހެން އާ މީހަކަށްވެގެންނެވެ. އިބްތިޝާމް އޭނާގެ އަމިއްލަ އެޕާޓްމެންޓަށް ނައިނާއާއި ލީޝާ ގެންގޮސް ދެމީހުންނަށްވެސް ހުރެވޭނެ ގޮތް ހަމަޖައްސައިދިނެވެ. ނައިނާ ފެންވަރާލައިގެން ނިކުމެ ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ.  މިހާރުވެސް ދެލޮލަށް ސިފަވަމުން ދަނީ މަރަށް ތެޅެމުންދާ ޝާމިރާއެވެ.

މާރިޔާއަށް އެ ދިން އަނިޔާއަށްވުރެ އިތުރަށް އަނިޔާ ޝާމިރާއަށް ލިބެންޖެހޭނެއެވެ. ނައިނާ އެ ދުވަހު މަރާ ނުލާ ދޫކޮށްލިފަދައިން ޝާމިރާވެސް އެހާ އަވަހަށް މަރުވިޔަކަ ނުދޭނެއެވެ. މަރާ ކައިރިވާ ކޮންމެ ސިކުންތެއްގައި އޭނާ ޖެހޭނީ ތެޅޭށެވެ. މަރުވޭތޯ ދުއާ ކުރާށެވެ. ނަމަވެސް ނައިނާ ޝާމިރާ މަރުވިޔަކަ ނުދޭނެއެވެ. އެ ފުރާނަ ހަށިގަނޑާއި ވަކިވާންޖެހޭނީ އެތަކެއް ވޭންތަކެއް އުފުލާފައެވެ. ލޭގެ ކޯރު އެދެލޮލުން ފެނިގެންނެވެ. އެހިތުގައި ޝާމިރާއަށްޓަކައި އެއްވެސް ރަހުމެއްނެތެވެ. އޭނާއަށް ސިފަވާ ތަކެތިންވެސް އެކަން ރަނގަޅަށް ހާމަވާނެއެވެ. ނައިނާ ސިހުނީ ފަހަތުން އައި ލީޝާ އޭނާގެ ކޮނޑުގައި ހިފަހައްޓާލުމުންނެވެ.

ޝާމިރާ އަށް ބަދަލުހިފަން އޭނާ އެތަކެއް ރޭވުންތަކެއް ސިކުނޑީގައި ރާވަމުންދިޔައިރު އޭނާގެ ހިތަށްކުޑަވެސް އަސަރެއްނުކުރެއެވެ. ބިރެއްނުގަނެވެ. އަތް ތުރުތުރެއްނާޅައެވެ. ކުރީގައި ފިލްމެއް ނުވަތަ ވާހައަކުންވެސް މީހެއް ރަހުމެއްނެތި މަރާލަން އައިއްސިއްޔާ ނައިނާގެ ދެއަތް ތުރުތުރުލައެވެ. އެމަންޒަރު ބަލަން އޭނާގެ ހިތަށް ކެތްނުވެއެވެ. ހަބަރުން މާލޭގައި ހިނގާ ވަޅީގެ ހާދިސާތަށް އިވިފައިވެސް ނައިނާ ގަންނަނީ އަމަށަކުބިރެއްނޫނެވެ. އައިޒަންއަށް ކަމެއްވެދާނެތީ ހިތާހިތުން އޭނާ ސަލާމަތުގައި ލެއްވުމަށް ދުޢާ ކުރެއެވެ. ނަމަވެސް މިއަދު އޭނާ ބިރުގަންނަން ނުވަތަ ކަމެއްވެދާނެތީ ހާސްވާވަރުގެ މީހެއްނެތެވެ. އެ އައިޒަން ހުރިކަމަކަށް އޭނާ ނުދެކެއެވެ. ފަހަރުގައި އޭނާއަށް އެއައި ބަދަލުގެ ފަހަތުގައި ވި އަނެއް ސަބަބަކީ އެއީއެވެ.

…………………………

އާދައިގެ މަތިން މިއަދުވެސް އައިޒަން ލޯބިވާ ދަރިފުޅު އައިނާ ސުކޫލު ނިންމައިގެން ގެއަށް އަންނަނީއެވެ. ސައިކަލުގައި އިންއިރު އައިނަ ދިޔައީ ސުކޫލުގައި ހިނގި ތަފާތު ވާހަކަތަށް އައިޒަންއާއި ހިއްސާކުރަމުންނެވެ. އެދެމީހުންގެވެސް ތުންފަތްމަތީ ވަނީ ރީތި ހިނިތުންވުމެކެވެ. މަގަށް ސަމާލުކަން ދެމުންދިޔަ އައިޒަންއަށް އައިނާއާއި ދިމާ ބަލައިލެވުނީ އެ ދައްކާ ވާހަކައެއް އަޑުއަހަމުންނެވެ. އެވަގުތު ކުރިމަތިން ބާރު ހިނގުމެއްގައި ހިނގާފައި ދިޔަ ދެމީހެއްގެ ގައިގާ ނުޖެހި ހުއްޓުނީ އެދެމީހުންގެ ހަޅޭކުގެ އަޑަށް އައިޒަންގެ ސަމާލުކަން ހުއްޓުމުންނެވެ. އެހެންނޫންނަމަ އެ ސައިކަލު ގޮސް ޖެހުނީ އެދެ އަންހެނުންގެ ގައިގައެވެ. އައިޒަން އަށް އޭރު އިނދެވުނީ ދަރިފުޅު އައިނާގެ ގައިގާ ވަރަށް ބާރަށް ހިފަހައްޓާލައިގެން ދެލޯ ބޮޑުކޮށްލައިގެންނެވެ.

ސައިކަލު ޖެހޭ ނުޖެހޭގައި ހުރި ނައިނާ އޭނާ އަތުން ވެއްޓުނު އެއްޗެހި ނަގާފައި ރުޅިވެރިކަމާއި އެކު ތެދުވިއެވެ. ނައިނާ އެއްޗެހި ގޮވައިގަންނަން އުޅެނިކޮށް ހުއްޓުން އެރީ ސައިކަލުގައި އިން އައިޒަން ގެ އަތުތެރޭ ފާޑަކަށް ބިރުން އިން އައިނާ ފެނިފައެވެ. އެވަގުތު އެ ހިތަށް ކުރި އަސަރު އެދެލޮލަށް ނުކުރިއަސް ނުވަތަ އެމޫނުން ނުދެއްކިޔަސް، މިވީ އަހަރެއްތެރޭ ނުކުރި އިހްސާސެއްކުރިއެވެ. ފާއިތުވި އެއް އަހަރުތެރޭ އައިނާއަށް މާ ބޮޑު ބަދަލުތަކެއް އައިސްފައި ނެތެއްކަމަކު ކުރިއަށްވުރެ ބޮޑުކޮށް ދައްކައެވެ. އައިނާ ދެލޯ ބޮޑުކޮށްލާފައި ނައިނާއަށް ބަލައިލިނަމަވެސް އެ މޫނު ފާހަގަވާވަރު ނުވީ އަޅާފައިވާ ޝޯލްގެ ސަބަބުންނެވެ. އައިޒަންވެސް ނައިނާއަށް ބަލައިލި ނަމަވެސް ނައިނާ ވަގުތުން އިސްޖަހާލިއެވެ. ލީޝާ ނައިނާގެ އަތުގައި ހިފައިފައި އެއްފަރާތަށް ދިޔައެވެ. އޭރުވެސް ނައިނާ ހުރީ އެހުރިގޮތަށެވެ. “މަންމި…!” އައިނާގެ އަނގައިން އެ ބަސްތަށް ނިކުތުމާއި އެކު އައިޒަން ދެބުމަ ގޮށްޖަހާލާފައި އައިނާއަށް ބަލައިލިއެވެ. އަދި ނޫނެކޭ ބުނެފައި ސައިކަލު ދުއްވާލީ ފަހަތުގައި މަޑުކޮށްގެން ތިބި ދުއްވާތަކެތީގެ އަޑު ގަދަވާންފެށުމުންނެވެ.

ލައިގެން ހުރު ނޫ އަތް ދިގު ކުރުތާއާއި ކަޅުކުލައިގެ ޝޯލްގައި ނައިނާ ފެންނަލެއް ވަރަށް ހިތްގައިމެވެ. ޝޯލްތެރޭގައި އެ ރީތި އިސްތަށިގަނޑު ނިވައިވެފައި ވިއެއްކަމަކު ނައިނާ ބުރުގާ އެޅީމާ ވަރަށް ރީއްޗެވެ. ލީޝާ އަބަދުހެން ކިޔަނީ ނައިނާ ބުރުގާ އެޅީމާ ރީތިވާހަކައެވެ. ނައިނާ ހެން ހީވެސްނުވާ ވާހަކައެވެ. ހުދު ނައިނާއަށްވެސް އޭނާއަށް އެ އެޅުނު ފިޔަވަޅުގެ ސަބަބުން ހިތްހަމަޖެހުންލިބެމުންދިޔައެވެ. ބުރުގާގެ ތެރެއިން އޭނާގެ މޫނު ފެންނަނީ ތަފާތުކޮށެވެ. ޗާލުކަމެއް ހުރެއެވެ. ކޮންމެއަކަސް ދެންމެއަކު ހިނގައިދިޔަ ކަންތަކަށް ނައިނާގެ ސިކުނޑިއާއި ހިތްވަނީ ހަލަބޮލިވެފައެވެ. ލީޝާ އެތަކެއް ފަހަރު ވީ ކީއްތޯ ސުވާލުކުރުމުން އޭނާއަށް ބުނެވުނީ ހަމައެކަނި އައިނާގެ ނަމެވެ.

ލީޝާއަށް ކޮންމެވެސް ވަރަކަށް އެކަން އެނގި ނައިނާގެ ސަމާލުކަން ދަމައިގަނެވޭތޯ ތަފާތު ވާހަކަތަށް ދައްކަމުންދިޔައެވެ. ނަމަވެސް ނައިނާގެ ހިތުތެރޭ އައިނާގެ އެ މައުސޫމް ސޫރަ ބިންވަޅު ނެގުނެވެ. ސުކޫލު ޔުނީފޯމެއްގައި ހުރިއިރު ބޯ އައްސާފައި ހުރި ދެފަޅިއަށެވެ. އެ ބޮޑު ދެލޯ ނައިނާއަށް އަދިވެސް އަމާޒުވެފައި ހުރިކަހަލައެވެ. ނައިނާގެ ހިތުގައި އަނެއްކާވެސް ޝާމިރާއަށްޓަކައި އަނދަމުންދާ ނަފުރަތުގެ ހުޅުކޮޅު ގަދަވެގެން ދިޔައީ އެ ދަރިފުޅާއި އޭނާއާއި ވަކިކުރީތީއެވެ.

ހިނގާފައި ދިޔައިރު އޭނާގެ ސިކުނޑި އަނެއްކާވެސް އެހެން ދިމާލަކަށް މަސައްކަތްކުރަންފެށިއެވެ. ލަހެއްފަހެއް ނެތި ޝާމިރާގެ ކަންތަށް ނިންމާލަން ބޭނުންވަނީ ލޯބިވާ އައިނާ އެ އަތުތެރެއަށް ލާ ލޯބިން ގެންގުޅެން ބޭނުންވާލެއް ބޮޑުވެގެންނެވެ. “ދެން… ކިހިނެއް ހަދަނީ ޝާމިރާކަންތަށް؟؟” ލީޝާ އެ ސުވާލުކޮށްލީ ބާޒާރުކޮށޮގެން ގެނައި އެއްޗެހި މޭޒުމަތީ ބަހައްޓާފައެވެ. ނައިނާ ހިންދެމިލަމުން ސޯފާ މައްޗަށް ވެއްޓިގަތީ އަޅައިގެން ހުރި ޝޯލް ބާލާފައެވެ. “އޭނާއަށް ފުރަތަމަ ޖެހޭނީ އަހަރެން ފެންނަން… އޭނާގެ މަރު ކައިރިވެއްޖެކަން އިނގެން….” ނައިނާ ހަރުކަށިކަމާއި އެކު އެހެން ބުނުމުން ލީޝާގެ ހިތަށްވެސް ބިރުވެރުކަން ވަނެވެ. “އެކަމް އަހަރެން އޭނާ ނުމަރަ ވެސް ދޫކޮށްލަފާނަން.. އަހަރެން ކޮންމެހެން އޭނާ މަރާލާކަށް ބޭނުމެއްނޫން.. އެވެސް އިންސާނެއް.. އަހަރެންނަކީވެސް އިންސާނެއް… އެކަމް އޭނާ އަހަރެންނާއި ދިމާލަށް ކީ އެއްޗެހި އަދިވެސް ހިތަށްއަރާ… ކަންފަތުގައި އެ އަޑު އަދިވެސް ހަރުލާފައި ހުރީ.. މާރިޔާ ދައްތަ ތެޅުނު ވަރު އަހަރެންގެ ދެލޮލަށް ފެނުުނު.. އަހަރެންގެ އަތުގައި ޝާމިރާއާއި ދެކޮޅަށް ހެއްކެއް ލިބިއްޖެނަމަ އޭނާ  އަހަރެން އަތުން ސަލާމަތްވާނެ .. އެކަމް އަހަރެންނަށް އެކަން ކުރަންވީގޮތެއްނޭނގެ..  ޝާމިރާއަށް މަރު  އެއީ ހައްޤު އަދަބު…”  ނައިނާ ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.

ނައިނާއާއި ދިމާ ލީޝާ ބަލަންހުރިއިރު އޭނާގެ ހިތަށް އެތަށް އެއްޗެއް އަރަމުންދިޔައެވެ. “މިއީވެސް ރީތިގޮތުގައި ދަރިފުޅުގެ ތަރުބިއްޔަތު ކުރަމުން އައި ހެޔޮލަފާ މައެކެވެ. ޝާމިރާ އޭނާގެ ހުރިހާ އެއްޗެއް ފޭރިގަތީ ނައިނާ ފިނޑިކަމުން ކަމެއް ނުކުރެވޭނޭ ހިތާބާއެވެ. ޝާމިރާ އެ ދުވަހު ހަމައެކަނި ފޭރިގަތީ ނައިނާގެ ދަރިފުޅާއި މަންމައެއް ފަދައިން ލޯބިވާ ދޮންމަންމައެއް ނޫނެވެ. އޭނާގެ އުޅުންވެސްމެއެވެ. އޭނާގެ ދިރިއުޅުންވެސްމެއެވެ. އެ މަޑުކަފަކޮޅެއްހާ ހިތާއި ޅަ ސިކުނޑިއެވެ. މައުސޫމްކަމުން ފުރިގެންވާ ނައިނާ އެއް މިހާރަކު އޭނާއަކަށް ނުފެނެއެވެ. ގައިމުވެސް އެ ހަރުކަށި ރަހުމްކުޑަ ނައިނާގެ ހަށިގަނޑުގެ ކޮންމެވެސް ހިސާބެއްގައި އެ ކުރީގެ ނައިނާ ފޮރުވިފައި އިންނާނެއެވެ.” ލީޝާ ހިޔާލުތަކުން އެއްފަރާތް ވެލާފައި ކާއެއްޗެއް ހެދޭތޯ އުޅުމުން ނައިނާވެސް އެކަމުގައި ބައިވެރިވިއެވެ.

……………………

ރޭގަނޑެވެ. ޝާމިރާ އަކީ އާންމުކޮށް އޮފީހަށް ދާ އުޅޭ މީހެއްނޫނެވެ. އައިޒަންވަނީ އޮފީހުގެ ކަންތަށް އޭނާ ކުރާނެކަމަށާއި ޝާމިރާ އެކަންތަކާއި މެދު ވިސްނުމަށް މަނާކޮށްފައެވެ. ނަމަވެސް ދޭތެރެއަކުން ޖައްސާލާ ބައެއް ކަންތަށްތަކުގައި އޭނާ ޝާމިލްވަނީ އެ ކުންފުންޏާއި އެ މަސައްކަތަކީ އޭނާގެ މުޅި ދިރިއުޅުންކަމަށްވީތީއެވެ. މިރެއަކީވެސް އެފަދަރެއެކެވެ. އޭނާ އޮފީހަށް އައީ މުހިންމު ގަނޑުތަކެއް ހޯދުމުގެ ބޭނުމުގައެވެ. އެ ލިބުމުން އެ ކުރަންޖެހޭ ކަމެއްކޮށްފައި ނިކުތްއިރު ރޭގަނޑު 10 ޖަހައިފިއެވެ. ހިނގާބިނގާވެ އުޅޭ މީހުން ކުޑަކޮށް މަދުވިއެއްކަމަކު ދުއްވާފާ ދާ އެއްޗެއްސަށް ބަދަލެއްނާދެއެވެ. ކާރުކޮޅުގައި ނޫނީ ދަތުރުކުރަން ނޭނގޭ ޝާމިރާ މިއަދު ހިނގާފައި ދާންޖެހުމުން ކުދި ކިޔާލަ ކިޔާލަހުއްޓެވެ. ގޭގައި އިން ކާރު ހަލާކުވެފައި އިނީތީވެ އޭގައި ނާދެވުނީއެވެ. އައިޒަން ކައިރި އޮފީހަށް ލައިދޭށޭ ބުނެފިނަމަ ހިތްހަމަނުޖެހިދާނެތީ އޭނާ ހިނގާފައި އަންނަން ނިންމިއެވެ.

ޓެކްސީއެއް އަތުނުޖެހުމުން ބާރުބާރަށް މަގުގައި ހިނގަމުންދިޔައިރު އަނދިރިކަން ވެރިވެފައިވާ އުޑަށް ބަލައިލެވެއެވެ. ކޮންމެވެސް ވަރަކަށް ހިތަށް ބިރުވެރިކަން ވަނީ މިރޭ އެހެން ރޭތަކާއި ތަފާތުކަން އިހްސާސްވުމުންނެވެ. ޝާމިރާ ފަސްއެނބުރި ބަލާލީ އޭނާގެ ފަހަތުން މީހެއްގެ ހިލަންވެގެންނެވެ. ނަމަވެސް އޭނާ ކައިރިން އަޅާފައި ދިޔަ މީހާ އާއި އޭނާއާއި އެކު ހިނގަމުންދިޔަ މީހާ ފިޔަވާ އެ މަގުގައި އިތުރު މީހެއްނެތެވެ. ހީވިއެއްޗެކޭ ކިޔާފައި އަނެއްކާވެސް ހިނގައިގަތެވެ. ދެވަނަ ފަހަރަށްވެސް ފަސްއެނބުރެން މަޖުބޫރުވިއެވެ. ނަމަވެސް މީހަކު ފެންނާކަށްނެތެވެ. ބިރުގަތްފައި ހުއްޓެއްކަމަކު އެއްޗެއް ނެތޭ ކިޔާ ހިތަށް ވިސްނައިދެމުން އަނެއްކާވެސް ފިޔަވަޅުތަށް ބާރުކޮށްލިއެވެ.

މަގު ހުރަސްކޮށްފައި އަނެއް ފަޅިއަށް ގޮސް ގެއާއި ކައިރިވީތަނާ ޝާމިރާއަށް އޭނާ ކުރިން އައި މަގާއި ދިމާލަށް ބަލައިލެވުނީ ބޭއިހްތިޔާރުގައެވެ. އެވަގުތު ކަޅު ހެދުމުގައި ނިވައިވެ އިސްޖަހާލައިގެން ހުރި މީހަކު ޝާމިރާއަށް ފެނި ފިޔަވަޅުތަށް ހުއްޓާފައި އެދިމާލަށް ބަލައިލެވުނެވެ. އެދެމީހުންގެ މެދުން ދުއްވާ އެއްޗެހި ދުއްވަމުން ދިޔައެއްކަމަކު ދެމީހުންނަށްވެސް އެއިން ކަމެއް ވާހެނެއް ހިއެއްނުވެއެވެ.

ހޫޑީއަކުން ކޮންމެވެސް ވަރަކަށް ނިވައިކޮށްލާފައިވާ އޭނާގެ މޫނު އުފުލާލި ނައިނާގެ ތުންފަތުގައި ކުޅެލީ ހިނިތުންވުމެކެވެ. ކުރިމަތީ އެހުރީ އެ އިންސާނާއެވެ. އޭނާގެ ދިރިއުޅުމަށް އައި ސުނާމީއެވެ. ޝާމިރާ ފަރުވާތެރިކަމާއި އެކު އެމޫނަށް ބަލަން ހުއްޓެއްކަމަކު އެ ދެލޮލަށް ދުރު ސާފުވާގޮތްނުވެފައި އެމޫނު ނިވާވެފައިވާތީ ފެންނަވަރެއްނުވިއެވެ. ނައިނާ ބޮލުގައި އަޅާލެވިފައިވާ ކަޅު ހޫޑީ އެއްފަރާތްކޮށްލާފައި އިސްއުފުލާލީ ސީދާ ޝާމިރާގެ ލޮލާއި ލޯ ސީދާވާވަރަށެވެ. ދެމީހުންގެ މެދުގައި އެ ބޮޑު މަގު އޮވެފައި އިތުއިރުކޮޅާ ދުއްވާ އެއްޗެއްސަށް ކަންފަތާއި ސިކުނޑި ސަމާލުވަމުން ދިޔައެއްކަމަކު ނައިނާއަށް އޭނާގެ މަންޒިލް ސާފުކޮށްފެނެއެވެ. ޝާމިރާއަށް އެމޫނު ފެނުމާއި އެކު ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ފާޑަކަށް ބިރުގަނެފައެވެ. އެއީ ނައިނާ ނޫންމީހެއް ނޫންކަން ޔަޤީނެވެ. ޝާމިރާ ލޯ މަރާފައި ދެތިންފަހަރު ތަޅުވާލިނަމަވެސް ނައިނާ އެހުރިތާ ގުޑިނުލައި ހުއްޓެވެ. އެހިނދި އެދެމެދުން ހުރަސްކުރި ބޮޑު ކާރު ފަހަނައަޅާ ދިޔައިރު ނައިނާ ފެންނާކަށްނެތެވެ. ގަތްބިރުން ޝާމިރާ ހުރިހާ ދިމާލެއް ބަލަމުންދިޔައެވެ. ނަމަވެސް ނައިނާގެ ވަސްވެސް ނެތެވެ. އިތުރަށް އެތާ ހުންނަން ޖެހިލުންވުމުން ބާރުބާރަށް ހިނގައިގަތެވެ. އޭނާ ހަނދާނަށް އައީ އޭނާ ނައިނާ ކައިރި ބުނި އެއްޗެވެ. ނައިނާ އަނބުރާ އަންނާނެކަން އިނގެޔޭ ބުނެވުނެވެ. އަދި ބަދަލުހިފާނޭ ބުނެވުނެވެ. ނައިނާ އަމިއްލަ އަތުން ޝާމިރާ މަރާލަންދެން އިންތިޒާރުކުރެވޭނޭ ބުނެވުނެވެ. ނައިނާ އެއުޅެނީ ހަމަ ރަނގަޅަށްވެސް ބަދަލުހިފަންބާއެވެ. އޭނާ ނައިނާ ކިތަންމެ ރުޅިއަރުވާފައި އެދުވަހު އެހެން ބުންޏަސް ދުވަސްތަށް ފާއިތުވާވަރަކަށް އޭނާގެ ހިތަށް އަރަމުންދިޔައީ ނައިނާ އެނބުރި ނާންނާނެކަމަށެވެ. ބަދަލުހިފާނެ ހިތްވަރެއް އެ ހިތަކު ނުހުންނާނޭ ހިތަށްއެރިއެވެ. އެހެނީ ޝާމިރާ ދެކޭގޮތުގައި ނައިނާ އަކީ ބޮޑު ފިނޑިއެކެވެ.

އަންނަމުންދިޔާ ހިޔާލުތަކުގެ ސަބަބުން ޝާމިރާ އަނެއްކާވެސް ފަސްއެނބުރި ނައިނާ އެ ހުރިތަނަށް ބަލައިލެއެވެ. އެއްވެސް މީހަކު ފެންނާކަށްނެތެވެ. ނަމަވެސް އެދެލޯ އޭނާއަކަށް ދޯކާއެއްނުދޭނެއެވެ. އޭނާ ބަލާ ޑްރާމާތަކުގައިވެސް ވަނީ އެހެންނެވެ. ޔަޤީނުންވެސް ނައިނާއެ އައީއެވެ. އޭގެ މާނައަކީ ނައިނާ ޝާމިރާ މަރާލެނެކަމެވެ. އެދުވަހު ނައިނާ ކައިރި އެ ހުރިހާ އެއްޗެއް ކިޔުނު މޮޔައޭ ހިތާ ޝާމިރާ އަވަސް އަވަހަށް ގައިގައި ހުރި ބާރެއްލާ ހިނގައިގަތެވެ.

ޝާމިރާގެ ފަސްފަހުން ހިނގަމުންދިޔަ ނައިނާ އޭނާގެ ދެވަނަ ރޭވުމާއި އެއްގޮތަށް ކަންތަށްކުރަންފެށިއެވެ. ކަޅު ހޫޑީ ގަޔާއި ވަކިކުރިއިރު އޭނާ ލައިގެން ހުރީ ޗޮކްލެޓް ކުލައަކަށް ދާ ޝޯލްއަކާއި ހަމަ އެކުލައިގެ ހެދުމެކެވެ. ކައިރި ހުރި ލީޝާއަށް ކުރަންވީ ކަންތަށް ބުނެފައި ނައިނާ ހިނގައިގަތެވެ. ނައިނާ ޝާމިރާއާއި އެއްވަރު ކުރަމުންދިޔައިރު އޭނާގެ ކޮނޑުގައި އަޅުވާލެވިފައިވާ ދަބަސް ދޫކުރަމުންދިޔައެވެ. އަދި ޝާމިރާގެ ގައިގާ ޖެހިގަނެފައި ދަބަސްވައްޓާލިއެވެ. ބިރުގަނެފައި ހުރި ޝާމިރާ ސިހިފައި ހަޅޭލަވައިގަތެވެ. އޭރު އޭނާގެ ގައިގާ އެ ޖެހުނު ކުއްޖަކު ތިރިއަށް ވެއްޓިފައި އޮތް ދަބަހާއި އެ ދަބަހުން ވެއްޓުނު އެއްޗެހި ނަގަމުންދިޔައެވެ. ޝާމިރާ މޭގައި އަތް އަޅާލާފައި ހަމަޔަކަށް އެޅިލުމަށްފަހު މާފަށް އެދުނެވެ.

“ކިހިނެއް މާފުކުރާނީ؟” އިވިގެން ދިޔަ އަޑާއި އެކު ޝާމިރާ އެ އަންހެންކުއްޖާއަށް ބަލައިލިއެވެ. ނައިނާވެސް އިސްއުފުލާ ޝާމިރާއަށް ބަލައިލިއެވެ. ދެލޯ ބޮޑުކޮށްލާފައި ހުރި ޝާމިރާ ބިރުން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އަދި ފާރުގައި ޖެހިގަނެފައި އަހަރެން ނުމަރާށޭ ބުނަމުންދިޔައީ މޫނުގައި އަތް އަޅައިގެންހުރެއެވެ. އޭރު އޭނާ ބިރުން ތުރުތުރުއަޅައެވެ. “ދައްތާ! ކިހިނެއްވީ؟؟” ޝާމިރާއަށް އިވުނު އަޑަކުން ދެއިނގިލި ފޭކޮށްލާފައި ކުޑަކޮށް ދެލޯ ހުޅުވާލިއެވެ. އޭރު ކުރިމަތީ ނިތަށް ރޫއަރުވާލައިގެން ހުރީ އެހެން އަންހެންކުއްޖެކެވެ. ލައިގެން ހުރި ޗޮކްލެޓް ޝޯލްއާއި ހަމަ އެކުލައިގެ ކުރުތާއެވެ. އޭރުވެސް ދަބަހުން ބައެއް އެއްޗެހި ތިރީގައި ހުއްޓެވެ.

ލީޝާ ސުވާލުތަކުރާރު ކުރުމުން ޝާމިރާ އޭނާގެ މޫނުން ދެއަތް ނަގާ ހަމަޖެހުނެވެ. އަދި ތަންކޮޅެއް ރަނގަޅަށް ލީޝާގެ މޫނަށްބަލައިލިއެވެ. ތަންކޮޅެއް ކުރިން އޭނާއަށް ފެނުނީ ނައިނާގެ ސޫރަނަމަވެސް ކުރިމަތީ މިހުރީ އެހެންކުއްޖެކެވެ. އޭނާ އަނެއްކާ މޮޔަވީބާއޭ ހިތާ މުޅިތަނަށް ބަލައިލިއެވެ. އޭރު ލީޝާ ހުރީ ހިނިގަނޑު ހިފަހައްޓާލައިގެންނެވެ. “ކިހިނެއްވީ؟ ނުމަރާށޭ ބުނަމުންދިޔައީ؟” ލީޝާ އެހެން އެހުމުން ޝާމިރާ ކަމެއްނުވެޔޭ ބުނެފައި ހިނގައިގަތީ ދެވަނަ ފަހަރަށްވެސް ލީޝާގެ މޫނަށް ރަނގަޅަށް ބަލާލާފައެވެ. ޝާމިރާ ދިޔަތަން ބަލަން ހުރި ނައިނާއަށް އޭނާ ހޯދަން އުޅުނު ސުވާލުގެ ޖަވާބުލިބިއްޖެއެވެ. ނައިނާފެނިދާނެތީ ޝާމިރާ ބިރުގަންނަކަން ހާމަވެއްޖެއެވެ. ނައިނާ ފެނުމުން އެދެލޮލަށް އެވަގުތު ވީ ގޮތާއި ގަތް ބިރު އެކަމަށް ހެކިވެއެވެ. ނައިނާ ޝާމިރާގެ ފަސްފަހަތުން ހިނގަމުންދިޔައީ އިތުރަށް އޭނާގެ ކުރިމައްޗަށް އަރާކަށް ނޫނެވެ. ގެ ހޯދުމުގެ ބޭނުމުގައެވެ. ޝާމިރާ ގޮސް ވަތް ގެއަށް ބަލަހައްޓައިގެން ނައިނާ ހުރެފައި ކައިރި ހުރި ލީޝާއަށް ބަލައިލިއެވެ.

“އޭނާ ވަރަށް ބިރުގަނޭ ނައިނާ ދެކެ.. ހަހަހަހަހ އެޔޮއް ވީގޮތެއް…” ހިނިއައިއްސާ ހުރި ލީޝާ އެހެން ބުނުމުން ނައިނާގެ ތުންފަތް މައްޗަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. ލީޝާއަށް އެ މަންޒަރު ފެނި ނައިނާގެ ގައިގާ ބައްދާލިއެވެ. އޭނާއާއި އެކު ހޭދަވި ދުވަސްތަކުގައި ނައިނާ އެގޮތަށް ހީލިތަނެއް އޭނާ އަދި ނުދެކެއެވެ. އަބަދުވެސް ފެންނަނީ ލީޝާވެސް ބިރުގަންނަކަހަލަ ވިހަހިނިތުންވުމެކެވެ. ނަމަވެސް މިއަދު ނައިނާގެ ހިނިތުންވުމުގެ ފަހަތުގައި ވަނީ އުފާވެރިކަމެކެވެ. “ޝާމިރާ ގެ ދުވަސްދިޔައީ…” ނައިނާ އެހެން ބުނެފައި ލީޝާއާއި އެކު ހިނގައިގަތެވެ. އޭރު އަނެއްކާވެސް އެކި އެކި ރޭވުންތަށް ފަށައިގަތެވެ.

…………

ދެދުވަސް ތިން ދުވަސް ފާއިތުވެ ހަފްތާއެއް ފާއިތުވެއްޖެއެވެ. ކޮންމެދުވަހު ޝާމިރާއަށް އެ މުސީބާތްގަނޑުޖެހެއެވެ. މަޖުބޫރުވީމާ ނޫނީ ބޭރަށް ނުނިކުންނަން ހުންނަ ޝާމިރާ ކޮންމެދުވަހަކުވެސް ނިކުންނަނީ މަޖުބޫރުވީމައެވެ. ނިކުންނަ ކޮންމެ ފަހަރަކު އޭނާއަށް ނައިނާ ފެނެއެވެ. ނަމަވެސް  ދެވަނަ ސިކުންތުގައި ހުންނަނީ އެހެން ކުއްޖެކެވެ. އަމިއްލަ އަމިއްލައިން މޮޔަވަނީބާއޭވެސް އޭނާ ހިތަށްއަރައެވެ. ނައިނާ ނެތްކަމަށް އަމިއްލަ ހިތަށް ވިސްނައިދިނަސް އޭނާ ބިރުގަނެއެވެ. އެކަމާ ވިސްނާ ވިސްނާ ބޯހަލާކުވެއެވެ. މިހާރު ހުވަފެނުގައިވެސް ފެންނަނީ ނައިނާއެވެ. “އަހަރެން މޮޔަވަނީ ކަންނޭނގެ..” ޝާމިރާ ގޭތެރެއަށް ވަދެގެން އާއިރު މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ނިތްކުރިމަތި ވިދަމުންދިޔަ ދާތަށް އަތުން ފޮހެލާފައި އޭނާ އެއްވަރަށް ކިޔަމުން ދިޔައީ ނައިނާ ނާންނަކަމެވެ.

އަމިއްލަ ދުނިޔެއަށް ގެއްލިފައި ހުރި ޝާމިރާ ސިހުނީ ކުޑަކުއްޖަކު ހަޅޭލަވާއަޑަށެވެ. އޭނާވެސް ހަޅޭލަވައިގަނެފައި ހަމަބިމަށް ފޭބުނުއިރު އިނާއޭނާގެ ދަރިފުޅު ގޮވައިގެން ސޯފާގައި އިށީނދެ އިނެވެ. އިނާގެ ދަރިފުޅު ދިޔައީ އެއްވަރަކަށް އަޑުތަކެއް ލައްވާ ކުޅެމުންނެވެ. “ކިހިނެއްވީ؟” ޝާމިރާ ހަޅޭލަވައިގަތުމުން އިނާ އެހިއެވެ. “މަށަކަށް ނޭނގެ.. ދާހާތާކުން މަށަށް ފެންނަނީ ނައިނާ… ހުވަފެނުގައިވެސް ފެންނަނީ ނައިނާ…” އައިރުޅީގައި ޝާމިރާއަށް އެހެން ބުނެވުނެވެ. އިނާ ވާނުވާގައި އިނދެފައި ކީކޭހޭ ތިބުނީ އެހުމުން ޝާމިރާ ވާހަކަ އޮޅުވަންފެށިއެވެ. އަދި ބާރުބާރަށް ކޮޓަރިއަށް ގޮސްވަނެވެ. އެ މަންޒަރު ބަލަން ހުރި އައިޒަން ހިތާހިތުން ޝާމިރާއަށް ކީއްވީބާއޭ ކިޔާލިއެވެ. މިވީ ދުވަސްކޮޅުތެރޭ ޝާމިރާ ކަމަކާ ވިސްނާކަމާއި އަބަދުވެސް ބިރުގަނެފައި ހުންނަކަން އައިޒަންއަށް ފާހަގަވެއެވެ. އެ ސުވާލުކުރިޔަސް ޝާމިރާ ޖަވާބެއްނުދެއެވެ. ބުނާނީވެސް ވަކި ކީކޭހެއްޔެވެ؟ އެއްޗެއް ބުނެގެން އަނގައިން އަމިއްލަ އަށް ބޭޒާރުވުމަށްވުރެ މޮޔަވުންވެސް ރަނގަޅުކަމަށް ޝާމިރާ ދެކެއެވެ.

“ހަލޯ ސުހުދު…” ޝާމިރާ މިވީ ހަފްތާއެއްތެރޭ ކުރަމުން އައި މަސައްކަތް ކާމިޔާބުވީ ސުހުދު ފޯނު ނެގުމުންނެވެ.. ސުހުދު ފޯނުނުގާތީ އެތިވަރުތަކެއް ކިޔާލީ ސުހުދު ބުނަން އުޅޭ އެއްޗެއް އަޑުވެސް ނާހައެވެ. “މަ ކީއްކުރަން ޝާމިރާ ގުޅީމަ ނަގަންވީ.. މިވީ ހުރިހާ ދުވަހަކު އަހަރެން ގުޅީމަވެސް ޝާމިރާ ހަދަނީ ތިޔަހެން…” ސުހުދު ހިތްހަމަނުޖެހިފައި ބުންޏެވެ. ޝާމިރާ އަނގަހަދައިގަތެވެ. “ސުހުދު ކައިރި މަ ބުނީ އެދުވަހުން އެ ދުވަހަށް މަ ނުދަންނަމޭ ނައިނާ ކިޔާ އަންހެނެއް އެހެންވެ މަ އިތުރަށް ފޯނު ނަގަން ބޭނުންނުވީ.. އެކަމް ކޮންމެ މަހަކު ލާރި ލިބެޔެއްނު އެނިމުނީ…” ޝާމިރާ ހީގަތްފައި އެހެން ބުނިއިރު ދާދި ދެންމެއަކު ހިނގި ހާދިސާ ހަނދާން ނެތުނުފަދައެވެ.

ސުހުދު ހުރީ ޝާމިރާ ކައިރި ނައިނާ ފޮނުވާލި ވާހަކަ ބުނަން ޖެހިލުންވެފައެވެ. އެހެނީ އޭރުން ޝާމިރާގެ ފަރާތުން ލިބޭ ލާރިގަނޑެއް ނުލިބޭނެއެވެ. ޝާމިރާ ނައިނާ ކޮބައިތޯ ސުވާލުކުރުމުން ސުހުދު ބުނާނެ އެއްޗެއް ނޭނގިގެން އެތަށް އިރަކު ހުރެފައި ބުނީ އަމިއްލައަށް މަރުވެއްޖެކަމަށެވެ. އަދި އެކަން ހިނގިތާ ދެހަފްތާވަރު ވެއްޖެކަމަށާއި އެވަރަކުން ޝާމިރާއަށް އެ ގުޅީ އެހަބަރު ދޭށޭ ބުންޏެވެ. ޝާމިރާ ވީ އުފަލުން ފުއްމައިނުގަނެވުނީ ކިރިޔާއެވެ. ނައިނާ އޭނާއަށް ބަދަލުހިފަން އައީއޭ ހިތާ ބިރުން އުޅުނު ވަރު ހިތަށް އަރާފައި ހޭންވެސް ހެވުނެވެ. “އެކަމް…. ޝާމިރާ އަހަރެންނަށް ދޭންޖެހޭ ލާރި ޖެހޭނެ ލިބެން.. އަދިއަދަށްދާންވެސް ނޭނގެޔެއްނު ނައިނާ ކޮބައިކަމެއް… އެހެންވީމަ……………” “ހާސްނުވޭ.. ކޮންމެ މަހަކު ލިބޭނެ.. ނައިނާ ނެތަސް ހުއްޓަސް ސުހުދު ތި މަގޭ އެންމެ ބެސްޓް މީހާ… ތިދިނީ ވަރަށް އުފާވެރި ހަބަރެއް.” އުފަލުން ފޮޅިފައި ހުރި ޝާމިރާ މިވަގުތު ހުރީ ކޮންމެ އެއްޗެއް ދޭންވިޔަސް ދޭނަމޭ ކިޔާލަ ކިޔާލައެވެ. ސުހުދު ވީ އުފަލުން ފޯނުކަނޑާލިއެވެ. އަދި އޭނާގެ މީހުންކައިރިވެސް ނައިނާގެ ވާހަކަ އިތުރަށް މިތާ ތެރޭ ނުދެއްކުމަށް ބުންޏެވެ. ސުހުދު ނައިނާ އެ ބޮޑު އިންޑިޔާގެ މަގުތަށްމައްޗަށް ބޭރުކުރީ އޭނާ ދާނެތަނެއް ނުހުންނާނެކަން ޔަޤީންކޮށްފައެވެ. އޭނާ ހިތުން މިހާރުވެސް ނައިނާ އުޅޭނީ މަގެއްގެ މަތީ ސަލާންޖަހާށެވެ. ނޫނިއްޔާ އަމިއްލައަށް މަރުނުވާކަމެއްވެސް ނޭނގެއެވެ.

…………..

“ޔަޤީންތަ ނައިނާއަށް ދެވޭނެކަން..!” ޝާމިރާގެ ގޭ ކުރިމަތީ ހުރި ލީޝާ ނައިނާ ކުރެން އެ ސުވާލުކޮށްލުމުން ނައިނާ ބޯޖަހާލިއެވެ. އޭނާ ހުރީ ހުސް ކަޅު އެއްޗެހި ލައިގެންކަމުން އަނދިރިގަނޑު ތެރޭ ހުއްޓަސް ފާހަގަވާވަރުވަނީ ރަނގަޅަށް ބެލީމައެވެ. ނައިނާ އާއެކޭ ބުނެފައި ކޮނޑުގައި އަޅުވާލައިގެން ހުރި ބެކްޕެކް ބާރުކޮށްލިއެވެ. “ޝާމިރާ މިހާރު ބިރުގަންނުވޭ ވަރަށް ހުންނާނީ ގެންނުވިފަ.. މިހާރު މީ ސީދާ ޝާމިރާ ކުރިމައްޗަށް އަރަންވީ ވަގުތު… ޝާމިރާއަށް މިހާރު އިނގެންޖެހޭނެ ޝާމިރާގެ މަރު އައިއްސިކަން… މިރޭ މިދަނީ އެގެއަށް ފަސޭހައިން ވަދެވޭނެ ގޮތްތަށް ބަލަން.. އަހަރެންގެ ބަދަލު ފުރިހަމަކުރެވޭނީ މާދަން… މާދަމާ އެއީ ސުހުދުގެ ކަންތަށްވެސް އެއްބުރުން ނިމޭނެ ދުވަސް…” ނައިނާ އެހުރިގޮތަށް ހުރެ އެހެން ބުނިއިރުވެސް އެ ދެލޯ އަމާޒުވެފައި ވަނީ ކުރިމަތީ ހުރިގެއަށެވެ.

އޭނާ ވަނީ އިބްތިޝާމްގެ އެހީގައި ފުލުހުންނަށް ސުހުދުގެ މައުލޫމާތު ދީފައެވެ. އެމީހުން މިހާރުވެސް އަންނަނީ އެކަންތަށް ބަލަމުންނެވެ. ސުހުދު އެކި ގައުމުތަކުގައި ހުންނަ ހަވޭލީތަކާއި ހޮޓަލުތަށް ބަލާ ފާސްކުރަނީ މާދަމާއެވެ. ލީޝާ އަށް ލޮލުން އިޝާރާތްކުރުމާއި އެކު ލީޝާ އެގެއާއި ދިމާލަށް ހިނގައިގަތެވެ. ސެކިއުރިޓީ އާއި ކައިރިވެލާފައި ފޯނުން ތަނެއް އޮޅުންފިލުވުމުގެ ބަހަނާގައި ސެކިއުރިޓީގެ ސަމާލުކަން ދަމައިގަތެވެ. އެ މަންޒަރު ބަލަން ހުރި ނައިނާ ގޭގެ ފާރު ކައިރިމަޑުކޮށްލިއެވެ. އިސްކޮޅަށްވުރެ އުސްކޮށް ރާނަފައި ހުރުމުން އަރަން އުނދަގޫވިނަމަވެސް ނައިނާ ފަރިތަކަމާއި އެކު އެލިގަނެފައި ބަނޑުވިއްދާލިއެވެ. އަދި އަނެއް ފަރާތަށް ފުންމާލިއެވެ. އެ މަންޒަރު ވައްކަޅިން ބަލަން ހުރި ލީޝާ ސެކުއިރިޓީންއަށް ޝުކުރުއަދާކޮށްފައި ދުރަށް ހިނގައިގަތްގޮތަށް ދުރުގައި އިށީނދެ އިނީ ނައިނާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ.

ލައިޓުތަށް ޖައްސާފައި ނެތަސް ހުރެވުނީ ބޮޑު ބަގީޗާއެއްގެ ތެރޭގައިކަން ނައިނާއަށް އިނގުނެވެ. މަޑު ފިޔަވަޅުތަކެއްގައި ކުރިމަތީ ތިންބުރިއަށް ހިއްލާފައި ހުރި ގެއަށް މިޝްރާބުޖެހިއެވެ. ބޮޑުދޮރުން ވަނުމުގެ ބަދަލުގައި ނައިނާ ބެލީ އިތުރު ތަނަކުން ވަދެވޭތޯއެވެ. އެހެންކަމުން ގޭގެ ފަހަތަށް ގޮސް އެކި ތަންތަން ބަލަމުންދިޔައެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ތިރިން ފަށައިގެން މައްޗަށް ފާރުގައި ހަރުކޮށްފައި ހަރުގަނޑެކެވެ. އެ ނިމެނީ ތިންވަނަ ފަންގިފިލާއަށެވެ. އެއީ ޓެރެސްކަމަށް ލަފާކޮށްފައި ނައިނާ ހަރުގަނޑަށް އަރަމުންދިޔައެވެ. ކޮންމެވެސް ވަރަކަށް ހަރުގަނޑު ކުޑައެއްކަމަކު ނައިނާ ފަސޭހަކަމާއި އެކު އަރާ ޓެރެސް އަށް ބޯދިއްކޮށްލިއެވެ.

ހަރުގަނޑުން ޓެރެސް އަށް ފުއްމާލުމަށްފަހު ނައިނާ މުޅިތަނަށް ބަލައިލިއެވެ. މީހެއްގެ ހިލަމެއްނުވާތީ ގޭތެރެއަށް ވަދެވެން ހުރި ދޮރު ހޯދާފައި އެ ދޮރުގައި ހިފާލިއެވެ. އެވަގުތު އެއީ އެތެރެއިންވެސް ދޮރުގައި ހިފާލިވަގުތެވެ. އެތެރޭ ހުރި އައިޒަން ދޮރު ބޭރަށް ކޮށްޕާލާފައި ޓެރެސްއަށް އެރިއެވެ. މާހައުލަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ނަމަވެސް މިއަދު އެ ހަމަހިމޭންކަމުން އޭނާއަށް ލިބެނީ ހަމަޖެހުމެވެ. ދޮރު ރާނާފައި ހުރިތަނުގެ ފަހަތުގައި ފިލާ ހުރި ނައިނާ ބޯ ދިއްކޮށްލިއިރު އައިޒަން ފެނުމުން ވަގުތުން އެތެރެއަށް ދެމިގަތެވެ. އޭނާ ތަންކޮޅެއް ލަސްކޮށްލިނަމަވެސް މިއަދު އައިޒަންއަށް ފެނުނީހެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ވިންދު ލޯބިން ޖެހި ހިތެއްގައި (22)

Next

ސިއްރުން މިހިތާ ކުޅެނީހޭ (ފުރަތަމަބައި)

Next
October 17, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ފުރަތަމަބައި)

Previews
October 16, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (22)

32 Comments!

  1. Ryn says:
    October 16, 2017 at 10:19 pm

    Salaam!! ?
    Thanks for the comments.
    And also thankyou for reading the parts even tho its getting a bit “over”.
    Love ya guys
    Goodnight ?;)

  2. Aki says:
    October 16, 2017 at 10:21 pm

    inthizaaru ga huhta thi up kohla dhinee.

    1. Aki says:
      October 16, 2017 at 10:22 pm

      yey mi first dho

  3. reader says:
    October 16, 2017 at 10:38 pm

    Ey over eh noon. Reethi,ingey.Ekam Nainaa amilla ah Shaamira maraalyma kada vaaneh

  4. mlllll says:
    October 16, 2017 at 10:46 pm

    Nimeny tha story.. ryn reply kohba.. mihaaru reply vx nukurey?

  5. Shaaa says:
    October 16, 2017 at 10:47 pm

    Varah reethi. Nainaa athun sameera maranulahchey. Sameera naina ulheygothun birun amihla ah evaahaka kiyadhey gothah hadhah chey. Eyrah nainaage kusheh noannanee

  6. yula says:
    October 16, 2017 at 10:48 pm

    Vrh reethi..shaamira hoah

  7. Girl 7 says:
    October 16, 2017 at 10:48 pm

    Ryn alhe sakaraaiy nujahaaa… enme neyvaa hifahahtaalan jehunu thankolhun thi ninmaaleeee…. maadhan reyah haadha inthizaareh eba kurevey ….

  8. Saa says:
    October 16, 2017 at 10:55 pm

    Mihaar anehkavx kiyaa hiy vehje..
    Avahah up kohlahchey next part.
    ???

  9. Ryn says:
    October 16, 2017 at 10:59 pm

    Thankyou everyone and yes nimen ulheni. I’m now liyany last parts thah. Parts thakah nubahaa liyaathyve don’t knw how many parts more. And I’m glad that you guys like it. Thnkyou.. Good night ?❤

    1. ponky says:
      October 17, 2017 at 9:43 am

      Ryn… make end romantic ingey… at least they deserve that much

  10. nannu says:
    October 16, 2017 at 11:01 pm

    v fahkaa ingey.. ma hee hee..

  11. Laal says:
    October 16, 2017 at 11:24 pm

    Shaamira moya kohlaigen Aizan kurimathee shaamira kurikanthah eyna Amillaah kiyaidheygothah hadhaabala.ryn.

  12. ??? says:
    October 16, 2017 at 11:25 pm

    Mihaaru eba ragalhuvey vv majaa mihaaru alhe ekam aizan ah saamira ge nulafaa kann angabala vvvvvv rythi mibaii???

  13. khajja says:
    October 16, 2017 at 11:37 pm

    Wow masha allah stry v v cute??? alhey ryn koancheththa thihadhany? Komme faharaku neyvaa hifahattan vanyaa neyvaathaashivedhaane ennu ?? stry v v obi whn nxt prt avaskurachchey plx gudnyt ly??❤❤❤???????????????

  14. zoo says:
    October 17, 2017 at 12:19 am

    mariya ge dharifulhu noolheytha mariya hoadhaakah

  15. Hafeez says:
    October 17, 2017 at 12:33 am

    Thedheh lamha noolheytha maariyaa hoadhaakah. Btw story hama varah reethi ekamaku mi buni thankolhu rangalhu kohlan feney.

  16. Almaa says:
    October 17, 2017 at 4:43 am

    Saamiraa maraaleema kamaku nudhaane saamiraa amilla ah beyzaaru vma ok vaane dhw pls Nainaa safe kurey Nainaa aky gos kujhakah nuhadha v salhiey mi baa vx thx Ryn

  17. Fan says:
    October 17, 2017 at 5:05 am

    Naina aizan ah maafu nukuracchey…he doest deserve her forgiveness…he is such a coward…

  18. Kia says:
    October 17, 2017 at 6:54 am

    Salhi..thankolheh dhigukohlaba

  19. salaa says:
    October 17, 2017 at 8:01 am

    koh irakun aneh bai genes dheveyni vahaka v reethi

  20. Afy says:
    October 17, 2017 at 8:51 am

    Plz naina lavva evves goss kameh nukuruvaathi. Maariya ge emme fahuge vasiyyai naina ah handhaan koddhyba. Adhi aizan aa naina dhemedhuga levifa in faaru kommes varakah thuni kollaba

  21. Reem says:
    October 17, 2017 at 8:51 am

    Naina lahvaa faafa eh nukuruvaathi
    Pls..
    Naina saamiraa maraafiyyaa naina ves evee saamira fadha meehakah..
    Eyge badhaluga saamiraahe angain hurihaa kameh nere police lahvaa saamiraa ah hagu adhabu dhee..
    Pls..
    N dhen aizan aa naina gulhuvaane kameh neiy..

  22. rana says:
    October 17, 2017 at 9:14 am

    varah reethi.

  23. Shaa says:
    October 17, 2017 at 9:31 am

    V v reethi miprt samira birungos kiyai dhineema reethivanee

  24. Ryn says:
    October 17, 2017 at 11:10 am

    Thankyou guys and mirey up khlaanan ingey ? and lam vaahaka ihnaane next part ga.. I appericiate your ideas but this part thah already nimifa. Now last part liyany mi ?.Thank you for the love and support. ?❤

  25. ??? says:
    October 17, 2017 at 12:16 pm

    Aizan naina aina gulhu vahchey ryn saamira ge nulafakan aizan ah ahgabala furarhama eyna amila ah eynage mom aai dhytherey massala jahsaa gothah hadhaba ????

  26. ooo says:
    October 17, 2017 at 1:37 pm

    Ryni ryni mirey dhe part genesdheyn v nu liyenmifa othyma… as a suprise… v suprise vaane eyrah…puleeez

  27. Aisha says:
    October 17, 2017 at 2:22 pm

    Masha allah varah furihama varah inthizaaru kurevey mi story ah ? keep it up ryn ❤

  28. Lillyloly says:
    October 17, 2017 at 7:00 pm

    Ryn plx vaahaka ninmaanulaaaba plxxxz…… N make nainas family perfect plx..

  29. the says:
    October 17, 2017 at 10:11 pm

    up kohlaba avahah please

  30. Xee says:
    October 17, 2017 at 10:26 pm

    Wow vvvv reethi ❤❤❤ nd I think ? ? then nainaa ah ingey nee kan ney ge aixan adhi ves loabi vanyy nainaa deke kan den nainaa shamira maraa hiyaalu dookolanyy nd polihaa havaalu kuranyy also suhudu eyy proof eh shamiraa nainaa ah gelun dinkamuge please avahah up kobba plx and nainaa ge family perfect kuraathi ???? nainaa nd aizan plx avahah gulhuvaba and make it romantic?????❤❤ they really deserve it
    waiting……

Comments are closed.

Next Episodeތި ލޯތްބަށްޓަކައި (28)←


All Right Reserved!