Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރި ލޯބި (13)

Hath Level 110 Stories100 Comments
October 18, 2017 2 Mins Read
10 Comments

ވިރާހު އަހަރެމެންނާއި އަރާ ހަމަކޮއްލުމަށްފަހު ރުޅިވެރި ނަޒަރަކުން އަހަރެމެންނާއި ދިމާލަށް ބަލާލިއެވެ.

ސައިކަލަށް އެރުމާއިއެކު ވިރާހު ވަރަށް ބާރަށް ދުއްވާލިއެވެ. ދުއްވާފައި ގޮސް ބޮޑުތަކުރުފާނުމަގުގައި ތާރު އަޅާފައިވާ ސަރަހައްދުގައި މަޑުކޮއްލިއެވެ. ވިރާހު ސިނގިރޭޓެއް ނަގައި ރޯކޮއްލިއެވެ.

” ކީއްކުރަން މިތާ މި މަޑުކުރީ؟ އަހަރެން މިހުރީ ވަރަށް ނިދި އައިސްސަ… ” ފޫހި ރާގަކަށް އަހަރެން ބުނެލީމެވެ.

” ކީއްކުރަން އިޔާޒު ތިމް ދިޔަ ތަނެއްގައި ހުންނަންވީކީ؟؟ ”  ވިރާހު  ސައިކަލު  މަތިން  ތެދުވެ  ސިނގިރޭޓު  އެއްލާލައިފައި އަހަންނާއި ސުވާލު ކުރިއެވެ. އަހަރެންވެސް ވިރާހުއާ ދިމާލަށް އިށީނދެ އިނދެ، އެނބުރިލީމެވެ.

” އެއީ މަގޭ ބެސްޓްފްރެންޑް، އެހެންވީމަ އަހަރެންދާ ގިނަ ތަންތަނަށް އޭނަ ދާނެ. ” އަހަރެން ބުނެލީމެވެ.

” އެހެންވިއަސް މީގެ ފަހުން އޭނަ ދާ ތަންތަނަށް ތިމް ދާކަށް އަހަރެން ހިތްހަމައެއް ނުޖެހޭ!! ”  ވިރާހު  އަމުރުވެރި  ފާޑަކަށް ބުނެލިއެވެ.

” ބަލަ ތީ ކާކު މަށަށް އަމުރު ކުރަން؟ ” ނުލަފާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން އަހަރެން ބުނެލީމެވެ.

” އަހަރެން މީ ތިމްގެ ވާންއުޅޭ ފިރިމީހާ ކަން ހަނދާންނެތުނީތަ؟ ” ވިރާހު އަޑަށް ބާރުލާފައި ބުނެލިއެވެ.

” އަދި ވާންއުޅޭ ފިރިމީހާ ކަމެއް  އަހަންނަކަށް  ޔަގީނެއް  ނޫން.  މިއަދު  އަހަރެން  ބައްޕަ  ގާތު  ނަންގަތިން  ދޯ  އަހަރެން އިޔާ ދެކެ ލޯބިވާ ވާހަކަ. އެއަށްފަހު ބައްޕަ އެކަމާ ގުޅޭގޮތުން ވާހަކަ އެއް ނުދައްކަވާ.. އެހެންވީމަ؟؟؟؟ ”  އަހަރެން  ހެވިލާފައި އިނދެ ބުނެލީމެވެ. ވިރާހު ރުޅިގަދަވެގެން މުއްކަވާލިއެވެ.

އަނދަ އަނދާ ހުރި އަލިފާން ގަނޑަށް ޕެޓްރޯލް އެޅޭކަން އެނގިހުރެވެސް ވިރާހު ރުޅިއަރުވާލަން އިތުރަށް އޭނާ ހިތްހަމަ ނުޖެހޭ  ގޮތަށް ވާހަކަ ދެއްކީމެވެ.

” ނޭންގެއެއްނު، ހަމަ ވެދާނެއެއްނު މިރޭ މިއައީ އަހަރެންގެ ކައިވެނި ޕާޓީ ނިންމާލާފައި ނޫން ކަމެއްވެސް. ”  އަހަރެން  އެއްފައި މައްޗަށް އަނެއް ފައި ލަމުން ބުނެލީމެވެ.

” އާނ ކައިވެނި ޕާޓީ ނިންމާފައި ތިއައީ. އެހެންވެ ފިރިމީހާ ހިލޭ މީހަކާ އެކު ދާތަން ބަލަން ހުރީ!! ”  ވިރާހު  ހިނިގަނޑެއް  ޖަހާލަމުން ބުނެލިއެވެ.

އަދި އަހަރެންނާ ކައިރިވެލުމަށް ފަހު ކަންފަތްދޮށުގައި ވާހަކަ އެއް ބުނަން އުޅުމުން އަހަރެން ވިރާހު ދުރަށް ކޮއްޕާލީމެވެ.

” ދެން ލޯބި ޕްލީޒް! ރުޅިއައީތަ؟ އަހަރެން އުޅުނީ ސޮރީ ބުނާށޭ! އެހާ ރުޅި އާދެވުނީމަ… ” ވިރާހު ބުނެލިއެވެ.

އަހަރެންގެ ފޯނަށް މެސެޖެއް އައީ ހަމަ އެވަގުތުއެވެ. މެސެޖު ކުރީ އިޔާއެވެ. އިޔާ އަހާފައި އޮތީ ގެއަށް ދެވުނުތޯއެވެ. އަހަރެން  ސައިކަލުން ފައިބާފައި އިޔާ އަށް މެސެޖު ކުރަން ހުއްޓާ ވިރާހު ސައިކަލަށް އަރާށޭ ބުނެލިއެވެ.

ގެއަށް ދެވުމާއި އެކު އަހަރެން އަވަސްވެގަތީ ފެންވަރާށެވެ. ފެންވަރާލައިގެން ނިދާ ހެދުން ލައިގެން އައިސް އޮށޯވެ އިޔާ އަށް ގުޅާލީމެވެ. ބިޒީ ކޮއްލާފައި އިޔާ ގުޅިއެވެ. އަދި އެހާ ގެއަށް އައުން އެހާ ލަސްވީ  އީއްވެތޯ  ސުވާލު  ކުރިއެވެ.  އަހަރެން  ވީ  ހުރިހާ ކަަމެއް ކިޔާ ދިނުމުން އިޔާ ވަރަށް ހިތްހަމަ ނުޖެހުނެވެ. ނަމަވެސް އެވާހަކަ ބާއްވާފައި އަހަރެމެން ދެމީހުންވެސް ބޭނުންވީ ލޯބިން ވާހަކަ ދައްކާލާށެވެ. އަލަތު ލޯބި ހާސިލްވުމުން ކޮންމެ މީހަކަށްވެސް ވާނީ މިހެންތާއެވެ. އެކި  ވާހަކަ  ދައްކަމުން  ގޮސް ފަތިސް ނަމާދު ބަންގި ގޮވުމުން  ދެމީހުންވެސް  ނަމާދު  ކޮއްލައިގެން  އަނެއްކާވެސް  ވާހަކަ  ދައްކާލާފައި ނިދީއެވެ.

ގަޑިން ހެނދުނު 8  ޖެހިއިރު  ފަހަރި  އައިސް  ދޮރުގައި  ޓަކި  ޖެހިއެވެ. ލޯ އުނގުޅަމުން ގޮސް ދޮރު ހުޅުވުމުން  ފަހަރި  ބުނީ  ބައްޕަ  އަހަރެން  ހޯއްދަވާ ވާހަކައެވެ. އަވަސް އަވަހަށް ދަތް އުނގުޅާލައިގެން ނިކުމެ ގަޔަށް ހިފާފައި ހުރި އަޅި ކުލައިގެ ޓީޝާޓަކާއި ކްރީމް ކުލައިގެ ފުއްޕިހަރުވާޅެއް ލައިގެން  ބޮލުގައި  ހުޅި  ޖަހަމުން  ކޮޓަރިން  ނުކުމެ  ސިޑިން  ތިރިއަށް  ދާން ދުއްވައިގަތީމެވެ. ތިރިއަށް ދެވުނު  އިރު  ގޭ  އެންމެން ނާސްތާ  ކުރަން  ފައްޓައިފިއެވެ.  ވިރާހުވެސް  ކާމޭޒު  ދޮށުގައި ނާސްތާ ކުރަން އިނެވެ. ބަދުނަސީބު ކަމުން ހުސް ގޮނޑިއެއް އިނީވެސް ވިރާހު އިން ގޮނޑިއާ ޖެހިގެންނެވެ. އަހަރެން  އައިސް ކޮފީ ޖަގުން  ކޮފީ  ތައްޓެއް  އަޅައިގެން  ވިރާހުއާ ޖެހިގެން އިން ހުސް ގޮނޑީގައި އިށީނދެލީމެވެ.

ބައްޕަ އަހަންނާ ދިމާލަށް ބައްލަވާލެއްވިއެވެ. އަހަރެން އިސްދަށަށް ޖަހާލީމެވެ.

” ދަރިފުޅާ ތިމްނާ. މިހާރު ތިމްނާއަށް ވެސް 21 އަހަރުވީ. ބައްޕަ އިއްޔެވެސް ބުނިހެން ބައްޕަ ހަމަ ބޭނުންވަނީ ލަސްނުކޮށް އަންނަ މަހު 1 ގައި ދަރިފުޅާއި ވިރާހު ކައިވެނި ކުރަން. މިއީ ދެއާއިލާގެވެސް ވަރަށް  ބޮޑު  އެދުމެއް.  މިއީ  ވިރާހުގެ  މައިންބަފައިންވެސް  އެދިލައްވާ  ގޮތް.  ބައްޕައަށް  އިނގޭ  ދަރިފުޅު  ބައްޕަ  ބުނާ  ކަމަކަށް  ދުވަހަކުވެސް  ދެކޮޅު ހަދާފައި ނެތްކަން. އިނގޭ ނުވެސް ހަދާނެ ކަންވެސް. އަދި އިނގޭ ދަރިފުޅުގެ ހިތުގައި  އޮތީ  އެހެން  މީހެއްކަންވެސް. އެކަމަކު ބައްޕަވެސް ބައްޕަގެ ހުރި  ހަމައެކަނި  އަންހެން  ދަރިފުޅުގެ  އަތާއި  އަތް  ގުޅުވާލަން  ބޭނުންވަނީ ދަރިފުޅު އުމުރު ދުވަހުވެސް އުފަލުގައި ގެންގުޅޭނެ ކަމުގެ  ޔަގީންކަން  ބައްޕައަށް  އޮންނާނެ  ވަރުގެ  މީހަކާ.  އެހެންކަމުން  މިއަދުން  ފެށިގެން  އެންމެންވެސް  މިކައިވެނީގެ  ކަންކަމާއި  އުޅެންވީ.  މާކަ  ގިނަ  ދުވަހެއް  ދެން ނެތް. ދެން އޮތީ ބަރާބަރު 15 ދުވަސް. ” ބައްޕަގެ ވާހަކަކޮޅު ނިންމަވާލެއްވީ އަހަރެންގެ ހިތް ފުނޑުފުނޑު ކޮއްލާފައެވެ.

ހަމަ އެވަގުތު ވިރާހު އަހަރެންގެ ފައިގައި ވިރާހުގެ ފައިން މަޑުމަޑުން ޖަހާލިއެވެ. އަހަރެން އިސްދަށަށް ޖަހާލީމެވެ. ލޮލުގައި  ޖަމާވެފައިހުރި  ކަރުނަތިކިތައް  ފޭބީ  އުނގަށެވެ.  މޭޒުމަތީ  އޮތް  އޫ  ވައްޓާލާފައި،  އޫ ނަގަން ގުދުވެލާފައި ކަރުނަތައް ފޮހެލީމެވެ. އެވަގުތު ބައްޕަ ނާސްތާކޮށް ނިންމަވައިގެން ތެދުވެވަޑައިގެންފިއެވެ. ފަހަރި އާއި ބޭބެމެން އައިސް އަހަރެމެންނާއި ސަލާމް ކުރިއެވެ. ވިރާހު  ހުރީ  ވަރަށް  އުފާވެފައެވެ.  ކޮފީތަށީގައި އަނގަޖަހާ އެއްފަހަރުން ހުސްކޮއްލާފައި އަހަރެން ތެދުވަން އުޅެނިކޮށް ވިރާހު އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެން ފޮޅުވާލުމަށްފަހު ދާން ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް އެކަންވީ ބޭކާރު ކަމަކަށެވެ.

” އަހަރެން ބުނީމެއްނު އަހަރެން މިފަހަރަު ދެން ދާނީ ތިމް އަހަރެންގެ މީހަކަށް ހަދާފައޭ؟ އަދި ބުނީމެއްނު އަހަރެންނޭ ތިމް މިލްކު ކުރާނީވެސް. ތިމް ތިއުޅެނީ އަހަރެންނާ އިންނަން، އެހެންވީމަ މޭގެ ފަހުން ހަދާނީ  އަހަރެން ބުނާ ގޮތް… އިނގޭ! ”  ވިރާހު  މަޑުމަޑުން ބުނެލުމަށްފަހު އަހަރެންގެ އަތުން އަތް ދޫކޮއްލިއެވެ.

ކައިވެނީގެ ކަންތަކާމެދު ވިސްނަމުން މަޑުމަޑު ހިނގުމެއްގައި  ގޮސް  ކޮޓަރިއަށް  ވަދެ  އެނދުމައްޗަށް  ވެއްޓިގަތީމެވެ.  ފޯނު  ނަގައި  އިޔާ  އަށް  ގުޅާލީމެވެ.  މިއަދު  އެހާ  ހެނދުނު  ނިދާފައި  އަދި  ނުހޭލާނެކަން  ގައިމެވެ.  އިޔާއަށް  ދެފަހަރަށް ގުޅާލުމުންވެސް ފޯނު ނުނެގުމުން އަހަރެން ގަސްތުކުރީ އެގެއަށް ދޮސްލާށެވެ.  އިސްތަށިގަނޑުގައި  އިން  ހުޅި  ރީތި  ކޮއްލުމަށްފަހު  ތިރިއަށް  ފޭބީމެެވެ.  ގޭގެ  މައިދޮރާށި  ހުޅުވާ ބޭރަށް ނުކުއިން އިރު ދުރުން އަހަންނަށް  މީހަކު  ބަލާހެންހީވިއެވެ.  އެނބުރި  ބަލާލި  އިރު  އެއްވެސް  މީހަކު  ފެންނާކަށް  ނެތެވެ.  އިޔާމެންގެއަށް  ދިޔައިރު  އެގޭތެރެއިން އެއްވެސް  މީހެއް  ފެންނާކަށް  ނެތެވެ.  ތިން  ފަހަރަށް  ސަލާމް  ގޮވުމަށް  ފަހުވެސް  މީހެއްގެ  ހިލަމެއް  ނުވުމުން އަހަރެން މިސްރާބު ޖެހީ އިޔާގެ ކޮޓަރިއާ ދިމާލަށެވެ. ނަސީބު ރަނގަޅުކަމުން އިޔާ ގެ ކޮޓަރި ހުރީ ހުޅުވާފައެވެ.  ކޮޓަރިއަށް ވައިންއިރު އިޔާ އޭނާގެ ކިންގ ސައިޒްބެޑްގައި ވަރަށް އަރާމުގައި ނިދާލާފައި އޮތެވެ. ބޮޑު ބެލްކަނީގެ ދޮރުތައް ނުލައްޕާ ހުރުމުން ދޮރުފޮތިތައް ވަޔާ ނަށަނީއެވެ. އިރުގެ ނަލަ ނަލަ ދޯދި ތަކުން ކޮޓަރި ވަނީ އަލިކޮއްލާފައެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ސާފުތާހިރުކަމެވެ. މުޅި  ކޮޓަރިއަށް  ބަލާލައިފިނަމަ  ޔަގީންވާނެ  އެއްކަމަކީ  އިޔާ  ސާފުތާހިރުކަމަށްދޭ  އަހަމިއްޔަތު ކަމެވެ.

އިޔާގެ އެނދުގައި އަހަރެން މަޑުމަޑުން އިށިނދެލީމެވެ. އަދި އިޔާއާ ގާތަށް ޖެހިލީމެވެ. އިޔާގެ މޫނަށް އެޅިފައިވާ އިސްތަށިތައް  ކަނާއަތުގެ ޝަހާދަތް އިނގިލިން އެއްކައިރިކޮއްލީމެވެ. އިޔާއަކަށް އިހުސާސްވިހެނެއް  ހިއެއްނުވެއެވެ.  ހަމަ  ނިދާފައި  އޮތް ގޮތަށް އޮތީއެވެ. އަހަރެން މަޑުމަޑުން އިޔާ ގައިގައި ކޮއްޓާލީމެވެ. އިޔާ އެނބުރެން އުޅެލާފައި އަހަރެންގެ ފައިގައި ބޯއަޅާލިއެވެ.އަހަރެން އިޔާގެ އިސްތަށިގަނޑާ ކުޅެންފެށީމެވެ.  ކުއްލިއަކަށް އިޔާ ސިއްސައިގެން ގޮސް ފުއްމައިގެން ތެދުވިއެވެ.

” ތިމް. މިތާނގާ؟ އަހަރެން ބިރުން ގޮސް ހަލާކުނުވީ ކިރިޔާނު…!! ” އިޔާ ނިދާހޭލިގަޑި ވީމާ އަޑު ނިކަން ހިތްގައިމެވެ.

” އަހަރެން ހިއެއް ނުކުރަން އިޔާ ތިހާ ބިރުގަންނާނެ ކަމަކަށް… ” އަހަރެން ހީލީމެވެ.

އިޔާ ގާތުގައި ހުރެވުމުން ލިބުނު ހިތްހަމަޖެހުމަށްވުރެ ބޮޑީ ހިތުގައިވި އުދާސްތަކެވެ. ވިސްނެން ފެށުނެވެ. އަހަރެން އިޔާގާތު މިވާހަކަތައް ކިޔާދޭނީ ކިހިނެތްބާއެވެ..؟ ކޮންމެ ގޮތެއް ވިކަމުގައިވިއަސް ކިޔާދޭން އެބަޖެހެއެވެ. އަހަންނާއި ވިރާހުގެ ކައިވެނި 15 ދުވަސް ތެރޭގައި ކުރެވެން އުޅޭކަން ޔަގީންވެއްޖެކަން އިޔާއަށް އަންގަން ވާނެއެވެ. ހިޔާލުތަކުގެ ދުނިޔެއަށް ގެނބިފައި އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. އިޔާ ފުއްޓަތްކެއް ޖަހާލުމުން އަހަރެންނަށް ހިޔާލީ ދުނިޔެއިން ބޭރަށް ނިކުމެވުނެވެ. އަހަންނަށް  ނޭނގުނީ އެހުރިހާ އިރަކު އިޔާ އިނީ އަހަންނާއި ދިމާލަށް ބަލަންކަމެވެ. ފެންކަޅިވެފައި އިންކަންވެސް އެނގުނީ އެސްފިޔަޖަހާލުމުން ވެއްޓެން ތައްޔާރަށް އިން ކަރުނަތިކި ވެއްޓުމުގެ ކުރިން، ހުށިޔާރު ކަމާއި އެކު އިޔާގެ ކަނާއަތް އަހަރެންގެ މޫނާއި  ކައިރިކޮއްލުމުން  އެކަރުނަތިކި އިޔާގެ އަތްތިލައިގެ މެދަށް ވެއްޓުމުންނެވެ.

އިޔާ އެކަރުނަތިކި ވެއްޓުމާއި އެކު އޭނާގެ އަތް ލައްޕާލިއެވެ.  އަދި މޭގައި ޖައްސާލިއެވެ.  މިއީ އަހަރެންގެ ހައްޤެކޭ ބުނާފަދަ ބީދައަށެވެ.

 

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hath

Level 110 Stories100 Comments

My hobby is writing stories. :)

Other Articles

Previous

ހިތް މިއެދޭ ސޫރައޭ ތީމަގޭ…..

Next

ހަވޭލީ (9)

Next
October 18, 2017

ހަވޭލީ (9)

Previews
October 18, 2017

ހިތް މިއެދޭ ސޫރައޭ ތީމަގޭ…..

10 Comments!

  1. Maly says:
    October 17, 2017 at 7:02 pm

    V v v reethi mi part ves.. dhen thim aa viraah akaa nugulhey.. hama iyaa aa gulheny. E dhemyhun gulhuvadhy pls

    1. Maly says:
      October 17, 2017 at 7:06 pm

      Me first dhw..

  2. $JK..KOREAN says:
    October 17, 2017 at 7:42 pm

    wow hama habeys mi story.. thim n iyaa gulhuvaba. avahah nxt part up kohlahchey. thankolheh dhigukoh.. 🙂

  3. Lai says:
    October 18, 2017 at 12:07 am

    Wow v salhi

  4. SJK says:
    October 18, 2017 at 9:49 am

    same part??

    1. reader says:
      October 18, 2017 at 12:47 pm

      SJK aky writer eh?
      Mee ehen SjK eh dho?????

    2. SJK says:
      October 18, 2017 at 3:37 pm

      no reader. i’m the same person. n i started writing storys 🙂 🙂

  5. reader says:
    October 18, 2017 at 12:40 pm

    Same part ehnu?

  6. Xee says:
    October 18, 2017 at 12:58 pm

    Mee same eh nu

  7. Yal v says:
    October 18, 2017 at 2:03 pm

    Thim aa iyaa aa gulhey dhuvahakah inthixaar kuraaani vvv reethi

Comments are closed.

Next Episodeއިންތިޒާރު ކުރި ލޯބި (14)←


All Right Reserved!