Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ…..(31)

Dhippi Level 4100 Comments10 Stories
October 16, 2017 9 Mins Read
46 Comments

“އަލް ކޯއްޗެއް ތިބަލަނީ؟” އަލްޔާ އެއްދިމާލަކަށް ބަލަން އިނުމުން ކަރަމް އަހައިލިއެވެ. އޭރު އަލްޔާ އިނީ ދާހިއްލާ ފޯވެފައެވެ. “އުހު… ނޫން! ތަނަކަށް ނުބަލަން، ކިހިނެއްވީ؟” ސިއްސައިގެން ގޮސް ހާސްވެފަ އަލްޔާ ބުނެލިއެވެ. އަލްޔާ ސިއްސައިގެން ގޮސް އެހެން ބުނުމުން ކަރަމް އިތުރަށް ހާސްވެ ދެވަނަ ފަހަރަށް ވެސް އެ ސުވާލް ތަކުރާރު ކޮއްލިއެވެ. އެހެން ނަމަވެސް ދެވަނަ ފަހަރަށް ވެސް ތަނެއް ނުބަލާކަމަށް އަލްޔާ ބުނެލިއެވެ. “ކަރަމް ހިނގާ ދެން ދާން… ވަރަށް ލަސް ވެއްޖެ މިހާރު!” ނުތަނަވަސް ވެފަ އަލްޔާ ބުނެލިއެވެ. އޭރު ވެސް ސިއްރު ސިއްރުން އަލްޔާ ދިޔައީ ވިނާން ހުރި މޭޒާ ދިމާލަށް ބަލަމުންނެވެ. އަލްޔާ އެމޭޒަށް ބަލާކަން އެނގުމުން ކަރަމް ވެސް އެދމާލަށް ލޯ އެއްލާލިއެވެ. އޭރު ކަރަމްގެ ދެލޯ ދިޔައީ ބޮޑު ވެގެންނެވެ. ދެލޯ ބޮޑު ވާނެތާއެވެ. ކުރިމާތީގައި ހުރި ގޮނޑީގައި އެހެރީ އޭނަ އުޅޭ އޮފީހުގެ ބޮސް ދަރި ވިއްޔާއެވެ. އެހެން ވީމަ އަންތަރީސް ވެސް ވާނެތާއެވެ. އެވަގުތު މާކިން ލޮލުގެ އިޝާރާތުން ކޮންމެސް އެއްޗެހި ތަކެއް ބުނުމުން އިތުރަށް އެތާ މަޑު ނުކޮށް އަލްޔާ ދާން ހިނގާގަތެވެ. އޭރު މާކިން ހުރީ ބިލަށް ފާއިސާ ދެއްކި ފަހުން ފެން ފުޅިއެއް ގެނެސްފަ ހުރީތީ އެޔަށް ލާރި ދައްކަން ކައުންޓަރު ކައިރިއަށް ގޮސްފައެވެ. މާކިން އަލްޔާ ދާތަން ބަލަން ހުރުމުން ވިނާންއަށް އެތަން ފެނިގެން އޭނަވެސް ކަޅި ހުއްޓާލީ އެދިމާލަށެވެ. އޭރު އޭނަޔަށް ފުރަގަސް ދީގެން އެހެރަ ދާ އަންހެން ކުއްޖަކީ ވިނާން ކޮންމެވެސް ވަރަށް ދަންނަ ކުއްޖެހެން ބަލި ހަނދާނަކުން ހަނދާން ވިއެވެ. އެކަމަކު ސީދާ އަލްޔާ ކަމެއް ވިނާންގެ ސިކުޑިއަކަށް ނަގައެއް ނުގަނެވުނެވެ. އެހެން ނަމަވެސް އެ ކުއްޖާޔާ ދިމާލަށް ބަލަން އިނެ ވިނާންއަށް ކުއްލިއަކަށް އެކުއްޖާ ފަހަތުން ދުއްވާގަނެވުނީ ކީއްވެ ކަމެއް ހުދު އޭނަޔަށް ވެސް ނޭނގޭ ކަހަލައެވެ. މާކިން ހައިރާން ވެގެން އޭނަގެ ފަހަތުން ހިނގައިގަތީ ހައިރާންވެގެންނެވެ.

ވިނާން ދުވެ ދިޔަ ގޮތަށް އެއްލި އަތުން ހިފުނީ އަލްޔާގެ އަތުގައެވެ. އެވަގުތު ވިނާން ކުރިއަށް ޖެހިލާ އަލްޔާގެ އަތުގަ ހިފާ އޭނަޔާ ވީފަރާތަށް އަބުރާލިއެވެ. ކުރިމަތީގަ ފެންނަން ހުރި އަލްޔާ ފެނުމުން ވިނާން ދިޔައީ ދެލޯ ބޮޑު ވެގެންނެވެ. “އަލް ކޮންތާކު ތިއުޅެނީ؟! ކޮންތާކަށް ތިދަނީ؟!” ހިތް އަވަސް ވެފަ ވިނާން އަހައިލިއެވެ. އޭރު ވިނާންގެ ފަހަތުގަ ކަރު އެލުވާލާގެން ހުރި މާކިން މިފަހަރު ވެސް ނޫނެކޭ ބުނާ ފަދަ ގޮތަކަށް ލޯ އަޅާލުމުން އަލްޔާ އިސް ޖަހާލިއެވެ. ހަގީގަތުގައި މާކިން ބުނީ މާކިންމެން ގޭގަ އުޅޭ ވާހަކަ ނުބުނުމަށެވެ. ފަހަރެއްގަ އަލްޔާއަށް މާކިން އެބުނި އެއްޗެއް ނޭނގޭ ކަމަށް ވެސް ވެދާނެވެ. “ވިނާން އަހަރެން ދާން ވެއްޖެ… އަހަރެންގެ އަތުން ދޫ ކޮއްލާ! ޕުލީޒް..!” އިސްޖަހައިގެން ފެންކަޅިވެ ހުރެ އަލްޔާ ބުނެލިއެވެ. އެހެން ނަމަވެސް ވިނާން ހުރީ އަލްޔާގެ އަތުން ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. އަލްޔާ އެހެން ބުނުމުން އިތުރަށް ބާރުލާ ވިނާން އަލްޔާގެ އަތުގަ ހިފާލިއެވެ. “އަހަރެން ކުރާ ސުވާލަށް ޖަވާބުދީބަލަ އަލް… ހެޔޮނުވާނެ! ކީއްވެތަ އަލް ފިލައިގެން ތިއުޅެނީ؟ ބުނެބަލަ…” ވިނާން ފެންކަޅިވެފަ ހުރެ ބުނެލިއެވެ. “ވިނާން ކުރާ އެއްވެސް ސުވާލަކަށް ޖަވާބު ދޭކަށް ނުޖެހޭނެ އަދި ކުރާ ސުވާލެއްގެ އަޑު އަހާކަށް ވެސް ނުޖެހޭނެ! އެނގިއްޖެތަ؟! އަހަރެން ދާން ތަން ދައްކާ..!” އަލްޔާ ތަން ކޮޅެއް ހަރުކަށިކޮށް ބުނެލިއެވެ. އަލްޔާ އެހެން ބުނުމުން ވިނާންއަށް ހީވީ ބޮލަށް އުޑު ވެއްޓުނު ހެންނެވެ. އޭރު ވިނާން ހިތަށް އަރަމުން ދިޔައީ އަލްޔާއަށް އޭނަގެ ހާލު އިނގޭނަމަ ކޮންފަދަ ހެއްޔެވެ. އަދި އަލްޔާ އެވަރަށް ބަދަލު ވާން ވީ އަހަރެން ކީއްކޮއްގެން ހެއްޔެވެ. “އަލް ޕުލީޒް! ތިހެން ނުބުނޭ.. އަލްއަށް އިނގޭތަ އަހަރެން މިއުޅޭ ހާލު؟ ހެޔޮ ނުވާނެ އަލް ތިހެން ނަހަދާ އަހަރެންނާ ދޭތެރޭ! ކޮންމެވެސް ރަހުމެއް ކުރޭ! ޕުލީޒް…” ރޮމުން ވިނާން ބުނެލިއެވެ. ހަގީގަތުގައި ވެސް ވިނާން ހުރީ ހަމަ ރަނގަޅަށް ވެސް ރޮވިފައެވެ. “އަހަރެން ނުޖެހޭނެ އެކަކަށް ވެސް ރަހުމު ކުރާކަށް!” ރުން ކުރުވި ޖަވާބެއް އަލްޔާ ދިނެވެ. ހަގީގަތުގައި އަލްޔާ ވިނާންއާ ވާހަކަ އެ ދައްކަނީ ދުވަހަކު ވެސް އޭނަ ވާހަކަ ދައްކަނު ބޭނުންވާ ގޮތަކަށް ނޫނެވެ. އެކަމަކު ކިތަންމެ ދެރަވިޔަސް ކިތަންމެ އަސަރެއް ކުރިއަސް މިއަދު އަލްޔާއަށް އެނޫން ގޮތެއް ނެތެވެ. ސަބަބަކީ އަފީފާގެ ވިހަ ބަސްތައް އަދިވެސް އެ ސިކުނޑީގައި ހަރުލާފަ ވާތީއެވެ. “ވިނާން އަހަރެންނަށް ރަނގަޅީ ދެން އިތުރަށް އަހަރެންނަށް އުނދަގޫ ނުކުރިއްޔާ! މިހިރީ އަހަރެންގެ ބޯއި ފުރެންޑް އަހަރެން މިއުޅެނީ ވަރަށް އަވަހަށް ކައިވެނި ކުރަން ވެގެން!” ކަރަމްގެ އަތުގަ ހިފާ ދައްކަމުން އަލްޔާ ބުނެލިއެވެ. ކަރަމް ހުރީ ހައިރާންވެ ވެގެން މިއުޅެނީ ކޮންކަމެއް ކަން ނޭނގި ސިކުނޑީގަ ބޮޑު ހާޖާނު ގަނޑެއް އުފެދިފައެވެ. އަލްޔާގެ ބަސްތައް އިވި ހުއްޓުން އަރާފަ ހުރި ވިނާންއަށް އަލްޔާގެ އަތުން ދޫ ކޮއްލެވުނީ އެއްވެސް އިހުތިޔާރަކާ ނުލައެވެ.
ވިނާން ހުރީ ހުރި ތަނަށް ބުދެއް ހެން ހަރު ލާފައެވެ. އިތުރަށް އެންމެ މިނިޓަކުވެސް އެތާ މަޑު ނުކޮށް އަލްޔާ ދުވެގަތީ ދެވޭ ތަން ވެސް ނޭނގޭ ހާލުގައެވެ. ކަރަމް ވެސް ފަހަތުން ބާރު ލާފަ ދުއްވާގަތީ ސިކުނޑި ފަޅައިގެންދާ ހާލުގައެވެ. ވާނީ ވެސް އެހެން ތާއެވެ. ކުރިމަތީގަ އެހެރީ އޮފީސް ބޮޑުމީހާގެ ދަރި ވިއްޔާއެވެ. ކަރަމްއަށް ވިސްނުނުހާ އެއްޗަކީ އަލްޔާއާ ވިނާންއާ ކޮންމެވެސް ގުޅުމެއް ވާކަމެވެ. އިތުރު އެއްޗެއް އެވަގުތު އެސިކުނޑިއަށް ނަގައެއް ނުގަނެވުނެވެ.

“ވިނާން ހިނގާބަލަ ދާން..! މިތާ މީހުން އެއްވަނީއޭ ބަލާބަލަ…” ވިނާންގެ ދެކޮނޑުގައި ހިފާ ތަޅުވަމުން މާކިން ބުނެލިއެވެ. އެވަގުތު މާކިން ނިންމީ ވިނާން ހަމަޔަކަށް އެޅުމުން ހުރިހާ ވާހަކައެއް އޭނަޔަށް ކިޔާދޭށެވެ. ރަހުމައްތެރިޔާ އެއުޅޭ ހާލު ބަލަން އިތުރަށް ކެތް ނުވީ ތޯއްޗަކެވެ. މާކިން އެހެން ބުނުމުން ބުދެއްހެން ހުރެ ވިނާން ހިނގާގަތީ މާކިން ދާގޮތަށެވެ. ވިނާންގެ އަތުގަ ހިފައިގެން މާކިން ގޮސް ވަނީ ހޮސްޕިޓާ އެތެރެއަށެވެ. އޭރު މާކިންގެވެސް ބޯހިވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށްވީ ކަރަމް އާ ރައްޓެހިވެގެން އުޅޭ ވާހަކަޔާ އިންނަން އުޅޭ ވާހަކަ ބުނުމުންނެވެ. ވިނާންއަށް ސިއްރުން އަލްޔާ އެ ގޭގަ ގެންގުޅުނަސް ވިނާންއަށް އަލްޔާ ބީވެގެން ދާކަށް މާކިން އެއް ނުއެދެއެވެ. އެހެން ކަމުން މާކިން ހުރީ ދެން އަޅަންވީ ފިޔަވަޅެއް ނޭނގި ގޮތް ހުސް ވެފައެވަ. އަދި އެކުވެރިޔާއަށް އަވަރުގެ ބޮޑު އޮޅުވާލުމަށް އޮޅުވާލެވުނީތީ އިންތިހާޔަށް ދެރަވެފައެވެ. މީގެ ދެތިން ދުވަސް ކުރިން މާކިންއަށް ވެސް ވަނީ ކަރަމް އެ ގެއިން ފެނިފައެވެ. އެހެން ނަމަވެސް އެދެމީހުން ރައްޓެހިވެގެން އުޅޭ ވާހަކައެއް އަލްޔާ ވެސް ލީޒާ ވެސް ބުނެފައެއް ނެތެވެ. މާކިންއަށް އެނގިފަ އޮތް ގޮތުން ވިއްޔާ ކަރަމް އަކީ އަލްޔާގެ ގާތް ރައްޓެއްސެކެވެ.

މާކިން ވިނާންގެ އަތުގަ ހިފައިގެން ގޮސް އިށީނީ ހޮސްޕިޓަލުތެރޭ ހުރީ ގޮނޑިއެއް ގައެވެ. އޭރު މާކިންއަށް އިނދެވުނީ ރަނގަޅަށް ވެސް ހަތަރު އުދަރެސް ފެނުޖެހިފައެވެ. އެ ވަގުތު ވަޒުނާއާ ސައުދު އާ ވެސް އައިސް އެތަނަށް ހުއްޓުނީއެވެ. “ވަޒޫ ކޮބާ ދައްތަގެ ހާލަކީ؟ ހޭ އަރައިފިތަ؟” ވަޒުނާޔާ ސައުދުއާ ދެބަފައިން އައިސް އެތަނަށް ހުއްޓުމުން މާކިން އަހައިލިއެވެ. “އަދި ހޭނާރާ… އައިވީއެއް ގަންނަން ބައްޕަ ގޮސްފަ ލަސްވާތީ ބައްޕަ ކޮބާތޯ ބަލަން އައި އިރު ބައްޕަޔާ ދިމާވީ… ދެން އެކޮޅަށް ދަނިކޮށް މާކް މެންނާ މި ދިމާވީ… ދޯ ބައްޕާ؟!” މާކިންގެ ސުވާލަށް ޖަވާބު ދިނުމަށް ފަހު ސައުދުއަށް ދޯ ޖަހަމުން ވަޒުނާ ބުނެލިއެވެ. ވަޒުނާ އެހެން ބުނިއިރު ވިނާން އިން ގޮތް ފެނި ކަމެއް ގޯސް ވެއްޖެޔޭ ހިތް ބުނަމުން ދިޔައެވެ. “އެހެންތަ؟ ހާދައިރެކޭދޯ އެކަމަކު!” މާކިން ހައިރާން ވެގެން އަހައިލިއެވެ. “އާނ… ކީއްކުރާނީދޯ މަންމަ އަމިއްލަޔަށް ހޯދާ ބޮނޑި އެއީ!” ވަޒުނާ ދެރަވިއެއް ކަމަކު ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ. “ދަރިފުޅު ކިހިނެތް ވެފަތަ ތިއިނީ؟” ވިނާން ބުދެއްހެން އިނުމުން ސައުދު އަހައިލިއެވެ. ސައުދު އެހެން ބުނުމުން ދެންމެ ވީހުރިހާ ކަމެއް ތަފުސީލް ކޮށް މާކިން ކިޔާދިނެވެ. މާކިން އެވާހަކަ ބުނުމުން ވަޒުނާޔާ ސައުދުއާ ދެމީހުން ދިޔައީ ދެލޯ ބޮޑު ވެގެންނެވެ. “އެހެންތަ! ހަމަ ޔަގީންތަ އެއީ އަލްކަން؟” ވަޒުނާ ހައިރާންވެފަ އަހައިލިއެވެ. “އާނ… އެއީ ހަމަ އަލްޔާ! އޭނަ ބުނީ ވަރަށް އަވަހަށް މެރީ ކުރަންށޯ މިއުޅެނީ..!” އޮޅުން ފިލުވާ ދެމުން މާކިން ބުނެލިއެވެ. “ނުވާނެ އެހެންނެއް! އަލްޔާ އެއް ނުކުރާނެ މެރީއެއް! ތިވާނީ އޭނައަށް ކޮންމެވެސް މަޖުބޫރެއް އޮވެގެން ބުނި އެއްޗެއް ކަމަށް… އައެމް ޝުވާ އަލް އެއް ނުއިންނާނެ ކުޑަބެ ނުން އެެހެން މީހަކާ!” ފެންކަޅިވެފަ ވަޒުނާ ބުނެލިއެވެ. “އެއީ ތެދެއް ވަޒޫ! މާކިން އެބުނީ ރަނގަޅަށް އަލްޔާ އެ އުޅެނީ ކައިވެނި ކުރަން! އެވަރުގެ ދޮގެއް އަލް އެއް ނަހަދާނެ…” ހިމޭނުން ހުރި ވިނާން އިސްޖަހައިގެން އިނދެ ބުނިލިއެވެ. ވިނާން އެހެން ބުނުމުން އެއްމެން އެއްފަހަރާ އެދިމާލަށް ބަލަން ފެށިއެވެ. ވާނީ ވެސް އެހެންތާއެވެ. މިއޮއްހާއިރު ބުދެއްހެން ހުރި މީހަކު ކުއްލިއަކަށް ވާހަކަ ދެއްކީތީ ވިއްޔާއެވެ. އެއްމެން އެވާހަކާގައި ތިއްބާ އަފީފާގެ އެހީތެރިއަކަށް ގޮވަމުން ނަރުސް ކުއްޖެއް އޭރު އެމީހުން ތިބި ދިމާލަށް އަންނަނީއެވެ.

“ޑޮކުޓަރު އެބަބޭނުންވޭ ޕޭޝަންޓްގެ އެހީތެރިއަކާ ބައްދަލު ކުރަން” ވަޒުނާމެން ތިބި ތަނަށް އައިސް ހުއްޓެމުން ނަރުސް ކުއްޖާ ބުނެލިއެވެ. “ނާރސް ޕޭޝަންޓް ހޭއަރައިފިތޯ؟” މާކިން ވަގުތުން އަހައިލިއެވެ. ނަރުސް ކުއްޖާ ހޭއަރައިިފި ކަމަށް ބުނުމުން އެއްމެން ހިނގާގަތީ އަވަހަށް އައިސޫއާ ދިމާލަށެވެ. “ބައްޕާ އަޅުގަނޑު އެތެރެއަށް ވަނަސް އެންމެ ރަނގަޅުތޯ؟” ފެންކަޅިވެފަ ހުރެ ވަޒުނާ އަހައިލިއެވެ. ސައުދު ބޮލުގެ އިޝާރަތުން އާއެކޭ ބުނުމުން ވަޒުނާ ވަނީ ނަރުސް ކުއްޖާޔާ އެކު އެތެރެއަށެވެ. “މަންމާ!” އެތެރެއަށް ވަން އިރު އަފީފާ އޭނަޔާ ދިމާލަށް ބަލަން އޮތުމުން ވަޒުނާ ލޯބިން ގޮވައިލިއެވެ. “މާގިނަ ވާހަކަ ނުދައްކާތި… ޕޭޝަންޓް އަދި މުޅިން ރަނގަޅެއް ނުވޭ ހީވާ ގޮތުން ނުކުޅެދޭ މީހަކަށް ވުންވެސް އެކަށީގެންވޭ! ވެއްޓުން އިރު ޖެހުނު ބާރު ކަމުން ބޮލަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ ޓެސްޓުތައް ދައްކާގޮތުން ވިއްޔާ މާބޮޑަށް ވިސްނީމަ މީހާ މާބޮޑަށް ހާސްވެފަ ހިތްބިރުގަތީ… ހަނދާނުގަ ބަހައްޓަވާތި ނުކުޅެދުމޭ މިބުނީ އުމުރަށް ގޮނޑީގަ ވެސް އިންނަން ޖެހިދާނެ ނޫނީ ބުއްދިހަމަ ނުޖެހުންވެސް އެކަށީގެންވޭ..!” ވަޒުނާ އެއްފަރާތަކަށް ގެންގޮސް ހުރިހާ ވާހަކައެއް ތަފުސީލުކޮށް ޑޮކުޓަރު އޮޅުން ފިލުވައިދިނެވެ. ވަޒުނާ ހުރީ އަނގަ ހުޅުވި ބަހެއްވެސް ބުނަން ނޭނގިފައެވެ. “ހިތްވަރު ކުރަންވާނެ! ކޮންމެ އިންސާނަކަށް ވެސް ކަމެއް ވެދާނެ އެކަހަލަ ވަގުތު ތަކުގަ ޖެހޭނީ ކެއްތެރިވާން…” ޑޮކުޓަރު ހިތްވަރު ދެމުން ބުނެލިއެވެ. ދެއަތުން ކަރުނަ ފޮހެމުން ގޮސް ވަޒުނާ ހުއްޓުނީ މަންމަ ކައިރީގައެވެ. އޭރު ވަޒުނާގެ ހިތް ހީވަނީ ފަޅައިގެން ގޮސް ދާނެ ހެންނެވެ. “މަންމަ ކީއްކުރަންތަ އަމިއްލަޔަކަށް ފުއްމާލީ؟ މަންމަޔަށް ހަމަ ނޭނގެނީތަ މިހެން ވެދާނެކަން؟!” ހިތާހިތުން ވަޒުނާ ކިޔަމުން ދިޔައެވެ. ހަގީގަތުގަ އަފީފާ ސިޑިން ވެއްޓުނީކީ ނޫނެވެ. އޭނަ ގަސްތުގަ މަތީގަ ހުރެފަ ކުޝުން ބަރިއްޔަ ވާންވެގެން ފުއްމާލިއެވެ. އޭނަ ހީކުރީ އޭނަ އެހެން ކަންތައް ކުރީމަ ކުރި ކުޝުގެ ޝަޒާ ނުލިބޭނެ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. އޭނަ ކުރި ކުޝަށް ސަލާމަތްވާން ވެގެން އަމިއްލަޔަށް އެކުރި ކަންތަކުން ކުރި ކުޝުގެ އަދަބު މާ ރަނގަޅަށް ވެސް ލިބުނީއެވެ. ކޮންމެއަކަސް އަފީފާ ފުއްމާލިއިރު ވަޒުނާ ހުރީ އޭނަގެ ކޮޓަރި ދޮރުމަތީ އެމަންޒަރު ބަލާށެވެ. ވަޒުނާ ތިހެން ނަހަދާށޭ ބުނެ ހަޅޭއް ލެވިއެއް ކަމަކު އަފީފާގެ ބޮލަށް ވަނީ އިބިލީސް ސަވާރު ވެފައެވެ. ކޮންމެ ގޮތެއް ވިޔަސް ކުޝެއް ކޮއްފިނަމަ ކޮންމެވެސް އެއް އުސޫލަކުން އެކުޝުގެ ޝަޒާ ލިބޭނެއެވެ.

މޫނުގަ ދެއަތް އަޅައިގެން ރޮމުން ވަޒުނާ ދުވެ ނިކުތީ ބޭރަށެވެ. އޭނަ ހުރީ ރޮއެ ރޮއެ ދެލޯ ފާރު ވާވަރު ވެފައެވެ. “ކިހިނެތްވީ ވަޒޫ؟!” ހައިރާންވެފަ ވިނާން އަހައިލިއެވެ. މާކިން އެތަށް ވާހަކައެއް ދައްކައިގެން ވިނާން އޭރު ހުރީ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިފައެވެ. “ކުޑަބެ މަންމަ… މަންމަ…” ވަޒުނާއަށް ބުނެވުނީ އެވަރަށެވެ. އަނެއްކާވެސް ބަޑި ފަޅައިގެން ދިޔައީއެވެ. “ވަޒޫ ހަމަޖެހިބަލަ ވީގޮތެއް ބުނެބަލަ؟ މަންމަ އޯކޭއެއް ނޫންތަ؟” ހައިރާން ވެގެން ވިނާން ސުވާލު ކުރަމުން ދިޔައެވެ. އެމަންޒަރު ބަލަން ހުރި މާކިންއަށް ގޯހެއް އުޅޭކަން ޔަގީން ވުމުން ގޮސް ހުއްޓުނީ އައިސީޔޫގެ ދޮރު މައްޗަށެވެ. އިތުރަށް މަޑު ވެސް ކުރުމެއް ނެތި ދޮރުފަތުގަ ތަޅަން ފެށުމުން ދޮރު ހުޅުވިއެވެ. ދޮރު ހުޅުވުމާއެކު އަފީފާގެ ހާލު އަހައި ވެގެން އުޅޭ ގޮތް ސާފު ކުރިއެވެ. ޑޮކުޓަރު ދެއްކި ވާހަކަ އަޑު އިވުމުން މާކިން ވެސް ހުރީ ފެންކަޅިވެފައެވެ. އަފީފާ އަކީ ކިތަންމެ ނުބާ މީހަކަށް ވިޔަސް އެވަރުގެ އަނިޔައެއް ލިބޭކަށް މާކިން ވެސް ނޭދެއެވެ. ޑޮކުޓަރަށް ޝުކުރު އަދާކުރުމަށް ފަހު މާކިން އެބުރި ގޮސް ވެގެން އުޅޭ ގޮތް ސައުދުމެންނަށް އޮޅުން ފިލުވާދިނެވެ. މާކިން އެހެން ބުނުމުން ސައުދުގެ ދެލޮލުން ވަގުތުން ކަރުނަ ފައިބާގަތެވެ. ވިނާން ހުރީ އާށޯހުވެފަ ބެލުނު ގޮތަށް ބަލަހައްޓައިގެންނެވެ. އޭރު ވިނާންގެ ހިތަށް އަރަމުން ދިޔައީ އޭނަގެ ބަދުނަސީބު ކަމާ ދޭތެރޭގައެވެ. ހަމަ ގައިމު ވެސް މިއަދު އެއްފަހަރާ އޭނަޔާ މިދިމާވީ ކޮންފަދަ ދެރަގޮތެއް ހެއްޔެވެ. މިހުރިހާ ކަމަށް ލޮލަށް ނުދައްކަވާ ފުރާނަ ގެންދެވި ނަމަ ކިހާ ރަނގަޅު ހެއްޔެވެ. ކުރާނެ ކަމެއް ނެތެވެ. ވިނާން ކިތަންމެ ވަރަކަށް ހިތާ ހިތާ ވާހަކަ ދެއްކިޔަސް ތަގުދީރުގެ ނިންމުމަކީ ބަދަލު ވާނެ އެއްޗެއް ނޫނެވެ. އެކަން ކަމަކީ ރޭވި ނިމިފަ ހުރި ކަންތައްތަކެވެ. “ބައްޕަ މިތާ މަޑު ކޮއްލާނަން… ދަރިފުޅު ދާންވީނުން ވަޒޫ ގޮވައިގެން ގެއަށް!” ވިނާންގެ ބުރަކަށީގަ ފިރުމާލަމުން ސައުދު ބުނެލިއެވެ. ދާހިތް ނުވިއެއް ކަމަކު ވިނާން އެންމެ ރަނގަޅު ކަމަށް ބުނެލިއެވެ. ވަޒުނާ ގޮވައިގެން ވިނާން ހިނގާގަތުމުން މާކިން ވެސް އެމީހުންނާ އެކު ދަނީ ކަމަށް ބުނެ ހިނގައްޖެއެވެ.

“ލީ ވަރަށް ކަޑަ ކަމެއް ވެއްޖެ… ހުވާ ބޯ ގޮވައިފި!” ތެޅެމުން ފޮޅެމުން އައިސް އަލްޔާ ބުނެލިއެވެ. އޭރު އޭނަޔަށް ނޭވާވެސް ލެވެނީ އަނގައިންނެވެ. “ކިހިނެތްވީ؟ އަނެއްކާ މާބޮޑު ކަމެއް ވީތަ؟!” ހައިރާން ވެފަ ލީޒާ އަހައިލިއެވެ. “ވިނާ… ވިނާންއާ ދިމާވެއްޖެ ދެންމެ މަށާ ކަރަމްއާ ދެމީހުން އޭޑީކޭ ކެންޓީނުގަ ތިއްބާ! އިނގޭތަ؟ އޭނަ އެކަންޏެއް ނޫނޭ ހުރީކީވެސް މާކް ވެސް ހުރި…” އެއްނޭވާއިން އަލްޔާ ކިޔާ ދިނެވެ. “ހުވާތަ؟! ދެން މާކް އެއްޗެކޭ ބުނިތަ؟! ވިނާން ކީކޭތަބުނީ؟!” ހައިރާން ވެގެން ލީޒާ އަހައިލިއެވެ. “އޭނަ ބުނީ ވަރަށް މަސައްކަތް ކޮއްފީމޯ އެހަރެން ހޯދަން! ކޮންތާކުހޯ ތިއުޅެނީ؟ މަ ބުނިން މަ އުޅޭ ތަނެއް ބަލާނެ ކަމެއް ނެތޭ މިއުޅެނީ ކައިވެނި ކުރަންށޯ” ހިނގި ހުރިހާ ހާދިސާއެއް އަލްޔާ ކިޔާދިނެވެ. “އަލް ކީއްކުރަން އެހެން ބުނީ؟ އަލް ނުއުޅެމެއް ނޫން ކަރަމްއާ ރައްޓެހި ވެގެން ވެސް! އެއީ ހަމަ ރައްޓެއްސެއް ނޫންތަ؟” ހިތްހަމަ ނުޖެހި ލީޒާ ބުނެލިއެވެ. އަލްޔާއަށްޓަކައި އެހުރިހާ ކަމެއް ކޮއްދިނަސް އަލްޔާ ވިނާން ނޫން އެހެން މީހަކާ ގުޅޭކަށް ލީޒާވެސް ނޭދެއެވެ. އަލްޔާ ވިނާންއާ ގުޅެން ބޭނުމެއް ނެތޭ ބުނީމަ ލީޒާ އިތުރު އެއްޗެއް ނުބުނެ ހުރީ އަލްޔާ ހަމަޔަކަށް އެޅުނީމަ ހުރިހާ އެއްޗެއް ވިސްނައިދީގެން އަލުން އެދެމީހުން ގުޅުވާށެވެ. “އާއެކޭ ރައްޓެއްސެއް ނޫނޭ..! އަހަރެން އެހެން ބުނީމަ އޭނަވެސް ދެން އަހަރެން މަތިން ފޫހިވާނެއްނުން… ލީ ހަމަ ތެދެއް މިބުނީ ވިނާންގެ މަންމަ ކަންތައް ކުރި ގޮތެއް ދުވަހަކު ވެސް އަލްގެ ހިތަކުން ނުދާނެ! އަލްވެސް ބޭނުމެއް ނޫނޭ އެހެން މީހަކާ އެއްކޮށް އުޅޭކަށް އެކަމަކު އަހަރެން ކީއްކުރާނީ؟ ޕުލީޒް ލީ އަލްއަކަށް ނެތޭ މިނޫން ގޮތެއް…” އަލްޔާ ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ. “އަލް ލީވެސް ގަބޫލް ކުރަން އަފީފާއްތަ ކަންތައް ކުރީ ރަނގަޅަކަށް ނޫންކަން އެކަމަކު މީހަކު ކަމެއް ކުރިއޭ ކިޔާފަ ތިމާގެ ލޯބި ތިމާގެ ދެއަތުން ފުނޑު ފުނޑު ކޮއްލަން ޖެހޭތަ؟ އަލް އަމިއްލަޔަށް ވިސްނަބަލަ… ވިނާން ވެސް ވަނީ ތެދުވެރި ލޯތްބެއް އަލްއާ ދޭތެރޭ އޭނަގެ މަންމަ ކުރި ކަންތަކާ ތިކަމާ އޮތީ ކޮން ގުޅުމެއްތަ؟ ވިނާންއެއް އަލް ދެރަވާނެ އެއްވެސް ކަމެއް ނުކުރޭއްނުން؟! އަލްއަށް އިނގޭތަ؟ އަލް އެގެއިން ދިޔަފަހުން ވިނާން އެއުޅެނީ ހާދަ ހާލެއްގައޭ ނު ކާ ނުބޮއެ ރެޔާ ދުވާލު އެ ވެއަތު ކޮއްލަނީ އަލްގެ ހަނދާނުގައޭ، އަލް އަށް އިގޭތަ؟ ވިނާންއާ އަލްއާ ދިމާވިކަން އަހަރެންނަށް އިނގެޔޭ ދޮންބެ ގުޅާފަ ހުރިހާ ވާހަކައެއް ކިޔާދިން ދޮންބެވެސް ހުރީ ހައިރާންވެފަ އަލް އެހެން ބުނީމަ!” ލީޒާ ފަތިފައްޗަށް އަމުނަމުން ހުރިހާ އެއްޗެއް ކިޔަމުން ދިޔައެވެ. އަލްޔާ ހުރީ އޭރު ރަނގަޅަށް ވެސް ރޮވި ހިތް ފަޅައިގެންދާ ވަރު ވެފައެވެ. ލީޒާ ބޭނުން ވީ މިވަގުތު އަލްޔާއަށް ވިސްނައިދީގެން ވިނާން އާ ގުޅުވާށެވެ. “އާނ… އަލް ގަބޫލް ކުރޭ އަހަރެން މިދައްކަނީ ރަނގަޅު ވާހަކަ ވިނާން އޭރު ވެސް މިހާރު ވެސް ލޯބިވާ މީހަކީ ތިއީ! ދެން ކީއްވެ އަމިއްލަ އަތުން ލޯބި ގުރުބާން ތިކުރަނީ؟ ހަމަ ގައިމު ވެސް މަނުކުރާނެ ކަމެއްތީ… އަދި އަލްއަށް އިނގޭތަ؟ އަފީފާއްތަ އޮތީ ހޮސްޕިޓަލުގަ! އޭނަ އެތާ ބާއްވައިގެން އުޅެނިކޮށް އަލް އަށް ވިނާން އާ ވެސް ތި ދިމާވީ… އަދި އިނގޭތަ؟ އަފީފާ އަކީ މިހާރު ދުނިޔޭގަ ހުއްޓަސް ނެތްފަދަ މީހެއް އޭނަ ސިޑިން ވެއްޓިފަ ވަރަށް އަނިޔާ ވެއްޖެ އައިސީޔޫގަ މިހާރު ވެސް އޮތީ! ދޮންބެ ބުނީ ޑޮކުޓަރު ބުންޏޯ ދެން އޭނަ ވާނީ ނުކުޅެދޭ މީހަކަށޯ..! އެހާލެއްގަ އުޅެނިކޮށް އަލް ތިޔައީ ރިހޭ ފައިމައްޗަށް ފޮތް ވައްޓާލައިފަ!” ލީޒާ އިތުރަށް އޮޅުން ފިލުވާދެމުން ދިޔައެވެ. އަލްޔާ ހުރީ ބުނާނެ އެއްޗެއް ނޭނގި ލީޒާޔާ ދިމާލަށް ބަލަހައްޓައިގެން ޝޮކެއް ޖެހުނީމަ ހުންނަހެންނެވެ. ހަގީގަތުގަވެސް ލީޒާ އެބުނީތެދެކެވެ. ވިނާން އަކީ ކިހާ ބަދުނަސީބު މީހެއް ހެއްޔެވެ. އޭނަގެ މަންމަޔަކީ ދައްޖާލަށް ވުރެ ނުބައި މީހެއް ކަމުގައި ވިޔަސް އޭނަވެސް އެމީހާ ދެކެ ލޯބިވާނެތާއެވެ. އޭނަ އެހާ ހާލުގަ އޮއްވާވެސް އަލްޔާ އެއައީ އޭނަގެ ފުރާނަ ފަދަ ލޯބިވާ ވިނާން އިތުރަށް ރޮއްވާ ދެރަ ކޮއްލާފައެވެ. އެހެން ވީމަ ވިނާންގެ ހިތް އެތި އެތި ކޮޅަށް ނުވެ ހުރިއްޔާވެސް ނަސީބުތާއެވެ. ލީޒާ އެތައް އިރެއް ވަންދެން އަލްޔާގެ ވިސްނުން ބަދަލު ވޭތޯ ވާހަކަ ދައްކަމުން ދިޔައެވެ. ހަގީގަތުގައި އަލްޔާގެ ވެސް ހިތް އެދި ގޮވަނީ ވިނާން ކައިރިއަށް ދާންށެވެ. އެހެންނަމަވެސް ހުރަސް ކުރަން ޖެހޭ އެތައް އަޑި ގުޑަން ތަކެއް އެބަވެއެވެ.

“ކުޑަބެ ހިތްވަރު ކުރަންވާނެ! އިރާދަ ކުރެއްވިއްޔާ ރަނގަޅު ވާނެ… ކުޑަބެއަކީ އެއްވެސް އިރެއްގަ ތިހާ ފިނޑި މީހެއް ނޫނެއްނުން އިރާދަ ކުރެއްވިއްޔާ މަންމަ ވެސް ރަނގަޅު ވާނެ އަލްޔާ ވެސް އަންނާނެ!” ވަޒުނާ ހުއްޓުމެއް ނެތި ވިނާންއަށް ހިތްވަރު ދެމުން ދިޔައެވެ. އޭރުވެސް ވިނާން ހުރީ މީހަކު އެއްޗެކޭ ކިޔައޭ ހިތަށް ވެސް ނައަރާ ފަދަ ގޮތަކަށެވެ. ވާނީވެސް އެހެންތާއެވެ. “ކޮއްކޮމެން އާދޭ ކާން! ޖަޔާ މިއައީ ވަރަށް މީރުކޮށް ސުޕެގެޓީ ކައްކާފަ…” ޖަޔާ ބަދިގެއިން ނިކުމެގެން އައިސް ބުނެލިއެވެ. މިވަގުތު އެދެކުދިންނަށް ބޭނުން ވަނީ އޯގާތެރިކަމާ އަޅާލުން ކަމަށް ވާތީ ޖަޔާ ބެލީ އެކަން ކުރެވޭތޯއެވެ. އެދެކުދިންގެ ހިތަށް ކުރާނެ އަސަރު މާރަނގަޅަށް ވެސް ޖަޔާއަށް އިހުސާސް ވެއެވެ. “އެއީ ތެދެއް ކުޑަބެ ހިނގާ ކާންދަމާ..! ކިތަންމެ ކުޑައެތިކޮޅެއް ވިޔަސް ކެވޭތޯ ބަލަން ވާނެ” ވިނާންގެ ބުރަކަށީގަ ފިރުމަމުން ވަޒުނާ ބުނެލިއެވެ. “ނޫން… ކުޑަބެ ނުކާނަން ވަޒޫ ދޭކާން ކުޑަބެ ކާހިތެއް ނެތް” ވިނާން އިސްޖަހައިގެން ހުރެ ބުނެލިއެވެ. “އޯކޭ ވަޒޫވެސް ނުކާނަން ކުޑަބެ ނުކަންޏާ… ކީއްކުރަން އަހަރެން ކާންވީކީ؟” ވަޒުނާ ބޮޑާ ހާކަމުން ބުނެލިއެވެ. “އެހެން ނޫނަސް ކޮޑަބެއަށް އިނގޭތަ؟ މަންމައަށް އަސްލު ވީގޮތް؟” އަފީފާ އަމިއްލަޔަށް ފުއްމާލީކަން އެކަކަށް ވެސް ނޭނގި އޮންނާތީ ވަޒުނާ އަހައިލިއެވެ. ވަޒުނާ ބޭނުން ވީ އަފީފާ ވެއްޓުނީކީ ނޫން ކަން އަންގާށެވެ. “ކިހިނެތްވީ؟!” ކުރު ސުވާލެއް ވިނާން ކޮއްލިއެވެ. “އާނ…. ކުޑަބެ މަންމަ ވެއްޓުނީކީނުން އަމިއްލަޔަށް ފުއްމާލީ ވަޒޫ ހުރީ ބަލަން! ވަޒޫ ގޮވަ ގޮވަ ހުއްޓާ ފުއްމާލީ އޭރު ބައްޕަވެސް އައިސް ވަންނަނީ… ބައްޕަޔަކަށް ވެސް ނޭނގޭނެ ވީގޮތެއް.. ބައްޕަ ވެސް ހީކުރީ މަންމަ ވެއްޓުނީކަމަށް” ވަޒުނާ އެކަން ހިނގި ގޮތް ނިކަން ތަފުސީލުކޮށް ވިނާންއަށް ކިޔާދިނެވެ. އޭރު ވިނާން އިނީ ދެލޯ ބޮޑު ވެފައެވެ. ޖަޔާއަށް ވެސް ހުރެވުނީ އެފަދަ ގޮތަކަށެވެ. “ވަޒޫ ތިކިޔަނީ ރަނގަޅު އެއްޗެއްތަ؟ މަންމަ ހަމަ އެކަނި ފުއްމާލަފާނެތަ؟” ވިނާންއަށް ގަބޫލު ނުކުރެވިގެން އަހައިލިއެވެ. ގަބޫލް ކުރެވޭނީވެސް ކިހިނެއް ހެއްޔެވެ. މީހަކު އަމިއްލަޔަށް އެވަރުގެ އަނިޔައެއް ލިބި ގަންނާނެ ކަމަކަށް އެކަކުވެސް ގަބޫލް ނުކުރާނެ ވިއްޔާއެވެ. “ކުޑަބެ އަހަރެން ކީއްކުރަންތަ އަހަރެން ބަނޑުގަ އަޅާވިހި މަންމައޭ ކިޔާފަ އެފަދަ ދޮގު ވާހަކައެއް ދައްކަންވީ؟ މިއީ ހަމަ ތެދު ކުޑަބެ!” ވިނާންގެ އަތުގަ ހިފާލަމުން ވަޒުނާ ބުނެލިއެވެ. ވަޒުނާ އެވަރަށް ބުނުމުން ވިނާންއަށް ޖެހުނީ އެކަން ގަބޫލު ކުރާށެވެ. ވިނާން ގަބޫލު ކުރާ ގޮތުން ވަޒުނާ އެވަރުގެ ބޮޑު ދޮގެއް ނަހަދާނެއެވެ.

ދުވަސްތައް ފާއިތު ވަމުން ގޮސް އަފީފާ ގެއަށް ބަދަލު ކުރިއެވެ. އަފީފާ މިހާރު ހުންނަނީ ފުރުޅުލީ ގޮނޑިއެއްގައެވެ. ވެއްޓުނު ބާރު ކަމުން ފައިބިންދާގެން ދިއުމުގެ ސަބަބުން ނުކުޅެދޭ މީހަކަށް ވިއެވެ. ނުކުޅެދޭ މީހެއްގެ އިތުރުން އަފީފާ އަކީ މިހާރު ބޯވެސް ގޯސް މީހެކެވެ. އެއްވެސް ގޮތަކަށް ހަމަޖެހޭ އެއްވެސް ވާހަކައެއް ނުދައްކައެވެ. ތެދުތެދަށް ބުނަންޏާ އޭނައަކީ މިހާރު މޮޔަމީހެކެވެ. ﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. އިއްޔެ ހީހީފަ ދުވެދުވެފަ އަލްޔާއަށް އަނިޔާވެރިވެރި މީހާ މިހާރު އެވަނީ ހާއްސަ އެހީ ބޭނުންވާ މީހަކަށް ވެފައެވެ. އެހެން ނަމަވެސް އަލްޔާ އަދިވެސް ސަލާމަތުން ދިރި ދުނިޔޭގަ އެބައުޅެއެވެ. ކޮންމެ ވަގުތަކު ވެސް ކޮންމެ އިންސާނަކަށް ވެސް މިފަދަ ގޮތެއް ވެދާނެއެވެ. އިހުގެ މުސްކުޅިން ބުނަނީ ތެދެކެވެ. އެކަކަށް ދެރައެއް ދީފާ އަނެކާއަށް ވާނެ މޮޅެއް ޯނޯންނާނެއެވެ. އަލްޔާވެސް ކުރިއެކޭ އެއްގޮތަށް ވަޒީފާއަށް ދެއެވެ. އަދި ކަރަމްއާ އޮންނަ ގުޅުމެއް އޮންނަ ވަރަކަށް އޮވެއެވެ. ލީޒާމެންނަށް ވެސް މިހާރު އަލްޔާއާ ކަރަމްއާ ރަހުމައްތަރިކަން ނޫން އެހެން ގުޅުމެއް ނޯންނަކަން އިނގެއެވެ. އެހެން ކަމުން ވިނާންއާ އަލްޔާއާ ދެމީހުން ރަނގަޅު ވަގުތަކު ބައްދަލު ކުރުމަށް މާކިންއާ ލީޒާޔާ ދެބެއިން ދަނީ ރާވަމުންނެވެ. އޭގެ އެއްވެސް ކަމެއް އަލްޔާ އަކަށް ނޭނގެއެވެ. އަލްޔާ އެދުނު ފަދައިން ކަރަމް ވެސް މިހާރު ވިނާންމެންގެ އޮފީހުން ކެނޑިގެން އެހެން އޮފީހަކަށް ބަދަލު ވެއްޖެއެވެ. ކަރަމްއަށް ވެސް ވަނީ އަލްޔާއާ ވިނާންއާ ދެމީހުންގެ ކުރީގެ ގުޅުން އަލްޔާގެ ފަރާތުން އެނގިފައެވެ. އެހަން ނަމަވެސް ކަރަމް އަދި ވެސް މަސައްކަތް ކުރަމުން ދިޔައީ އަލްޔާ އޭނަގެ ލޯބި ގަބޫލު ކުރޭތޯ ބެލުމެވެ. “މަންމާ މީތި ކޮޅު ކާލަބަލަ! މިއަދު އެއްވެސް އެއްޗެއް ނުކައެއް ނޫން ތިހިރީ…” ވަޒުނާ ބަތްތަށި އަތަށް ނަގައިގެން އަފީފާ ފުރުޅިލީ ގޮނޑި ދުއްވާ ދިމާލަކަށް ހިނގަމުން ދިޔައެވެ. “މަދެންމެ ކައިފިން ދެކިލޯ ބަތް ކާފިން ބަލާބަލަ މިއޮތް ފުރުނީއޭ ބަނޑު!” ބަނޑުގަ އަތް ހާކަމުން އަފީފާ މޮޔަ ގޮވިއެވެ. އެތަން ފެނި ވަޒުނާގެ ދެލޯ ފެންކަޅިވިއެވެ. މިހާރު އަފީފާގެ އާދައަކީ އެއީއެވެ. މުޅިންވެސް ދައްކާނީ އެކަހަލަ ވާހަކައެވެ.

……ނުނިމޭ……

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

އިންތިޒާރު ކުރި ލޯބި (12)

Next

ހަވޭލީ (7)

Next
October 16, 2017

ހަވޭލީ (7)

Previews
October 16, 2017

އިންތިޒާރު ކުރި ލޯބި (12)

46 Comments!

  1. Adam says:
    October 16, 2017 at 3:19 pm

    Miothee mipart ves up vefa ummeedhu kuran kamu dhaane kamah midhiya dhuvas thakuga up nukurevunee phone halaakuvegen sorry ekamaa thanks thikuri inthizaarah

  2. binnu says:
    October 16, 2017 at 3:34 pm

    Habeys

    1. Adam says:
      October 16, 2017 at 3:35 pm

      Thanks binnu?

  3. sana says:
    October 16, 2017 at 3:35 pm

    Wow nice when next part?????????????????????????????

    1. Adam says:
      October 16, 2017 at 3:37 pm

      Thanks sana insha Allah maadhan Rey

  4. samahaa says:
    October 16, 2017 at 3:37 pm

    Habeys ???????????

    1. Adam says:
      October 16, 2017 at 3:39 pm

      Thanks samahaa

  5. Axka says:
    October 16, 2017 at 3:39 pm

    You are best writer ADAM
    habeys

    1. Adam says:
      October 16, 2017 at 3:40 pm

      Wow thanks axka

  6. Alisha says:
    October 16, 2017 at 3:40 pm

    best ????

    1. Adam says:
      October 16, 2017 at 3:41 pm

      Thanks alisha

  7. sama says:
    October 16, 2017 at 3:43 pm

    Wowww!????????????????

    1. Adam says:
      October 16, 2017 at 3:45 pm

      Thanks sama

  8. Yalv says:
    October 16, 2017 at 3:45 pm

    Mi vaahaka liyaa kujjaa aky addu jujjehen haadha heeveyey? Male’ bahun nuliyaane “nukaa” “nubaa” kiyaa kiyumuga ehen othakas liyaany “nukai” “nubai” ehchekey heenukurun edhen, vaahaka reethi?

    1. Adam says:
      October 16, 2017 at 3:49 pm

      Yalv hehe Adam Addu eh nun nukaa jehifa inee balan vaa varah nubekuneema Adam ah ves ingey nakai Kan liyanee sorry balaanulaa up kurevenee thanks dhonnaa

  9. ss says:
    October 16, 2017 at 3:46 pm

    Oh…. What happen next?

    1. Adam says:
      October 16, 2017 at 3:50 pm

      Thanks ss next part inthizaaru kohlaa hehe

  10. SAD says:
    October 16, 2017 at 3:48 pm

    you are girl or boy ?

    1. Adam says:
      October 16, 2017 at 3:51 pm

      Woman eh Mee

  11. seenko says:
    October 16, 2017 at 3:53 pm

    Story is very nice. I am sure you can wirte more storys you best writer ??????????????????

    1. Adam says:
      October 16, 2017 at 3:55 pm

      Wow thanks seenko?

  12. Shaa says:
    October 16, 2017 at 4:04 pm

    V reethi mi prt

    1. Adam says:
      October 16, 2017 at 5:46 pm

      Thanks

  13. leeza says:
    October 16, 2017 at 4:04 pm

    wow nice keep ot up☺

    1. Adam says:
      October 16, 2017 at 5:47 pm

      Thanks

  14. annoying reader says:
    October 16, 2017 at 4:45 pm

    haha afeefa libunu molheh eba oh tha mihaaru. aslu eynayah ehen dhima v ma dhera ves vejje. still she deserves it. adam plz then al and vina gulhuvaba,reethi mi part ves

    1. Adam says:
      October 16, 2017 at 5:49 pm

      Dhww… yes adam ves balaanan e de meehun gulhuveyne thw…anyways thanks…

  15. khajja says:
    October 16, 2017 at 5:22 pm

    Masha allah stry v v rythi whn nxt prt avaskolladhechchey n afeefaa feyhunu iloshigandu amilla loalah haraifi thaa dhw kykkuraany???

    1. Adam says:
      October 16, 2017 at 5:51 pm

      Thanks… tomorrow night… yeah

  16. Aish says:
    October 16, 2017 at 6:42 pm

    Vvvv reethi…??

    1. Adam says:
      October 16, 2017 at 6:53 pm

      Thanks aisha

  17. Lubu says:
    October 16, 2017 at 6:49 pm

    Vrh vrh salhi

    1. Adam says:
      October 16, 2017 at 6:55 pm

      Thanks lubu

  18. Reem says:
    October 16, 2017 at 6:58 pm

    Story nice but mistake ebahuri. Like sheenu instead of shaviyani. Anyway love the story <3

    1. Adam says:
      October 16, 2017 at 7:17 pm

      Thanks reem ya assuves dhw next part ragalhu kohlaanan

  19. Nadheema says:
    October 16, 2017 at 8:18 pm

    Madukoh Bala
    Mikon baeh mashakah nufeney kureege baithakeh emme fahah fennan inee Hama ekani leezaa men GE ah badhalu vi bai?????? alhe hhadha dhera ey

    1. Adam says:
      October 16, 2017 at 8:24 pm

      Ohh haadha dheraey btt thihisaabakun noon nimifa innaanee alun balaaba

  20. saadhu says:
    October 16, 2017 at 8:21 pm

    Adam u tha best writter?v reethi mi part ves.v ithizaaru kurevay next part

    1. Adam says:
      October 16, 2017 at 8:26 pm

      Wow thanks saadhu shukuriyya thikuraa inthizaarah assu phone halaaku vegen up nuvee dhiyaee

  21. Laal says:
    October 16, 2017 at 9:16 pm

    Vaahaka reethi.. ekamaku shaviyani laan jehey thanah sheen laafa sheen laanjehey thanah shaviyani liyevifa ebahuri..v alhaaganna gotheh hurey egothah hureema..

    1. Adam says:
      October 17, 2017 at 2:49 am

      Thanks laal Adam ves fahun beleema eguneee next part ragalhu kohlaanan

  22. Afu? says:
    October 16, 2017 at 9:22 pm

    Woww ?? Vv loabi mi Partves waiting for next part Adam u are are the best ly ?????❤️

    1. Adam says:
      October 16, 2017 at 9:27 pm

      Thanks… U too

  23. inaaa says:
    October 18, 2017 at 8:18 am

    next part kondhuvahakun

    1. Adam says:
      October 18, 2017 at 12:03 pm

      Sorry reyga buxy v ma nuliyevunu… Tonight vaane

  24. Aki says:
    October 18, 2017 at 10:12 pm

    adam koba tha next part avahah up kohla dheebaa pls

Comments are closed.

Next Episodeޢެދެމޭ އުފާ….(32)←


All Right Reserved!