Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރި ލޯބި (12)

Hath Level 110 Stories100 Comments
October 16, 2017 2 Mins Read
5 Comments

އިޔާ އަހަންނާއި އަރާ ހަމަ ކުރުމަށްފަހު އަހަރެން އަތުގައި ހިފާލިއެވެ. އަދި ޚާއްސަކޮށް މިރޭ އަހަރެން ވަރަށް ރީތިކަމަށް ބުނެ ތައުރީފު ކޮއްލިއެވެ. އަހަރެންގެ ވަރަށް ރަކިވިއެވެ. އަހަރެންގެ އުނަގަނޑުގައި އަތް އަޅުވާލައިގެން އިޔާ ހިނގައިގަތެވެ. އަހަރެންގެ ހިތް ނުތަނަވަސްވިއެވެ. އިޔާ މިހެން ހެދީމަ އިޔާ ލޯބިވާ ކުއްޖާއަށް ފެނިގެން ހިތަށް އަރާނީ ކީކޭބާއެވެ؟ މިއީ އެންމެ ރަނގަޅު ގޮތް ނޫން ކަމުން އަހަރެން އިޔާގެ އަތް އުނަގަނޑުން ނެގޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް އެކަންވީ މުޅިން ބޭކާރު ކަމަކަށެވެ. އިޔާ ހުރީ ވަރަށް ވަރުގަދައަށް އަތް އަޅުވާލައިގެންތާއެވެ. އިޔާ އަހަރެން ކަނަކަށް ގެންގޮސް ލައްކޮށްލިއެވެ. އަދި އަހަރެންގެ ތުންފަތުގައި މަޑުމަޑުން އަތް ޖައްސާލުމަށްފަހު ކަންފަތްދޮށުގައި އެއްޗެއް ބުނަން އުޅޭހެން ހީވުމުން ކަނުލާ އަޑު އަހަން ތައްޔާރުވެލީމެވެ. ސަބަބަކީ ހަފްލާގައި ކުޅެމުންދިޔަ ހިތްގައިމު ލައިވް މިޔުޒިކުގެ ސަބަބުންއަޑުނީވިދާނެތީއެވެ. މިރޭ އަހަރެންގާތު އިޔާ ބުނާ ކޮންމެ ވާހަކައެއްވެސް ވަރަށް ކަނުލާ އަޑު އަހަން އަހަރެން އެހާ ބޭނުންވަނީ ކީއްވެގެންކަމެއް ހުދު އަހަންނަކަށްވެސް ނޭނގެއެވެ.

” ބޭބީ ކޭން ޔޫ ޑޫ މީ އަ ފޭވަރ؟ މިރޭ މަ ބުނާ ގޮތެއް ހަދާބަ ޕްލީޒް.” އިޔާ އާދޭހުގެ ރާގެއްގައި އަހަރެންގެ ކަންފަތް ދޮށުގައި ވައި އަޑުން ބުނެލިއެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެންދިޔައެވެ.

އެހެން ބުނެފައި އިޔާ އަހަރެންނާއި ދުރުވެލުމަށްފަހު އަހަރެން އަތުގައި ހިފައިގެން މެހެމާނުންގެ ތެރެއަށް ދިޔައެވެ. އުފާވެސް ވިއެވެ. އެހާމެ ޖެހިލުންވެސްވިއެވެ. އިޔާ ލޯބިވާ ކުއްޖާއަށް ފެނިގެން ވާނީ ކިހިނެއްކަމާއި މެދު ވިސްނުނެވެ. ހަމަ އެހެންމެ ވިރާހުގެ   ރައްޓެއްސަކަށް ފެނިދާނެތީވެވެސް އެކަމާމެދު ވިސްނުނެވެ. ފަހަރަކު މީހަކާ ވާހަކަ ދައްކަމުން އިޔާ ދިޔައެވެ. އިޔާ އަހަރެންގެ  އަތުގައި ހިފާލައިގެން ހުންނަ އިރު ފެންނަ މީހަކު ހިތަށް އަރާނީ އަހަރެން މިއީ އިޔާ ރައްޓެހިވެގެން އުޅޭ ކުއްޖާކަމުގައެވެ. އަޅެ  އެހެން ވާނަމަ ކޮންފަދަހޭ އަހަރެންގެ ހިތަށް އެރިޔެވެ.

ކުޑަ އިރުކޮޅެއް ނުވެ ބިއްލޫރިމާލަމްގައި ހުރި ހުރިހާ ބޮތްކެއް ނިވިއްޖެއެވެ. އުއްބައްތިތަކުގެ އަލިން މުޅި ތަން އަލިވެގެން ދާއިރު ދެ ލޯބިވެރިޔަކަށް މިވަރުގެ ތަނެއް ނުލިބޭނެއެވެ. އެތަން އެހާވެސް ފުރިހަމައެވެ. ހަމަ އެސިކުންތުގައި ސްޕޮޓްލައިޓް އެޅުނީ އަހަރެންނާއި އިޔާ ހުރި ދިމާލަށެވެ. އިޔާ އަހަރެންގެ އުނަގަނޑުގައި އަތް ވަށާލާ ކުރިއަށްވުރެން އިޔާގެ ގަޔާ ކައިރިކޮއްލިއެވެ. މިދޭތެރެއަށް  ހިންޏަކަށްވެސް ވަންނާނެ ޖާގައެއް ނެތްފަދައެވެ. އައިސް ތިބި މެހެމާނުން އަތްތިލަބަޑި ޖަހަންފެށިއެވެ. އޭރު  އަހަރެންގެ  ހިތް ވަރަށް ބާރަށް ނެގިނެގިފައި ޖެހެއެވެ. އިޔާގެ ހޫނު ނޭވާ އަހަންނަށް އިހުސާސް ވާއިރުވެސް އަހަރެން ފިނިވެގެން ގޮސް  ހަލާކުވަނީއެވެ. އަހަރެންގެ އަތްތިލަ ދާހިއްލަނީއެވެ. ތުންފަތުގައި މަޑު ތުރުތުރެއްވިއެވެ. އޭރުވެސް ވާނުވާއެއް އަހަންނަކަށް  ރެއަކައެއް ނުލިއެވެ.

ހުށިޔާރު ކަމާއިއެކު އިޔާގެ ކަނާއަތުން ފަޓުލޫނު ޖީބުން ކުޑަކުޑަ އެއްޗެއް ނަގައި އަތް ފުރަގަހަށްލިއެވެ.

” ވިލް ޔޫ ބީ މައި ގަރލްފްރެންޑް؟ ” ތިރިވެލުމަށްފަހު އެއް ކަކޫ ބިންމަތީގައި ޖައްސާފައި އެކުޑަކުޑަ ރަންކުލައިގެ ފޮށި ދިއްކޮއްލުމަށްފަހު އަހާލިއެވެ.

އަހަރެންގެ ދެލޯ ތަންމިނަށް ހުޅުވުނެވެ. އެއްސިކުންތަށް ނަމަވެސް މިއީ ހިޔާލެކޭ ހީކުރެވުނެވެ. އަހަރެންގެ ދެއަތް އަނގަމަތީގައި  އެޅުނެވެ. އަދި ފެންކަޅިވެފައިވާ ހާލު މިއަދު ވެދިޔަ އެއްވެސް ކަމެއް މަތިން ހަނދާން ނެތި ވަގުތުން ދަތްކޮޅު ދައްކާލައިފައި ” ޔެސް ” އޭ ބުނެވުނެވެ. އެވަރުގެ ހިތްވަރެއް އަހަންނަށް ލިބުނު ކަމަށްޓަކައި އަހަރެން ﷲގެ ހަޒްރަތަށް ޙަމްދު ކުރަމެވެ.

އަހަރެން މިއޮއްހާ ދުވަހު ބުނަން ބޭނުންވެގެން އުޅުނު ވާހަކަ އެބުނީ އިޔާ ވިއްޔާއެވެ!

ތަނުގެ އަލިކަން އަނބުރާ އައުމާއި އައިސްތިބި މެހެމާނުން އަހަރެމެން ދެމީހުންނާއި ދިމާލަށް ފިނިފެންމަލުގެ ފިޔަތައް އުކަން ފެށީ ދާދި އެކުއެކީގައެވެ. އިޔާ ތެދުވެ އަހަރެންގެ އުނަގަނޑުގައި ހިފާ މައްޗަށް އުފުލާލިއެވެ.

” އައި ލަވް ޔޫ… އައި ރިއަލީ ޑޫ… ” އިޔާ ބުނެލިއެވެ. އަހަންްނަށް އުފަލުން ރޮވުނެވެ.

އިޔާ އަހަރެން ބެހެއްޓުމުން އައިސް ތިބި މެހެމާނުން އަހަރެމެން ދެމީހުންނަށް މަރުހަބާ ކިޔުމަށްފަހު ސަލާމް  ކުރިއެވެ.  އަހަރެން  ހުރީ ވަރަށް އުފަލުންނެވެ. އުފާވެފައި ހުރި ވަރު ބަޔާންކޮއްދޭކަށްވެސް ނޭނގެއެވެ. މެހެމާނުން  ކެއުމައިގެން  މަސްއޫލު  ވުމުން އިޔާ އަހަންނާއި ވާހަކަ ދައްކަން ފެށިއެވެ. އަހަންނަށް ވަރަށް ބާރަށް އިޔާ ގައިގައި ބައްދާލެވުނެވެ. އުފަލުންނެވެ. އެވަގުތު އިޔާވެސް ވާހަކަ ހުއްޓާލާފައި އަހަރެން ގައިގައި އިތުރަށް ބާރަށް ބައްދާލިއެވެ. މިއީ  ހަމަ  ހަޤީޤަތެއްބާއެވެ؟  ނޫނީ  ހުވަފެނެއްބާއޭވެސް ހިތަށް އެރިޔެވެ. އަހަރެންގެ ސިކުނޑީގައި މިއަދު ހިނގާދިޔަ ކަންތައްތައް  އެނބުރެންފެށީ  ހަމަ  އެވަގުތުއެވެ. ވިރާހު ބުނި އެއްޗެހި ކަންފަތަށް އިވޭހެން ހީވިއެވެ. ފެންކަޅިވެ ރޮވެން ފެށުމުން،އެވަގުތު އިޔާގެ  ގައިން  އަތްދޫކޮއްލާ  އިޔާގެ  އަތުގައި ހިފާ ބިއްލޫރިމާލަމުން ނެރުނީމެވެ. އިޔާ ހުރީ ވާނުވާގައި ކަންގައިމެވެ.

ނިކުމެ ގޮސް ބޯކޮށް މާއަޅާފައިވާ ބޯގަންވިލާ ގަސްދޮށުގައި  މަޑުކޮއްލުމުން  އިޔާ އަހަރެންނާއި ކައިރިވެލުމަށްފަހު  އަހަރެންގެ  ދަތްދޮޅީގައި ޝަހާދަތް އިނގިލި  ޖައްސާލާފައި  އިސް  އުފުލާލިއެވެ.  އެވަގުތު  އަހަރެންނަށް  ގިސްލަ  ގިސްލާފައި  ރޮވެން ފެށުނެވެ. އިޔާ އަވަސްވެގަތީ އަހަރެން ހުއްޓުވާށެވެ. ފެންފުޅިއެއް ގެނެސްދީ ފެންފޮދެއް ބޯލުމަށް އިޔާ އެދުނެވެ. އަހަރެން  ފެންފޮދެއް ބޯލުމުން ވީ ކީއްތޯ އިޔާ އަހާލިއެވެ.

” އަހަންނަށް އިނގޭ މިހާރު ތިމް ތި ރޮނީ އުފަލަކުން ނޫންކަން… ވީގޮތެއް ބުނެބަ ޑާރލިންގ ޕްލީޒް!!! ” އިޔާ އަހަރެންގެ އުނަގަނަޑުގައި އަތް ވަށާލަމުން ބުނެލިއެވެ.

އެހެން ބުނުމުންވެސް އަހަންނަށް ރޮވުނީއެވެ. މީހުން ބުނެއުޅެއެއް ނޫންހެއްޔެވެ. ހިތުގެ އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރު  ކުރުމުން ނޫނިއްޔާ ހިތްހަމައެއް ނުޖެހޭނެޔޭ؟ ކަންވީވެސް އެހެންނެވެ. އަހަންނަށް ވަރަށް ގިނަ އިރު އިޔާގެ ކޮނޑުގައި ބޯއަޅާއިގެން އޮވެ ރޮވުނެވެ. އަދި ވަރަށް ބޮޑަށް ގިސްލެވިފައިހުރެގެން ބައްޕަމެން ވިރާހުއާ ކައިވެނި ހަމަޖައްސާފައިވާ ވާހަކައާއި ވިރާހު އަހަރެން ނުގަބޫލަސް އިންނަން ހުރި ވާހަކަ ކިޔާދިނީމެވެ. އަދި މިއަދު ސައިކަލުގައި އަންނަނިކޮށް ވިރާހު އަހަރެންގެ ފައިގައި އަތްލި ވާހަކަވެސް ބުނީމެވެ.

ހުރިހާ ވާހަކައެއް އަޑު އެހުމަށްފަހު އިޔާ އަހަރެން ގައިގައި ބައްދާލިއެވެ.

” ތިމް އަށް ހީވޭތަ އަހަރެން އެހެން ވިޔަ ދޭނެހެން؟ އަހަންނަށް އިނގޭ ސްކޫލް ދައުރުން ފެށިގެންވެސް ތިމް އަހަރެންދެކެ   ލޯބިވާކަން. އަދި އަހަރެމެންގެ ގުޅުމަކީވެސް އެހެން އޮތް ގުޅުމެއްކަން. ތަފާތަކީ އަހަރެމެން މި ގުޅުމަށް އެކުވެރިކަމުގެ އިތުރުން އިތުރު ނަމެއް ދީފަނުވާކަން އެކަނި. ދެމީހުން ތިބެނީ ދުވާލުދާ ހަތަރު ދަމު މެސެޖް ކޮއްލަ ކޮއްލާ، ގަޑިން ގަޑިއަށް ކައިފިތޯ ބަލާ، ނަމާދު ކޮއްފިންތޯ އަހާ، ނިދަމުން ޓެކްސްޓް ކޮއްލާ، މީހަމަ ލޯބިވެރިންވެސް އުޅޭ ގޮތް ދޯ… އަދި އިނގޭތަ އެންމެ ސަޅި  ރިލޭޝަންޝިޕަކީ އެރިލޭޝަންގައި އުޅޭ ދެމީހުންނަކީ ބެސްޓްފްރެންޑްސް އަށްވުން. ދެޓް ވީއާ! ސޯ ދެރަވާކަށް ނުޖެހޭނެ. އަހަރެން  ދެން ވަރަށް ކައިރިން ހުރިހާ ކަމެއްވެސް ބަލާނަން. އަހަރެމެން ދެމީހުން ރައްޓެހިވެގެން އުޅޭކަން ދެއާއިލާއަށްވެސް ނާންގާނީ.. އަދި ބުނަން، ދެވަނަ ފަހަރަށް އަތްލައިފިއްޔާމުން ގުޅާފައި ވަގުތުން އިޔާއަށް ބުނައްޗޭ އިނގޭ.. ” އިޔާ އަހަރެންގެ  ލޮލަށް  ބަލަން  ހުރެ ވާހަކަ ދެއްކިއެވެ.

” ދެން މިހާގިނަ މީހުންނަށް ޕްރޮޕޯޒް ކުރިކަން އެނގުނީމަޔޯ…؟ ” އަހަންނަށް އަހާލެވުނެވެ.

” މީ އަހަރެންގެ ކަޒިންސް އެންޑް ދެއާރ ފްރެންޑްޑްސް. މިތާކުނެތް  ދުރުހިލޭ  މީހެއް.  ހުސް  އަހަރެން  ދަންނަ  އަހަރެންގެ ގާތް މީހުން މިތާ ތިބީ. އަހަރެން މިކަހަލަ ކަމެއް ވެދާނެތީ އަހަރެންގެ އާއިލާ އަދި ތިމްގެ އާއިލާ ނުގެނައީވެސް.  ކުރީގައިވެސް އަހަރެން ފުރިރޭ ވިކަންތައް އަހަރެން ހަނދާން އެބަހުރި. އެހެންވެ ވިރާހު މިފަހަރު އަހަރެންނާއި އެއް ފްލައިޓަކުން  އައީމަވެސް އަހަންނަށް ޝައްކުވި. އަސްލު ނޭނގެ އެއީ އެ ވިރާހުކަމެއް.. އެކަމަކު ނުކުމެ ތިމްގައިގަ ބައްދާލީމަ އިނގިއްޖެ މީ އެ ވިރާހުކަން. އަދި ތިމްގެ މޫނަށް އަރާފޭބި ކުލަވަރުން އިނގުނު ތިމް ހުރީ ވާނުވާގައިކަން. އަހަރެން ތިމްނާއޭ ކިޔާފަ ވާހަކަ ދެއްކީ އެއީ އަހަރެން ބޭނުން ނުވީ ވިރާހުއަށް އަހަރެންނާއި ތިމްގެ ގާތް ގުޅުމެއް ވާކަން. އެކަމަކު މިހާރު ދެން ހެޔޮ އެނގުނަސް…  ރަނގަޅީވެސް އެނގިއްޖިއްޔާ!! ” ވިރާހު ބުނެލިއެވެ.

” މިއަދު އެވާހަކަ ދެކެވުމުން އަހަރެންނަށް ވިރާހު އަދި ބައްޕަމެން ގާތު ބުނެވިއްޖެ އަހަރެން ލޯބިވަނީ އިޔާދެކެކަން. ބައްޕަ ހުންނެވީ ވަރަށް ރުޅިދުރުވެފައި.. ” އިސްޖަހާލައިގެން ހުރެ ބުނެވުނެވެ.

” އަހަރެންވެސް ބޭނުމެއް ނޫން އަހަރެންގެވެސް އަދި ތިމްގެވެސް މައިންބަފައިން ހިތްހަމަ ނުޖެހޭ ކަމެއް އެއްވެސް ހާލަތެއްގައި  ކުރާކަށް.. މައިންބަފައިން ނުގަބޫލު ކަމެއް ކޮއްގެން އެއްވެސް ކަމެއް ބާއްޖަވެރިއެއް ނުވާނެ. އަހަރެން ބަލާނަން ތިމްގެ  މައިންބަފައިން ރުއްސޭތޯ!! ހަމަގައިމުވެސް އަހަރެންގެ މައިންބަފައިން ތިމްއާ ރުހި ޤަބޫލް. އެމީހުން ބޭނުމެއްވެސް ނޫން އަހަރެންގެ ހަޔާތަށް ތިމް ނޫން އެހެން ކުއްޖެއް ގެންނަންވެސް. ދެން މިބުނީނުދޯ މިކަހަލަ ކަމެއް ވެދާނެތީއޭ އަހަރެންގެ ޕޭރަންޓްސް ވެސް ނުގެނައީ؟ އަސްލު ތިމްގެ ދައްތަމެން މީހަކާ އެކީގައި އައިސްގެން ޕްރޮޕޯޒް ކުރާތަނުން ތިމް ޔެސްއޭ ބުންޏަސް އެމީހަކު އެއްޗެކޭ ބުނެގެން އަހަރެންގެ ފެމެލީ މީހަކަށް ހާރޓްވެދާނެތީ ނުގެނައީ.. އެކަމް މިހާރު އެބަ ހިތަށް އަރާ ގެނެވުނު ނަމައޭ!! ”  އިޔާގެ ވާހަކަ ހިނި ގަނޑަކުން ނިންމާލިއެވެ. އަދި އަހަރެންގެ ކޮލަށް ދޮނެއް ދިނެވެ.

” ދެން ނުރޮއްޗޭ ޕްލީޒް ލޯބީ… ”  އިޔާ  އަނެއްކާވެސް  ބުނެލިއެވެ.  އަހަރެން  ހިނިތުންވެލަމުން  އާނ  އެކޭ  ބުނުމުގެ  ގޮތުން ބޯޖަހާލީމެވެ. އިޔާ އަހަރެންގެ އަތުގައި ހިފާއިގެން އެތެރެއަށް ދާން ހިނގައިގަތެވެ.

އިޔާ އާއި އެކު ބިއްލޫރިމާލަމްގެ އެތެރެއަށް ވައިންއިރު ގަޑިން 00:23 ވިއްޔެވެ. ބައްޕަގެ ފޯންކޯލެއް އައވެސް ހަމަ އެގަޑީގައެވެ. އަހަރެން ފޯނުނަގާ ” ހަލޯ ” ބުނެލުމުން ބައްޕަ ބުނެލިއެވެ.

” ދަރިފުޅާ ތިމްނާ އަދިވެސް ގެއަށް އަންނާކަށް ނުވޭތަ؟ ބައްޕަ ވިރާހު ފޮނުވައިފިން ދަރިފުޅު ބާލާ އިނގޭ! އަވަހަށް އާދޭ… ”  ބައްޕަ ވިދާޅުވިއެވެ.

ފޯނު ކަނޑާލުމުން އެއީ ކާކުގެ ފޯނެއްތޯ އިޔާ އަހާލިއެވެ.

” ބައްޕަ ވިދާޅުވީ އަވަހަށް ގެއަށް އަންނާށޯ… ވިރާހު ފޮނުވައިފީމޯ ބަލާ!.. ” އަހަރެން އިސްޖަހާލީމެވެ.

” އޯކޭ ޔޫ ކޭން ގޯ ވިތް ހިމް. އަސްލު އޯކޭއެއް ނޫން. އެކަމަކުވެސް. ތިމްގެ ބައްޕަ ވިރާހު ފޮނުވަނީ ވަރަށް އިތުބާރު ކުރާތީ.. އެކަމަކުވެސް މިއަދު ފައިގައިވެސް އަތްލި ދޯ.. ބަޓް އަދި އެހާ ކަންތައް ބޮޑު ކުރާކަށް ނުވޭ.. އޭނަ ހިތުން އޭނަ އަށް ތިމް ލިބޭނެ. އެހެންވެ އެހެން އެހަދަނީ.. އެކަމަކު އިޔާ އެހެން ވިޔަކަ ނުދޭނަން އިންޝާ ﷲ! ދެރަ ނުވޭ.. ހިނގާ ދާން ދޮރުމައްޗަށް.. ؟؟ ” އިޔާ މަޑުމައިތިރި ކަމާއިއެކު ބުނެލިއެވެ.

” ނޫން އިޔާ! އޭނައަށް އިޔާ ފެނިއްޖިއްޔާ ކަމަކު ނުދާނެ. ” އަހަރެން ބުނެލީމެވެ.

” އެހެން ވިއަސް އޯކޭ! އޭނައަށް އިނގެން ވާނެ މިރޭ މިތާ ހުރީ އަހަރެންނާއި އެކުކަން… ”  އިޔާ  އަހަރެންގެ  އުނަގަނޑުގައި ހިފާލައިގެން ހިނގާފައި ގޮސް ބޮޑުތަކުރުފާނު މަގަށް ނިކުމެލި އިރު ދުރުން ވިރާހު އަންނަތަން ފެނުމުން އިޔާ އުނަގަނޑުން އަތް ދޫކޮއްލިއެވެ.

ވިރާހު އަހަރެމެންނާއި އަރާ ހަމަކޮއްލުމަށްފަހު ރުޅިވެރި ނަޒަރަކުން އަހަރެމެންނާއި ދިމާލަށް ބަލާލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hath

Level 110 Stories100 Comments

My hobby is writing stories. :)

Other Articles

Previous

ކުރެވުނު ކުށް

Next

ޢެދެމޭ އުފާ…..(31)

Next
October 16, 2017

ޢެދެމޭ އުފާ…..(31)

Previews
October 16, 2017

ކުރެވުނު ކުށް

5 Comments!

  1. $JK..KOREAN says:
    October 16, 2017 at 4:09 pm

    story varah reethi. but baeh thanthaaga aharen dhn anehbai thanthaaga iyaa liyefa huryha kiyan kudakoh undhagoo. hope u’ll correct it 🙂 🙂 keep going.. whn nxt part??

    1. Hath Mikal says:
      October 16, 2017 at 5:59 pm

      Yes in sha Allah dhen rangalhu kollaanan inge…
      Soon will try to upload <3

    2. $JK..KOREAN says:
      October 16, 2017 at 6:38 pm

      Okay waiting ??

  2. some one says:
    October 16, 2017 at 7:11 pm

    Nice

  3. iyaaz says:
    October 17, 2017 at 12:27 pm

    vrh reethi ingey

Comments are closed.

Next Episodeއިންތިޒާރު ކުރި ލޯބި (13)←


All Right Reserved!