Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 24

seym Level 310 Stories100 Login100 Comments
October 15, 2017 6 Mins Read
9 Comments

ކާރު އައިސް ގޭގެ ދޮރުމައްޗަށް މަޑުކޮއްލުމާއެކު އެއިން ފޭބި ޖަނާ ހުރީ ފުސް މޫނު ހަދައިންނެވެ. ޑްރައިވަރު އަތަށް ރުފިޔާ ދިނުމަށްފަހު އީރަމް ފޭބުމާއެކު އެމީހުންގެ ފޮށިތަށް ޑްރައިވަރު ދޮރުމަތީ ބަހައްޓާލަދިނެވެ.ޖަނާ އޭނާގެ ފޮށި ހިފައިން އެތެރެއަށް ވަންނަން ހިނގައިގަތެވެ. “ޖަނާ.. މަޑުކޮއްބަލަ..” އީރަމް ބުނި އެއްޗެއް އަޑު ނީވޭ ކަމަށް ހަދަމުން ގޮސް ޖަނާ ގޭގެ ތެރެއަށް ވަނެވެ. އީރަމް ދައްކާ ބޭކާރު ވާހަކަ އަޑުއަހާ ހިތެއް އޭނާ ނެތެވެ. ޖަނާ ގެ ފަހަތުން އަވަސް ހިނގުމެއްގައި އައިސް ވަތް އީރަމް ފޮށި ސްޓިންގްރޫމްގެ އެއްފަރާތުގައި ބަހައްޓަމުން ޖަނާ އަށް އަނެއްކާވެސް ގޮވާލިއެވެ. ” އީރަމް ދައްކަން ތިއުޅެނީ ލާމީ ވާ ލޯބީގެ ވާހަކަ ކަމަށް ވަންޔާ އަހަރެން އެވާހަކަ އަޑުއަހާ ހިތެއް ނެތް..” ޖަނާ އީރަމް ގެ ނަން ބުނެލި ގޮތުން ވެސް ރުޅިއައިސް ހުރިކަން އީރަމް އަށް ނަގައިގަނެވުނެވެ. ” ޕްލީސް.. އަހަރެން ގަސްތުގަ ބުނި އެއްޗެއް ނޫން.. އޭރަކު ނޭނގެ ލާމީ ލޯބިވާ ކަމެއްވެސް.. ޖަނާ އަށް ދެރައެއް ދޭކަށް ނޫން އެހެން ބުނީކީއެއް.. އަހަރެން ހީކުރީ ލާމީ ފަހުން އެކަންތައް މަތިން ހަނދާންނައްތާލާނެއޭ..” އީރަމް ޖަނާ އަށް އޮޅުންފިލުވައިދޭން މަސައްކަތް ކުރިއެވެ. “އާން.. ވަރަށް ހަނދާން ނެތިފައޭ އެހެރީ.. އެކަން އެނގުނު ތި ތެމީހުން ތަތްވެގެން ތިބި ގޮތް ފެނިފަ..” ޖަނާ އީރަމް އާއި ދިމާއަށް އެނބުރި އެ މޫނަށް ބަލާލިއެވެ. ” ކީއްވެތަ ނުބުނެވިގެން ތިއުޅެނީ ލާމީ ރައްޓެހިވާންވެސް އެހިޔޭ..ފުރަތަމަ ވެސް އޭނަ އީރަމް އާ މެދު ދެކޭ ގޮތް ކިޔައިދިން ނަމަ އަހަރެން ލާމީގެ ފަހަތުން މޮޔަވެގެން ނޫޅުނީސް ކަންނޭނގެ.. ތި ދެމީހުންގެ ދޭތެރޭ މައްސަލަޖެހެން މެދުވެރިވާ މީހަކަށް އަހަރެން ނުވީސް ކަންނޭނގެ..” ފަހަރަކަށް ވުރެ ފަހަރެއް ޖަނާގެ އަޑު ދިޔައީ ގަދަވަމުންނެވެ. “ހަމަ ތެދަށް މި ބުނަނީ.. އަހަރެން ލާމީ ދެކެނީ ގާތް ރައްޓެއްސެއް ގޮތުގަ..” އީރަމް ގެ ލޮލަށް ކަރުނަ ޖަމާވީ ޖަނާ ބުނެލި ބަސްތަކުން އެހިތަށް ތަދުވުމުންނެވެ. އޭނާ ދައްކާ ވާހަކަ ޖަނާ ގަބޫލް ނުކުރަނީ ކީއްވެހެއްޔެވެ. ލާމިހް ކޮންމެ ގޮތަކަށް ދެކުނު ކަމުގައި ވީނަމަވެސް ނާއިލް ނޫން މީހެއްދެކެ ލޯބި ނުވެވޭނެކަން އީރަމް ގެ ހިތް މާ ކުރިއްސުރެ ވެސް ނިންމައިފިއެވެ. ޖަނާ ދެކޭ ގޮތުގައި އީރަމް އޭނާ އަށް ދޮގުހެދީއެވެ. ގަސްތުގައި ލާމިހް ގެ ކުރިމަތީ  ޖަނާ ގެ އަގު ވައްޓާ ލަދުގަންނަވާލީއެވެ. ” ކިހިނެއްވީ.. މާ އަޑު ގަދަ ކޮއްލައިން ދެމީހުން ތި އުޅެނީ..” ކޮޓަރިން ނުކުތް ސަލްމާ ޖަނާ ކައިރިއަށް ހުއްޓެމުން އަހާލިއެވެ. ޖަނާ ގެ ލޮލުން ފެންނަ ރުޅިވެރިކަމާއި އީރަމް ގެ ލޮލަށް ޖަމާވެފައިވާ ކަރުނައިން ކަމެއް ގޯސްވެއްޖެކަން ސަލްމާ އަށް ނަގައިގަނެވުނެ. ” ނޭނގެ..” ޖަނާ ފޮށި ހިފައިން ކޮޓަރިއަށް ވަނުމުން އީރަމް ވެސް ހިނގައިގަތީ ކޮޓަރިއަށެވެ. ދެ އަންހެންކުދިން ދިޔަ ދިމާއަށް ބަަލަހައްޓައިން ހުރި ސަލްމާ ނިންމީ ޖަނާ އާއި ފަހުން ވާހަކަދައްކާށެވެ.

 

ރާމިޒް އޮފީހަށް ދިއުމާއެކު އާނާ ގޮވައިން ގޭތެރޭ އުޅުނު ލޫނާ އިނީ ލާމިހް ގެޔަށް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ގަޑިން އަށްގަޑި ބައިވެ ދިޔައިރު އަދިވެސް ލާމިހް މެންނަށް އާދެވޭ ވަރުނުވަނީ ބާއެވެ. ގޭގެ ދޮރު ހުޅުވާލުމަށް ފަހު ލާމިހް ވަނީ ލޫނާ ކޮޓަރީގައި އުޅެނިކޮށެވެ. ލާމިހް ވަތްކަން އެނގުމާއެކު ލޫނާ ނުކުތް އިރު ސިޓިންގްރޫމް ކާރޕެޓްމަތީ ކުޅެން އިން އާނާާ ދުވެފައި ގޮސް ލާމިހް ގެ ފައިގައި ބައްދާލަނީއެވެ. ” ދޮންބޭ.. އައި މިޓްސް ޔޫ..” އާނާގެ ތުއްތު އަޑުން އެ ބުނީ ކީކޭ ކަން ދޭހަ ވުމާއެކު ލާމިހް ގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ” ދޮންބެ މިސްޓް ޔޫ މޯ..” އާނާ އުރާލަމުން ގޮސް ސޯފާގައި އިށީން ލާމިހް ގެ މޫނަަަށް ލޫނާ ފަރުވާތެރިކަމާއެކު ބަލާލިއެވެ. އޭނާގެ ކޮއްކޮ އަށް ކޮންމެވެސް ކަމެއް ވެއްޖެއެވެ. ލާމިހް މޫނުމަތި މިލާފައިވާ އިރު ހީވަނީ ރޭ ނުނިދާ އުޅުނުހެންނެވެ. ” ހިނގާ ސައިބޯން ދާން.. ” ލޫނާ އެހެން ބުނުމުން ލާމިހް ދެ ފަރާތަށް ބޯ ތަޅުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ” ނިދާލަން ބޭނުމީ..” ލާމިހް ބޭނުންވީ އެކަނި ވެލާށެވެ. ” ނޫން.. ކޮންމެވެސް އެއްޗެއް ކާލައިން ނިދަންވާނީ ދެން.. ލާމީ އަންނާތީ ރޮށި ވެސް ފިހެފަ ހުންނާނެ..” ލޫނާ ކާ ގެއަށް ހިނގައިގަންނަމުން ބުނެލިއެވެ. ލާމިހް ކާ ގެއަށް ވަނީ އާނާ އަށް ކާރޓޫން އަޅުވައި ދިނުމަށް ފަހުއެވެ. ” އެ ރަށް ވަރަށް ރީތިތަ..” ލާމިހް އިށީނުމާއެކު ލޫނާ އަހާލިއެވެ. ” ހަޑި އެއް ނޫން..” ލާމިހް ވީހާވެސް ކުރުކޮށް ޖަވާބުދިނެވެ. ” އީމް އެއީ ލާމީ ލައިކް ވާ ކުއްޖާތަ..” ލޫނާ ގެ އަނގައިން އެ ސުވާލު ބުނެވުނުލެއް އަވަސް ކަމުން އޭނާ ވެސް ހައިރާންވިއެވެ. ” އޭން.. ދޮންތަ ކައިރީ ކާކު ކީ އެއްޗެއް ތީ..” ލާމިހް އަށް ލޫނާ އަށް އެކަން އިނގެންވީ ގޮތެއް ނުވިސްނުނެވެ. ” ހަމަ ގެސް ކޮއްލީ.. އެ ރަށަށް ދާ މީހުންގެ ނަންތަށް ބުނީމެއްނު.. ދޮންތަ އަށް ހަމަ ހީވީ އެވާނީ އީމް އަށޭ.. ރަނގަޅަތަށް މި ބުނެވުނީ..” ލޫނާ ލާމިހް ކައިރީ ކަޅު ސައި ތަށި ބަހައްޓަމުން އެ މޫނު ފެންނާނެހެން އިށީނދެލިއެވެ. ” ހޫމް..” ލާމިހް ކެއުމާއިގެން އުޅުނުއިރު އެ މޫނުމައިން މާ ބޮޑު ޝައުގެއް ނުވަތަ އަސަރެއް ނުފެނެއެވެ. ” ސޯ…” ލޫނާ ދަމާލަމުން އެހެން ބުނެލީ ލާމިހް އިތުރު ވާހަކަ އެއް ނުދެއްކުމުންނެވެ. ” ސޯ ވަޓް..” ސައިތަށިން ކޯވަރެއް ބޯލަމުން ލާމިހް އަހާލިއެވެ. ” ދެން އީމް ގެ ވާހަކަތައް ކިޔައިދޭންވީނުން.. ވަރަށް ދުވަހު ސިއްރުކޮއްގެން އުޅެފީމެއްނު..” ލޫނާ އެހެން ބުނުމާއެކު ލާމިހް ގެ ހަރަކާތްތަކަށް ހުއްޓުމެއް އަޔެވެ. ” ކިޔައިދޭނެ ވާހަކައެއް ނެތް.. ޝީ ސެއީޑް ނޯ..” ހިތުގައި ވި ރިހުން ފޮރުވާލަމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކޮއްލީ އެ ހިތަށް ވެފައިވާ އަނިޔާ ލޫނާ އަށް ސިއްރުކޮއްްލަމުންނެވެ. ” ލާމީ ރައްޓެހިވާން އެހީތަ.. ކޮންއިރަކު.. އީމް ހަމަ ނޫނެކޭ ތަ ބުނީ..” ލޫނާ އެއްފަހަރާ ހުރިހާ ސުވާލެއް ކޮއްލިއިރު ހުރިހާ ކަމެއް އޮޅުންފިލުވާހިއްވެފައި އިންކަން އިނގެއެވެ. ކާން އިން ރޮށި ތަށި ދުރުކޮއްލުމަށް ފަހު ލާމިހް އިންތަނުން ތެދުވެ ޖެހިލީ ސިންކު ކައިރިއަށެވެ. އަތް ދޮވެލުމަށްފަހު އަނެއްކާ ވެސް ހަމަ ކުރިން އިން ތާ އިށީދެލަމުން ލޫނާ ގެ މޫނަށް ބަލާލިއެވެ. ދޮންތަ އަށް އީރަމް ގެ ކަންތައް ކިޔައިދެނިކޮށް ދެން ކަންތައް ކުރަންވީ ގޮތެއް ވެސް އެނގިދާނެއެވެ. އީރަމް އާއި ފުރަތަމަ ބައްދަލުވި ގޮތުން ފެށިގެން ގޮސް ނާއިލް އާއި އީރަމް ގެ ކައިވެނީގެ ވާހަކަ ވެސް ލާމިހް ލޫނާ އަށް ކިޔައިދިނެވެ. ޖަނާ ގެ ފަރާތުން އީރަމް ގެ ހިތުގައި ވާ އެއްޗެއް އެނގުނު ގޮތް ކިޔައިދެމުން ލާމިހް ލޫނާ ގެ ކައިރިން އެދުނީ ދެން ކަންތައް ކުރާނެ ގޮތެއް ބުނުމަށެވެ. ” ލާމީ.. ކޮންމެ ގޮތެއް ވިޔަސް ފުރަތަމަ ކުރެވޭ ކައިވެންޏަށް ކޮންމެ މީހަކު ވެސް ފޮނި އުއްމީދު ތަކެއް ކުރާނެ.. އީމް ވެސް ނާއިލް އާއި އިންނާނީ އުމުރަށް އެކީގަ އުޅެން.. އެވަރުގެ ބޮޑު އިތުބާރެއް ކޮއްފަ..އެކަމަކު ނާއިލް ގެ ފަހުން ވެސް އީމް އެހެން މީހަކާ ގުޅެން ފަސްޖެހިދާނެ.. ދޮންތަ އަށް އެކަހަލަ ކަމެއް ވި ނަމަވެސް ވާނީ އެހެން ކަންނޭނގެ.. ލާމީ އީމް ދެކެ ލޯބި ވަންޔާ ދޮންތަ އަށް ފެންނަނީ އަދި މަސައްކަތް ކޮއްލަން..” ލޫނާ ގެ ވާހަކަތަށް އަޑު އަހަން އިން ލާމިހް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ. ” އެކަމަކު ދޮންތާ.. ޖަނާ..” ލާމިހް ޖަނާ ގެ ނަން ބުނުމާއެކު ލޫނާ ލާމިހް ގެ ވާހަކަ ހުއްޓުވިއެވެ. ” ޖަނާ އަށް ހީވެދާނެ އީމް ދޮގުހެދިއްޔޭ.. އެހެން ބުނީ ގަސްތުގައޭ.. ލާމީ އަށް ވެސް ހީވާނެ އެހެން.. އެކަމަކު އޭރާއި މިހާރާއި އީމް ގެ ހިތުގައި އޮތް އެއްޗެއް ކިހިނެއް އިނގެނީ.. ހާލަތު ގެ ގޮތުން ވެސް އީމް އަށް އެހެން ބުނެވިދާނެ.. އޭގެ މާނައަކީ އެކަމާ ހިތްހަމަ ނުޖެހިގެން ލާމީ އީމް އާއި ދުރުވުމެއް ނޫން..އިމް ސީދާ ލާމީ ކައިރި ނޫނެކޭ ނުބުނެއެއްނު” ލޫނާ ހިނިތުންވެލިއެވެ. ދޮންތަ އެބުނީ ތެދެއްކަން ލާމިހް އަށް ނަގައިގަނެވުނެވެ. އީރަމް ކޮންމެ ގޮތަކަށް ކަންތައް ކުރިކަމުގައި ވިނަމަވެސް އެހިތުގައި އީރަމް އަށް ވާ ލޯބި ބަދަލެއް ނުވާނެއެވެ.

 

އީދު ބަންދަށް ފަހު އޮފީހަށް ލާމިހް އާއި ހުސެން އައިސް ވަނީ އެކު އެކީގައެވެ. ހަފްތާއެއް އެއް ފަހުން ހުސެން ގެ ކައިވެނި ކުރެވެން ހުރިހާ ކަމެއް ނިމިފައި ވާ އިރު ކުރިއަށް އޮތް ދުވަސްތަށް ލާމިހް އަށް ވެސް ބުރަވާނެކަން އޭނާ އަށް އިނގެއެވެ. ހަނާ މެން ރަށުން އައި ފަހުން އީރަމް އާއި ބައްދަލު ވެފައި ނުވާއިރު އީރަމް އަށް މެސެޖެއްކުރާކަށް ވެސް ލާމިހް އަކަށް ނުކެރުނެވެ. ދެ މީހުން ކެބިން އަށް ވަންނަން ދާން ހިނގައިގަތީ ބްރޭކް ގަޑީ ދިމާވާން ނިންމައިންނެވެ. އޮފީސް މޭޒު ކައިރި އަށް އައި ލާމިހް ގެ ފިޔަވަޅު ހުއްޓުނީ މޭޒުމަތީ އޮތް ސިޓީ އުރަ ފެނިފައެވެ. މަސައްކަތް ކުރާ ކޮމްޕެނީގެ ނަން ފެނުމާއެކު އެއީ އޮފީހުން އައިސް އޮތް އެއްޗެއް ކަން އެނގުމުންނެވެ. ލާމިހް ގެ ހިތް އަވަސް ވެގެން ދިޔައީ އޭގައި ވާ ސިޓީ އެއީ ކޮން ކަމަކާ ގުޅޭ އެއްޗެއްކަން އިނގޭތީއެވެ. ގޮނޑީގައިި އިށީނދެ ސިޓީ އުރަ ކަނޑާލިއިރު ވެސް ލާމިހް އަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އޭގައި ވާ ލިޔުން ކޮޅަށް ނަޒަރު ހިންގާލުމާއެކު ދެން އެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ހެއްދެވި ފަރާތަށް ޝުކުރުދަންނަވަމުން އަދި ވެސް އެއްފަހަރު ސިޓީ ކިޔާލީ އޭގައި ވާ އެއްޗެއް ޔަގީން ކުރުމަށެވެ. އޮފީހުން މި ފަހަރު މެލޭޝިޔާއަށް ކިޔަވަން ދިއުމުގެ ފުރުސަތު ލިބުނީ ލާމިހް އަށެވެ. ފައިސާގެ ހުރިހާ ކަމެއް އޮފީހުގެ ފަރާތުން ހަމަޖައްސައިދޭއިރު އެއީ ލާމިހް އަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ތުންފަތްމަތީގައި ވާ ހިނިތުންވުން ފިލާ ދިޔައީ އީރަމް ނުފެންނަ ހިސާބަށް ދާން ޖެހޭނެ ކަން އެނގުމުންނެވެ. ސިޓީގައި ވާ ގޮތުން މަހެއް ހާ ދުވަސްތެރޭ އޭނާ ފުރަން ޖެހޭނެއެވެ. ބްރޭކް ގަޑި ޖެހުމާއެކު ލާމިހް އެ ހަބަރު ހުސެން އަށް ދިނެވެ. ހުސެން ގެ ފަރާތުން ފެނުނު އުފާވެރިކަމުން ލާމިހް އަށް ކުރިޔަށް ދިއުމަށް ހިތްވަރެއް ލިބުނެވެ. ” އެއްވެސް މީހެއް ކައިރީ އަދި ނުބުނާތި.. ހައި ކައިރީގަ ވެސް.. ވަގުތު ޖެހުނީމަ އަހަރެން ބުނާނަން..” ލާމިހް ހާސްވީ އެ ހަަބަރު އީރަމް އަށް އެނގިދާނެތީއެވެ.

 

އެނދުމަތީ ފަތުރާލެވިފައި އޮތް ހުދު ކުލައިގެ ކައިވެނީގެ ހެދުމަށް ބަލަހައްޓައިން އިން ހައިފާ ނިޔަފަތީ ގައި ދަތްއަޅާލިއެވެ.  ރީތިވާ މޭޒު ކައިރީ ތިބި ހަނާ އާއި އީރަމް އެކަކު އަނެކަކަށް ބަލާލީ ހައިފާ ގެ މޫނުމަތިން އުފާވެރިކަމުގެ ބަދަލުގައި  ހާސްކަން ފެންނާތީއެވެ. ” ދޮންތާ.. ހެދުން ކަމު ނުދަނީތަ..” ހަނާ ހައިފާ ކައިރީ އެނދުގައި އިށީންނަމުން އަހާލިއެވެ. ” ނޫން.. ވަރަށް ރީތި…” ހެދުމަށް ބަލަހައްޓައިން އިނދެ ހައިފާ ބުނެލިއެވެ. ” ހެޔޮވަރުތޯ ބަލަން އަދި އެއްފަހަރު ލާން ވީ އެއްނު.. އޭރުން މައްސަލަ އެއް ހުއްޓަސް މާދަން ރެއަށް ރަނގަޅު ކޮއްލެވޭނީ..” އީރަމް ހެދުން ނަގަމުން އެެހެން ބުނުމާއެކު ހައިފާ އިންތަނުން ތެދުވެއްޖެއެވެ. އީރަމް އާއި ހަނާ ގެ އެހީތެރިކަމާއެކު ހައިފާ ހެދުން ލުމާއެކު ހެދުމުގެ ރީތިކަން ފާޅުވެގެން ދިޔައެވެ. “ވާވް.. ޔޫ ލުކް މެޖިކަލް..” އީރަމް ދުރަށް ޖެހިލަމުން ބުނެލިއެވެ. ހަށިގަނޑުގެ ބައްޓަމަށް ހެދުމުގެ މަތިން އައިސް ތިރިއަށް ދޫ ކޮއްލެވިފައިވާ އިރު ފަހަތަަށް ވާ ގޮތަށް އޮތް ލޭސް ބައި ވަރަށް ރީއްޗެވެ. ކުދި ކުދި ވިދާ އެސްތަކުން ހެދުން ޖަރީ ކުރެވިފައި ވުމުން އަލި އެޅިލާ ގޮތުން ކުޑަ ވިދުމެއް ހުއްޓެއެވެ. އާދައިގެ ރީތި ގޮތަކަށް ފަހާފައިވާ ހެދުމުން އެކަނި ވެސް ހައިފާ ބިރުގަންނަ ގޮތް ވިއެވެ. ވަގުތު އައިސް ކައިރިވާކަން އެނގުމުން ހިތް ބިރުގަންނަނީއެވެ. ” މި ހެދުން ލައިގެން އެންމެން ތަކުތެރެއަށް ވެއްޓޭނީ ކަންނޭނގެ.. އޯ މައި ގޯޑް.. މިކަމެއް ނުވާނެ..” ހައިފާ ފުން ނޭވާ އެއް ލަމުން އެހެން ބުނިއިރު އަޑުން ވެސް ހާސްވެގެން އުޅޭކަން އެނގުނެވެ. އީރަމް ބަލަން ނުުހުރެ ގޮސް ހައިފާގެ އަތުގައި ހިފާލިއެވެ. ” އޭތް.. ހައި.. ތިކަހަލަ އެއްވެސް ކަމެއް އިރާދަކުރެއްވިޔާ ނުވާނެ..އިޓް ވުޑް ބީ ޕާރފެކްޓް.. ތިހެން ފްރީކް އައުޓް ވާނެ ކޮންމެ އަންހެން ކުއްޖެއްވެސް.. އައިނޯ..” ނާއިލް އާއި ކައިވެނި ކުރި އިރު އޭނާ އަށް ވެސް ވީ އެހެނެވެ. އީރަމް ގެ ބަސްތަކުން ހައިފާގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. “ހޫން..ދެން ތި ހެދުން ބާލަން އުޅޭ.. ތި ނުފެންނަ ހިސާބަށް ލާފަ ފޮރުވީމަ އޯކޭ ވެދާނެ..” ހަނާ އެހެން ބުނުމާއެކު ހައިފާ ހީގަތެވެ. އަވަހަށް ނިދަން ވާނެ ކަމުގައި ބުނެ އީރަމް ހަނާ ގެ ފަހަތުން ނުކުތީ ގެއަށް ދިއުމަށެވެ.

 

ހުކުރު ދުވަހު މެންދުރު ގެ ކެއުމަށް ފަހު އީރަމް އާއި ހަނާ ދިޔައީ ދަރުބާރު ގެއަށެވެ. ކައިވެންޏަށް ހާއްސަ ކުރެވިފައި ވާ ހޯލުގައި މީހުންތަށް ހަރަކާތްތެރި ވަމުން ދިޔަ އިރު ބިންމަތީ ވަނީ ހުދާއި މެރޫން ކުލައިގެ މާތަކެވެ. ވަށައިގެން ކުދި ކުދި ލައިޓްތަށް ހަރުކުރުމުގައި ވެސް ބަޔަކު އުޅެއެވެ. ” ހަނާ ދާންވީނު.. އަހަރެން މަޑު ކޮއްފާނަން.. ހައި ގޮވައިން ސެލޫން އަށް ވެސް ދާން ޖެހޭނެއެއްނު..” އީރަމް ހަނާ ގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ” އޯކޭ.. އިތުރު ކަމެއް ބޭނުން ވެއްޖިއްޔާ ކޯލް މީ.. އީމް އަށް ގެއަށް ދެވޭނެ ދޯ ކާރުގަ..” ހަނާ ދިއުމުގެ ކުރިން އަހާލިއެވެ. ” ހޫމް..” އީރަމް ގެ ލޯ ވަށައިގެންވާ މާހައުލުން ދެކެން ބޭނުން ވި މޫނެއް ނުފެނުނެވެ. ” އީމް ތައްޔާރު ވެގެން ގުޅީމަ ދާނަން ބަލާ.. ” ހަނާ ދިއުމާއެކު އީރަމް ވެސް މަސައްކަތުގައި ބައިވެރިވިއެވެ. ލާމިހް އެތަނުން ނުފެނުމުން އީރަމް ގެ ހިތުގައި ސުވާލު އުފެދުނެވެ. އެ ދުވަހަށް ފަހު ލާމިހް މެސެޖެއް ވެސް ނުކުރެއެވެ. ގަބޫލް ކުރަން ބޭނުން ނުވިނަމަވެސް ލާމިހް އޭނާ އާއި ދުރުވާކަމުގެ އިހްސާސް ކުރެވުމުން އެހިތަށް ތަދުވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ލޯބިން ހިނިތުންވެލާށޭ 18 (ފަހު ބައި)

Next

އިންތިޒާރު ކުރި ލޯބި (11)

Next
October 15, 2017

އިންތިޒާރު ކުރި ލޯބި (11)

Previews
October 15, 2017

ލޯބިން ހިނިތުންވެލާށޭ 18 (ފަހު ބައި)

9 Comments!

  1. seym says:
    October 15, 2017 at 12:44 am

    Salaam.. ?
    Wanted to upload this part before m off to sleep. Mistakes huredhaane.. didnt check that much. ? Anyways hope you all will enjoy reading this part too. Leave a comment and let me know what u think of the story so far.. ?? Goodnight all.. ♥️♥️ lovess ???

  2. reader says:
    October 15, 2017 at 2:23 am

    Eeem is in love with Laamih

  3. Angry birds says:
    October 15, 2017 at 7:10 am

    Avas kohlache.. V salhi mi partuu

  4. khajja says:
    October 15, 2017 at 7:34 am

    Ohh wow masha allah stry v v v amazing ?? eem is in luv laamee dhw ??eem laamee ah call kollabala fennan nethyma eyrun engidhaane ennu gaimuves thi weddinga laamee ves baiverivaane!! Thi wedding therein kanneynge laamee ah course libi furanjehey vaahakaves bunaany? Laamy ge dhonthaves viyas eem aa vaahakadhakkaalabsla vaagotheh balan plx whn nxt prt avaskolladhybala can’t wait plx

  5. Sheii says:
    October 15, 2017 at 8:19 am

    Upload next part avahah. Waitinggss.

  6. Xaaan says:
    October 15, 2017 at 9:06 am

    Masha Allah mipartves v reethi

  7. ??? says:
    October 15, 2017 at 10:01 am

    Vvv rythi???

  8. seym says:
    October 15, 2017 at 4:22 pm

    Thankyou all for the lovely commentz. ??❤️♥️

  9. ??? says:
    October 16, 2017 at 8:03 am

    Konn dhuvahakunn vaahaka anehbaii nerenii vvv inthizaaru kurevey mivaahaka ah vesss avahah nereba dhenn ????

Comments are closed.

Next Episodeތިޔަ ދިން އުފާ 25←


All Right Reserved!