Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން ހިނިތުންވެލާށޭ 18 (ފަހު ބައި)

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
October 15, 2017 10 Mins Read
76 Comments

ޝައިމް އާއި މަލަކާއާއި ދޭތެރޭ ލެވެމުން ދިޔަ ފާރު އިސާހިތަކު ބިމާއި ހަމަވެއްޖެއެވެ. ޝައިމްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. މަލަކާއާއި ދެމީހުން އެކަކު އަނެކަކަށް ބަލައިލީ ނުހަނު ލޯބީގެ ނަޒަރަކުންނެވެ. އެތައް ވާހަކަތަކެއް އެބެލުމުން ހިއްސާކުރަމުންނެވެ.

“ޝައިމް ގަބޫލުތަ” ޝައިމް ބަހެއް ނުބުނުމުން ފާއިޒު އަހާލިއެވެ. ޝައިމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަގީގަތުގައިވެސް އޭނާއަށް އެލޯބި ލިބެނީ ހެއްޔެވެ؟ އަނައްކާ މީ އޭނާއަށް ފެންނަ ހުވަފެނެއް ނޫންބާވައެވެ.

“ޝައިމް ކިހިނެތްވީ” ކާއިން އައިސް ޝައިމްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

“އަޅުގަނޑު ގަބޫލު” ޝައިމް ބުނެލިއެވެ. މަލަކާއަށް ބަލަހައްޓައިގެން ހުރެއެވެ.

ސަމީހާމެން ދުރަށް ޖެހިލީ ޝައިމްއާއި މަލަކާއަށް ވާހަކަ ދައްކާނެ ފުރުސަތު ދޭށެވެ.

“ކީއްވެތަ ދެލޯބޮޑުކޮށްގެން ބަލަހައްޓައިގެން ތިހުންނަނީ. އަނެއްކާ އަހަރެން ފެންނަނީ ޖިންނިއެއްގެ ސިފައިގަތަ” ޝައިމް އައިސް ކައިރީގައި އިށީނުމުން މަލަކާ އަހާލިއެވެ.

“ނޫން. ގަބޫލުކުރަން ދަތިވެފަ” ޝައިމް ބުނެލިއެވެ.

“ހުވަފެނެއް ކަމަށްތަ ހީކޮށްގެން ތިހުރީ.. ދައްކަބަލަ” މަލަކާ ޝައިމްގެ އަތުގައި މަޑުމަޑުން ވިކާލިއެވެ. ޝައިމް އެވަރަށް ބަލާތީ ލަދުގެންފައިވާ ހާލުގައެވެ.

“މަލާ.. ބޭބެ މަލާ ހޭނެތުނު ވާހަކަ ބުނުމުން އަހަރެން ހީކުރީ މަލާ އަހަންނާއި އެއްކޮށް ދުރަށް ދިޔައީ ކަމަށް. އަހަރެން ހީކުރީ ދެން ދުވަހަކުވެސް ތި ރީތި އަޑު ނުއިވޭނެކަމަށް . ތި ފަރި ހިނިތުންވުން ނުފެންނާނެ ކަމަށް. އެކަމަކު އެހުރިހާ ކަމެއް ބަދަލުވެގެން މިދިޔައީ ކިހާ އަވަހަކަށް. އަހަރެން ބޭނުން މަލާ އަހަރެނަށް ފެންނަ ހިސާބުގައި އަބަދުވެސް ބަހައްޓަން. އަހަރެން މަލާ ދެކެ ވަރަށް ލޯބިވޭ” ޝައިމް މަލަކާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ތިވަރަށް ތައުރީފު ނުކުރިއަސް އަހަރެން މީ ޝައިމްގެ މީހެކޭ” ލަދުގެންވަރުން މަލަކާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ.

“އަހަރެން ހިތަށް އަރާ މިހެން ނުވި ނަމަ އަހަރެން މިހާރު ހުންނާނީ އެހެން މީހެއްގެ އަންބެއްގެ ގޮތުގައޭ.. ނަސީބެއް ދޯ މިހެންވިކަން…” މަލަކާއަށް ބުނެވުނީ އެހާ ވަރަށެވެ. ޝައިމް މަލަކާ ހުއްޓުވިއެވެ.

“ނަސީބެކޭ!! އަހަރެން ކިރިޔާ މޮޔަނުވީ މަލަކާ އޮތް ހާލުފެނި.. އަހަންނަށް މަލަކާ ނުލިބުނަސް އަހަރެން ދުވަހަކުވެސް ބޭނުމެއްނޫން އެއްވެސް މީހެއްގެ އަނިޔާއެއް މަލަކާއަށް ލިބެން. ހަނދާނުގައި ބަހައްޓާތި.. އިތުބާރު ނުކުރެވޭ މީހުން ދޭ އެއްޗެހި ދުވަހަކުވެސް ކައިގެން ނުވާނެ. އޯކޭތަ” ޝައިމް ސީރިއަސް ރާގަކަށް ބުނެލިއެވެ.

“އޯކޭ ޝައިމް..އަހަރެން އެކެއީ ނިއަމް ދިން އެއްޗެއް ކަމަށް ހީކޮށް. މައިޝާ ދިން އެއްޗެއް ކަން އެނގުނަމަ ހުރިގޮތަށް ޑަސްބިނަށް  ލާނީ” މަލަކާ ބުނެލިއެވެ.

“މަލަކާ، އަހަރަމެން މިއައީ ޝައިމް ބަލައޭ..” ކާއިންގެ ފަހަތުން އައި އަޝްވިން ބުނެލިއެވެ.

“ދޮންބެ ދެން މިރަށުގައި ދޯ އުޅޭނީ. ދެމީހުން އުޅެން ބޮޑު ގެޔެއްވެސް އެބަހުއްޓެއްނު” އަޝްވާ ބުނެލިއެވެ.

“ހަމަ ދަނީތަ ދެން” މަލަކާ އަހައިލީ އެހާ އަވަހަށް ޝައިމް ދާން އުޅުމުން ކަންބޮޑުވެފައި ހުރި ރާގަކަށެވެ.

“ބޭބެމެން ދޭ . މަލަކާ ރަގަޅުވަންދެން އަހަރެން މިކޮޅުގައި މަޑުކޮށްލާނަން. މެރީ ކޮށްގެން ދޯ މާލެ ދާނީ” ޝައިމް އޭނާ ބޭނުންވާ ގޮތް ބުނެލިއެވެ.

“އުހުން.. އަހަރަމެން ފޮނުވާލާފަ ކިހިނެތް މެރީ ކުރެވޭނީ. އަހަރެން ބޭނުން ކައިވެނީގެ ހުރިހާ ކަމެއް އިންތިޒާމް ކުރަން.. މެރޫން ކުލައިގެ ވެޑިންއެއް ދޯ ބާއްވާނީ.. ގޭގެ ޓެރަސް ވަރަށް ސަޅިވާނެ. ރޭގަނޑު ކުދި ކުދި ބޮކި ދިއްލާފަ ބޮޑު މޭޒެއްގެ ދޮށުގައި ތިބެގެން އެއްމެން ކާނީ. ދެން ދޮންބެ އާއި މަލަކާ އެއްމެ ރީތި ހެދުމުގައި މީހުންނާއި ސަލާންކުރަން ވަރަށް ރީތިކޮށް މާތަކާއި ފޮތިން ހަދާފައި ހުންނަ ބެކްޑްރޮޕެއްގެ ކުރިމަތީގައި ތިބޭނީ.. ކާއިން އެހީވާނަން ދޯ ވެޑިން ބާއްވަދޭން” ހިޔާލީ ދުނިޔެއެއްގައި އަޝްވާ ކައިވެނީގެ އެއްމެހާ އިންތިޒާމެއް ވަރަށް ފުރިހަމަކަމާއި އެކީ ރާވާލާފިއެވެ.

“މަށަށް ހީވަނީ ތިމީހުންނަށްވުރެ ކުރިން ޗެރީ ކަންނޭނގެ މީހަކާއި އިންނާނީ.. އިންނާނެ މީހަކު ނުލިބުނަސް އެކަނި ވިޔަސް ވެޑިން ބާއްވާނެ” ކާއިން އަޝްވާ އާއި ދިމާކޮށްލަމުން ބުނެލިއެވެ. އަޝްވާ ރުޅި އައިސްގެން ކާއިންއަށް ލޯ އަޅާލިއެވެ. މުޅި ދަތުރުގައިވެސް ކާއިން އޭނާއަށް ކުރީ މަލާމާތެވެ. ފަލައޭ ނޫނީ އިންނާނެ މީހެއް ނުވާނޭ ކިޔަމުންނެވެ. ރީއްޗަށް ވާހަކަ ދައްކާލަނީ ހަމައެކަނި ޝައިމްގެ ކަމެއްގައެވެ.

“އަޝްވާ ސޮރީ… މަލަކާ ބޭނުމެއް ނުވޭ ތިހާ ބޮޑު ވެޑިންއެއް ދޯ… ކައިވެނި ކުރަން ތިވީ ގޮތުން މާލެ ދާނީ. އޭރުން އެއްމެން ހަމަވާނެ އެއްނު” މަލަކާއަށް ދޯއެއް ދެމުން ޝައިމް ބުނެލިއެވެ.

“ހާސްނުވޭ ޗެރީ، ދެމީހުން ކައިވެނި ކުރާ ދުވަހަކުން ރިކޯޑަށް އަރާވަރުގެ ކައިވެނި ޕާޓީއެއް ބާއްވާނަން” ކާއިން އައިސް އަޝްވާގެ ނޭފަތުގައި ހިފާލަމުން ބުނެލިއެވެ.

“މަށެއް ނޫޅެން ކާއިން ވަރުގެ މީހެއް ނުލިބިގެން. ފޮނިކަޑާ މީހުންނަށް ލިބޭނީ ހުސް ލަޑު” އަޝްވާ ކާއިންގެ އަތުގައި ހިފައި ބާރަށް ދުރަށް ޖައްސާލަމުން ބުނެލިއެވެ.

“ތިމީހުން ވާހަކައިގަ ތިއްބާ ލޯންޗު ފުރާގަޑި އެޖެހެނީ…” އަޝްވިން ބުނެލިއެވެ.

ކާއިން، އަޝްވާ އަދި އަޝްވިން އެރޭ ފުރައިގެން ދިޔައެވެ.


 

ދުވަސްތައް ފާއިތުވަމުން ދިޔައީ ހަލުވި ކަމާއި އެކީގައެވެ. ހަރީފު މޫސުމުގެ ހިޔަނި ނެތި ގޮސް މަލަކާއާއި ޝައިމްގެ ހަޔާތަށް ބަހާރު މޫސުމުގެ ކުލަތައް ގެނުވަމުން ދިޔައެވެ. ވޭނާއި ތުރާތައް ގެއްލިއްޖެއެވެ. ޖަހަމުން ދިޔަ ގުގުރީގެ އަޑު ކެޑިއްޖެއެވެ. ތޫފާނުގައި އޮޔާއި ބެހެމުން ދިޔަ ދެހިތުގެ މަންޒިލް އެއް މަންޒިލަކަށް ވެއްޖެއެވެ. ވެހުނު ބޯވާރޭގެ ސަބަބުން މިހާރު އުފެދި ފޯދެމުންދާ ގުޅުން އިހުނަށް ވުރެ ވަރުގަދަހެން ހީވެއެވެ.

މަލަކާ މިއަދުވެސް ދެފައި ވަށްކޮށްގެން އެނދުމަތީގައި ދެކޮޅަށް ހެލިލަ ހެލިލައި އިނެވެ. ހިތްވަނީ އަވަސްވެފައެވެ. އުއްމީދުގެ ހުޅުކޮޅު އެއްކޮށް ނިވިފައި ހުރުމަށްފަހު އަނެއްކާވެސް ވަރުގަދަ ހުޅުގަނޑެއް ރޯކޮށްލާފިއެވެ. ހިތް ބިރުގަންނަނީ އެހެންވެއެވެ.

ކައިވެނި ކުރާ ވަގުތު ކުޑަތަން ވަނީއެވެ. އިޝާ ނަމާދުން ފައިބައިގެން މުސައްލަ ފަތްޖަހާލުމަށްފަހު ވެއްޓިގަތީ އެނދު މައްޗަށެވެ. އެޔަށްފަހު އެއިން ގޮތަށް އެއިނީއެވެ. މިފަހަރު ފިލައިގެން ދާކަށް ބޭނުމެއް ނޫނެވެ. ބޭނުންވަނީ ކެރިގެން ކާމިޔާބާއި ކުރިމަތިލާށެވެ. އުފާތައް ނިގުޅައިގަތުމުގެ ކުރިން ދޫނުދޭން ބާރަށް ހިފަހައްޓާށެވެ.

“މަލަކާ..” އިސްޖަހައިގެން އިން މަލަކާ ބޯހިއްލާލީ އޭނާގެ ނަން އިވުމުންނެވެ.

“ޗެރީ.. ހަވީރު އަންނާނަމޭ ބުނެ އަދިކިރިއާނު ތި އާދެވުނީ” އެދުން ތެދުވަމުން މަލަކާ ބުނެލިއެވެ.

“މަލަކާވެސް އެހެން ކިޔަން ފެއްޓީ ދޯ..” ކުނި މޫނު ހަދާލަމުން އައިސް މަލަކާގެ ފަހަތުގައި ރީތިވާ މޭޒުގެ ކުރީގައި އަޝްވާ މަޑުކޮށްލިއެވެ.

“ސޮރީ…. ކާއިން އެހާ ލޯބިން ގޮވާލާތީ އަހަންނަށްވެސް ކިޔުނީ..” މަލަކާ ހެމުން ބުނެލީ އަޝްވާގެ މޫނު ފެނިފައެވެ.

“އޭނަ ދުވަހަކުވެސް އަހަންނަށް ލޯބިން ގޮވާލާނެހެން ހީވޭތަ. އެމެރިކާއަށް ދެވުނީމަ މާ ފޮނިވެގެން އެއުޅެނީ. ވަރަށް ފޫހިވޭ. އެނގޭތަ، ދޮންބެއާއި ދެމީހުން ތަންކޮޅެއް ކުރިން ދުވަހަކު ވާހަކަމުން ބުނި ތިމަންނަ ތިން އަންހެން ކުދިންނާއި ވާހަކަ ދައްކަމޭ. އެވަރުގެ މީހަކަށް މީހެއް ދެކެ ހަގީގީ ލޯބިވެވިގެން އެކުއްޖަކު ނުލިބިގެން އުޅޭނީ” މަލަކާއަށް ރީތިވާން އެހީވެ ދެމުން އަޝްވާ ވާހަކަ ދައްކަމުން ދިޔައެވެ.

“އަޝްވާ ބޭނުމީ ކޮން ކަހަލަ ކުއްޖެކޯ” މަލަކާ އަހާލިއެވެ.

“އަހަރެން ބޭނުމީ ދޮންބެ މަލަކާ ދެކެ ލޯބިވާހެން އަހަރެން ދެކެވެސް ހަގީގީ ލޯބިވާނެ މީހެއް.. އެމީހެއް ޖެހޭނެ އަހަރެންގެ ހުރިހާ އިހްސާސްތަކެއް ދަންނަން. ފަލައޭ ކިޔާފަ އެއްޗެހި ގޮވައިގެން ނުވާނެ. ދެން އެހެން ގޮސް ހުރިހާ ރަގަޅު ސިފައެއް. މިސާލަކަށް މަޑުމައިތިރި އޯގާތެރި” އަޝްވާ އޭނާގެ ހުވަފެނީ ބައިވެރިޔާގެ ސިފަތައް މަލަކާއަށް ކިޔައިދިނެވެ.

ކައިވެނީގެ ވަގުތު އައިސް ކުޑަތަންވަނީއެވެ. ޝައިމް މޭޒުދޮށުގައި މަލަކާ އަންނާނެ އިރެއްގެ އިންތިޒާރުގައި އިންއިރު އަތުކުރީގައި އޮތް ގަޑީގެ ކޮންމެ ސިކުންތެއް ފަރުވާތެރިކަމާއި އެކީ ގުނަމުން ދިޔައެވެ.

މަލަކާގެ އަތުގައި ހިފައިގެން އަޝްވާއާއި ސަމީހާ އޭނާގެ ކޮޓަރިން ނިކުތެވެ. މަލަކާގެ ޗާލުކަން ފެނި ގޮނޑީގައި އިން ޝައިމްއަށް ކޮޅަށް ތެދުވެވުނެވެ. މެރޫން ކުލައިގެ ދިގު ހެދުން ޒީނަތްތެރި ކުރުމަށް ހުދުކުލައިގެން އެސްތައް ވަކި ތަރުތީބަކުން މޭމަތީގައި ހަރުކޮށްފައި ހުއްޓެވެ. އަޅައިގެން ހުރީ އަޅިކުލައިގެ ޝޯލްއެކެވެ. ކައިވެނީގެ ބޮޑު ހަފުލާއެއް ނެތަސް މަލަކާގެ ރީތިކަން އެއިން އެއްވެސް އަންހެން ކުއްޖަކަށް ދޫނުކުރެއެވެ. ފެންނަނީ ސާދާކަމެވެ. މިޒާޖުގެ ހިތްހެޔޮ ކަމެވެ.

މަލަކާގެ ފިޔަވަޅުތަކަށް ކުޑަ ހުއްޓުމެއް އައީ ޝައިމް ފެނުމުންނެވެ.ޝައިމް ހުރީ  ހުދުކުލައިގެ ގަމީހުގެ މަތިން ނޫކުލައިގެ ފަޑު ރޮނގުގެ ގޮޅިޖެހި ކޯޓެއް ލައިގެންނެވެ. އަދި އަޅައިގެން ހުރި ޓައީ އިންނާއި އަތުކުރީގައި އޮތް ގަޑިން ހަރުދަނާކަން ފެންނަމުން ދިޔައެވެ.

ޝައިމްއާއި މަލަކާގެ ކައިވެންޏަށް ދެފަރާތުގެ އާއިލާގެ މެމްބަރުން ހާޟިރުވެ ތިއްބެވެ. ޝައިމްގެ އެކުވެރީންގެ ފަރާތުން އެއްމެ އިސްކޮށް ހުރީ ކާއިންއެވެ. މީގެ އިތުރުން މާހީ އާއި މާޒިންވެސް ބައިވެރިވިއެވެ. މަލަކާގެ ފަރާތުން ހުރީ ނިއަމްއެވެ. އެދުވަހަށް ފަހު ނިއަމް ދަނީ މަލަކާއާއި ޝައިމްއަށް އޭނާގެ ފުރިހަމަ އެހީތެރިކަން ދެމުންނެވެ. އަދިވެސް އޭނާގެ އެއްމެ ގާތް ރަހުމަތްތެރިއަކީ މަލަކާއަށްވެފައި މިވީ ހުރިހާ ދުވަހަކު ދެވުނު ހިތާމަތަށް ލުއިކޮށްދޭން އަޒުމް ކަނޑައަޅަމުންނެވެ.

ކައިވެނީގެ މޭޒު ދޮށުގައި ހެކިވެރީންގެ ގޮތުގައި ކާއިންއާއި މާޒިން އިނެވެ. މަލަކާގެ ބައްޕައާއި ޖެހިގެން މަލަކާ އިނާ ޖެހިގެން އިން ޝައިމްއަށް ބަލާލަން ނުކެރިފައެވެ. ދެއްމެ އެއްމެންގެ ކުރިމަތީގައި އެތޫނު ބެލުންތަކުން އޭނާ ލަދުގަންނަވާލައިފިއެވެ.

“އަނބި ގަބޫލުކޮށްފިން” ޝައިމްގެ ހިތުގައިވި ބަސްތައް އެއްމެނަށް އިއްވާލިއެވެ. އެޔާއެކު އެއްމެންގެ މޫނުމައްޗަށް ވެރިވީ ވަރަށްވެސް އުފާވެރި ހިނިތުންވުމެކެވެ. ޝައިމް މޭޒުގެ ދަށުން މަލަކާގެ އަތުގައި ހިފައި ފިއްތާލިއެވެ. މަލަކާއަށް ބަލާލެވުނީ ޝައިމްއަށެވެ. އޭނާގެ ފިރިމީހާ އަށެވެ. ލޯބިން ފިރިމީހާއަށް ފުރަތަމަވެސް ހަދިޔާކޮށްލީ ލަދުރަކި ހިނިތުންވުމެކެވެ.

“މަރުހަބާ، ވަރަށް ބާޖަވެރި ކައިވެންޏަކަށް އެދެން” އެއްމެންގެ މަރުހަބާ އަލަތު ދެމަފިރިންނަށް ލިބެމުންދިޔައެވެ.

“މަންމަމެން ވަރަށް ހަނދާންވާނެ ދަރިފުޅު މަތިން. އަބަދުވެސް ފިރިމީހާގެ ބަސްއަހައިގެން އުޅެއްޗޭ.. ވީވަރަކުން ފިރިމީހާ އުފަލުގައި ބެހެއްޓޭތޯ މަސައްކަތް ކުރާތި. މައްސަލައެއް ޖެހިއްޖެނަމަ ރުޅި އައިސްގެން ހަޅޭތްލެވުމުގެ ބަދަލުގައި ދެކުދިން ހަމަޖެހިގެން ތިބެ މައްސަލަ ހައްލުކުރެވޭނެ ގޮތަކާއި މެދު ވާހަކަދައްކާތި. އޭރުން އިން ޝާ ﷲ ދެކުދިންނަށް ބާޖަވެރި ހަޔާތެއް ވޭތަކުރެވޭނެ. ދަރިފުޅު މިހާރު ތިދަނީ އެހެން ގެޔަކަށް. ފުރަތަމަ ކޮޅު މެހުމާނެއްގެ ގޮތުގައި އުޅުނަސް އެއީ ދެން ދާއިމީ ގެޔަކަށް ވާން އޮތް ތަނަކީ. އެހެންވީމަ އެގޭ މީހުންނާއި ގުޅިގެން އެއީވެސް އާއިލާގެ ގޮތުގައި ދެކެން ޖެހޭނެ” ސަމީހާ މަލަކާ ކޮޓަރިއަށް ގެންގޮސް ނަސޭހަތް ދިނެވެ. ކުރަންވީ ކަންތަކާއި ނުކުރަންވީ ކަންތަކެވެ. ރީތި އަހުލާގާއި އަބަދުވެރިކަމެވެ. އާބާބެއް ފަށައިގަތުމަށް ދޭންވާ އިރުޝާދުތަކެވެ.

“ޝައިމް” އެކުވެރިންނާއި ވާހަކަ ދައްކަން ހުރި ޝައިމްއަށް ފާއިޒު ގޮވާލިއެވެ.

“ވަރަށް ބޮޑު ވާހަކައެއް ބުނެލަން ޝައިމްއަށް މިގޮވީ.. އަހަރެންގެ ބެލުމުގެ ދަށުން މަލަކާ މިރޭ މިދަނީ ޝައިމްގެ ބެލުމުގެ ދަށަށް. ޝައިމް ޖެހޭނެ މަލަކާއަށް ބޭނުންވާ ލޯތްބާއި އަޅާލުން މަދުނުވާވަރަށް ދޭން. ހިތްހަމަނުޖެހޭ ކަމެއް ވިޔަސް މަލަކާ ހުރެދާނެ އެވާހަކައެއް ނުދައްކައި ހުރިހާ ހިތާމައެއް ފޮރުވައިގެން. ޝައިމްއަށް އެކަން ވަރަށް އެގޭނެ ކަމަށް އަހަރެން މިބަލަނީ، އެހެންކަމުން ދެން އިތުރަށް އެވާހަކަ ނުދައްކާނަން. ” ޝައިމްއާއި އައުމުން ފާއިޒު ބުނެލިއެވެ.

“ބައްޕަ ހާސްވެ ނުލައްވާ. މައިންބަފައިންގެ ލޯތްބާއި އަޅާލުމުގެ މިންވަރަށް އަޅުގަނޑަށް މަލަކާއަށް ލޯބި ނުދެވިދާނެ. އެކަމަކު އަހަރެން ވާނަން މަލަކާއަށް އެއްމެ ރައްކާތެރި އެއްމެ އޯގާތެރި އެކަކަށް. މިވީ މަދު ދުވަސްކޮޅެއް ނަމަވެސް އަހަރެންނަށް މަލަކާ ވަރަށް ރަގަޅަށް ދަސްވެއްޖެ. މަލަކާ ރޯތަން ފެނި އެކަރުނަތައް ފުހެދިނީ ކަންދައްކާކަށް ނޫން. އަދި ހީސަމާސާކޮށް ހެދީ ވަގުތީ ބޭނުމަކަށްވެސް ނޫން. އަޅުގަނޑު ދުނިޔޭގައި ހުރިހައި ހިނދަކު މަލަކާއަށް ލޯބި ދޭނަން” ޝައިމް ފާއިޒުއަށް ޔަގީންކޮށްދިނެވެ.


 

މަރުހަބާއާއި ސަނާތަކަށް ފަހު އެއްމެން ދިޔައީ ޝައިމްމެން ގެޔަށެވެ. ކައިވެނީގެ ސައި އޮތީ އެގޭގައި ކަމަށްވާތީއެވެ. މަލަކާއާއި ޝައިމްއަށް އާދެވުނު އިރު އަސްރާރުއާއި ހަފީޒާ ގޭގެ ދޮރު ކުރިމަތީގައި އެމީހުންނަށް މަރުހަބާ ކިޔަން ކުރިން އައިސް ތިއްބެވެ.

“ބައްޕާ. ކާރު ތެރޭގައި އިދެ މަލަކާ މިކިޔަނީ ބައްޕައަކީ ވަރަށް ރުޅިގަދަ މީހެއް ހެއްޔޭ؟” ކާރުން ފައިބައިގެން އައިސް އަސްރާރުއާއި އަރައި ހަމަވުމުން ޝައިމް ބުނެލިއެވެ. މަލަކާ ލަދުން ޝައިމްގެ ފަހަތަށް ވަދެ މޫނު ފޮރުވާލިއެވެ.

“ނޫނޭ.. ރުޅިގަދައެއް ނުވާނެ. ވަރަށް ކޫލްވާނެ ދޯ ޝައިމް” އަސްރާރުވެސް މަޖާވެލާފައި ބުނެލިއެވެ.

“ބައްޕައަށް މިއުޅެނީ އަދި ތައާރަފުކޮށް ނުދެވިގެން ދޯ. މީ ހަފީޒާ، ތިކުދިންގެ ދޮންމަންމައަކަށް ވަރަށް އަވަހަށް ވެގެންދާނެ. ހަފީޒާ މީ އަހަރެންގެ ދަރިފުޅު ޝައިމް . އަދި އޭނަގެ އަންހެނުން މަލަކާ” ފާއިޒު ތައާރަފުކޮށް ދިނެވެ.

“ކޮބާ ބައްޕަ ވަރަށް ކޫލެއްނު. ދަރިން މީހުންނާއި އިނދެ ނިމޭއިރަށް އެފެއްޓީ” ޝައިމް އޭނާގެ ބައްޕައާއި ދިމާކޮށްލިއެވެ.

ހަތަރު މީހުން ވާހަކައިގައި ތިއްބާ އާއިލާގެ އެހެން މެމްބަރުންނާއި ރައްޓެހިން އަތުވެއްޖެއެވެ. އަލަތު ދެމަފިރިން ކުރީގައި ތިބެގެން ޓެރަހަށް އަރަމުން ދިޔައީ ސައި އިންތިޒާމްކޮށްފައި އޮތީ އެތާގައި ކަމަށް ވާތީއެވެ.

ޓެރަހުގެ ދޮރު ހުޅުވާލުމާއި އެކު މަލަކާއާއި ޝައިމްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ކަޅުފޮއިރޭ މުޅި ޓެރަސް އޮތީ ކުދި ވަށް ބޮކިތަކުން ދިއްލާލެވިފައެވެ. ޓެރަސްގެ ފާރުތަކުގެ މަތީގައިވަނީ ފުޅިބައްތިތަކެވެ. ދިގު ދެމޭޒުމަތީ އުއްބައްތިތައް  ބަހައްޓައިފައި ވާއިރު ކެއުމަށް ތަށިތައް ވަނީ ތަރުތީބުން އަތުރާލެވިފައެވެ.

“ހާދަ ލޯތްބޭ… ” މަލަކާ ވަށައިގެން ހޯދާލީ އާޝޯހުވެފައި ހުރެއެވެ. ހަމައެހާވެސް ކަމުގޮސްފިއެވެ.

“އަޝްވާ ވަރަށް މޮޅު އިނގޭ.. ތެންކް ޔޫ” ޝައިމް ކައިރީގައި ހުރި އަޝްވާއަށް ބަލާލުމަށްފަހު ބުނެލިއެވެ.

“ދޮންބެއާއި މަލަކާ އެއްބަސް ނުވާނެތީ އަހަރެން މިކަން ސިއްރުކުރީ. ވަރަށް އުފާވެއްޖެ ކަމުދިޔައިމަ” އަޝްވާ ބުނެލިއެވެ.

އަޝްވާގެ ރޭވުން ތެރިކަމާއި މޮޅު ހިޔާލަށް އެއްމެން ތައުރީފު ކުރިއެވެ.

މަލަކާއާއި ޝައިމް ގޮސް ހުއްޓިލީ އެމީހުނަށް ހާއްސަކުރެވިފައިވާ ތަނުގައެވެ. ހުދު ފޮތިގަނޑެއް ފަތުރާލާފައިވާ އެތަން ވަނީ ތަފާތު މާތަކުން ޖަރީކުރެވިފައެވެ. ދެމީހުންގެ ފުރަތަމަ ފޮޓޯއަށް ހުއްޓިލައިގެން ތިބި އިރު އެއްމެންގެ ލޯތައް ވަނީ އެދިމާލަށް އަމާޒުވެފައެވެ. ހިތުން ދުއާ ކުރެވެމުން ދިޔައީ ބާޖަވެރި މުސްތަގުބަލަކަށެވެ.

މީހަކަށް ފަހު މީހެއް ޝައިމްއާއި މަލަކާ ކައިރިއަށް އައިސް ފޮޓޯ ނަގަމުން ދިޔައެވެ.

“ކީއްވެ ދުރުގަ ތިހިރީ. ފޮޓޯއިން ފަލަކަމަށް ދައްކަފާނެތީ ބިރުންތަ” ކާއިން އަޝްވާއާއި ދިމާކޮށްލިއެވެ.

“އަހަންނާއި ދިމާލަށް ފަލައޭ ކިޔައިގެން ކާއިންއަށް ކޮން ފައިދާއެއްތަ ވަނީ. ކޮންމެ މީހަކަށް ރީތި ބައްޓަމެއް ނުލިބިދާނެ. އެހެންމީހުންނާއި ދިމާލަށް އެއްޗެހި ކިޔުމުގެ ބަދަލުގައި ކީއްތަވާނީ ތިމާއަށް އެނިއުމަތް ލިބުނީތީ ޝުކުރުކޮށްލަން” އަޝްވާ ކާއިންއާއި ދިމާލަށް ރުޅިއައިސްގެން ބުނެލިއެވެ.

“މަޑުކޮށްބަލަ.. އަހަރެން އެއްފަހަރުވެސް ބުނިންތަ ފަލަވުމަކީ ހުތުރު ކަމެކޭ” އަޝްވާ ދާން އުޅުމުން ކާއިން އޭނާގެ އަތުގައި ހިފައި މަޑުކުރުވިއެވެ.

“ކޮން ކަމެއް ބޭނުންވެގެން ތިއުޅެނީ. ދޮގުނުހަދައި ރީއްޗަށް ބުންޏަސް ކޮށްދޭނަމޭ” ކާއިންގެ ފަރާތުން އޭނާއަށް ތައުރީފެއް ނުލިބޭނެކަން އެނގި އަޝްވާ އަހާލިއެވެ.

“ކޮންމެހެން ކަމެއް ބޭނުންވެގެން ނޫން. އަހަރެން މިރޭ ފުރައިގެން ދާއިރު ޗެރީ އަހަރެން ދެކެ ރުޅިއައިސްގެން ހުންނާކަށް ބޭނުމެއްނޫން. ސޮރީ މިވަރަށް ޖެއްސުންކުރެވޭތީ. އެއީ ހަމަވާ ލޯތްބެއްގެ ބޮޑުކަމުން.. ޝައިމްގެ ކޮއްކޮއަކީ އަހަރެންގެވެސް ކޮއްކޮއެއްނު” އަޝްވާގެ ރުހުން ހޯދޭތޯ ކާއިން ބުނެލިއެވެ.

“ރުޅި އައިއްސަތަ އަދިވެސް” އަޝްވާ ބަހެއް ނުބުނުމުން ކޮލުގައި ހިފާލަމުން ކާއިން އަހާލިއެވެ.

“އޯކޭ.. މީގެ ފަހުން ޗެރީއޭ ކިޔަސް ފަލައޭ ކިޔައިގެން ނުވާނެ” އަޝްވާ ޝަރުތެއް ކޮށްލިއެވެ.

“އޯކޭ ޗެރީގަނޑާ” އަޝްވާގެ ބޯމަތީ އަތްބާއްވާލަމުން ކާއިން ބުނެލިއެވެ. ދެމީހުންގެ ހަމަނުޖެހުންތައް ނެތިގެން ދިޔައެވެ. ނަމަވެސް އެއީ ކިހާ ދުވަހަކަށް ހެއްޔެވެ؟


 

އީޝް އުރާލައިގެން ހުރި އަޝްވިންގެ ލޯ ޓެރަހުގެ ދޮރާއި އަމާޒުވި ވަގުތަކީ ހިންދުއާއި ރީމް އެތަނަށް އައި ވަގުތެވެ. ދެމީހުންވެސް ތިބީ ޕާޓީއާއި ގުޅޭގޮތަށް ހެދުން  އަޅައިގެންނެވެ. އަޝްވިން އެދިމާލަށް ދިޔައީ ދުވަސްތަކަށްފަހު އަނެއްކާވެސް ހިންދު ފެނުމުން ވާހަކަ ދައްކާލުމަށެވެ.

ހަމައެވަގުތު މަލަކާގެ އަތުގައި ހިފައިގެން އަޝްވާ އެދިމާލަށް ދިޔައީ އޭނާގެ ދެ އެކުވެރީން މަލަކާއަށް ތައާރަފުކޮށް ދިނުމަށެވެ.

“މަލަކާ މީ އަހަރެންގެ އެއްމެ ގާތް ދެ އެކުވެރީން ރީމްއާއި ހިންދު.. ހިންދު ރަށުން މާލެ ބަދަލުވީ ވަރަށް ފަހުން. އެއްމެން މީ އަހަރެންގެ ފަހަރި.. ވަރަށް ރަގަޅުވާނެ. ވަރަށް ރީތިދޯ” އަޝްވާ ހިނިތުންވެފައި ހުރެ ބުނެލިއެވެ.

“ހިންދު” އަޝްވިން އެތަނަށް އައިސް ގޮވާލިއެވެ.

“އަޝްވިން” ކިރިއާ އަޑު އިވޭވަރަށް ހިންދު ބުނެލިއެވެ.

“އަހަރެން ދިޔަ ފަހުން ރަގަޅަށް ބޭސް އެޅިންތަ. އަތް ކިހިނެތް މިހާރު” އަޝްވިން އަހާލިއެވެ.

“މިހާރު ރަގަޅުވަމުން ދަނީ.. އީޝް” އީޝްގެ އަތުގައި ހިފާލަމުން ހިންދު ބުނެލިއެވެ. އަޝްވިން ފެނުމުން ލަދުގަންފައިވާ ހާލުގައެވެ. ޗުއްޓީއަށް ދިޔުމުގެ ކުރިން އަޝްވިންގެ ފަރާތުން ލިބުނު އޯގާތެރިކަން ފެނި ހިންދުއަށް އަބަދު ފިކުރު ކުރެވެނީ އެކަމާއިއެވެ.


 

ކީއްވެތަ އަހަންނަށް މަލަކާ މިގެއްލެނީ ކޮންމެ ފަހަރަކު” ޝައިމް އައިސް މަލަކާގެ ކަންފަތް ދޮށުގައި ބުނެލިއެވެ.

“ޝައިމްގެ އާއިލާއާއި ރައްޓެހިން ގިނަކަމުން އަހަންނަށް މިއުޅެނީ ޝައިމް އާއި ވެސް ވާހަކަ ދައްކާ ނުލެވިގެންނޭ” މަލަކާ ޝައިމްއާއި ދިމާލަށް އެބުރިލަމުން ބުނެލިއެވެ.

“ހިނގާ ދާން އެހެންވީމަ. ދެމީހުންގެ ކޮޓަރިވެސް ތައްޔާރަށް އެހެރީ. މަލަކާ އާއި އެކަނިވާނެ ވަގުތަކަށް އަހަރެން މިހިރީ ކެތްމަދުވެފައި” ޝައިމް ލޯބިން ބުނެލިއެވެ.

“އޭރުން އިރުކޮޅަކުން އައިސް ހޯދަން ފައްޓާނެ”މަލަކާ ބުނެލިއެވެ. އެވަގުތު ޝައިމްގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެއްޓިއެވެ. ގުޅަނީ ނިއަމްއެވެ.

“ހަލޯ” ކަންފަތުގައި ފޯނުޖެހުމާއިއެކު ޝައިމް ބުނެލިއެވެ.

“އަހަރެން މިއުޅެނީ ޕޮލިހަށް މައްސަލަ ހުށައަޅަން. ހީކުރަން ތިދެމީހުންވެސް އެއްބަސްވާނެ ކަމަށް” ނިއަމް ބުނެލިއެވެ.

“ތީގެ ކުރިން އަހަރެން ބޭނުން އޭނައާއި ވާހަކަދައްކާލަން. ކުށެއް ކުރެވުމުން މާފަށް އެދެމުގެ ފުރުސަތު ދޭންވާނެ” ނިއަމް މާ އަވަސް އަރުވާލާފައި އުޅުމުން ޝައިމް ބުނެލިއެވެ.

“ޝައިމްއަށް އެގޭތެ މީ އޭނައަށް ދިން ކިތައްވަނަ ފުރުސަތުކަން. މިރޭވެސް އެތައް ފަހަރަކު އަހަރެން ބުނެފިން މާފަށް އެދެން ދާންވީ ނޫންހޭ. އެކަމަކު އޭނަ އެގޮތެއް ބޭނުމެއް ނުވޭ. ޝައިމް ބޭނުން ނުވިޔަސް މިރޭ އަހަރެން ޕޮލިހަށް ދާނަން. އޭނައަކީ އިތުބާރުކުރެވޭނެ ވަރުގެ މީހެއް ނޫން. މަލަކާއަށް އިންސާފު ހޯދައިދޭން ޝައިމްވެސް މަސައްކަތް ކޮށްދޭނެ ކަމަށް އުއްމީދުކުރަން” ޝައިމްއަށް ވާހަކަ ދައްކަން ފުރުސަތެއް ނުދީ ނިއަމް ފޯނު ކަނޑާލިއެވެ.


 

އަޝްވާ މަލަކާ ކައިރިއަށްދާން ދެތިން ފިޔަވަޅު ކުރިއަށް އަޅައިލި ތަނާ މީހެއްގެ ގައިގައި ޖެހި ބިންމައްޗަށް ނުވެއްޓުނީ ކިރިއާއެވެ.

“ކާއިން…” ކާއިން ކަމަށް ހީކޮށް އަޝްވާ ހަޅޭތްލަވައިގަންނަން އުޅުނުތަނާ އޭނާގެ ބަސްހުއްޓިގެން ދިޔައީ ކުރިމަތީގައި ހުރި މީހާ ފެނުމުންނެވެ. އެމް އެން ޑީ އެފް ޔުނީފޯމުގައި ހުރި ޝަނުމް މާފަށް އެދުނެވެ.

“އިޓްސް އޯކޭ” އަޝްވާ އަދިވެސް ހުރީ ހައިރާންވެފައެވެ. އެމީހާ ދިޔައިރުވެސް އަޝްވާ ވިސްނަމުން ދިޔައީ އެކީ ކާކުތޯއެވެ.

“ހާދަ ހުވަފެނީ އޭ” އަޝްވާއަށް ބުނެވުނެވެ. ހިތާ ހިތުން ތައުރީފުކުރެވުނެވެ.

“އެއީ ހަފީޒާ ދައްތަގެ ކޮއްކޮއެއް… ޑިޔުޓީ ނިއްމާލާފަ އެއައީ ތިކުދިންނާއި ބައްދަލުކޮށްލަން” ހަފީޒާ އަޝްވާ އާއި އަރާހަމަކުރަމުން ބުނެލިއެވެ.

“ދައްތާ…” އަޝްވާގެ ހަރަކާތްތައް އަވަސްވިއެވެ. އޭނާ ކަޅި ނުޖަހައި ޝަނުމް އާއި ދިމާލަށް ބަލަހައްޓައިގެން ހުރި މަންޒަރު ހަފީޒާއަށް ފެނުނީބާވައެވެ.


 

މަލަކާ ފާހަނައިން ނިކުތް ވަގުތު ޝައިމް އޭނާގެ ލެޕުޓޮޕު ހުޅުވައިގެން އިނީ އޭގައި އިން މަލަކާގެ ފޮޓޯއަށް ބަލަހައްޓައިގެންނެވެ.

“ކައިރީގައި ހުންނައިރުވެސް ފޮޓޯއަށްތަ ބަލަނީ” މަލަކާ އައިސް  ޝައިމް ކައިރީ އިށީންނަމުން އަހާލިއެވެ.

“ނޫނޭ.. ފާހަނައަށް ވަނީމަ މިސްވާވަރުން. ދެންވެސް ދުރުގަ ނުހުރެ އާދެބަލަ ކައިރިއަށް” ލެޕްޓޮޕު އެއްފަރާތް ކޮށްލުމަށްފަހު ޝައިމް މަލަކާ ގެނެސް އޭނާގެ އުގުމަތީ ބޭންދިއެވެ. އަދި ވަރަށް ބާރަށް މަލަކާގެ ގައިގައި ބައްދާލިއެވެ.

“މަލާ… އައިލަވް ޔޫ” ޝައިމް މަލަކާގެ ކަނދުރާގައި ބޮސްދެމުން ބުނެލިއެވެ. ޝައިމްގެ ބީހިލުމާއިއެކު މަލަކާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

މަލަކާ ކޮޅަށް ތެދުވެ ދުރަށް ޖެހިލިއެވެ.

“ބިރުގަތީތަ.. މަލާ ބޭނުމިއްޔާ މަޑުކުރެވިދާން” ޝައިމް ބުނެލިއެވެ.

“ނޫން” މަލަކާ ލަދުންހުރެ ޖަވާބު ދިނެވެ. އޭރު ހިތުގެ ވިންދު ވަނީ އިހުނަށްވުރެ އަވަސްވެފައެވެ.

“ލަދުގަތީ ދޯ” އަލަމާރީގައި ލެގިލައިގެން ހުރި މަލަކާގެ އަތުގައި ހިފާލަމުން ޝައިމް ބުނެލިއެވެ.

އަދި މަލަކާގެ އިސްއުފާލަ ދިނެވެ. ހަތަރުކަޅި ހަމަކުރަމުންނެވެ. މަލަކާއަށް ޝައިމްގެ އެތޫނު ބެލުމަށް ކެތްނުކުރެވުމުން އަނެއްކާވެސް ދުރަށް ދާން އުޅުނެވެ. ނަމަވެސް ޝައިމް ހުރީ އެކަމަށް ހުޝިޔާރުވެގެންނެވެ. މަލަކާ ދާން އުޅުމުން ދެއަތުގައި ހިފާލިއެވެ. އަދި މަޑުމަޑުން މަލަކާއާއި ކައިރިވިއެވެ.

ޝައިމް ނުހަނު ލޯބިން މަލަކާގެ ތުންފަތުގައި ބޮސްދިނެވެ. ކަޅުފޮއި ރޭގައި އަނެކާކެ ހިމާޔަތަކަށް ވަމުން ދެމީހުންވެސް ލޯބީގެ މަސްތީ އާލަމަށް ދަތުރުކުރިއެވެ. ކޮންމެ ބީހުލުމަކަށް ދެކޮޅު ހެދުމެއް ނެތި މަރުހަބާ ކިޔަމުންނެވެ. ލޯބީގެ އަހުދުތައް ވަމުންނެވެ.


 

މަލަކާއަށް ހޭލެވުނު އިރު ޝައިމް ދިޔައީ ފަތިސް ނަމާދު ކުރަމުންނެވެ. މަލަކާވެސް ލަސްނުކޮށް އަވަހަށް ފާހަނައަށްވަދެ ފެންވަރައިލައިގެން ނުކުތެވެ. މަލަކާއަށް ނުކުމެވުނު އިރު ޝައިމް ދުއާކުރުމަށް އަތް އުފުލައިގެން އިނެވެ.

“ކޮންކަމަކަށް ދުއާކޮށްލީ” ނަމާދަށް ސަލާމް ދިނުމަށްފަހު ޝައިމް ކައިރިއަށް ކުރިއަށް ޖެހިލަމުން މަލަކާ އަހާލިއެވެ.

“މަލަކާ އާއި އެކީ މުޅި އުމުރު ހޭދަކުރެވޭތޯ. އަދި ދެން އަންނަ ހަޔާތުގައިވެސް ދެމީހުން އެކުގައި ލައްވާތޯ” މަލަކާގެ  ބޮލުގައި ފިރުމާލަމުން ޝައިމް ބުނެލިއެވެ.

“އާމީން. އިން ޝާ ﷲ ހުރިހާ ކަމެއް ރަގަޅަށް ދާނީ” ޝައިމްގެ ކޮލުގައި ބޮސް ދިނުމަށްފަހު މަލަކާ ދިޔައީ ބަދިގެޔަށް ދިޔައީ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްލުމަށް ކަމަށް ބުނެއެވެ.

ޝައިމް އެދުގައި އޮށޯވެ ނިއްވާފައި އޮތް ފޯނު ހުޅުވާލިއެވެ. އެޔާއެކު ފުލުފުލުގައި މެސެޖުތައް އަންނަން ފެއްޓިއެވެ. ގިނައީ ކައިވެންޏަށް ކިޔާފައި ހުރި މަރުހަބާތަކެވެ. އެހުރިހާ މެސެޖުތަކުގެ ތެރެއިން ޝައިމްގެ ލޮލުގައި އަޅައިގަތީ ނިއަމް ކޮށްފައިވާ މެސެޖެވެ.

“މައްސަލަ ޕޮލިހަށް ހުށަހެޅުމުން އެމީހުން މައިޝާ ހައްޔަރުކޮށްފި. ދެން އޭނަގެ އުދަގުލެއް ނުފޯރާނެ ކަމުގެ ޔަގީންކަން ދެން” ޝައިމް މެސެޖުގައި ލިޔެފައިވާ އެއްޗެއް ކިޔާލިއެވެ. އަދި އެޔަށްފަހު ނިއަމްއަށް ޝުކުރުގެ މެސެޖެއް ފޮނުވާލިއެވެ.

ދެން އިތުރު އެއްވެސް މީހެއްގެ އެސްފީނާގެ ހިޔަނި އެދެމީހުންގެ ހަޔާތަށް ނުފޯރުމަށް ދުއާކުރާ ހާލުގައެވެ.

ބަދިގޭގައި އުޅުމަށްފަހު މަލަކާ ކޮޓަރިއަށް އައިއީ ކުޑަ ފެންޖަގަކާއި އެކީގައެވެ. މަލަކާ ލަސް ހިނގުމެއްގައި ގޮސް ނިދިފައި އޮތް ޝައިމްއަށް ބަލާލިއެވެ. އަރާމް ނިންޖެއްގައި ހިނިތުންވެފައި އޮތް އިރު އެމަންޒަރު ބަލައި މަލަކާ ފޫހިނުވާނެކަން ޔަގީނެވެ.

އިރުކޮޅަކު ޝައިމްއަށް ބަލަހައްޓައިގެން ހުރުމަށްފަހު މަލަކާ އަތުގައި ޖަގުގައި ހުރި އައިސްކިއުބުތައް ޝައިމްގެ މޭމައްޗަށް އަޅާލިއެވެ.

އައިސްކިއުބުތައް ގައިގައި ޖެހުމުން ޝައިމްގެ ދެލޯ ހުޅުވާލިއެވެ. އެއްފަހަރު މޭމައްޗަށް އަނެއްފަހަރު އަނގަމަތީގައި އަތް އަޅާލައިގެން ހޭން ހުރި މަލަކާއަށް ބަލާލިއެވެ. ޝައިމްވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ. މަލަކާގެ އަތުގައި ހިފައި އެނދު މައްޗަށް ވައްޓާލިއެވެ. އަދި އެނދުމަތީގައި ހުރި އައިސްކިއުބުތައް ނަގައި މަލަކާގެ ގަޔަށް އަޅާލިއެވެ.

“ޝައިމް ދޮރު ތަޅުނުލައޭ އެހެރީ” ޝައިމް ކައިރިވާން އުޅުމުން މަލަކާ ދެކޮޅު ހެދިއެވެ.

“ޔޭ!!!…. އެއްމެފަހުން ޝައިމްއަށް ލަޑެއް ދެވިއްޖެ ” މަލަކާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

“އަހަރެން އަދި ބަދަލު ހިފާނަމޭ.. ދައްކަބަލަ ވާވަރެއް ބަލާލަން” ޝައިމް މަލަކާގެ ބަޑުގައި އަތް ޖައްސާލުމާއި އެކު މަލަކާއަށް ހުނުން ކޮންޓުރޯލުން ނެއްޓިއެވެ . ޝައިމް ކައިރީ އެހެން ނުހަދަން އާދޭސްކުރަމުން ދިޔައިރުވެސް ހުއްޓުމެއް ނެތި ޝައިމް މަލަކާ ހެއްވަމުން ދިޔައެވެ.

“ބަލިވެއްޖެ” ޝައިމް މަލަކާ ކައިރީ އޮށޯވެލަމުން ބުނެލިއެވެ. އެވަގުތު ދެމީހުންވެސް ދިޔައީ މާނޭވާލެވެމުންނެވެ.

“އައި ލަވް ޔޫ ޝައިމް” މަލަކާ ޝައިމްގެ މޭގައި ބޯއަޅާލަމުން ބުނެލިއެވެ. އޭރު ޝައިމްގެ ހިތް ތެޅެމުންދާ އިހްސާސް ކައިރިން ކުރެވެމުން ދިޔައެވެ.

“އަހަރެންވެސް މަލާ ދެކެ އިންތިހާއަށް ލޯބިވޭ… އަބަދުވެސް ތިހެން ލޯބިން ހިނިތުންވެލައިގެން ހުންނަށްޗޭ” ޝައިމް މަލަކާ އޭނާގެ ގަޔާއި ލައި ބޮޑިކޮށްލަމުން ބުނެލިއެވެ. މިހިދުކޮޅު ދެމީހުންގެ ހިތުގައިވެސް ބިންވަޅު ނެގިގެން ދިޔައެވެ. އޭރު ފޮނި ކަރުނައިން ދެލޯ ފުރިގެން ދިޔައެވެ.

ޝައިމްއާއި މަލަކާއަށް ދުނިޔޭގެ އެތައް އިމްތިހާނަކާއި ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ދެމީހުންވެސް އެއިން ކޮންމެ އިމްތިހާނަކުން ފާސްވިއެވެ. ގުރުބާންތައް ވެގެންނެވެ. އެކަކު އަނެކަކަށް ހިތްވަރު ދެމުންނެވެ. ކާމިޔާބު ލިބޭނެ ކަމުގެ އުއްމީދުގައެވެ. ކުރި ހުރިހާ ދުއާތައް މިއަދު އިޖާބަކުރައްވައިފިއެވެ. މަދަދު ދެއްވައިފިއެވެ. ހަރީފު މޫސުމުގެ ހޫނަށް ފަހު ބަހާރު މޫސުމުން ދެހިތަށް ގެނުވަމުންނެވެ.

 

 

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ތި ލޯތްބަށްޓަކައި (25)

Next

ތިޔަ ދިން އުފާ 24

Next
October 15, 2017

ތިޔަ ދިން އުފާ 24

Previews
October 14, 2017

ތި ލޯތްބަށްޓަކައި (25)

76 Comments!

  1. maroon says:
    October 15, 2017 at 12:13 am

    Al hamdhu lillaali ❤
    Emme fahun mivaahakaves mi nimuny
    -zaain ah v bodah shukuru mi vaahaka liyumah dhin ehy h
    -mal, mi storyge sababun v sweet friendeh ves libijje
    -vaahaka ah comment kuri kudhin, a 1000 thank you s ❤❤
    Kobaa hedhun fahaigen weddinga baivarivi kudhin?
    -shudha, i hope i made you happy ?
    Love you all for all the support. Every like every comment was ❤
    Goodnight

    1. Shudha says:
      October 15, 2017 at 2:10 pm

      yaaaaaass.. malaa and shaim emme fahun gulhunyyy…. varah reethi varah loabi.. and good job niam.. maisha ge dhuvas dhiyaee 😀 and YES YOU DID MAKE ME HAPPY… heeves nukuran ekahala gothkah gennane kamakah… hope to see more of shanum and ashwa in thiya asaru… you have done a great job maroon… u r the sweetest writer.. thanku… LOVES <3

    2. maroon says:
      October 15, 2017 at 2:30 pm

      Thanku shudha. Glad ☺
      ?? loves

    3. Shudha says:
      October 15, 2017 at 3:40 pm

      ur welcome 😀

  2. Niam says:
    October 15, 2017 at 12:34 am

    Wow maroon. V hiygaimu koh thi nimmaaly. ❤❤❤
    Alhugadu mail koffiyya reply eh dheveynethoa? Nima kias mee girl eh egeyyy.

    1. maroon says:
      October 15, 2017 at 1:35 am

      Thanku niam. Sure ??

  3. khajja says:
    October 15, 2017 at 12:44 am

    Ohhh wow masha allah mi stry feshunyssure nimendhen kiyuny v interestaa eku v v amazing stryeh thank u soooo much mihaa rythi stries kiyaalan libunyma thanks nw stry akah ummydhu kuran n gud nyt ly????❤❤❤??????????????

    1. maroon says:
      October 15, 2017 at 9:12 am

      Thankyou khajja love you too ???

  4. Zuam says:
    October 15, 2017 at 1:44 am

    Wow…. masha Allah…. varah salhi……..???????????❤❤❤❤❤❤❤❤

    1. maroon says:
      October 15, 2017 at 9:12 am

      thanku zuam ???

  5. maroon says:
    October 15, 2017 at 1:48 am

    Mi part kiyaalyma v gina suvaaluthakeh ufedhidhaane. Sababaky v gina meehun introduce kurevijje. Ei maroonge dhn anna story egge characters.

  6. reader says:
    October 15, 2017 at 2:16 am

    Wait. Ekkala iru Malakaa ge dad aa shaim ehfaharaa vaahakaeh dhekki ehnu. Dhen ashwaa dhiyaee Malakaa govaigne sahik dhakkaa vaahaka adu ahan.. Eyru Malakaa dad dhehky kon vaahakaeh?

    1. Mal. says:
      October 15, 2017 at 8:50 am

      Ae ehkala vahaka… hunyeynun aslu kurin bapa beynumeh nuviye kujjeh hoadhaakah.. e dhw

    2. maroon says:
      October 15, 2017 at 9:16 am

      Mal ebuni vaahaka ei… thanku reader ???

  7. saner says:
    October 15, 2017 at 2:40 am

    Vara reethi mi vaahaka

    1. maroon says:
      October 15, 2017 at 9:16 am

      thanku saner ???

  8. Maii says:
    October 15, 2017 at 3:55 am

    Maroon u r so cute….

    1. maroon says:
      October 15, 2017 at 9:17 am

      thanku maii… ???

  9. sam♥ says:
    October 15, 2017 at 6:21 am

    wow so cute. lovely saim n malaa ♥♥♥ thank u roon .. waiting next part
    LOVE U ♥

    1. sam♥ says:
      October 15, 2017 at 6:23 am

      oooopsss.. soryy .. i mean next stry ..hehhehh

    2. maroon says:
      October 15, 2017 at 9:17 am

      thanku sam ??? loves

  10. ?Gj? says:
    October 15, 2017 at 8:00 am

    nice storyy. keep it up maroon

    1. maroon says:
      October 15, 2017 at 9:17 am

      thanku dear ???

  11. $JK..KOREAN says:
    October 15, 2017 at 8:08 am

    wowww. wonderful.. alhey haadha reehchey masha allah.. hama maroon wedding eh dhw baahvaaly.. vv salhi.. so sweet couple. shaim n malakaa.. maroo mi story hama best. award eh haggu hama..u’re so so great. next story ge main character shanum dhw intro kohfa iny varah salhi nameh. e story ah inthixaaru..hope u’ll upload it soon.. love u.. TC 🙂

    1. maroon says:
      October 15, 2017 at 9:32 am

      Thnank you sjki ???
      shanum ge characterge ithurun adhi ulheyne baerh kudhin, will give an intro by today . loves ???

  12. Xaaan says:
    October 15, 2017 at 8:50 am

    Masha Allah v reethi vaahaka nimunugoives

    1. maroon says:
      October 15, 2017 at 9:33 am

      Thanku xaaan ???

  13. Mal. says:
    October 15, 2017 at 8:53 am

    Thanx maroo…? u r a lovely frnd… ?v v happy vey helpah edhi ahaathy vx.. n mal aky maroo ge frnd ehge gothuga balaa gathyma vx…. ?? ly maroo? next story ah vx inthixaaru kuran… hope we can read it soon…❤

    1. maroon says:
      October 15, 2017 at 9:41 am

      Thanku malla ??? m really glad u asked to be frnds… love u too. in sha Allah ???

  14. reader says:
    October 15, 2017 at 10:22 am

    Maroon ge favorite aky “Maroon” kula????
    Ziyam, Zyn, Saaim, Zaina ulhey vaagakaiga ves maroon kula????

    1. maroon says:
      October 15, 2017 at 10:46 am

      yh

  15. Naufa says:
    October 15, 2017 at 10:34 am

    Wowww maroon.. Maasha allah.. Stry vvvvvvvvvv salhi.. Sooo swt n cute.. I jst luved it.. Ninmaafa in goi vx vvvvvv salhi.. Ur so grt maasha allah.. ???❤❤❤?

    1. maroon says:
      October 15, 2017 at 10:46 am

      thanku naufa ???

  16. Zaain says:
    October 15, 2017 at 10:41 am

    Marooo…. fainaly Maroo ah vs v bodah thanks… Zaa deynan hama gaimuvs 100 akun 85 mi story ah…. Story nice Marooo… ending olso gud…. Mi part ga speling mistakey ney… bt ibaaraaiy kofa hunna gotun baeh jumla tah kiyan v undagu… hama nujeheny….ekm vs story hama v reeti… Anyways keep it up Maroo… Zaa uhmeedukuran mi vaahakaan mi faahaga kohlevunu kuhtah Maroo ge ehen story akun faahaga nuvaane kamah…. Keep in touch Marooo… story liun huhtaa nulaati… frm my side i gave full support to u….. meege kurinvs Writter akah v bodah support deefa vaane Zaa… luv u n miss u bai baai… c u soon..if u want ask smething or if u want any idea pls send msj here…

    1. maroon says:
      October 15, 2017 at 10:47 am

      thanku zaa ??? 🙂 loves

  17. Rishu says:
    October 15, 2017 at 11:07 am

    Vrh reethi. Knme dhuvahaku comment nukurias vaahaka kiyan. Fashaign nimen dhen kiyaifin. Adhivx mikahala reethi vaahakaeh kiyaalan libeyne kamah unmeedhu kuran. Miss u maroon…???? see u soon….

  18. Xxxx says:
    October 15, 2017 at 11:08 am

    Hey dear,story iz awesome.. nice ending..keep it up????????????

    1. maroon says:
      October 15, 2017 at 12:08 pm

      Thanku dear ??

  19. Aisha says:
    October 15, 2017 at 11:40 am

    Varah reethi mi story ves ❤ maroon ge storythah abadhuves varah reethi ?unmeedhu kuran kuriah oiy thaanga marronge storythah adhi fennaane kamah

    1. maroon says:
      October 15, 2017 at 12:09 pm

      Thanku aisha ?

  20. Rauuu says:
    October 15, 2017 at 11:44 am

    Aslu story feshun reethi.. ekamu nimemun aii iru faahaga vi avahah ninman ulhunu kn.. maroon kamudhaathy kanneyge story reethi evyy readers ah…. I ah vx v kamudhey maroon.. ekam story ah visnaalyma aslu hama nujehey.. like niam.. niam kurin hasadha verivefa.. kuhliakah fahu thanun ok mi vee.. kyhve? Sababeh neiy.. fahun niam malakaa shaim ah heyo hithun midhiny.. sababeh neiy… okay misaalakah visnigen malakaa ge ufalah dhiny oa.. ekm kuhliakah veema.. neyge dhn fahu than get eh nuvi.. aslu story ga vaagoiy ok.. i like yuh maroon.. maroon ge story thah vx.. but ethan kolhu faahaga veema bunely.. vedhaane hyvi hyvumah kamah.. if so get kohdhybala ? loves
    :->

    1. maroon says:
      October 15, 2017 at 11:57 am

      Hey rau. Innaane bunefa niam ah visnu vaahaka. Malaka momgeves hiyaalu badhalu evy hama kulli akah. Niam hasadha verivias evaruge bodu kameh eynaage kushun (eyna dhw maisha gennan ebbas kuruvy makeup kohdheynves.adhi malakage ruhun maisha ah hoadhanves) evaruge kameh vaa iru eyna ah visnidhaane dhw. Edhemyhunnaky kurin best friends. But niamge faruvaa kudakan eyna ah visnuny malaka gellen ulhumun. He wants her to be happy. Rulhivias hasadha vias limiteh onnaane dhw. Anyway ethankolhu jeheyne kudakoh visnaalan.
      Mivaahaka aky fas varakah bain nimman ulhunu story eh. Ekamaku haadhisaathah ais dhigulee. Anyway thanku for ur opinion. Loves ??

    2. Love says:
      October 15, 2017 at 12:22 pm

      Rauge hiyaalu ragalhu… mi storyge v gina kanthah seedha meehunge vaahaka dhekkumun neii bunedhyfa….. baeh kanthah huree emotions in aneh bai kanthah amaluthakun…… misaalakah shaimge laptop ga in sara ge photo malaka ah badhalukuree keevve.i think shaim nubunas adhi maroon liyefa nethas eyge maana egeynehen heevany kiynethereennah…hama egothah niamge kanthahves ebadhalu vee. writer liyefa nethas readers visnaaleema egeyne….mi story varah reethi. kudhi mistakes eba huri.. you can improve maroon.. be safe

    3. Rauuu says:
      October 15, 2017 at 12:40 pm

      Thi anehvaahaka maroon.. malakaa ge mammaa kihineh kuhliakah ok mi vee??? Neyge.. vaahaka nimun iru vx nulibey javaabu hurikn faahaga kohlan.. kithey kuru story eh viyas hama jehen jeheyne.. mikahala suvaalu thah huriya dheegen nuvaane.. sorry to say this.. malakaa hospital ah gendhiya fahun evee goiy ehvx varakah hama eh nujeheyy.. mikan ragalhu kohgen dhn story eh liyaane kamah ummeedhu kuran.. thankyou ?

    4. Rauuu says:
      October 15, 2017 at 12:47 pm

      Hey love.. I gaboolu kuran thikan.. ethan than visnaalyma get vaane kn.. but malakaa mamma vx kuhliakah mi ok vee kyhve? Ehaa rulhi aissa niam aa eyy innan jeheyny kiyaafa.. alhe kuhliakah ok veema koahcheh visnaigen get vaany.. story reehcheyy.. get nuvaathy mi bunany.. rulhi aisgen noony hadi vegeneh noon.. reader eh ge hithuga huri ehcheh mi ahaalanyy.. story reethi hama..

    5. maroon says:
      October 15, 2017 at 12:53 pm

      Dhe kudhin ge opinionves gaboolu kuran. In sha Allah ragalhuvaae adhi ?

  21. mary says:
    October 15, 2017 at 12:37 pm

    story v v kamudhey. keep it up maroon

  22. click a shot ? says:
    October 15, 2017 at 12:38 pm

    Wow..varah salhi ninmun ves mi story ves..superb maroon…you’re so great at writing…I appreciate your work so much…keep it up maroon ???your the best…waitting for next story..avaskohlachey….??❤️Best of luck..varah salhi ingey wedding..click wedding ah gossah iny aashoahu vefa..hithah eri mi haa reethi wedding akah adhi naadheveey…??ly

  23. Zaain says:
    October 15, 2017 at 1:02 pm

    Zaa vs 85 diny full charactertah seeda vaanuvaaga ulheny… ekm dn hurihaa vaahakaeh kiyan veyjjeya v diguvaane… Zaa heekury Story mihisaabah ai iru ehvs negative commentey Zaa fiyavaa ehen kuhjaku nudiny story hama v kamudaaty kamah… hama ekni simply kiyaalumakun nufudeyne… asluvs basmagu hama nujehuma ibaaraaiy kurumugavs masala huri v… Zaa bunelin Maroo kairivs… hama v avahah ekee ekahchakah nihmaalan ulhumuge sababun kanneyge ibaaraiytahvs fushu araa basmagu hama nujehi ehery… mi part ga v bodah ekan faahagavi Zaa ah… Zaa vs kurin buni Maroo kairi v reeti koh gendeveyne loabige asarugada vaahaka ekey mi… ekm nimun k dho… bt eyge kuri hama mistake takey ebaulhey… 1 partah ituru kohli namavs Story v perfect vys… take it easy Maroo….

  24. xee says:
    October 15, 2017 at 1:18 pm

    Wow… v v v nice storry.. thnk yuhh maroon.. luv it..

    1. maroon says:
      October 15, 2017 at 2:28 pm

      Thanku xee??

  25. Boabi says:
    October 15, 2017 at 1:29 pm

    Story rythi but “dhen anna hayaathuga ves ey” inyma kudakoh alhaagai, we are muslims and we should’nt believe in second lives.

    1. maroon says:
      October 15, 2017 at 1:36 pm

      Boabi eyge maana aky aahiragthugaives. Dhn aharamen dhaan oiy hayaathaky ei. Ei dhaaimee hayaai. Ei bunan beynunvi ehchaky.thanku ??

    2. mlllll says:
      October 15, 2017 at 11:56 pm

      Muslim v ma eynu dhevana hayaatheh oi kan believe kuran v.. alun dhiruvvumah fahu othy dhevana hayaai..

  26. annoying reader says:
    October 15, 2017 at 1:39 pm

    alhey varah reethi ending eh, heevani story maa avahakah ninmaali hen 😛 ithurah furihama vees cherry ge handsome genai nama. waiting for a new story maroon. party scene was awesome. sad to miss it <3

    1. maroon says:
      October 15, 2017 at 2:29 pm

      Thanku annoying reader ?? next storyga dhw

  27. Maroon ge fan?? says:
    October 15, 2017 at 1:57 pm

    Waau…haadha reehchey…? dhn inna vhk ves mihaaru furihama ah adhi miah vuren ves reehchah genesdheyne kamah I hope..maroon ur a great writer..I love ur stories..love u maroon…waiting for ur next story…????

    1. maroon says:
      October 15, 2017 at 2:29 pm

      Thanku dear ?? in sha Allah loves

  28. cherish�?? says:
    October 15, 2017 at 2:22 pm

    Varah hadi vhk eh…dhn inna vhk ves hadi vaan ehen heevey?????

    1. $JK..KOREAN says:
      October 15, 2017 at 2:26 pm

      cherish ah ekani hady.. hadiyya nukiya.. 🙂

    2. maroon says:
      October 15, 2017 at 2:31 pm

      Thanku cherish. Emmenah reethi nuvedhaane

  29. Maroon ge fan?? says:
    October 15, 2017 at 2:26 pm

    Eyy cherish maa faadu faadah maroon aa nugelhehchey..thee varah hadi kameh .hadiyyaa nukiya hunnan v nu??

  30. Hiyaaleh says:
    October 15, 2017 at 2:36 pm

    Maroon haadha thafaathey. Mibuny hadikoh vaahaka dhekkias thibunany thanks ey. Love your personality ..hiy varaai eku massaikaiy kuraa kudhinna kaamiyaabah edhen.

    1. maroon says:
      October 15, 2017 at 9:12 pm

      Thanku ??

  31. kayaa says:
    October 15, 2017 at 2:55 pm

    varah asarugadha

    1. maroon says:
      October 15, 2017 at 9:12 pm

      Thanku ??

  32. reader says:
    October 15, 2017 at 2:58 pm

    Dhen genesdhyba detective vaahakaeh. Mndf guy es huttehnu fahu baiga. Anehkkaa detective vaahaka aanmukoh liyaaleh varah madhu mi site ah. Different ehchiss try kuran vaane ennu? My opinion
    Dhen maroon ah ingeyny aslu

  33. Adha? says:
    October 15, 2017 at 4:05 pm

    Hey.. nimuny dw.. varah loabi fahubai ves?.. .. like ur other storys this story is also just perfect..❤? next story ga ves ulheyne dw mi storyge baeh meehun.. shaim nd malakaa ge baeh annaanetha??
    Waitingss for ur next story maroon❤ly..

    1. maroon says:
      October 15, 2017 at 9:13 pm

      Thanku adha ..eh geyegga ulheyiru annaane dhw loves ??

  34. reader says:
    October 15, 2017 at 7:00 pm

    Maroon dhrn genesdhyba detective ehcheh

    1. maroon says:
      October 15, 2017 at 9:14 pm

      Udhaguvaane ekamakuves try kuraanan ngey

  35. Shudha says:
    October 15, 2017 at 7:07 pm

    where’s the intro of thiya asaru?

    1. maroon says:
      October 15, 2017 at 9:12 pm

      Shudha tmrw morning

  36. click a shot ? says:
    October 15, 2017 at 8:02 pm

    Wow?…varah reethi ninmun ves adhi story ves.☺️..superb maroon…I appreciate your work so much.. you are so great at writing..I am so proud of you maroon..waitting for your next story “thiya asaru”.wedding ves varah salhi..wedding ah gos iniru hama aashoahuvefa hurevuny click ah…ehaaves reethi mi wedding…???ly..keep it up..?❤️

    1. maroon says:
      October 15, 2017 at 9:15 pm

      M proud to have thihaa supportive kiyuntherin . Thanku click. Click ey photo nagan bahattaafa huree loves ??

    2. click a shot ? says:
      October 15, 2017 at 9:30 pm

      welcome dear maroon..varah reechey negunu photo tha..??

Comments are closed.



All Right Reserved!