Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޯތްބަށްޓަކައި (25)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
October 14, 2017 10 Mins Read
74 Comments

އަނެއްދުވަހު ޝާމިރާ މާލެ ދޫކޮށްފައި ދިޔައީ އޮފީސް ދަތުރެއްގައި ރިސޯޓަކަށް ދަނީއޭ ބުނެފައެވެ. އައިޒަންއަށް އެކަމުން ޝައްކުނުވީ ޝާމިރާގެ މޮޅު ރޭވުންގަނޑުގެ ސަބަބުންނެވެ. ޝާމިރާ ދަމުން ދިޔައީ އިނާ އާއި އައިޝަމް އުޅޭލެއް ދުރުކަމުން ދެރަވާވަހަކަ ބުނެފައެވެ. އަދި އެކަމުންވެސް ހަމަޖެހުމެއްލިބޭނީ މާލޭ ބޭރުގައި އުޅެލީމައޭ ބުނުމުން އައިޒަން ފަސޭހައިން އެކަން ގަބޫލުކުރިއެވެ. މަންމަ ފުރުވާލާފައި އައިސް އޭނާ ގޭތެރެއަށް ވަނީ ހިތާހިތުން އައިޝަމްއަށް ކުދިކިޔަމުންނެވެ. ގޭތެރެއަށް ވަތްގޮތަށް އަޑަށް ބާރުލާފައި އައިޝަމްއަށް ގޮވުމުން އައިޝަމް ބޭރަށް ނިކުތެވެ. އިނާވެސް ބޭރަށް ނިކުތީ އެހާ ބާރަށް އެ ގޮވަނީ ކޮން ބޭނުމެއްގަތޯ ބަލާށެވެ.

“ކިހިނެއްވެގެންތަ ތިއުޅެނީ؟” ހިތްހަމަނުޖެހިފައި ހުރެ އައިޒަން އެހެން އެހުމުން ފަރުވާކުޑަގޮތަކަށް ކިހިނެއްވީހޭ އައިޝަމް އަހާފާ މޫނު އަނބުރާލިއެވެ. އެކަމުން އައިޒަން އިތުރަށް ރުޅިގަދަވިއެވެ. “ކޮންމެހެން މޫނު އަނބުރާނެކަމެއްނެތް… އައިޝަމް ހަނދާންނެތުނީތަ މަންމަ ކޮށްދިންހާ ކަންތަށްތަށް؟ މަންމަގެ މަސައްކަތުންނޭ މިގެ މިގެއަށްވެފައި ޝާމް ތިހުރިގޮތަށް ތިހުރީ..” އައިޒަން މުޅިގެޔާއި އައިޝަމްއަށް ޝަހާދަތް އިނގިލިދިއްކޮށްލަމުން ބުންޏެވެ. އައިޝަމް އެއްމިޔަކަނިން ހީލާފައި މުޅި ގޭތެރެއަށް ބަލައިލިއެވެ. ހުސްވެސް އަގުބޮޑު އެއްޗެއްސެވެ. ނަމަވެސް ލޯތްބާއި އަޅާލުން ނެތް ގެއެއްގައި އަގުބޮޑު އެއްޗެހީގެ ބޭނުމަކީ ކޮބާބާއެވެ. ގެއެއް ގެޔަކަށް ހަދަނީ އެގެއެއްގައި އުޅޭ ބައެއްގެ ލޯތްބާއި އަޅާލުމާއި ދެމެދު އޮންނަ ވަރުގަދަ ގުޅުމުންނެވެ. މި ހުންނަ އަގުބޮޑު އެއްޗެހިންނެއްނޫނެވެ. އެކަން ޝާމިރާއާއި އައިޒަންއަށް އިނގޭނެނަމައެވެ.

“އައިޒަންގެ ލޮލުގައި އަނދުން އެޅުވިޔަސް އަހަރެމެންނަކަށް އެހެނެއް ނުހެދޭނެ… ހަދާ ދޮގުތަކާއި ކުރާކަންތަށް އަހަރެމެންނަށް ރީއްޗަށް ފެނޭ އަދި އިނގޭ… އަންހެނަކަށްވެ ހުރެ އެހާ ދަށުދަރަޖައަށް ވެއްޓުނީމަ އަހަރެން ލަދުވެސްގަނޭ.. ހާއްސަކޮށް މަންމާއޭ ކިޔާފަ ގޮވާލަންވެސް…” ސީދާ އައިޒަންއަށް ބަލަންހުރެ އައިޝަމް ފަހު ތަންކޮޅު ބުނެލީ ބާރަށެވެ. މިހިނގާ ދެބަސްވުމުން ނިކުންނާނެ ނަތީޖާ ރަނގަޅުނުވެދާނެތީ އިނާ އުޅުނީ އައިޝަމް ހުއްޓުވާށެވެ. ނަމަވެސް އެ ހިތްވަރު ނުލިބުނީ މިވަގުތު އައިޝަމް ރުޅިއައިއްސާހުރުމުންނެވެ. އައިޝަމް ބުނި އެއްޗާއި އެކު އައިޒަންގެ ދެލޯ ބޮޑުވީ އައިރުޅިންނެވެ. އައިޝަމްއޭ ކިޔާފައި ގޮވާލިއަޑަށް ބިރުންހުރި އިނާވެސް ދިޔައީ ތުރުތުރު އަޅައިގެންނެވެ. ނަމަވެސް އައިޝަމް ފަހަތަށް ޖެހުމުގެ ބަދަލުގައި ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.

“ކިހިނެއްވީ؟ ތެދު ބުނީމަ ކުޅަދާނަނުވީތަ؟ އާނ.. ތެދެއް އެއީ، އަހަރެން ގަނޭ ލަދު މަންމައޭ ކިޔާ ގޮވަން…. އަދި އައިޒަންއަށް ދޮންބެ ކިޔަންވެސް… އަހަރެން ބިރެއްނުގަނޭ މަންމައާއި ބެހޭގޮތުން މިކަހަލަ އެއްޗެހި ބުނާކަށެއް.. އެއީ މަންމަ އެކުރަނީ ގޯސްކަމެއްކަން އިނގޭތީ… އެއްދުވަހުން އައިޒަންއަށް މިހުރިހާ އެއްޗެއް އެނގި އަހަރެންގެ ދެލޮލަށް މިފެންނަ ހަޤީޤަތް ފެނި އަމިއްލަ ނަފްސް ކުށްވެރިކުރާނީ ކިހާގިނައެއްކޮށް ކަމެއްވެސް ނޭނގެ.. ލަދުން އިސްޖަހާލެވޭނެ އެ ނައިނާ ކުރިމައްޗަށް އަރާފަ؟ އިނގޭތަ ކީއްވެކަން؟ އެ ތެދުވެރި ލޯތްބަށް މަލާމާތްކުރެވުނީމަ… ނައިނާގެ ދިރިއުޅުން އެފުއްމިފުށަށް ޖަހާލީމަ…” އައިޝަމް ބުންޏެވެ. އޭނާ ހީވަނީ އައިޒަންއަށް މަލާމާތެއްކުރީހެންނެވެ. އައިޒަން ނިތަށް ރޫއަރުވާލާފައި ގޮށްމުއްކަވާލިއެވެ. “ނައިނާ ނައިނާ ނައިނާ!!! ޕްލީސް އައިޝަމް!! ތިހީކުރާހާ ނައިނާ މާތްމީހެއްނަމަ އަހަރެންގެ ހާލަތުވިސްނާނެ އަދި އެކަހަލަ ފިޔަވަޅެއް ނާޅާނެ.. އަހަރެންދެކެ އެހާ ލޯބިވާނަމަ އަހަރެންނަށް އިންތިޒާރު ކުރާނެ… މިހުރިހާ ކަމެއް ހަމަޖެހެންދެން އަހަރެންނަށް އިންތިޒާރު ކުރާނެ.. މަންމަ އެކްސިޑެންޓްވެ އެ ހުރިހާ ކަމެއްގައި އުޅުނުއިރު ނައިނާ އަހަރެން ދޫކޮށްލާފައި ދިޔައީ އެންމެ ބޮޑަށް ނައިނާގެ އެއްބާރުލުން ބޭނުންވީމަ.. އެންމެ ބޮޑަށް ނައިނާގެ އެހީއާއި އަޅާލުން ބޭނުންވީމަ… ނައިނާ ފިލައިގެން ދިޔައީ އިނގިއްޖެއެއްނު…” އައިޒަން އައިޝަމްގެ ގައިގާ ހިފާ ތަޅުވާލާފައި އެހެން ބުނީ އޭނާގެ ސިކުނޑިއަށް އެއްޗެއް ވިސްނޭތޯއެވެ. އައިޒަންގެ ދެލޮލުން ފެނުނު ހިތްދަތިކަން އައިޝަމްއަށް އުނދަގޫވިއެވެ. އައިޒަން އެދައްކަނީ ޝާމިރާ އޭނާގެ ބޮލަށް އަޅާފައި ހުރި ވާހަކަތަކެވެ. އެ ހަރަކާތްކުރަނީ ޝާމިރާގެ އަނގައެވެ. އެ ނިކުންނަނީ ޝާމިރާގެ ބަސްތަކެވެ. ނަމަވެސް އެ ދެލޯ.. އެދެލޮލުން އައިޒަންގެ އަސްލު ރީއްޗަށް އައިޝަމްއަށް އެބަފެނެއެވެ. ނައިނާ ދެކެ ވާލޯބި ރީއްޗަށް އެބަފެނެއެވެ. އެ އޮޅުންގަޑުތެރޭގައި އެ ހިތަށް ވާ ތަދާއި އުނދަގޫ  ރީއްޗަށް އައިޝަމް އަށް ފެނިއްޖެއެވެ.

“ނައިނާއެއް ނޫން ފިލީ.. އައިޒަން ފިލީ…. މަންމަ އެކްސިޑެންޓް ވީ ދުވަހު ރަހުމެއްނެތި ނައިނާގެ ކުރިމަތި މަރުވެގެން ދިޔައީ ނައިނާގެ މަންމަ.. ކިތަށްފަހަރު ގުޅި، ކިތަށްފަހަރު އައިޒަން؟ އެކަމް ނައިނާއަށް ފަސްދިނީ ކާކު؟ ނައިނާ އަށް ފުރަގަސްދިނީ ކާކު؟ މޫނު އަނބުރާލީ ކާކު؟ އާނ މުހައްމަދު އައިޒަން.. އައިޒަންއަށްޓަކައި އެ ފިޔަވަޅު ނެގީތީ ގޯސްވީވެސް އޭނާތަ؟ ދެން…………….” އައިޝަމް އައިޒަން ކައިރިން ދުރަށްޖެހިލާފައި ދައްކަ ދައްކަ ހުރި ވާހަކަ މެދުކަނޑުވާލީ އިނާ އައިސް އެކަން ހުއްޓުވުމުންނެވެ. އިނާ އައިޝަމް ގެ އަތުގައި ހިފައިފާ ނޫނެކޭ ބުނި މަންޒަރު އައިޒަންއަށްވެސް ފެނުނެވެ. “ޕްލީސް އިނޫ.. މިހާރު ކިތަންމެ ދުވަހަކު ތިހެން އަހަރެން ހުއްޓުވައިފީމެއްނު… ދެން ނުވާނެ.. އަހަރެން ހައިރާންވޭ ކުރިމަތީ މިހުރި އައިޒަން އަށް އައިއްސާހުރި ބަދަލުފެނިފައި.. ނައިނާއަށްޓަކައި ކޮންމެ އެއްޗެއްވެސް ޤުރުބާންކުރަން ހުރި އައިޒަން މިއަދު އެ ނައިނާއަށް ކިޔާ އެއްޗެހި އިނާއަކަށް ނީވޭތަ؟” އައިޝަމް އިނާއަށް އައިޒަން ދައްކާލަމުން އެ ސުވާލުކޮށްލިއެވެ. އިނާ އިސްޖަހާލީ ބުނާނެ އެއްޗެއް ނޭނގުނީމައެވެ. މިދޭތެރެއަށް ވަދެގެން މިކުރެވެނީ ގޯސްކަމެއްކަން ހިތަށްއަރާފައި ބަނޑުގައި ހިފަހައްޓާލައި ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އިނާ ބިރުގަނެފައި ހުރި މަންޒަރު ފެނި އައިޒަން ހަމަޔަކަށް އެޅިލާފައި ނައިނާ ޝާމިރާއަށް ހެދިގޮތް ކިޔައިދިނެވެ. މާމަދަރިފުޅަކީ ކާކުކަން އެނގި ވާ ލޯތްބަކުން އައިނާ ބަލައިދިޔުމުން ކޮޅުފައިންޖަހާ ކޮށްޕާލި ވާހަކަ ބުންޏެވެ. ވާހަކަ ހިސާބަކަށް ދިޔަތަނާ އައިޝަމް އައި ރުޅީގައި ހުސް ދޮގޭ ކިޔަންފެށިއެވެ. އަދި އަނިޔާވެރިވީ ޝާމިރާކަމަށް ބުނެ އައިޒަންއާއި ދިމާލަށް ދާންހެދުމުން އިނާ އެއަތުގައި އޮޅުލައިގަނެފައި ފިޔަވަޅުތަށް ހުއްޓުވާލިއެވެ. އިނާ އޭރު ހުރީ ރޮވިފައެވެ. މިނޫނީ ދުވަހަކުވެސް އައިޒަންއާއި އައިޝަމް މިހާ ބާރަކަށް ވާހަކަނުދައްކައެވެ. ކަމެއް ގޯސްވެދާނެތީވެ އޭނާ ބިރުގަތީއެވެ. ޝާމިރާ ނެތީތީވެ މިވަގުތު އެމީހުން ހުއްޓުވާނެ މީހެއް ނެތި މިކަން މައްޗަށް ގޮސްދޭނެތީއެވެ.

އިނާއަށް ބަލާލާފައި އައިޝަމް އައިޒަންއާއި ދުރުވެލިއެވެ. “ޔޫ ވިލް ރިގްރެޓް ފޯރ އެވްރީތިން މުހައްމަދު އައިޒަން..” އައިޝަމް އެހެން ބުނެފައި އިނާ އެއަތުތެރެއަށްލިއެވެ. އަދި ރުޅިވެރި ނަޒަރަކުން އައިޒަން އަށް ބަލާލާފައި އަމިއްލަ ކޮޓަރިއަށްވަނެވެ. ކޮޓަރިއަށް ވަދެފައި އައިޝަމް ހަމަޔަކަށް އެޅެންފެށިއެވެ. އިނާ ގޮސް އައިޝަމްގެ ގައިގާ އޮޅުލައިގަނެފައި ބާރުބާރަށް ރޯންފެށިއެވެ. “ޝާމް މަންމަ އެދިޔައީ ރިސޯޓަކަށް ނޫން އެދިޔައީ ނައިނާ ހޯދަން.. ނައިނާ ކައިރިއަށް…..” އިނާ ރޮއެރޮއެފައި އެހެން ބުނުމުން ދެބުމަ ގޮށްޖަހާލާފައި އައިޝަމް އިނާއަށް ބަލައިލިއެވެ. އިނާ އިއްޔެ އޭނާއަށް އިވުނު ވާހަކަތަށް ކިޔައިދިނެވެ. ނަމަވެސް އައިޝަމް ބުނީ މަންމަ އެފުރީ ރިސޯޓަށްކަމަށެވެ. އެކަން އޮފީހުގެ އެންމެންނަށްވެސް އިނގޭކަމަށާއި އޮފީސްގެ ކަމެއްކަން އައިޝަމް ބުންޏެވެ. އެހެނީ އެހެންކަމެއްގައި ދާނަމަ ވަގުތުން އައިޝަމްއަށް އިނގޭނެއެވެ. ނަމަވެސް އިނާ ތަކުރާރުކޮށް އެހެން ބުނުމުން އައިޝަމް އިނާގެ ހިތްހަމަޖެހުމަށްޓަކައި އާބަސްބުންޏެވެ. އަނެއްކާވެސް އައިޝަމްއަށް އޭނާގެ މަންމަ އާއި މެދު ފަރުވާކުޑަކޮށްލެވުނީއެވެ. ޝާމިރާއަކީ ކިހާވަރެއްގެ މީހެއްކަން ހަނދާންނެތުނީއެވެ.

………………………..

އައިނާ ނިންދަވާލާފައި ނައިނާ ސިޓިންގްރޫމްގައި އިށީނދެ އިނެވެ. އާދައިގެ މަތިން އެކަނިވެރިކަންމަތީ ވޭތަކުރި މިވަގުތުގައިވެސް އޭނާގެ ހިތާއި ސިކުނޑިއަށް ވެރިވީ އެންމެ ސޫރައެކެވެ. ދެލޯ ދެކެން ބޭނުންވި ސޫރައެވެ. އެލޯތްބަށްޓަކައި އެތަށް މަރަކުންމަރުވި އެހިތަށް ވެވުނު ފުރަތަމަ އަދި ފަހު ލޯތްބެވެ. އެއިން ކޮންމެވަގުތަކު އެ ކަންފަތަށް އިވި ދެލޮލަށް ސިފަވަނީ އައިޒަން އޭނާ ދޫކޮށްނުލާނަމޭ ބުނާ ހަނދާންތަކެވެ. މަންމައަށް އޭނާއާއި ނައިނާ ދޫކޮށްނުލެވޭނޭ ބުނި ބުނުންތަކެވެ. ކޮންމެގޮތަކަށް ކަންވެގެން ދިޔަސް ނައިނާގެ އަތުން ދޫނުކޮށްލާނަމޭ ބުނެ ކުރި ވައުދުތަކެވެ. މިއަދު އެ ހަނދާންތަސް ފިޔަވާ ނައިނާ ގެ އޮތީކޯޗެއްހެއްޔެވެ؟ އެ ވައުދުތަކާއި އަހުދުތަކާއި ހިލާފުވީއިރު އެންމެ ފަހަރަކުވެސް އައިޒަން ވިސްނާނުލާހެއްޔެވެ؟ އެދިރިއުޅުމުގައި އައިޒަން ފިޔަވާހުރީ ކާކުހެއްޔެވެ؟ އިތުރަށް ދެން އައިޒަން އަށް އިތުބާރުކުރަން ނައިނާ ފަސްޖެހެއެވެ. އެހެނީ އައިޒަން ވަނީ އޭނާގެ އިތުބާރު މީގެ އަހަރުތަކެއް ކުރިންވެސް ގެއްލުވާލާފައެވެ. އައިނާ ހޯދަން ގުޅި ގުޅުމުންވެސް މިއަދު ނައިނާ އަށް އޭނާގެ ހިތުގައި އެއްވެސް އެއްޗެއް ނެތްކަން ސާބިތުވެގެން ހިނގައްޖެއެވެ.

ހިތަށް ތަދުކުރަމުން އަންނަ ހިޔާލުތަކުން ދެލޯ ފެންކަޅިވެގެން ދިޔައެވެ. އަޑުންއަޑުނަގާ ރޮއެގަންނަން ބޭނުންވިޔަސް މިއަދު އެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ނައިނާ ސިހުނީ ބޭރު ދޮރުގައި މީހަކު ޓަކިޖަހަންފެށުމުންނެވެ. ހިތާހިތުން ޒުހާމެން މީހެކޭ ހިތާ ފިޔަވަޅުތަށް ކުރިއަށް އަޅަންފެށިއެވެ. ކޮޓަރިން މާރިޔާ ނިކުމެ މިގަޑީގައި ކާކުހޭ ކިޔާ އެދިމާލަށް އަންނަ ތަން ނައިނާއަށް ފެނި ކުރީގެ ހަނދާނެއް އާވިއެވެ. ފިޔަވަޅުތަށް މަޑުކޮށްލާފައި މާރިޔާއަށް ބަލައިލެއެވެ. އަދި ދޮރަށްވެސް ބަލައިލިއެވެ. އޭނާގެ ހިތަށް އަރަމުންދިޔަ ކަންތަށް މޫނަށް ނުގެނެވޭތޯ ބަލަމުން ފަނޑު ހިނިތުންވުމަކާއި އެކު ގޮސް ދޮރު ހުޅުވާލާފައި ކުރިމަތީ ހުރި މީހާއަށް ބަލައިލިއެވެ. ކުރިމަތީ ހުރި ޝާމިރާ ފެނި ނައިނާގެ ހިއްސުތަށް ގަނޑުވިކަހަލައެވެ. މިއަދުވެސް އެ ދޮރު އޭނާއަށް އެ ހުޅުވުނީ ކޮންމެވެސް އެކެއްގެ މަރަށްޓަކައެވެ. މިރޭވެސް އެފެންނަނީ އެރޭ ފާލިހުގެ ދެލޮލުން ފެންނަމުންދިޔަ ނުބައި ނުލަފާކަމެވެ. ނައިނާ ދޮރު ލައްޕަން މަސައްކަތްކުރިތަން މާރިޔާއަށް ފެނުމުން ތަންކޮޅެއް ކައިރިއަށްޖެހިލިއެވެ. ދޮރުކޮށްޕާލާފައި އެތެރެއަށް ވަދެގެން އައި ޝާމިރާ ފެނި މާރިޔާގެ ފިޔަވަޅުތަށްވެސް ހުއްޓުނެވެ.

“ކިހިނެއްވީ؟ ކުރިމަތިން މަރުފެނުނީތަ؟” ތުންފަތަށް ހިނިތުންވުމެއް ގެންނަމުން ޝާމިރާ ކޮށްލި ސުވާލުން ބިރުގަތީ ނައިނާއެވެ. އެހެނީ މީގެ އަހަރުތަކެއް ކުރިން އޭނާގެ އެއް މަންމައާއި ވަކިވެގެން ހިނގައްޖެއެވެ. މިއަދު އަނެއްކާވެސް އެކަން ތަކުރާރުކުރާކަށް ނައިނާ ނޭދެއެވެ. ޝާމިރާ މީހަކު މަރާލަންވެސް ފަސްނުޖެހޭނެއެވެ. ޝާމިރާގެ ނުބައިކަން ދެލޯ ކުރިމައްޗަށް ފެނުނު މާރިޔާ އަށް ކުރީގެ ހަނދާންތަށް އާވެގެންދިޔައެވެ. ފާލިހު އާއި ގުޅުމުގެ ކުރިންވެސް ޝާމިރާ އާއި އޭނާއާއި ފާލިހު އާއި ދެމެދު އޮންނަނީ ވަރުގަދަ ގާތް ގުޅުމެކެވެ. ޝާމިރާ އައިޒަންގެ ބައްޕައާއި ކައިވެނި ކުރީ ފާލިހު އާއި ޝާމިރާ ކައިވެނި ކުރުމުގެ ކުރިންނެވެ. އޭގެ ފަހުންވެސް އެމީހުންގެ ގުޅުމަށް ބަދަލެއް ނާދެއެވެ. ނަމަވެސް ފަހުންފަހުން އައިސް ޝާމިރާ ގެ އުޅުމާއި ހެދި މާރިޔާ ފޫހިވާންފެށިއެވެ. އަބަދު ދައްކަނީ ލާރިއާ މުދަލުގެ ވާހަކައެވެ. ޝާމިރާ ވަރިވެގެން އުޅުނުއިރު އެންމެ ބޮޑަށް އެހީތެރިކަންވެސް ދިނީ ފާލިހުމެންނެވެ. އައިޒަންމެން ބޮޑުވަމުން އަންނަވަރަކަށް ޝާމިރާއާއި ފާލިހު ދައްކަން ފެށީ ލަމްހާއާއި އައިޒަންގެ ކައިވެނީގެ ވާހަކައެވެ. އޭރު މާރިޔާއަށް ފާލިހު އަކީ ކިހާވަރެއްގެ މީހެއްކަމާއި ޝާމިރާ މުދަލަށް ހުންނަ ފޯރި އެނގި އެގުޅުން ހީނަރުވެގެންދިޔައެވެ. ނަމަވެސް ޝާމިރާ މިހާ ދަށުދަރަޖައަށް ވެއްޓިދާނެކަމަށް މާރިޔާ ހީވެސްނުކުރެއެވެ.

“ބުނަން ޝާމިރާ! ތި ކުރަން އުޅޭ ކަމަކުން ދެރަލިބޭނީ ޝާމިރާއަށް އެކަނި… އެހެންވީމަ ތިކަން މިވަގުތުން މިވަގުތަށް ހުއްޓާލާ..” މާރިޔާގެ އަޑުކަންފަތުގައި ޖެހުމުން ޝާމިރާ ބޯ އަރިކޮށްލާފައި ބުމަ ހިއްލާލިއެވެ. ބަދަލުހިފުމަށްޓަކައާއި ނައިނާއަށް ނައިނާގެ ބަދުނަސީބުވެރިކަން އިހްސާސްކުރުވުމަށްޓަކައި ކިތަންމެ ނުބައި ކަމެއްކުރަންޖެހުނަސް އޭނާ ކުރާނެއެވެ. ނައިނާއަށް ދެން ކުރިމަތިވެގެން ދާނެ ކަންތަށްވެގެން ދާނީ ނައިނާ ފަދައިން މުއްސަނދި ދަރިއެއްގެ ދިރިއުޅުމައް ވަންނަން ދަލުގައި ޖައްސާ ކޮންމެ ރާއްޖެތެރޭ އަންހެންކުއްޖަކަށް ލިބޭނެ ފިލާވަޅަކަށް ހަދަން ޝާމިރާ ހާދަ ބޭނުންވެއެވެ. ނައިނާ ޝާމިރާގެ ދިރިއުޅުމުގެ އެންމެ ބޮޑު ހަޒާނާ ވަގަށްނެގިއިރު ހުރި ފެންވަރު އޮޅިފައިކަމުން، ނައިނާގެ ފެންވަރު ނައިނާއަށް ދައްކާލަން ޝާމިރާ ވަރަށް ބޭނުމެވެ.

“ކީއްކޮށްލެވޭނީ؟ އަހަރެންނާއި ނައިނާގެ މެދަށް ކޮންމެ މީހަކު ވަނަސް އެމީހަކު ކުރިމަތި ލާންޖެހޭނީ މަރާ…” ޝާމިރާ ނިއް އަރުވާލަމުން އެހެން ބުނީ ކިތަންމެ ހަމަޖެހިފައި ކަމަކު ނައިނާގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. ޝާމިރާގެ ކުރިމަތީ ޖެހިލުމެއްނެތި ހުރި މާރިޔާއަށް ބަލަންހުރެވުނީ ދެލޮލަށް ޖަމާވި ކަރުނަތަކާއި އެކުގައެވެ. އޭނާގެ ސަބަބުން ކިތަންމެ ބައެއްގެ ދިރިއުޅުން ހަލާކުވެއްޖެކަމުގެ އިހްސާސްއޭނާއަށް ކޮށްފިއެވެ. މަންމަ ނިޔާވީ ނައިނާ ސަލާމަތްކުރަން އުޅެނިކޮށެވެ. މަޔަކާއި ދަރިއެއްގެ ގުޅުން ހަލާކުކޮށްލެވުނީވެސް ނައިނާގެ ސަބަބުންނެވެ. ކޮއްކޮއާއި ބޭބެއެއްގެ ގުޅުން ހީނަރުވީ ނައިނާގެ ސަބަބުންނެވެ. މިއަދު މަރުވާންވެއްޖެއްޔާ މަރުވާންޖެހޭނީ ނައިނާއެއް ނޫންހެއްޔެވެ؟ ކުއްލިއަކަށް ދޮރުންވަދެގެން އައި ބަޔަކު ފެނި ދެމީހުންވެސް ބިރުން ތުރުތުރުއަޅައިގަތި ވާން މިއުޅެނީ ކުޑަކަމެއް ނޫންކަން އެނގިއެވެ.  ކަޅުކުލައިގެ އެއްޗެހި ލައިގެން ތިބި ބަޔަކު އައިގޮތަށް އައިސް އެ މީހުން ވަށާލިއެވެ. ކުއްލިއަކަށް ޖެހި ޖެހީނުން މާރިޔާގެ ބިންމައްޗަށް ވައްޓާލިއިރު ނައިނާއަށް ހަޅޭވެސްލަވައިގަނެވުނެވެ. އެހެން މީހަކު އައިސް ނައިނާގެ ގައިގާ ހިފަހައްޓާ ބަހައްޓާފައި އަތަށް ހަރާލި އިންޖެކްޝަނަކުން އޭނާގެ ގައިބާރު ދޫވެ ހުރިތަނަށް ތިރިވެވުނުއިރު ފުސްވަމުން ދިޔަ ދެލޮލަށް ފެނުނީ މާރިޔާއެވެ. އޭރުވެސް މާރިޔާ ދިރިހުރިކަން އެނގެނީ ހަރަކާތްކުރާތީއެވެ.

……………………………………

ނައިނާ އަށް ހޭވެރިކަން ވީއިރު އޭނާގެ އަތްފައިވަނީ ބަދެފައެވެ. އަނގަމަތީ ފޮތި ގަނޑެއް އަޅާފައިވާއިރު އޭނާގެ ހަށިގަނޑު ކޮޅަށް ހުރީ އޭނާގެ ދެފަރާތުގައި ހުރި ދެމީހެއްގެ ބާރުގައެވެ. ޖެހޭ ފިނިފިނި ރޯޅިންނާއި އިވެމުންދާ ރާޅުގެ އަޑުން ނައިނާއަށް މުޅިތަނަށް ނަޒަރު ހިންގާލެވުނެވެ. ރޭގަނޑެއްކަމަކު އޭނާއަށް މިހުރެވުނީ ބޯޓެއްގައިކަމާއި ތިބެވުނީ ކަނޑުގެ މެދުގައިކަން އެނގިގެންދިޔައެވެ. ބޯޓުގެ އަލިން އެތަން ދިއްލާލެވިފައިވާއިރު މާސިންގާ ކަނޑުފެނި ނައިނާއަށް އޭނާގެ މަރުގާތްވެއްޖެކަން އިހްސާސްވިއެވެ. މުޅިތަނަށް ބަލައިލެވުނުއިރުވެސް ހަށިގަނޑުގައި ވަރެއްނެތެވެ. އޭނާ ހުރީ ލޮޑުވެފައެވެ. މީހެއްގެ އިޝާރާތަށް އެތަނަށް ދެން ގެނެވުނީ މާރިޔާއެވެ. މާރިޔާވެސް ހުރީ އަށްސާބަނދެފައެވެ. ނަމަވެސް އަނގަމަތީގައި އެއްޗެއް އަޅާފައިނެތްއިރު އޭނާގެ ބުރުގާވެސް އޮތީ އެގޮތް މިގޮތަށެވެ. ދެމީހެއްގެ ބާރުގައި އޭނާ ނައިނާގެ ކުރިމައްޗަށް ގެނާއިރު ނައިނާގެ ދެލޮލުން ފައިބަމުން ދިޔައީ ތާޒާ ކަރުނައެވެ.  އަނގަމަތީ އަޅާލެވިފައވާ ފޮތިގަނޑުން އެ ކަރުނަތަށް އޭގެ މަންޒިލަށް ނުދެވި ނިމިގެންދިޔައިރު އެ އެއްޗެއްސަށްވެސް މިއަދު މިންޖުވުމެއްނެތެވެ. ނައިނާ މުޅިތަނަށް ބަލަމުންދިޔައިރު އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނީ ލޯބިވާ ދަރިފުޅާއި މެދުގައެވެ.

އިރުކޮޅަކުން އެތަނަށް އައިސް ހުއްޓުނީ ޝާމިރާއެވެ. ނައިނާ ތެޅިތެޅިފައި އެއްޗެހިތަކެއް ބުނަމުންދިޔަޔަސް އަނގަޔަށް ވާންވެފައި ހުރި ފޮތިގަނޑުން ބަސްތަށް ބޭރުނުވެ އެކަން ބޭކާރުވެގެންދިޔައެވެ. ޝާމިރާގެ ތުންފަތްމަތީ ވާ ނުބައި ހިނިތުންވުން ފެނި އޭނާ ޝާމިރާ ގެ ލޮލަށް ބަލަމުންދިޔައިރު އޭނާ ހީވަނީ އާދޭސްކުރަމުންދަނީހެންނެވެ. ޝާމިރާގެ އަމުރަށް ނައިނާގެ ފޮތިގަނޑު ދޫކޮށްލެވުމުން ނައިނާ ފުރަތަމަވެސް ބުނީ މާރިޔާ ދޫކޮށްލުމަށެވެ. “ކަލެއަށް ކުރެވުނީ ކިހާ ބޮޑުކަމެއްކަން އިނގޭތަ؟ އަހަރެން ގޭގެ އަހަރެންގެ އެންމެ ބޮޑު ޖަވާހިރު ކަލޭ އަހަރެން އަތުން ދަމައިގަތީ… އޭގެ އަދަބު ކަލެއަށް ލިބެންޖެހޭނެއްނު…” ޝާމިރާ އެހެން ބުނުމުން ވަރުނެތިފައި ހުރި މާރިޔާ އިސްއުފުލާލިއެވެ. ނައިނާ މާރިޔާއަށް ބަލައިލާފައި ޝާމިރާ ކައިރި މާފަށްއެދެމުންދިޔައެވެ. އަދި ދެން ދުވަހަކުވެސް އައިޒަން ކުރިމައްޗަށް ނާރާނެކަމަށާއި އައިޒަންގެ ދިރިއުޅުމުން ފިލައިގެން ދާނެކަމަށެވެ.

“ކަލޭ މީގެ އަހަރުތަކެއް ކުރިންވެސް އެ ގަނޑުގަތީމެއްނު އެކަމް އައިޒަން އަދިވެސްހުރީ ކަލޭގެ އިންތިޒާރުގައި ކަލެއަށްޓަކައި.. އަހަރެން ކަލޭދެން އެ ދިރިއުޅުމުން ފޮނުވާލާނީ އެހިތުގައި ކަލެއަށްޓަކައި ނަފުރަތު އުފައްދާފައި އޭރުން އައިޒަން އަށްވެސް އޭނާއަށް ކުރެވުނު ކަންތަށް އިނގޭނެ… އަހަރެން ދައްކާ ވާހަކައިގެ ހަޤީޤަތް އެނގި އަނެއްކާވެސް އަހަރެންގެ ފިޔަވަޅުމަތިން ހިނގަންފަށާނެ.. ކަލެއާއި ހެދި އަހަރެންނާއި އަހަރެންގެ ދަރިފުޅުގެ މަންޒިލް ދެތަނަށްވެ އޭނާގެ ހިތުގައި އަހަރެންނަށްވުރެ މަތީ ދަރަޖައެއް ކަލެއަށް ލިބުނީ.. ކަލެއަށް އިނގޭތަ އެ ކުރެވުނީ ކިހާ ބޮޑުކުށެއްކަން. ކަލޭކަހަލަ މީހަކަށް އަހަރެންގެ ގެއިން ކީއްކުރަން ހިތުންވެސް ޖާގައެއް ނޯންނާނެ…. ކަލެއަކީ މިދުނިޔެއަށް އާއި ބަދުނަސީބުވެރިއެއް.. ކަޅުލައްގަނޑެއް. ކަލޭ ވަންނަ ކޮންމެ ދިރިއުޅުމެއްވެސް ހަނާވެގެންދާކަން ކަލެއަކަށް ނޭނގޭތަ؟ އައިޒަންގެ ދިރިއުޅުން ހަލާކުކޮށްލިއިރު ކަލޭ އަމާވެސް ހަނާވެގެން ދިޔައީ ކަލޭގެ ބަދުނަސީބުވެރިކަމުން….ކަލެއާއި އެކު އުޅޭކޮންމެ މީހަކު ކަލެއާއި އެއްބައިވާ ކޮންމެ މީހެއްގެ ދިރިއުޅުން ކަލޭ ހަލާކުކޮށްލައިފި….” ޝާމިރާ އެހެން ބުނެފައި ނައިނާގެ މޫނުގައި އަތް ހާކާލިއެވެ. ނައިނާ އިސްޖަހާލިއެވެ. އައިޒަންއާއި ގުޅުން އެއީ ކުރެވުނު ފާފައެއްހެއްޔެވެ؟ އޭނާއަށްވެސް ވެވުނީ ލޯތްބެއްނޫންހެއްޔެވެ؟ އެލޯބީގައި އޭނާ ދީވާނާވުން އެއީ އޭނާގެ ކުށެއްހެއްޔެވެ؟ އޭނާފަދަ ނިކަމެއްކަޗަށް މިދުނިޔެއިން ލޯތްބާއި އަޅާލުން ހަމަނެތީހެއްޔެވެ؟ ބައްޕައެއްގެ ލޯބި ހައްޤުނޫންއިރު އަލަތު ލޯބި ލިބުމުގެ ހައްޤުވެސް ހަމަނެތީހެއްޔެވެ.

ޝަކުވާތަށް ފުނިޖެހެމުންދިޔައިރުވެސް ބަހަކުން ބަހެއްނުބުނެވި އިސްޖަހާލައިގެން ނައިނާ ރޮމުންދިޔައެވެ. ޝާމިރާގެ އަމުރަށް އަނެއްކާވެސް ނައިނާގެ އަނގަމަތީ ފޮތިގަނޑު އެޅުވުނެވެ. “އަހަރެން ކަލޭ މަރާލާކަށް ނޫޅެން.. ކަލޭ މަރުވެއްޖެނަމަ އަހަރެންގެ މަގުސަދު ހާސިލްނުވީ ކަލޭ ޖެހޭނީ މި ދުނިޔެމަތީ އެތަށްމަރަކުން މަރުވާން.. އެކަނިވެރިވެ މިދުނިޔޭން މޮޔަވާން…. އެއީ ކަލޭގެ ހައްޤު އަދަބު…” ޝާމިރާ އެހެން ބުނެފައި ނައިނާގެ ކުރިމަތީ މާރިޔާގެ މޫނުމަތީ ބޮނޑިއެއް އަޅާލިއެވެ. ނައިނާ ހަޅޭލަވައިގަނެފައި ދެލޯމަރާ ތަގުޅިކޮށްލިއެވެ. އޭނާގެ އަޑު ބޭރުނުވީ ފޮތިގަނޑުގެ ސަބުބުންނެވެ.

ޝާމިރާ ނައިނާ ކައިރިއަށް ގުދުވެފައި އޭނާގެ މޫނުމަތީ ހިފައިގަތެވެ. އަދި ދެލޯ ހުޅުވުމަށް ބުނަމުންދިޔައެވެ. ކަރުނަތަކާއި އެކު ފުރިބާރުވި ދެލޯ ނައިނާއަށް ހުޅުވާލެވުނުއިރު ކުރިމަތީ މާރިޔާ ހުރިގޮތް ފެނި އޭނާގެ ހެޔަށްގޮތްވިއެވެ. ނައިނާ މާރިޔާއާއި ދިމާބަލަހައްޓައިގެން ހުރުމުން މާރިޔާވެސް އުނދަގުލަކުން ނައިނާއަށްބަލައިލިއެވެ. ނައިނާ މާފަށްއެދެން ބުނަން ބޭނުންވިއެވެ. އޭނާ އެތަކެއް ފަހަރު އަމިއްލަ ނަފްސް ކުށްވެރިކުރަމުންދިޔައެވެ. ޝާމިރާ ބުނިފަދައިން ނައިނާ އަކީ ބަދުނަސީބުވެރިކަމުގެ ހިޔަންޏެކެވެ. އެނާއާއި އެކު އުޅޭ ކޮންމެ މީހެއްގެ ދިރިއުޅުން އޭނާއަށް ފަނާކުރެވިއްޖެއެވެ. ޝާމިރާ ދެން ބުނި ޖުމްލައާއި އެކު ނައިނާ ދެލޯބޮޑުކޮށްލާފައި ދެކޮޅަށް ބޯ ހޫރަންފެށިއެވެ. އޭރު ޝާމިރާ ހުރީ މާރިޔާގެ އަނގަމަތީ ހިފަހައްޓާލައިގެންނެވެ. “ފަހުބަސް ނައިނާއަށް އިއްވާލާ…” ޝާމިރާ އަނެއްކާވެސް އެހެން ބުނުމުން މާރިޔާ ނައިނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

ބަހެއްބުނާނެ ހިތްވަރުނެތަސް އޭނާ އަނގަހުޅުވާލިއެވެ. “ނައިނާ! ދުނިޔޭގައި ނުބައި މީހުންވެސް އުޅޭނެ.. އެމީހުންނަށް އެމީހުންގެ ހައްޤުއަދަބު ދެއްވާނީ އެންމެ ފަރާތެއް.. އަހަރެމެންނެއް ނޫން… ފުރުސަތު ލިބުނަސް ދުވަހަކުވެސް މިނުބައި ނުލަފާ އަންހެނާއަށް އަނިޔާ ނުކުރާތި.. ބަދަލު ނުހިފާތި އެކަން ކުރަން އޮތްގޮތަށް ނޫނީ.. އަމިއްލަ އަތުން ދުވަހަކުވެސް މިއަންހެނާގެ ގައިގާ ބަދަލުހިފާށޭ ކިޔާ އަތްނުލާތި ….އެކަންކުރާނީ އެންމެ ފަރާތެއް…. ނައިނާ މި އަންހެނާއާއި ބަދަލުހިފާދުވަހުން މި އަންހެނާއި އާއި ނައިނާއާއި ތަފާތެއް ނޯންނާނެ… މިދުނިޔެމަތިން އޭނާއަށް އޭނާގެ އަދަބު ނުލިބުނަސް އެއްދުވަހުން ލިބޭނެ.. ނައިނާ! ބަދަލު ހިފުމުގެ ރޫހު އަށަގަނެ މި އަންހެނާކަހަލަ ނުބައި ނުލަފާ މީހަކަށް ނުވާތި!!” އުނދަގުލަކުން ނެރުނު ބަސްތަކަށްފަހު މާރިޔާ ނައިނާއަށް ބަލައިލީ ޖަވާބަކަށް އިންތިޒާރުކުރާކަހަލަ ގޮތަކަށެވެ. ޝާމިރާ މީގެ އިރުތަކެއް ކުރިން މާރިޔާ ކައިރި ދެއްކި ވާހަކަތަކުން އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނީ ނައިނާ ޝާމިރާގެ ކިބައިން ބަދަލުހިފާފާނެތީއެވެ. އެ ނަސޭހަތް އޭނާ ފަހުގެ ބަސްކަމަށް އޭނާ ހެދީ އެހެންވެއެވެ. އޭރު ޝާމިރާ ހީވީ ރުޅިއައިސްގެން ފަޅައިގެން ދާނެހެންނެވެ.

ފަހުފަހަރަށްވެސް މާރިޔާގެ ފަރާތުން މަރަށް ބިރުވެތިވުމެއް ނުފެނުމުން އޭނާގެ ހިތުގައި މީހަކު އަލިފާންރޯކޮށްލިކަހަލައެވެ. މާރިޔާ ދެއްކި ވާހަކަތަށް ނައިނާއަށް ރަނގަޅަށް ސާފުނުވިޔަސް ނަގަންވީ މާނަތަށް ދޭހަވެ އަވަސްއަވަހަށް ބޯޖަހާލިއެވެ. އެއިންވެސް ޝާމިރާގެ ރުޅިގަނޑު ދިޔައީ ހައްތަހާ މައްޗަށެވެ. ދެވަނަ ހަމްލާ މާރިޔާއަށް އަމާޒުވީ ވަރުގަދަ ދަގަނޑުބުރިއަކުން ކަމުން އެޖެހުނު އަޑު މުޅިތާ ހިފައިލިއިރު ނައިނާގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. މާރިޔާ ގެ މޫނުމަތި ލެއާއި އެއްވެ ފޮރުވިގެން ދިޔައިރުވެސް ބަލަމުން ދިޔައީ ނައިނާއަށެވެ. ނައިނާ ދެލޯ މަރާލުމާއި އެކު ޝާމިރާ އަނެއްކާވެސް އަމުރު ކުރީ ދެލޯ ހުޅުވައިގެން އިނުމަށެވެ. އެކަން ނުކުރުމުން ޝާމިރާ ގަދަކަމުން ނައިނާގެ ދެލޯ ހުޅުވާ ބާރުކޮށްލިއެވެ. ނައިނާގެ ބަދުނަސީބުވެރިކަން އޭނާއަށް ފެންނަންޖެހޭނަކަން ޝާމިރާ ދެކެއެވެ. އެނާ ކުރިމަތީ މާރިޔާ މަރުވުމުން ނައިނާއަށް ހަމަގައިމުވެސް އޭނާއަށް އެ ކުޅެލެވުނީ އާދައިގެ މީހަކާ ނޫންކަން އެނގޭނެއެވެ.

ނައިނާ ދެލޯ ހުޅުވައިގެން އިންދާ ތިން ހަތަރު ހަމަލާ މާރިޔާއަށް އަމާޒުވެ ފަހު ހަމައާއާއި އެކު މާރިޔާގެ ހަރަކާތްތަށް ހުއްޓުނެވެ. ނައިނާ ހަޅޭލަވައިނެފައި ރޮއެ ހޭރެމުންދިޔައެވެ. އެތަން ފެނި ޝާމިރާގެ ހިތަށް ހަމަޖެހުން ލިބެންފެށިއެވެ. ނައިނާ އެތެޅޭ ތެޅުންބަލަން އޭނާ ހާދަ ބޭނުންވިއެވެ. ޝާމިރާގެ އަމުރަށް މާރިޔާ ގައިގާ ހިފަހައްޓައިގެން ތިބި ދެމީހުން އޭނާ ދޫކޮށްލިއެވެ. އެއާއި އެކު މާރިޔާ ވެއްޓުނީ ނިކަންބާރަށެވެ. އެ މަންޒަރު ބަލަން ހުރި ނައިނާގެ ހިތް ހީވަނީ ފަޅައިގެންދާނެހެންނެވެ. ޝާމިރާ އޭނާ މަރާލާނެނަމައެވެ. ޝާމިރާގެ އެދުމަށް އެހެން ބަޔަކު އައިސް މާރިޔާގެ މޫނު ފާހަގަނުވާވަރަށް ތަޅަމުން އެ ހަށިގަނޑުގައިވާހާ ގުނަވަނެއް ބިންދަމުން ދާއިރު އެއިން މީހެއްގެ ހިތުގައި ރަހުމާއި ކުލުނެއް ނެތްކަން ނައިނާއަށް އެނގުނެވެ. ކުރިމަތީ ހިނގަމުން ދާ ކަންތަށްތަކުން ނައިނާއަށް ލޯ މަރާލެވުނެވެ. ސިފަގެއްލުވާލައިފައިވާ މާރިޔާގެ ހަށިގަނޑުން މިހާރު އެއީ އަންހެނެއް ކީއްކުރަންހެއްޔެވެ، އިންސާނެއްގެ ހަށިގަނޑެއް ހެންވެސް ހީނުވެއެވެ. ނައިނާގެ ކައިރި މާރިޔާގެ ގައިން ފޭބިހާ ލޭ ދައުރުކުރަމުން ދިޔައިރު އޭނާ އެތަކެއް ފަހަރު މާފަށްއެދެމުންދިޔައެވެ.

އެ މަންޒަރު ބަލަން ހުރި ޝާމިރާއަށް ހީވެސްނުކުރާހާ ހަމަޖެހުމެއް ލިބިގެންދިޔައެވެ. ޝާމިރާގެ އަމުރަށް މާރިޔާ ގެ ގައިގާ އެކި އެއްޗެހި އައްސާ އެ މާސިންގާ ކަނޑަށް ކޮށްޕާލެވުނުއިރު އެ މައްޗަށް ނާރާނެކަމުގެ ޔަޤީންކަން އެމީހުންނަށް އޮތެވެ. ޝާމިރާގެ އަމުރަށް ނައިނާ ގެ އަތުން ދެން ތިބި މީހުންވެސް ދޫކޮށްލާ ދުރަށް ހިނގައިގަތެވެ. ޝާމިރާގޮސް ނައިނާގެ ކުރިމަތީ ހުއްޓިފައި ނައިނާގެ ދަތްދޮޅީގައި ހިފާ އިސްއުފުލުވިއެވެ. ކަރުނަވީ ދެލޮލުން ޝާމިރާއަށް ފެނުނީ ރުޅިވެރިކަމެވެ. ޝާމިރާ ބޭނުންވާފަދަ އިހްސާސްތަކެވެ. ނައިނާ ޝާމިރާގެ މުޑުދާރު އަތް އޭނާގެ މޫނުން ވަކިކުރުވަން މޫނު އަނބުރަމުން ދިޔަނަމަވެސް ޝާމިރާ އެ އަތަށް ބާރުކޮށްލިއެވެ. “ކަލެއަށް މިވަގުތު ތިވީނު އިހްސާސް.. އެކަހަލަ އިހްސާސެއް އަހަރެންނަށްވެސް ކުރީ ކަލެއާއި އައިޒަންގެ ގުޅުން އެނގުނުދުވަހު.. ކަލޭ އަހަރެންގެ ދަރި މަރާލާ އެހެން އާ އައިޒަންއެއް ދުނިޔެއަށް ގެނައި ހަބަރު އިވޭ! އޭގެ ބަދަލު ކަލެއަށް މިދިނީ.. އަދި ބުނަން ކަލޭ މިދުނިޔެއަށް ތިގެނައި އައިޒަން އަނެއްކާވެސް އަހަރެންގެ އައިޒަންއަށް ބަދަލުވެއްޖެ…” ޝާމިރާ ހީލާފައި އެހެން ބުނުމުން ނައިނާ ފުންނޭވާތަކެއް ލަމުން ހަޅޭލަވައިގަތެވެ. ޝާމިރާ ނައިނާގެ އަނގައިގާ އައްސާފައިވާ ފޮތިގަނޑު ދޫކޮށްލުމުން ނައިނާ އަނގައިން ނޭވައި ބޭރުކުރަންފެށީ ރުޅިމައިތިރިކުރެވޭތޯއެވެ.

“ބުނަން ޝާމިރާ! އަހަރެންނާއި މެދު ކިތަންމެ ނަފްރަތެއް އައިޒަންގެ ހިތުގައި އުފެއްދިޔަސް އަހަރެންދެކެ އޭނާ ވާ ލޯބި އެ ނަފްރަތަށްވުރެ ބޮޑެއްނުވެވޭނެ… އެހިތަކީ ކުރިންވެސް އަދި މިއަދުވެސް އަދި އަބަދުވެސް އަހަރެންގެ މިލްކެއް… ޝާމިރާއަށް އައިޒަން ބަދަލުކުރެވުނަސް އެހިތެއް ބަދަލެއްނުކުރެވޭނެ….” ނައިނާގެ އަނގައިން ނިކުތް ރުޅިވެރި ބަސްތަކުން ޝާމިރާ ހީލާފައި ދެއަތް ވިއްދާލާ އިށީނދެލިއެވެ. އޭނާ ބޭނުންވީ ނައިނާ ރުޅިއަރުވާށެވެ. އެހިތުގައި އޭނާއާއި މެދު ނަފްރަތު އުފައްދުވާށެވެ. ނައިނާގެ އެ ނަފްރަތު އައިޒަންއަށް ދައްކާށެވެ. ނައިނާ ޝާމިރާގެ ކިބައިން ބަދަލުހިފުގެ ރޫހު އާލާކޮށް ޝާމިރާ ގެ ކިބައިން ބަދަލުހިފާ، އެ މަންޒަރު އެހެން ގޮތަކަށް އައިޒަންގެ ކުރިމައްޗަށް ގެނެސް ނައިނާ ފަލީހަތްކޮށްލާށެވެ. ޝާމިރާ އަބަދުވެސް ދައްކާކަހަލަ ނުބައި ނުލަފާ އަންހެނުންނަކީ ކޮބައިކަން އައިޒަންއަށް ދައްކާ ނައިނާ އާއި މެދު ނަފްރަތު ކުރުވާށެވެ. ޝާމިރާގެ އެ ރޭވުން ނޭނގޭ ހާލު ނައިނާގެ ހިތުގައި ދިޔައީ ރުޅިވެރިކަން އުފެދެމުންނެވެ.

ޝާމިރާ ނައިނާގެ މޫނުގައި އަތް ލުމުން ނައިނާ އެ އަތުގައި ދަތް އަޅާލިއެވެ. ޝާމިރާ ވަގުތުން އަތް ދުރަށްލީ އަލިފާނޯއޭ ކިޔާފައެވެ. “ތި މުޑުދާރު އަތުން އަހަރެން ގައިގާ އަތްނުލާތި.. ކޮބާ އައިނާ؟ ޖަވާބު ދީ!! ކޮބާ އައިނާ..” ނައިނާ ހީވީ ރޯމަހެއް ތެޅޭހެންނެވެ. އޭނާ ތެޅެމުންދާތަން ފެނި ޝާމިރާ ގެ ހިތަށް ލިބެނީ ބަޔާންކުރަން ދަތި އުފާކަމުން އެ މަންޒަރު ބަލަން އޭނާ އިނެވެ. ނައިނާ ގެ ދެލޮލުން އޭގެފަހުން އެންމެ ކަރުނަތިއްކެއްވެސް ނުވެއްޓެއެވެ. އެހެނީ އެހިތުގައި އުފެދުނީ އެހެން ޝުއޫރުތަކެކެވެ. “އައިނާ އެބައޮތް ނިދާފައި.. މާދަމާ އަހަރެން އެނބުރި ދާނީ އައިނާ ގޮވައިގެން އައިޒަން ކައިރިއަށް.. ކަލޭ މިނިވަންކޮށްލާފައި.. އެހެން މީހަކަށް ކަލޭ ވިއްކާލާފައި…. އަހަރެންނަށް އިނގޭ ކަލޭ އެވަރުންވެސް ސަލާމަތްވެގެން އަންނާނެކަން ކޮންމެވެސް ދުވަހަކުން އައިނާ ހޯދަން، އަދި އަހަރެންކިބައިން ބަދަލުހިފަން.. އެދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން… ކަލޭ އައިސް އަމިއްލަ އަތުން އަހަރެން މަރާލާތަން ބަލަން އަހަރެން ބޭނުން…” އިވިގެން ދިޔަ ބަސްތަކުން ނައިނާ އަށް ހަޅޭލަވައިގަނެވުނެވެ. މިއަދު އެ ދެއަތް އައްސާފައިވުމީ ޝާމިރާގެ ނަސީބެވެ. އެހެންނޫންނަމަ ހަމަ މިވަގުތު އޭނާގެ ނޭވައިހޮޅީގައި ހިފާ ފުރާނަ ދުއްވާލީހެވެ. ޝާމިރާ އިތުރަށް އައިޒަންގެ ވާހަކައާއި އައިނާގެ ވާހަކަދައްކަމުން ދިޔައީ ނައިނާ ގެ ހިތުގައި އަދިވެސް ރުޅިވެރިކަން އުފައްދާށެވެ.

ނައިނާ ނޫނެކޭ ކިޔާ ހަޅޭލަވައިގަންނަ ކޮންމެފަހަރަކު ޝާމިރާއަށް ހިނިތުންވެވެއެވެ. ކާމިޔާބުލިބެއެވެ. “އަހަރެން އައިނާ ހަދާނީ އަހަރެންކަހަލަ މީހަކަށް….” ޝާމިރާ އެހެން ބުނުމުން ނައިނާ އޭނާގެ ބޮލުން ޝާމިރާގެ ބޮލުގައި ޖަހާލިއެވެ. އޭނާގެ ބޮލަށްވެސް ތަދުވިއެވެ. ނަމަވެސް އޭނާ ހުރީ އެއަށްވުރެ މާބޮޑަށް ރުޅިއައިއްސައެވެ. “ބުނަން ޝާމިރާ! އައިނާ އަކީ އަހަރެންގެ ދަރިއެއް.. ކަލޭ ލޭ ހިނގިކަމުގައި ވިޔަސް ކަލޭގެ އެންމެ ސިފައެއްވެސް އެކުއްޖާއަކަށް ނުލިބޭނެ…. އެ ކުއްޖާގެ ގައިގާ ހުންނާނީ އަހަރެންގެ ތަރުބިއްޔަތު.. އަހަރެންގެ މަންމަ އަހަރެންނަށް ދިން ތަރުބިއްޔަތު.. ޝާމިރާ އަމިއްލަ ދަރިންނަށް ނުދެވުނު ތަރުބިއްޔަތު…” ނައިނާ ތަންފުކެއް ދޫނުކުރިއެވެ. އޭނާހިފީ ސީދާ ޝާމިރާގެ “ވީކް ޕޮއިންޓް”ގައެވެ. ޝާމިރާ ދަތްކުނޑި ވިކާލާފައި ނައިނާގެ މޫނުމަތީ ޖެހިއެވެ. ނައިނާ ހިލާފައި ޝާމިރާއަށް ބަލާލިއިރު އެ ދެލޮލުން ފެންނަނީ ތަފާތުކަމެކެވެ. މީގެ އިރުކޮޅެއްކުރިން ޝާމިރާގެ ދެލޮލުން ފެނުނު ވިދުމެވެ.

ނައިނާ އަނގަ ހުއްޓައިނުލާ ޝާމިރާގެ އެ ބަލިކަށިކަމުގެ ފައިދާ ނަގަމުންދިޔައެވެ. އޭނާގެ ހިތަށް އެކަމުން އުފާވެރިކަން ލިބުނެއްކަމަކު އޭނާ ރުޅިއައީ ނައިނާ ދައްކާ ވާހަތަކުން އުނދަގޫވީމައެވެ. ރަނގަޅު މަންމައަކަށް ޝާމިރާ ނުވެވުނޭ ބުނުމުން ޝާމިރާ ނައިނާގެ މޫނުމަތީ ޖަހާފައި އެތަނުން ތެދުވެގެން ދިޔައީ އައިރުޅީގައެވެ. އޭރު ނައިނާ ބާރުބާރަށް ހޭތަން ފެނި ޝާމިރާއަށްވެސް ހެވުނެވެ. މާރިޔާ ކޮންމެ އެއްޗެކޭ ބުނެފައި ދިޔަޔަސް ނައިނާ ގެ ހިތުގައި އޭނާ ބޭނުންވާކަހަލަ ރުޅިވެރިކަން އުފެދިއްޖެއެވެ. ދެން އެ ރުޅިވެރިކަމާއި ނަފުރަތާއި އުފެދުނު ބަދަލުހިފުމުގެ ރޫހުން ނައިނާގެ ހިތް ގަލަކަށްވެގެން ދާނެއެވެ. އެ ހިތުގައި ހީވާނީ އަލިފާނެއް ރޯވާހެންނެވެ. އެ ބަދަލު ފުރިހަމަ ނުކުރެވިއްޖެނަމަ އޭނާ މޮޔަވާނެކަން ޝާމިރާއަށް އެނގެއެވެ. ޝާމިރާ ބޭނުންވީ ނައިނާވެސް އޭނާފަދަ މީހަކަށް ހަދާ މޮޔަކޮށްލާށެވެ. އެކަމުގައި ފުރަތަމަ އަޅަންޖެހޭ ފިޔަވަޅު އެޅިއްޖެއެވެ. ދެން އޮތީ ހަމައެކަނި ނައިނާގެ ހިތްވަރެކެވެ.

ހަޅޭލަވަމުން ދިޔަ ނައިނާ މަތަކުރެވުނީ އަނެއްކާވެސް އިންޖެކްޝަނަކުންނެވެ. ނައިނާ މެރެމުންދިޔަ ދެލޮލުންވެސް ޝާމިރާއަށް ފެނުނީ ނަފުރަތެވެ. އޭނާ ހީކުރިވަރަށްވުރެ ކަންތަށް ފަސޭހަވަގެންދިޔައީތީ އުފާކުރިއެވެ. ދެން އޭނާ އޭނާގެ ދެވަނަ ރޭވުމައިގެން ކުރިއަށްދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އިންސާފެއް ނެތް އަނިޔާ – 2

Next

ލޯބިން ހިނިތުންވެލާށޭ 18 (ފަހު ބައި)

Next
October 15, 2017

ލޯބިން ހިނިތުންވެލާށޭ 18 (ފަހު ބައި)

Previews
October 14, 2017

އިންސާފެއް ނެތް އަނިޔާ – 2

74 Comments!

  1. $JK..KOREAN says:
    October 14, 2017 at 7:48 pm

    yeyyyyy me first..

  2. Ryn says:
    October 14, 2017 at 7:49 pm

    Salaam.
    Not really ready for you guys ge comments. But this is how the drama went and miah fahu ahnaany drama r thafaathukh! I know Shaamira ah molhu liben nuvaane but soon she will be finished badly. ?
    Aizan gonna regret badly and thats what everyone wants so lets wait a little more dhw 😉

  3. Mina says:
    October 14, 2017 at 7:50 pm

    Yey second ??

  4. Nyn says:
    October 14, 2017 at 8:01 pm

    Foohi

  5. melisa says:
    October 14, 2017 at 8:02 pm

    Ryn dheken rulhi… thihen hadhaathy.. v dhera kohfi ryn

    1. ??? says:
      October 15, 2017 at 9:51 am

      Thedheh ryn thihedhii kihineh???? hykuri gothakah nuvi mibaii foohi??

    2. thoo says:
      October 15, 2017 at 6:11 pm

      I agree with you

  6. $JK..KOREAN says:
    October 14, 2017 at 8:04 pm

    shaamiraa valhulan vee.. varugadha anheneh.. nubaikamuvx hahdhufahana alhaafa.. aixan will regret all i guess.. anyways, varah habeys mi part..samira ah landeh libeyne part akah inthixaaru 😉 😉

  7. Laii says:
    October 14, 2017 at 8:06 pm

    Wowwwwwwwwwwwwww

  8. Rapunzel says:
    October 14, 2017 at 8:07 pm

    Waiting ❤?

  9. ... says:
    October 14, 2017 at 8:11 pm

    mulhin rovvaa laifi.. adhi kithah part ebain..? vaahaka varah reethi..

  10. sweetie. says:
    October 14, 2017 at 8:12 pm

    Wow!!!!
    Cant wait.plz upload next part sooooooooon.

  11. raufaa says:
    October 14, 2017 at 8:13 pm

    varah foohi abadhu hurihaa molheh shaamiraa ah

  12. Mai says:
    October 14, 2017 at 8:16 pm

    saamira ah landeh libeyne parteh mirey up kohdhyba… Can’t wait plz ryn

  13. Aish says:
    October 14, 2017 at 8:17 pm

    Varah foohi

  14. Ashadam says:
    October 14, 2017 at 8:18 pm

    No no no theethi kadaey. Thihen nuhadhaa alhey

  15. Nainaaa says:
    October 14, 2017 at 8:21 pm

    Kon irakun next part… ryn yu are jux awsome love yu much and waiting for next part???❤❤❤❤

  16. Aki says:
    October 14, 2017 at 8:31 pm

    ryn pls pls naina ah thihen nuhadhaa

  17. Xaan says:
    October 14, 2017 at 8:35 pm

    Dhen v foohi eh nulafaa meehaagandah abadhu kuri libeythy mivaahaka kiyan v foohivejje

  18. annoying reader says:
    October 14, 2017 at 8:36 pm

    thats it ryn i am not going to read this story again. frustrated and i hate this. even in the society people does this kind of murder nw while others suffer the injustice. next naina will b sold to another man, her kid will hate her and that aizan is a freak. hate this soo much i cant even control my temper. i read this part thinking this might be the time someone comes to help naina but it got the opposite. i love ur stories but this time i dnt want to read anymore parts thsi sucks

  19. Fan says:
    October 14, 2017 at 8:37 pm

    Mi stry nw ehaa ryccheh noon…atleast aizan ah hageegaiyy engeynama…n shaamira ah abadhuves molhu…stry nimeyvaguthu naina ah hama ekani molhuvymaka ehaa ryccheh noon…

  20. binnu says:
    October 14, 2017 at 8:41 pm

    Foohi ..dhn mi vaahaka nukiyaanan

  21. $JK..KOREAN says:
    October 14, 2017 at 8:43 pm

    actually, story ga readers hiyy hama nujehey gothahvx annaane dhw..but fahun rangalhuvaaney dhw ryn 🙂

  22. Xee says:
    October 14, 2017 at 8:51 pm

    Wow ? ? ? mi part ves vvv salhi plx plx plx avahah up kobba nd shamira ah deyne vane vvvv varugadha landeh balaabala Maariyaa ah hadaali got ves vvvvv foolhi vey shamira deke nd nama nama Ainaa Shamira kabala kujakah nahadaathi plx plx hadaafiyaa story vvvvv hadi vaane plx plx waiting…….

  23. mishyaa says:
    October 14, 2017 at 9:00 pm

    dhen v v foohi… heyoa edhey enmen maraathyyy?? v salaam

  24. Shaa says:
    October 14, 2017 at 9:03 pm

    Dhen v foohi miprt rajje therey rahrasugaves dutyah thanthaga thibeyne ehenneh nugendheveyne

  25. Kanbulo says:
    October 14, 2017 at 9:08 pm

    Alhe aee Naina ah fenun huvafenakah hadhaafa mariya salaamai kurey zuhaa kobatha dhen varah foohi

  26. G says:
    October 14, 2017 at 9:22 pm

    Vvv fooohi kiyaa hiyy ken’dijje haasaru dhigu kamun

  27. Reader says:
    October 14, 2017 at 9:24 pm

    I really agry with annoying reader. Naamkaran dho mee

  28. Girll says:
    October 14, 2017 at 9:25 pm

    Dhen aslu i know story eh vehjeya hinhama nujeheyne kan kan hunnaane kan. Ekam bunan. Aizan DOES NOT DESERVE NAINA. Ehen meehaku genebala ryn plx. Eyrah e aizan ah ehcheh visneyni ves. I hate those freaks

  29. SomeOne says:
    October 14, 2017 at 9:26 pm

    V vai dhn mihaaru..

  30. Eyna says:
    October 14, 2017 at 9:31 pm

    Naina ah fenunu huvafenakah hadhaa pls. Naina ah heyo edhey hurihaa enmen maraalanee. This is so unfair

  31. sonaalee says:
    October 14, 2017 at 9:41 pm

    Now boring this story…maaria maruveema aixan ah evves hageegatheh neygeyne….maria maraanulinama…aixan ah avahah hageegaiy egeynenama..

  32. Reet says:
    October 14, 2017 at 9:41 pm

    Saamira ge athdhasun naena Salaamath v falha aruvaala bala. V reethi ekamaku mi part ge bodubai dhiyaee samerage aniyaga aina Kobaatha aina ah ehvess thaneh fenunutha

  33. Lala says:
    October 14, 2017 at 9:42 pm

    Dhen varah boring ehnnuhadhaa plz ryn. Nainaa shaamiraage kibainbadhalu hifan plz nudheythiiiii…………….???????????????????????

  34. Lala says:
    October 14, 2017 at 9:48 pm

    Mihaaru mi story hyvany hindi series ehhen such as naamkarn ge nakalakah baligen liyaa story ehhen……..
    Varah foohi……. Maahaasara bodymihaaru….. ????????????????????????

  35. Saa says:
    October 14, 2017 at 9:54 pm

    Maa bodah hindi series vey eba..
    Ehn v ma foohi vaan fashaifi..
    Maa dhn saamira gandah molhu thi libeny..
    Borin borin

  36. Me says:
    October 14, 2017 at 10:00 pm

    Shaamira ah molhu libeny dhw…v foohi dhen…Aizan ah shaamiraage kanthah falhaa naaruvaa maa las vanee mihaaruves…

  37. Some one says:
    October 14, 2017 at 10:06 pm

    Nice!! Itsss ok! I’ll read!!! Adhi nainaa ah vaaane rangalhu goiy!? In sha allah!

  38. Addu manje says:
    October 14, 2017 at 10:11 pm

    Shaaniraage nimun annaane dhuvaheh ge inthixaaruga.. adhi ekm feshunee dhw shaamira ge drama thah.. Mibaives varah reethi.. ?
    Keep it up! ☺?

  39. Anthu says:
    October 14, 2017 at 10:12 pm

    Alheyyy Mee hindhi drama eh tha. Dhen nubaibai viyas thanfukeh boduvaru thoacheh mee. Nuves kiyan mathimathin balaalee hama. meege kurin havaaidhun kiyamun ayas dhen kiyaanee mi meehaa ah haqqu saza libuneema ???????

  40. rauraf says:
    October 14, 2017 at 10:15 pm

    Naina havaalu e kury e faalih Naina vihkaali so rah … story awesome… but at last naina aina aizan ehkoh happy life eh hoadhaa dhehche

  41. Aminath says:
    October 14, 2017 at 10:20 pm

    naina ah dheragotheh dhen nahadhahchchey.

  42. Aminath says:
    October 14, 2017 at 10:21 pm

    please naina ah dheragotheh dhen nahadhahchchey.

  43. Star says:
    October 14, 2017 at 10:36 pm

    Hey ryn. Its my first comment on this story.. i am a beeg fan of you ryn and read all your stories.. and all your stories were great except this story. Mi story heevx nuve ryn ge story ekey. Ryn ge ehen story thakaa balaafa not good.. i am sorry to say this.. this story is based on the typical Male’ and raaje there ppl and then a varugadha mom in law eh.
    I am sorry ryn bt i would like to read something much better than this.. cox i knw you can do much much better than this.. best wishes Ryn ❤

  44. Nee says:
    October 14, 2017 at 10:52 pm

    Seriously ….. its obvious e gothah rashakun gendhaa iru knmevx myhakah fennaane dhw…. Story is getting boring….Aixaan dnt deserve naina…. So bring smone else in her life…. Or is it going to be typical love story that after al the suffering n pain stil naina wnts to be with aixaan….. Ryn plxxx make it little realistic….. Hope nxt part will be better than this…. Btw i really appreciate ur work….

  45. Brainless says:
    October 14, 2017 at 11:09 pm

    Dhn ryn…mihaaru keehmivany…story us nice..but then mihaaru varah sad gotheh dhw e vany.. at least nainaa visnun shaamiraa beynun van hithah badhalu nukohlaa..dhn hurihaa kameh shaamiraa kaamiyaabu kuryma dhera ehnu..dhn nainaa good girl akah vegen revenge hoadhan noolheba???

  46. Ibbe29 says:
    October 14, 2017 at 11:18 pm

    Nice

  47. Kudoo says:
    October 14, 2017 at 11:19 pm

    Nubai nulafaa jahbaareh dho thi saamira moya vehjeya ranghlu

  48. Er says:
    October 14, 2017 at 11:21 pm

    Budhi gabool nukure nana ulhuny falhurashegatha kulliyaka bayaku ais gendhiyairuves neygeny vaahakaga story vaanjeheny budhi gabool kuraa echakah ummedh kuran visnenekama

  49. Maha says:
    October 14, 2017 at 11:23 pm

    Nainaaa ekahala meehakah nuhadhahchey please.

  50. khajja says:
    October 14, 2017 at 11:33 pm

    Alhey saamiraa thy anhenakavvythy aharenves ladhugane v v dheraves vejje?? thy insaanetha? Janavaaruves thiyavvure rangalhuvaane ryn kyvvetha abadhu nainaa ah hiydhathikanthidheny maa bodah over vaahen hyvany? Allah evves alhakah emyhakah nu uffullevey varu bura eh thakulyfennujjassavaane ey bunany ekam mi stry ga nainaa aa dheytherey thivaagothun v bodah ryn over vaakan faahagavey thibeyne eki goiy gothah myn kuraa myhunves stry akas dhw kaakah keiyvaany real life ga mikahala kamakaa kurimathilaan abadhu ryn ah dheragoiy hadhaathy ehaa kamaku nudhey dhen zan eynaves mom ah depend viyas aee dhen boduvaru eksmun ves hadhdhu fahana elhifa ? v v kiyaahithun kiyaa vaahaka eh miee ekam mihaaru maabodah nainaage kanthakuga eynage hiyydhathikurumuga hadhdhu fahana elhifa hurikan faahaga vany hurihaakamakunves eynayah dhera ekan thah rangalhukollaa plx gud nyt

  51. Lai says:
    October 14, 2017 at 11:46 pm

    Vvv foohi

  52. lyn says:
    October 14, 2017 at 11:52 pm

    Alhey shaamiraa gandu haadha goahey…shaamiraa gandu hama kandu fahthanvy…nubai nulafaa mamma in ves ulhey…ekam thivaruge nulafaa meeheh nudhekenn…anhenakah ve hure ehn anhenakah egothah kanthah thi kurany…hate shaamiraa gandu…ryn dhen avahah bust kohlaba shaamiraa ge kanthah..

  53. Sinaa says:
    October 15, 2017 at 12:09 am

    Alhey sad sad roevihjje … waiting 4 the nxt prt

  54. zoo says:
    October 15, 2017 at 12:29 am

    v.v.foohi.naina ah abadhu dhera goiy

  55. MM says:
    October 15, 2017 at 12:40 am

    Nainaa Aizan ah libigen nuvaane. Aizan jeheynee umurah hithaama kuran.

  56. Ainee says:
    October 15, 2017 at 12:54 am

    Aizan ah naina dhen libeykah masheh neydhen… I hate him more than shameera. Ingey mamma mayah vure ehen anhenneh iskohgen nuvaane kan. Ekamaku anbimeeha ah adhaa kohdheyn jehey hagguthahves aizan ah ingen jeheyne. Aizan aai naina vakive ehen meeheh nainaa ah liben beynumee…. dhevan furusatheh aizan ah dheykah beynumehnoon. Aizan ah hageegah eba ingey ausham ge faraathun… ekamaku hageegai gaboolukuran beynun nuvany… eyge maana akee aizan ehves varakah nainaa ah ithubaarh nukureye. Ainee edheny naina ah naina dheke loabi vaa adhi naina ge e bana dhiriulhun ali kohdheyne ehen meeheh. Ekamaku ae aizan ah vegen nuvaane. Dhen ainaa “ainaa mammage tharubiyyathuge magun noonee nuhigaathi.. ausham ainaa emagun higiya nudheythi shaamira kairy ainaa ulhunas. Ainaa ge eheega jeheyne thi shaamira ah eyna higaa magun ainaa nuhigaanekan angaaa ragalhu filaavalheh dheyn.

  57. Unknown says:
    October 15, 2017 at 8:20 am

    V foohi abadhu saamira ah hurihaa molheh. Vaahaka kiyan foohi vejje.

  58. Mee says:
    October 15, 2017 at 8:58 am

    I dnt want that aizan to be Naina’s life…not any more…

  59. Reader says:
    October 15, 2017 at 9:57 am

    What? Is this a copy of hindhi drama series naamkarann?? Really.. Hurihaa molheh nubaimeehaa ah.. Eba foohivey vaahaka dhaa gothunn.. Evaeu kuraa iru aizan akah neynnge.. Dhn varah hevvvaaa..

  60. kokaa says:
    October 15, 2017 at 11:09 am

    V foohi eyaki nainaa ah fenun huvafenakah hadhba eyrun salhi vaani maariyaa maraalima foohi dhn saamira e rashuga huntaa falhaaa araane gothen hadhaaleema reethi vaani

  61. kokaa says:
    October 15, 2017 at 11:14 am

    Foohi eyaki nainaa ah fenun huwafenakah hedheema reethi vaani maariya maraalima hadi saamira meh e rashuga thinbaa falhaa ereema reethi vaani

  62. kanbodu says:
    October 15, 2017 at 11:38 am

    Aizan ah naina nulibuniya vaahakaige ehves beynumeh nei…ae dhemyhunge life story ah vma…ekamaku aizan j kuruvan naina ge muhimmukan visnuwaidheyn ithuru meehaku genaumakun vaahaka hadi eh nuwaane…viyas vaany reethi… ekamaku mihaaru ryn ge ehn vaahaka thah hen mivaahaka ves kanbodu kuran thifeshy… kommekamakun ves over v ma foohi vaany… climax maa dhigulaigen dhaathy foohi vaany..mihen bunyas bunaane ryn liyaany liyaane gothakashey kurin ves genedhey gothashey… dhn neyge… ma vaa salaam

  63. Aisha says:
    October 15, 2017 at 11:47 am

    Ryn ge story that aisha abadhuves kiyhan n i love them all.. igey mi story ves reethivaanekan.. ekamu dhen e sameera molhuviyha nudhehchey naina.. waitting for the next part ?

    1. Aisha says:
      October 15, 2017 at 11:51 am

      Naina ah dheragotheh nahadhahchy plx

  64. brw says:
    October 15, 2017 at 12:15 pm

    vrh salhi

  65. Fafoo says:
    October 15, 2017 at 3:52 pm

    Waiting for the next part. ?

  66. Maiii says:
    October 15, 2017 at 4:40 pm

    Adhi kudakh nainaa dhera khliyas okay… ekm fahun e shamira jeheyne miah vure dhera vaan…. gina stry thakuga emme fahu vaguthu villan ah maaf kuraany noony taslaafa maraalaani… egoi kada… emyhun vx jeheyne suffer kuran… vrh bodah… dhn aizan ah ehaa fasey hain maaf dhey goii nahadhrthi plx… eyna beynun gotha kah abadhaku noolheveyne…so naina dhera vi varah vure bodah aizan jeheyne regret kuruvan… plx plx… ryn gandaa plx… ly ryn… vaahaka hama vrh salhi… vrh emotional….????hurihaa vaahaka ehga abadhu ehaa peaceful vaakah nuvaane dhw… kudakh wild vaan vx jeheyne…

    1. Anonymous says:
      October 16, 2017 at 1:23 pm

      i agree with maii

  67. hhh says:
    October 15, 2017 at 5:51 pm

    i think aina aizan kairyga kiyaidheyny kanneynge dhw

  68. samahaa says:
    October 15, 2017 at 7:18 pm

    I agree with maiii

  69. Kamana says:
    October 15, 2017 at 8:27 pm

    Mivaahakaka foohi vamun mamun gos miharu kiyan ves foohi vehje

  70. mal says:
    October 16, 2017 at 1:24 pm

    i agree with maii

Comments are closed.

Next Episodeތި ލޯތްބަށްޓަކައި (26)←


All Right Reserved!