Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރި ލޯބި (10)

Hath Level 110 Stories100 Comments
October 14, 2017 One Min Read
6 Comments

މި ވާހަކައިގެ އެޕިސޯޑެއްް އެންމެ ފަހުން ގެނެސްދެވިފައިވަނީ 01 މާރޗް 2016 ވަނަ ދުވަހުއެވެ. އަދި މި ވާހަކަ ނުގެނެސްދެވުނީ އަޅުގަނޑުގެ ބަލިހާލަތު ހުރިގޮތުން ކަމުން، މި ވާހަކަ ގަވާއިދުން ނުގެނެސްދެވުނު ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. ވީމާ 10 ވަނަ އެޕިސޯޑުން ފެށިގެން ވާހަކަ ނިމެންދެން މެދުނުކެނޑި ކިޔުންތެރިންނާ ހިސާބަށް ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ.

އަހަރެން މައްޗަށް އަރާ ފެންތައްޓެއް ބޯލައިގެން ހަމަ ޖެހިލައިގެން، މިރޭ ނުދެވޭނެ ކަމުގައި ބުނެ އިޔާއަށް މެސެޖު ކޮއްލީމެވެ. މެސެޖުގެ ޖަވާބު އައީ ހީވެސް ނުކުރާހާ އަވަހަށެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އިޔާގެ ޖަވާބު އައި އިރު އޭގައި ލިޔެފައިވަނީ އަހަރެން އެންމެ އެދޭ ކަހަލަ ޖަވާބެއް ނޫނެވެ. އެމެސެޖުގައި އިޔާ ބުނެފައިވަނީ އަހަރެން ނާންނަނަމަ އިޔާގެ ހިތްވަރު އެލި މުޅި ދުވަހުގެ މޫޑު ގެއްލޭނެ ކަމަށާއި، މިއަދު އިޔާ ޕްރޮޕޯޒްކުރާއިރު އޭނާ އެންމެ ބޭނުންވަނީ އަހަރެން އެތާނގައި ހުރެދިނުމަށްކަމަށެވެ. މިޖެހުނީ ހިތުގައިވާ އުދާސްތަކާއި މޫނުމަތީގައިހުރި ހިތާމަވެރިކަމުގެ ކުލަވަރު ކޮންމެ ގޮތެއްހަދާފައި ނަމަވެސް ފޮރުވައިގެން އެތަނަށް ދާކަށްނޫން ހެއްޔެވެ؟ އަހަރެންގެ މައިންބަފައިންގެ މި ނިންމުން އިޔާއަށް ހަމަ މިވަގުތު ކިޔާދިނުމަށްވެސް އަހަރެންގެ ހިތް އެދި ގޮވަނީއެވެ. އަނެއްކޮޅުން އަހަރެންގެ ހިތުގެވެރިޔާ އެއުޅެނީ އޭނާ ލޯބިވާ ކުއްޖާއަށް މިރޭ ލޯބި ހުށައަޅާށެވެ. މިހުރިހާ ކަމެއް އެއްފަހަރާ ދިމާވުމުން އަހަރެންގެ ހިތަށް ކެތްވާނެބާއެވެ؟ އަހަރެންނަށް އިޔާ އެހެން އަންހެން ކުއްޖަކަށް ލޯބި ހުށައަޅާތަން ބަލާކަށް ކެތެއް ނުވާނެއެވެ. ނަމަވެސް އަހަރެމެންގެ ދޭތެރޭގައި އޮންނަ އެކުވެރި ކަމަށްޓަކައިވެސް ޖެހޭނީ ހަށީގައި ނެތް ހިތްވަރެއްލާށެވެ. އެހެން ނޫނީ އިޔާގެ ހިތައް އަރާނީ ކީކޭބާވައެވެ؟ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނދައި ސިއްސައިގެން ދިޔައީ މީހަކު ދޮރުގައި ޓަކިޖަހާލުމުންނެވެ. ބޭއިޙްތިޔާރުގައިވެސް ލޯގަނޑު ކުރިމައްޗަށް އަރާ އަމިއްލަ ސިފައާއި ދިމް އެއްފަހަރު ނަމަވެސް ބަލާލެވުނެވެ. ރޮއެ ރޮއެ ދުޅަވެފައިވާ ލޮލުގެ ދުޅަކަން ކުޑަތަންކޮޅެއްވެސް ކުޑަވިތޯ ބަލާލުމަށެވެ. މީހަކާ ހަތަރު ކަޅި ހަމަކުރާނެހާ ހިތްވަރުވެސް އަހަރެން ގަޔަކު ނެތެވެ. ނަމަވެސް ދުނިޔޭގައި މިކަހަލަ ކިތަންމެ ކަމަކާ ދިމާވާނެތާއެވެ. ހިތްވަރު ގަދަ މީހަކީ މިކަންކަމާއި ކެރިގެން ކުރިމަތިލާ މީހާ ނޫންހެއްޔެވެ؟ ތުވާލިން ކުޑަކޮށް މޫނު ފޮހެލައިގެން ދޮރު ހުޅުވާލީމެވެ.

ދޮރު ހުޅުވާލި އިރު ދޮރުމަތީގައި ހުރި ވިރާހު ފެނި ހިތުގައި ނުތަވަސްކަމެއް އުފެދުނެވެ. ދޮރު ހުޅުވާލެވުނު ކަމުގެ މޮޔަ ހިތަށް އެރިޔެވެ.

” ކީކޭ ވިރާހު؟ ” ފޫހި ރާގެއްގައި އަހަރެން އަހާލީމެވެ.

ވިރާހު ވަރަށް މަޑުމައިތިރި ކަމާއިއެކު ކޮޓަރިއަށް ވަދެލުމުގެ ހުއްދައަށް އެދުނެވެ. އަހަރެން ކިތަންމެ ދެރަވެފައި އަދި ރުޅި އައިއްސަ ހުރި ކަމުގައި ވިޔަސް ބައްޕަމެން އެހާބޮޑު ނިންމުމެއް އަހަރެން ގާތު އަހާވެސް ނުލާ އެނިންމީ ވިރާހުގެ އަތެއްވެސް އެކަމުގައި ވީމަތޯ ބަލާލަން އަހަރެން ބޭނުމެވެ. އެހެން ކަމުން ވިރާހު އެތެރެއަށް އައުމުގެ ހުއްދަ ދިނީމެވެ. ވިރާހު ގޮސް އެނދުގައި އިށީނދެލިއެވެ. ދުރުގައި ހުރި ސޯފާގައި އަހަރެން އިސްޖަހައިގެން އިށީނދެލީމެވެ.

” އަހަރެން ބޭނުން ތިމް އާއި ވާހަކަ ދައްކާލަން… ” ވިރާހު ބުނެލިއެވެ.

” އަހަރެންގެ މައިންބަފައިން ނިންމާ ނިންމުންތަކަށް އަހަރެން އިހުތިރާމް ކުރަން. އަދި ދެކޮޅެއްވެސް ނުހަދާނަން. ނުވެސް ހެދޭނެ. ނަމަވެސް އަހަރެން ހާމަކުރީ ހަޤީޤަތް. އަހަރެން ލޯބިވަނީ އިޔާޒް ދެކެ. ” އަހަރެންނަށް މިހާ ހިސާބަށް ބުނެވުނު އިރު ފެންކަޅި ވެއްޖެއެވެ.

” އަހަރެން ހަމަ ހަޤީޤަތުގައިވެސް ހީކުރީ މިހުރިހާ ކަމެއް މިވީ ތިމްއަށް އެނގިގެން ކަމަށް. ބައްޕަ ވާހަކަ ދެއްކެވިއިރު ތިމްގެ މޫނަށް އަރާފޭބި ކުލަވަރު ފެނި އަހަންނަށް ވިސްނުނު ތިމްއަށް އެއްވެސް އެއްޗެއް ނޭނގޭކަން. އަހަންނަށް މާފްކުރޭ ތިމް. އަހަރެން އެއާޕޯޓުގައި އެގޮތަށް އުޅުނު އިރުވެސް އިޔާޒަށް ހުރިހާ އެއްޗެއްވެސް ފެންނާނެ. ދެން ކުރާނެ ކަމެއްވެސް ނެތް. އަހަރެންނަށް އިނގޭ ތިމް ލޯބި ވިއަސް އިޔާގެ ފަރާތުން އެފަދަ އިޝާރާތެއްވެފައި ވީނަމަވެސް ގިނަފަހަރަށް ހީވެފައި އޮންނަނީ ކުއްހީއެއް ކަމަށް. އެހެންވީމަ އަހަރެން ވަރަށް ބޭނުން ތިމް. ކުރިންވެސް ބުނިހެން ތީ އަހަރެންގެ ލޯބި. މިފަހަރު އަހަރެން ދާނީ ތިމް އަހަރެންގެ މިލްކަކަށް ހަދާފަ. އަހަންނަށް ހެޔޮ ތިމް ޤަބޫލަސް ނުޤަބޫލަސް. އަހަރެންވެސް ބޭނުން ތިމް ހާސިލް ކުރަން. ތިމް އިޔާ ދެކެ ލޯބިވާ ވަރަށް ވުރެން ބޮޑަށް އަހަރެން ތިމްދެކެ ލޯބިވޭ! ” ވިރާހު ފައްޗަކަށް އަމުނާލިއެވެ.

އަހަރެންގެ ހިތަށް ހީވީ ފެން އެއްޗެއް އޮއްސާލިހެންނެވެ. މީ އަދި ގޮތް ދޫކުރާކަހަލަ އިންސާނެއްވެސް ނޫން ދޯއެވެ. އަހަރެން އިސް އުފުލާ ވިރާހުއާ ދިމަ ބަލާލީމެވެ.

” އަހަރެން ދެން ގޮސްލަނީ.. ” އަހަރެންގެ ފެންކަޅިވެފައިވާ ދެލޯ ފެނި އެ ހަރު ހިތަށް އެއްވެސް އެއްޗެއް އެރި ހެންނެއް ހިޔެއް ނުވެއެވެ.

” ލޮތްބަކީ އެއްވެސް އިންސާނަކަށް ގަދަކަމުން ހޯދޭނެ އެއްޗެއް ނޫން. އެކަން ދަންނާތި! ” ދަތްކުނޑި ވިކި، އަޑަށް ބާރުލާފައި އަހަންނަށް ބުނެވުނެވެ. ވިރާހު ފަސްއެނބުރި ބަލާލަމުން ނުލަފާ ހިނިތުންވުމެއް އަހަންނަށް ދެމުން ކޮޓަރިން ބޭރަށް ހިނގައިގަތެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hath

Level 110 Stories100 Comments

My hobby is writing stories. :)

Other Articles

Previous

ލޯބިން ހިނިތުންވެލާށޭ 17

Next

ޯއުފާވެރި ހަޔާތައް އެޅުނު ހިޔަނި ( 1 )

Next
October 14, 2017

ޯއުފާވެރި ހަޔާތައް އެޅުނު ހިޔަނި ( 1 )

Previews
October 14, 2017

ލޯބިން ހިނިތުންވެލާށޭ 17

6 Comments!

  1. Dhim says:
    October 14, 2017 at 12:59 pm

    Mi vaahaka ah inthizaaruvkuraathaa kon dhuvaheh…daily koh up koh dhehchey plz…

    1. Hath Mikal says:
      October 14, 2017 at 1:06 pm

      sure in sha Allah 🙂

  2. binnu says:
    October 14, 2017 at 1:08 pm

    Haadha kurey

    1. Hath Mikal says:
      October 14, 2017 at 1:22 pm

      Sorry, hope to improve next time in sha Allah 🙂

  3. Maahy says:
    October 14, 2017 at 1:12 pm

    Thivarah dhuvas kohfa vaahaka up kuryma miadhu adhi eh part genesdhyba

    1. Hath Mikal says:
      October 14, 2017 at 1:22 pm

      Ok genesdheynan in sha Allah. 🙂

Comments are closed.

Next Episodeއިންތިޒާރު ކުރި ލޯބި (11)←


All Right Reserved!