Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އީލާމް-13

Xeesh Level 110 Stories
October 14, 2017 4 Mins Read
11 Comments

އީލާމް އޭނާގެ ދަބަސް ހިފައިގެން ކެބިންއިން ނިކުންނަށް މިސްރާބް ޖެހިއެވެ. ” އަބީ އަހަންނަށް އިނގޭ އެއީ އަބީގެ ވައިފްކަން ، ސްކައި ހައުސްއަށް ދިއުމުން ތިހަބަރު އޮޅުން ފިލާފަ އޮތީ ، ލާހިކެއް ނޫން އަހަރެންގެ ދިރއުޅުން ހަލާކު ކޮށްލާފައި އަބީއަށް ހަމަޖެހިލައިގެން އުޅެން ” އަލީޒާ ގެ ތޫނު ބަސްތަކުން އަބީގެ ރުޅި ގަދަވަމުން ދިޔައެވެ. ” އަހަރެން ވިހަންދެން ހުންނާނީ އަބީ މަންމަމެން ގޭގަ ، ވިހައިގެން ދަރިފުޅަށް ކަންތައްކުރާނެ ގޮތް އިނގޭނީ އަބީއަށް ” އަލީޒާގެ ފަހު ޖުމްލަ އަޑު އިއްވާލުމަށްފަހު ކެބިން އިން ނިކުމެގެން ދިޔައީ އަބީ ގެ އާރާސްތް ވަމުން އައި ދިރއުޅުމުގައި ބޮޑު ހުޅުގަނޑެއް ރޯކޮށްލުމަށްފަހުއެވެ.

އީލާމް އަބީގެ ކާރު ޑްރައިވަރު ކައިރީ އޭނާ ގެއަށް ލާދިނުމަށް އެދުނެވެ. އީލާމް އޭނާގެ  ދިރިއުޅުމަށް މިއައި ބޮޑު ތޫފާންއާއި ދޭތެރޭ ވިސްނާލިއެވެ. ކާރުގައި އިށީދެލައިގެން އީލާމް އިން އިރު ، އެތައް ފަހަރެއގެ މަތިން އަބީ ގުޅަމުންދިޔައެވެ ނަމަވެސް އީލާމް އެ ފޯނަށް ޖަވާބު ދޭން ބޭނުން ނުވާތީވެ ފޯނު ނިވާލިއެވެ. އޯޝަން ރެޒިޑެންސް އަށް ވަދެވުމާއެކު އީލާމް އޭނާގެ ކޮޓަރިއަށް މިސްރާބު ޖެހީ އިތުރަށް އެއްވެސް ކަމަކަށް ސަމާލު ކަން ދޭން ބޭނުން ނުވާތީވެއެވެ. ޖެނީ އީލާމް ގެ ފަހަތުން ކޮޓަރިއަށް ދިޔައީ އީލާމް ރޮމުން ރޮމުން އައީމައެވެ. ޖެނީ ނޯކަރެއް ގޮތުގައި ހުއްޓަސް އުމުރު ދޮށިވުމާއި އީލާމް ގެ ރަނގަޅުކަން ފެނުމުން އީލާމް އާއި ދޭތެރޭ ދަރިއެއްގެ އުސޫލުން ކަންތައް ކުރަން ފެށިއެވެ.  އިލާމް ކޮޓަރިއަށް ވަނުމުން ޖެނީ ދޮރު ކައިރީ މަޑުކޮށްލައިގެން ހުރީ އީލާމްއަށް އޭނާ ބޭނުންވެދާނޭ ކަމަށް ހީކޮށެވެ. ކޮޓަރިއަށް ވަން ގޮތަށް އީލާމް އަޑުން އަޑު ނަގައި ރޯން ފެށީ އޭނާ ގެ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑު ކަމުންނެވެ. ” މީ ކޮންފަދަ އިމްތިހާނެއްބާ؟ އޭނާ ބެހިގެން މިހާތަނަށް ވީ ހުރިހާ ކަމެއް ހަނދާންކޮށްލުމުން އިތުރަށް ހިތް ދަތިވިއެވެ.

އަބީ އީލާމް ގެ ފޯނަށް ގުޅާ ގުޅާ ފޯނު ނުނެގުމުން ، ޖެނީއަށް ގުޅާލައި އީލާމް އައީތޯ ސުވާލުކޮށްލިއެވެ. އީލާމް ގޭގައި އުޅޭކަން އިނގުމުން އަބީ އޭނާ ހަމަޖެހިލަންދެން ގެއަށް ނުވަދެ އޭނާގެ މަންމަ ދިރިއުޅޭ ގެއަށް މިސްރާބު ޖެހިއެވެ. ސްކައި ހައުސްގެ ދޮރުން އެތެރެއަށް މިސްރާބު ޖެހިއިރު މުޅި ގޭތެރޭ އަޑު ގަދަކޮށްލާފައިވުމުން އަބީ އަށް ، އެންމެންގެ ސަމާލުކަމަށް މިކަން އައިކަން ޔަގީންކޮށްލެވުނެވެ. އެތެރެއަށް ނުވަދެ އޭނާގެ މަންމައަށް ގުޅާލީ ބޭރުގައި އޭނާ އާއި ބައްދަލުކޮށްލަން އައުމަށެވެ. ޑރ. މަހޭޝް އާއި މެހެރޫ ، ގޭގެ ފަހަތުގައުވާ ބަގީޗާއަށް ނިކުތީ އަބީ އާއި ވާހަކަ ދައްކާލަން ކެތްމަދުވެފައިވާ ހާލުގައެވެ. މަހޭޝް އަށް އޭނާގެ ދަރިފުޅުގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ބަލާކަށް ކެތެއް ނުވިއެވެ. އޭނާގެ ގައިގައި ބައްދާލީ އެ ދަރިފުޅަށް އެކަމުގެ ސަބަބުން އިތުރު ދެރައެއް ދޭން ބޭނުން ނުވާތީވެއެވެ. އަބީ އޭނާގެ މައިންބަފައިންނާ ވާހަކަ ދެއްކުމަށްފަހު އެ ދަރިފުޅު ވިހައިގެން  ދާންދެކަށް އެގޭގައި ބެހެއްޓުމަށް އެއްބަސްވިއެވެ. މެހެރޫ ހާސްވީ އީލާމް އަށް މިކަން އިނގިދާނެތީވެއެވެ. ” މަންމާ ، އީލާމް އަށް އިނގޭ ހުރިހާ ކަމެއް ، އަހަރެންގެ އުޅުން އިސްލާހް ކުރީމައި މި ވެއްޓުނީ ކޮންފަދަ އިމްތިހާނަކަށްބާ ؟ ” އަބީ އޭނާގެ މަންމަ ކައިރީ ޝަކުވާ ކޮށްލިއެވެ. މެހެރޫ އޭނާގެ ދަރިފުޅަށް ހިތްވަރު ދިނުމަށް ފަހު އީލާމް ކައިރިއަށް ދިއުމަށް އެދުނެވެ. އަދި މިކަމުގެ ފެންނަށް އޮތް އެންމެ ރަނގަޅު ހައްލު ހޯދުމަށް އެދުނެވެ.

އަބީ ގެ ކާރު އޯޝަން ރެޒިޑެންސްގެ ގޯތި ތެރެއަށް ވަނުމާއެކު ޖެނީ ދުވަމުން އަބީ އާއި ދިމާލަށް އަންނަތަން ފެނުނެވެ.” ބޮސް ، އީލާމް ގެއަށް އައިންސުރެ ރޮނީ ” ޖެނީ ހާސްވެފައި ބުނެލި ޖުމްލައިން އަބީ ބާރު ހިނގުމެއްގައި މިސްރާބު ޖެހީ ކޮޓަރިއަށެވެ. ބަންޑުން އޮށޯވެލައިގެން އީލާމް އޮތް އިރު އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަކަށް ނިމުމެއް ނެއްފަދައެވެ. އަބީ އޭނާގެ ބޫޓާއި އިސްޓާކީން ކޮޓަރި ދޮރުމަތީ ބެހެއްޓުމަށްފަހު އެނދަށް އަރާ އީލާމް ގައިގައި ބައްދާލިއެވެ. އަބީ އޭނާގެ ބޮލުގައި ފިރުމަމުން ދިޔައިރު އީލާމް އެކަމާ ދެކޮޅުހަދަމުން ދިޔައެވެ. އަބީގެ ހިމޭންކަމުން އީލާމްގެ ހިތަށް އިތުރު އުނދަގޫތައް ކުރިމަތިވަމުން ދިޔައެވެ. އީލާމް ކޮއްޅަށް ތެދުވެލުމަށްފަހު ބެލްކަންޏާއި ދިމާލަށް މިސްރާބު ޖެހިއެވެ. އަބީ އޭނާގެ ފަހަތުން ގޮސް އީލާމްގެ ފުރަގަހުން އެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އީލާމް އަށް ގުޑިލަންވެސް ނޭނެގިފައި ހުރެވުނީ އޭނާ އެންމެ ލޯބިވާ މީހާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އީލާމްގެ ކޯތާފަތްމަތި ތެއްމަމުން ދާތީވެއެވެ. ” އައި އޭމް ސޯ ސޮރީ ލޯބިކޮޅާ،  ދުވަހަކުވެސް ހީ ނުކުރާފަދަ ބޮޑު ކަމެއް މިވީ ، އިސްލާހުވެ އަންބެއް ހޯދި ފަހުން މިވަރު ބޮޑު މުސީބާތެއް މި ކުރިމަތިވީ ،” އަބީގެ ކުރަކި ވެފައވާ އަޑުން އީލާމް ގެ ހިތް ފިސްފިސް ކުރަމުން ދިޔައެވެ. ” ބޭބީ ، ކުރިން އިނގުނުނަމަ މިކަން މިހެން ވިޔަ ނުދޭނަން ، ދެން ކިހިނެއް ހަދާނީ ” އީލާމް އަބީ އާއި ދިމާލަށް އެނބުރިލުމަށްފަހު  އޭނާގެ މޫނުގައި ހިފަހައްޓާލިއެވެ. ” މާފްކޮށްފިން  އެކަމަކު އަލީޒާ މި ދިރިއުޅުމަށް ވަނަދީގެން ނުވާނެ، ” އީލާމް އަބީއަށް އޭނާގެ ޝަރުތު ހުށަހެޅިއެވެ. ” ދެން ދަރިފުޅަށް ކިހިނެއް ހަދާނީ ” އަބީގެ ސުވާލުން އީލާމް ގަނޑުވިކަހަލައެވެ. ” އަބީ އަހަންނަކަށް ނޭނގެ ، އަބީ ތިކަމާ ވިސްނާފައި ރަގަޅު ގޮތެއް ހަދާ ” އީލާމް އަބީގެ ނިންކުރިއަށް ބޮސް ދިނުމަށް ފަހު އޭނާ އެބައަންނަން ކަމަށް ބުނެ ޓީޝާރޓް އަކާއި ސޯޓެއް ލައިގެން ކޮޓަރިން ނިކުތެވެ. އަބީ އޭނާގެ ކޮޓަރިން ނިކުމެވޭ ބެލްކަނީގައި އިށީދެލުމަށްފަހު ސިގިރޭޓެއް ރޯކޮށްލިއެވެ. އީލާމް ގޮސް ފަތާ ފެންގަނޑު ކައިރީ މަޑުކޮށްލުމަށްފަހު ސިޑިން ފައިބާ ފެންގަނޑު ތެރޭ ފަތާލިއެވެ. ” އާނއެކެވެ އޭނާ ބޭނުންވަނީ އަޑުން އަޑު ނަގާ ރޯށެވެ، ނަމަވެސް އަބީގެ މާޒީގައި ހިނގާފައިވާ ކަމަކުން އެދެމީހުންގެ ދެމެދުގައި ހިޔާލުތަފާތުވުން ތަކެއް ނުއުފުދޭނޭކަމަށް އީލާމް ކުރިންވެސް އަބީ ކައިރީ ބުނެފައިވެއެވެ. ” އަލީޒާ ބަނޑުބޮޑުވީ އަބީ އަށް ނޭނގި ކަމަށް ވަންނާ އަބީގެ ކުށެއް ނެތެވެ.އޭނާ އިސްލާހްވުމަށް ފަހު އެފަދާ ފާފައަކަށް ނާރާކަމަށް ހުވާ ކުރިއެވެ.” މިފަދަ ހާލަތެއްގައި އޭނާ ކަންތައްކުރާނީ ކިހިނެއްހެއްޔެވެ، އީލާމް ހިތާހިތުން ސުވާލުކުރަމުން ދިޔައެވެ. ފެންގަނޑުމަތީ އުއްޑުން އޮށޯވެލައިގެން އުޑުމައްޗަށް ބަލަމުން ދިޔައިރު އޭނާގެ ހިޔާލުތައް ފުނިޖެހެމުން ދިޔައެވެ. އަބީ ސިގިރޭޓަކަށް ފަހު ސިގިރޭޓެއް ރޯކުރަމުން ދިޔައިރު ފަތާފެންގަނޑުގައި އީލާމް އުޅޭ މަންޒަރު ބަލަމުންދިޔައެވެ. އަބީ އޭނާ ރޯކޮށްފައިވާ ސިގރޭޓް އެއްލާލުމަށްފަހު ފަތާފެންގަނޑު ކައިރިއަށް ދިޔައެވެ. އީލާމް ފެންގަނޑުން އަރައި އަބީއާއި ދިމާލަށް ބަލާލިއެވެ. އަބީ އީލާމް ދެއަތް ދަނޑިމައްޗަށް ނަގައިގެން ކޮޓަރިއަށް ދިއުމަށް މިސްރާބު ޖެހިއެވެ.

ދެމަފިރިން ދޭތެރޭ ފާރެއްލެވުނުފަދައެވެ. އަލީޒާ ބަނޑު ބޮޑު ހަބަރު ލިބުނުތާ ދެ މަސް ވެގެން ދިޔައިރުވެސް ދެމީހުންގެ ދެމެދުގައި ވާ ދުރުމިނަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް އޮފީހުގެ ކަންތައްތައް ކުރުމުގައި އުޅޭއިރު އެ ދެމީހުންގެ ދެމެދުގައި މައްސަލައެއް ނުޖެހޭ ފަދައެވެ. އޯޝަން ރެޒިޑެންސް ގައި އަބީ ދިރިއުޅޭކަން އިނގުމުން އަލީޒާގެ އުނދަގޫ ދުވަހެއް ދުވަހަކަށް ގަދަވަމުން ދިޔައެވެ. ނަމަވެސް އީލާމް ކައިރީ އެއްބަސްވިފަދައިން އަލީޒާ އެ ދެމީހުންގެ ދިރިއުޅުމާ ވީހާވެސް ދުރެއްގައި ބެހެއްޓުމަށް އަބީ މަސަތްކަތް  ކުރަމުން ދިޔައެވެ. އަބީ އެއް ހަފްތާގެ ދަތުރެއްގައި ރަށުން ބޭރަށް ދާން ޖެހުމުން ، އީލާމް އާއި އޮފީހުގެ މަސަތްކަތްތައް ހަވާލުކޮށްލުމަށްފަހު ގެއަށް ދިޔައެވެ. ފުރައިގެން ދަމުން އީލާމް އަށް މެސެޖް އެއް ކޮށްލީ ގެއިން އޮފީހަށް ގޮސްފިނަމަ ގަޑިއަށް އެއަރ ޕޯރޓް އަށް ނުދެވިދާނެތީވެއެވެ. އީލާމް އޭނާގެ ފޯނަށް އައި މެސެޖް އަށް ބަލާލިއެވެ ” އައި ލަވް ޔޫ ބޭބީ ގާރލް ، ވީ ނީޑް ޓު ޓޯކް ވެން އައި އޭމް ބެކް ” މެސެޖުގެ ޖަވާބަކަށް ” ލަވް ޔޫ ޓޫ ” ޖަހާލުމަށް ފަހު މެސެޖް ފޮނުވާލިއެވެ. އިރުއޮއްސި ހަގަޑި ބައިވިއިރުވެސް އީލާމް މަސަތްކަތަކަށް ފަހު މަސަތްކަތެއް ކުރަމުންދިޔައެވެ.. ހުރިހާ މުއައްޒަފުން ކަހަލަ ގޮތަކަށް މަސަތްކަތް ނިންމާފައި ގެއަށް ގޮސްފިއެވެ. އަލީޒާ އޭނާގެ ކާރުގައި އިތުރު ފިރިހެނަކާ އެއްކޮށް މަޑުކޮށްލައިގެން އިނީ އޯޝަން ޓުއަރސްގެ އޮފީސް ބިލްޑިންގް ކުރިމަތީގައެވެ. އެންމެން ގޮސް ނިމުމުން އެތާގެ ސެކިއުރިޓީ ގާރޑް އަކަށް އިން މީހާ އަލީޒާ އަށް އިޝާރަތްކޮށްލިއެވެ. އަލީޒާގެ ފަހަތުން ކާރުގައި އިން ފިރިހެން މީހާ ފައިބައިގެން ދިޔައިރު އަލީޒާ އޭނާއަށް އިރުޝާދު ދެމުން ދިޔައެވެ. “އޭނާ މަރާލާނެކަމެއް ނެތް ! އެކަމަކު އޭނާ ހޭ އަރާވަރުގެ ލަނޑެއް ދޭންވާނެ ” ފިރިހެން މީހާ ބޯޖަހާލިއެވެ. އަލީޒާ އީލާމް ގެ ކެބިން އިންނަ ތަން ދައްކާލުމަށްފަހު ލިފްޓް ކައިރީގައި މަޑުކޮށްލިއެވެ. އެ ފިރިހެން މީހާ މޫނު ފޮރުވާލުމަށްފަހު އޮފީސް ތެރެއަށް ވަދެގެން ދިޔައީ އޭނާއާއި ހަވާލު ކުރެވިފައިވާ މަސަތްކަތް ނިންމާލުމަށެވެ. އީލާމް ގެއަށް ދިއުމަށް ދަބަހަށް ފޯނާ އެއްޗެހި ލާ ރެޑީވެލިއެވެ.ކުރިއަށް އޮތް ތިން ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުން އޮފީސް ނުހުޅުވާ ގޮތަށް ނިންމާ ހުރިހާ ސްޓާފުންނަށް މެސެޖް އެއް ކޮށްލުމަށް ހިއުމަން ރިސޯސް މޭނޭޖަރ ނީވާ އަށް ލޭންޑް ލައިން އިން ގުޅާލިއެވެ. އެދެމެދުގައި ވާހަކަދެކެވެމުން ދިޔައިރު ކެބިން ގެ ދޮރު ހުޅުވުނުހެން ހީވެގެން އީލާމް ފަހަތަށް ބަލާލިއެވެ . އީލާމް އަށް ހަޅޭލަވައިގަނެވުނެވެ. ކުރިމަތިން ވަޅިއެއް ހިފައިގެން މޫނު ފޮރުވައިގެން ހުރި މީހަކު އޭނާއާއި ދިމާލަށް އަންނަތަން ފެނުމުން އީލާމް އަށް ދުއްވައިގަނެވުނެވެ. ފޯނު ނު ކެނޑި އޮތުމުން އެކޮޅުން ވާހަކަ ދައްކަމުން ދިޔަ ނީވާއަށް ކަމެއް ގޯސްވެއްޖެ ކަން އިނގުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xeesh

Level 110 Stories

Other Articles

Previous

ތި ލޯތްބަށްޓަކައި (24)

Next

ހަވޭލީ (5)

Next
October 14, 2017

ހަވޭލީ (5)

Previews
October 13, 2017

ތި ލޯތްބަށްޓަކައި (24)

11 Comments!

  1. reen says:
    October 14, 2017 at 1:34 am

    Me 1st dhw sry v reethi waiting for the next part??

    1. Xeesh says:
      October 15, 2017 at 9:14 pm

      thanks Reen 🙂

  2. mannu says:
    October 14, 2017 at 1:38 am

    Obiness aleezaa ge prage vefa thi inee abi akath noon xeesh blood test hadhaagen ves thi eleezaage kantha ellam ath dheravaagothe nahadhachey…..keep it up waiting for next part

  3. Kia says:
    October 14, 2017 at 8:31 am

    Habeys?

    1. Xeesh says:
      October 15, 2017 at 9:15 pm

      thanks Kia

  4. sandhura virey says:
    October 14, 2017 at 1:02 pm

    Varah reethi .. when next part ..

  5. khajja says:
    October 14, 2017 at 1:42 pm

    Ohh wow masha allah v v cute??? dhen neevaa avahah aadhebala office ah but phone kandaanulaa annaathi eyrun vaanuvaa ingeyny dhw avahah ais eelaam salaamaiykoh dhybala ?? eelaam ah dhera ennudhechchey aslu eem ge kushennoon dhw aee alyzaa ulheynehaagothakah ulhefa eelaam ge kibain badhal hifun not fair dhw rangalhavviyya eyna pregyves aby akannoon stry v v loabi whn nxt prt avas kolladhybala plx plx

    1. Xeesh says:
      October 15, 2017 at 9:16 pm

      Thanks khajja .:)

  6. Anonymous says:
    October 14, 2017 at 2:56 pm

    Varah reethi vaahaka eelaam ah dheragotheh nuhadhaathi?❤

  7. Roanu edhuru says:
    October 16, 2017 at 3:13 pm

    Hey next part ah v inthixaatu kurevey eba… Kn dhuhukun up kuraanee

    1. Xeesh says:
      October 17, 2017 at 9:25 pm

      up kohlaifin.. Iraadha kurehvijjeyaam miadhu noonee maadhama upp vaane 🙂

Comments are closed.

Next Episodeއީލާމް-14←


All Right Reserved!