Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އީލާމް -12

Xeesh Level 110 Stories
October 12, 2017 4 Mins Read
9 Comments

ސްކައި ހައުސްގެ ސުފްރާމަތި ތައްޔާރުކުރަމުން ދިޔައިރު މެހެރޫ އޭނާގެ ދަނބި ދަރިފުޅު އީލާމްގެ އަތުގައި ހިފައިގެން ހުރެ އެކި ކަންކަމާ ވާހަކަ ދައްކަމުން ދިޔައެވެ. ޑރ. މަހޭޝް މެންދުރުގެ ކެއުމަށް ގެއަށް ދުރުވީ މެހެރޫގެ ފަރާތުން އަބީ އައިސް އުޅޭ ހަބަރު ލިބުމުންނެވެ. ރާކީ އާއި އޭނާގެ ފިރިމީހާ ނިކިލް އައިސް ގޮނޑީގައި އިށީދެލުމަށްފަހު އީލާމް އަށް ދިމާލަށް ބަލާލިއެވެ. ކާ މޭޒު ކައިރިއަށް އެންމެން ހަމަވުމުން އަބީ ކޮއްޅަށް ތެދުވެލުމަށްފަހު އީލާމްގެ ތައާރަފްއެއް ދިނެވެ. ޑރ.މަހޭޝް އީލާމް އަށް ބަލާލުމަށްފަހު އިސްޖަހައިގެން އިނދެ ކެއުމުގައި މަސްއޫލްވިއެވެ. އަބީ އަށް އޭނާގެ ބައްޕަ ނުރުހުނުކަން އިނގުމުން މޭޒު މައްޗަށް ވެރިވެފައިވާ ހިމޭންކަން ނައްތާލުމަށްޓަކައި އެކި ވާހަކަ ދައްކަމުން ދިޔައެވެ. ރާކީ އީލާމް އަށް މުހާތަބްކޮށް ކައިވެނި ކުރީ ކޮންއިރަކު ތޯ ސުވާލުކޮށްލިއެވެ. އީލާމް ގެ ޖަވާބުން ކާން ތިބި އެންމެނަށް އޭނާއާއި ދިމާލަށް އެއްފަހަރާ ބަލާލެވުނެވެ. ޑރ.މަހޭޝް އޭނާގެ ދަރިފުޅު އަބީ އާއި ދިމާލަށް ދެލޯ ކުޑަ ކޮށްލާ ބަލާލީ އެވަރު ކަމެއް ހިނގާ ދިޔައިރުވެސް އަބީ އޭނާގެ އާއިލާގެ އެކަކުވެސް އެ އުފަލުގައި ބައިވެރި ނުކުރީތީވެއެވެ. މަހޭޝް ކައި ނިންމާލުމަށްފަހު އަބީ އަށް އޭނާއާއި އެއްކޮށް އައުމަށް އަމުރުކޮށްލުމަށްފަހު ދިޔައީ އީލާމް އާއި އެއްވެސް ވާހަކައެއް ނުދައްކައެވެ. އަބީގެ ފަހަތުން މެހެރޫ ދިޔައިރު ، ރާކީ އީލާމް އާއި ދިމާކޮށްލީ ސުންޕާ އަންހެނެކޭ ކިޔާފައެވެ. އަމާން ތެދުވެ އީލާމްއަށް ބަގީޗާ ބަލާލުމަށް ދާން ދައުވަތު ދިނީ އިތުރަށް ރާކީގެ ފަރާތުން އީލާމް އަށް ގޯނާއެއް ވެދާނެތީވެއެވެ.

މަހޭޝް އޭނާގެ ދަރިފުޅު އަބީއާއި ވާހަކަ ދައްކަމުން ދިޔައިރު ހަރުކަށި ކަމެއް ހުއްޓަސް އަބީގެ ނިންމުމަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ނަމަވެސް ކައިވެނި ކުރެވިގެން ދިޔައިރު އެމީހުުންނަށް ނޭންގުމުން އެކަމާ ހިތްހަމަ ނުޖެހުނަސް މެހެރޫގެ އެދުމުގެ މަތިން އިތުރަށް އެކަމާ ވާހަކަ ނުދައްކާ އީލާމް އާއި ބައްދަލުކޮށްލަން މަހޭޝް ބޭނުންވިއެވެ. ‘ބައްޕާ އީލާމް އާއި ކޮންމެ ކޮންމެ ސުވާލެއް ނުކުރެވޭނެ” އަބީއަށް ބުނެވުނު އެއްޗަކުން މަހޭޝް ހައިރާން ކަމާއެކު އޭނާގެ ދަރިފުޅުގެ މޫނަށް ބަލާލެވުނެވެ. އަބީ އޭނާގެ ބައްޕައަށް އީލާމް އާއި ދިމާވި ގޮތާ ބައެއްކަހަލަ ކަންތައް އީލާމްގެ ހަނދާނުގައި ނެތްވާހަކަ ބުނުމުން މަހޭޝް ތަންކޮޅެއް ހަމަޖެހިލިއެވެ. ” ބައްޕާ އަޅުގަނޑު ބޭނުމެއް ނޫން މިވަގުތު މި ކޮޓަރީގައި މި ދެކެވުނު ވާހަކަ އެއްވެސް އިތުރު މީހަކަށް އިނގޭކަށް ” . އީލާމް ބަގީޗާ ތެރޭ ދެކޮޅަށް ހިނގާލުމަށްފަހު ގޭގެ ހަދާފައިވާ ފަތާ ފެންގަނޑު ކައިރީ މަޑުކޮށްލީ އެ ހިތް ގައިމް މާހައުލް އިތުރަށް ބަލާލުމުގެ ބޭނުމުގައެވެ. އޯޝަން ރެސިޑެންސްގައިވެސް ކުޑަ ޕޫލެއް ހެދިފައިވާއިރު އީލާމް އަށް ހަމައެކަނި މައްސަލައަކަށްވަނީ ގޭގެ ވަށައިގެން ސެކިއުރިޓީ ވަރުގަދަކޮށްފައިވުމުންނެވެ. ހިޔާލުތަކަށް ގެއްލިފައި އީލާމް ހުއްޓާ ރާކީ އައިސް އުނދޯލީގައި އިށީނދެލިއެވެ. އީލާމް އާއި އެކި ސުވާލު ކުރަމުން ދިޔައިރު އީލާމް އަށް އޭނާ އާއި ބެހޭގޮތުން މާ ބޮޑަށް ވާހަކަ ދެއްކޭގޮތެއް ނުވިއެވެ. ހަނދާންތައް ފަނޑުވުމުން އޭނާ ސުވާލަށް ޖަވާބު ދޭން ހަނދާން ކުރާ ވަރަކަށް ބޮލުގެ ރިހުން ގަދަވަމުން ދިޔައެވެ. ” އީލާމް ދަރިފުޅާ ، ބައްޕަ އެބަ ގޮވާ ” މެހެރޫ ގޮވާލުމުން އީލާމް އެ ދިމާލަށް މިސްރާބު ޖެހީ އަބީގެ ބައްޕައާއި ބައްދަލު ކޮށްލަށް ބޭނުންވާތީވެއެވެ. އަބީގެ މައިންބަފައިންގެ ފުރިހަމަ އެއްބާރުލުން ކައިވެންޏަށް ލިބޭނޭ ކަމަށް ބުނެ ކައިވެނީގެ ހަދިޔަލެއްގެ ގޮތުގައި އީލާމްގެ ކަރުގައި މެހެރޫ ފަށެއް އަޅުވާ ދިނެވެ. ރާކީ ފިޔަވަ އެންމެންގެ ލޯބި އީލާމްއަށް ލިބުނު ފަދައެވެ. އެހެން ދުވަހަކުން އަންނާނޭ ކަމަށް ބުނެ އަބީ އާއި އީލާމް ގައަށް ދިއުމަށް މިސްރާބު ޖެހިއެވެ.

ކައިވެންޏަށް ދެމަސް ފުރުނުއިރު އީލާމްވެސް އަބީއާއި އެއްކޮށް އޮފީހުގައި މަސްއޫލްވެގެން އުޅެން ފެށިއެވެ. ކުރީކޮޅު ގޭގައި އިނދެ ފޫހިވާކަމށް ބުނުމުން އަބީ އޭނާ އޮފީހަށް ގެންދަން ފެށީ ފޫހި ފިލުވާލުމަށެވެ. ނަމެވެސް އީލާމް މަސަތްކަތް ތަކުގައި މަސްއޫލްވެގެން އުޅޭތަން ފެނުމުން އަބީ ގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާއަށް ލުޔެއް ލިބުނު ފަދައެވެ. އެހެންކަމުން ކުންފުނީގެ ޒިންމާދާރު ވެރިއެއްގެ މަގާމަށް އޭނާ އިސްކުރިއެވެ. އީލާމް ސައުތު އެފްރިކާއަށް އައި ފަހުން އޭނާގެ ހަނދާނަށް އެކި ކަންތައްތައް އަންނަމުންދިޔައެވެ.އޭނާ ގެންގުޅޭ ކުޑަ ޑައިރީގައި އޭނާގެ ހަނދާން އާވަމުން ދާވަރަކަށް ލިޔަމުން ދާއިރު އަބީ އަށް އެއިން އެއްވެސް ކަމެއް ރެޔަކާނުލައެވެ. އީލާމް އަށް ދިމާވި ހާދިސާ ރަނގަޅަށް ހަނދާނަށް އައިސްފައވުމުން އޭނާ އަކީ ކާކު ކަން ކޮންމެވެސް ވަރަކަށް ހަނދާނަށް އާދެއެވެ.  އޯޝަން ޓުއާރސް އަކީ ސައުތު އެފްރިކާގައި އެންމެ މަގުބޫލު އެއްކުނފުންޏެވެ. އަބީ އަކީ އެކުންފުނީގެ ބާނީއެވެ. ސަތޭކައަށް ވުރެ ގިނަ މުއައްޒަފުން ގޮވައިގެން މަސަތްކުރަމުން ދާއިރު އޭނާގެ ގާބިލް ކަމާއި މެދު ސުވާލު އުފައްދާނޭ ޖާގައެއް ނެތެވެ. އޮފީސްތެރޭގައި އެތަށް އަނހެން ކުދިންނެއް ހަރަކާތްތެރިވަމުން ދިޔައިރު އީލާމް އާއި ހަސަދަވެރިވާ އެތައް ކުދިންނެއް ތިބެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އަބީ ކަހަލަ މުއްސަންޖެއްގެ ދިރިއުޅުމަށް އަންބެއްގެ މަގާމަށް މީހަކު ގެނައުމަކީ އެހާ ފަސޭހައިން ކުރެވޭނޭ ކަމަކަށް ނުވާތީވެއެވެ. މަސަތްކަތުގައި ޝާމިލްވެގެން އުޅެމުން ދިޔައިރު އަބީއަށް އަލީޒާގެ އެތަކެއް ކޯލްތަކެއް އަންނަމުން ދިޔައެވެ. ނަމަވެސް އަބީ އެކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. އަލީޒާ އަކީ އޭނާގެ މާޒީއެވެ. އީލާމް އަކީ އަބީގެ ދިރިއުޅުމެވެ. އެހެންވީމައި އަލީޒާގެ ހިޔަނި އެދެމީހުންގެ ދިރިއުޅުމަށް އެޅޭކަށް އޭނާއެއް ބޭނުމެއް ނުވެއެވެ.

އަބީގެ ކަބިންގައި އީލާމް އަށް ހާއްސަކޮށްފައިވާ މޭޒުގައި އިށީނދެލައިގެން އިންއިރު އަބީއަށް އޭނާގެ ލޯބިވާ އަނބިމީހާއާއި ދިމާލަށް ބަލާލުމަށްފަހު ކޮންމެވެސް ގޯނާއެއްކޮށްލައެވެ. މީހަކު ދޮރުގައި ޓަކި ދިނުމުން އީލާމް ދޮރުހުޅުވަން ތެދުވެލިތަނުން އަންހެން ކުއްޖަކު ދޮރުހުޅުވާ ކެބިން ތެރެއަށް ވަދެގަތެވެ. ކެބިންއަށް ވަދެގެން އައި ކުއްޖާ ފެނުމުން އަބީ އަށް ކުއްލިއަކަށް ކޮއްޅަށް ތެދުވެވުނީ ބިރެއް ފެނިގެންހެނެވެ.” އަލީޒާ ، ވަޓް ދަ ހެލް ، ޔޫ އާރ ޕްރެގްނެންޓް ” އަބީ ދެލޯ ބޮޑުކޮށްލާފައި އަލީޒާ އާއި ދިމާލަށް ބުންޏެވެ. އީލާމް އަށް އިވުނ އަޑުން އެ ދިމާލަށް ބަލާލެވުނީ މި އިވެނީ ރަނގަޅު އަޑެއް ތޯ ޔަގީން ކޮށްލުމަށެވެ. “އެއީބާ އަލީޒާ އަކީ ، ހަ މަހުގެ ބަނޑެއްވެސް އެބައިން ” އީލާމް އަށް ހިތަ ހިތުން ކިޔާލެވުނެވެ. އަލީޒާ އަބީ އާއި ދިމާލަށް ރުޅިވެރިކަމާއެކު ބަލާލުމަށް ފަހު ” އަބީ އައި ޓޯލްޑ ޔޫ ދެއަރ އިޒް އަ ސަޕްރައިޒް، އެކަމަކު އަބީ ތިއުޅެނީ ފިލައިގެން ، އަހަރެން ބަނޑު ބޮނޑު ، އަބީގެ ދަރިއަކަށް ” އަލީޒާގެ ފަހު ޖުމްލައިން އަބީގޭ ފައި ދަށުން ބިނގަނޑު ދަމާގަތް ކަހަލައެވެ. އަބީ އަށް އިވުނު އަޑު ޔަގީން ނުވާފަދައެވެ. އީލާމް އަށް އިވުނު އަޑާއި އެކު ދެއަތް ރޫރޫ އަޅައިގަތެވެ. ” އަބީ އައި ޑޯންޓް ވޯންޓް ދިސް ، ޖަސްޓް ޓޭކް ދިސް އަވޭ ފްރޮމް މީ ” އަލީޒާގެ ނުރުހުމުގެ ބަސްތަކުން އަބީ ބޯ ހާސްކޮށްލިއެވެ. އަބީ އަށް ކުއްލިއަކަށް އީލާމް އެތާގައި އިންކަން ހަނދާންވުމުން އޭނާގެ މޭޒާ ދިމާލަށް ތެޅި ތެޅި އޮތް ހިތަކާއިގެން ބަލާލެވުނެވެ. އީލާމްގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަބީއަށް ފެނުމުން އަމިއްލަ މީހާ ކުށްވެރިކޮށްލެވުނެވެ. އީލާމް ކެބިންގެ ތަންކޮޅެއް އެތެރޭގައި އިނުމުން އެތާގައި އެހެން މީހަކު އިންކަމެއް އަލީޒާ އަކަށް ރެއަކާ ނުލައެވެ. އަބީ ގެ ދެލޯ ބަލަމުން ދިޔަ ދިމާލަށް އަލީޒާ ބަލާލީ ނުރުހިފައެވެ. ނަމަވެސް ފެނުނު މަންޒަރުން އަލީޒާ ގެ ރުޅިގަނޑު ކޮންޓްރޯލް ނުވެގެން ގޮސް އީލާމް އާއި ދިމާލަށް އަބީގެ މޭޒުމަތިން ފޮތެއް ނެގުމަށްފަހު އެއްލިއެވެ. އީލާމްގައިގައި ފޮތުން ނުޖެހުމުން އެދިމާލަށް ގޮސް އީލާމްގެ އިސްތަށިގަނޑުގައި ހިފާ ކޮއްޅަށް ނެގިއެވެ. އަބީއަށް ފެނުނު މަންޒަރުން ކުއްލިއަކަށް ތެދުވެ އަލީޒާގެ އަތުގައި ހިފާ ކަންފަތްމަތީގައި އެތިފަހަރެއް ޖެހީ އޭނާ ހަމަ ބިމަށް ތިރިކުރުމުގެ ނިޔަތުގައެވެ. ނަމަވެސް އަލީޒާގެ ހަޅޭކުން މުޅި ކެބިން ތެރެ ގުގުމާލިއެވެ. އީލާމް އޭނާގެ ދަބަސް ހިފައިގެން ކެބިންއިން ނިކުންނަށް މިސްރާބް ޖެހިއެވެ. ” އަބީ އަހަންނަށް އިނގޭ އެއީ އަބީގެ ވައިފްކަން ، ސްކައި ހައުސްއަށް ދިއުމުން ތިހަބަރު އޮޅުން ފިލާފަ އޮތީ ، ލާހިކެއް ނޫން އަހަރެންގެ ދިރއުޅުން ހަލާކު ކޮށްލާފައި އަބީއަށް ހަމަޖެހިލައިގެން އުޅެން ” އަލީޒާ ގެ ތޫނު ބަސްތަކުން އަބީގެ ރުޅި ގަދަވަމުން ދިޔައެވެ. ” އަހަރެން ވިހަންދެން ހުންނާނީ އަބީ މަންމަމެން ގޭގަ ، ވިހައިގެން ދަރިފުޅަށް ކަންތައްކުރާނެ ގޮތް އިނގޭނީ އަބީއަށް ” އަލީޒާގެ ފަހު ޖުމްލަ އަޑު އިއްވާލުމަށްފަހު ކެބިން އިން ނިކުމެގެން ދިޔައީ އަބީ ގެ އާރާސްތް ވަމުން އައި ދިރއުޅުމުގައި ބޮޑު ހުޅުގަނޑެއް ރޯކޮށްލުމަށްފަހުއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xeesh

Level 110 Stories

Other Articles

Previous

ޢެދެމޭ އުފާ….(30)

Next

ހަވޭލީ (3)

Next
October 12, 2017

ހަވޭލީ (3)

Previews
October 11, 2017

ޢެދެމޭ އުފާ….(30)

9 Comments!

  1. Saa says:
    October 12, 2017 at 10:08 am

    Nice

  2. Hus says:
    October 12, 2017 at 10:14 am

    Ekam haadha kurukoh

  3. Shaha says:
    October 12, 2017 at 12:27 pm

    Very nice story masha allah?❤?

    1. Xeesh says:
      October 13, 2017 at 4:04 pm

      Thanks 🙂

  4. khajja says:
    October 12, 2017 at 1:49 pm

    Masha allah stry v obineness to the max??? when nxt prt avaskolladhechchey

    1. Xeesh says:
      October 13, 2017 at 4:04 pm

      Next part today Insha Allah 🙂

  5. gulaabu says:
    October 13, 2017 at 11:20 pm

    V reethi vaahaka eleezaa dhow thivaanee knme ves ehen meehakath kan neygey preg vefa heevanee abee ge kameth noon hen blood test hadhaagen ves xeesh falhaa aruvachey…v reethi keep it up

  6. mannu says:
    October 13, 2017 at 11:22 pm

    Hama obiness ….keep it up girl….v interesting story ….waiting for next part

  7. Anonymous says:
    October 14, 2017 at 2:39 pm

    Wow varah reethi mihaaru vaahaka ❤?

Comments are closed.

Next Episodeއީލާމް-13←


All Right Reserved!